Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަދި އެއްފަހަރު (ދެވަނަ ބައި)

Kudu Level 1
February 17, 2016 4 Mins Read
16 Comments

“ޔަލާ ބައްޕައަށް ފެނުނިއްޔާ އަނެއްކާ ކަންތައް ބޮޑު ކުރާނެ.. ޔާޔާއަށް އެނގެ އެއްނު..” ޔަލާ ރުއިން ހުއްޓާލާތޯ ނިކަތު އެތައް ވާހަކައެއް ޔަލާ ކައިރީގައި ދައްކަމުން ދިޔައެވެ. އެންމެފަހުން ޔަލާގެ ރުއިމުގެ އަޑުވެސް މަޑު ވަމުން ގޮސް ހުއްޓިއްޖެއެވެ. ނިކަތުގެ އަތުން ޔަލާ ދޫކޮށްލީ އެއްކޮށް ގިސްލުމުގެ އަޑު ކެނޑުމުންނެވެ. ޔަލާގެ ފޯނު ރިންގް ވާން ފެށުމުން ކަރު ކެހި ލުމަށްފަހު ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ.

 

#       #         #         #           #         #

 

ބަންދު ދެދުވަހަށްފަހު ސަރުކާރު ހުޅުވުމާއިއެކީ ޔަލާއަށް ވަޒީފާއަށް ނިކުތުމަށް އެންގިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ޔަލާއިނީ ފުދޭ ވަރަކަށް އަވަހަށް ތެދުވެއެވެ. ފެހި ކުލައިގެ ސިފައިންގެ ޔުނިފޯމްގައި ޔަލާ ފެންނަނީ ފަތް ގިނަ ގަހެއްގެ ހެންނެވެ. ބެރޭ ބޮލަށް ހެޔޮވަރު ކޮށްލަމުން ޔަލާ ޔުނިފޯމްގެ ޖީބަށް ފޯނު ކޮށްޕައި ލިއެވެ. އެންކަލް އެހެންނާ ހުންނަ ވަރަށް ވުރެ ބަރުހެންވެސް ބައެއް ފަހަރު އޭނާއަށް ހީވެއެވެ. ގޭގައި ސައިކަލެއް ހުރި ނަމަވެސް ޔަލާ އަބަދުވެސް ބޭނުންވަނީ ހިނގާފައި އުޅޭށެވެ. އެންމެ ކުރިންވެސް އެހެން އާދަ ވެފައި އޮތުމުން ކަންނޭނގެއެވެ.

 

ބަންޑާރަ ކޮށީގެ ދޮރާއި ހަމައަށް އެރެވުމާއި އެކީ ޔަލާ ވަށައިގެން ބަލާލިއެވެ. މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެތެރެއަށް ވަދެވުމާއެކު ޔަލާ މިސްރާބުޖެހީ ބެރެކްސްތަކާއި ދިމާއަށެވެ. ނަމަވެސް ވަކި ހިސާބަކުން ބައްދަލު ކުރަން ދިޔަ ފަރާތް ފެނުމުން އަތުން ހަނާ އަޅާލިއެވެ.

“ޔާޔާ.. ސޮރީ މޭމް” އާކިލް ޔަލާއާއި ދިމާ ކޮށްލަމުން ބުނެލިއެވެ.

“ކޮންކަމެއް މިހާރު އޮތީ؟” ވަށައިގެން ބަލާލަމުން ޔަލާ އަހާލިއެވެ.

“ރެކްރުޓް ކުދިން ގޮވައިގެން މިއުޅެނީ.. ހިނގާ އެދިމާއަށް” ލޮލުގެ އިޝާރާތުން ދުރުގައި ތިބި ކުދިންތައް ދައްކާލަމުން އާކިލް ބުނެލިއެވެ. އާކިލްއާއި ޔަލާ އެންމެ ފުރަތަމަ ބައްދަލުވީ ރެކްރުޓް ޓްރެނިން ތެރެއިންނެވެ. އާކިލްއަކީ އަލިޔާންގެ ދެބެންގެ ދެދަރޮ ކޮއްކޮ އެއްކަން އެނގުމުން ޔަލާއާއި އާކިލް ގެ ރަހުމަތް ތެރިކަން ދެގުނައަށް އިތުރު ވިއެވެ.

“އަދިވެސް މިކުދިން ނުދަނީތަ ބޭސިކް ޓްރެއިނިންގް” ޔަލާ އެކުދިންނަށް ނަޒަރު ހިނަގާލަމުން ބުނެލިއެވެ.

އާކިލް ބޯ ޖަހާލަމުން އެބައަންނަން ކަމުގައި ބުނެލިއެވެ. ކުދިން ތަކުގެ ކުރިމަތިން ގޮސް ޔަލާ ޑިއުޓީ ކުރާ ތަނަށް ހުއްޓިލިއެވެ. ޑިއުޓީ ކުރާތަނަށް ވަދެވުމާއެކު ޔަލާގެ މޫޑު ސަކަރާތް ވެއްޖެއެވެ. ކުރިމަތިން ފެނުނީ ދަންނަ މީހެއްހެން ހީވުމުން ޔަލާ ދެވަނަ ފަހަރަށް ބަލާލިއެވެ. އެއީ ހަމަ ޔަލާއާއި އެއް ފްލައިޓަކުން މިކޮޅަށްއައި ޒުވާނެކެވެ. ނަން ނޭނގުނު ކަމުގައި ވިއަސް މޫނު މަތިންވެސް ބޮޑަކަން ފެންނަން ހުއްޓެވެ. ރީތި ފިރިހެނެއް ވިއްޔާ ގޮތް ކަންނޭނގެއެވެ. ބޯޓު ތެރެއިން އޮޅިގެން އޭނާގައިގައި ޖެހިލުމުންވެސް ޔަލާއަށް އެތިވަރު ގޮވައި ގަތެވެ.

 

“ނަސީމް.. ” ފަހަތުން މީހަކު ގޮވާލިމުން ޔަލާ ދިޔައީ ސިއްސައި ގެންނެވެ.

“އާދިލް ސަރ ކިހިނެއް؟” ޔަލާ ހނިތުން ވެލަމުން ބުނެލިއެވެ.

“ޔަލާއަށް އަންނަން އެންގީ އަހަންނޭ” އާދިލް ލިފްޓަށް އަރަމުން ބުނެލިއެވެ. ޔަލާވެސް އާދިލްގެ ފަހަތުންހެން ގޮސް ލިފްޓަށް އެރިއެވެ.

“އަޅުގަނޑު ކިހިނެއް ވީތޯ؟”

“ޔަލާ ދާންވީނު އިންސްޓްރަކްޓަރ އެއްގެ ގޮތައް ބޭސިކް ގަ؟ އަހަރުމެން ވަރަށް އުފާވާނެ ޔަލާ ދިޔައިއްޔާ” އާދިލްގެ އެހެން ބުނުމުން ޔަލާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަސްލު އަޅުގަނޑު ބޭނުންވަނީ ވާޒީފާއިން ކެނޑެން…” ޔަލާގެ ޖުމްލަ ފުރިހަމަ ނުވަނީސް އާދިލް ބަލާލަމުން އަތުން މަނާކޮށްލިއެވެ.

“ޔަލާ 4 އަހަރު ވެއްޖެކަން އެނގޭތަ… ޔަލާ ދާން ކެނދެން އަހަރުމެން ނުއެއް ހިފަހައްޓާނަން އެކަމް އަހަރުމެންނަށް ދީ 6 މަސް” އާދިލްގެ ޝަރުތުވެސް ވަކި ކުޑައެއް ނޫނެވެ.

ޔަލާ ބޯޖަހާލީ އާދިލް ކުރު ނުކުރާނެ ކަން އެނގޭތީއެވެ. ޔަލާ ނިކުމެގެން ދިއުމުން އާދިލް ދިޔައީ މެސްއާއި ދިމާއަށެވެ. އާދިލްއަށް ޔަލާ ވަޒީފާއިން ކެނޑެން ބޭނުންވަނީ ކީއްވެކަން އެނގެއެވެ. ނަމަވެސް މިފަހަރު އެހާ ފަސޭހައިން ފިލިއަކަ ހުދު އޭނާވެސް ނުދޭނެއެވެ. މެސްއާއި ކައިރި ވުމުން ދުރުގައި ހުރި އަދިއަންއާއި އާކިލްއަށް އާދިލް ހަނާ އަޅާލިއެވެ. އެންމެން އެކީގައިގެން މެސްއަށް ވަދެ ކާން އިށީންނަމުން އާކިލް އާއި އާދިލް ޔަލާގެ ވާހަކަ ފެށުމުން އަދިއަން އިނީ ވާނުވާ ނޭނގިފައެވެ. ކުޑަކޮށް އާކިލް ޔަލާއަކީ އޭނަގެ ދޮންބެ ރައްޓެހިވި ކުއްޖެކޭ ބުނެލަމުން ހުއްޓާލިއެވެ.

ޑިއުޓީ ނިންމާލުމަށްފަހު އަދިއަން ދިޔައީ އަލިކިލެގެފާނު މަގުންނެވެ. ސައިކަލު ދޮންނަނށް ދިނުމުން ވާ ދައްޗަކީ މިއީއެވެ. ދޮރު ހުޅުވާލުމާއެކީ ޝާހިދާ ހުރީ ސުވާލު ފައްޗެއް ހިފައިގެން ކުރިމަތީގައެވެ. ނަމަވެސް އަދިއަން އަނގައިން ޗުއްޕުވެސް ނުބުނެއެވެ. ކާން އަންނާށޭ ބުނުމުން އަދިއަންގެ ޖަވާބު ވަރަށް ކުރެވެ.

” ބައްޕަ އެ ހުންނަނީ އެކަމް ދަރިފުޅު އަންނަން ދެންކަން އެނގޭތަ؟” ޝާހިދާ ހިތްހަމަ ނުޖެހުނެވެ.

“ދޮންބައްޕަ.. މަންމާ ދޮންބައްޕަ” އަދިއަން އޭނާ މަންމަ ބުނި ބަސް ރަނގަޅު ކޮއްލަމުން ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.

މާލެ އަންނަން ބޭނުންނުވާ ސަބަބަކީވެސް މިއީއެވެ. އިމްރާން ފެންނާނެތީއެވެ. ނަމަވެސް މާލެ ނައިސްވެސް ވަރަށް ގިނަ ދުވަހު ހުރެވިއްޖެތާއެވެ. އަދިއަންގެ އއެހެން ބުނުމުން އިމްރާން ދެރަވެލާފައި އޭނާއާއި ދިމާއަށް ބަލާލިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އަލިޔާން ހުރީ ހިތްހަނމަ ނުޖެހިފައެވެ. މީގެ ދެ ހަފްތާ ކުރިން ފެނުނު އަންހެން ކުއްޖާ ފެނުމުންނެވެ. އަލިޔާން އޮފް ދުވަސް ކަމުން އޭނާ ނިންމީ ވިލިގިއްޔަށް ދާށެވެ.

ތިރިއަށް ފޭބުމުގެ ކުރިން އަލިޔާން ޓެރެހަށް އަރަމުން އާކިލްއަށް ގުޅާލިއެވެ. އާކިލް ފޯނު ނުނެގުމުން އަދިއަން ޓެރެހުގައި އިން ގޮނޑީގައި އިނށީގެލިއެވެ.

 

މަގުގެ އަނެއް ފަރާތުގައި ހުރި ގެއެއްގެ ޓެރެހުމަތީގައި ކުޑަ ކުއްޖެއްގެ ފަހަތުން ދުވަމުން ދިޔަ އަންހެން ކުއްޖަކު ފެނުމުން އަދިއަން އަނގައަށް ވައްތަރެއް ޖައްސާލަމުން އާކިލްއަށް ގުޅޭތޯ މަސައްކަތް ކޮއްލިއެވެ. އާކިލް ފޯނު ނުނެގުމުން އަދިއަންވެސް ޓެރެހުގައި މަޑުކޮށްލަން ގަސްތު ކޮށްލިއެވެ. އޭރުވެސް އެއަންހެން ކުއްޖާ އެހެން ދުވެ ދުވެފައި އުޅެއެވެ.

 

“ނާވީ ދެން އާދޭ.. ދޮންތި ވަރު ބަލި ވެއްޖެ” ޔަލާ އުކުޅުގައި އަތް ވިދެލަމުން ގުދު ވެލިއެވެ.

“ޔާޔާ ތީ އާމީ ކުއްޖެއްނު” ނާވީ ތުއްތު ގޮތަކަށް ބުނެލިއެވެ.

“ނަމުން ނުކިޔާނެ ބޮޑެތި މީހުންނަށް” ނިކަތު ފަހަތުގައި ހުއްޓެމުން ބުނެލިއެވެ.

ދުރުގައި ބަލަންހުރި އަދިއަން އަދިވެސް ހުރީ އަނގަ ހުޅިފައެވެ. މިހާރު އަންހެން ކުދިން ހާދަތުއޭ ބުނެ އަދިއަން ދެފަރާތަށް ބޯ ހޫރާލިއެވެ. އެހިޔާލުގައި ހުއްޓާ އާކިލް ގުޅުމުން އަދިއަން އެންމެ ފުރަތަމަވެސް ބުނީ އެވާހަކައެވެ. އަދި ޔަލާގެ މޫނު ފެނުމުން އަދިއަން ވީ ފޫއްސެއްވެސް ބުނަން ނޭނގުނެވެ.

“އޭ މަ ބުނީމެއްނު އަންހެން ކުއްޖެއްގެ ވާހަކަ.. އޭނަ ފެނިއްޖެ” އަދިއަން ފޫހި ގޮތަކަށް ބުނެލިއެވެ.

“ކާކު ކޮބާ؟ މަދަންތަ؟؟” އާކިލް ވަރށް ޖޯޝުގައި ބުނެލިއެވެ.

“ކަލޭ އަންނާނެ ކަމެއް ނެތް.. އެކަމް މަ ބޭރަށް ދާން އުޅުނީ” އަދިއަން ޔަލާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައި ޔަލާ ހިނިތުން ވެލުމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެއްކޮލަށް އެޅިގެންދިޔަ އަޑި ކޮޅުން އެމޫނު ދިލުނު ފަދައެވެ. އަނެއް ކޮލަށް އަދިއަން ބަލާލީ އެކޮލުގައިވެސް އިން ކަމަށް ހީކޮށެވެ. ނަމަވެސް އޭނާ އުއްމީދު ކުރި ގޮތަކަށް ނުވިއެވެ.

 

“އޭ ކިހިނެއް އިންނަ ކުއްޖެއް…؟؟” އާކިލް މަޖައަކަށް ހަދާލާފައި ބުނެލިއެވެ.

“ވެލް.. ޑިންޕަލްއެއް… އެހާވެސް ދޮނެއް ނޫން.. ދެން ބުޅި އިސްތަށި ގަނޑެއް.. ހިއެއް ނުވޭ ބުރުގާ އަޅާ ހެނެއް” އަދިއަން ކިޔާދޭން ފޭށުމުން އާކިލްގެ މިޒާޖަށް ބަދަލެއް އަތުވެއްޖެކަން އަދިއަންއަށް ފާހަގަ ވިއެވެ.

“ހީވަނީ ޔާޔާ ދޮންގެ ވާހަކަ ބުނިހެން” އާކިލް ޔާޔާއޭ ބުނުމުން އަދިއަން އަނެއްކާވެސް އެއީ ކާކުތޯ އަހާލިއެވެ. ނަމަވެސް އާކިލް އެވާހަކ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެމީހުން އެކި ވާހަކައި ތިއްބައ ޔަލާ އެތެރެއަށް ވަދެގެން ދާތަން ފެނުމުން އަދިއަން އަރި ވެލަފައި ބަލާލިއެވެ. އެތަން ޔަލާއަށް ފެނުމުން އަވަހަށް ބޮލުގައި ފިރުމާލަމުން ތަންކޮޅެއް ބާރަށް ހަލޯއޭ ބުނެލިއެވެ. އާކިލް މިރޭގައި ތަނަކަށް ދާން ވެފައި އެބައޮތްކަމަށް ބުނެލަމުން ފޯނު ކަނޑަލުމުން އަދިއަންވެސް އެތެރެއަށް ދިއުމުގެ ބަދަލުގައި ޓެރެހުގައި މަޑުކޮށްލިއެވެ.

 

ޓެރެހުގައި ފަނަރަ ވަރަކަށް މިނެޓް މަޑުކުރުމަށްފަހު އަދިއަން ޓެރެހުގައި ދިއްލާފައި ހުރި ބޮކި ނިއްނާލިއެވެ. އަދި ދުރުގައި އޮތް ފޯނު ނަގައި ގަޑި ބަލާލިއެވެ. ލަސް ވަމުން ދާތީވެ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އަދިއަންގެ ހިނގުމަށް ބަދަލުއައީ މަގުގެ އަނެއް ފަރާތުގައި ހުރި ގޭގެ ޓެރެހަށް އަނެއްކާވެސް ޔަލާ އައުމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށްގޮސް އަދިއަން އަނދިރީގައި ހުރި ގޮނޑީގައި އިނށީދެލިއެވެ. ޔަލާވެސް ވަށައިގެން ބަލާލާފައި ޓެރެހުގައި ދިއްލާފައި ހުރޮ ބޮކި ނިއްވާލިއެވެ. ޔަލާގެއެ ހަރަކާތުން އަދިއަން ހޫމް އޭ ވުނެލަމުން ޝައުޤު ވެރިކަމާއެކު އަނެއްކާވެސް ބަލާލިއެވެ.

މޭޒުމަޓީގައި ޔަލާގެ އަތުގައި އޮތް ފޮޓޯ ފްރޭމް ބަހައްޓަމުން ގޮނޑިގައި އިނށީދެލީ އެންމެންނަށް ވެސް ސިއްރުން ކަހަލަ ގޮތަކަށެވެ. އެހާވެސް މަޑުންނެވެ. އެންމެންނަށްވެސް ފިލައިގެން ކަހަލަ ގޮތަކަށެވެ. ފޮޓޯ ފްރޭމްއަށް ޔަލާ ފޮނުން އަލި އަޅުވާލިއެވެ. އޭގައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ޔަލާއާއި އަލިޔާންއެވެ. އަލިޔާންގެ ކޮނޑަށް އަރަފައި އިން ވަގުތެއްގައި ނަގާފައި އިން ފޮޓޮއެކެވެ. އަލިޔާންގެ މޫނު މަތީގައިވި ހިނުތުންވުންފެނި ޔަލާގެ ފެންކަޅި ވާގޮތްވިއެވެ.

 

#       #       #       #           #           #           #       #

ނުނިމޭ

Share Article

Follow Me Written By

Kudu

Level 1

Other Articles

Previous

Hithi maazy

Next

ހާދަ ލޯބިންނޭ (14)

Next
February 17, 2016

ހާދަ ލޯބިންނޭ (14)

Previews
February 16, 2016

Hithi maazy

16 Comments!

  1. shaai says:
    February 17, 2016 at 11:16 am

    v reethi vaahakaeh. v avahah update kohlahche

  2. beauty queen says:
    February 17, 2016 at 11:23 am

    Yay me first

  3. ninth says:
    February 17, 2016 at 11:42 am

    Name than evahtharu kamun boahalaaku…. by story salhi ingey. Avah up kohlache

  4. Faathun says:
    February 17, 2016 at 11:55 am

    Mashah waanuwaa olhijje mihaaru.. name thah ehaa ehwahtharu v ma boa halaaku..

    1. Kudu says:
      February 17, 2016 at 11:58 am

      There is a reason for that..

  5. LLL says:
    February 17, 2016 at 12:10 pm

    Adhiyan ahky yaala ge aliyan tha …… masha hyvany aliyan mare nuveyhen …… adhiyan ahky aliyan dhw

  6. EAKKO says:
    February 17, 2016 at 12:42 pm

    alyan maruvefa tha v….. btw next part avahah up kohdhehche vaahaka v reethi

  7. Sweetie says:
    February 17, 2016 at 2:11 pm

    Dhe haftha kurin anhen kuhjeh fenuny aliyaan ah tha noony adhiyan ah tha…kudu ah vx olhi fa kannneyge thi othy..nan thah eh goiy kamun

  8. naax says:
    February 17, 2016 at 3:20 pm

    Haadha olhun bolhun boday nahthakuga keep it up vaahaka v salhi

  9. noo says:
    February 17, 2016 at 4:20 pm

    Aslu ves haadha nanthah ehgothey. Evaru nuvukuriyas kamudhaane nun dhw. Nan thakeh ehaa reacheh ves nun…. Dhen vaahaka kiyamun dhaa Iru ves boluga rihsaa gotheh vani . vaanuvaa neyge…

  10. aishy says:
    February 17, 2016 at 6:36 pm

    Re check kohlaafa up kohlaanama mistake madhu vaane hen heevey

  11. Kudu says:
    February 17, 2016 at 7:54 pm

    Thank you mistakes thah bune dheythi.. that’s what i wanted

  12. Aimsithu says:
    February 17, 2016 at 8:13 pm

    Vaahaka up kurumuge kurin kiyaalun muhimmu… nan thakuge massala alhuganduves faahaga kohllaanan

  13. Nicky says:
    February 17, 2016 at 9:56 pm

    Nice story eh….when is next part????????

  14. rakin says:
    February 17, 2016 at 11:38 pm

    Nan thah ehvatharu kamun thane dhoreh dhoraahteh neyngeyy.. alyan akaa adhyan akaa maa bodah same v ma v undhau.. vaanuvaa neyngey

  15. shima says:
    February 18, 2016 at 11:21 pm

    Well the names are very confusing…and there is lot of spelling mistakes..if you make it right than it would be amazing

Comments are closed.



All Right Reserved!