Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ރީމާލް… ދެވަނަބައި (އެހިތުގެ ވޭނާއި ރިހުން ހިއްސާކުރެވުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 17, 2025 5 Mins Read
0 Comments

“ދަރިފުޅުގެ ބޭސް މިހިރީ ކާލާ. މަންމަ މިދަނީ ކެއުން ތައްޔާރުކުރަން.” ބޭސްތައް ބަހައްޓާފައި މަންމަ ނިކުމެގެންދިޔައެވެ. ކާން ހަދާށެވެ. އިޝާ ނަމާދުކޮށްގެން  ކެވޭނީ އޭރަށް ކަމަށް ވާތީއެވެ.

” އެ ރަށުން އަހަންނަށް…” ރީމާލްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ. އާނޫގެ ފޯނު ރިންގުވިއެވެ. އަނެއްކާ ރީމާލް  ބުނަން އެއުޅެނީ ކޮންކަހަލަ ވާހަކައެއް ހެއްޔެެވެ؟  އެރަށުން  ރީމާލަށް ކޮން ކަމެއް ވީ ހެއްޔެވެ؟

**********************************

“ކާކު ގުޅީ” ރީމާލް އަހާލިއެވެ.

” މަންމަ ގުޅީ. މަންމަގެ ގާތް ރައްޓެއްސެގެ ދަރިއަކު އަންނަނީއޯ މިރޭ” ފޫހިކަން އާނޫގެ ރާގުގައި ވިއެވެ.

“އޭނަ އަންނަނީ ކިޔެވުން ނިމިގެން ވަޒީފާއަށޯ. އަހަރުމެން ގޭގައޯ އޭނަ ހުންނާނީވެސް.” ރީމާލްއަށް ހެވިއްޖެއެވެ.

“އެވަރު ކަމަކާތަ ތި ނުރުހުންވީ”  ކުޑައިރުވެސް އާނޫ އުޅޭނީ އެހެންނެވެ. ކަންކަމާ ނިކަން އަވަހަށް ހިތްހަމަނުޖެހޭނެއެވެ.

 

އިޝާއިން އަވަދިވެގެން ނިކުއިން އިރު މަންމަ އިނީ ކާށެވެ. އަހަރުމެން ފެނުން އިރު ކާން ގޮވައިފިއެވެ. ކެއުމަށް ހުރީ ކުކުޅު ރިހަ އާއި ބަތެވެ.

 

ރަނގަޅަށް ކައިހަދައިގެން ބޭރު ޖޯއްޔަށް ނިކުތީމެވެ. ޖޯލީގައި އިށީނދެވުނުކަމެވެ. އާނޫ ފަށައިފިއެވެ. ނުކިޔައިދެނީސް  ހުއްޓައެއް ދެން ނުލާނެއެވެ.

“ދެން އެވާހަކަ ކިޔައިދީބަލަ” އާނޫ ދެރަވެލާފައި އާދޭސްކޮށްލިއެވެ.  ރިމާލް ދެލޯ މަރާލިއެވެ.

“އާނޫ، އަހަންނަކީ ހުތުރު ކުއްޖެއްތަ”  ފުރަތަމަވެސް ރީމާލް ކޮށްލީ ސުވާލެކެވެ. ނޫނެކޭ ބުނުމުގެ ގޮތުން އާނޫ ބޯޖަހާލިއެވެ.

 

“މީ ބޮޑު ސިއްރެއް. އަހަންނަށް ނުބުނެވުނީ. ކުއްޖެއް ދެކެ ލޯބިވެވުނީ.” އާނޫ ދިޔައީ ލިބުނު ސިހުމުގައި ކޮޅަށް ޖެހިގެންނެވެ. މަންމަ އޭރު ދަބަސް އަޅުވައިގެން މިދިމާލަށް އާދެއެވެ. އަހަރުމެންނަށް އަރާހަމަ ވެފައި ދާން ހިގާށޭ ކިޔައިފިއެވެ. ނޫންކަމަށް ހެދެމުން އާނޫ ހިނިތުންވެލިއެވެ.  މީހެއްދެކެ ލޯބިވުމަކީ ކޮޓަރީގައި އޮންނަވީ ކަމެއް ނޫނެވެ. ބޭރަށް ނުދާންވީ ސަބަބެއްވެސް ނޫނެވެ.

 

ރަށު ޓީވަމަށް ވިދިވިދިގެން ދެބުރު  ރީމާލް ތަށި ނަގައިދިނެވެ. ރަށު ޓީމު ކެޕްޓަނަކީ ރީމާލެވެ. ނިމިދިޔަ އަހަރު ރަށު ޓީމަށް ލިބުނީ ދެވަނައެވެ. ރީމާލް ނުކުޅުމުންނެވެ. އެފަހަރު އާނޫ  ދެއްކީ ތަފާތު ކުޅުމުކެވެ. އެވަރުންވެސް ރީމާލް ނެތް ތަންކޮޅު ފޫބައްދައެއް ނުލެވުނެވެ.

 

ތަން ހުޅުވައި ހަމަޖެހިލަމުން މަންމަ ނިކުތީ ބޭރަށެވެ. އަނެއްކާވެސް އާނޫ ދެއްވީ ކިހިނެއްހޭ އަހާފިއެވެ. ފަސްޖެހިފައި އިނދެ އަހަރެން ކިޔައިދޭން ފެށީމެވެ.

 

އެއީ އެޕްރީލް މަހުގެ ބާރަވަނަ ދުވަހެވެ. އަހަރުމެން ދީމާވީ އެދުވަހުއެވެ. ސޯސަލް މީޑިއާގެ މަންސައަކުންނެވެ. ލޯބީގެ ގޮތުން ގުޅުނީ ދެދުވަސް ފަހުންނެވެ. އޭނާވީ އަހަރެން ހިތް އެދުނު ކަހަލަ ބައިވެރިއަކަށެވެ. އެރަށުން އައިސް މަންމަމެން ކައިރީވެސް ހުރީ ބުނާށެވެ.  އެކަމަކު އޭނާ ވީ ބޭވަފާތެރިއަަކަށެވެ. މީހެއްގެ އަނބަކަށެވެ. ދެކުދިންގެ ބައްޕައަށެވެ. މިހުރިހާ ކަމެއް އެނގުނީ އެރަށުންނެވެ. އެރަށްވީ އޭނާގެ އުފަން ރަށަށެވެ.

 

ފެހުމުގެ ކަންތަކުގައި އަހަރުމެންނާއެކު އޭނާގެ އަންހެނުންވެސް އުޅުނެވެ. އެމީހުންގެ ދެވަނަ ދަރިއަކަށް އޭނާ އިނީ ބަލިވެއެވެ. ބަނޑަށް އޭރު ހަމަހެވެ.

 

ނުރުހުންވި ސަބަބު އެނގުނީ އެދުވަހުއެވެ. އަހަރެން އެރަށަށް ދާވާހަކަ ބުނުމުން ނުދާން ބުނީ އެހެންވެއެވެ. ދެވަނަ ދުވަހު ކިލާސް ނިމުން ގަޑީ އޭނާ ދުށީމެވެ. އެ ކުއްޖާ ކައިރީ ހުއްޓަވެ. ވަރަށް ހިތްވަރުކޮށްފޮށްފައި ކައިރިއަށް ދިޔައީމެވެ. އޭނަ އަހަރެން ދަންނަށް ކަމަކަށް ނުވިއެވެ. ހިތު ހުރި އެއްޗެއް ކިޔާލިއެވެ. އެތައް ބައެއްގެ ކުރިމަތީ ބޭޒާރުކޮށްލިއެވެ.

 

އޭގެ ފަހުން އެތައް ފުރައްސާރައެއް އޭނާގެ އަންހެނުން  ކުރިއެވެ. މީހުންގެ ފިރިން ފަހަތުން ދުވާ މީހެކޭ  ކިޔާ ރަށުގައި ފަތުރާލިއެވެ. އެންމެންގެ ނަފްރަތުގެ ނަޒަރުތައް އަހަންނަށް އަމާޒުވިއެވެ.

 

ފަހަންދާން ނުނީ  ގެއިންވެސް  ނުނިކުންނަމެވެ. އަހަރެން އުޅުނުގޭ ދައްތަަ ވަރަށް ރަނގަޅެވެ. މަންމައަށް މިކަން ސިއްރުކޮށްދިނެވެ. އިސްކޮޅުން ފެށިގެން ސިފަޔަށް މަލާމަތް ކުރިއެވެ. ރޯލަ ރޯލަ އަހަރެން ހުރީއެވެ. ރައްދު ދޭނެހާ ހިތްވަރެއް ނުލިބުނެވެ. އަހަންނާއި އަރާ އަރަފޯދިގެން ލޯބި ނުވީމައެވެ. ލޯބިވެވުމަކީ ކުރެވުނު ކުށެއްފަދައެވެ. ދެން އެކުށް ތަކުރާރު ކުރާކަށް ނެތީމެވެ. ގޭގަ އޮތުމުން މީހަކަށް އުނދަގުލެއް ނުވާނެތާއެވެ. މިއީ އަހަންނަށް ވިސްނުނު ގޮތެވެ.

“ބޭރަށް ނިކުމެ ތީ އުޅެން ހެޔޮ ވާވަރުގެ އަންހެނެއް ނޫން” އެ ފަދަ ބުނުން ތަކުން ރީމާލްގެ ދިރިއުޅުން އަނދިރިވިއެވެ. ލޯބިވެވުނު މީހާގެ ރަށުން  އެއީ އޭނާއާއި ދިމާލަށް ބުނެފަހުރި އެއްޗެއްސެވެ.

ސުކޫލުގައި ކިޔެވި ދުވަސްވަރުވެސް ރީމާލް އެހާ ހިތްބަލިވާނެއެވެ. ކުއްޖަކު ސަމާސާކޮށްލިޔަސް ރޯނެވެ.

އެހިތުގައި ފޮރުވައިގެން އުޅުން ވޭތަން މިރޭ އެ ހިއްސާކުރީއެވެ.  އެހީ ވެދޭނެ ކަމުގެ ޔަޤީންކަމާއެކުއެވެ. މައިންބަފައިން ކުރާ ހިތާމަވެސް ރިމާލްއާ ހެދި ކުޑައެއް ނޫނެވެ. މިހާލަތުން ރަނގަޅުވާން ރީމާލްވެސް ބޭނުންވެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. ކަންތައްތައް ވެފައި ހުރި ގޮތުން ފަސްޖެހެނީއެވެ. ބިރުގަންނަށްނީއެވެ. ކަންކަމާއި ކުރިމަތިލާން ނުކެރެނީއެވެ. އެވާހަކަތައް އަބަދުވެސް އުނދަގޫކުރަނީއެވެ.

އަނޫއާއި ހިއްސާކުރެވުމުން ހިތްހަމަޖެހުން ލިބުން ފަދައެވެ. ގައިމުވެސް މިއަދު ކުޑަވެސް ތަސައްލީއެއް އެހިތަށް ލިބިއްޖެވެ.

“ރީމާލް، އަހަރުމެންނަށް މާފުކުރޭ. ތިހާ ވޭނުގައި އެރަށުގައި އުޅުންކަން އެނގުންނަމަ އެމީހަކު ހަމަ ބިމަށް ލީމުސް.”

އަޒުމު ވަރުގަދަ އާނޫ ބުނެލިއެވެ.  އާނޫ އަކީ ކެރޭ ފިސާރި އަންހެނެކެވެ. އެޅިހާ ބަތަކަށް ރިހަ ވެގެން އޭނާ ނުހުންނާއެވެ. ކެރިގެން ކުރިމަތި ލާން ދަންނާނެއެވެ. ދިމާލަށް އެއްޗެހި ބުނާކަށް ފަހެއް ނުޖެހޭނެއެވެ.

“އާނޫ، ރީމާލް”  ދޮރުމަތީ އައިސް ހުއްޓިލަމުން ލައިލީ ގޮވާލިއެވެ.  މީ ހުސް އެއްކުލާހު ކުދިންނެވެ.

” ލައީ ކޮފީ ބޯން ދޯ” ހެވިފައި އާނޫ ބޭރަށް ނިކުތެވެ. އެހާ ދުވަސްކޮށްފައި ރީމާލް ފެނުމުން އެކުދިން އުފާވިއެވެ. މާތް ﷲ ޚަމްދުކުރިއެވެ.

“އާ ރީމާލްގެ ރަހަ ބަލައިލަން މިއައީ ދޯ” ކައިރީ ހުރި ޝަމާރާއަށް  ލާއިލީ  ދޯ އެއްލިއެވެ.  ޝަމާރާވެސް އަތްބައި ވެލަމުން “އާއެކޭ”  ބުނެލިއެވެ.

“ކޮފީއެއް ނޫން މިލްކްޝޭކެއް އިނގޭ” ޝަމާރާ ރަނގަޅުކޮށްލިއެވެ. ބޯން އައީ ކޮފީއެއް ނޫނެވެ.  މިލްކްޝޭކެވެ.

“މިލްކްޝޭކަސް ކޮފީ ވިއްޔަ ތި ދެމީހުންނަށް ބޯވޭނީ”  އާނޫ  ދިމާކޮށްލޮއެވެ. ދެމީހުން ގޮތްދޫކުރާކަަށް މިރޭ ބޭނުމެއްނުވިއެވެ.

“މިރޭ ގެނޭ ސުޓޯބެރީއަކާ ޗޮކްލެޓެއް” ފާނޑަކަށް ފަހަތަށް ބަލަމުން ލައިލީ އޯޑަރުދިނެވެ. ކޮފީގެ ވައްތަރަކަށް ނޫންވީމައެވެ. ދުވާލަކު ފަސް ހަ ކޮފީވެސް ލައިލީމެން ބޮއެފާނެއެވެ.  ދިރި އެތިބެނީވެސް ހުސް އެ ބޮއެގެންނެވެ. ކާއެއްޗެއް ވަރަށް ނުކާނެއެވެ.

ފަޅު ތެރެއަށް ބޮޑު ލޯންޗެއް ވަދެގެން އައެވެ. ވަރަށް ސާފުކޮން އެސަރަހައްދު މިތަނަން ފެނެއެވެ. އިސްކޮޅުން ދިގު ފިރިހެނަކު އޭގެން ފޭބިއެވެ. އަތްމަތީ ފޮށި ދަމަމުން އައިސް އެތާ ހުރި ގުޑީގައި ހަމަޖެހިލިއެވެ.

ޝަމާރާމެން އެއްޗެހިތައް ހިފައިގެން ގޮސް މޭޒެއްގައި ތިއްބެވެ. އަހުރުމެން އެމީހާއަށް ބަލަން ތިއްބާ އާނޫ މަންމަ އައެވެ.

“ދަރިފުޅުމެއް ބުލޫބެރީ މޮހިތޯއެއް ހަދާލަބަލަ ނިކަން އަވަހަށް” ދޮންބެދައްތަ އުޅުނީ އަވަސް އަރާލައިގެންނެވެ.

“މަންމަ ހާދަ އަވަސް އަރުވާލައިގެން ކިހިނެއްވީ” އެއްޗެއް ނުބުނެ އާނޫއަކަށް ނުހުރެވުނެވެ.

“އެސޮރު އޭނީ އައިސް  މިހާރު މަންމަ އެބަ އަންނަށް ގޮވައިގެން ” މަންމަ ދައްކާލީ އެލޯންޗުން ފައިބި ޒުވާނާއެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވިހެން އާނޫ އެދިމާލަށް ބަލާލިއެވެ. އެވާނީ މަންމަގެ އެ ރައްޓެހި މީހާ ދަރިއަށެވެ. މިރޭ އޭނާ އަންނަށް ވާހަކަ މަންމަ ވަނީ ބުނެފައެވެ.

“ރީތިހެން ވަރަށް ހީވޭ” އާނޫ ރީމާލަށް ބުނެލިއެވެ. އެނޫން ދިމާލަކަށް ރީމާލް ނުބަލައި ވިއްޔާއެވެ.  ހިތަށް އެރި އެއްޗަކުން އާނޫ އަތްމިޔަކަނުން ހީލިއެވެ.

“ވަރަށް މީރު” މޮހިތޯ އިން އެތިކޮޅެއް ބޯލާފައި އެޒުވާނާ ބުނެލިއެވެ.

” މީރު ވާނެއްނު އަހަރުމެންގެ ރީމާލޭ ތި ހެދީ” ދޮންބެދައްތަ އެހެން ބުނުމުން އަހަރެން ލަދުގަންނަށް ގޮތްވިއެވެ. އާނޫވެސް އަހަންނަށް ވީގޮތް ފެނުމުން ހޭން ފަށަފިއެވެ. އެނަން ނޭނގޭ ޒުވާނާވެސް އަހަންނަށް ބަލާލިއެވެ.  ހީވީ ސާދަވިލޭރޭގެ  ހަނދު ފެނުންހެންނެވެ.  ވަށް ބޮޑު ދެލޮލެވެ. ދިގު އެސްފިޔަތަކުން ހިޔަނި އެޅިފައިވާ މުށިކުލައިގެ ކަޅިއެވެ. ފަންއިސްތަށި ކޮޅެވެ. ހަަން އޮމާން  ކަސްރަތީ ދޮން ހަށިގަނޑެެވެ. އަހަރެންގެ ހިތް އޭނާއަށް ތައުރީފުކޮށްލިއެވެ.

ހަވީރާ ހިލާފަށް މިރޭ މީހުން އަންނަށް ލެއް  އަދި މަދެވެ. ނުވައެއް ޖެހިއިރު އަދި އައީ އެންމެ ފަސް މީހުންނެވެ.

“ދަރިފުޅުމެންނޭ މީ ކައުންސިލަރެއް އިނގޭ”   ދޮންބެ ދައްތަ އެހެން ބުނުމުން އާނޫ ހޭން ފަށައިފިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.

“ސާބަސް ދަރިފުޅާ ކިހިނެއްވީތަ މަންމައަށް މިބުނެވުނީ ރަނގަޅަށޭ” ލަދުގެންފައި ހުރެ ދޮންބެދައްތަ އަހާލިއެވެ. އެވަގުތު މަންމަވެސް އެތަނުގައި ހުއްޓިލަނީއެވެ.

“މީ ތަ އެސޮރު ހާދަ ބޮޑުވެއްޖޭ ދޯ މިހާރު. ކައުންސިލިން ހަދައިގެން ކޯހުން އެއްވަނަ ހޯދީމަ ދައްތަމެންވެސް ވަރަށް އުފާވި.” މިޒުވާނާ  ވީ މަންމަވެސް ދަންނަށް މީހެއްގެ ދަރިއަކަށެވެ. އަހަރުމެން ތިބީ ވާނޫވާގައެވެ. ކާކު ކަމެއް އެނގެނީއެއް ނޫނެވެ. ކުޑަމިނުން ނަންވެސް ބުނާކަށް ނޫޅުނެވެ.

ބޮޑު ގުރޫޕެއް އައުމުން އެސޮރު ގޮވައިގެން  މަންމަމެން މޭޒަކަށް ދިޔައެވެ.  އޯޑަރު ނެގުމަށް އާނޫ އަވަސްވެލިއެވެ. އެ އެންމެންވެސް ނެނގީ ކޮފީއެވެ. ކާއެއްޗަކަށް ސަބުމެރީންވެސް ނެނގިއެވެ.

“އެވާނީ ކުދިވެރިން ނިންދަވާފައި ނިކުމެގެން އުޅޭ ގުރޫޕަކަށް” ރީމާލްވެސް އެކަމާ  އެބަސްވެލަމުން ބޯޖަހާލިއެވެ. އަންހެނުންނަށް މިނިވަންކަމެއް ލިބޭނީ ރޭގަނޑެވެ. ކުދިންކޮޅު ނިދީމައެވެ.

އެގާރަ ގަޑި ބައި ހާއިރު މީހުންތައް ހުސްވިއެވެ. ތަން ބަންދުކުރަން ތައްޔާރުވެލިއެވެ. މާދަމާ  ފަތިހު  ހުޅުވާގޮތަށެވެ.

ނަމާދުކޮށްގެން މީހުން ނިކަން ބަނދަރަށް ނިކުންނާއެވެ. ކަސްރަތުކޮށް ހަދާށެވެ. ބަނދުރުމަތީ މިރަށުގައި ހޮޓަލެއްވެސް ނުހުރެއެވެ. ހުރި ހަމައެކަނި ތަނަކީވެސް މިޔެވެ. ރަށަށް އަރާފައިބައި ބީރަށްޓެހިންނަށް މިތަނުން ފަސޭހަވާނެއެވެ. ފައިބާއިރު މިތަން އެހުންނަނީ ފެންނާށެވެ.

އެހެން ރޭރެއާއި ހިލާފަށް ހަމަޖެހުން ރީމާލްއަށް މިރޭ ލިބުނެއެވެ. އަރާމުކޮން ނިދާލެވުނެއެވެ. ހަމަ ނިދި ނުލިބޭތާ ކިތައް މަސް ފާއިތުވެގެން ގޮސްފިހެއްޔެވެ؟   އަހަރެއް ފާއިތުވެގެން ދަނީއެވެ. ރަނގަޅަށް އެ ނިދާވެސް ލެވުނީ އެރަށުން އައިފަހުން  އަދި އަލަށެވެ.

ހަތަރު ގަޑިބައިގައި ރީމާލް ތެދުވެ ތައްޔާރުވިއެވެ. ފަތިސްނަމާދުކޮށް ހެދިއެވެ. ހެނދުނުގެ ޒިކުރުތައް ކިޔާ ހެދިއެވެ. ފަސްގަޑި ބައި ވާން ވިއިރު ބަނދަރަށް ދިޔައެވެ. “ރީމަލް ރަހަ” ހުޅުވައި މޭޒާ ގޮޑި ޖަހާ ހެދިއެވެ. ދުވަން މީހުން ނިކުންނަމުން އޭރު ދިޔައެވެ.

ފަތިސްނަމާދު ކޮށްގެން އައިމާ ހިލޭ ކޮފީ  މިތަނުން ލިބޭނެއެވެ. ދުވަސް ފަށަން ވާނީ ނަމާދުންނެވެ. ކާމިޔާބު ގުޅިފައި އޮތީ ނަމާދާއެވެ. ނަމާދު އަޅައިފި މީހަކު އަބާއްޖަވެރިވާނެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އާދަކުރާ ބަޔަކަށް ވަމާހެވެ. ދެދުނިޔޭންވެސް  ކާމިޔާބު ވާނީ އޭރުންނެވެ.

މަސްހުނި މޮޑެގެން މަންމަ ބޮޑު މަސްރޮށި ފިހަން އުޅުނެވެ. ކޭކެއް ގިރާފައި އަހަރެން އަވަނަށް ލީމެވެ. ފެން ހޫނުކުރާ ކޫލަރަށް ފެން އަޅާފުރާލީމެވެ. “އައިސްކިއުބު” ހަދާ އެތި ޖައްސާލީމެވެ.

އުންމީދުކުރި ފަދައިން މީހުން އަންނަށް ފެށިއެވެ. ގިނައިން އަންނަމުން ދިޔައީ ހަރު އުމުރުގެ ފިރިހެނުންނެވެ. ކާފަމެންނެވެ. މަދުމަދުން މާމަމެންވެސް އައެވެ.

ދުޅަހެޔޮ ހަށި ހެޔޮ ސިއްޚަތެއްގައި ހުރުމަށް  ކަސްރަތުކުރުމަކީ މުހިންމު ކަމެކެވެ.   ޤަވައިދުން ކަސްރަތުކޮށް ހެދުމަކީ ރަނގަޅު ކަމެކެވެ.  ތަފާތު ބަލިތަކުން މީހާ ސަލާމަތްކޮށްދޭނެއެވެ. އެގޮތުން ހިތުގެ ބަލި  ފާހަގަކޮށްލެވެ. ބަރުދަން ލުއިކޮށްދީ އެއްވަރެއްގައި ބަހެއްޓުމަށްވެސް އެހީވެދޭނެއެވެ. ހާސްކާމައި ފިކުރުތަކުން މިހާ މިންޖުކޮށްދޭންނެވެ. ކަށިތައް ފީވުން ފަދަ ބަލިތަކުންވެސް އުމުރުން ދުވަސްވާއިރު ރައްކާތެރިކޮށްދޭނެއެވެ.

ހޫނު ކޮފީއެއް ގިރައިގެން ރީމާލް ތުމުގައި ޖަހާލިއެވެ. ދުވަމުން މިދިމާލަށް ދެމީހަކު  އޭރު އަންނަމުންދިޔައެވެ.  ކައިރިވި އިރު ފެނުނު ސޫރައަކުން  އަނގަ ފިހިއްޖެއެވެ. ރީމާލްމެން ކައިރީ އައިސް އެ ހުއްޓާލީ ކޮންބައެއް ބާއެވެ. އެވަރަކަށް  ރީމާލް ސިހެން ވީ ކީއްވެ ހެއްޔެވެ؟

ނުނިމޭ

🫶🥰❤️🥀😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ދެވުނީ ވޭނޭ 25

Next

ލޯބި-13

Next
December 18, 2025

ލޯބި-13

Previews
December 17, 2025

ދެވުނީ ވޭނޭ 25



All Right Reserved!