Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އަދި އެއްފަހަރު

Kudu Level 1
February 15, 2016 2 Mins Read
13 Comments

މާލެގައި ދެފައި ޖެހުމުން އެންމެ ފުރަތަމަވެސް ޔަލާ ބޭނުންވީ ގެއާއި ދިމާއަށް ދާށެވެ. އެންމެން ދެކިލާހިތް ވެފައި ހުރިލެއް ބޮޑުކަމުން ކަންނޭގެއެވެ. އެއްވެސް މީހަކު ކައިރީގައި ނުބުނެ އައީވެސް އެހެންވެއެވެ. ކާރުގައި ގޭގެ ދޮރާއި ހަމަވުމުން ޔަލާގެ ހިތުގެ ވިންދު އަވަސްވިއެވެ. ކުރީގެ ހަނދާންތައް އައިސް މުޅި މީހާ ވަށާލިހެން ހީވުމުން ޔަލާ ދެފަރާތަށް ބޯހޫރުވާލިއެވެ. މިހާ ދުވަސް ވުމުން ދެން އެކަން ހަނދާން ނުވާނެ ކަމަށް ހީވި ހީއަކީ ގޯސް ހީއެއްކަން އެނގުމުން ޔަލާގެ ގައިން ހީބިހި ނަގައި ގަތެވެ.

ގެއަށް ޔަލާ ވަދެގެންއައީ ވަރަށްވެސް މަޑުންނެވެ. މީހަކަށް ފެނުމަކީ ޔަލާ އެއްވެސް ވަރަކަށް ބޭނުން ކަމެއް ނޫނެވެ. ޔަލާ އުޅެމުން ދިޔަގޮތް ފަހަތުގައި ބަލަންހުރި ނަސީމް ހުރީ ހުއްޓުން އަރާފައެވެ. ނަސީމް ޔަލާއަށް ގޮވާލާނީ ކަމެއް ނޫނީ އަނެއްކާ ފޮނުވާލާނީ ކަމެއް ނޭނގުނެވެ.

“ޔަލް ” ނަސީމްގެ އަޑު ކުރެހިގެން ދިޔަކަން ޔަލާއަށްވެސް ރަނގަޅަށް ފާހަގަ ވިއެވެ.

“ބައްޕާ” ޔަލާއަށް ކުއްލިއަކަށް ފަހަތަށް އެނބުރިލިއެވެ. ޔަލާގެ އެބެލުމުންވެސް ނަސީމްއަށް އަދިވެސް އެދަރިފުޅު ހަނދާން ނުނެތޭކަން އިހުސާސް ކުރެވުނު ފަދައެވެ. ނަސީމްއާއިއެކު ޔަލާ އެތެރެއަށް ވަދެގެންއައީ ކުއްވެރިއެއް ހެންނެވެ. ނަސީމްގެ ފަހަތުން ޔަލާ ފެނުމުން ޔާސްމީންގެ ގައިން ހީބިހި ނަގައިގަތެވެ. ދަރިފުޅު އެހާ ދުވަސް ކޮއްފަ ފެނުނީމާވެސް ޔާސްމީންވީ އުފަލެއް ނޫނެވެ.

“ޔަލާ.. ދަރިފުޅު” ޔާސްމީން އައިސް ޔަލާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ޔަލާވެސް މަންމަގެ ގައިގައި ދެއަތް ވަށާލަމުން ހިނިތުން ވެލިއެވެ.

“މަންމައަށް ހީވަނީ ޔަލް ދޮން ވެއްޖެހެން” ޔަލާގެ މޫނުގައި އަތް ޖައްސާލަމުން ޔާސްމީން ހިނިތުން ވެލިއެވެ. ނަސީމް ދުރުގައި ބަލަން ހުރެފައި ވަނީ ކޮތަރިއަށެވެ. އަދިވެސް ނަސީމް ހިތުގައި ވަނީ އެދުވަހުގައި ޔަލާ ހޮސްޕިޓަލް ތެރޭގައި އުޅުނު ގޮތެވެ. ދުވަހަކުވެސް އެމަންޒަރު އޭނާގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.  ލޯމަރާ ތަގުޅިކޮއްލައިގެން ހުރި ނަސީމްއަށް ހޭވެރިކަމެއް ވީ ނިކަތުއާއި ޔާސްމީން ފަހަތުން އައިސް ގޮވާލުމުންނެވެ.

“ބައްޕާ.. ” ނިކަތު އޭނާގެ އަޅައިގެން އިން ޝޯލްއިން ޕިންތައް ނައްޓަމުން ބުނެލިއެވެ.

“ދަރިފުޅަށް ހީވޭތަ ޔަލް ހަނދާން ނެތިޖެހެން” ނަސީމްގެ އެ ޖުމްލައާއެކު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިގަތެވެ.

“ނޫން.. އެއީ އެހާ ފަސޭހައިން ވާނެ ކަންތައް ތަކެއް ނޫނޭ ބައްޕާ” ނިކަތު އައިސް ބައްޕަގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

ނިކަތުއާއި ޔަލާ ތިބީ ގޭގެ ޓެރެހުގައި އެކި ވާހަކައިގައެވެ. މާލެއައީ ހަފްތާއެއް ވެގެން ދިޔައިރު ޔަލާ ގެއިން ބޭރަށް ނިކުތީ އެންމެ ދެފަހަރުއެވެ. ނިކަތު ދަނީ ކަމުގައި ބުނެލާފައި ތިރިއަށްދާން ހިނގައިތަގެވެ. ނިކަތު ދިއުމުން ޔަލާ ބަންޑަރަ ކޮއްޓަށް ގުޅާލީ އެނާގެ މިކޮޅަށްއައި ހަބަރު ދޭށެވެ. ސިފައިންގޭގައި އުޅެމުން އޭނާ އޮފިސަރ ކޯސް ދިޔައީ މީގެ 4 އަހަރު ކުރިންނެވެ. ޔަލާ ފޯނު ކަނދާލުމަށޤފަހު ލެޕްޓޮޕް ހުޅުވާލީ ފިލްމެއް ބަލާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޮޓޯތައް ބަލާލާ ހިތްވިލެއް ބޮޑުކަމުން ޔަލާ މީގެ 4 ހަތަރު އަހަރު ކުރީގެ ފޮޓޯތައް ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އަލިޔާންގެ ހިނިތުންވުން ފެނުމުން ޔަލާގެ ހިތް ތެޅިލިއެވެ. ހަނދާން ނުކުރުމަށް އަމިއްލަ ނަފްސަށް ވައުދު ވެވުނު ނަމަވެސް ދެން އޭނާއަކަށް ކެތެއް ނުވާނެއެވެ.

“ޔު ލައިޑް” ލެޕްޓޮޕް ލައްޕާލަމުން ޔަލާ ތުން ފިއްތާލިއެވެ. އޭރު އޭނަގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ.

“ނޫން.. ޔާޔާ އަދިވެސް ހަނދާން ވޭތަ؟” ފަހަތުން ފިރިހެން އަޑެއް އިވުމުން ޔަލާ އެދިމާއަށް ބަލާލިއެވެ. އަދި އެކުއްޖާގެ އަތުތެރޭގައި ބޮނޑިވެލަމުން އިހުނަށްވުރެ ބާރަށް ރޯންފެށިއެވެ.

“ޔާން ޔޫ ލައިޑް.. ޔާން ބުނީ މެއްނު ދުވަހަކުވެސް ނުދާނަމޭ..” ޔަލާ ގިސްލަމުން ބުނެލިއެވެ.

“އަމް ހިއަރ ބޭބީ.. އަމް އޮލްވެސް ހިއަރ” އެހެން ބުނުމާއެކު ޔަލާއަށް ކުރިއަށް ވުރެ ބާރަށް ގިސްލެވެން ފެށުނެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވޭނެއޭ އެތައް ފަހަރު ޔަލާގެ ހިތަށް އަރަމުން ދިޔައެވެ.

ޔާސްމީން ދިން އޯރިއޯ ތައްޓެއް ހިފައިގެން ޓެރެހަށް އަރަން އައި ނިކަތުއަށް ޔަލާގެ ގިސްލުމުގެ އަޑު އިވުމުން ދެފައަށް ބާރުލަމުން ސިޑިން މައްޗަށް އަރަން ހިފައިލިއެވެ. ޔަލާގެ ގިސްލުމުގެ އަޑު އެގޮތަށް ނިކަތުއަށް އިވޭމީ ދެވަނަ ފަހަރެވެ. މައްޗަށް އަރާފައިވެސް ނިކަތު ހުއްޓުން އެރީ ޔަލާގެ ދުލުން ނިކުތް ނަން އަޑު އިވުމުންނެވެ. އަލިޔާންދެކެ ޔަލާ އަދިވެސް ހަމަ އެހާ ލޯބި ވަނީ ހެއްޔެވެ؟ ޔަލާގެ ފަހަތުގައި ހުރި ނިކަތުގެ ލޮލަށްވެސް ކަރުނަ ޖަމާ ވަމުން ދިޔައެވެ. އެންމެފަހުން ކެތް ނުވެގެން އެންމެ ކުޑައިރު ޔަލާއަށް ލޯބިން ގޮވާ ގޮތަށް ނިކަތު ގޮވާލިއެވެ.

“ޔާޔާ..” ނިކަތު އެހެން ގޮވާލުމުން ޔަލާގެ ކައިރީގައި ހުރި ފިރިހެން ކުއްޖާ އޭނާއާއި ދުރަށްދާން ހިނގައިގަތެވެ.

“ޕްލީޒް ނުދޭބަ” ޔަލާއަށް ގިސްލަމުން ބުނެލިއެވެ.

“ޔާޔާ ބޭބީ ކާކުއާ ތި ވާހަކަ ދައްކަނީ؟” ނިކަތު އެހެން ބުނަމުން ގޮސް ފުރަގަހުން ޔަލާގެ ގައިގައި ބައްދާލިއެވެ.

“ދޮން އައި ސިޓްލް މިސް ހިމް.. އައި ސިޓްލް ނީޑް ހިމް” ޔަލާ އެހެން ނިކަތުގެ މެއަށް ދިޔައީ ފިނިވެގެންނެވެ. އަނެއްކާ ކޮއްކޮ އޭނާގެ ލޯ ކުރިމަތިން ގެއްލިދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދެވަނަ ފަހަރަށް އޭނާގެ ކޮއްކޮ މަރުވާތަން ފެންނާކަށް ބޭޏުމެއް ނުވެއެވެ.

 

 

Share Article

Follow Me Written By

Kudu

Level 1

Other Articles

Previous

ހާދަ ލޯބިންނޭ (13)

Next

ހިތް އެދެނީ 9

Next
February 15, 2016

ހިތް އެދެނީ 9

Previews
February 15, 2016

ހާދަ ލޯބިންނޭ (13)

13 Comments!

  1. Mari says:
    February 15, 2016 at 11:13 am

    Reethi..keep it up..

  2. Meeheh says:
    February 15, 2016 at 11:21 am

    Ix dis finished

  3. Kudu says:
    February 15, 2016 at 11:37 am

    no its just the beginning 🙂

  4. NOwshan IbrahIm says:
    February 15, 2016 at 12:02 pm

    laaraage vaahakaehgge cover pic copy kohfatha mee ?

    1. Kudu says:
      February 15, 2016 at 7:53 pm

      i googled it..

  5. misty says:
    February 15, 2016 at 1:55 pm

    Varah salhi.. Whn nxt prt???

  6. Mar Sha Marsha says:
    February 15, 2016 at 2:21 pm

    An interesting opening… hyvany v rythi vaane hen.. yalaa saw a ghost tha?? Vvv kiyaa hiy vejje coming parts… hope to c new part soon kudu..

  7. Shau says:
    February 15, 2016 at 4:37 pm

    Nice…looking forward to the next part…all the best kudu…???????

  8. nick says:
    February 15, 2016 at 6:52 pm

    Kudu vaahaka vaahaka vara reethi inghey..

    1. Kudu says:
      February 15, 2016 at 7:54 pm

      <3

  9. hajj says:
    February 15, 2016 at 6:59 pm

    V reeth v interest mi story withing for the next part

  10. lol says:
    February 16, 2016 at 7:38 am

    nice

  11. almaa says:
    February 16, 2016 at 2:51 pm

    v reethi begining..like the story.waiting for next part………..

Comments are closed.



All Right Reserved!