ނެތިގެން ދަނީ މި ރާއްޖޭން
އިލްމާއި ޙިލްމު ހުނަރާ ނެތިގެން ދަނީ މި ރާއްޖޭން
ޚުލްޤާއި ރިވެތި ސިފަތަށް ނެތިގެން ދަނީ މި ރާއްޖޭން
އިހުގައި ގޮތެއް ހުރިއްޔާ އެގޮތެއް މުޅިން ނެތިއްޖޭ
އިހުގައި ވި އަދަބު ސަދަބާ ނެތިގެން ދަނީ މި ރާއްޖޭން
އެދުރުން ގެ ލިބިވިޤަދަރާ އެވެރިންގެ މާތް މަޤާމާ
އެދުރުންގެ އިޙްތިރާމޭ ނެތިގެން ދަނީ މި ރާއްޖޭން
އޭނާގެ އަބުރު މާލާ އޭނާގެ ނަފުސު ދީނާ
އޭނާގެ ޙައްޤުތައްވެސް ނެތިގެން ދަނީ މި ރާއްޖޭން
ޤައުމިއްޔަތާއި މި ބަހާ ޤައުމުގެ ބަހާތަކާ އެކި
ޤައުމީ މަލާއި ކުލަތައް ނެތިގެންދަނީ މި ރާއްޖޭން
