Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ޔާރު ވަކިވީ 2 ވަނަ ބައި

dear stories Level 1
December 1, 2025 5 Mins Read
0 Comments

***ފަސް އަހަރު ކުރި***

      އިރުގެ ރަން ދޯދިތައް ފަރުދާގެ ތެރެއިން ފޫރޭނިގެން އައިސް އަރާމު ފުން ނިންޖަކުން ނިދައިފައި އޮތް ޒުވާނާގެ ދޮން މޫނުގައި ބީހިލަމުން ދިޔައެވެ. ކޮޓަރި ތެރެ އަށް ވެރި ވެފައިވި ހިމޭންކަން ނަގާލީ އެވަގުތު ރިންގުވާން ފެށި ފޯނުގެ ސަބަބުންނެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ލޯހުޅުވާލި ޒުވާނާއަށް ރިންގުވަމުން ދިޔަ ފޯނުގެ އަޑު އިވެމުން ދިޔައެވެ. ކަންނެތް ކަމާއެކު އަތް ހޫރަމުން ފޯނު އަތުޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފޯނު އަތުގައި ޖެހުމައި އެކު ކޯލް ނަގައި ކަންފަތުގައި ފޯނު ޖައްސާލިއެވެ. ގުޅީ ކާކުތޯ ބެލުމެއް ވެސް ނެތިއެވެ. ހީވާގޮތުން އެވަތު  ގުޅާނީ ކާކުކަން އެނގޭ ކަހަލައެވެ. ފޯނު ނެގުމައި އެކު ކޯލްގެ އަނެއް ކޮޅުގައި ހުރި ޒުވާނާގެ ހަޅޭކުގެ  އަޑު އިވިގެން ދިޔައެވެ.

“މިލްނާ…… ތެދުވޭ  އޮފީހައްދާން  ….. މިޔަދު އަނިއްކާ ނުދާ ދުވަހަކީތަ. އަހަރެން ރެޑީ ވެގެން މި ހުރީ. ރޭގަ ބުނީމެއްނު މިޔަދު އޮފީހައް ދިޔުމުގެ ކުރިން އަހަންނާއެކު ހޮސްޕިޓަލައް ގޮސްދޭނޖެހޭނޭ.”

  ” ހޫން ޒިވްޔާގަނޑާ ހަޅޭއް ނުލަވަބަލަ ކަންފަތް ތޫރި ފަޅައިންދާވަރު ވޭ އެބަ. މި ތެދުވީ އޭ. ގަޑިން ކިހާވަރެއް ވެގެންތަ މިއުޅެނީ.” ނިދިބަރު އަޑަކާއި އެކު މިލްނާ ބުނެލިއެވެ.

“އަދި ހަތެއްޖެހީ .ނައިންގަ އެއްނު އޮފީހައް ދާން ޖެހޭނީ. އަވަހައް މި ގޮވީ ހޮސްޕިޓަލައް ގޮސްލާފަ ދާންޖެހޭތީ. ދެން މިލް އަށް ވެސް އެންގެއެއްނު ޒިވް ގެ މަންމަ ގެ ގޮތް، ޑޮކްޓަރައ ނުދައްކާ ހިނދަކު ދުލެއް ނުކުރާނެ. އެޕޮއިންޓްމަންޓް ވެސް ލިބުނީ މި ގަޑިޔަށް. ޒިވް މިދަނީ ތިގެޔައް އިނގޭ.” ޒިވްޔާ ބުންޔެވެ.

“އޯކޭ……ރެޑީ ވަނީމި . ” މިލްނާ ބުނެލިއެވެ.

ފޯނު ކޯލު ކުރުކޮއްލުމަށްފަހު ތެދުވެ، އެނދުގެ އަރިމަތީގައި އިށީނދެލިއެވެ. އާފުރިލަމުން ދެއަތާއި އެކު ހަށިގަނޑު ދަމާލިއެވެ. އިރުކޮޅަކު އެހެން އިނުމައް ފަހު ތެދުވެ ތުވާލި އަޅުވާލެވިފައިވާ ސްޓޭނޑާއި ދިމާލައް ހިނގައިގަތެވެ.  ދެ ލޮލުގައި އަދިވެސް ވީ ނިދި ބަރުކަމެވެ. ފެންވަރައި ތާޒާ ވެލައިގެން ބޮލުގައި ތުވާލި އޮޅައިލައިގެން ބާތް ރޮބް ގައި ނިކުމަތް މިލްނާ މިސްރާބު ޖެހީ އަންނައުނު އަޅުވާފައިވި ކަބަޑާއި ދިމާލަށެވެ. ކަބަޑުގެ ދޮރުފަތް ހުޅުވައިލުމައިއެކު އަންނައުނުތަކުން ބަރާ ވެފައިވި ކަބަޑުގެ ތެރެއައް ނަޒަރު ހުއްޓައިލައިގެން ހުރެވުނީ ހިތް އެދޭ ހެދުމެއް ފެނޭތޯއެވެ. މިލްނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލީ ހިތްހަމަޖެހޭ ހެދުމެއް ލޮލުގައި އަޅައި ގަތުމުންނެވެ. އަވަސް އަވަހައް ހެދުން ނެގުމައްފަހު ތައްޔާރުވެލިއެވެ. ފަރަތްފަރާތައް އެނބުރެމުން ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައައް ބަލަމުން ދިޔައީ، ދިޔުމުގެ ކުރިން އެންމެ ފުރިހަމައައް ތައްޔާރު ވެވިފައިތޯ ޔަޤީން ކުރުމުގެ ނިޔަތުގައެވެ. ހުދުކުލައިގެ އަތްދިގު ގަމީސްކޮޅު ވަނީ ކަޅުކުލައިގެ އޮފީސް ހަރުވާޅާއި އެކު ބެގީ ކުރެވިފައެވެ. ހިމަ އުނަގަނޑުގައި އަޅާފައިވި ބެލްޓުން ހެދުން އެޅުމުގެ ފާޑުވެރިކަން އިތުރު ކޮއްދެއެވެ.

ކޮޓަރީގެ ދޮރުފަތްް ހުޅުވުނު އަޑަށް މިލްނާ ފަސްއެނބުރި ބަލާލިހިނދު ދޮރުމަތީ ހުރި ޒުވާނާ ފެނި ތުންފަތުގައިވި ހިނިތުންވުން އިހުނައްވުރެއް ފުޅާވިއެވެ.

” ޒިވް…. ވަދޭ އެތެރެއައް” މިލްނާ ބުނެލިއެވެ.

” އައްދޭ މިޔަދު ހާދަ ރީއްޗޭ އަހަރެންގެ ބެސްޓީ. އޮފީހުގަ އުޅޭ ހުރިހާ ފިރިހެން ކުދިންގެ ހިތްތައް ކަތިލަންތަ މިޔަދު ތިދަނީ. ” ލާނެއް ގޮތަކަށް ހީލަމުން ޒިވްޔާ ބުނެލިއެވެ.

” އެއްކަލަ ޒިވް….. ދެން ތިބުނީ އެހެންޏާ އަހަރެން ހުތުރޭތަ. އަހަރެން ނޫޅެމޭ މީހެއްގެ ހިތް ކަތިލާކަށް. އައި ޑޯންޓް ހޭވް އެނީ އިންޓްރަސްޓް އިން މެން އެންޑް ޔޫ ނޯ އިޓް ރިއަލީ ވެލް. އަދި އަހަރެންގެ ހިތް އަތުލެވޭ ވަރުގެ މީހަކާއި ދިމާލެއް ނުވޭ.” އަތުގައި އޮތް ފުނަލުން މަޑުމަޑުން ޒިވްޔާގެ ގައިގައި ޖަހާލަމުން މިލްނާ ބުނެލިއެވެ.

“ނޫނޭ އަހަރެންގެ ބެސްޓީ އަބަދުވެސް ރީއްޗޭ. ރެޑީވެ ނިމިއްޖެއްޔާ ދެން ހިނގާ ދާން ދޯ. މިހާރުވެސް ލަސްވެއްޖެ. ” ޒިވްޔާގެ ބަހައް ބޯޖަހާލަމުން އެންމެ ފަހު ކަމަކަށް ލެޕްޓޮޕް ބޭގް ތެރެއަށް ސްކެޗް ބުކް އަކައި، އެކި ވައްތަރު ގެ ފަންސޫރު އަޅައިފައިފި ޕޯހެއް ލިއެވެ. އެއީ މިލްނާގެ އާދައެވެ. ދާ ކޮންމެ ތާކަށް ވެސް ކުރަހަން ބޭނުންކުރާ ސާމާނު ގެންދެއެވެ. ވަޒީފާ އަދާކުރުމުގެ އިތުރުން މިލްނާ ކުރާ ކަމަކީ ކުރެހުމެވެ. އަޖައިބު ކުރުވަނިވި ޖާދޫއެއް އެ އަތުގައި ވަާ ފަދައެވެ. މީހުން އާސޯހު ކުރުވަނިވި އެތައް ކުރެހުމެއް މިލްނާ ވަނީ ކުރަހާފައެވެ. ސްކޫލު ދައުރުގައި އޮންނަ ކުރެހުމުގެ އެކި އެކި މުބާރާތުން އެތަކެއް ވަނައެއް ހޯދާފައި ވެއެވެ. ކުޑައިރުންސުރެއް މިލްނާ ދެކެމުން އައި ހުވަފެނެއް ވެއެވެ. އެއީ ނެޝަނަލް އަރޓް ގެލެރީ ގައި މިލްނާގެ ކުރެހުމެއް ހަރުކުރެވިފައިވާ ތަން ދެކުމެވެ.

ސިޑިން ފައިބައިގެން އައި މިލްނާ އާއި ޒިވްޔާ ގެ ހިނގުން މަޑު ޖައްސާލަން ޖެހުނީ ސައި މޭޒުދޮށުގައި އިން މަދީހާ ގެ އަޑަށެވެ. ” ގުޑް މޯރްނިން ދަރިފުޅާ”. އެވަގުތު ދެޒުވާނުން އެއްފަހަރާ ކަހަލަ ގޮތަކަށް މޭޒު ދޮށުގައި އިން މަދީހާ އަށް ބަލާލެވުނެވެ. ” ގުޑް މޯރްނިން މަންމާ.” ޖަވާބުގައި މިލްނާ ބުނެލިއެވެ. އާދައިގެ ހިނގުމެއްގައި ދެކުދިން އައިސް މޭޒުދޮށުގައި އިން މަދީހާ އާއި ކުރިމަތި ވާނޭހެން މަޑުކޮއްލިއެވެ.

“އާދޭ ދެކުދިން ސައިބޯން.” ހިތްހެޔޮ ކަމާއެކު މަދީހާ ބުނެލިއެވެ.

” ލައްބަ މަންމާ…..މަންމާ ބައްޕަ ކޮބައި ތޯ ؟ އޮފީހައް ދުރުވީ ތޯ؟” މޭޒުދޮށުގައި އިށީންނަމުން މިލްނާ އަހާލިއެވެ. ކޮންމެ ދުވަހަކުމެ ސައި މޭޒުދޮށުން މިލްނާ އާއި ބައްދަލްވާ ބައްޕަ، މިޔަދު ފެންނަން ނެތުމުން މާޔޫސްވާގޮތް ވިއެވެ.

“އާނ…. ބައްޕައަށް އެމަރޖެންސީ ކޭސްއެއް ލިބިގެން ތަންކޮޅެއް ކުރިން އޮފީހައް ދުރުވެއްޖެ. މަންމަ ވެސް ސައި ބޮއެގެން އޮފީހައް ދާން މިއުޅެނީ. މިޔަދު ވަރަށް ބުރަކޮށް ކަންނެ އުޅެންޖެހޭނީ” ކޮފީ ތަށި ތުމުގައި ޖަހާލަމުން މަދީހާ ބުނެލިއެވެ. ” އެހެންތަ….. އެންމެ ރަނގަޅު …. މަންމާ އަޅުގަނޑު މިޔަދު އޮފީހައް ދާނީ ޒިވް އާއިއެކު ސައިކަލް ގަ މަންމަ ރަހްމާނުބެ އާއި އެކު ގޮސްލާ… އަޅުގަނޑުމެން ދަމުން ހޮސްޕިޓަލައް ވެސް ވަދެލަން ޖެހޭ ދޯ ޒިވް” ޕާން ފޮތީގައި ޖޭމު ކޮޅެއް ހާކާލަމުން މިލްނާ ބުނެލިއެވެ.

” އެންމެ ރަނގަޅު…..ދަރިފުޅާ ޒިވް ބަލީތަ….. ހާދަ ބަލިހެން ހީވެޔޭ ނޫނީ މީ ދައްތައަށް ހީވާ ގޮތްތަ ” ޒިވްޔާ އަށް ސަމާލުކަން ހުއްޓާލަމުން މަދީހާ އެއްސެވެ. ” ނޫނޭ ދައްތާ މާބޮޑު ކަމެއް ނުވޭ…. އިއްޔެ އަނގައިން ކުޑަކޮށް ލޭ އައީމަ އެހެންވެ ޑޮކްޓަރ އަށް ދައްކާލަން ކަމަށް…. މަންމަ ގެ ގޮތް ދެން ދައްތަ އަށް ވެސް އިނގެއެއްނު ކުޑަ ކަމެއް ވިޔަސް ޖެހޭނެ ޑޮކްޓަރ އަށް ދައްކަން”  ހިނިތުންވުމެއް  ބަދަލްކުރަމުން ޒިވްޔާ ޖަވާބުދިނެވެ. ކުޑައިރުން ސުރެވެސް މިލްނާ އާއި ޒިވްޔާއަކީ ރަހުމަތްތެރިން ކަމަށްވަާތީ ޒިވްޔާ އާއި މަދީހާގެ ގުޅުންވެސް ވަނީ ވަރުގަދަވެފައެވެ.  މަދީހާ ދެކޭގޮތުގައި ޒިވްޔާއަކީވެސް މިލްނާފަދައިން އޭނާގެ ދަރިއެކެވެ.

“އެހެންތަ…. ޑޮކްޓަރ އަށް ދައްކާލާފައި ދައްތަ އަށް އަނގާލައްޗޭ ވާނުވާ އިނގޭ” މަދީހާގެ ވާހަކަތަކަށް އެއްބަސް ވުމުގެ ގޮތުން ޒިވްޔާ ބޯޖަހާލިއެވެ.

ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑާއިއެކު ތިންމީހުންގެ ސަމާލުކަން އަޑުއައި ދިމާލައް ހުއްޓުނެވެ. ދޮރުމަތީ ހުރި އަންހެން ކުއްޖާ އާދައިގެ ހިނގުމެއްގައި އައިސް ތިންމީހުން ކައިރީ ހުއްޓިލިއެވެ. “ދަރިފުޅާ މީނަލް އާދޭ ސައިބޯން” ހިނިތުންވުމެއް ރައްދުކުރަމުން މަދީހާ ބުނެލިއެވެ. މިލްނާ އާއި ޖެހިގެން ހުރި ހުސް ގޮނޑީގައި މީނަލް އިށީނދެލިއެވެ. “ދޮންތީ އޮފީހައް ދާންތަ ތިއުޅެނީ … މިންކޮ ކޮލެޖައް ޑުރޮޕް ކޮއްލާފަ ދާންވީނު” މައުސޫމު ކަމާއެކު މީނަލް ބުނެލިއެވެ. މިލްނާ އަށް ލިބިފައިވި ފަދަ ދޮންކަމެއް މީނަލް އަށް ވެސް ލިބިފައިވިއެވެ. ކޮނޑެއް ވުރެ މައްޗައް އަރާ އިސްތަށިގަނޑު މިލްނާގެ އިސްތަށިގަނޑާ ހިލާފައް ފަނެވެ.

“ކޮއްކޮ ދާންވީނު މަންމާއާ އެކީ، ދޮންތި މިދަނީ ޒިވްއާ އެކު ސައިކްގަ. ހޮސްޕިޓަލައް ވަދެލައިފަ ދާންޖެހޭތީ” ފެންތަށި ތުމުގައި ޖަހާލަމުން މިލްނާ ބުނެލިއެވެ.

“އޯކޭ ދޮންތީ” ޖަވާބުދެމުން މީނަލް ސައިބޯން ފެށިއެވެ.

                                                             *********

ދެފަރާތައް ބޯ ހޫރަމުން، ކުކުރަމުން ދިޔަ ޒުވާނާއަށް ފުންމައިގެން ތެދުވެވުނު އިރު ހީވީ ނޭވާ ބެދި މީހާ ހާސްވާހެންނެވެ. ފުންނޭވާ ތަކެއްލަމުން ދިޔައިރު ދެލޯހުރީ ތަންމިނަށް ހުޅުވާލައިގެންނެވެ. މުޅި މީހާ ދަލުން ފޯވެފައި ވީރު، ހިތް ހީވީ މޭފަޅައި ނުކުމެދާނެ ހެންނެވެ.  އެއް އަތް އިސްތަށިގަނޑުގެ ތެރެއައް މަހާލަމުން އަމިއްލަ ޒަމީރާ ވާހަކަ ދެއްކިއެވެ.

“ނޫން… ނޫން…. އެއީ ހަގީގަތެއް ނޫން …. އެއީ ހުވަފެނެއް ހަގީގަތެއް ނޫން…. ” ފެނިގެން ދިޔައީ ހަގީގަތެއް ނެތް ބިލާހެއްކަން އަމިއްލަ ޒަމީރައް ވިސްނައިދޭން އުޅޭ ކަހަލައެވެ. އިރުކޮޅަކު ވިސްނަން އިނުމައް ފަހު ތެދުވެގެން ގޮސް ތުވާލި ހިފައިގެން ފާހާނާއަށް ވަނީ ހިތުގައި އުފެދިފައިވި ހައިޖާނުގަނޑަށް ލުޔެއް ހޯދުމަށެވެ.

އޮހޮރެމުންދިޔަ ފެންތަކުގެ ތެރޭ ފާރުގައި ނިތްކުރި ޖައްސާލައިގެން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެހެން ހުރުމައް ފަހު އިސްކޫރު ނިވާލައި އުނުގައި ތުވާލި އޮޅާލައިގެން ބޭރައް ނުކުތެވެ. ކަޅު ކުލައިގެ ޖިންސަކާއި ކަޅު ހުޑީއެއްގައި އެ ޒުވާނާ ފެންނަލެއް ފުރިހަމައެވެ. މާ ދިގުނޫން އިސްތަށިގަނޑު ތަރުތީބު ކޮށްލުމަށްފަހު ސެންޓުޖަހާލިއެވެ. އިސާހިތަކު މުޅިތަނައް ފެތުރިގެން ދިޔައީ ފިރެހެން ސެންޓުގެ ވަހެވެ. ހަ ފޫޓުގެ އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެކެވެ.

ސައި މޭޒު ދޮށުގައި އިން އަރީން އާއި އަޒީފް ގެ ދެމެދުވަނީ މަރުފަދަ ހިމޭންކަމެވެ. އެ ހަމަހިމޭންކަން ނަގާލަމުން ވާހަކަ ދެއްކީ އަރީންނެވެ. ” ބައްޕާ އަދިވެސް އަރޫބެ ނުހޭލާތަ. މިޔަދު ހޮސްޕިޓަލް އެޕޮއިންޓްމަންޓް ވެސް އެބަ އިނެންނު. އަޅުގަނޑު ދަންތަ ގޮ-” އަރީންގެ ޖުމުލަ ހުއްޓުމަކަށް އައީ އެވަގުތު ސައި ކޮޓަރިތެރެއައް ވަދެގެން އައި އަރްސަލާން ފެނިފައެވެ. ފެންނަ ކޮންމެ މީހަކަށް ވެސް އެމޫނުމަތީގައި އެއްވެސް ދިރުމެއް ނެތްކަން ހާމަވާނެއެވެ. އާދައިގެ ހިނގުމެއްގައި އައިސް އަރީން ގާތު ހުއްޓުނެވެ.

“އަރޫ ސައިބޯންވީނު” އެވަގުތު އެ ކޮޓަރިޔަށް ވަދެގެން އައި އާދިލާ ބުނެލިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ހަމައެކަނި ކޮފީ އެއްކަން ބުނެލަމުން އަރީން އާއި ޖެހިގެން އިން ގޮނޑީގައި އަރްސަލާން އިށީނދެލިއެވެ. އާދިލާ އަވަސްވެލީ އަރްސަލާން އަށް ކޮފީއެއް ގިރައިދޭށެވެ. ކޮފީތަށި ގެނެސް އަރްސަލާން ގެ ކުރިމަތީ ވާހެން މޭޒުމަތީ ބެހެއްޓުމަށް ފަހު އާދިލާވެސް އެމީހުންނާއިއެކު ނާސްތާގައި ބައިވެރި ވިއެވެ.

“ދަރުފުޅައި އަރޫ ކޮންއިރަކުންތަ އަލުން އޮފީހައް ނިކުންނާނީ. ދަރިފުޅުގެ ޖާގަ އަދިވެސް އެހުރީ ހުސްކޮށް ” އެ ހުރިހާ އިރު އަނގައިން ބަހެއް ނުބުނެ އިން އަޒީފް ގެ ސުވާލު އަރްސަލާންއާއި ކުރިމަތިވިއެވެ.

“ބޮޑުބެއަށް އަޅުގަނޑު އަނގާލާނަން ނިކުންނަންވީމަ” އަރްސަލާންގެ އަނގައިން ބުނިހާވެސް އެއްޗަކީ އެއީއެވެ. އެ މޫނުމަތީގައި މަޑުމޮޅިކަމާއި އެކަނިވެރިކަން ނޫނީ ނުވެއެވެ. އަނިއްކާވެސް މުޅިތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އަޒީފް ވެސް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުންޏެވެ. އެކަކުވެސް އަނގައިން ނުބުނާތީ އަރީން ވެސް އިނީ އެއްޗެއް ބުނަން ނުކެރިފައެވެ. ކޯވަރަކަށް ފަހު ކޯވަރެއް ބޮމުން ކޮފީ ޖޯޑު ހުސްކޮށްލުމަށް ފަހު އަރްސަލާން ހިނގައިގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭރު އަރީން އާއި އަޒީފް ވެސް ސައިބޮއެ ނިމިގެން ނިކުންނަނީއެވެ. މަޑުކުރުމެއް ނެތި ސައިކަލަށް އަރާ އިސްޓަރޓް ކޮށްލުމަށްފަހު ހޮސްޕިޓަލަށް ދިޔުމަށް ދުއްވާލިއެވެ.

މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ދުއްވަމުން ދިޔަ ޒިވްޔާ އާއި މިލްނާ ހުއްޓުނީ ދަރުމަވަންތަ ހޮސްޕިޓަލް ދޮރުމައްޗަށެވެ. މިލްނާ ސައިކަލުން ފޭބުމުން ޒިވްޔާ އަވަސްވެލީ ސައިކަލް ޕަރކް ކުރާން ދިޔުމަށެވެ. ސައިކަލް ޕަރކް ކޮށްފައި އައިސް ދެޒުވާނުން އެކުގައި ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. އެޕޮއިންޓްމަންޓް ކަރުދާސް ހިފައިގެން ދެ ޒުވާނުން އައިސް ވެއިޓިން އޭރިޔާގަ ހުރި ގޮނޑިތަކުގައި އިށިނދެލިއެވެ.  ޒިވްޔާއަށް ލިބިފައިވި ނަންބަރު ކުރިމަތީ ހުރި ކޮޓަރީގެ މަތީގައި ހަރުކޮށްފައި ހުރި އިސްކުރީނަށް އެރުވުމުން މިލްނާ ގާތު މަޑުކުރުމަށް ބުނެފައި އަވަސްވެލީ އެ ކޮޓަރިއަށް ވަންނާށެވެ.

އަވަސް ފިޔަވަޅުތަކެއްގައި ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި އަރްސަލާންގެ ހިނގުން ހިސާބަކަށް މަޑުޖެހުނެވެ. ކުރިމަތީހުރި ވެއިޓިން އޭރިޔާގައި ހުރި ގޮނޑިއެގައި ސްކެޗް ބުކް އެއް ހިފައިގެން ހުރި ޒުވާނާ އަށް ކަޅިޖަހާނުލައި ބަލަން ހުރެވުނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި އިސްޖަހާލަމުން އެންމެ ކުރިން ޖެހުނު ގޮނޑީގައި އިށިނދެލިއެވެ. ދެވަނަ ފަހަރަށް އިސް އުފުލައި އެޒުވާނާ އާއި ދިމާލަށް ބަލައިލުމުގެ ޙިޔާލެއް އަރްސަލާންގެ ނެތް ކަހަލައެވެ.

Share Article

Follow Me Written By

dear stories

Level 1

Author ✍️ Keeper of untold tales ✨

Other Articles

Previous

ސައިބަރ ބުލީ: ސަބަބުތަކާއި ހައްލުތައް!

Next

ދޫނި ރޯގާ

Next
December 1, 2025

ދޫނި ރޯގާ

Previews
December 1, 2025

ސައިބަރ ބުލީ: ސަބަބުތަކާއި ހައްލުތައް!



All Right Reserved!