Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތަކުން ނުދާނޭ ފިލާ 23

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 2, 2025 5 Mins Read
4 Comments

“ވަންސް ވޯޒް އިނަފް!” ދެފަރާތަށް ބޯ ހަލުވާލަމުން މަޑުމަޑުން ލަޔާލް ބުނެލިއެވެ.

“ލަޔާ.. އަހަރުމެން މެރީ ކުރީ ފެމިލީ އިން އެރޭންޖް ކޮށްގެން. އެއް އަހަރު ދުވަހު އެކީގަ އުޅުނު އިރު ހަގީގީ ކައިވެންޏެއް ގޮތުގަ އުޅެވުނީ ފަސް މަހެއްހާ ދުވަހު. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިހެން ބުނަން އެނގޭނީ ކިހިނެއް؟” މަޑުމައިތިރި ކަމާއެކު ސާހިލް އަހާލިއެވެ.

“ލޯބިވާ މީހާއާ އިނދެގެން ކަންތައް ވީ ގޮތް އެއީ. އެއްވެސް މީހަކަށް ދެވަނަ ފަހަރަށް އަހަރެންގެ ދިރިއުޅުމުން އެ ވަރުގެ ބާރެއް ނުދެވޭނެ..” ސާހިލް ވާހަކަ ދެއްކިހާ މަޑުން ލަޔާލްވެސް ބުންޏެވެ.

“ލަޔާލް.. ހުރިހާ ކަމެއް ވީ އަހަރެންގެ ސަބަބުން ކަން ގަބޫލު ކުރަން. އެއްވެސް ކަމެއް ކުޑަކޮށްވެސް ހަނދާން ހުރި ނަމަ އަހަރެން..” ސާހިލް އިތުރަށް ކުރިއަށް ނުގޮސް ހުއްޓާލިއެވެ.

“ސާހިލްއަށް ތިހެން ބުނެލަން ކިތަންމެ ފަސޭހަ ވިޔަސް އަހަރެން މި ހުރިހާ ދުވަސް ހޭދަ ކުރީ ކިހިނެއް ކަން އެކަކަށްވެސް ނޭނގޭނެ. އަހަރެން އައިސް އެންމެންނާ ވާހަކަ ދައްކާތީ އެ ހުރިހާ ކަމެއް އަހަރެން ހަނދާން ނެތުނީއޭ ހީވަނީތަ؟ ނޫނީ މިހާ ދުވަހު އަހަރެން އުޅުނީ ވަރަށް އުފަލުގަ ހިތްހަމަޖެހިގެން ހެން ހީވަނީތަ؟ ބޮޑު އާއިލާއަކާ އަހަރެން ދެކެ ލޯބިވާ ކަމަށް ދައުވާ ކުރި ފިރިއަކު ހުރި އިރުވެސް އަޅާލާނެ މީހަކު ދުނިޔޭގަ ނެތިފަ އަހަރެން ހުރީ.. އަހަންނަށް އެހީވީ އަހަންނާ އެއްވެސް ގުޅުމެއް ނެތް ބަޔަކު. މީހެއްގެ އަނތްބެއްގެ ގޮތުގަ ހުރެ ފިރިމީހާގެ ދަރިއަކަށް ބަލިވެ އިނދެ ވިހޭ އިރު އަހަންނާ ދޭތެރޭ ފިރިމީހާއާ އާއިލާ ކަންތައް ކުރީ ކައިވެނިން ބޭރުން ބަލިވެ އިން މީހަކަށްވެސް ކަންތައް ނުކުރާނެހާ ގޯސްކޮށް. އެކަމަކު އެ ކނަތްކާ ވިސްނާކަށް ދެން ބޭނުމެއް ނޫން. އެ ހުރިހާ ކަމަކަށް ވުރެ އަހަންނަށް ކިޔާން މުހިންމު. ކިޔާންއަށް އެއްވެސް ކަމެއް ނޭނގި އޭނަގެ އުމުރުގަ ބާކީ އޮތް ދުވަސްތައް ހޭދަ ވުން އަހަރެން އެދެނީ. ތި ވާހަކަތައް ދައްކައިގެން އަހަރެންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވާނެ” ވާހަކަ ދައްކަމުން ގޮސް ލަޔާލްއަށް ރޮވުނެވެ.

ލަޔާލްގެ ކަރުނައިން ސާހިލްގެ މެއަށް ބާރުވެގެން ދިޔައެވެ. ލަޔާލްގެ ގައިގައި ސާހިލް އަތް ޖައްސާލަންވެސް ލަޔާލް ބޭނުން ނުވާނެ ކަން އެނގޭތީ ދުރުގައި އިން ނަމަވެސް އެ ގޮތުގައި ސާހިލްއަށް ކެތެއް ނުކުރެވުނެވެ. ތެދުވެގެން ގޮސް ލަޔާލް ކައިރީ އިށީނދެ ދެ އަތުގެ ތެރެއަށް ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ. އެއާއެކު ސާހިލްގެ އަތުތެރެއިން ނިކުންނަން ލަޔާލް ގަދަ ހަދާލި ނަމަވެސް ސާހިލް ދުލެއް ނުކުރިއެވެ.

ހައްތަހާ ބޮޑަށް ރޮވެން ފެށި ލަޔާލް ދުރަށް ދާން އިރުކޮޅަކު މަސައްކަތް ކުރުމަށް ފަހު ސާހިލްގެ މޭގައި މޫނު ފޮރުވާލިއެވެ.

“އަހަންނަށް ވެގެން ވާ ނަމަ އަހަރެންގެ އުމުރު އަހަރުމެންގެ ދަރިފުޅަށް ދޭނަން.. އަހަރެންގެ ހިތް ނަގާފަ ކިޔާންއަށް ދޭނަން.. ލަޔާ ޕްލީޒް ފޮރގިވް މީ.. އައިމް ސޯ ސޮރީ.. އަހަންނަށް މާފު ކޮށްދީ.. އައި ލަވް ޔޫ.. އަހަރެން ލަޔާލް ދެކެ ވަރަށް ލޯބިވޭ، މިހާރުވެސް ވަރަށް ލޯބިވޭ.. އަހަރެން ވަރުގެ މޮޔަ މީހަކު މި ދުނިޔޭގަވެސް ނުހުންނާނެ.. ލަޔާ އެހެން ނުހަދާނެ ކަން އަހަންނަށް އެނގެން ވާނެ.. ލަޔާ އަހަރެން ދެކެ ލޯބި ވާކަން އޭރުވެސް އެނގޭ.. އެހެން އެންމެންނަށް ވުރެ ބޮޑަށް އަހަރެން އިތުބާރު ކުރަން ޖެހޭނީ ލަޔާއަށް.. ލަޔާއަށް އިތުބާރު ނުކުރެވުން އެއީ މުޅި އުމުރުގަވެސް އަހަންނަށް ކުރެވުނު އެންމެ މޮޔަ ކަންތައް.. ލަޔާ ޕްލީޒް.. އަހަންނަށް މާފު ކޮށްދީ.. އަހަރެން ކުރި ކުށުގެ ބަދަލުގަ މުޅި އުމުރު އެކީ ލަޔާ ބުނި ގޮތަކަށް އަހަރެން ކަންތައް ކުރާނަން.. ޕްލީޒް.. އަދި އެންމެ ޗާންސެއް އަހަންނަށް ދީ..” ލަޔާލް ގައިގައި ފިރުމަމުން ސާހިލް އާދޭސް ކުރިއެވެ.

“އަހަރެންގެ ފަރާތުން ސާހިލް ތި އެދެނީ އަހަންނަށް ނުވާނެ ކަމަކަށް. ސާހިލް އަނތްބަކު ބޭނުމިއްޔާ މެރީ ކުރޭ. އަހަރެން އެއްޗެއް ނުބުނާނަން.. ސާހިލްގެ ލައިފްގަ އަހަރެން ހުރެގެން އެ މީހަކަށް ކަމުނުދަންޏާ އަހަރެން ދޫކޮށްލާ. އެކަމަކާވެސް ޝަކުވާއެއް ނުކުރާނަން. އަހަރެން އެދެނީ ސާހިލްއަށް ވީ ވަރަކުން ކިޔާންއަށް ވަގުތު ދިނުން” ސާހިލްއާ ދުރަށް ޖެހިލަމުން ލަޔާލް ބުންޏެވެ.

“ލަޔާ.. ޕްލީޒް..” ސާހިލް ދެ އަތުން ލަޔާލްގެ މޫނުގެ ދެފަރާތުން ހިފަހައްޓާލިއެވެ.

ލަޔާލްއަށް ސާހިލްގެ ލޮލަށް ބަލަން އިނދެވުނެވެ. ސާހިލް އިތުރު ފުރުޞަތަކަށް އެ އެދެނީ ހިތުގެ އަޑިން ކަން ލަޔާލްއަށް ޔަގީންވެއެވެ. އެ ލޮލުން ލަޔާލްއަށް އެކަން ބުނެދެމުން ދާ ކަހަލައެވެ. ލަޔާލްގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ.

ދެ މީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބެވުނު އިރު ދެ ހިތްވެސް އިޚްތިޔާރުން ބޭރުވަމުން ދިޔައެވެ. ދެ ހިތުން އެއް ރާގަކަށް ވިންދު ޖަހަމުން ދިޔައެވެ. ދުލުން ނުބުނެވުނު އެތައް ވާހަކައެއް ލޮލުން ބުނެދެމުން ދިޔައެވެ. ދެ ހިތުގައިވެސް އެއް ހަނދާންތަކެއް އާވަމުން ދިޔައެވެ.

ސާހިލްއަށް ލަޔާލްއާ ގާތް ވެވުނީ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. ސާހިލް ހުއްޓުވުމުގެ ބާރު ލަޔާލްގެ ކިބައިގައިވެސް ނެތް ފަދައެވެ. ލަޔާލްގެ މޫނަށް ސާހިލްގެ ނޭވާގެ ހޫނު އިހުސާސް ވާހާ ކައިރި ވުމުން ލަޔާލް އިސްޖަހާލަން އުޅުނެވެ. ނަމަވެސް ސާހިލް ލަޔާލްގެ ދަތްދޮޅީގައި ހިފަހައްޓާލިއެވެ. ލަޔާލް ދެކޮޅު ހަދާނެ ކަމުގައި ސާހިލްގެ ހިތް ބުނި ނަމަވެސް ލަޔާލްގެ ފަރާތުން ނުރުހުމެއް ނުފެނުމުން ސާހިލް އެ ދެމެދުގައިވި ދުރުމިން ނައްތާލަމުން ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. ނަމަވެސް ލަޔާލްއަށް އެހެން އިނދެވުނީ ދިހަވަރަކަށް ސިކުންތަށެވެ.

ކުއްލިއަކަށް ދުރަށް ޖެހުނު ގޮތަށް ލަޔާލް ތެދުވެގެން ގޮސް ސޯފާގެ އަނެއް ކޮޅުގައި މަޑުކޮށްލިއެވެ.

ލަޔާލްއާ ދިމާއަށް ބަލަން އިރުކޮޅަކު އިނދެފައި ސާހިލް ތެދުވިއެވެ.

“ގުޑް ނައިޓް!” އެހެން ބުނި ގޮތަށް ސާހިލް ނިކުތީއެވެ.

ލަޔާލް އަލުން ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. ސާހިލް އެ ގޮތަށް އާދޭސް ކުރާ ނަމަ ލަޔާލްއަށް ދުރުގައި ހުރެވިދާނެ ކަމާ މެދު ހިތުގައި ޝައްކު އުފެދުނެވެ. ލަޔާލްގެ ހިތުގައި ވާ ލޯބި އެ އާދޭސްތަކުން ފޮރުވިފައި ބޭއްވިދާނެ ހެއްޔެވެ؟ ސާހިލް ލޯބިވާ ކަން ލަޔާލްއަށް އެނގެއެވެ. ނަމަވެސް އެ ލޯތްބާ މެދު ހިތުގައި ޔަގީންކަމެއް ނެތީއެވެ. ކުރިން ކަންތައް ވީ ގޮތުން ދެވަނަ ފަހަރަށް ލަޔާލްގެ ހިތް ހަލާކުވެދާނެ ކަމުގެ ބިރު އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑެވެ. އެ ހިތާމައަށް ލަޔާލްއަށް ކެތް ކުރެވުނީ ކިޔާންގެ ސަބަބުންނެވެ. ދެ ވަނަ ފަހަރަށް އެ ވަތުގެ ކަމަކަށް ލަޔާލްއަށް ކެތެއް ނުކުރެވޭނެއެވެ.

“އައި ކާންޓް ސާހިލް.. އަހަރެން މަރުވެދާނެ.. އަހަރެން ދެކެ ލޯބި ވަންޏާ އަހަރެން ދޫކޮށްލާ!” ސާހިލް ނެތް ނަމަވެސް ލަޔާލްއަށް ބުނެވުނެވެ.

 

ނާފިޒް ގާތު އާޔާގެ ކައިވެނީގެ ވާހަކަ މާހިރާ ބުނުމުން ޖެހިގެން އައި ހަފްތާގައި ރިޝްވާންއާ ބައްދަލު ކުރުމަށް ނާފިޒް އެދުނެވެ. އާއިލާގެ އެހެން މީހުންނާ ބައްދަލުވުމުގެ ކުރިން އާޔާ ބޭނުންވީ ލަޔާލްއާ ރިޝްވާން ބައްދަލު ވުމަށެވެ. އެހެން ކަމުން ހުކުރު ދުވަހުގެ ހަވީރު ނާފިޒްމެން ގޭގައި އޮތް ސައިގެ ކުރިން އެ ހަފްތާގެ ބުދަ ދުވަހުގެރޭ ލަޔާލްމެން ގެއަށް ރިޝްވާން ގޮވައިގެން އާޔާ އައީ ލަޔާލްގެ އެދުމަށެވެ.

ބައެއް ދުވަހު ރޭގަނޑު ދިހައެއް ޖަހާލަން ދެން ސާހިލް ލަޔާލްމެން ގޭގައި މަޑުކުރެއެވެ. ކިޔާން ލަހުން ނިދާ ރޭރޭގައި ސާހިލް ދާނީވެސް ލަހުންނެވެ. ސާހިލް އުޅޭ ނަމަ ލަޔާލް އަބަދުވެސް ސާހިލް ގާތު ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ބުނެއެވެ. އިއްތިފާގުން ރިޝްވާން އައި ރޭވެސް ސާހިލް އެ ގޭގައި ހުއްޓެވެ. އަށްގަޑި ބައި ހާ އިރު ކިޔާން ނިދުމުންވެސް ސާހިލް ކިޔާން ކައިރީ އޮތީއެވެ.

ނުވަގަޑި ފަނަރަ ހާ އިރު ލަޔާލްއާ އެކީ ރިޝްވާން އައެވެ. އެރު ލަޔާލް އުޅުނީ ކެއުމަށް މޭޒުމަތި ތައްޔާރު ކުރާށެވެ. ސާހިލް އުޅޭތީ ލަޔާލް ކާން ތައްޔާރު ކުރީ ހަތަރު މީހުންނަށެވެ.

ރިޝްވާންއާ އާޔާއާ އެކު އިރުކޮޅަކު ވާހަކައިގައި ލަޔާލް ސޯފާގައި އިނެވެ. މޭޒު ކައިރިއަށް ދާން ތެދުވެފައި އާޔާ ގާތު ސާހިލްއަށް ގޮވުމަށް ލަޔާލް އެދުނެވެ. ސާހިލްއާ ރިޝްވާން ވީ އެކަކު އަނެކަކު ދަންނަ ދެ މީހުންނަށެވެ. މަސައްކަތުގެ ދާއިރާގެ ގޮތުން ދިމާވެ އެކުވެރިކަން އުފެދުނު ނަމަވެސް އެކަކު އަނެކަކާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގެއެވެ.

“އާޔާގެ ފެމިލީތަ؟” ރިޝްވާން ސާހިލްއަށް ބަލާލަމުން އަހާލިއެވެ.

“އަހަރެންގެ ބްރަދަރ އިން ލޯ، ދޮންތަގެ ހަޒްބަންޑް މީ” ލަޔާލްއާ ސާހިލް ޖަވާބު ދޭން ފަސްޖެހިފައި ތިއްބާ އާޔާ ބުންޏެވެ.

“އެހެންތަ؟ ސޯ ފެމިލީ ދޯ ހަމަ” ރިޝްވާން ބުންޏެވެ.

“އާނ ހަމަ ފެމިލީ. ދޮންތަގެ ހަޒްބަންޑްގެ އިތުރުން އެއީ އަހަރުމެންގެ އާންޓްގެ ސަން” އާޔާ އިތުރަށް ބުނެދިނެވެ.

“ސޯ ކަޒިންސްތަ؟” ލަޔާލްއާ ސާހިލްއަށް ބަލާލަމުން ހައިރާންވެފައި ރިޝްވާން އެހިއެވެ.

“ނޫނޭ.. އަސްލު ބޮޑުއްތަގެ ސްޓެޕްސަން އެއީ. އެކަމަކު އެއި ނަމެއްގަ. ބޮޑުއްތަ ދެކޭނީ ހަމަ ދަރިއެއް ގޮތުގަ، ދޮންތަބޭވެސް ދެކެނީ އެއީ ހަމަ އަސްލު މަންމަ ގޮތުގަ” އާޔާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

ކެއުމުގެ ތެރޭގައި ގިނަ ވާހަކަ ދެއްކީ އާޔާއާ ރިޝްވާންއެވެ. ލަޔާލްއަށް ރިޝްވާން ވަރަށް ކަމުދިޔައެވެ. އެއީ މީހުންނާ ގުޅޭ ޒުވާނެކެވެ. އެ ދެމެދުގައި ބަދަލު ކުރެވޭ ބެލުންތަކާ، ކުދި ކުދި އިޝާރާތްތަކުން އާޔާ ދެކެ ރިޝްވާން ލޯބި ވާކަން ލަޔާލްއަށް ޔަގީންވިއެވެ.

ހުކުރު ދުވަހު ނާފިޒްމެން ގޭގައި އޮންނަ ސައިގައި ބައިވެރިވުމަށް ލަޔާލްއަށް ގުޅީ ނާފިޒްއެވެ. ފާއިތުވީ މަހެއްހާ ދުވަހު ހަފްތާއަކު އެއްފަހަރު ހެން ސާހިލްއާ އެކު ސާހިލްމެން ގެއަށް ކިޔާން ދާ ހެން މުހައިމިންއާ އެކު ނާފިޒްމެން ގެއަށްވެސް ކިޔާން ދެއެވެ. މާހިރާ އެއް ފަހަރު އެދުމުން އެ ގެއަށް ދާން ލަޔާލް ދެކޮޅު ހެދީ އެއީ ސާހިލްގެ ގެއަށް ވާތީއެވެ. ސާހިލްއާ އޮތް ގުޅުމާ މެދު ގޮތެއް ނުނިންމޭތީއެވެ.

އެގާރަ އަހަރު ކުރިން ބައްޕަގެ ގެއިން ނިކުމެގެން ދިޔަ ފަހުން ލަޔާލް އަދި އެ ގެއަކަށް ނުދެއެވެ. ނާފިޒްމެންނާ އަލުން ގުޅުން ބަދަހި ވީ ފަހުން ދެ ފަހަރަށް އެ ގެއަށް އައުމަށް ނާފިޒްއާ ނަސްމާ ބުނި ނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ލަޔާލް ނުގޮސް ހުރީއެވެ. ބައްޕަގެ ގެއަށް ނުދާން ލަޔާލް ހުރީއެއް ނޫނެވެ. އެ ގެއަށް ދިޔުމުން ކުރަން ބޭނުން ނުވާ ހަނދާންތައް އާވާނެ ކަން އެނގޭތީ ފަސް ޖެހެވެނީއެވެ. ކުޑަ އިރުން ފެށިގެންވެސް ބައްޕަގެ ގެއާ މާ ގިނަ އުފާވެރި ހަނދާންތަކެއް ގުޅިފައި ނުވާތީއެވެ.

ހުކުރު ދުވަހުގެ ހަވީރު ފެންވަރާ ހަދައިގެން އަޞްރު ނަމާދުކޮށް ނިމުނު ތަނާ ލަޔާލް ލަސްވެގެން އާޔާ ގުޅިއެވެ. ލަޔާލް ނަމާދަށް ހުއްޓާވެސް ތިން ފަހަރަށް ގުޅާފައި އޮތެވެ.

“ހަމަޖެހިބަލަ، ރެޑީ ވަނީއޭ. ތި ވަރަށް ގުޅަންޏާ ކިހިނެއް އަވަސް ކުރާނީ؟” ފޯން ނެގި ގޮތަށް ލަޔާލް ބުންޏެވެ. އޯކޭ އޯކޭއޭ ބުނެފައި އާޔާ ފޯން ކަނޑާލިއެވެ.

ހަމަ އެ ވަގުތު ސާހިލް މެސެޖް ކޮށްލިއެވެ. މެސެޖް ކިޔާފައި ކިޔާން ގޮވައިގެން ލަޔާލް ނިކުތެވެ. ކިޔާންއާ ލަޔާލް ބަލާ ސާހިލް ކާރުގައި އައީ ކިޔާން އެދުމުންނެވެ.

ހިތްއަވަސްވެފައި ހުރެ ކިޔާންގެ އަތުގައި ހިފާލައިގެން ލިފްޓުން ނިކުމެފައި ލަޔާލް ދެތިން ނޭވާ ލިއެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ އާޔާއެވެ. އެ ވަގުތު ކިޔާން ކަނާއަތުން ސާހިލްގެ އަތުގައި ހިފާލިއެވެ. ލަޔާލްއާ ސާހިލްގެ އަތުގައި ހިފާލައިގެން ގޭތެރެއަށް ވަން ކިޔާން ފެނިފައި މާހިރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މާހިރާ އިސް ޖަހާލަމުން ފެންކަޅިވެގެން ދިޔަ ދެލޯ ފޮހެލީ އިރުފާން މާހިރާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.

އެގާރަ އަހަރު ފަހުން ލަޔާލް އެ ގެއަށް ވަން ތަން ފެނުމުން، އިރުފާން ކައިރީ އިން ނާފިޒް ތެދުވެގެން އައިސް ލަޔާލް ގެނެސް މޭގައި ޖައްސާލި އިރު ނާފިޒްގެ ލޮލަށްވެސް ކަރުނަ ޖަމާވެއްޖެއެވެ.

“ދަރިފުޅު، ބައްޕައަށް މާފު ކޮށްފަ ދެން ގެއަށް އާދޭ” ނާފިޒް ބުންޏެވެ.

ޖަވާބެއް ދިނުމުގެ ބަދަލުގައި ލަޔާލްއަށް ރޮވުނީއެވެ. އަބަދުވެސް ބައްޕަގެ ފަރާތުން އެދެމުން އައި ހިމާޔަތާ ލޯބި ލަޔާލްއަށް އިހުސާސް ކުރެވުނީ އަހަރުތަކެއް ފަހުންނެވެ. ކިޔާންގެ އަތުން ދޫކޮށްލަމުން ލަޔާލްއަށް ދެ އަތުން ބައްޕަގެ ގައިގައި ބައްދާލެވުމާއެކު ހިވީ އެތައް ދުވަހެއް ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބަން ދޫކޮށްލީ ހެންނެވެ. ލަޔާލްއަށް ރޮވެމުން ދިޔަ އިރު ނާފިޒްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ދޮރު ކައިރީ ހުރި އާޔާ ލޯ ފޮހެމުން ގޮސް ނަސްމާ ކައިރީ ހުއްޓުމާއެކު އާޔާގެ އަތުގައި ހިފާލަމުން ނަސްމާ އައިސް ނާފިޒްއާ ލަޔާލް ގައިގައި ބައްދާލިއެވެ.

ފެންނަމުން ދިޔަ މަންޒަރުން ކަންބޮޑުވަމުން ދިޔަ ކިޔާންއަށް ސާހިލްގެ އަތުގައި ބާރަށް ހިފާލެވުނެވެ.

“ހޭ، އިޓްސް އޯކޭ.. މަންމައަށް އެއްވެސް ކަމެއް ނުވޭ.. ޝީ އިޒް އޯލްރައިޓް..” ކިޔާން ކައިރިއަށް ތިރިވެލާ ދަރިފުޅުގެ ދެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ. އަދި ކިޔާން ގައިގައި ބައްދާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 13

Next

ހިތް އެދޭހާ ކަމެއް.. (9 ވަނަބައި)

Next
December 2, 2025

ހިތް އެދޭހާ ކަމެއް.. (9 ވަނަބައި)

Previews
December 1, 2025

ހިތް އެދޭ މަންޒިލަކީ… 13

4 Comments!

  1. imko says:
    December 2, 2025 at 11:27 am

    When is next part
    Can’t wait for next part

    1. Mar Sha Mar Sha says:
      December 2, 2025 at 3:35 pm

      thank you Imko, next on Thursday.

  2. Kokila Modi says:
    December 2, 2025 at 3:00 pm

    vara reeth.. aslu varah udhagoo vaane saahil ah maafu kuran layaal ah. haadha ekaniveri vaane ey dho? preg iru hithuga jehuneema varah udhagoo vaane hithun filuvaalan. aneh part kon irakun baa kiyaaalan libeyni

    1. Mar Sha Mar Sha says:
      December 2, 2025 at 3:37 pm

      thank you kokila, Layaal aa medhu kanthah vy gothun enmenves jehey dho maafafah edhen. ekamu Layaa maafu kuraane baa? next on Thusday

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 25←


All Right Reserved!