Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު -01

Ushaali Level 810 Stories100 Comments100 Stories500 Comments
February 19, 2016 4 Mins Read
14 Comments

މާލޭ އަމީރުއަހްމަދު މަގުގައި ދިހަ ބުރިއަށް ހިއްލާލާފައި ހުރި ބޮޑުގެ މަލަމަތި ފެނުނު މީހަކުވެސް ތަލިން ކުޅު ހިކޭނެކަން ޔަގީނެވެ. ބޭރުން އެގެ ބަލާލާފައިދާ ކޮންމެ މީހަކުވެސް ހުންނަނީ އެގޭ އެތެރެ ބަލާލާހިތުން ކެތްމަދުވެފައެވެ. އެގެ ފެނުމާއެކު ގޭ ވެރިފަރާތުގެ މުއްސަނދިކަމާއި ހައިބަތު ހާމަވެގެންދޭއެވެ. މ.މެކާހިޔާ އަކީ ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިޔާ ނޫރީ ގެ އަމިއްލަ ގެއެކެވެ. މުޅި ދިވެހިރާއްޖޭގައި ނޫރީ ނުދަންނަ ކުޑަކުއްޖެއް ވެސް ނޫޅޭނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޓީވީތަކުން އަބަދު ފެންނަ މިސޫރައަކީ ބަލާލަން ލޮލަށް ފަސޭހަ ސިފަތަކެއްގެ ވެރިއެކެވެ. އުމުރުން ފަންސާސްގެ އަހަރުތަކާއި ގާތްވެފައިވާއިރު ވެސް ހީވަނީ ހަމަ އެންމެ މިޒަމާނުގެ ޒުވާނެހެއްނެވެ. މެކާހިޔާގެ އެންމެ މަތީ ދެބުރި އޮފީސް ބަޔަށް ބަދަލު ކުރެވިފައިވާއިރު ގްރައުންޑް ފޮލޯރގައި ގޭގެ މުގޫ ގަނޑު ލަތާއާއި ނޫރީ އުޅޭއިރު ދެވަނަ ބައި ދީފައިވަނީ ނޫރީގެ ދެވަނަ ދަރިފުޅު އަރުހަމް އަދި އަންހެނުން ޔަޝްމީ އަށެވެ. ތިންވަނަ ބައި ހުރީ އެދެމަފިރިންގެ ދެލޮލުގެ ނޫރު އަދި އެންމެ ހަގު ދަރި ޒޯހަންއަށް ހާއްސަ ކޮށްފައެވެ. ހަތަރު ވަނަ ބައިގާ ނޫރީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސާރާ އަށް ދީފައި ހުރި އިރު މާދަމާ ނޫން އަނެއް ދުވަހަކީ ބަރާބަރު އަށާރަ އަހަރު ފަހުން ސާރާ މާލެއަށް ދިރިއުޅުން ބަދަލުކުރާ ދުވަހެވެ. ސާރާގެ ފިރިމީހާ އިބްރާހީމް އަކީ ނޫރީގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝަޒަން އާއި ޝިފްނީ އެއީ ސާރާއާއި އިބްރާހީމްގެ ދެދަރިންނެވެ. އޮސްޓްރޭލިޔާގައި ޒޯހަން ކިޔެވި ދުވަސްވަރު ބެލީ އިބްރާހީމް އަދި ސާރާއެވެ. ޒޯހަންގެ އުމުރުން ފަނަރަ އަހަރު ވަންދެން އޮސްޓްރޭލިއާގައި ޒޯހަންގެ ކައިރީގައި ހުރުމަށްފަހު ދިރިއުޅުން މާލެ ބަދަލުކުރީ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރާކީ މާލޭ މީހަކާއި ކައިވެނި ކުރުމުނު އެކަނި ދޫކޮށްލަން ނުކެރިގެންނެވެ.  ބާކީ ހުރި ފްލޯތައް ކުއްޔަށް ދީފައި ހުރިއިރު އެމީހުންނަށް ވެސް ނޫރީ ތަން ކުއްޔަށްދީފައި ހުރީ ހެޔޮ އަގެއްގައި ކަމަށް ވުމުން އެމީހުންނާއި ނޫރީއާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ރާކީ ދިރިއުޅުމެއްފަށާ ވަކިވި ފަހުން މިހާރު ކުޑަދުވަސްކޮޅަކަށް ލަތާ ކައިރިއަށް ބަދަލުވީ މާބަނޑު ދުވަސްވަރު ގޭގައި އެކަނި އިނުމަކީ ފިރިމީހާ އާރިކް ހިތްހަމަޖެހޭ ކަމަކަށް ނުވާތީއެވެ. އާރިކްގެ މަންމައަކީ ބަލި މީހެއް ކަމަށްވުމުން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ކުރަން ފެށިތާ މިހާރު މަހަކާއި ގާތްވީއެވެ. އާރިކްގެ ބައްޕަވަނީ އޭނާ ތުއްތުއިރު ނިޔާވެފައެވެ. ނޫރީގެ އަމިއްލަ ބޮޑެތި ފިހާރަތައް އައްޑުއާއި އިތުރުން ތ.އަތޮޅާއި ޅ އަތޮޅުގަވެސް ހުރޭއެވެ. ނޫރީގެ ތިން ދަރިން ތިބިއިރު އެންމެ ބޮޑު ރާކީ ވަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން މީހަކާއި އިނދެގެން ދިރިއުޅުން ފިރިމީހާ އާރިކްގެ ގެއަށް ބަދަލުކޮށްފައެވެ. ނަމަވެސް ވަގުތީގޮތުން މެކާހިޔާގައި ދިރިއުޅެންވަނީ ފަށާފައެވެ. ރާކީއާއި ޖެހިގެން ހުންނަ އަރުހަމް ކައިވެނި ކުރިތާ އަދި މިވީ އެންމެ މަހެކެވެ. އަރުހަމްގެ އަންހެނުން ޔަޝްމީ އަކީ މާލޭގަ ގެދޮރު ހުރި އާދައިގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިއެވެ. ޒޯހަން އަކީ ލަތާއާއި ނޫރީގެ ދެލޮލުގެ ދެނޫރެވެ. އުމުރުން އެންމެ ތިން އަހަރުން ފެށިގެން އޮސްޓްރޭލިޔާގައި ދިރިއުޅެންފެށި ޒޯހަން މާލެ އައިތާ ހަފްތާއެއް ވީތަނާ ނޫރީ އަތޮޅުތެރެއަށް ކުރި ދަތުރުގައި ބައިވެރިވީ ރާއްޖެތެރެ ބަލާލުމުގެ ބޭނުމުގައެވެ. ޒޯހަން އެއްފަހަރު ބުނި ކަމެއް ބޮލާލާ ޖެހުން އެއީ މިވީހާތަނަށް އެދެމަފިރިން ކުރި ކަމެއް ނޫނެވެ. އުމުރުން ވިހި އަހަރުގައި ޒޯހަން މާލެއަށް އާވެފައި އަދި އެއްވެސް ރައްޓެއްސެއް ނެތުމުން ފޫހިވާނެވަރު ހިތަށް އެރުމުން ޒޯހަން ނޫރީއާއެކު ފޮނުވީ ހިތްހަމަޖެއްްސުމަށްޓަކައެވެ. ބައްޕައާއެކު ދަތުރުގައި ބައިވެރި ވިޔަސް ޒޯހަން ދޮންތައާއި ދޮންބެ ކައިރީގައި އެކުގައި ދާން ބުނުމުން ރާކީ ބަހަނާއަކަށް ދެއްކީ ބަނޑުގައިވާ ހަމަހުގެ ދަރިފުޅެވެ. އަރުހަމް ހަނީމޫނަށް ނިއުޒީލެންޑަށް ފުރަން ޖެހުމުން ޒޯހަން ވަރަށް ހިތާމަ ފާޅުކުރިއެވެ.

ބަރާބަރު ތިން ދުވަހު އަތޮޅުތެރޭގައި އުޅުމަށްފަހު ޒޯހަން ނޫރީއާއެކު ގެއަށް ވަތްތަން ފެނުމުން ބޭރު ބަގީޗާގައި ހައްދާފައި ހުރި ރަތް ފިނިފެންމާ ގަސްތަކަށް ފެން އަޅަން ހުރި ލަތާ ތެޅެމުން ފޮޅެމުން އައިސް ޒޯހަންގެ ނިއްކުރިއަށް ބޮސްދިނެވެ. ވަގުތަކީ ހަވީރުގެ ވަގުތު ކަމުން އެވަގުތު ގޭގައި އުޅުނީވެސް ލަތާ އެކަންޏެވެ. ކޮންމެ ދުވަހަކު ހަވީރު ގަޑިއަކީ ރާކީގެ މައިދައިތަ ކައިރިއަށް ހޮސްޕިޓަލަށް ދާވަގުތެވެ. ކެންސަރު ބައްޔަށް ބޭސްކުރަމުންދާ އާރިކްގެ މަންމަ ނޫރާ އެންމެ ފަހު ސްޓޭޖުގައި މިހާރު މީހަކާ ވާހަކަވެސް ނުދެއްކެއެވެ. ރާކީ ދިޔުމާއެކު ކުޑަކޮށް ލޯހުޅުވާލާފައި ބަލާލަނީ ކައިރީގައި ހުރި މާމަދަރިފުޅު ލައިލް އަށެވެ.

 

ޒޯހަން ފެންވަރައިގެން ކޮޓަރިން ނިކުތުމާއެކު ލަތާ ސައިބޯން އެދުމުން ދެބަހެއް ނެތި ކައިރީގައި އައިސް އިށީނެވެ. ކުރިމަތީގައި އިން ނޫރީ ޖަވާބުދެމުންދިޔަ ފޯނު ކުރުކޮށްލުމަށްފަހު ކުރިމަތީގައި އިން ޒުވާން ދަރިފުޅަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ.

“މަންމާ މިގޭގަ ނޫޅޭތަ މަންމަ އަށް އަތް ގާތްކޮށްދޭނެ ކުއްޖެއް ވެސް…. ދޮންތައަށް ނުވާނެއްނު… ލައިއްްކޮއަށް ދެއަހަރު ނުވަނިސް އަނެއްކާ އެއުޅެނީ އެކަހަލަ ބޭބީއެއް ގެންނަން ވެގެން” ޒޯހަން އަށް އެންމެ މީރު ހެދިކާ ބަޖީޔާ ކަމުން ވާހަކަދެއްކިއެވެ.

“ނޫނޭ ދަރިފުޅާ… އުޅޭނެ ދިވެހި ކުއްޖަކު. އެމަންޖެ މިއަދު ވަރަށް ބަލިކޮށް އުޅުނީމަ މަންމަ ފޮނުވާލީ ގެއަށް އަރާމު ކުރަން… ދޮންތަވެސް ބަލިކޮށް އުޅުނަސް މަންމައަށް މިއަދު އެހީވެދިން… ޔަޝްމީ ހުރިއިރު އެމަންޖެ ވެސް ވަރަށް އެހީތެރިވާނެ ބަދިގޭ ކަންތަކުގަ. އެކަހަލަ ޅީދަރިޔަކު މިޒަމާނުގަ މަދުވާނެ” ލަތާ ވެސް ކުރިމަތީގައި ހުރި ތަށިތެރެއިން  ބަޖިޔަލެއް ނަގަމުން ވާހަކަދެއްކިއެވެ.

“މަންމައަށް އެނގޭތަ ބައްޕަ މިއަދު ބުނީ އަޅުގަނޑުވެސް ދެން މީހަކާ އިންނާށޯ… އަޅުގަނޑު އަދިނުވޭ އެކަހަލަ ކަމެއް ކުރަން މަންމާ” ޒޯހަން ވާހަކަދެއްކި ގޮތުން ސައިތަށި ތުނބުގައި ޖަހައިގެން އިން ނޫރީ ހީލިއަޑަށް ނޫރީއަށް ބަލާލުމަށްފަހު ލަތާވެސް ހީލަމުން ލޯބިން ޒޯހަންގެ ފަންކޮށް ކޮނޑާ ހަމައަށް އޮތް ފިރިހެންވަންތަ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މަންމައާއި ބައްޕަ ހޭތަން ފެނުމުން ތުނިތުނިކޮށް ފަޅާފައި ހުރި ޒޯހަންގެ ތުނބުޅީގައި އަތް ހާކާލަމުން ހީލއެވެ. އުމުރުން ވިހި އަހަރު ވެފައި ވިޔަސް ޒޯހަން އަދި ދުވަހަކު ވެސް އަންހެންކުއްޖެއް ދެކެ ލޯބިވެފައެއް ނުވެއެވެ. އޮސްޓްރޭލިޔާގައި ކިޔަވަން އުޅުނު އެންމެ ގާތް އެކުވެރިޔާ ޝަޒަން ބުނި ގޮތުގައި އެމީހަކު ހިތްއެދޭ ސިފަތަކެއް ހުރި އަންހެންކުއްޖެއް ފެނިއްޖެނަމަ އެކުއްޖަކާއި ބައްދަލުކުރަން ހިތް އެދޭނެއެވެ. އަމިއްލަ ހިތަށް ބުނެދޭން ނޭނގޭ ގޮތް ތަކެއް ވާނެއެވެ. ނަމަވެސް އެފަދަ ކުއްޖަކު އަދި ޒޯހަން އަށް ފެނިފައެއްނުވެއެވެ. ޒޯހަން އެންމެ ފޫހިވަނީ މަތިންބައިން ޖެހިގެން އައިސް ޒޯހަންގެ ދިރިއުޅުމަށް ވަންނަން އުޅުުނު އަންހެންކުދިންތައް ދެކެއެވެ.

ދުވަހަކީ ހުކުރު ދުވަސްކަމަށް ވުމާއެކު ނޫރީ ވެސް މިއަދު ގޭގައި އިންނެވި ދުވަހެކެވެ. އަމިއްލައަށް ފެނިގެން ގޭ ހުރިހާ ފްލޯތަކެއް ސާފު ކުރުމުގައި މަސައްކަތުގައި ގެންގުޅޭ ބޮންދުންތައް ގޮވައިގެން އުޅެެއެވެ. މުއްސަނދިކަމާއި މަޝްހޫރުކަން އިންތިހާއަށް ލިބިފައި ވިޔަސް ނޫރީއަކީ ވިސްނުންތޫނު ދަރިންދެކެ ލޯބިވާ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިހުތިރާމްކުރާ ހުލްގު ހެޔޮ އިންސާނެކެވެ. އެންމެ ތިރިން ސާފު ކުރަމުން ގޮސް ނުވަވަނަބުރިއާއި ހަމައަށް ދިޔުމުން މެދުކަނޑާލީ ނޫރީއަކީ އެގާރައިގެ ކުރިން މިސްކިތަށްދާ މީހަކަށް ވުމުންނެވެ. ނުވަވަނަ ބުރިއާއި ދިހަވަނަ ބުރިއަކީ ނޫރީ އޮފީސް ހިންގާ ދެބަޔަށް ވުމާއެކު އެތަން ފޮޅާ ސާފުކުރަން އަންނަ ހުކުރަށް މަޑުޖައްސާލީ ބޮންދުންތަކަށް ވެސް ލުއި ކޮށްދިނުމުގެ ގޮތުންނެވެ. ބަދިގެ ތެރޭގައި ކޮފީ ގިރަން ހުރި ލަތާ ޒިންކު ކައިރީގައި ހުރި ޝިޔާރާ އަށް ގޮވާލުމަށްފަހު ކޮފީތަށި ޒޯހަން ހޭލަންވާއިރަށް އެކޮޓަރީގައި ބަހައްޓަދޭން ބުނެލުމުން ޝިޔާރާ ހީލުމަށްފަހު ތަށި ހިފައިގެން މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއިރު އެނދުގައި ޒޯހަން ފެންނަން ނެތުމުން ދެކޮޅު ހޯދާ ބަލާލިއެވެ. ފާހާނައިން ފެން އަޑު އިވުމުން ޝިޔާރާ އެނގުނީ ކަންނޭނގެއެވެ. ހީލާފައި ކޮފީތަށި ސައިޑްކަބަޑް މަތީގައި ބަހައްޓާފައި ހިނގައިގަންނަން ތައްޔާރު ވީތަނާ ފާހާނާ ދޮރު ހުޅުވާލި އަޑު އިވުމުން ޝިޔާރާގެ ފިޔަވަޅު މަޑުމަޑު ކާޕެޓްމަތީގައި ތަތްވިއެވެ. ފިޔަވަޅަށް ހުއްޓުމެއް އައި ކަހަލައެވެ. ފާހާނާ ދޮރު މަތީގައި ހުރި ޒޯހަން ހުރީ ކޮޓަރިން އަންހެންކުއްޖަކު ފެނުމުން ހިތްހަމަނުޖެހިފައެވެ. ޝިޔާރާ ހުރީ ޒޯހަންއަށް ފުރަގަހަށް ކަމަށްވުމާއެކު އެކަކުގެ ވެސް މޫނެއް ނުފެނެއެވެ. ބޮޑު ކަޅުހެދުން ހުރީ ޝިޔާރާގެ ހަށިގަނޑަށް ބޮޑުކަމުން ދެފަރާތަށް ސޮހިފައެވެ. ހީވަނީ ދަނޑިބުރިއަކަށް ގޯންޏެއް މަހާފައި ހުރި ހެންނެވެ. ބޮލު މެދަށް ބޮޑު ހުޅިއެއް ޖަހާފައި ހުރުމުން އަމުދުން ޒޯހަން އަށް ކަމުނުދިޔައެވެ. އެމޫނު ބަލަން ޒޯހަންގެ ޝައުގުވެރިކަން ވެސް ނެތީއެވެ.

“ތީކާކު؟ ކާކު ކަލޭ ކައިރީގައި ބުނީ މިކޮޓަރިއަށް ވަންނަން…” ޒޯހަންގެ ހަރުކަށި އަޑު އިވުމާއެކު ޝިޔާރާ ފިއްކަނޑައިގެން ދިޔަހެން ހީވިއެވެ. ޒޯހަންއަށް ބަލާލުމެއްނެތި ޝިޔާރާ ދުވަމުން ކޮޓަރިން ނިކުތެވެ. ކޮޓަރިން އަންހެންކުއްޖަކު ފެނުމުން ޒޯހަންގެ މޫޑު މުޅިން ހަރާބުވީއެވެ. މަންމަދެކެ ހިތްހަމަނުޖެހުނެވެ. “އައްދެ މިއަދު ހާދަ މޫޑެއްނެތޭ ދޯ ކޮއްކޮގެ” ޒޯހަންގެ ކޮޓަރިއަށް ވަދެގެން އައި ރާކީ ބުނެލިއެވެ. ” ދޮންތާ …. މިތާ ދެންމެހުރި ފާޑެއްގެ އަންހެނެއް.. އެއީ ކާކު؟ ނޭނގެ ވަގަށް ގެންދިޔައީ ކޯއްޗެއް ކަމެއް ވެސް… ދޮންތަމެން ބޭރުގައި ތިބިއިރު ކޮޓަރިއަށް ވަގުން ވަންނަ އިރު ވެސް ނުފެނޭދޯ” ކަޅުކުލައިގެ އަތްކުރު ޓީޝާޓް ހަށިގަނޑަށް ހެތޮވަރުކޮށްލަމުން ޒޯހަން އެނދުގައި އިން ރާކީއަށް ބަލާލަމުން ބުނެލިއެވެ. “ސާބަސް ކޮއްކޮއަށް… އެއީ ވައްކަންކުރާ ކުއްޖެއްނޫން… އެއީ މިގޭގަ މަންމައަށް އެހީވާން އުޅޭ ކުއްޖާ… އެއީ ވަރަށް ނިކަމެތި ކުއްޖެއް” ރާކީ ޝިޔާރާ އާއި ބެހޭ ގޮތުން ބުނެލިއެވެ. “އެހެންތަ؟؟ އެހެންވިޔަސް ހެޔޮ… އަޅުގަނޑު ކަންތައް މަންމަ ކޮށްދޭން ބޭނުމީ.. މަންމަ ނެތިއްޔާ ދޮންތަ… ދޮންތަ ނެތިއްޔާ ދޮންބެދައްތަ” ބޮލުގައި ޖެލް ހާކަން ހުރި ޒޯހަން ވާހަކަދެއްކިއެވެ. “މާތްކަލާކޯ…. ބަލަ ތިކިޔާ އެއްވެސް މީހަކީ އަބަދު ކޮއްކޮގެ ކަންތައް ކޮށްދޭން ކައިރީގައި ތިބޭނެ މީހުނެއް ނޫން… މާދަމާ އަންބަކު ގޮވައިގެން އެކަނި އުޅެންވެސް ޖެހިދާނެެ….މީހާދަ ނުވިސްނޭ ކުއްޖެކޭ ދޯ” ކައިރީގައި ކޮފީތަށި ހިފައިގެން އިށިން ޒޯހަންގެ ކޮލުގައި ވިކަލާމުން ރާކީ ބުނެލިއެވެ. “އަވަސްކޮށްބަލަ ދެން….ދޮންތަބެ މިއަދު އަންނަ ދުވަސްމީ… މިއަދު ދޮންތަބެ މަންމަ ވަރަށް ހާލުބޮޑު ދުވަހެއް… ލައިއްކޮ ބުނި  ހުކުރަށްދާނީ ކާފައާއެކު ނޫނޭ….މިއަދު ދާނީ ކުޑަބެއާއި އެއްކޮށޭ….” ރާކީ ކޮޓަރިން ނިކުންނަމުން ޒޯހަންއަށް ބަލާލަމުން ވާހަކަދެއްކިއެވެ.

……ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި

Next

ފަލްސަފާ-4 (18+)

Next
February 19, 2016

ފަލްސަފާ-4 (18+)

Previews
February 18, 2016

ދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި

14 Comments!

  1. ibrahimbe says:
    February 19, 2016 at 1:03 am

    mi zohan aa lathaa eh bajiya tha mi kany? thafseeleh beynun.
    komme meehaku kaneh kaalaafa dhen nooree ah aneh kan baindhaafa eyni. mashah heevaa goi.

    1. Ushaali says:
      February 19, 2016 at 1:21 am

      thanks for the comment
      mistake has been addressed.

  2. Ushaali says:
    February 19, 2016 at 1:11 am

    hey guys
    this is my new story.
    mi vaahaka akee nukulhedhey anhen kujjege hayaathugaa dhimaavi kantha bayaan kodheyne lobeege hithaamaveri vaahaka eh.
    mi vaahaka akee hageegee haadhisaa thakege macha liyevifaivaa hiyaalee vaahaka eh.
    hope u all guys will enjoy the story with me. i will try to upload new eisode on every fridäy and sunday and tuesday. be patient
    thank u. and pls comment

  3. Atthfa says:
    February 19, 2016 at 1:37 am

    Omg ibrahimbe,,, I laughed a lot at ur comment. Hahahaa :v :v :v
    Btw feshun varah reethi. Keep up the good work. Plx update regularly and sooner <3 <3

    1. ibubro says:
      February 19, 2016 at 11:36 pm

      keke keke.
      😀

  4. a big fane of ur almash says:
    February 19, 2016 at 6:39 am

    luv this als

  5. a big fane of ur almash says:
    February 19, 2016 at 6:40 am

    luv this als gud work ushaali

  6. uji says:
    February 19, 2016 at 1:48 pm

    wow..

  7. someone who loves ushali and hayaa says:
    February 19, 2016 at 3:28 pm

    v v v reethi feshumeh..v v v nice..

  8. Ram says:
    February 19, 2016 at 3:50 pm

    V reeethi

  9. Kakukan nubunanin says:
    February 19, 2016 at 10:15 pm

    Hoe hoe magey thitha ????

  10. niusha says:
    February 21, 2016 at 4:27 pm

    bonthu liyefa inyma vv odd…

  11. Aaf says:
    February 21, 2016 at 11:09 pm

    Kobaa hey vaahaka avaha up kohdhyba

  12. ARMY says:
    February 27, 2019 at 4:15 pm

    no offence but the names vrh olhey… I thought noori and zohan is a girl

Comments are closed.

Next Episodeފުންއަސަރު 02←


All Right Reserved!