Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
February 15, 2016 5 Mins Read
25 Comments

(ހަތް ވަނަ ބައި)

ކޮންމެއަކަސް މާނީގެ ވާހަކަ އައްސަދަށް ގަބޫލު ކުރެވުނެވެ. އޭނާއަށް ދެވުނު އަނިޔާގެ ބަދަލުގައި އެވަރުވެސް ކުޑައޭ ހިތަށް އެރިއެވެ. މާނީއަށްޓަކައި އެކަންތައް ކުރަންވެސް އޭނާ އެއްބަސްވީއެވެ.

އެގޮތުން މާރިޔާމެން ރަށަށް ދަތުރު ހަމަޖެއްސީއެވެ. އެރަށަށް ދާން އެދުނު މީހަކީވެސް މާނީއެވެ. އެއީ އޭނާ ފޭސްބުކުން އުފެއްދި ގުޅުމަކާއެކު ތައުފީގު ދެކެލެން ބޭނުންވެފައި ހުރުމުންނެވެ. ކަންދިމާކުރި ގޮތުން އެރަށްވީ އައްސަދުގެ ބައްޕަގެ ވަރަށް ގާތް ރައްޓެސަކު ވެސް ހުރި ރަށަކަށެވެ. އެމީހަކީ މާރިޔާގެ ދޮންބައްޕަ ހުސޭނެވެ. އެގޮތުން މާރިޔާ މެންގޭގައި ތިބުމަށް ދެމަފިރިން އެރަށަށް ދިޔައީއެވެ.

މާނީ ތައުފީގު ގާތަށް ދިޔައީ ކޮންމެހެން ލޯބި ވެގެނެއް ނޫނެވެ. ތައުފީގުގެ ފެންވަރު މާކުރިންވެސް މާނީއަށް އެނގެއެވެ. ތައުފީގުގެ ދަލުގައި ޖެހުނީ މާނީއެއް ނޫނެވެ. އޭގެ ބަދަލުގައި ތައުފީގު ޖެހުނީ މާނީގެ ދަލުގައެވެ. މާނީ ތައުފީގުގެ ބޭނުން ކުރީ އައްސަދު ގާތުން ނުފުދުނު އެދުންވެރިކަން ފުއްދުމަށެވެ. އެރަށަށް ދިއުމުގެ ކުރިންނާއި ދިއުމަށް ފަހުވެސްމެއެވެ. އެރަށަށް ދިއުމުގެ ކުރިން ދެމީހުން އެދުން ފުއްދަމުން ދިޔައީ ފޯނުގެ ޒަރިއްޔާއިންނެވެ. ގިނަ ރޭރޭ އައްސަދު ދަންވަރަށްވެސް ގެއަށް ނާންނާތީ މާނީ ކުރާކަމަކީ އެއީއެވެ. މާނީ ދެއްކި އޮފުދާރު ދަޅައިގާ ތައުފީގު ރަނގަޅަށްވެސް ދީވާނާވީއެވެ. ކުޑަ ދުވަސްކޮޅަކު ބުރަކޮށް މަސައްކަތް ކޮށްގެން އެތަށް ހާސް ރުފިޔާއެއް އެއްކޮށްގެން މާލެ ވެސް ދިޔައީއެވެ. މާނީ ބުނެގެން އޭނާއާއެކު ފިލައިގެން ދިއުމަށެވެ. އެމީހުން ރޭވި ޕްލޭނާ އެއްގޮތަށެވެ. ނަމަވެސް މާނީ ކަންތައް ކުރީ އޭނާ ރޭވި ޕްލޭނާ އެއްގޮތަށެވެ. ލާރާގެ މަގާމު މަތިވެ ސިންގަޕޫރުން ގެއެއް ލިބުނުކަން މާނީއަށް އެންގީ އެރަށުގައި ހުއްޓައެވެ. އެހިސާބުން މާނީ ނިންމީ ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރާށެވެ. އޭނާ ތައުފީގަށް ދިނީ ކެއްސެކެވެ. ލާރިކޮޅު އަތުލައިގެން މާނީ ފިލައިގެން ދިޔައީއެވެ. އައްސަދުގެ އެންމެ ފައިސާ ފޮއްޗެއްގައި ޖެހެންވެސް އޭނާ ބޭނުން ނުވާތީއެވެ. ދިޔަ ނުދިޔަ ތަނެއް ތައުފީގަށްވެސް އަދި އެހެން މީހަކަށް ވެސް ނޭނގެއެވެ.

މާނީގެ ވާހަކަތައް ކިޔާދީ ނިންމާލީ ދެއަތުން ކަރުނަތައް ފުހެލަމުންނެވެ. މާނީއަށް ހިތްވަރު ދިނުމުގެ ގޮތުން ލާރާ އޭނާގެ ބޮލުގައި ފިރުމާލިއެވެ. އަދި ހިނިތުންވެލަމުން ފެންވަރަށް ދިއުމަށް އެދުނެވެ. މާނީ ބޭނުންވީ މިއަދު ޕޫލުން ފެންވަރާލާށެވެ.

ލާރާމެންގޭގެ ކުރިމައްޗަށް ކާރު މަޑު ކުރުމާއެކު ޑްރައިވަރު ކާރުން ފައިބާފާ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. ކާރުން ފޭބި އިޔަން ލިމް މިސްރާބު ޖެހީ ގޭތެރެއަށް ވަނުމަށެވެ. ކޯޓު ފަޓުލޫނުގައި އިޔަން ހުރި އިރު އޭނާގެ ޝަހުސިއްޔަތު ކިތަންމެ ރަނގަޅަކަށްވެސް ހާމަ ކޮށްދެއެވެ. ވާތުގައި ޓައިޓަން ބްރޭންޑްގެ އެންމެ ޒަމާނީ އަތުކުރީ ގަޑިއެއް އޮތް އިރު، ލޯ މަތީގައި އޮތް ރޭބަން ބްރޭންޑްގެ އަވިއައިނު އޭނާއާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑު ސްޓައިލްކޮށްފައިވާ ޒަމާނީ ގޮތުން އެރީތި ފިރިހެނާގެ ރީތިކަން ބޮންތިއަށް އަރުވައެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ. އޭނާއަކީ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ “ލިމް ޕްރައިވެޓް ލިމިޓެޑް” ނިސްބަތްވާ މީހާއެވެ. ލާރާގެ ބޮސް އެވެ.

ގޭތެރެއަށް ވަންނަމުން އިޔަން ލާރާއަށް ގޮވާލި ހިނދު ޕޫލުގައި އޮތް މާނީއަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. ގެއަށް ވަދެގެން އަންނަ ޝަހުސިއްޔަތަށް އޭނާ ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެފިރިހެންވަންތަ ހިނގުމާއި ހެދިހުރި ރީތި ހަށިގަނޑުގެ ވެރިޔާ ފެނުމާއެކު މާނީއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެވަނަ ފަހަރަށް ލާރާއަށް ގޮވާލަން އުޅުމާއެކު އިޔަންގެ ލޮލުގައި ޕޫލުގައި އޮތް މާނީ އަޅައިގަތުމުން މަޑުޖެހުނެވެ. އަވި އައިނު ނަގާފައި ބަލާލި ހިނދު ކުރި މައްޗަށް އެރީ ލާރާއެވެ.

“ޔެސް ސަރ.” ލާރާ އަދަބުވެރިކަމާއެކު ޖަވާބުދިނެވެ.

“އޮފީހަށް ނުދެވުނީ ބަލިވެ އުޅޭތީއޭ ބުނީމަ ހާލު ބާލާލަން މިއައީ. ބަޓް އައި ޑޯންޓް ތިންކް ބަލި ވެގެން ހެނެއް.”

“ކީއްވެތޯ ތިޔަހެން ތި ވިދާޅުވީ؟” އިޔަންގެ ވާހަކަ އޮޅުން ނުފިލުމުން ލާރާ އަހާލިއެވެ. އެވަގުތު އިޔަން އަތުގެ އިޝާރާތަކުން މާނީ ދައްކާލިއެވެ.

“އިށީން ނަވަންވީ ނުންތޯ؟” ލާރާ ހީލަމުން މައުލޫ ބަދަލުކޮށްލުމަށްފަހު ސޯފާގެ ކުށަންތައް ރީތިކޮށްލީ އިޔަން އިށީންނަން ތަން ދައްކަމުންނެވެ. “ކޯޗެއްތޯ ގެނެސްދޭންވީ؟ ޑްރިންކެއްތޯ ކޮފީއެއްތޯ؟”

“މިގަޑީގަ ރަނގަޅުވާނީ ފިނި އެއްޗެއް.” އޭރުވެސް އިޔަންގެ ނަޒަރު ހުއްޓިފައިވަނީ ހަމަ މާނީއަށެވެ.

އިޔަން ބަލަހައްޓައިގެން ހުރިކަން އެނގުމުން މާނީ ފޮނުވިއެވެ. ގޮތް ގޮތަށް ފަތާ އަޑިއަށް ގޮސް ހެދީ ހަމަ އިޔަންއަށް ދައްކަންވެގެންނެވެ. އެހެން އިރުކޮޅަކު ފަތާލުމަށްފަހު އޭނާ ޕޫލުން އަރައިގެން ފަރި ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަނީ އިޔަންގެ ކުރިމަތިން ހުރަސްކޮށްލަމުންނެވެ. މާނީގެ ފަހަތުން އިޔަންގެ ނަޒަރުވެސް ދިޔައެވެ. އެވަގުތު، އައިސް ކިއުބް އަޅާފައި ހުރި ކުޑަ ބާލިދީއަކަށް ޝެމްޕޭން ފުޅިއެއް ލައިގެން ބިއްލޫރި ތައްޓެއް ހިފައިގެން އެތަނަށް އައި ލާރާއަށްވެސް އެކަން ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ ކަރުކެހިލިއެވެ. އިޔަންއަށް ރޭކާލީ ދެނެވެ.

“ކޮން ކުއްޖެއްތަ އެއީ؟” ޝެމްޕޭން ތަށި ހިފައިގެން ސޯފާގައި ހަމަޖެހިލަމުން އިޔަން އަހާލިއެވެ.

“އެއީ އަހަރެންގެ ބޮސް.” މާނީ ކުރި ސުވާލަށް ޖަވާބު ދެމުން ލާރާ ބުނެލިއެވެ. ހަވީރުގެ ވަގުތު ލާރާ އާއި މާނީ ތިބީ ޓެރަސް މަތީގައި ކޮފީ ބޯށެވެ.

“ބޮސް އޭ؟” ސިއްސައިގެން ގޮސް މާނީއަށް އަހާލެވުނެވެ. “އެހާ ސަޅި ބޮސް އިންވެސް އުޅޭތަ؟”

“ހޫމް. އެއުޅެނީނު.” ލާރާ ކޮފީ ތަށިން އެތި ފޮދެއް ބޯލިއެވެ. “ކިހިނެތްވީ؟ ހިތްކީތަ؟” ލާރާ ލާނެއް ރާގެއްގާ ބުނެލިއެވެ.

“ހިތް ނުކިޔާ ވަރެއްތަ؟ ހާދަ ސްމާޓޭ ދޯ އޭނަ.” މާނީވެސް ލާރާގެ ލާނެއްކަމުގައި ބައިވެރިވެލިއެވެ.

” ހޫން ދެން އޭނައަށް އެސްފީނާ ލާނެ ކަމެއް ނެތް.” ލާރާ މާނީ ގައިގާ މަޑުން ޖަހާލިއެވެ.

“ސީރިއަސްކޮށޭ.” ކޮފީ ފޮދެއް ބޯލުމަށްފަހު އޭނަ ބުނެލިއެވެ. “މަށަށް ތި އޮފީހުން ޖޮބެއް ހޯދަދޭންވީނު.”

“ތިކަމާއެއްނު މިއުޅެނީ. ހީވަނީ ލިބި ދާނެހެން.” ލާރާ ހިނިތުންވެލިއެވެ.

“އަސްލުތަ؟” މާނީ ވަރަށް އުފާވިއެވެ. “އެކަމް އެކީއްވެޔޯ؟” މާނީ މިހެން އަހާލުމުން ލާރާ ގާތަށް އައީ ހިންޏެވެ.

“މިއަދު ވެސް އެހެން ތަނެއް އޭނަ ނުބަލާ ވިއްޔަ.” ލާރާ މިހެން ބުނުމުން މާނީގެ ދެކޮލަށް ރަތް ކުލަ އަރައިގެން ދިޔައީ ލަދުގެންލެއް ބޮޑު ކަމުންނެވެ. އޭނާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.

އޭގެ އަނެއް ދުވަހުވެސް އިޔަން ލާރާމެންގެއަށް ދިޔައެވެ. ލާރާއަށް ގޮވާލަމުން ގޭތެރެއަށް ވަތް ނަމަވެސް އޭނާގެ އަސްލު މަގުސަދަކީ ލާރާ ހޯދުމެއް ނޫނެވެ. މާނީއާއި ބައްދަލު ކުރުމެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ގޭތެރެއިން އެއްވެސް ހަބަރެއް ނުވުމުން މަޑު މަޑުން ގޭތެރެއަށް ވަދެގެން ގޮސް ސްވިމިންގ ޕޫލު އޮތް ތަނަށް ނުކުމެ ދެކޮޅު ހޯދާލިއެވެ. އެކެއްގެވެސް ހިލަން ނުވުމުން އުންމީދު ކަނޑާލުމަށްފަހު ދާން އެނބުރިލީ ވަގުތު ޓެރަސް މަތީގައި އެއްޗެހި ހިއްކަން އަޅަން އުޅުނު މާނީ ފެނިފައި ހުއްޓެވުނެވެ. އަވި އައިނު ނެގުމަށްފަހު ފަހަތަށް ޖެހެމުން ދިޔައީ ތަންކޮޅެއް ރަނގަޅަށް މާނީ ބަލާލުމަށްޓަކައެވެ. ފަހަތުގައި ޕޫލު އޮތްކަންވެސް އޭނާ ހަނދާނެއް ނެތެވެ. ފަހަތަށް ހިނގަމުން ދަނިކޮށް އޭނާ ވެއްޓުނީ ޕޫލަށެވެ. އިޔަން ޕޫލަށް ވެއްޓުނު އަޑަށް މާނީ ބަލާލިއެވެ. މާނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޕޫލުގައި އޮތް އިޔަންގެ ނަޒަރު ހުއްޓިފައިވަނީ މާނީގެ ހަރަކާތް ތަކަށެވެ. އެހިނިތުންވުން މާނީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ފަދައެވެ.

ހިނިގަނޑު ކޮންޓްރޯލުކޮށްލަމުން މާނީ އަވަސް އަވަހަށް ތިރިއަށް ފޭބި އިރު އިޔަން ޕޫލުން އަރަނީއެވެ.

“ކިހިނެތްތޯ ތިހެއްދެވީ؟” އިޔަންގެ ހައިސިއްޔަތު އެނގޭތީ މާނީވެސް ވާހަކަ ދެއްކީ އިހުތިރާމާއެކުގައެވެ. ނަމަވެސް ބަނޑަށް ހިންދާލި ހިނިގަނޑު އަދިވެސް ބަޑުގައި އޮތެވެ.

“ހަމަ ޕޫލަށް އެރިލާ ހިތުން އެރިލީ.” އިޔަންވެސް ވަކި ދެރަވާކަށް ބޭނުމެއް ނުވިއެވެ. ދެވަނަ ފަހަރަށް މާނީގެ ހިނިގަނޑު ފަޅައިގެންނުދިޔައީ ހަމަ ކިރިޔާއެވެ.

“އެކަމް މިގޭގަ ނޯންނާނެ ފިރިހެން ހެދުމެއްވެސް. ތި ހެދުން ހިއްކަން އަޅަން ޖެހޭނީ. ދުރުވަންވީ ނުންތޯ އެތެރެއަށް.” މާނީ އެތެރެއަށް ވަނުމަށް ހިނގައިގަތުމުން ފަހަތުން އިޔަންވެސް  ހިނގައިގަތެވެ.

ފާހާނާގެ ދޮރުގައި ޓަކި ޖަހާލުމުން އިޔަން ދޮރު ކުޑަކޮށް ހުޅުވާލާފައި ބޯ ދިއްކޮށްލިއެވެ. މާނީ ލަދުވެތިކާއެކު ބާތުރޮބް ދިއްކޮށްލިއެވެ. އިޔަން މާނީގެ މޫނަށް ބަލަންހުރެ އޭގައި ހިފަމުން މާނީގެ އަތުގައިވެސް ބީހިލިއެވެ. މާނީ ގަތްލަދުން ދުރަށް ޖެހިލިއެވެ. އޭރު އޭނާގެ ހިތުގެ ވިންދު އަވަސްވެފައިވެއެވެ.

“ކޮފީއެއް ތައްޔާރު ކުރަންތޯ؟” އިޔަންއަށް ފުރަގަސް ދީގެން ހުރެ މާނީ އަހާލިއެވެ. އިޔަން ހޫމް އަޅުވާލުމުން މާނީ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. އިޔަން ހިނިތުންވެލިއެވެ.

ބާތުރޮބްގެ ބަންދު ބާރުކޮށްލަމުން އިޔަން ސޯފާގައި އިށީންދެ ހަމަޖެހިލިއެވެ. އެވަގުތު އާވި އަރައަރާ ހުރި ކޮފީތަށި މާނީ އިޔަންއަށް ދިއްކޮށްލިއެވެ. އިޔަންއަށް ބަލާލެވުނީ މާނީގެ ލޮލަށެވެ. މާނީއަށްވެސް ބަލާލެވުނީ އިޔަންގެ ކަޅިއަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ހިނދު ތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެކެވެ. މާނީއަށް ބަލަން އިނދެ ކޮފީތަށީގައި ހިފަން އިޔަންއަށް ހަރަކާތް ކުރެވުނު އަތުގެ އިނގިލި ގޮސްވަނީ އެ އަލިފާން ފަދަ ކޮފީތަށީގެ ތެރެއަށެވެ. އެވަގުތު ވީ ހޫނުން އިޔަންއަށް ހަޅޭއްލަވައިގަނެވި އަތް ތަޅުވާލެވުނެވެ. އަވަސް އަވަހަށް ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ތަޅުންގަނޑު މަތީގައި ދެކަކޫ ޖަހާ އިށީންދުނު މާނީ ބަލާކަށް ނީންދެ އިޔަންގެ އިނގިލި އަނގަޔަށްލިއެވެ. އެވަގުތު ކުރެވުނު އިހުސާސުން އިޔަންގެ އަޑު ކެނޑުނެވެ. ހުރިހާ ރިހުމަކާ ތަދެއް އެއްކޮށް ފިލައިގެން ދިޔަ ފަދައެވެ.

ކުރެވުނު ކަންތައް މޭރުން ވީ ހިނދު މާނީ އަވަސް އަވަހަށް ތެދުވެ އިސްޖަހާލަމުން ސޮރީއޭ ބުނެލިއެވެ.

“ނޯ ނޯ. ޑޯންޓް ބީ. އެވަރު ކަމެއްކޮށް ދިނީމަ އަހަރެން ތެންކްޔޫ އޭނު ބުނަން ޖެހޭނީ.” އިޔަން އެހެން ބުނުމުން މާނީ ހީލަމުން ގޮސް ކުރިމަތީގައި އިން ސޯފާގައި އިށީނެވެ.

“ސޯ… މާނީ…. ރައިޓް؟” ކޮފީ ތަށި ނަގަމުން އިޔަން އަހާލިއެވެ. މާނީ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ޖޮބެއް ހޯދަން އުޅޭ ވާހަކަ ލާރާ ބުނި.”

“އާދެ. ބަލަމުން މިދަނީ ރަނގަޅު ވަޒީފާއެއް ލިބޭތޯ.”

“ކޮންކަހަލަ ޖޮބެއް ބޭނުންވަނީ؟”

“އެހެން ވަކި ސްޕެސިފިކް ޖޮބެއް ނުބަލަން. އެކަމް އޮފީހަކުން ލިބުނިއްޔާ ބޮޑަށް ރަނގަޅީ.”

“އަހަރެންގެ ކުންފުނިން ޖޮބެއް ދީފިއްޔާ ގަބޫލު ކުރާނަންތަ؟” އިޔަން އެހެން އަހާލުމުން މާނީ ސިހުނެވެ. އެހާ އަވަހަށް އެކަން ވާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. މާނީ އުފަލުން އިނދެ އާއެކޭ ބުނެލިއެވެ.

“ޕާސަނަލް ސެކްރެޓަރީ އަކަށޭ؟” މާނީއަށް ލިބުނު ސިހުމާއެކު މިހެން އަހާލެވުނީ، އޮފީސް ނިންމާފައި ލާރާ އައިސް ދިން ހަބަރަކުންނެވެ. އިޔަންގެ ޕާސަނަލް ސެކްރެޓަރީގެ މަގާމަށް މާނީ ހަމަޖެއްސިކަމުގެ ހަބަރެވެ.

“އާނ. މާދަމާއިން ފެށިގެން ނުކުންނަން ބުނި.” ލާރާވެސް ހުރީ ވަރަށް އުފަލުންނެވެ.

“އޯހް އައި އެމް ސޯ ހެޕީ.” މާނީ އުފަލުން ލާރާގެ ދެއަތުގައި ހިފައިގެން އެނބުރެން ފެށިއެވެ.

“މަޑުކޮށްބާ. އަދި އެއް ވާހަކަ އެބަ އޮތޭ.” ހުއްޓެމުން ލާރާ ވާހަކަ ދެއްކިއެވެ. “ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މާނީ އިންޓްރޮޑިއުސްކޮށްދޭން މިރޭ ކުޑަ ސެލެބްރޭޝަން އެއްވެސް އެބޮތް. ބޮސްގެ ގޭގަ.” (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ހިތް އެދެނީ 9

Next

ހިތް ވިންދާނުލާ (ފުރަތަމަބައި)

Next
February 16, 2016

ހިތް ވިންދާނުލާ (ފުރަތަމަބައި)

Previews
February 15, 2016

ހިތް އެދެނީ 9

25 Comments!

  1. Aimsithu says:
    February 15, 2016 at 8:36 pm

    Waaaau.. varah reethi mi part ves.. keep it up..

    1. thaadhi says:
      February 15, 2016 at 8:58 pm

      Thank you ?

  2. Shaw says:
    February 15, 2016 at 8:57 pm

    Hmmm hmmm vrh salhi… Keep it up

    1. thaadhi says:
      February 15, 2016 at 8:58 pm

      Thank you ?

  3. Zaanaa says:
    February 15, 2016 at 9:08 pm

    Than kolheh avahah up kohdeeba nice story

    1. thaadhi says:
      February 15, 2016 at 10:37 pm

      Yes in sha Allah
      Thank you ?

  4. shaphy says:
    February 15, 2016 at 9:13 pm

    Varah varah reethi

    1. thaadhi says:
      February 15, 2016 at 10:37 pm

      Thank you ?

  5. md says:
    February 15, 2016 at 9:48 pm

    Hardha kaafaru kujje k dhw..oooppppssss ♡♥♥♥♥

    1. thaadhi says:
      February 15, 2016 at 10:37 pm

      ???
      Thank you ?

  6. raheema says:
    February 15, 2016 at 11:28 pm

    avahah next part upload kobbala
    ..

    1. thaadhi says:
      February 16, 2016 at 11:25 am

      Yes in sha Allah
      Thank you ?

  7. Dhun says:
    February 16, 2016 at 12:10 am

    Mi story ge main character akee maani tha nooni maariyaa tha….vaahaka bodu olhun bolhun gadehga vvvvvv fooooohiiii..????

    1. thaadhi says:
      February 16, 2016 at 11:26 am

      Thank you ?

  8. Ruby.. says:
    February 16, 2016 at 12:13 am

    Woah.. ?? super hama..

    1. thaadhi says:
      February 16, 2016 at 11:31 am

      Thank you ?

  9. Zin says:
    February 16, 2016 at 5:13 am

    Maani akee nukiyavaa huri meehehnu. Ekama dhw maani mom dheke rulhi annanee..
    Ekam mihaaru boss ge PS akak. Eves raajje raajje in beyruga.
    What a joke.

    1. thaadhi says:
      February 16, 2016 at 11:31 am

      Thank you ?

  10. Moosa Ibrahim says:
    February 16, 2016 at 8:28 am

    Dhivehi Ijthmaaee mingadaa nugulhey hadi huthuru bahuruva beynun kurumai eku vaahakaige colity eh neiy.

    1. thaadhi says:
      February 16, 2016 at 11:32 am

      Thank you ?

  11. naax says:
    February 16, 2016 at 12:24 pm

    Woooow varah salhi mipart vess keep it up

  12. Shaba says:
    February 17, 2016 at 2:23 pm

    Mi part ves v nice.. Keep it up.. And please upload the next part soon☺

  13. Nicky says:
    February 17, 2016 at 7:03 pm

    Haadha vareh Vefa e meehun.hehe…stry v NYC…

  14. jameela says:
    February 24, 2016 at 8:04 am

    comment thah maa salhi.

  15. Rozy says:
    October 16, 2016 at 4:04 pm

    after long time got a good story this part also sweet vara touching

Comments are closed.

Next Episodeއެދެނީ މަޢާފް←


All Right Reserved!