Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ..! 13ވަނަ ބައި

princess lily Level 110 Stories
February 18, 2016 4 Mins Read
8 Comments

ކޮޓަރިއަށް ވަދެވުމާއެކު ކުޑަދޮރުކައިރީ ހުއްޓެމުން ދޮރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެއަށްފަހު ނާއިފް އެނބުރިއައިސް އެނދުގައި އިށީނދެލިއެވެ.

“ފަޔާ.. ކޮންތާކު..؟ ބިޒީތަ..؟” ނާއިފް ގުޅީ ނާއިފްގެ ގާތް އެކުވެރިޔާފަޔާޒް އާއެވެ.

“ގޭގަ މިއުޅެނީ.. ވައިފް ދިޔަފަހުން ގުޅާވެސް ނުލަމެއްނު.. ނެތްތަ ކޮފީއަކަށް ދިޔުމެއްވެސް..؟” ފަޔާޒް ސުވާލުކުރިއެވެ.

” ކޮފީއަކަށް ދާންވާނެ…! އެކަމް މިއަދަކުނޫން..! ކުޑަކަމަކު މިގުޅާލީ..! އަހަރެމެން ފަޔާގެ ދައްތަ އުޅޭ ރަށަށް ދިޔަދުވަހު ފުރަންދަނިކޮން ދިމާވިއެއްނު ސޮރެއް.. އޭނަޔާ ދިމާވާނެތަނެއް ބުނެބަލަ..!” ނާއިފް ހަނދާންކޮއްލަމުން ސުވާލުކުރިއެވެ.

“ކާކު..؟ ޝިފާންތަ..؟” ފަޔާޒް ވެސް ވިސްނާލިއެވެ.

“އެކީއްކުރަން..؟ އޭނަ އަތުން ޑްރަގް ކޮޅެއްނަގަންތަ..؟” ނާއިފްގެ ޖަވާބެއްނުލިބުމުން ފަޔާޒް ހީލަމުން ބުނެލިއެވެ.

“ކުޑަ ވާހަކައެއް ދައްކާލަން..!” ނާއިފް ޖަވާބުދިނެވެ.

“ކޮންކަހަލަ.. އަނެއްކާ މައްސަލައެއްތަ..؟ ނާއިފް މިހާރު އަހަރެންނަށް އިތުބާރުވެސް ނުކުރަނީތަ..؟” ފަޔާޒް އިތުރު ސުވާލެއްކޮއްލިއެވެ.

“އިތުބާރުކުރަން.. އެހެންވެ މިގުޅީވެސް..! އަސްލު މިވެގެން އުޅޭގޮތަކީ..!” ނާއިފް ފަޔާޒްގެ ސުވާލުތަކަށް ޖަވާބުދެމުން ވެގެންއުޅޭގޮތް ފެށިގެން ނިމެންދެން ތަފްސީލުކޮން ކިޔައިދިނެވެ.

“ހަމަތެދެއް.. ތިހުރިހާ ކަމެއްވީއިރު ބުނެވެސްނުލާ..! އަހަރެންހީކުރީ ނިހާ ދުވަސްކޮޅަކަށް ގޮސްލީކަމަށް..!” ނާއިފްގެ ވާހަކަ ނިމުމުން ފަޔާޒް ވާހަކަދެއްކީ ހައިރާންވެހުރެއެވެ.

“އޭރު އަހަރެންނަށް ހީވީ އެއީ ނިހާ ކުރިކަމެކޭ.. އެކަމް މިހާރު އެހެންގޮތަކަށް ހީވަނީ..! ބޭނުންވަނީ އެމީހާ އާއި ސުވަލުކުރަން..!” ނާއިފް ކުރުގޮތަކަށް ބޭނުންވާގޮތް ކިޔައިދިނެވެ.

“ހޫމް..! ތިބުނީ އެރޭ އެފެނުނު މީހަކީ ޝިފާންއޭތަ؟ މިހާރު ނާއިފް ބޭނުންވަނީ ޝިފާންއާ ސުވާލުކުރަންދޯ؟” ފަޔާޒް ބުނެލިއެވެ.

“ހޫމް..! ހަގީގަތް އެނގުނީމަނޫނީ އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ..!”

“އެކަމް އޭނަ ކައިރިއަށް ނާއިފް އެކަނި ދާކަށް ރަނގަޅެއްނުވާނެ..! އަހަރެންވެސް ދާނަން..!”

މެންދުރުގެ ކެއުންތައްޔާރު ކުރުމުގައި ނަފީސާ އަވަދިނެތި އުޅެމުންދެއެވެ. މޭޒުމަތި ސާފުކޮއްލުމަށްފަހު ނަފީސާ ހިނގައިގަތީ ބޭރަށް ނިކުތުމަށްށެވެ. ނިހާމާ ކޮބާތޯ ބަލާލުމުގެ ބޭނުމުގައެވެ.

ބޭރުޖޯލީގައި ތައްޓަކާއި ވަޅިއެއްހިފައިގެން ނިހާމާއިނެވެ. ތަށީގެތެރޭ ފިޔާއެއްއޮތެވެ. އޭރު ނިހަމާ އިނީ ފުން ހިޔާލެއްގެތެރޭގައެވެ.

ދަރިފުޅާ..! ދަރިފުޅާ..!” ނިހާމާ އިންގޮތް ފެނިފައި ނަފީސާ ދެފަހަރަކު ގޮވާލިއެވެ. އެހެންނަމަވެސް ނިހާމާގެ ފަރާތުން ކުޑަވެސް ހަރަކާތެއް ނުފެނުނެވެ. ރަށަށް އައިފަހުން ނިހާމާގެ ހާލަކީ މިއީއެވެ. ގިނަވަގުތު އިންނަނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ. ކޮންމެވެސް ހިޔާލެއްގައެވެ.

“ދަރިފުޅާ..!” ނަފީސާ ތަންކޮންޅެއް ކައިރިއަށް ޖެހިލާ ގޮވާލިއެވެ.

“ހޫމް..!” ނިހާމާ ޖަވާބުދިނެވެ.

“އަދިވެސް ނުނިމޭތަ..؟ ދަރިފުޅާ..! ދެން ވެނިމުނު ކަމަކާ ވިސްނުމުގެ ބޭނުމެއް އެބައޮތްތަ..؟ އަބަދު ތިހެން ނީނދެބަލަ..! ދަރިފުޅު ދެރަވެފަ މާޔޫސް ވެފަ އިނީމަ މަންމަ ކިހާދެރަވާނެ..!” ނަފީސާ ކޮންމެދުވަހަކު އެތައްފަހަރަކު ނިހާމާއަށް ހިތްވަރުދީ ނަސޭހަތްދެއެވެ. އެހެންނަމަވެސް ނިހާމާގެ އުޅުމަށް މާބޮޑު ބަދަލެއް އަންނަހެނެއް ހިއެއްނުވެއެވެ.

ހުރިހަމައެކަނި އަންހެންދަރިފުޅުގެ ދިރިއުޅުން ބޮއްސުންލަމުން ދާމަންޒަރު ދެކެން ނަފީސާގެ ހިތަކައްކެތެއްނުވެއެވެ. ކޮންމެދުވަހަކު ކަރުނަތަށް ހިންދައިގެންހުރެ އެދަރިފުޅަށް ނަސޭހަތްދެނީ އެދަރިފުޅުގެ ކުރިމަތީ ރޯންބޭނުންނުވާތީއެވެ.

“މަންމާ..!” ގޭގެ ބޮޑުދޮރާއްޓާ ދިމަލުން އިވުނު އަޑަށް ނިހާމާއާއި ނަފީސާ ބަލާލިއެވެ.

“މިހާދު..!” ކޮނޑުގައި ދަބަހެއް އަޅުވައިގެން އައި މިހާދު ފެނުމުން ނަފީސާ އަށް ލިބުނީ ހައިރާންކަމެކެވެ.

“ސަޕްރައިޒް ކަމުދޭތަ..؟ ނިހާވެސް އެބައުޅެންތަ ރަށުގަ..! ދޮންބެއަށް ވެސް ސަޕްރައިޒެއް ލިބުނީތާދޯ..! ކުޑަކުޑަ ޗުއްޓީއެއް ލިބުނީމަ ހިތައްއެރީ އަންނާނީއޭ..!” ނަފީސާގެ ގާތުގައި ހުއްޓެމުން ކައިރީހުރި ނިހާމާ އަށް ބަލާލަމުން މިހާދު ބުނެލިއެވެ.

“ނިހާ ކޮން އިރަކު އައީ..؟ ކޮބާ ނާއިފް..؟” މިހާދު ޖޯލީގައި އިށީނނަމުން އަހާލިއެވެ. މިހާދުގެ މިސުވާލުން ނަފީސާ އަށް ބަލާލެވުނީ ނިހާމާގެ މޫނަށްށެވެ.

“ނާއިފް..” ނިހާމާއަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. މިހާދު ބުނާނެއެއްޗެއް ނޭނގޭތީއެވެ.

“ކިހިނެއްވީ.. ނާއިފް ނާދޭތަ..؟” ނިހާމާއަށް ބަލަން އިނދެ މިހާދު ސުވާލުކުރިއެވެ.

“ހޫމް..!” އިތުރަށް އެވާހަކަ ދައްކާނެ ހިތްވަރުނެތުމުން ނިހާމާ ކުރު ޖަވާބެއްދެމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ނިހާމާގެ މިހަރަކާތުން މިހާދުގެ ހިތުގައި އިތުރު ސުވާލުތަކެތް އުފެދުނެވެ.

“މަންމާ..! ކިހިނެއް ވެގެންތަ މިއުޅެނީ..! ކީއްވެތަ ނިހާ އެދިޔައީ..؟” މިހާދު އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. އެންމެފަހުން ނަފީސާއަށް މަޖުބޫރުވީ ހުރިހާ ވާހަކައެއް މިހާދުއަށް ކިޔާދޭށެވެ.

“ނިހާ އަކީ އެހެން އުޅޭނެ ކުއްޖެއް ނޫން… ދެރައީ ނާއިފް ނިހާއަށް ވާހަކަ ދައްކަން ފުރުސަތުނުދިނީމަ..! އަހަރެން ނާއިފްއަށް ގުޅާނަން…!”މިހާދު ވާހަކަދެއްކިއެވެ.

“ނިހާ ކިތަންމެ ފަހަރަކު ނާއިފްއަށް ގުޅި.. އެކަމަކު ނާއިފް ފޯނެއްނުނަގާ..!” ނަފީސާ އިތުރަށް ކިޔައިދިނެވެ.

ގަޑިން ރޭގަނޑު ނުވައޭއްޖެހީއެވެ. ނާއިފް އާއި ފަޔާޒް ސައިކަލުގައި ދުއްވާލީ ޝިފާންއާއި ބައްދަލުކުރަން ދާށެވެ. މިސްރާބުހުރީ ރަށުގެ ނަން މައްޝޫރު ކެފޭއަކާ ދިމާލައްށެވެ. މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކުރުމައްފަހު ދެމީހުން އެކުގައި ކެފޭގެތެރެއަށް ވަނެވެ.

“އޭނީ…!” ފަހަރަކު މޭޒަކަށް ނަޒަރު ހިނގާލަމުން ތަންކޮޅެއްދުރުގައި އިން މޭޒަކަށް ފަޔާޒް އިޝާރާތް ކުރިއެވެ. އެމޭޒު ހުރީ އެހެން މޭޒުތަކާ ތަންކޮޅެއް ދުރު އަނދިރި ހިސާބެއްގައެވެ. ނާއިފް އަށް ޝިފާން ފެނުމާއެކު ލޭކެކިގަތެވެ. ރުޅިއައިސް ދެއަތް މުއްކަވާލެވުނީ އެއްވެސް އިހުތިޔާރަކާނުލައެވެ.

“ޝިފާން..!” އެމޭޒު ކައިރިއަށް ހުއްޓެމުން ފަޔާޒް މަޑުމަޑުން ގޮވާލިއެވެ. ޝިފާން އިސް އުފުލާ ބަލާލިއެވެ. ނާއިފް ފެނުމާއެކު ޝިފާން އަށް ތެދުވެވުނެވެ.

” އިށީނދޭ..! އިށީނދޭ! އަހަރެން ފެނުނީމަ ހާދަ ހާސްވީ..! ކީއްވެ ތިތެދުވީ..؟ އަހަރެންމީ މާ އިއްޒަތްތެރި މީހަކީތަ..؟” ނައިފް ޝިފާން އާއި ހަތަރު ކަޅިހަމަކުރަމުން ވާހަކަދެއްކިއެވެ. ނާއިފް އާއި ފަޔާޒް ގޮނޑީގައި އިށީނުމުން ޝިފާންވެސް އިށީނެވެ. އޭރު ޝިފާންވަނި ދާހިތްލާ ފޯވެފައެވެ. ނާއިފް އިނީ ޝިފާންގެ ހަރަކާތްތަކަށް ސަމާލުކަންދީގެންނެވެ. އެހަރާކާތްތަކުން ނާއިފްއަށް އެތަކަމެއް ދޭހަވަމުންދިޔައެވެ.

“ކީއްވެކުރިކަމެއް އެއީ..؟” ޝިފާންގެ މޫނަށް ނަޒަރު ހުއްޓައިގެން އިނދެ ނާއިފް ސުވާލުކުރިއެވެ.

“ކޮ..ކޮންކަމެއް..؟”

“ކޮންކަމެއްކަން ޝިފާން އަށް އެނގެއެއްނު..! އަހަރެން ބޭނުންވަނީ ސަބަބު..؟” ނާއިފް ސާބިތުކަމާއެކު ސުވާލުކުރިއެވެ.

” އެރޭ އަހަރެން ދިޔައީ ނާއިފްގެ އަންހެނުން ބުނެގެން..!” ޝިފާން ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ދޮގު.. ތީދޮގު..!’ ނާއިފް އައިރުޅީގައި މޭޒުމަތީ އަތުންޖެހިއެވެ.

” އޭނަ ރުހުމުގަ ޝިފާން ވެއްދިނަމަ.. ޝިފާން އަކަށް އެދޮރު ހަލާކުކޮއްލާކަށް ނުޖެހޭނެ..! ތިދެމީހުންގެ ދެމެދުގަ އެއްވެސް ކަމެއް އެރެއަކު ނުހިނގާކަން އަހަންނަށް ޔަގީން..! ޝިފާން ބޭނުންވީ އަހަރެމެން ދެމިހުންގެ ދިރިއުޅުން ހަލާކުކުރަން..!! ކޮބާހޭ ބޭނުމަކީ…؟؟؟؟” ނާއިފްގެ އަޑު ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް ބާރުވަމުންނެވެ.

” ނާއިފް ގަބޫލުކުރަން ބޭނުންނުވަންޏާ ގަބޫލުނުކުރޭ..! އަހަރެންގެ އެއްވެސް މައްސަލައެއްނެތް..! ހެހެހެ” ޝިފާން ދާންތެދުވިއެވެ. އެއާއިއެކު ނާއިފްތެދުވެ ޝިފާން ލައިގެންހުރި ޓީޝާޓުގެ ގިރުވާނުގައި ހިފިއެވެ.

“ނާއިފް ދޫކޮއްލާ..! ނާއިފް..!” އެންމެފަހު ފަޔާޒް ތެދުވެ ދެމީހުންދުރުކުރަން މަސައްކަތްކުރިއެވެ.

“ދޫކުރޭ..! ތިހެދުނީ ވަރަށް ބޮޑުގޯހެއް..!! ހަނދާންކުރާތި..!!!” ޝިފާން ނާއިފްގެ އަތް ފޮޅުވާލަމުން އިންޒާރުދިނެވެ.

“ގޮސް ކޮޓަރި ރަނގަޅަށް ބާލާ.. ތިނިހާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭނެ އޭރުން.. ހެހެހެ..!” އަނެއްކާވެސް ޝިފާނު ވާހަކަދެއްކިއެވެ.

“ނާއިފް..! ތިކުރީ ރަނގަޅުކަމެއް ނޫން..! އޭނަގެ ބޮޑުގުރޫޕެއް އޮވޭ.. ކޮންމެކަމެއްވެސް ކޮއްފާނެ..!” ފަޔާޒް ވާހަކަދެއްކީ ޝިފާން ދިޔުމުންނެވެ.

“އަހަރެން ބިރެއްނުގަނޭ…!!”

ހެނދުނުގެ ހިތްގައިމުވަގުތު މިހާދު މިސްރާބުޖެހީ ރަށުގެ ބަނދަރާ ދިމަލައްށެވެ. ހަޓަށް ކޮފީއެއް ބޯލަންށެވެ. ގޭގައި ހުރެހުރެ ފޫހިވެގެން ރަށުތެރެބަލާލާ ބައެއްރައްޓެހިންނާ ބައްދަލުކޮއްލުމުގެ ބޭނުމުގައިވެސްމެއެވެ.

އެތެރެއަށްވަދެ ގޮނޑީގައި އިށީނނަމުން ކޮފީއެއްގެސްދިނުމަށް މިހާދުއެދުނެވެ.

“އޭތް.. ކޮން އިރަކު އައީ..؟” ކައިރީ ޖެހިގެންހުރި ގޮނޑީގައި އިށީންނަމުން އަޔާޒް ވާހަކަދެއްކިއެވެ.

“އިއްޔެގަ އައީ..! އަޔާ ކިހިނެއްތަ..؟” މިހާދު ސުވާލުކުރިއެވެ.

“ނިހާ ފެނުނު އިއްޔެ..”! ފަހަތުން މޭޒެއްގެ ކައިރީ އިންމީހަކު ބުނި ޖުމުލައިން މިހާދުގެ ސަމާލުކަން އެދިމާލަށް ދިޔައެވެ. އިތުރަށް އަޑުއަހާލުމުގެ ބޭނުމުގައި މިހާދު ކުޑަކޮން ގޮނޑި ފަހަތަށް ޖައްސާލިއެވެ.

“އާނ.. ދެރަވެފަ ހުރީ.. ހީވަނީ ވަރަށް ކާމިޔާބުހެން.. އެހެންތަ.. އޭނަ ކީކޭތަ އެހީ..؟ ނާއިފް ހީކުރީ އަހަރެން އެދެމީހުން އުފަލުގަ އުޅެންދޫކޮއްލާނެކަމަށް.. އަހަރެން ޕޮލިހަށް ހަވާލުކުރުން އެއީ އެމިހުންކުރި މޮޔަކަމެއް.. ހެހެހެހެ.. ! އަހަރެންގެ މޫނުމަތީ ޖެހީމަ އެދުވަހު ވީތަދު މިހާރު އެނިހާއަށް ހުންނާނި ރަނގަޅަށް އިހުސާސްވެފަ..! ހެހެހެހެ..!” އަލާން މޫނުގައި އަތްޖައްސާލަމުން ހޭންފެށިއެވެ.

މިހާދު އިށީނދެ އިން ގޮނޑި ދުރަށް ކޮއްޕާލަމުން ތެދުވެ އަލާން އާއި ދިމާލަށް ދިޔައެވެ. ވާނުވާއެއް ނޭނގިފައި އަޔާޒްއަށް ހުރެވުނީ ބަލާށެވެ. މިހާދުގޮސް އަލާން ނަގާ އަލާންގެ މުނާދިމާލަށް ޖެހުމުގެ ބޭނުމުގައި އަތްނެގިއެވެ.

‘ކަލޭތަ.. ކަލޭތަ އެހުރިހާކަމެއް ކުރީ..؟؟” މިހާދުގެ ދެލޮލުން ފެންނަމުން ދިޔަ ރުޅިވެރިކަމުން ފުރަތަމަފަހަރަށް އަލާންވެސް ބިރުގަތެވެ.

މިހާދު މުއްކަވާ ބާރު ހަމަލާއެއް އަލާންގެ މޫނުމައްޗައް ދިނެވެ. އެއާއެކު އަލާންގެ އަނގައިން ލޭ އަންނަންފެށިއެވެ. ވީތަދުންނާބޮލައްވީ ގޮތުން އަލާން އަށް މޭޒުގައި ބާރަށް ހިފާއްޓާލެވުނެވެ. އޭރު އެތަނަށް ވަނީ ގިނަބަޔަކު ޖަމާވެފައެވެ.

ހެނދުނު ހޭލެވުނުގޮތަށް ނާއިފް އެނދުގާ އޮތީ ތެދުވާހިތްނުވެފައެވެ. ވަށައިގެން އެނބުރެމުންދިޔަ ހިޔާލުތަކެތްގެ ސަބަބުންނެވެ. އެހެންއޮވެފާ ކުއްލިއަކަށް ނާއިފްތެދުވީ ރޭގަ ޝިފާން ބުނި އެއްޗެއް ހަނދާންވުމުންނެވެ.

“”'”ގޮސް ކޮޓަރި ރަނގަޅަށް ބާލާ.. ތިނިހާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭނެ އޭރުން.. ހެހެހެ..!”””’ ނާއިފްއަށް ޝިފާންގެ މިޖުމުލަ ހަނދާންވުމުން އެނދުންތެދުވެ ކޮޓަރީގެ އެތަންމިތަން ހޯދަންފެށިއެވެ. އަލަމާރީގެ ހުރިހާ ތަނެއް ބަލާނިމުނުއިރުވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެންމެފަހުން އެނބުރިއައިސް އެނދުގައި ނާއިފް އިށީނެވެ. ބޮލުގައި ދެއަތުންހިފާއްޓާލަމުން އިސް ޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލުމާއެކު ނާއިފްގެ ނަޒަރުހުއްޓުނީ ޑްރެސިންޓޭބަލް ކައިރީއިން ކުޑަ ކަބަޑަކަށްށެވެ. މަޑުހިނގުމެއްގައިގޮސް ކަބަޑުގެ ދޮރުފަތް ހުޅުވާ ބަލާލިއެވެ. ކަބަޑުތެރޭގައިއިނީ ކުޑަ ފޮއްޓެކެވެ. ނާއިފް ފޮށިނަގާ ހުޅުވާލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ހިތުގެ ތިޔައީ ސާފު ލޯތްބޭ

Next

ހިތުގެ ތިޔައީ ސާފު ލޯތްބޭ 1

Next
February 18, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 1

Previews
February 18, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ

8 Comments!

  1. princess lily says:
    February 18, 2016 at 10:16 am

    next part mirey konmes irakun up kureveytho balaanan.. maa kurukon genesdheveythy dhe part up kohladheyn kamah miulheny.. ok..?

  2. Princess Noddy says:
    February 18, 2016 at 10:35 am

    kihvetha ehaa kury. dhigu kon genesdhbala dhw… dhen ehen noony dhigu kon liyevunym up kuran madukohlaanama, mihen thanfukeh up kuranyaa v foohi. Btw story hama reethi

  3. Hawwa manik/ga nilandhoo says:
    February 18, 2016 at 10:58 am

    2 part? 5 part ok vaane maa bodahves kury.

    Vaahaka v salhi kuriyah dhaa goi…

    Dhn thnx vaahaka genesdheythy kurukohvx

  4. princess lily says:
    February 18, 2016 at 11:18 am

    Las viyas OK vejjeyaa dhigukon up kureveyne. Gina kiyun Therin bunaa gotheh hadhaany

  5. shaai says:
    February 18, 2016 at 12:07 pm

    thankolheh kuru. ekamaku v reethi next part avahah update kohlaba

  6. Sim says:
    February 18, 2016 at 2:17 pm

    Konmedhuvahakuves genesdhey nama

  7. Mari says:
    February 18, 2016 at 2:35 pm

    Kuru viyas avahah up koh dhybaa…OK vaaney kurakas……..avah next part up koh dhehchey..thanxxxx..princess lily..keep it up

  8. lyn says:
    February 18, 2016 at 5:00 pm

    :@

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި←


All Right Reserved!