ތިޔައީ ހަނދޭ-1
އިރު އޭގެ ވާޖިބް އަދާކޮށްފައި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ދުނިޔެމަތި އަނދިރިވާން ފަށައިފިއެވެ. މަގުތައްމަތި ފަޅުވާން ފަށައިފިއެވެ. ދުނި ސޫފާސޫފިތައްވެސް އެއެއްޗިހީގެ ހާލިތަކަށް ވަންނަން ފަށައިފިއެވެ. ކޮލެޖް ނިއްމާފައި ނުކުތް ކުދިންތަށް އެކުދިންގެ ގޭތަކަށް ދާން މިސްރާބު ޖަހައިފިއެވެ. ކުދިންތަށް ގޮސް ހުސްވިއިރުވެސް ގޭޓް ކައިރީގައި ކުއްޖަކު ހުއްޓެެވެ. ބެލެވޭ ގޮތުގައި އެކުއްޖާ އެއިނީ ބަލާ ނައިސް ގެންނެވެ. ފޯނުން އިރުއިރު ކޮޅާ ގުޅާލައެވެ. ވަރަށް މަގުމަތިވެސް ހޯދަލައެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެއްމެ ފަހުން އެކުއްޖާ ހިގައިގަތެވެ.
“އަހަ ޔޫރާ އައީ ދޯ.. ކޮބާ ދޮންބެ..” ބަދިގޭގައި ސައިތައްޔާރު ކުރަމުން ދިޔަ ރާނިޔާ އަހާލިއެވެ.
“އަޅުގަނޑު މިއައީ ހިގައިފަ.. ދޮންބެ ނާދެ ބަލައެއް.. ކުޑަމިނުން ބައްޕަ އެއްވެސް ނައޭ..” ޔޫރާ ދަބަސް ގޮނޑީގައި ބައިންދައިލައިފައި ޝަކުވާ ކޮށްލިއެވެ.
“އަސްލުތަ.. އެކަމު ބައްޕަ ކާރީ ބުނިން ޔޫރާ ނިމޭނެއޭ 6:15 ގައި.. ހަދާން ނެތުނީކަމައްވާނީ..” ރާނިޔާ ސަައިތަށިތަށް މޭޒުމައްޗަށް އަރުވަމުން ބުނެލިއެވެ.
“އޭޔް ބްރޯ.. މިހާރު ދަނީތަ.. އައިސް ބަލަ އަހަރެމެންނާއި އެކީ ސައިބޮއިގެން ދާން..” ރަޝްނާން އޮފީހުން ނުކުމެ ސައިކަލު މައްޗަށް އެރުމުން އެހެން މީހަކު ގޮވާލިއެވެ.
“ޕިސް.. މާ ލަސްވެއްޖެ މިއަދު ދެން..” ރަޝްނާން މަޑުކޮށްނުލާ ދިޔައީއެވެ.
ރާނިޔާ ގޭ ދޮރުމައްޗަށް އެރިތަނާހެން ޔޫޝައު އައިސް މަޑުކޮށްލިއެވެ. ޔޫޝައު ފެނުމުން ރާނިޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ބޭއިޙްތިޔާރުގައެވެ. ރާނިޔާ އާއި ޔޫޝައު ކައިވެނިކޮށްގެން އުޅޭތާ މިހާރު 21 އަހަރުވީއެވެ. ދެމަފިރިންގެވެސް ދެ ކުދިން ހުރެއެވެ. އެއީ އެއްމެ ދޮށީ ކުއްޖާ ރަޝްނާން އެވެ. ރަޝްނާން އަށް މިހާރު 22 އަހަރެވެ. އެއްމެ ހަޤުކުއްޖާ ޔޫރާ އެވެ. ޔޫރާ އަށް 19 އަހަރެވެ.
“އަހަރެންގެ އިންތިޒާރުގަ ދޯ ތިއިންނަނީ..” ޔޫޝައު އައިސް ރާނިޔާގެ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ.
“ހޫމް.. ދެން އެނޫން ކާކުގެ އިންތިޒާރުގަތަ އިންނަންވީ..” ރާނިޔާ ޔޫޝައު އާއި އެކީ ގޮސް ބަދިގެޔަށް ވަނެވެ.
“ޔޫރާ.. ވަރަށް ބޮޑަށް ސޮރީ ބައްޕަ އަށް ޔޫރާ ބަލާ ނުދެވުނީމަ..” ޔޫޝައު ޔޫރާ އާއި ވާހަކަ ދެއްކުމުންވެސް ޔޫރާ އަޅައެއް ނުލައެވެ. އޭނާ ތުން ކޮޅު އޫކޮށްލައިގެން ހުރެ ފޯނާ ކުޅެމުން ދިޔައެވެ.
“ދެން އަނގައިންވެސް ނުބުނާނަންތަ..؟” ޔޫޝައު އައިސް ޔޫރާގެ ކައިރީ ހުއްޓިލިއެވެ. އަދި ޖީބުން ނެގި ކިޓްކެޓް ޔޫރާގެ ކޮލުގައި ޖައްސާލިއެވެ.
ޔޫރާ އަށް ކިޓްކެޓް ފެނުމުން ވަގުތުން ފޯނު ބާއްވާފައި ކިޓްކެޓްގައި ހިފިއެވެ. އޭނާ އަކީ ފޮނި އެއްޗިހިކާން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.
“އަދިވެސް ބައްޕަ އަކަށް މަޢާފެއް ނުކުރަންތަ..” ޔޫޝައު ހިނިތުންވެ ހުރެ އަހާލިއެވެ.
“ނޫން.. މަޢާފު ކޮށްފިން.. އެކަމު ދެން އެހެން ނަހަދައްޗޭ.. ޔޫރާ ހާދަ ބިރެއް ގަތޭ އެކަނި އެތާ އިންނަން..” ޔޫރާ ބުނެލިއެވެ.
ތިން މީހުންވެސް ސައިބޯން އިށީންދެލިތަނާހެން ރަޝްނާން ވެސް އައިސް ބަދިގެޔަށް ވަނެވެ.
“ހާދަ ލަސްވީ ރަޝް..” ރާނިޔާ އެއްމެނނަށް ސައި އަޅަމުން އަހާލިއެވެ.
“ލަސްތަ.. ސޮރީ އެހެންވީރު..” ރަޝްނާން ހިނިތުންވެލިއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލުނެއް ލައިގެން ޓައި އެއް އަޅައިލައިގެން ހުރީރު ވަރަށް ވެސް ފިރިހެން ވަންތައެވެ. މިހާރުވެސް އޭނާ ފަހަތުން އެތަކެއް އަންހެން ކުދިންނެއް ދުވެއެވެ. ނަމަވެސް އެއިން އެއްމެ އަންހެންކުއްޖަކަށް ވެސް ރަޝްނާންގެ ޝައުގެއް ނެތެވެ. އޭނާ އެމަޑުކުރަނީ ކާކަށް ކަމެއް ވެސް ނޭނގެއެެވެ.
“ޔޫރާ ހާދަ މޫނުކުނިކޮށްލައިގެން.. ކިހިނެއްވީ.. ހީވަނީ ޕަފާ ފިޝް އެއް ހެން..” ރަޝްނާން ޔޫރާގެ ފުއްޕާލެވިފައިވީ ކޮލަށް އިގިލި ކޮށްޕާލަމުން މަޖާ ގޮތަކަށް ބުނެލިއެވެ.
“ބައްޕަ ބަލާ ނޮގޮސް ގެން..” ރާނިޔާ ހީލަމުން ސައިމޭޒު ދޮށުގައި އިށީނެވެ.
އައިލާ އެއްކޮށް ސައިބޮމުން ދަނިކޮށް ޔޫރާގެ ފޯނު ރިންގް ވާން ފެށިއެެވެ. ބަލައިލީރު އެއީ އޭނާ އެއްމެ ނަފްރަތު ކުރާ އެކަކެެވެ. މައިސަން އެވެ. މައިސަން އަކީ ޔޫރާ ކޮލެޖް އަށް ދާން ފެށީ ސުރެއް އޭނާގެ ފަހަތުން އުޅުން މީހެކެވެ. އެތަކެއް ފަހަރު މައިސަން ވަނީ ޔޫރާ ކައިރީ ރައްޓެހިވާން އަހާފައެވެ. ނަމަވެސް ޔޫރާގެ ހިތް އެދޭ އެއްވެސް ސިފައެއް މައިސަން ގަޔަކު ނެތެވެ. ޔޫރާ ސްކްރީން އަށް ބަލަން ހުރެފައި ފޯނު ކަޑައިލިއެވެ. އަނެއްކާވެސް ގުޅަން ފެށިއެވެ. މިފަހަރު ޔޫރާ މައިސަންގެ ނަމްބަރު ބްލޮކް ކޮށްލީއެެވެ.
އެއްމެންވެސް ސައިބުއިގެން އެމީހެއްގެ ކޮޓަރިއަށް ވަދެއްޖެއެވެ. ރަޝްނާން ވެސް ކޮޓަރިއަށް ވަދެފައި އެނދުގައި އިށީން ދެލިއެވެ. ބޮލުގައި ފިރުމާލައިފައި އޭނާ ތެދުވެގެން ދިޔައީ ފެންވަރާށެވެ. އޮފިހުގައި ބުރަކޮށް މަސައްކަތް ކޮށްފައި އައިސް އެނދުގައި ބުރަކަށި ޖައްސާލުމާއި އެކީ ރަޝްނާންގެ އެސްފިޔަތަށް ބަރުވާން ފެށިއެވެ. އިސާހިތަކު ރަޝްނާން އަށް ނިދިއްޖެއެވެ.
ރާނިޔާ އިނީ އެނދުމަތީ ހުރި އެއްޗިހި ފަތް ޖަހާށެވެ. ޔޫޝައު ފެންވަރައިގެން ނުކުމެ ރީތިވާން އުޅެއެވެ. ޔޫޝައު ރީތިވެގެން އައިސް ރާނިޔާ ކައިރީ އިށީނެވެ. ޔޫޝައު މާވަރަކަށް ބަލަން ފެށުމުން ރާނިޔާ ލަދުގަތެވެ.
“ކީއްވެތަ މާވަރަކަށް ތިބަލަނީ..؟” ރާނިޔާ އަނެއް ފަރާތަށް މޫނު އަނބުރާލިއެެވެ.
“އަހަރެންގެ އަންހެނުން ރީތިކަމުން.. ހިޔެއް ނުވޭ މިދުނިޔެމަތިންވެސް މިހާ ރީތިކަމެއް ފެންނާނެ ހެނެއް..” ޔޫޝައު ލާނެތް ރާގަކަށް ބުނެލިއެވެ.
“ދޭން ޔޫޝައު..” ރާނިޔާ ލަދުގަތެވެ. ޔޫޝައު ރާނިޔާގެ އަތުގައި ހިފާލިއެވެ.
ހަމައެވަގުތު އެކޮޓަރި ދޮރުގައި ޓަކި ދިނެވެ. އެއީ ޔޫރާ އެވެ. އިރުކޮޅަކު ހުރެލައިފައި އޭނާ ދޮރު ހުޅުވާލިއެވެ.
“މަންމާ އޯކޭތަ ލައިބްރެރީއަށް ގޮސްލިއަސް..” ޔޫރާ އަހާލިއެވެ.
“އަވަހަށް އަންނައްޗޭ އެކަމު..” ރާނިޔާ އެއްބަސް ވިއެވެ.
ޔޫރާ އަކީ ވާހަކ ކިޔުމައް ނުލާހިކު ފޯރި ހުންނަ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް އޭނާ ކޮލެޖް ނިއްމާ ފައި ބައި ގަޑީރަށް ވިއަސް ލައިބްރެރީއަށް ވަދެލާނެއެވެ. ނަލަހެދިލައިގެން ގެއިން ނިކުތް ޔޫރާ މަގުގެ ދެކޮޅު ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން ހިގައިފައި އައިސް ލައިބްރެރީ ހުރި މަގަށް އަޅައިލި ތަނާހެން ފަތްތަކެއް މުގުރިގެން ދިޔަކަހަލަ އަޑެއް އިވުނެވެ. ޔޫރާ ފަހަތް ބަލައިލީރަށް އެމީހަކު އެތާ އިން ގަހެއް ފަހަތަށް ވަދެ ނިވާވެލިއެވެ. ޔޫރާ އަށް ހަމަ ރަގަނޅަށް ވެސް އެއީ ކާކުކަން އެނގެއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Kaivenyah 21 aharu. dhoshee dharifulhah 22 aharu. Ethankolhu rangalhu kohlaa. Furathama baives vrh reethi.
Thank you for telling! 🤗
Glad you like it! 🥰
Masha Allah mi part ves Vrh reethi yoora ah anehka efenuny maisan baa 🤔 rashnaan so cute 😘 hehe Curiously waiting for the next part when’s next?
Lyyyyyyyy 😘🤞
Thank you Shaba_73! 🥰
Next part ves v avahah Inshaallh! 🤭
Love you too!! 😘
Masha Allah first part ves Vrh Reethi……❤️ Yoora ah e Fenuny maisan kanne….. 😯 Eheheheheh Curiously waiting for next part……
Whn nxt…..?
Luv you ❤️☺️
Thank you Alaika_22!! 🤗
Vedhaane maisan kamah ves dhw! 🤭
Next part ves v avahah inshallah! 👍
Love you more! 😘
Omg first part ves Vrh loabi….MA!!😍
Whn nxt…..?
Luv you very much and take care….. 😍❤️
Thank you Th*
Inshaallh v avahah! 🤭
Love you too! 😘
You also take care! 🥰
Maasha Allah 🫶❤️❤️
You have just tried you ‘ re Best to make This cute cute story good…I am so proud of your hardwork , Patience and everything….You know ,I kept reading stories since Last Ramadan 🤎🤎
It was a bit but boring staying in home So I read stories every single since now…I started writing stories from my own since 2023 Btw No improvement at that time…Bttt Now My stories are the Best and Best in class…But I don’t have confidence to just see my stories others 😭😭Anyways, When’s the next Part ??? Yooshau &Raaniya So So cute couple 🥰🥰 Although their lovely kids so so Cute…
Lysmm💔❤️🩹❤️🩹
Tc of Yourself
Bye 🫶❤️❤️
Thank you!
Happy to know that you also like to write stories!!
Inshaallah one day your stories would also be one of the best stories!
Glad you like the characters!
Anyways, love you too!!
You also take care!