Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ… ބާވިސްވަނަބައި (ޖަޒްބާތުތައް އޭގެ މަޤާމުން ބޭރުވެއްޖޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 5, 2025 5 Mins Read
0 Comments

އައިޒީ އަވަސްވެފައިވާ ހިތަކުން ބުނެލިއެވެ.

“އައިޒީ:  އޭގެ ކުރިން އެކަމަކު ކިހިނެއް ވާނެ ރަހަތަފާތުކޮށްލުން. ހަމަޖެހިލުމުގެ ފުރުސަތެއް އެންމެންނަށް ދެމުން ރީތި ލަވަޔަކަށް ފުރުސަތުދެން.” ކެމެރާއަށް ނަޒަރު ދެމުން އައިޒީ ހާމަކޮށްލިއެވެ. ދެން އޮތީ  ލަވައެކެވެ.

ތަނުގެ އަލިކަން ފަނޑުވެގެން ދިޔައެވެ.  އެ ފަނޑު އަލިކަމުގެ ތެރެއިން އިވެމުންދިޔައެވެ. ކަށި ދިގު ފައިވާނެއްގެ އަޑެވެ. “ޓޮއް! ޓޮއް! ޓޮއް!”  މައިކުގައި ކޮއްޓާލާ އަޑެވެ.” ޓަ.. ޓަ… ޓަ…” ލަވަކިޔަން މައިކާއެކު އެއައީ ކާކު ހެއްޔެވެ؟ ކިޔައިދޭނީ ކޮން ލަވައެއް ހެއްޔެވެ؟

**********************************

ކުއްލިއަކަށް، ލަވަކިޔުންތެރިޔާގެ މޫނަށް އަލިކަން އަޅުވާލިއެވެ. ދިވެހި ދިދައިގެ (ރަތް، ފެހި، ހުދު) ކުލަތަށް ވިދާލިއެވެ.

 

ލަވަކިޔަން އައިސް ހުރި ފަރާތަކީ އަންހެން ކުއްޖެކެވެ. މޫނުމަތިން މަޑުމައިތިރިކަމާއި، ހިތާމައިގެ އަސަރު ފެންނަމުންދިޔައެވެ. އޭނާގެ ހެދުން ބިންމަތީގައި ވިހުރެމުންދިޔައެވެ. ކަރުގައި އިން ފަށް މާދުރަށް އަލިކަންދެއެވެ.

 

މައިކުގެ އަޑު ރަނގަޅުތޯ  ޝުކުރުގެ ޖިޒީއެއް ފޮނުވާލިއެވެ.

” ދެއްވި ފުރުސަތަކުން ލިބުނު ފުރުސަތެކެމީ    ފަށްފަށުން މިހިތުގެ ޝުކުރު އޮހެނީ ‘ނޫނު އަލިފަށް’ ”

ލަވަކިޔުންތެރިޔާ މައިކު އަތަށް ނަގާލުމާއެކު، ހިތާމަވެރި، މަޑުމަޑު “ޕިޔާނޯގެ” ރާގެއް ފެށިގެން ދިޔައެވެ. އެއާއެކު، އޭނާގެ އަޑު މަޑުމަޑުން އިވެންފެށިއެވެ. އެއީ ރާފިޔަތު ރަމީޒާއެވެ. އެންމެންގެ ލޯބި ހޯދަފައިވާ ރާފީއެވެ.

އެނަމެއްގެ އަޑު ކަންފަތުގައި ޖެހުމުން ހިތުގެ ހިގުން ބާރުވާނެއެވެ. ނޭވާ އަވަސްވާނެވެ. ޗާލު އަޑެއް ލިބިފައިވާ އެއީ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. ލަވަކިޔުމުގެ ފަންނުގައި ބަބުޅާ ތަރިއެކެވެ.

މަޑު މަޑު އަޑެކެވެ. ހިތާމަވެރި ރާގެކެވެ.  “ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން     އެންމެ ފަހުގެ  ސަލާން ކަރުނައިން ފޮނުވާލަމުން  މާޒިވި އެހަނދާންތައް އެކީ ފަސްއަޅާ ފޮރުވާލަމުން ބަލި ހިތަށް ކެތްތެރިވުމަށް ވިސްނައިދެމުން ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަހިތުން..”   ރާފީގެ އަޑުގައި ވޭނީ އަސަރުތައް އެކުލެވިގެން ވިއެވެ.

 

“އުމުރަށް އެކީ އުޅުމަށް ވި ވައުދާ އަހުދުތައް  ފުއްދޭނެކަމުގެ ޔަޤީން ކަމެއްނެއް މަންޒިލުން ”  އަޑަށް ބާރުލައި މޮޅިވެރި ކަމާއެކުއެކު ދެ ބުރަށް މިކަޑި ކިޔާލިއެވެ.  އެވަގުތު ތަނުގެ އެންމެންގެ ލޯ ސީދާވީ އަޝްބާގެ މޫނަށެވެ. އެ މޫނުމަތީގެ އަޝަރުތަކުން ހިތްދަތިކަން ފާޅުވެވޭ ހުއްޓެވެ.

“ދުވެ އެކީގައި ހިޔަނިހެން ވިހާ ހަނދާނާ ފަސްދެމުން ހެޔޮ ހިތުން، ކޮންމެ ރެއަކަށް ކަރުނަޔަށް  ފުރުސަތުދެމުން ”                ކުޑަކޮން މަޑުކޮށްލަމުން ރަފީ ކިޔާލިއެވެ.

ތިޔަ އިސްޤުޤައި ޖެހި ބަދެވިދާކަށް ނޭދެމޭ ދުވަހަކު ކޮޅުން”  ލަވައިގެ އެންމެ އުސް ހިސާބުން “ޕިޔާނޯ” އަދާޔާޙިލާފަށް ބާރުވިއެވެ.

“ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން    އެންމެ ފަހުގެ ސަލާން ކަރުނައިން ފޮނުވާލަމުން ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަހިތުން      ތިޔަ ހިތުން…                   ނުފުރުނަސް އަދު ދާށެ މިދަނީ ތިޔަ ހިތުން….” މަޑު ޖަޒުބާތީ ރާގުގައި ބާރުކޮން ލަވަ ގޮސް ލުއިކޮން ނިމިގެންދިޔައެވެ.

”  އައިޒީ: އަޝްބާ ވަރެއް ނޯންނާނެއޭ ތިޔައީ ތަފާތު މިސާލެކޭ” އައިޒީ އަޝްބާއަށް ތަޢުރީފު އޮއްސާލިއެވެ. ދެންމެ އިވިގެން އެދިޔަ ލަވަޔަކީ އަޝްބާގެ ޅެމެކެވެ. އަޅުގަނޑުމެންގެ މި ޕޮރްގުރާމަށް ދިން ހަދިޔާއެވެ.

” އައިޒީ: ރާފީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ މިހިރީ ވާ.. ވާ.. ވާ.. ވަރަށް ހިތްގައިމު            ‘ލަވަކިޔުމުގައި ތީ ނަންވިދާ އަލި މޫނެކޭ         އަސަރުގެނެވުމަށް ތީދެވަނައެއްނެއް މޫނެކޭ'” އައިޒީ ޅެން ބަހުން ރާފިއަށް ހުސާމަތުކޮށްލިއެވެ. އަދި ދެތިންބަސް ބުނުމަށް ފުރުސަތެއް ދެއްވިއެވެ.

“ރާފިޔަތު: މިފަދަ ފުރުސަތެއް އަޅުގަނޑަށް ދެއްވިވީ ހަމަ މާތް ﷲ ޝުކުރުކުރަން. އެހާ ޒުވާން ކުއްޖެއްގެ ރީތި ޅެމެއް ކިޔާލަން ލިބުނީތީ އުފާކުރަން.” ހިނިތުންވުމާއެކު ރަފީ ވާހަކަ ފެށިއެވެ. ހަމްދުކުރަމުން އަޝްބާގެ ޅެމުގެ ރީތި ވާހަކައިންނެވެ.

” ރާފިޔަތު: އަޝްބާގެ ތި ޅެމުގެ ބައިތަކުން ވަރަށް ބޮޑު އަސަރެއް ކުރުވާނެ.  ވަރަށް ވަރުގަދަ މާނައެއްވޭ މިލަވައިގައި.  ބެލުންތެރިންގެ ހިތްތަކަށް ވަރަށް އަސަރުކުރާނެ އިވިލުމުން. ހުދު އަޅުގަނޑުގެ ހިތަށްވެސް އަސަރުކުރުވި ކިޔާލިއިރު މިޅެން. ” ރާފީ އިތުރުކޮށްލިއެވެ.

” ރާފިޔަތު: މި ފުރުސަތު ދިނީތީ އައިޒީއަށްވެސް ޝުކުރިއްޔާ އައިޒީގެ މި މަސައްކަތުގައި ކާމިޔާބު އެދެން!” ޝުކުރު އަދާކުރަމުން ރާފިޔަތު ނިންމާލިއެވެ.

“އައިޒީ: މަރުޚަބާ ރާފީ ދެން އޮތީ އަޝްބާމެންގެ ފަރާތުން ރާފީއަށް ދޭ ހާއްސަ މާބޮޑި އެރުވުމާއި ރާފިޔަތު ރަމީޒާގެ އެހީ ހަވާލުކުރުން.” އައިޒީ ކިޔައިދިނެވެ.

ފިނިފެން މަލުގެ މާބޮޑިއެއް އަޝްބާމެން އެރުވިއެވެ. ރާފިޔަތު ބަނދުކޮށްފައިވާ ސިޓީ އުރައެއް ދިއްކޮށްލިއެވެ.

“އައިޒީ: އަދި ވަރަށް މޫނިފޫހިފިލުވައިދިނުން އޮންނާނެ ކުރިއަށް” އައިޒީ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލިއެވެ.

“އައިޒީ: ޕޮރްގުރާމުގެ ނަން ދިމާކުރުމުގެ ފުރުސަތު ކުޑަތަންވަނީ. އަވަސް އަވަސްކޮން ޖަވާބު ފޮނުވާލާ އަވަހަށް. ޓީވީގެ ތިރިންވެސް ފެނިގެންދާނެ”    ނަން ދިމާކުރާނެ ގޮތް އައިޒީ ހަނދުމަކޮށްދިނެވެ.

ލަވައިގެ އަސަރުގައި ޖެހި އަޝްބާ އިނީ އަދިވެސް ގަބުވެފައެވެ. ނަޒާން ލޯ އެ ނޫން ދިމާލަކަށް ނުބަލައެވެ. އަޝްބާއަކީ އެހާ ހުނަރުވެރިއެއް ކަމެއް ނޭނގެއެވެ. މިރޭ އިވިގެން އެދިޔައީ ހުދު އަޝްބާގެ ލަވައެކެވެ. ހިތާ ހިތުން ނަޒާން ބުނެލިއެވެ. ކޮއްކޮގެ ކައިވެނީގެ ހަފްލާއަށް ލަވައެއް ހަދަން ޖެހޭނެއެވެ. ރަނގަޅު ޝާއިރެއް ފެނިއްޖެއެވެ. ލުއިކޮން ނަޒާންއަށް ހީނލެވުނެވެ.

” ސޮފިއްޔައްތައް: ދަރިފުޅާ އަޝްބާ ތިހެން ނީނދެ އެއްޗެއް ކާލަބަލަ” ސޮފިއްޔާތައް ދެރަވެފައިން އަޝްބާއަށް ބުނެލިއެވެ.

އަޝްބާ ޖޫސްކޮޅެއް ބޯލިއެވެ. ޕިއްޒާ ފޮއްޗެއް ނެނގިއެވެ. ކޮއްކޮއަށްވެސް ދިނެވެ. ރަހަމީރު ޕިއްޒާއެކެވެ. ތަފާތު މީރުކަމެއް ވިއެވެ. ކުޅިވެސް  އެހާ ރަނގަޅެވެ. ސޯސް އަދި ވަރަށް ތަފާތެވެ.

“އައިޒީ: ޕޮރުގުރާމުގެ ހަޤީގީ ހިސާބަށް މިއާދެވުނީ.  އިޝްބާ ވާހަކަތައް އިޝްބާގެ ދުލުން އިވޭނެކަމަށް ބަލަމާދޯ ” ދުރުދުރުން އައިޒީ އިޝްބާއަށް ބަލާލިއެވެ. ރޮވިދާނެތީއެވެ.

“އައިޒީ: އިޝްބާ ކިހިނެއް ހާލު؟ ދިރިއުޅުން ރަނގަޅުތައް މިހާރު. ” އަތުން އިސާރަތްކުރަމުން އައިޒީ ވާހަކަދެއްކިއެވެ. އިޝްބާއަށް ފަސޭހައިން ސުވާލު ނަގައި ގަނެވޭނެ ގޮތް ގޮތަށް ހަރާކަތްކުރަމުންނެވެ.

އިޝްބާ ދޮންތަގެ މޫނަށް ބަލާލިއެވެ. ޖަވާބު ދޭންވީހޭ އަހާފަދަ ގޮތަކަށެވެ. އަޝްބާ ބޯ ޖަހާލިއެވެ.

“އިޝްބާ: އަލްޙަމްދުލިއްލާހު ރަނގަޅު.” އިޝްބާގެ ޖަވާބު ސާދާއެވެ. ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުރިކަން ފާހަގަވިއެވެ. ބަސްކިޔުމުގައި އުނދަގޫކަމެއް ހުއްޓެވެ.

“އައިޒީ: ކުޑައިރުގެ އެންމެ އުފާވެރި ހަނދާނަކީ ކޮބާ؟” މާ ބޮޑެތި ސުވާލުކުރާކަށް އައިޒީ ނުވިސްނައެވެ.

“އިޝްބާ: ނަރުހަކަށް ވާނަމޭ ބުނެވުން ދުވަސް” ދަތްތައް ފެންނަށް ވަރަށް އިޝްބާއަށް ހީލެވުނެވެ.

“އައިޒީ: އަޝްބާ ބުނެލަދީފަނަން ތޯ އެއީ ކިހާ އިރެއްގެ ހަނދާނެއްތޯ” އައިޒީ ތަފްސީލަށް އަޝްބާކުރެން އެހިއެވެ.

” އަޝްބާ: އެއީ ގާތްގަނޑަކަށް އަށްވަރަކަށް އަހަރުގައި ކޮއްކޮ ކިލާސް މަސައްކަތެއް ކުރި ދުވަހަކު ބުނި އެއްޗެއް. އޭގެ ފަހުން އަބަދުވެސް ކިޔާނެ ނަރުހަކަށް ވާނަމޭ. ވަރަށް އަޒުމުގައި ބުނެލާނީވެސް” އަޝްބާއަށް ރޮވޭގޮތްވިއެވެ. ކޮއްކޮ އިން ހާލު އޭނީ ފެންނާނާށެވެ.

ކޮންމެ ކުއްޖެއްވެސް ފޮނި ހުވަފެންތަކެއް ދިރިއުޅުމަށް ދެކޭނެވެ. ވަކި ދާއިރާއަކުން ކުރިއަށް  ދާން ބޭނުންވާނެއެވެ. ވިޔާފާރީގެ ދާއިރާއިންނެވެ.  ކިޔަވައިދިނުމުގެ ދާއިރާއިންނެވެ. ނޫނީ ސިއްޚީ ދާއިރާއިންއެވެ. ފުލުސްކަން ނުވަތަ ސިފައިންގެއަށް ވަންނަން ވެސް ކުދިން އުޅޭނެއެވެ.

“އައިޒީ: އަޅުގަނޑު ސުކޫލުގައި ކިޔެވިއިރު ވާންބޭނުންވީ މަތިންދާބޯޓަކަށް. އަސްލު އެބުނެވުނީ އޭރަށް ބަލާއިރު އެދުއްވާމީހަކަށޭ ކައްނެ.” މަޖާކޮށްލުމުގެ މަޤްސަދުގައި އައިޒީ ބުނެލިއެވެ. އެންމެން ތިބީ ދެރަވެފައެވެ.

“އައިޒީ: އެކަމަކު ބަލާ މީ ހުށައެޅުންތެރިއެއް. ޚަބަރު ކިޔާ މީހެއް” އިޝްބާއަށް ބަލާލަމުން އައިޒީ ބުނެލިއެވެ. ފަހަރުގައިވެސް އެ އުންމީދުތައް ފުނޑުފުނޑު ކޮށްލާކަށް ނޫނެވެ. އުންމީދެއްދޭށެވެ.

” އައިޒީ: ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނަރުސްކަން ކިޔެވުމަށް އިޝްބާ ބިންތު ނިހާނަށް އަރުވާ  މީ ‘ސޮކްލަސިޕެއް’ ” ގޮނޑީގެ ފުރަގަހުން އައިޒީ ބޯޑެއް ނެގިއެވެ. އުފަލާއެކު އޭގައި ލިޔެފައިވާ އެއްޗެހި ކިޔާލިއެވެ. ބޯޑު އިޝްބާއާއި ހަވާލުކުރުމާއެކު ތަނުގެ އަޑު ގަދަވިއެވެ. ތަރުހީބުގެ އަތްތިލަ ބަޑިތަކުންނެވެ. ބަލިބަލި އިޝްބާއަށް އެ ނުފެނުނަސް އުފާ އިޚްސާސްވިއެވެ.

“އައިޒީ: ތި ލިބުނީ  ހަމައެކަނި ފުރުސަތެއްނޫން. ދިރިއުޅުން ކޮޅަށް ޖަހާނެ އާ އަޒުމެއް. ތިދެކޭ ހުވަފެނުގައި ކުލަޖައްސާދޭނެ މަގެއް.” އައިޒީ އިޝްބާއަށް ނަޒަރުދެމުން އިތުރުކޮށްލިއެވެ.

ބުނެދޭން ނޭނގޭހާ އުފާ އަޝްބާއަށްކުރުވިއެވެ. ކޮއްކޮ ނަރުހަކަށް ވާން އެދޭވަރު އޭނާއަށްވުރެ ބޮޑަށް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ މަޑުމަޑުން އަޝްބާ މާތް ﷲ ހަމްދުކޮށް ޝުކުރުވެރިވިއެވެ. ” އަލްޙަމްދުލިއްލާހު ” ހަމައެކަނި  އިޝްބާއަށް އިވިލާވަރަށެވެ.

“އައިޒީ: ހިނގާދެން އަޝްބާއަށް އެހެން ދިމާވިގޮތް އޮޅުންފިލުވަން” ތުރުލަމުންދިޔަ އައިޒީގެ އަޑުއައީ މޮޅިވެރިކަމާއެކުއެވެ. ކުރިއަށް އަހަން ހުރީ އަދިމާ ވޭނީ ސުވާލުތަކެކެވެ. ބެލުންތެރިންގެ ލޯ ކަރުނުން ތެއްމާލާނެކަމުގެ ޔަޤީންކަށް މިދެނީއެވެ. ކައިރިއަށް ޓިސޯފޮއްޓެން ގެނެއްސިއްޔާ ފަސޭހަވާނެއެވެ. ބުރުގަލުން ކަރުނަ ފުހޭކަށް ނުޖެހޭނެއެވެ.

“އައިޒީ: ބާރައިގެ ކިޔެވުން ނިމުން ތަނާ ކަހަލަ ގޮތަކަށް އިޝްބާ ޚަޔާތެއްފެށީ. އޭރު ވާނީ އެންމެ އަށާރަ އަހަރު. ކުޑަކޮން  އެ ވާހަކަތައް ކިޔާލަދެވިދާނެތޯ؟”

“އިޝްބާ: އެގާރަ ނިމެނިކޮން ދިމާވި ކުއްޖެއް އެއީ މާލޭން ފެނުނީވެސް.  އެއްދުވަހަކު ފިހާރައަކުން ފެނި ދެކެފަރިތަވީ. އެހެން ދިމާވަމުންގޮސް ރައްޓެހިވީ.” އިޝްބާ ދިމާވި ހިސާބުން ފެށިއެވެ. އެއީ އިޝްބާއަށް އުފާވެރި ދުވަސްތަކެކެވެ.

“އިޝްބާ: އޭރު ވަރަށް ރަނގަޅު. ގޯސް މީހެއްގެ ސިފައެއްވެސް ނުޖަހަވާ. ވަރަށް ލޯބިން އުޅުނީ. ދޮންތައަށްވެސް އިނގޭނެ ފެންނާނެ.” އިނުމުގެ ކުރީގެ ވާހަކަތައް ހިއްސާކުރިއެވެ. ލޯބިން އުޅުންކަމެވެ. ގޯސް ސިފައެއް ފެނިފައި ނުވާކަމެވެ.

” އިޝްބާ: ކައިވެނިކުރީ ބާރަ ނިންމާފައި. މާގިނަ ދުވަހު ރައްޓެހިވެގެން ތިބުން ރަނގަޅު ނުވާނެތީ. ހަމަ އަޅުގަނޑަށް އަށާރަވީ ދުވަހު އިނީވެސް.” އިޝްބާ ފާހަގަކޮށްލިއެވެ.

” އިޝްބާ: ކައިވެނިކޮށްގެން އެރަށަށް އުޅެން ދިޔައީމަ ހަޤީގީ ސިފަ ފެނުނީ.  ކައިވެންޏަށް ފުރަތަމަ އަހަރު ފުރުން ރޭ އެނގުނީ މަސްތުވާތަކެތި ބޭނުންކުރާކަން. ” ކަރުނަތައް ހިފަހައްޓަން އިޝްބާއަށް ދަތިވިއެވެ.

“އިޝްބާ: އެރޭގެ ފަހުން ވަރަށް ހާލުގައި އުޅުނީ. އަނެއްކާ އެދުވަސްވަރު ބަނޑުބޮޑުވީވެސް. އަބަދު މޭނުބައިކޮށްފައި ހޮޑުލެވެނީ. ފިރިމީހާގެ މަންމަކައިރީވެސް ބުނާކަށް ނުކެރޭ. އެނގޭ މީހުންނަށް އެނގުނީވެސް ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު ހުރިހާ ކަމެއް ދޮންތަގެ ފުށުން. އޭރު ދަރިފުޅު މި ދުނިޔެ ދޫކޮށްފި.”  ހާލު ހާލުން ކުރުގޮތަކަށް އަޝްބާ ކިޔައިދިނެވެ. ދަރިފުޅު ވާހަކައާއެކު ލޮލުން ކަރުނައިގެ ތިއްކެއް ވެއްޓުނެވެ.

ޓިވީ ދަށުގައި އިން ޒުކާން އިޝްބާގެ މޫނަށް ބަލާލިއެވެ. އެދެލޮލުން ކަރުނަ ހުސްނުވެއެވެ. އެ ދަރިފުޅަށްޓަކައި އިޝްބާ ޖާނާ މާލުން  ޤުރުބާންވިއެވެ. ފިރިމީހާގެ އަނިޔާތަކަށް ކެތްކުރިއެވެ.

“އައިޒީ: ކޮންމެ މަޔަކުވެސް ދަރިން ދެކެ ލޯބިވާނެ. އަލަތު ދަރިއެއް ލިބެން އުޅޭއިރު ހުވަފެންތަކެއް ދެކޭނެ. އިޝްބާވެސް ދެކޭނެ.” އައިޒީ އަޑު ނިކުތީ ބުރިބުރިވެގެންނެވެ.

“އައިޒީ: އެ ދަރިފުޅަށް އިޝްބާ ދުން ހުވަފެންތައް ކިޔާލަދީފާނަށްތޯ؟ ”  އަހަން ނާހަން ހުރެފައި އައިޒީ ބުނެލިއެވެ.

ފުރަތަމަވެސް އިޝްބާއަށް ރޮވުނީއެވެ. މީހާ ތުރުތުރުލާން ފެށިއެވެ.  ހިތްވަރުދެމުން އަޝްބާ ކޮއްކޮގެ އަތަށް ފިތާލިއެވެ. ދޮންތަ އެބަހުރީމޭ ބުނާފަދައިންނެވެ.

” އިޝްބާ: ލައްކަ ހުވަފެން ދުށިން. އެއީ އަލަތު ދަރިފުޅު. އަލަތު ލޯބީގައި ފަރިވި ފުރަތަމަ މާ.” ވޭނާއެކު އިޝްބާ މަޑުމަޑުން ފެށިއެވެ.

” އިޝްބާ: އަޅުގަނޑުގެ ދަރިފުޅު ބޮޑުވާތަން ދެކެން އަނިޔާވެރި ބައްޕައަކާ ނުލައި، ސަލާމަތް މާހައުލެއްގައި އުޅޭ މަންޒަރު ދެކެން. ނަރުހަކަށް ވާން ނުލިބުނަސް،  ދަރިފުޅަށް އުފާވެރި އިންސާނަކަށް ވުމަށް މަގުފަހިކޮށްދޭން ނިންމީން.” ނިމިގެން އެދިޔައީ ނާޒުކު ވަގުތުކޮޅެކެވެ. ހުރިހާ އެންމެންގެ ލޯތަން ކަރުން ފުރާލިއެވެ.

“އިޝްބާ: ހުލްްޤު ހެޔޮ އަޚްލާޤު ރަނގަޅު ދަރިއަކަށް ހަދަން އަޒުމު ކަނޑައެޅިން. އެކަމަކު އެ ނަސީބެއް ނުލިބުން.” ރޮވޭ ވަރުން އިޝްބާއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

“އައިޒީ: ޕޮރުގުރާމުގައި ކުރިއަށް އޮތްބައި ދެން އޮންނަނީ އަޝްބާމެންނާއި ވަރަށް ގާތް ފަރާތަކާއެކު.” ބެނދިފައިވާ އަޑަކުން އައިޒީ ބުނެލިއެވެ. ގެންނަން އެއުޅެނީ ދެން ކާކުބާއެވެ. އަނެއްކާ ބޮޑަދައިތަބާއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 5

Next

ހިތް އެދޭހާ ކަމެއް.. (10 ވަނަބައި)

Next
December 6, 2025

ހިތް އެދޭހާ ކަމެއް.. (10 ވަނަބައި)

Previews
December 4, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 5



All Right Reserved!