Skip to content
އެސްފިޔަ

އޭ ފަލަސްތީނާއެވެ.

އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ

އޭފަލަސްތީނާ ތިބާ ހެވިލާ ދުވަސް އަންނާނެޔޭ

އޭ ފަލަސްތީނާ ތިބާ ތާހިރު ވެގެން އަދި ދާނެޔޭ

އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ

—————————————————— 

މިއަދު އަހުލުން ކާންނުދީ ހައިކަން މަތީ ރޮށްވައިފިޔޭ

މިއަދު އެއުރެން ކަތިލަމުން މަގުތަށް ލެއިން ތެންމައިފިޔޭ

މިއަދު އުންމަތް ގަބުވެފައި މަންޒަރު ބަލަން އެ ތިބޭނެޔޭ

އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ

——————————————————–

މިއަދު ޑަކްޓަރުވެސް މަރާލަން ބޮންއަޅާ ގޮއްވައިފިޔޭ

މިއަދު ނަރުހުން ނޫސްވެރިން ވެސް ބޮން އަޅާ ގޮއްވައިފިޔޭ

މިއަދު ތިޔަ ބިން ގޮށްވަމުން އެވެރިން އެހެން އުޅެފާނެޔޭ

އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ

—————————————————–

މާދަމާ ނަޞްރާ އެކީ ލަޝްކަރު އަލުން ތެދުވާނެޔޭ

މާދަމާ ތިޔަ ކާފަރުން ތަށް ޤަތުލުވެސް ކުރެވޭނެޔޭ

މާދަމާ ނަޞްރުގެ ދިދައިން އަޤްސާ ޖަރީ ކުރެވޭނެޔޭ

އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ

Comments (1)

  1. Nai_73

    Masha Allah Vrh reethi lhemeh ❤️
    IA Adhi palestine ah Nasru dhehvaane 🇰🇼
    We are with palestine
    From the river to the sea palestine will be free IA

Comments are closed.