Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ… އެކާވިސްވަނަބައި (އެއީ ހިތްވަރުގަދަކަމުގެ ނަމޫނާއެއްނޫންތޯ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 2, 2025 5 Mins Read
0 Comments

” بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ، اَلسَلامُ عَلَيْكُم އެތައް ގޮތަކުން މީ ޚާއްސަ  ރެއެއް އަޅުގަނޑުގެ ލޮލުން ވިދާބަބުޅަމުން މިދާ ސަބްނަމުގެ ތިކިތައްވެސް ހެކިވާނެ. އަންހެނަކަށްވެ ހުރެ މިތާ ކުރިމަތީ އިންނަން ވަރަށް އަސަރުކުރޭ. މިރޭގެ ޚާއްސަ މެހެމާން ފެނުމުން. ޤަބޫލުކުރަންވެސް ދަތި. ދެން އަޅުގަނޑު މާ ގިނަ ވާހަކައެއް ދައްކާކަށް ނެތިން. ފޮރުގުރާމުގެ ނަން އިއްވާލާނަށް. މީ އަލަށް އަޅުގަނޑުމެން ފަށާ ޕޮރުގުރާމު ހިމޭ…. ” އެނަން  ފުރިހަމައެއް ނުވިއެވެ. ބެލުންތެރިންގެ އަރިހުން ނަން ފުރިހަމަކޮށްދޭން އެދުނީއެވެ.

އަޝްބާ އިނީ ފިނިވެފައެވެ. ހިތަށް އެތައް އެއްޗެއް އަރާފައިބަމުންދިޔައެވެ. ޓިވީން ތެރެއިން ކޮއްކޮ ފެނުމުން ވާނީ ކިހިނެއްބާއެވެ؟ ކޮއްކޮގެ ހަޔާތުގެ ސޮފްހާތަކަކީ މި ޤައުމަށް އިބްރަތަކަށް ވާނެބާއެވެ؟
**********************************
ކޮންމެ މީހަކުވެސް އުފާވެރި ދިރިއުޅުމަކަށް އެދޭނެއެވެ. އަމާން އޮމާން ހަޔާތެއްގެ އުންމީދުތައް ކުރާނެވެ. ޒުވާން ފުރާއަށް އެރުމުން އެފަދަ ހިޔާލްތައް މާބޮޑަށް ކުރެވޭނެއެވެ.

ލޯބިވާ މީހަކާއި ދިމާވުމުން ވިސްނާނުލެވި ކައިވެނިކުރެވެނީއެވެ. އެގޮތަށް ކަންތައް ވުމުން ރަނގަޅު މިސްރާބަކަށްނުދެވެ. ލޯބިވެރިޔާގެ ހަޤީގީ ސިފަ ފެންނަނީ ކައިވެނީގެ ފަހުންނެވެ. ލޯބިވެގެން މާފޮޅުވި ދުސްވަރާ ހާސްބައި ތަފާތު މީހެއްކަން އެނގޭނެވެ. ބައެއް ފަހަރު ވަގުތު ފާއިތުވަނީއެވެ. އަލަތު ދަރިއަކަށް ބަލިވެ އިންނާނީއެވެ. ދެން ދަރިފުޅުގެ ހައްޤުގައި ކެތްކުރަން ވެއެވެ. މިއީ ހަމަ ވާ ގޮތްގޮތް ނޫންހެއްޔެވެ؟ ވެފަހުރި ގޮތްގޮތް ނޫންހެއްޔެވެ؟

“އައިޒީ: މީ އަޅުގަނޑުމެންގެ ޓީވީން މުޅިން އަލަށް ފަށާ ޕޮރުގުރާމެއްގެ ފުރަތަމަބައި. އަޅުގަނޑަށް މިރޭ މިތާ އިނދެވެނީއެއް ނޫން. ވަރަށް ހިތްބަލި މީހެއް މީ. ދެން އެވާހަކަ ބާއްވަމާދޯ.  ޚާއްސަ ބަޔަކަށްފަހު މިރޭގެ މެހެމާނާއެކު ބައްދަލުކޮށްލާނަން. އިންތިޒާރުކޮށްލައްވާ!”

ޕޮރުގުރާމު ހުށައަޅަމުން އައިޒީ ބުނެލިއެވެ. އެއުޅެނީ ރިޕޯޓް ގެނެސްދޭންކަން އެނގުމާއެކު އަޝްބާ ކޮއްކޮގެ އަތަށް ފިތާލިއެވެ.

މީގެ ވިހި އަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި  ދެމެފިރިއަކު ނިޔާވި ވާހަކަ އަޑުއަހާނެއެވެ. އޭރު އެދެމަފިރިންގެ އަލަތު ދެ ދަރިންނަށް ވާނީ އެންމެ ހަތަރު އަހަރެވެ.  އެއީ އަޝްބާ ބިންތު ނިހާން އާއި އިޝްބާ ބިންތު ނިހާނެއެވެ. މިރޭގެ  މެހެމާނުންނަކީ އެވެ.  އޭގެތެރެއިން އެންމެ ޚާއްސަވަނީ އިޝްބާއެވެ.

ގުރޭޑު ބާރައިގެ ކިޔެވުން ދެމީހުން ނިންމާލީއެކުގައެވެ. މާލޭގައެވެ. ބަރައިގައި ކިޔެވިއިރުވެސް އިޝްބާ އުޅުނީ އެމީހަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަށާރަ އަހަރުވުމާއެކު ކައިވެނިކުރިއެވެ. ދިރިއުޅުން ބަދަލުކުރީ ފިރިމީހާގެ ރަށަށެވެ. މިއީ އަޝްބާ އާއި އިޝްބާ ވަކިވާން ޖެހުނު ހިސާބެވެ. އަޝްބާގެ ހަޔާތު ނިންމަން ޖެހުނު އެންމެ ދަތި ނިންމުންވެސްމެއެވެ.

ކޮއްކޮދެކެ ހިތާ ފުރާނައިން ލޯބިވާ މީހެއް ކަމަށް ޤަބޫލުކުރެވުމުން ދޫކޮށްލެވުނީއެވެ. މިއަދު އެކަމާ އަޝްބާ ހިތާމަކުރެއެވެ. އޭނާ ބުނާގޮތުން ވިއްޔާ މީ އޭނާގެ  ސަބަބުން ކޮއްކޮއަށް ދިމާވިގޮތެކެވެ. އެހުރިހާ ބުރައެއް ބޮލުއެޅީ ހުދު އަޝްބާއެވެ. އެދުވަސްވަރު މުއްދަރިސުކަން ކިޔަވަން ފަށައިގެން  އުޅުނު އަޝްބާ ވަގުތުން ކެނޑުނެވެ. ކޮއްކޮ ސަލާމަތްކުރަން އެރަށަށް ދިޔައީ ގަދަ ކަނޑުގައެވެ. އެހިތް ކުދިކުދި ވެގެންދިޔައެވެ. ކޮއްކޮ ފެނުމާއެކު އަޑުން އަޑުނަގައި ރޮއެގަނެވުނެވެ. މާލޭ ފުރިއިރު އޭނާގެ ކުރިމަތީ ހުރި ކޮއްކޮބާއޭ ހިތަށް އެރިއެވެ.

ކޮއްކޮގެ ފިރިމީހާއަކީ މަސްތުވާތަކެތީގެ އަޅެކެވެ. ރަހުމެއް ކުލުނެއް ނެތް އިންސާނެކެވެ. ބަނޑަށް ހަތަރުމަހުގައި ކޮއްކޮގެ އަލަތު ދަރިފުޅު ބައިގެން ދިޔައީ އެ އަނިޔާވެރިޔާގެ ވަކިތަކުންނެވެ. އުމުރަށް ނުކުޅޭ މީހަކަށް ވީ އެ އަނިޔާތަކުގެ ސަބުބުންނެވެ.

އިޝްބާއަށް ލިބުނު މަރުގެ ވަރުގަދަ ހަމަލާއާއެކު ލޮލުގެ ފެނުން ގެއްލުނެވެ. ހިނގާބިނގާވެ އުޅެން ދަތިވިއެވެ. އެހަމާލާ އަމާޒުވީ އަޝްބާގެ ކުރިމައްޗަށެވެ.  ކޮއްކޮ ސަލާމަތްކުރީ އަޝްބާއެވެ. އޭނާ އެގެއަށް ދިޔައީ ފުލުހުންނާވެސް އެކުއެވެ.

އެންމެ ސިކުންތެއްވެސް ލަސްނުކޮށް  މާލެގެނެސް ފަރުވާ ފެށިއެވެ.  މާލޭގެ މަހުޖަނުންގެ ކައިރިން ސަލާން ޖެހިއެވެ. ފައިސާ ފޮއްޗަކަށް އެދި އާދޭސްކުރިއެވެ. ފަރުވާއަށް ރާއްޖޭން ބޭރަށް ދާށެވެ. ލިބުނީ ހަމަ އެންމެ  ނުވަހާސް ރުފިޔާއެވެ. އާސަންދަ އެއް ނުލިބެއެވެ.

 

އެހީވުމަށް މާލެއާއި އެކުދިންގެ  ބައްޕަ ފަރާތު ބޮޑިދައިތައެވެ. ހުރިޙާ ދަރިންތައް ރަށުގައި ބަހައްޓާފައި އައިސް ވީ ބޮޑު ޤުރުބާނެކެވެ.

އެދެވޭ ކުރިއެރުމެއް ރާއްޖޭން ބޭރުންވެސް ލިބޭގޮތް ނުވުމުން އަނެއްކާ އައީ މާލެއެވެ. ކޮއްކޮގެ ހުރިހާ ޒިންމާއެއް ނެގީ އެކުދިންގެ ބޮޑުދޮންތައެވެ. ބައްޕަ ފަރާތުގައި ހުރި ހަމައެކަނި އަންހެންމީހާއެވެ.

ކިޔެވުމަށް ފުރުސަތު ދެމުން އިޝްބާ ގޮވައިގެން ބޮޑު ދޮންތަ ދިޔައީ އެރަށަށެވެ. އަހަންނަށް ކޮއްކޮ ބަލަން ދަތިވާނެތީއެވެ.

ހާއަލިފު ދިއްދޫގައި ހުރި އިޝްބާއަށް ކުރިއެރުންލިބުނެވެ. މޫނިފޫހި ފިލުވައިދޭ ރަނގަޅު އެކުވެރިއަކު ލިބުނެވެ.  އަނގައިން ބަހެއްނުބުނެވި އިން އިޝްބާ މިއަދު ވާހަކަ ދައްކައެވެ. އެ ރަށުން ދިމާވި އެ ރަހުމަތްތެރިޔާގެ  މަސައްކަތުންނެވެ. މިދައްކަނީ  ޒުކާންގެ ވާހަކައެވެ.

މިމަހު ފަހުކޮޅު އިޝްބާ އާއި ޒުކާންގެ ކައިވެނިކުރެވޭނެއެވެ. އެއީ އިޝްބާގެ އެކަނިވެރިކަން ފިލުވައިދިން ހެޔޮލަފާ މިތުރެކެވެ. ރަނގަޅު އެކުވެރިއެވެ.  ކޮންމެ މީހަކުމެ އެފަދަ ރަހުމަތްތެރިއަކު ބޭނުންވާނެއެވެ. އެކަނިވެރިވާ ދުވަހަކު އެހީތެރިވާނެ މަދަދު ގާރަކު ހުންނަން އެދޭނެއެވެ. އެގޮތުން އިޝްބާ މީ ނަސީބުވެރިއެކެވެ.

އުމުރުގެ ޅަފަތުގައި ޔަތީމު ވި މެދެބެންނަކީ މިއަދު މުޅި ދޭހަށް ނަމޫނާއެކެވެ. ދައްތައަށް  ކޮއްކޮއަށްޓަކައި އުފާތައް  ޤުރުބާން ކުރެވޭނީ  ވަރަށްވެސް ހިތްވަރުގަދަވީމަތާއެވެ.

“އައިޒީ: ވަރަށް އަސަރު ގަދަ ރިޕޯޓެއް އެހެން ނޫންތޯ. އަޅުގަނޑު ކުރިމަތީ ފެންނަން މިތީ އަޝްބާ އަދި އޭނާގެ ކޮއްކޮ އިޝްބާ”

އާއިޒީގެ ވާހަކަ ނިމުމާއެކު، ސްޓޫޑިއޯގެ އަލިކަން ފަނޑުވެގެން ދިޔައެވެ. ވައިގެތެރެއަށް ކަޅުފޮއި މިޔުޒިކެއް ގުގުމާލިއެވެ. އެއީ  ހިތުގެ އެންމެ ފުންނަން އަސަރުކުރުވާފަދަ މިއުޒިކެކެވެ.

އެވަގުތު ކެމެރާ ސީދާވީ  މޭޒުކުރިމަތީގައި ތިބި ދެ  މޫނަށެވެ. ޝޯ ބެލުމަށް ދުރުވެ ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. ނުތަނަވަސްކަމެވެ. ޚުދު އާއިޒީވެސް އިނީ މަޑުމައިތިރިކަމާއެކު ބަލަހައްޓައިގެންނެވެ.

“އަލިފު ނޫނު” ސްޓޫޑިއޯގެ މާހައުލު ވަގުތުން ބަދަލުވިއެވެ.  ބަރުދަންހުރި، ހިތާމަވެރި ތަނަކަށެވެ. އެތަނަށް އެއްވެފައިވާ އެންމެންގެ ހިތްތަކުގައި ވޭންވެރިކަމެއްގެ އިޙުސާސް އުފެދުނެވެ. އުނދަގޫ ބަހެއް ބޭރުކޮށްލަންވެސް ފަސްޖެހޭފަދަ ފިނި ހަމަހިމޭންކަމެއް އެތަނަށް ވެރިވެގަތެވެ.

“އައިޒީ: އަޅުގަނޑުމެންގެ ދައުވަތު  ޤަބޫލުކޮށް ދުރުވީތީ  ވަރަށް ބޮޑަށް ޝުކުރިއްޔާ ދެބޭފުޅުންނަށްވެސް” އައިޒީ ހިނިތުންވަމުން ބުނެލިއެވެ.

“ޝުކުރާ ސާނަތައް ބަރުތީލަކުރަމޭ ފަށްފަށުން
ސަރަފުގެ ތި އަރުޝީފުންގެ އަރިހަށް މާމަލުން ”

ޝުކުރުވެރިވަމުން އަޝްބާ ބޯޖާހަލާއިވެ.

“އައިޒީ: އުމުރުން ހަތަރު އަހަރުގައި މައިންބަފައިން ވަކިވީ. އެދުވަހުން ފެށިގެން  ދެކުދިން އުޅެބޮޑުވީ އެކަނި. ބޮޑުދައިތަގެ އެހީއާއެކު އެހެންނޫންތޯ. ކުރުގޮތަކަށް ކިޔާދިފާނަންތޯ އެދުވަސްތައް” ދުރަށް ބަލަމުން ފުރަތަމަ ސުވާލު އައިޒީ އަޝްބާއަށް އަމާޒުކޮށްލިއެވެ.

ތަނުގެ ހަމަހިމޭން އިތުރުވިއެވެ. އެންމެންގެ ނަޒަރު އަޝްބާއަށް ސިދާވިއެވެ. އަޝްބާ ވާހަކަ ފަށާނެ ގޮތެއް އެނގެނީއެއް ނޫނެވެ.

ސުވާލުކުރުމުން  ކުޑަ ހިނދުކޮޅަކަށް  އަޝްބާ ގަނޑުވިއެވެ. ދެނޭ ޖަވާބެ ނޭނގި އަޝްބާ ހާސްކުރުވިއެވެ. އެއީ ދައްކަން ފަސޭހަ ވާހަކައެއް ނޫނެވެ. އެކަމަކު ހިތްވަރުކޮށްފައި ފެށިއެވެ.

“އަޝްބާ: އަޅުގަނޑުމެންނަށް ވަރަށް ކުޑަ ދުވަސްކޮޅަކު މަންމަގެ ލޯބި ބައްޕަގެ ލޯބި މިލިބުނީ. އުމުރުން ހަތަރު އަހަރުވީއިރު އެލޯބިން މަޚްރޫމުވެއްޖެ. އެއީ ކިހާ މުހިންމު ލޯތްބެއްކަން އެނގޭނީ އެލޯބި ބީވުމުން.” އަޝްބާ ކޮއްކޮއަށް ބަލާލަމުން ނޭވާއެއް ބޭރުކޮށްލިއެވެ.

“އަޝްބާ: އަޅުގަނޑުމެން ނިންދަވާފަ ބޭރަށް ދިޔަ ރެއަކު އެ ހާދިސާ ހިނގީ ބޮޑު ދޮންތަގެ ފަރާތުން އެނގުނީ އެކަން. ވަރަށް ވަރަށް އަސަރުކުރި.  ބޮޑުދޮންތަ ދެން މަންމަ އެއް ބައްޕައެއް ނާންނާނޭ ބުނީމާ.”  އިސްޖަހާލަމުން އަޝްބާ ބުނެލިއެވެ.

އަޝްބާ: އަޅުގަނޑުމެން ބެލީ ބޮޑުދޮންތަމެން ދެމަފިރިން އެއީ އަޅުގަނޑުމެންނަށް ލިބުނު ޖަވާހިރެއް. އަބަދުވެސް ޝުކުރުވެރިވާނަށް. ” ފެންކަޅިވެފައި އިނދެ އަޝްބާ ކިޔައިދިނެވެ.

އެންމެންގެ މޫނުމަތިން ކަރުނަ ވިދަންފެށިއެވެ. ހުދު އައިޒީވެސް  ސީލިންގަށް ބަލާލިއެވެ. އެހެންމީހުންނަށް އެމޫނު ކަޝްފުކުރާށެވެ. އެ އަސަރުތައް  ފޮރުވުމުގެ ނިޔަތުގައެވެ.

“އައިޒީ: އަޅުގަނޑުމެންނަށް  ހަަމަ އިހްސާސްކުރެވޭ މައިންބަފައިންގެ ލޯބި އެއީ ކިހާވަރެއްގެ އެއްޗެއްކަން” ލަސްލަހުން އައިޒީ ވާހަކަދެއްކިއެވެ.

” އައިޒީ: މާލޭގައި އުޅުނީ ބައްޕަމެންގެ ގޭގައި ދެކުދިންވެސް ކިޔެވީ އެއް ސުކޫލުން ކުޑަކޮން ކިޔަވަން އުޅުނު އިރުގެ ގޮންޖެހުންތައް ކިޔާލަދީބަލަ” ހާލު ހާލު އައިޒީ ސުވާލު ފުރިހަމަކުރިއެވެ. އޭނާއަށް މީ ވާވަރު ކަމެއް ނޫނެވެ.

އެދުވަސްތައް ހަނދާނުން ފިލައިގެން ނުދާނެއެވެ. ސުކޫލު ތެރެއިން ލިބުނު އަނިޔާ ވަކި ކުޑައެއް ނޫނެވެ. އަނގަބަހުގެ ހޫނު ހަމަލާތަކެވެ. މަލާމަތުގެ ހިނިގަނޑުގަނޑެވެ. އަޝްބާއަށް އެ ސުވާލާއެކު ހަމަ ރަނގަޅަށް ރޮވުނެވެ. މީހާ ސިހުނެވެ.

“އަޝްބާ: ބައްޕަ ނެތް ކުއްޖެއް މަންމަ ނެތް ކުއްޖެ. އަޗިއް ޔަތީމެއް.” ތުރުތުރު ލަމުން ދިޔަ އަނގައިން އަޝްބާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަޝްބާ: އެއް ފުރާގެ ކުދިން މިހެން ބުނީމަ ވަރަށް ރޮވުން. އެވަރުގެ ކުދިންތަކައެއް އެވަރުގެ ބޮޑު ވާހަކައެއް ބުނާނޭ ހީކުރާނީ ކާކު؟”  އަޝްބާ ސުވާލެއް ކޮށްލިއެވެ.

“އަޝްބާ: އަޅުގަނޑުމެން ދެބެންނަށް ވެސް ހަތް  އަހަރު ވާނީ އެކުދިންނަށްވެސް އެވަރު ދޯ ވާނީ” ނޭފަތް ދަމާލަމުން  އަޝްބާ ބުނެލިއެވެ.

“އަޝްބާ: މަލާމާތާއި ގަނާގެ ސިކާރައަކަށްވެ ކޮއްކޮ އުޅުން ސުކޫލަށް ނުދާންވެސް” ކޮއްކޮގެ މޫނަށް އިޝާރަތްކުރަމުން އަޝްބާއަށް ބުނެވުނެވެ.

” އަޝްބާ: މަތީ ގުރޭޑް ތަކަށް ދަންދެން ވަރަށް ހާލުގައި ކިޔެވީ ނަފްސާނީވެ މީހާ އަބަދު ހާސްވޭ ސުކޫލުން” ނެވާ ހިންދާލަމުން އަޝްބާ ހާމަކޮށްލިއެވެ. އެއީ ވޭނީ ހަނދާނެކެވެ.

“އަޝްބާ: ބޮޑުވެ ވިސްނެންފެށީމަ އަޅައެއް ނުލަން އަޅުގަނޑު.  އެކަމަކު ކޮއްކޮ ދެރަވެގެން ރޮއެ ހަދާނެ ވަރަށް ގިނައިން.” ހިނިތުވާން އުޅެމުން އަޝްބާ ބުނެލިއެވެ.

“އަޝްބާ: އަލްހަމްދުލިއްﷲ ރަނގަޅު ނަތިޖާއެއް ލިބުން ކިޔެވުމުން އަޅުގަނޑަށް މުޅި ސުކޫލުން ދެވަނަ ކޮއްކޮ ގަދަ ފަހެއްގައި ހިމެނުން” ގޮންޖެހުންތަކާއެކު ލިބުނު ފޮނި ކާމިޔާބީ ޝުކުރުވެރިކަމާއެކު އަޝްބާ ފާހަގަކުރިއެވެ. އެ ބުނުމުގައި އެވަގުތު އުފާވެރިކަމެއްވިއެވެ. އެއީ ފަޚްރުވެރި ބުނުމެކެވެ.

“އައިޒީ: ދެން އޮތީ ވަރަށް ޚާއްސަ ހަދިޔާއެއް ބަލާލަމާ ” އައިޒީ   ސީދާ އިޝްބާމެންގެ މޫނަން ބަލާލަމުން ބުނެލިއެވެ.

ޓީވީގެ ސުކްރީނުން ފެނުނީ ބޮޑިދޮންތަގެ ދޮށީ ދަރިއެވެ. އަޝްބާމެންގެ  ކުޑަދޮންއެވެ. ވާހަކަފެށީ ހިނިތުންވުމާއެކުއެވެ. ނިމިގެންދިޔައީ އެންމެން ރޮއްވާލަމުންނެވެ. ކުޑަދޮން ކިޔާދިނެވެ.

“ކުޑަދޮން: އަބަދުވެސް ވަރަށް ލޯބިވޭ ކުޑަދޮންގެ އިޝޫ، އަޝޫ. ވަރަށް ހިތްވަރުގަދަ ދެކުދިންތީ. ބޮޑުބެމެން ނިޔާވިފަހުން ހަމަ އެކަނި ދިރިއުޅެ ބޮޑުވީ.” ރޮވެން ފެށުމުން އިސްދަށައް ޖަހަލާމުން ކުޑަދޮން ބުނެލިއެވެ.

“ކުޑަދޮން: ކިލާސް ކުދިންގެ  ފަރާތުން ލިބުނު މަލާމާތާއި ފުރައްސާރައަށް ކެތްކޮށް. ވަރަށް ދަތިހާލުގައި ކިޔަވައި ހޯދި ފުރިހަމަ ކާމިޔާބެއް. ދުނިޔޭގައި ބޮޑުބޭބެމެން ތިބިނަމަ ވަރަށް ފަޚްރުވެރިވާނެ ދުވަހެއް އެއީ.” ހަމަ ރަނގަޅަށް ކުޑަދޮންއަށް ރޮވުނެވެ.

“ކޮޑަދޮން: އިޝޫ ދިރިއުޅުމެއް ފެށީމާ ވަރަށް އުފާވި އެކަމަކު އިޝޫއްކޮއްގެ ދިރިއުޅުން ބަނަވީމަ މިއަދު ވަރަށް ދެރަވޭ. އަޅުގަނޑުމެން ރަށުގައި އުޅެމުން އެދަނީ ދޯ ވަރަށް އަސަރުކުރޭ ކޮއްކޮ ފެންނަން ކޮންމެ ފަހަރަކު މިހިތަށް ވާގޮތެއް ނޭނގޭނެ ކިޔާކަށް.” ކޮޑަދޮން ކޮންޓްރޯލުން ނެއްޓިއެވެ. ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައް  ޓީވީގެ ސުކުރީނަށް ވެސް ފޯރިކަހަލައެވެ. ޓީވީ ބަލަން ތިބި އަޝްބާ އާއި އިޝްބާއަށް ރޮއެގަނެވުނެވެ. އެކުއެކީއެވެ. ބޮޑުދައިތަމެން ތިބީ ނެގިމަޑުވެފައެވެ. ޒުކާންމެން ތިބީ  އުނގައަށް ބަލަހައްޓައިގެންނެވެ.

“ކުޑަދޮން: ކޮންމެ ހާލެއްގައިވެސް  އެކުގައި ވާނާން.  ހިތްވަރުދޫކޮށްނުލައްޗޭ  އަދި އިޝޫ ރަނގަޅުވާނޭ. ކުޑަދޮން އަބަދުވެސް މިހިރީ އެހީވާން ތައްޔާރަށް.  ވަރަށް ވަރަށް ލޯބިވޭ ތީ ހަމަ ކޮޑަދޮންގެ ފުރާނައޭ ބުނެވޭނީ ” އަސަރާއެކު ކުޑަދޮން ނިންމާލިއެވެ. މުޅި މާހައުލު އެއްވަސްކުރަމުންނެވެ.

ޓީވީގެ ތިރިއަށް ޕޮރުގުރާމުގެ ނަން ދިމާކުރަން ހަދަން ޖެހޭ ގޮތް އަރުވާފައިނެވެ. މަދުމަދުން އައިޒީވެސް ހަނދާންކޮށްދެމުންދިޔައެވެ. ބުނެދެމުންދިޔައެވެ.

ދަތުރުކުރަމުން މިދާ ނަވު ތިއިންތިޒާރުކުރާ ވަގުތައް ބީހިއްޖެއެވެ. އިޝްބާގެ ދުލުން އޭނާގެ ބަނަ ދިރިއުޅުން ކިޔައިދޭނެވެ. ސައްކެއްވެސް ނެތް ގޮތުގައި މީ ތެދެކެވެ. އިޝްބާ ފެންނަން އޭނީ އެ ސަބަބަށް ޓަކައެވެ.

އައިޒީ އަވަސްވެފައިވާ ހިތަކުން ބުނެލިއެވެ.

“އައިޒީ:  އޭގެ ކުރިން އެކަމަކު ކިހިނެއް ވާނެ ރަހަތަފާތުކޮށްލުން. ހަމަޖެހިލުމުގެ ފުރުސަތެއް އެންމެންނަށް ދެމުން ރީތި ލަވަޔަކަށް ފުރުސަތުދެން.” ކެމެރާއަށް ނަޒަރު ދެމުން އައިޒީ ހާމަކޮށްލިއެވެ. ދެން އޮތީ  ލަވައެކެވެ.

ތަނުގެ އަލިކަން ފަނޑުވެގެން ދިޔައެވެ.  އެ ފަނޑު އަލިކަމުގެ ތެރެއިން އިވެމުންދިޔައެވެ. ކަށި ދިގު ފައިވާނެއްގެ އަޑެވެ. “ޓޮއް! ޓޮއް! ޓޮއް!”  މައިކުގައި ކޮއްޓާލާ އަޑެވެ.” ޓަ.. ޓަ… ޓަ…” ލަވަކިޔަން މައިކާއެކު އެއައީ ކާކު ހެއްޔެވެ؟ ކިޔައިދޭނީ ކޮން ލަވައެއް ހެއްޔެވެ؟

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ދެވުނީ ވޭނޭ 21

Next

މާޔާ ތިންވަނަ ބައި

Next
December 3, 2025

މާޔާ ތިންވަނަ ބައި

Previews
December 2, 2025

ދެވުނީ ވޭނޭ 21



All Right Reserved!