Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ..! 12 ވަނަ ބައި

princess lily Level 110 Stories
February 16, 2016 4 Mins Read
13 Comments

ނިހާމާ ކަންތަށްވީގޮތް ކިޔާދިނެވެ. އެތަކެތްފަހަރު މަންމަގާތު އިތުބާރުކުރުމަށް ބުނަމުންނެވެ. ރޮމުން ގިސްލަމުން ކަންތަށް ވީގޮތް ކިޔާދީ ނިމުނުއިރު ނަފީސާގެ ދެލޯވެސް ކަރުނުން ތެންމާލައިފިއެވެ.

“މަންމަ ދަރިފުޅަށް އިތުބާރުކުރަން..! މިމަންމަގެ ތަރުބިއްޔަތުން ދަރިފުޅު ގޯސްމަގަކުން ނުދާނެކަން މަންމަޔަށް ޔަގީން..! ނާއިފް އެއީ މަންމަ ހީކުރިކަހަލަ މީހަކަށް ނުވި..”

“ނޫން މަންމާ.. ނާއިފް އަކީ ރަނގަޅު ފިރިއެއް..! ނާއިފް އަހަރެން ބަލާ އަންނާނެ.. ނާއިފްއަށް އަދިވިސްނޭނެ..!” ނިހަމާ ނަފީސާގެ ވާހަކަތަށް ހުއްޓުވިއެވެ.

“ރަނގަޅު ވިސްނޭ ފިރިއެއްނަމަ އެގޮތަށް ކަންތަށް ކުރާނެތަ.. ހަގީގަތް ބަލާނުލާ އަނބިމީހާއަށް ތިހެން ހަދާނެތަ…؟” ނަފީސާ ނާއިފްދެކެ އިންތިހާއަށް ރުޅިއައެވެ. އެއްވެސް ކުށެއްނެތި ނިހާމާއަށް އެހާބޮޑު ހިތާމައެއްދިނީތީ ކެއްނުވީއެވެ.

ރޭގަނޑުގެ ވަގުތެކެވެ. ނާއިފް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މުޅި ކޮޓަރިތެރޭގައިވެސް ވަނީ ހަމަހިމޭންކަމެވެ. ހީވަނީ ނާއިފް ގެ ދިރިއުޅުމަށް އައިސްފައިވާ ހިތާމައިގައި މުޅިމާހައުލު ބައިވެރިވެފައިވާހެންނެވެ. ބަލާލާ ކޮންމެދިމާލަކުންވެސް ފެންނަނީ ނިހާމާގެ ރީތި ހިނިތުންވުމެވެ. އެފަރި ހަރަކާތްތަކެވެ. ކޮޓަރިތެރޭގައިވާ ކޮންމެ އެއްޗަކުން ނިހާމާގެ ހަނދާންތައް އާވެ ތާޒާވެގެންދެއެވެ. ކޮޓަރިތެރޭގައި ދެމީހުން އެކުގައި ހޭދަކޮއްފައިވާ ވަގުތުތަށް ނާއިފްގެ ކުރިމަތީ ސިފަވަމުން ދާކަހަލައެވެ. ނާއިފްގެ ދެލޯ ކަރުނުން ފުރުނެވެ. އެތައް އިރެއް ވަންދެން ކަރުނަތަށް ލޮލުގެތެރޭ ހިފާއްޓަން ކުރިމަސައްކަތް ބޭކާރުވެ އޮހިގަތީ އެއްވެސް އިހުތިޔާރަކާނުލައެވެ.

“ނާއިފް…!” ނާއިފް ސިހިގެން ދިޔައީ ފަރީސާގެ އަޑަށެވެ. ކޮޓަރިއަށް ވަދެގެންއައި ފަރީސާއަށް ނާއިފްގެ ހާލުފެނުމުން އަވަހަށް އައިސް އެނދުގައި އިށީނދެލާ ނާއިފްގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ ކާން ހިނގާ..! ތިހެން ނުކައިއިނދެގެން ކޮންކަމެއްތަ ރަނގަޅުވާނީ..؟” ފަރީސާ ހިތާމައިން ފުރިގެންވާ އަޑަކުން ވާހަކަދެއްކިއެވެ. އެދަރިފުޅުގެ ހިތަށް ކޮއްފައިވާ އަސަރު އިހުސާސްވުމުން މައިމީހާގެ ލަގޮނޑިއަށް ކެތްވާނެހެއްޔެވެ.

“ކާހިތެއް ނެތް…!” ނާއިފް ދިނީ ކުރުޖަވާބެކެވެ. ނިހާމާ ރަށަށް ގެންގޮސްފައި އައިފަހުން ނާއިފް އަދި ކޮޓަރިންނުނިކުމެއެވެ. “ބައްޕަ އެބައިން ނާއިފް ދާނެކަމަށް.. މަންމަ އަށް ޓަކާ ނަމަވެސް…. ކޮންމެސް އެއްޗެއް ކާން ހިނގާ..!” ފަރީސާ އާދޭހުގެ ރާގުގައި ބުނެލިއެވެ.

ކާގަޑީގައި ކާން ނުނިކުންނާތީ ނާއިފްގެ ބައްޕަ އަރީޝް އެތައްފަހަރަކު ފަރީސާކުރެން ސުވާލުކޮއްފިއެވެ. ނާއިފް ފިހާރައަށް ނުދާތީ ފިހާރައިގައި އަރީޝް އުޅެންޖެހުނުލެއް ބުރަކަމުން ގޭއަށް އާދެވުނީ ރޭނގަނޑުއެވެ. އެހެންކަމުން މިއަދު ގޭތެރޭގައި ވެގެންދިޔަ ކަންތަށް އެނގުނީ އަރީޝް ގެއަށް އައުމުން ފަރީސާ ކިޔައިދިނީތީއެވެ.

ފަރީސާ އެތައްވަރަކުން އާދޭސްކޮށްގެން އެންމެފަހުން ނާއިފް ކޮޓަރިންނިކުމެ ކާކޮޓަރިއާދިމާލަށް މިސްރާބުޖެހިއެވެ. އޭރު އަރީޝް އިނީ ކާންނުފަށާ ނާއިފްގެ އިންތިޒާރުގައެވެ. ނާއިފް އައުމާއެކު ނާއިފްގެ މޫނަށް އަރީޝް ބަލާލީ ފަރުވާތެރިކަމާއެކުއެވެ. އެމޫނުމަތިން މީންޒަމާނެއްގައިވެސް އުފާ ކޮށްފައިވާހެންނެއް ހިޔެއްނުވެއެވެ. މުޅިމީހާވަނީ މިލާމޯޅިވެފައެވެ. އެއްވެސް ތާޒާކަމެއްނެތެވެ.

ގޮނޑީގައި އިށީނދެ ތަށިގާތްކޮއްލަމުން ނާއިފްއަށް ހޯދާލެވުނީ ނިހާމާއެވެ. އާދައިގެމަތިން މިފަހަރުވެސް ތަށްޓަށް ބަތާއި ރިހަ އަޅައިދޭނީ ނިހާމާ ކަމަށް ހީކޮށެވެ. ނާއިފްއަށް އިނދެވުނީ ހުއްޓުންއަރާފައެވެ.

“ނާއިފް.. ކާންފަށަންވީނު..!” އަރީޝް ނާއިފްއަށް ގޮވާލިއެވެ. މިއަޑުން ސިހުމާއެކު ނިހާމާ ނެތްކަން ހަނދާންވުމުން މަޑުމަޑުން އަމިއްލައަށް ކުޑަ ބަތްކޮޅަކާ ރިހަފޮދެއް ތަށްޓަށް އަޅައިގެން އިސްޖަހައިގެން އިނދެ ނާއިފް ކާންފެށިއެވެ.

ކޮޓަރިތެރޭގައި ކައިވެނީގެ ފޮޓޯތަށް ބަލަންއޮތް ނިހާމާގެ ހާލަކީވެސް މިއެވެ. އެދެލޮލުން ކަރުނަހިކޭ އެންމެ ވަގުތެއްވެސް ނާދެއެވެ. ދިރިއުޅުމަށް އެޅިގެންދިޔަ މިހިޔަނީގެ ސަބަބުން ދުވަހަކުވެސް ނުފޮހެވޭވަރުގެ އެތަކެތް ލަކުނެއް ހިތުގެތެރޭ ލެވިއްޖެއެވެ.

“ނާއިފް ކީއްވެ…؟ ކީއްވެ އަހަރެންނަށް ކިޔާދޭން ފުރުސަތު ނުދިނީ..؟ ކީއްވެ އަހަރެންނަށް އިތުބާރުނުކުރީ..؟ އެއްވެސް ކުށަކާނުލާ މިވަރުގެ އަނިޔާއެއްދިންއިރު ތިހިތަކަށް އެއްވެސް އަސަރެއް ނުކުރޭތަ..؟ ހެޔޮނުވާނެ.. އަހަރެންނަށް ތިހެންނުހަދާ…!” ނިހާމާގެ އަތުގައިއޮތް ނާއިފްގެ ތަސްވީރަށް ބަލަހައްޓައިގެން އޮވެ ހިތުގައިވާ ސުވާލުތަށް ބޭރުކުރަމުންދިޔައެވެ. އެސުވާލުތަކުގެ ޖަވާބުނުލިބޭނެކަން އެނގިހުރެއެވެ.

ނުކައި ހުރުމުގެ ސަބަބުންނާއި ގިނައިރު ހިތާމަކުރުމުގެ ސަބަބުން ވަރުބަލިކަން ލިބިފައިވާ ހަށިގަނޑަށް މަޑުމަޑުން ނިދީގެ އަސަރު ވެރިވާންފެށިއެވެ. އިސާހިތަކު ނިހާމާ ފުންނިދީގެތެރެއަށް ގެނބިގެންދިޔައެވެ.

ނިހާމާ ރަށަށް އައިފަހުން ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ނާއިފް ގެ އަޑުއަހާލުމަށް ކެތްމަދުވެފައިވާ ހާލު ނިހާމާ އެތަށް ފަހަރަކު ނާއިފްގެ ފޯނަށް ގުޅިއެވެ. އެހެންނަމަވެސް ކޮންމެފަހަރަކުވެސް މާޔޫސްކަމާއެކު ފޯނުބާއްވަންޖެހެނީ ނާއިފް ފޯނަށް ޖާވާބުނުދޭތީއެވެ. ކުޑަހިތްހަމަޖެހުމެއް ލިބެނީ ނާއިފްގެ މަންމަ ފަރީސާ ދޭތެރެދޭތެރެއިން ނިހާމާއަށް ގުޅާ ހާލުބަލާތިއެވެ. ފަރީސާ ގުޅާކޮންމެފަހަރަކު ނިހާމާ ނާއިފް ކޮބާތޯއާއި ނާއިފްގެ ހާލުރަނގަޅުތޯ އެތަށްފަހަރަކު ސުވާލުކުރެއެވެ. ފަރީސާ ނާއިފްގެ ހާލަތު ކިޔައިދޭ ކޮންމެފަހަރަކު ނިހާމާގެ ހިތަށް ފުންއަސަރުތަކެއް ކުރެއެވެ.

އެކަނިވެލާ ކޮންމެފަހަރަކު ނާއިފް ފޯނުނަގަނީ ނިހާމާގެ ނަންބަރަށް ގުޅާލަން ހިތަށް އަރުވައިގެންނެވެ. އެހެންނަމަވެސް ނިހާމާގެ ބޭވަފާތެރިކަމާ ކެހިވެރިކަން ހިތަށް އައުމުން އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ފޯނުބާއްވަނީއެވެ. ހިތްދަތި ދުވަސްކޮޅަކަށް މިދުވަސްކޮޅުމިވަނީ ވެފައެވެ. ފުން ހިޔާލު ތަކުގެ ތެރެއަށް ގެއްލި ކޮޓަރީގައި އެތައް އިރަކު އޮތުމަށްފަހު ނާއިފް ނުކުތީ ގޯތި ތެރެއަށެވެ. ނުކުމެ ޖޯލިފަތީގައި އޮށޯވެލާ ފޯނާ ކުޅެން ފެށިއެވެ. ފޫހިވެގެން އަވަދިވެފައިވާ ނާއިފް އަށް ކުއްލި ސިހުމެއް ލިބުނީ ނާއިފް ގެ ކޮޓަރީގެ ކުޑަދޮރާ ދިމާލުގައި ހެދިފައިވާ ބަގީޗާގަހުގެ ބުޑުދޮށުން ފެނުނު ދަޅައަރާ އެއްޗަކުންނެވެ. ކޯންޗެއްތޯ ޔަގީން ކޮށްލުމަށް ނާއިފް ތެދުވެ ގަހާދިމާލަށް މިސްރާބު ޖެހިއެވެ. އެހިސާބަށް ދެވުމުން ނާއިފްއަށް ލިބުނީ ހައިރާންކަމެކެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ. އެ ގެއަކީ ވަޑާމުގެ މަސައްކަތް ކުރާ ޒާތުގެ އެއްވެސް އެއްޗެއް ގެންގުޅޭ ގެއަކަށް ނުވެފައި އިސްކުރު އަނބުރާ މައިނަސް ކަށިގަނޑެއް ގަސްދޮށުގައި އޮތުމުންނެވެ. ކަށިގަނޑު ނެގުމަށްފަހު ނާއިފްގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ކުޑަދޮރާ ދިމާލަށެވެ. މަޑުމަޑުން ގޮސް ލައްޕާވައިވާ ކުޑަދޮރަށް ފަރުވާތެރި ކަމާއި އެކު ބަލަންފެށިއެވެ. ނާއިފް އަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ ދެނެވެ. ކުޑަދޮރު ހުޅުވުމަށް ކަށިގަނޑުގެ ބޭނުން ހިފާފައިވާކަން އެނގެނީ ދޮރުފަތް ކޮންމެސް ވަރަކަށް ދުރުވެ ތަންޑާ ދިމާލުން ލަކުޑި ކީލި ނެގިފަހުރުމުންނެވެ. ނާއިފް ވަގުތުން ފެންކަޅިވިއެވެ. އަދި ހިތާހިތުން ކިޔާލެވުނެވެ.

” އަހަރެން މީ ކޮންކަހަލަ ބޭއިންސާފް ވެރިއެއް… އަހަރެންނަށް ފެނުނު މަންޒަރެއްގެ ސަބަބުން ނިހާ ބުނަން އުޅުނު އެއްވެސް އެއްޗެއް އަޑުނާހާ އޭނާ ފޮނުވާލީ… އެކަމަކު ނިހާ އެކަމާ އެއްވެސް ޝަކުވާއެއްވެސް ނުކުރޭ… ނުވިތާކަށް ނިހާ އެވަރަށް ގުޅާއިރުވެސް އަހަރެން ފޯނުވެސް ނުނަގާ… ކޮންކަހަލަ ރަހުމު ކުޑަމީހެއް އަހަރެންމީ…”. ކަށިގަނޑު ހިފައިގެން ނާއިފް ދިޔައީ ގެއަށްވަނުމަށެވެ. ދޮރުން އެތެރެއަށް ވަނުމާއި އެކު ސިޓިންރޫމްގައި އިން ފަރީސާގެ ނަޒަރުވެސް ހުއްޓުނީ ނާއިފް އަތުގައިވާ ކަށިގަނޑަށެވެ.

” ދަރިފުޅާ… ތީ ކޮން ކަށިގަނޑެއް؟… ކޯންޗެއް ހަދަން ތިއުޅެނީ؟… އެޗެއް ހަލާކުވީތަ؟…” އެއްފަހަރާ ތިންސުވާލު ނާއިފް އަށް އަމާޒުވިއެވެ.

“މި ބޭރުގަ އޮތީ.. ކޮޓަރީ ކުޑަދޮރުކައިރީ..! މަންމާ އަހަރެންނަށް ހީވަނީ އެރޭ އެވީކަންތަކުގަ ނިހާގެ އެއްވެސް ކުށެއްނެތްހެން..! އެއީ ކޮންމެސް މިހާކު ދިން ވަރަށް ބޮޑު ކެއްސެއްހެން..!” ނާއިފް އަށް ހީވެފައިވާގޮތް ބުނެދިނެވެ.

“މަންމައަށް ވެސް އެހެން ހީވަނީ.. ނިހާއަކީ އެކަނި ތަންތަނަށް ދާކުއްޖެއް ނޫން.. މިރަށުގެ ގިނަމީހުން ނިހާއަށް ނުވެސް އެނގޭނެ. އެނގުނަސް އެނގޭނީ މިތާކައިރީ އުޅޭމީހުން..! އެރޭ އެފެނުނު މީހަކީ ނިހާއާއި އެއްވެސް ގުޅުމެއްއޮތް މީހެއްހެނެއް މަންމައަކަށް ހިއެއްނުވޭ..! އަނެއްކާ އެކަހަލަ ވިޔާނުދާކަމެއް ނިހާ ނުކުރާނެ..! ” ފަރީސާ ވާހަކައިން ނައިފް އަށް ވެސް ފުންކޮން ނިހާމަގެ މިޒާޖާ ދޭތެރޭ ވިސްނާލެވުނެވެ.

“މަންމަ ނިހާމާއާއި ސުވާލުކުރީން.. ނިހާމާ ބުނީ އެއީ ކާކުކަމެއް ނޭގެޔޭ.. ކުރިން ނުދެކެމޭ…! މަންމަ ހިތައްއަރަނީ.. އެމީހަކު ބޭނުންވީ ކޮންކަމެއްބާއޭ.. ނިހާއާއި އެމީހާއާއި ދެމެދު ގުޅުމެއް އޮތްކަން ސާބިތުކޮއްދޭން އެމީހާ އުޅުނީ ކީއްވެބާއޭ..؟” ފަރީސާ ހިތުގައިވާ ސުވާލުތަށް ބޭރުކޮއްލިއެވެ.

“އެއީ ކޮންމެމީހެއްވިޔަސް.. މިކަމުގެ ހަގީގަތް ހޯދާނަން..!” ނާއިފް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއެކު ކުޑަދޮރުކައިރީ ހުއްޓެމުން ދޮރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެއަށްފަހު ނާއިފް އެނބުރިއައިސް އެނދުގައި އިށީނދެލިއެވެ. ނާއިފް ޖީބުގައިވާ ފޯނުނަގާ ގުޅާލިއެވެ.

“ފަޔާ.. ކޮންތާކު..؟ ބިޒީތަ..؟” ނާއިފް ގުޅީ ނާއިފްގެ ގާތް އެކުވެރިޔާފަޔާޒް އާއެވެ.

“ގޭގަ މިއުޅެނީ.. ވައިފް ދިޔަފަހުން ގުޅާވެސް ނުލަމެއްނު.. ނެތްތަ ކޮފީއަކަށް ދިޔުމެއްވެސް..؟” ފަޔާޒް ސުވާލުކުރިއެވެ.

” ކޮފީއަކަށް ދަންވާނެ…! އެކަމް މިއަދަކުނޫން..! ކުޑަކަމަކު މިގުޅާލީ..! އަހަރެމެން ފަޔާގެ ދައްތަ އުޅޭ ރަށަށް ދިޔަދުވަހު ފުރަންދަނިކޮން ދިމާވިއެއްނު ސޮރެއް.. އޭނަޔާ ދިމާވާނެތަނެއް ބުނެބަލަ..!” ނާއިފް ހަނދާންކޮއްލަމުން ސުވާލުކުރިއެވެ.

“ކާކު..؟ ޝިފާންތަ..؟

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 12..

Next

Hithi maazy

Next
February 16, 2016

Hithi maazy

Previews
February 16, 2016

ކުރަމުން ތިދާހާ ގޯނާ 12..

13 Comments!

  1. Zu says:
    February 16, 2016 at 9:37 pm

    Alheyy haadha kurey… ekam v nice.. ?

  2. Zaanaa says:
    February 16, 2016 at 9:57 pm

    E bunaahen haada kurey next part avahah up kohdeeba

  3. Mari says:
    February 16, 2016 at 10:00 pm

    Aslu vs..hadha kurey…eykam vvvv salhi..keep it up ….

  4. xee says:
    February 16, 2016 at 10:01 pm

    Varah kuru, ehme kiyaa hihvaahisaa bun ey nimuni

  5. naax says:
    February 16, 2016 at 11:20 pm

    Vaahaka vv salhi ekamu v kuru next part miahvure dhigu kohlahchey

  6. shima says:
    February 16, 2016 at 11:36 pm

    Keeve abadhu eha kuru koh huriha baithah huhnanee….Thankolheh dhigu koh dhan ihna Bai liyefa dheefa nanTha? ?? Erun Maka best waane… Eha kuru weema Kiya hitheh nuwey

  7. Axoo says:
    February 16, 2016 at 11:45 pm

    Aslu maakury. But story v reethi.

  8. saa says:
    February 17, 2016 at 1:13 am

    so NYC thx princesslilly

  9. Aimsithu says:
    February 17, 2016 at 1:38 am

    Mirey adhi maa kuru hen heevany… vaahaka reethi ve kiyan feshi thanun thiothy mireyah nimmaafa viyya… sad

    1. rakin says:
      February 17, 2016 at 8:34 am

      Dhw aimsithu

  10. princess lily says:
    February 17, 2016 at 9:55 am

    sorry sorry.. miadhu dhigukon up kohdheveytho balanan. aslu princess lily hykury kury part ah vuren dhigukon liyevunu kamah. ehenve up kury. sorry…!

  11. misty says:
    February 17, 2016 at 2:00 pm

    Whn nxt prt??? Mi prt vx varah obi

  12. noo says:
    February 17, 2016 at 6:53 pm

    V habeys . princes lilly menah ingay vaahaka liyan. Vv reethi . ehen kudhin ves migothah vaahaka liyevey this balah chey. Ibaaraai kurun ves v fahkaaa. Kiyaa hithun kiyaalevey. Vv salhi koh e kanthah falhaa aruvaalah chey…..

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ..! 13ވަނަ ބައި←


All Right Reserved!