Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 07

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 15, 2025 5 Mins Read
20 Comments

ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލައި ޓެސްޓްކިޓްގެ ބްރޭންޑާއި ނަން އަހައިލިއެވެ. ދުންޔާ ޖަވާބު ދިނުމުން ޑޮކްޓަރ އިސްޖަހައިލިއެވެ. “ތި ބުނި ބްރޭންޑުން މިފަހަރު ރާއްޖެއަށް ލިބިފައި ހުރި ބެޗްގަ ވަރަށް މައްސަލަ ގިނަ.. އައިމް ސޮރީ..” ދުންޔާގެ ދެލޮލަށް ޖަމާވެފައިވި ކަރުނަތަށް ފައިބައިގަތެވެ. ހިތުގައި ކޫރު އެޅިފައިވި ނަމަވެސް އަނބިމީހާ ރޯން ފެށުމުން ޔާދިންއަކަށް މަޑަކުންނެއް ނުހުރެވުނެވެ. ދުންޔާ އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއިރު ޔާދިންގެ ދެލޮލުގައި އުފެދިފައިވި ކަރުނަތައް ލޯމަރައި ބާރުކޮށްލަމުން ހިންދައިލިއެވެ. ދެމަފިރިންނަށް ވަގުތު ދިނުމުގެ ގޮތުން ޑޮކްޓާރ އެ ކޮޓަރިން ނިކުތެވެ.

***ޕާޓް 7***

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ފޮރިންސިކް ޓީމުން އެއީ އިންސާނުންގެ މަސްކަން ކަށަވަރުކުރެވުނެވެ. އެއާއެކު އިމާދުއަށް އެތަން ބަންދު ކުރުމަށް ކޯޓު އަމުރު ލިބުނެވެ. އެކަން ކުރީ ކާކުކަން އެނގި، އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީމަ ނޫނީ ދެން އެތަން ނުހުޅުވޭނެ ކަމަށް ފުލުހުން ބުނުމުން އިމާދުގެ ހިތަށް އައިހާ ނުބައި އެއްޗެއް އެމީހުންނާއި ދިމާލަށް ގޮވިއެވެ. ރުކައިން މޭޒުމަތީގައި އޮތް ރިޕޯޓަށް ބަލަން އިން އިރު އޭނައަށް އަދި ވެސް އެ ތަށިތެރޭގައި އޮތް އިނގިލިބުރި ފެންނަ ފަދަ އިހްސާސެއް ކުރެވުނެވެ. ކައިލް ކެބިންއަށް ވަނުމުން ރުކައިން ގޮޑީގައި ލެނގިލިއެވެ. “ހުވާ މިބުނީ މަގޭ މޭ ނުބައި ކުރޭ އެބަ މިޔަށް ބަލަބަލަ ވެސް.. ހިތަށް އަރާ ކޮންކަހަލަ ޖަނަވާރެއް ކުރާނެ ކަމެއްބާއޭ މިއީ.. އެހާ ބޮޑަށް ހަންގަނޑާއި ކަށިކޮޅު އަނދާފައި ހުރީމަ ޑީއެންއޭއެއް އެއްޗެއް ވެސް ނުބެލުން..” އިސްތަށިގަނޑަށް އަތް މަހައިލަމުން ފުންނޭވާއެއް ދޫކޮށްލާފައި ރުކައިން ބުންޏެވެ.

ކައިލް ރިޕޯޓު ނަގައި ބަލައިލިއެވެ. އޭނަގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. އެ ރެސްޓޯރަންޓަށް ދިޔައީ މިފަދަ ކަމަކަށް ތައްޔާރުވެގެނެއް ވެސް ނޫނެވެ. “އެ ރެސްޓޯރަންޓް އެފުއްމިފުށަށްޖަހާ ބަލާ ފާސްކޮށްފިން.. ހިޑެން ޑޯރއެއް ނެތް.. އެމީހުންގެ ފްރިޖް ވެސް ޗެކް ކުރެވިއްޖެ ހަމަ ނޯމަލް.. ޝެފްއާ ވާހަކަ ދެއްކީމަ ވެސް އެނގުނު އެއްޗެއް ނެތް.. ސަސްޕެކްޓް ކުރަނީ ޝެފްއަށް ކޯޒް އޭނައެއްނުން ކައްކާނީ.. އެކަމަކު ކަމެއް އެނގޭ ކަމަކަށް ނެހެދި..” ކަނާތް ފަރާތުގައި ހުރި ގޮޑިއަށް ވެއްޓިގަންނަމުން ކައިލް ބުންޏެވެ. ރުކައިން ވެސް ކައިލްގެ ވާހަކައަށް ބޯޖަހައިލިއެވެ.

މަޑުމަޑުން އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކަށް ބަލަން އޮތް ދުންޔާގެ މޫނުމަތީގައި ވަނީ ހިތާމައިގެ ކުލަވަރެވެ. އޭނަ ހާދަ އުންމީދެއް ކުރިއެވެ. އެހެންނަމަވެސް… ދުންޔާ އެންމެ ދެރަވީ ޔާދިން ހިތަށް ތަދުވާނެވަރު އަންދާޒާކޮށްލާފައެވެ. ޔާދިން ދަރިއެއް ބޭނުންވެގެން އުޅޭތާ ހާދަ ދުވަހެއްވެއްޖެއެވެ. އެ ޓެސްޓްކިޓް ފެނުމުން ޔާދިންގެ މޫނު އަލިވި ގޮތް ދުންޔާއަށް ސިފަވާ ފަދައެވެ. ދުންޔާއަށް ބެލްކަނި ބަލައިލެވުނީ ޔާދިން މިހާރު އެތާ ހުންނަތާ އިރުގަނޑެއްވުމުންނެވެ. އޭނަގެ ހިތް ނުބައި ގޮތަކަށް ތެޅިލީ ހިތަށް ވަތް ހިޔާލެއްގެ ސަބަބުންނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރައިލީ ޔާދިން އެހާ ފިނޑި ނުވާނެ ކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. މަޑުމަޑުން ތެދުވެ ބެލްކަންޏާއި ދިމާލަށް ދުންޔާ ހިނގައިގަތެވެ. އޭނައަށް މޫނު މައްޗަށް އަނދިރިވާ ފަދަ އިހްސާސެއް ކުރެވެމުން ދިޔައެވެ.

ބެލްކަނީގައި ޔާދިން ހުރީ ޗެންޗޭނުގައި އަތް އަޅުވައިލައިގެން ދުރުދުރުން ފެންނަމުން ދިޔަ އިމާރާތްތަކަށް ބަލާށެވެ. އޭނަގެ މޭތެރޭގަޔާއި ސިކުނޑީގައި ހިނގަމުން ދިޔަ ތޫފާނުގެ ސަބަބުން ޔާދިން ހުރީ ބޮޑު ވިސްނުމަކަށް ގެއްލިފައެވެ. ދަރިން ނުލިބުމުގައި ދުންޔާގެ މައްސަލައެއް ނެތެވެ. މައްސަލަ ހުރީ ޔާދިންގެއެވެ. މިހާރު ވޭތުވެ ދިޔަ އަހަރުތަކުގައި ސިނގިރޭޓާއި ކައިރި ނުވެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ. އެހެނަސް ވެފަ އޮތް ކަމެއް ނަމައަކުން ބަދަލެއް ނުކުރެވޭނެކަން އޭނައަށް އެނގެއެވެ. އޭނަގެ ހިތަށް ތަދުވަމުން ދިޔައީ އެހާ ބޮޑަށް ކުރަމުން ދިޔަ އުންމީދު ހިނދުކޮޅެއް ތެރޭގައި ވިއްސިވިހާލިވެގެން ދިޔުމުންނެވެ. ދެލޮލުގެ ކަނުން ވެއްޓެމުން ދިޔަ ކަރުނަ ތިކި އަތުގެ ނުފުށުން ޔާދިން ފޮހެލިއެވެ. ހިޔާލުގެ ކަނޑަށް ގެނބެމުން ދިޔަ ޔާދިންގެ ހިޔާލުތަކުން ބޭރުވެވުނީ ކައިރިން އެއްޗެއް ވެއްޓުނު ފަދަ އަޑެއް އިވުމުންނެވެ.

ސިހިފައި ފަހަތް ބަލައިލިއިރު ދުންޔާ އޮތީ ބެލްކަނީގެ ދޮރުބުޑަށް ވެއްޓިފައެވެ. ޔާދިން އަވަސް އަވަހަށް ދުންޔާގެ ހަށިގަނޑު އޭނަގެ ވަރުގަދަ އަތްދަނޑި މައްޗަށް އުފުލައިލުމަށްފަހު ކޮޓަރިއަށްވަނެވެ. ދުންޔާގެ ހަށިގަނޑުގައި ހުރި މަޑު ހޫނު ކަމުގެ ސަބަބުން އޭނަ އޮތީ ހުންއައިސްފައިކަން ޔާދިންއަށް ޔަގީންވިއެވެ. ދުންޔާގެ ހާލެއް ބަލައިނުލެވުމުން ޔާދިން އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. “އައިމް ސޯ ސޮރީ ދޫނީ.. އައި ޝުޑް ހެވް ބީން ދެއާރ ފޯރ ޔޫ..” ދުންޔާގެ ނިތުގައި ތުންފަތް ޖައްސައިލަމުން ޔާދިން ބުންޏެވެ. އެއަށްފަހު ފާހަނައަށް ގޮސް ކުޑަ ބޯތަށްޓަށް ފެން އަޅައިގެން ދުންޔާގެ ބޮލުގަޔާއި ކަރުދޮށުގައި ފެންފޮތިލުމުގެ މަސައްކަތުގައި މުޅި ރޭ ހޭދަކުރިއެވެ.

ކައިލްއަށް ގެއަށް ދެވޭވަރުވީ މެންދަމު އެކެއް ޖަހާ ދިޔަފަހުންނެވެ. ބޫޓު ހަރުގަނޑުގައި ބެހެއްޓުމަށްފަހު ސިއްރު ފިޔަވަޅުތަކެއްގައި ގެއަށް ވަނީ މައިރީން މިހާރު އޮންނާނީ ނިދާފައިކަން އެނގޭތީއެވެ. ކޮޓަރިއަށް ވަތް އިރު އެނދުގައި މައިރީން ނެތުމުން ކައިލްގެ ހިތް ކުޑަ އިރުކޮޅަކަށް ހުއްޓުން ފަދަ އިހްސާސެއް ކުރެވުނެވެ. ޔުނީފޯރމް ބަދަލުކުރުމެއް ނެތި މައިރީންއަށް ގޮވަމުން މުޅިގޭތެރޭގައި ހިނގަން ފެށިއެވެ. ބަދިގެއަށް ވަތް ހިނދު މޭޒުމަތީގައި ހުރި ކޭކު އޭނައަށް ފެނުނެވެ. އެ ކޭކުގައި އިން ލިޔުންކޮޅު ކިޔާފައި ކައިލްއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. ‘ހެޕީ ބާރތްޑޭ ގްރޭމްޕްސް” އޭ ޖަހާއިފައި އިން އެ ކޭކު ވަނީ ކައިލްއަށް އެންމެ ރީތި ކުލަ ކަމަށްވާ ނޫކުލައިން ޒީނަތްތެރި ކުރެވިފައެވެ. އޭގެ މެދުގައި ޖަހާފައި އިން އުއްބައްތީގެ ހުޅުކޮޅު އަނދިރީގެ ތެރޭގައި ނަށަމުން ދިޔައެވެ. ކައިލް ސިއްސައިގެން ދިޔައީ މޭޒު ދަށުން މައިރީން ނިކުމެ އުފަންދުވަހުގެ ލަވަ ކިޔަން ފެށުމުންނެވެ. މައިރީން ލަވަ ކިޔާ ނިމުމުން ކައިލްއަށް ބަލައިލިއިރު، ކައިލްގެ ކަތި ނަޒަރު އޭނައަށް ހުއްޓިފައިވި ތަން ފެނި މައިރީންގެ ކޯތާފަތަށް ރަތްކަމެއް ވެރިވިއެވެ.

މައިރީން ހުރީ ދަނބުކުލައިގެ ނިދަންލާ ކުރު ހެދުންކޮޅެއްލައިގެންނެވެ. ސެޓިން ފޮތީގެ އެ ނިދާ ހެދުންކޮޅު ހުރީ މައިރީންގެ ކަކުލުން މައްޗަށްށެވެ. އެ ހެދުމުގެ އަތް ވަނީ ލޭސް ފޮތިން ފޮރުވައިލެވިފައެވެ. އެހެނަސް މައިރީންގެ ދޮން އަތް އެ ހެދުމުން ފާޅުވެއެވެ. ކައިލްއަށް އޭނަގެ ހިއްސުތައް ކޮންޓްރޯލް ކުރުންވީ އުނދަގޫ ކަމަކަށްށެވެ. މައިރިންގެ އުނަގަނޑުގައި އަތް އަޅުވައިލުމަށްފަހު އެ ހަށިގަނޑު އޭނަގެ މޭގައި ޖައްސާލިއެވެ. އެއަށްފަހު މައިރީންގެ ކަނދުރާގައި އޭނަގެ މޫނު ޖައްސައިލިއެވެ. ކައިލްގެ އަމަލުން މައިރީންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

“ކައިލްލްލް.. ކޭކު ފަޅަން ހިނގާބާ… މައިއަށް ކޭކު ކާހިތުން ހުރެވެނީއެއްނޫން.. އިނގޭތަ މިއަދު ޖޮބުން އަިސްފަ ޔޫޓިޔުބް ބަލައިގެން މައި އަމިއްލައަށް އަޅާފަ ހުރި ކޭކެއްމީ.. ވަރަށް މީރުވާނެ…” ކައިލްއާ ދުރުވާން މަސައްކަތް ކުރަމުން އަމިއްލަ ނަފްސާއި ފަހުރެވެރިވެފައިވެ ހުރެ މައިރީން ބުންޏެވެ. މައިރީންގެ ވާހަކައިން ކައިލްގެ ހިތް ވިރިގެން ދިޔަ އިހްސާސެއް ކުރެވުނެވެ. “ޔަގިންތަ އަނެއްކާ ކޭކުގަ އައިސިން ޖަހާފަ މިހުރީ ކޭކު އަންދާފަ ނޫންކަން؟ ހުސް ހަކުރު ކަންނޭނގެ މިއަށް އަޅާފަ މިހުރީ.. އެހެންނޫނަސް އަހަރެން ކާފައަކަށް ވީ ކަމެއް ނުދެނެ ހުރިން..” މައިރީން އޭނައާ ދުރުވުމަށް ފުރުސަތު ދިނުމެއް ނެތި ކައިލް ލާނެތް ގޮތަކަށް ބުންޏެވެ. “ކޭކް މީރުވާނެ އަޅެ ރަހަ ބަލާބަލަ.. އިޓްސް އަ ޖޯކްއޭ.. އެހެންނޫނަސް މިހާރު ޓްވެންޓީ ނައިންވީ ތާރޓީ ވީމަ މުސްކުޅިވީނުން..” ލާނެތް ގޮތަކަށް މައިރީން ބުންޏެވެ.

އެތާ ހުރި ކަޕްކޭކެއް ނަގައި ކައިލްގެ އަނގަޔާއި މައިރީން ކައިރިކޮށްލިއެވެ. ކައިލް ހީލަމުން ކޭކުކޮޅު ކާލިއެވެ. ހީކުރި ގޮތާ ހިލާފަށް ކޭކު ވަރަށް މީރެވެ. “އެހެންތަ؟ މިރޭ މި މުސްކުޅި ކާފަ ހަދާ ގޮތް ބަލައްޗެ..” ކުއްލިއަކަށް މައިރީން އޭނަގެ ކޮނޑު މައްޗަށްލަމުން ނުސިޔާނު ހިނިތުންވުމަކާއިއެކު ކައިލް ބުންޏެވެ. މައިރީން ހެމުން ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. “ކައިލްލް އެއްވެސް އެއްޗެއް ނުކައެއްނުން ތިހުރީ.. ކައިގެން ދާން މަޑުކޮށްބާ..” މައިރީން އޭނަގެ އަތުން ކައިލްގެ ބުރަކަށީގައި ތަޅައިގަންނަމުން ކިޔަމުން ދިޔައެވެ.

“އަހަރެން މިރޭ މިހުރީ އެހެން އެއްޗަކަށް ބަޑުހައިވެފަ..” އެއްމިޔަކަނުން ހިނިއައިސްފައި ހުރެ ކައިލް ބުންޏެވެ. ލަދުގަތްވަރުން މައިރީންއަށް އޭނަގެ މޫނުގައި އަތް އެޅުނެވެ. އުއްބައްތީގެ ހުޅުކޮޅަށް ފުމެލައި އެ ނިއްވައިލުމަށްފަހު މައިރީން ކޮނޑުގައި ބާއްވައިގެން ކޮޓަރިއަށްވަނެވެ. މައިރީން އެނދުގައި ބޭއްވުމަށްފަހު ކައިލް އޭނަ ލައިގެން ހުރި ޔުނީފޯރމް ބާލަން ފެށިއެވެ. އޭނަގެ ކަސްރަތީ ހަށިގަނޑު ހާމައަށް ފެނުމުން މައިރީންގެ މޫނު އިތުރަށް ރަތްވިހެން ހީވެއެވެ. ކައިވެނިކޮށްގެން އުޅޭއިރު އަބަދު ފެނުނު ނަމަވެސް މައިރީން އަދިވެސް ލަދުގަނެއެވެ. “އަހަރެންގެ އުފަންދުވަހުގެ ހަދިޔާއަކީ މިނީ ދޯ..” ޔުނީފޯރމް ގޮޑިއެއްގައި އެޅުވުމަށްފަހު އެނދު ކައިރީ ކުޑަކަކޫ ޖަހައިގެން ކައިލް އިށީނެވެ. މައިރީން ތުންފަތް ހަފާލަ ހަފާލަ އިސްޖަހައިގެން އެނދުމަތީ އިށީނެވެ. ބޯ އެސްފިޔަތަށް ތިރިކޮށްލައިގެން އިން ގޮތުން މައުސޫމުކަމަށް ދައްކައެވެ.

“މިނީ އަހަންނާ ކައިވެނި ކުރީ ރުހުމުގަ ނޫންކަން އަހަރެންނަށް އެނގޭ.. އަހަރެންގެ ހިތަކު އޭރު މިނީއާ މެދު ލޯބި ނެތޭ ބުނެފިއްޔާ އެ ވާނީ ދޮގަކަށް ކަންނޭނގެ.. އޭރު އަހަރެންގެ ހިތަށް އަހަރެން ވިސްނައިދިނީ މިނީ ޕްރޮޓެކްްޓް ކުރަން ކުރިކަމެކޭ އެއީ.. އެކަމަކު އެއީ މުޅިއެކު ތެދެއްނޫން.. ކައިވެނިކޮށްގެން މިހާ ދުވަހު އުޅުން އިރު ވެސް އަހަރެން މިނީގެ ނުރުހުމުގަ މިނީގެ ހަށިގަނޑުގަ އަތްލާފައެއް ނޯންނާނެ.. މިހާރު އަހަރެންގެ އުމުރު ވެސް މައްޗަށް ދަނީމި.. މިނީއަށް އެޖަސްޓްވާން ވަރަށް ވަގުތު ދެވިއްޖެ.. މިހާރު އަހަރެން ބޭނުންވަނީ މިނީއާއެކު ކައިވެނީގެ ހަރުފަތްތައް ގިރާ ކުރަން.. އެކަން އަހަރެން ކުރާނީ މިނީގެ ރުހުމުގަ.. މިނީ އަހަރެންނަށް އެ ރުހުން ދޭނަންތަ؟” ކައިލް މައިރީންގެ ގަޑު ފެންފޮދެއް ފަދަ އަތުގައި ހިފައިލަމުން އަހައިލިއެވެ. މައިރީން އިސްޖަހައިލައިގެން ހުރެ ބޯޖަހައިލިއެވެ. ކައިލްގެ ވާހަކައިން ކައިލްއަށް ކުރަމުން ދިޔަ އިހްތިރާމު ދެގުނަވެގެން ދިޔައެވެ. މައިރީންގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު ކައިލް ކައިރިވެލިއެވެ. “ކެން އައި؟” ކައިލް އޭނަގެ ލޮލުން އިޝާރާތްކޮށްލަމުން ބުންޏެވެ. މައިރީން ބޯޖަހައިލަމުން ލޯ މަރައިލިއެވެ. އެރޭ ދެމަފިރިންގެ ދެމެދުގައި ހުރި ހުރިހާ ފަރުދާއެއް ކެހުނު ފަދަ އިހްސާސެއް ދެމީހުނަށް ކުރެވިގެން ދިޔައެވެ.

އައިނާ މަސައްކަތް ކުރާ އިމާރާތުގެ ކައިރީ ރުކައިން މުގޯލިއަޅަމުން ދިޔަައެވެ. ހެނދުނު ސްޓޭޝަނަށް އައި ގޮތަށް އައިސް އޭނަ އެންމެ ފުރަތަމަ ވެސް ޝިޔާންގެ ހުރިހާ މައުލޫމާތެއް ހޯދީއެވެ. އޭނަ ހޯދި ހޯދުމުން ވެސް އައިނާއާއި ޝިޔާނާއި އޮތް ގުޅުން މާ ބޮޑަކަށް އޮޅުމެއް ނުފިލިއެވެ. ޝިޔާން އާއި އައިނާއަކީ ދެބެންގެ ދެދަރި ކުދިންކަން އޭނައަށް އެނގުނު ނަމަވެސް، ޝިޔާން އައިނާއާއި މެދު އެފަދައިން ކަންތައް ކުރަންވީ ގޮތެއް އޭނައަކަށް ނޭނގުނެވެ. ރޭގައި އެކަމާ ވިސްނަ ވިސްނައި އޭނައަކަށް ރަނގަޅަށް ނުނިދުނެވެ. ޝިޔާން އޭނަ މަންމައާއި ބައްޕަގެ ވާހަކަ އެހެން ބުނުމުން އޭނަގެ މައިންބަފައިނަށް ޝިޔާން އެނގޭބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭނަގެ މައިންބަފައިންގެ ސިއްރުވެރި ގޮތެއް ހުންނަ ކަމަކީ ރުކައިންއަށް އޮޅިފައިވި ކަމެއް ނޫނެވެ. ބްރޭކަށް ގެޔަށް ގޮސްފަ އޭނަގެ މައިންބަފައިންނާއި ސުވާލު ކުރަން ރުކައިން ނިންމިއެވެ. އެކި ހިޔާތުގައި އޭނަ ހުއްޓައި ޓެކްސީއެކުން ފޭބި އައިނާ ފެނުނެވެ. އިމާރާތާއި ކައިރިވެލި ތަނާ އައިނާއަށް ރުކައިން ފެނުމުން އިސްޖަހައިލިއެވެ. “ޝިޔާންއަކީ ކާކު؟” އައިނާގެ ކުރިމައްޗަށް އެރުމަށްފަހު ރުކައިން ސުވާލުކޮށްލިއެވެ.

ރުކައިންގެ ސުވާލުން އައިނާ ހައިރާންވިއެވެ. “އެއީ ރުކައިން ކީއްކުރަން ބަލާ އެއްޗެއް؟؟” އައިނާ ސުވާލުކޮށްލިއެވެ. “ފުރަތަމަ އަހަރެން ކުރި ސުވާލަށް ޖަވާބުދީ!” ހަށަން ބަނދެލަމުން ރުކައިން ބުންޏެވެ. އަވި އައިނަކުން ރުކައިންގެ ދެލޯ ވަނީ ފޮރުވައިލެވިފައެވެ. “ރުކައިން އޭނަގެ ފަހަތުން ނޫޅުނިއްޔާ ރަނގަޅުވާނީ.. އަހަރެން އޭނަގެ އެއްވެސް މައުލޫމާތެއް ރުކައިންއަކަށް ނުކިޔާދޭނަން..” އައިނާ ހަރުކަށި ރާގަކަށް ބުންޏެވެ. ރާކިންއަށްވީ ކަންތަކުގައި ޝިޔާންގެ އަތެއްވާކަން އޭނައަށް ޔަގީން ކުރެވެއެވެ. އެހެންކަމުން ރާކިންގެ ސިފަތައް ހުންނަ ފަރާތަކަށް ރުކައިންވީ ނަމަވެސް، ރުކައިންއަށް ދެރަގޮތެއްވާކަށް އައިނާއަށް ނޭދެވެއެވެ. އައިނާގެ ޖަވާބުން ރުކައިން ލޯ ހަނިކޮށްލިއެވެ. “އަހަރެން ޝިޔާން ގާތަށް ގޮސްފަ ސުވާލު ކުރަންވީތަ؟ ނޫނީ އައިނާ އަހަރެންނަށް ޝިޔާންއާ އައިނާއާ ދެމެދު އޮތް ގުޅުން ކިޔައި ދޭނީތަ؟” ރުކައިންގެ ސުވާލުން އައިނާއަށް އޭނަގެ މޭގަނޑު އަނގަޔަށް އައި ފަދަ އިހްސާސެއް ކުރެވުނެވެ. ރުކައިންއާއި ދިމާލަށް ދެލޯ ބޮޑުކޮށްލާފައި އައިނާއަށް ބަލައިލެވުން އިރު އައިނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ވާނުހޭ ގާތުގާ- ހަތްވަނަ ބައި

Next

އެދިގެން ކަލާ ލިބޭތޯ 30

Next
December 16, 2025

އެދިގެން ކަލާ ލިބޭތޯ 30

Previews
December 15, 2025

ވާނުހޭ ގާތުގާ- ހަތްވަނަ ބައި

20 Comments!

  1. Shiu says:
    December 15, 2025 at 6:00 pm

    Mi part vx varah Reethi Masha Allah..
    Allheyyy, Dhunya ah v goiyy dhw 😭💔 they were soooo happy, Varah dhera dhw 🥲Eww 🤢 Meehehge Ingili dhw e ee hama.
    Mai And Kail haadha Loabii eyyyy dhwwww 🥰 Soooo Rom🤭
    When Next??? Curiously waiting for the next part… Appreciate Your Hard work 💗 Don’t listen to hater’s, I’m always gonna support you ☺️
    Lysm Maash 💜

    1. Maash Maash says:
      December 21, 2025 at 4:13 pm

      Thankyou darlll.. I’m happy U liked it.. next part Monday ga.. sorry for the late reply.. last week was one of the hectic weeks hehe.. vrh busy koh ulhuny.. I appreciate Ur support darll.. don’t worry I ain’t gonna listen to trash😭 love you more darl💜🦋

  2. Anonymous says:
    December 15, 2025 at 6:33 pm

    Ewwww🤢 Meehehge ingili dhw ei. That’s so disgusting. Yaadhin and dhunya ah Ehen v ma vrh dhera. Mai and kail soo cute😍. I wonder why Rukain wants to know abt ainaa and shiyaan???
    Curiously waiting for the next part
    Whn nxt????
    Luv uuuuu 💗💗

    1. Maash Maash says:
      December 21, 2025 at 4:14 pm

      Let’s see what’s gonna happen dhww.. Insha Allah next part Monday ga..
      love you more darl💜🦋

  3. Aanaa says:
    December 15, 2025 at 7:24 pm

    Masha allah mi part vs vrh reethi
    Mihaar biru ganehje restaurant akh gohsa kaanvs.ingiyyeh va🤮sifa vaakahala .Alheyy yaadhin r dhunya ah vi goi…😭Aaaiihhhtherii mai r Kail….amilla ah kail nubunyas egey kail lawbi vaakan mai dheke…Rukain kyhkurantha shiyaan eii kaaku thw balan vykyeh..ehaa vrh aina r dhimaalah ehchis kiyaafa…Mai ge reaction balaa hithun hureveny ehnunnn..curiously waiting…whens next????lyysmmm🫶🏻

    1. Maash Maash says:
      December 21, 2025 at 4:16 pm

      Thankyou soo muchh darll I’m happy U liked itt.. after I wrote ingili part I started getting nauseous seeing sausages 🤣🤣 my fault lol.. let’s see dhw vaagoii.. Insha Allah next part Monday ga..
      love you more darl💜🦋

  4. Laii says:
    December 15, 2025 at 7:27 pm

    Omg this part soooo good
    I feel bad for dhunya and yaadhin they were so excited..
    Mai and kail 👀👀
    I haven’t been commenting on all the eps but js know I been reading them
    Lyyy😊🤍

    1. Maash Maash says:
      December 21, 2025 at 4:17 pm

      Thankyou soo muchh darll I’m happy U liked itt.. same hehe.. I appreciate you comment💜
      love you more darl💜🦋

  5. Its just me says:
    December 15, 2025 at 8:06 pm

    Alheyh yaadhin menn dhw ebai kiyaifa dhera vejje varah 🥲🥲 kail and maireen dhw 🤭🤭 mi part vx reethi Ma Sha Allah 😍 waiting for the next part ♥️

    1. Maash Maash says:
      December 21, 2025 at 4:18 pm

      Thankyou soo muchh darll I’m happy U liked itt.. next part Insha Allah Monday ga..
      love you more darl💜🦋

  6. Your fav bab Your fav bab says:
    December 15, 2025 at 8:13 pm

    Mi part hama habeyss!
    Loved it💗
    Aaa yaadhin don’t do anything foolish vrh heevey kameh goas vaan ulhey hen between dhunya and yaadhin😭😭
    Awwnn kail and mai so cute!!
    Cake nuves kai dhw kail e dhiyaee!! No wonder he got food😝😂
    When next?
    Lyssm💗
    i Appreciate your hard work 😁

    1. Maash Maash says:
      December 21, 2025 at 4:19 pm

      Thankyou soo muchh darll I’m happy U liked itt.. let’s see what happens next dhww..
      Oh my goshhh dirty mind alert😭😭
      love you more darl.. appreciate you lovely comment💜🦋

  7. Maash Maash says:
    December 15, 2025 at 8:56 pm

    Thanks all.. adhi hurihaa kudhin comments ah reply dheynan vaguthu v ma.. I just wanna say story aa nugulhey fake comments kuraa rashu soru ge comments dhen approve kohleven nei vhk.. adhi rashu soru ehen namesga kuraa comments vx approve nukuraane vhk.. ekam vrh bodah shukuriyya vhk kiyaafa comment kuraathy.. ein vx eba ingey kithamme vhk hadiyakas, ‘cringe’ viyas vhk kiyaakan eba.. and that’s kinda funny vhk Kiya kiyaafa thikahala comments kurun😭😭

  8. shihaamaa ali shihaamaa ali says:
    December 16, 2025 at 10:52 am

    heyyy marsshhh
    mi part vess vrh reethi allahumma baarikkk 🫶🏻 OMYGOSHHHH i couldn’t hold my smile when i was reading kail and maireen ge bai😭 was blushing sooo hardd… alhe dhunya and yaadhu dhww HOW COULD YOUU😭☹️ i hope they end up having a baby at the enddd.. dhn the finger eating like brother ewww haha… i hope rukain mn finds who did it!
    i’m very proud of you for uploading again.. pls don’t let those comments get to you.. as long as i’m alive you have a fan who is very obsessed with your stories haha🫶🏻🥹
    ILYYSSMM❤️

    1. Maash Maash says:
      December 21, 2025 at 4:21 pm

      Heyyy shiherrrrr…
      Thankyou soo muchh darll I’m happy U liked itt.. let’s see what happens next dhww… Don’t worry I won’t let em get to me.. I know darll💜
      love you more darlinggg💜🦋

  9. Anonymous says:
    December 16, 2025 at 11:16 am

    lovedd ittt
    once again my fav author proved she is the besttt MA
    alheyyyyyy kailll so cuteeee
    yaadhin aa dunya vs i feel sadd
    anywayssssss lovedd it and cant wait for ep 8
    lyy tccc <3333

    1. naeen says:
      December 16, 2025 at 11:17 am

      this is naaen btw forgot erite name

    2. Maash Maash says:
      December 21, 2025 at 4:22 pm

      Hehhehehehe.. that’s naeen.. I’m honoured🥹💜
      Thankyou soo muchh darll I’m happy U liked itt.. let’s see what happens next dhww..
      love you more darlinggg💜🦋

  10. Cutiee says:
    December 19, 2025 at 3:08 pm

    Maash girly,when’s the next part?
    Curiosity on hundred!!!

    1. Maash Maash says:
      December 21, 2025 at 4:23 pm

      Next part tomorrow Insha Allah💜🦋

Comments are closed.

Next Episodeލޮތްބެއް މަ ނޭދެން ޔާރު ނޫން – 03←


All Right Reserved!