Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
February 12, 2016 6 Mins Read
15 Comments

(ހަވަނަ ބައި)

ސިންގަޕޫރުގެ ހިތްގައިމު މާހައުލެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ތަރައްގީއާއި ތަހުޒީބެވެ. ދިރިއުޅުމުގެ ފަސޭހަކަމާއި ފެންވަރެވެ. ސާފު ރީތި މަގުތަކާއި އުސް އިމާރާތްތަކެވެ. ހިނިތުންވެފައިވާ މޫނުތަކާއި ހިތްހަމަޖެހިފައިވާ އާއިލާ ތަކެވެ.

ކާރު މަޑު ކުރީ ވަރަށް ރީތިކޮށް ހަދާފައިވާ ކުޑަ ގެއެއްގެ ކުރިމައްޗަށެވެ. އެގޭގެ ފަރުމާ ކުރުން ކިތަންމެހާވެސް ފުރިހަމައެވެ. އެގެ ފެންނަ ކޮންމެ މީހަކުވެސް އެގޭގައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އުޅެލަން ބޭނުންވާނެކަން ޔަގީނެވެ. މާނީ ކާރުން ފޭބުމަށްފަހު ލޮލުގައި އަޅާފައި އޮތް އަވި އައިނު ކަހާލާފައި ހަމަލޮލުން އެގެއަށް ބަލާލިއެވެ. މާނީއަށްވެސް ވާއު އޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެގެ ފެންނަލެއް ފުރިހަމަ ކަމުންނެވެ. ހަމައެކާރުން ފޭބި ލާރާއަށް ހީލެވުނީ މާނީ އާގަތްފާ ހުރުމުންނެވެ. ލާރާއަކީ މާނީގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ސިންގަޕޫރުގައި އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ.

އުފަލުން ފޮޅިފައިހުރި މާނީ ލާރާއާއެކު ގޭތެރެއަށްވަނެވެ. އެއީ ލާރާގެ ގެއެވެ. އޭނާ މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން އޭނާއަށް ދީފައި ހުރި ގެއެކެވެ. އޭނާއަށް އެގެ ލިބުނީ އޭނާގެ މަގާމު މަތިވެ ކުންފުނީގެ މެނޭޖަރުގެ މަގާމަށް ބަދަލު ކުރި ހިސާބުން މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ގެއަށް ވަދެގެން ދިޔަ އިރުވެސް މާނީ ހުރީ އާގަމަވެފައެވެ. ގޭގެ ބޭރުން ފެންނަން ހުރި ފުރިހަމަކަން އެތެރެއިން ފެންނަމުންދެއެވެ. ލާރާ މާނީއަށް ގޭގެ ހުރިހާ ތަނެއް ދެއްކިއެވެ. ބަދިގެއާއި ސިޓިންގ ރޫމު ތައްޔާރު ކުރެވިފާވާލެއް ވަރަށް ފުރިހަމައެވެ. ބެލްކަންޏާއި ޓެރަސްވެސް އެހާމެ ހިތްގައިމެވެ. އަދި ގޭގެ އަނެއް ފަރާތުގައި އޮތް ސްވިމިންގް ޕޫލު ފެނިފާ މާނީއަށް ވީގޮތްވެސް ނޭނގުނެވެ. އޭނާ މޮޔަވިފަދައެވެ. ފުމެ ފުމެފާ އުފަލުން ހަޅޭއްލެވިއެވެ. އެ ޕޫލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ވަށައިގެން ހައްދާފައިވާ ހިތްގައިމު ބަގީޗާއެވެ. އެއީ މާނީ ހުވަފެނުންވެސް ދެކެފައިނުވާ ފަދަ ރީތި ގެއެކެވެ.

“ދެން ބުނެބަލަ.” މާނީގެ ކޮޓަރީގެ އެނދުގައި މާނީ ބައިންދަމުން ލާރާ ސުވާލުކޮށްލިއެވެ. “އައްސަދު ހަމަ ދޫކޮށްލީތަ؟” ލާރާގެ ސުވާލުން މާނީގެ ފޮޅިފައިވާ މޫނު މިލާ މޯޅިވިއެވެ. އޭނާ އިސްޖަހާލިއެވެ.

“އާނ.” މާނީ ޖަވާބު ދިނީ އިސްޖަހައިގެން އިނދެއެވެ. “އަހަރެން އުންމީދު ކުރި ކަހަލަ ދިރިއުޅުމެއް ނުލިބުން އޭނަ އެކީ.” މާނީގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

“އިންއިރުވެސް ނޭނގޭތަ ތިކަމެއް؟ ދެން ކިހިނެތް ހަދާފަ ތިއައީ؟” ކަންބޮޑުވުމާއެކު ލާރާ ސުވާލުކޮށްލިއެވެ. “ކަންތައް ދިމާވިގޮތް އަހަންނަށް ކިޔާދީބަލަ.” ލާރާގެ ސުވާލުތަކުން މާނީއަށް މަޖުބޫރުވީ އޭނާގެ މާޒީގެ ޞަފުހާތައް އުކަން ފަށާށެވެ.

މާނީ އުފަންވީ އެހާ ތަނަވަސް އާއިލާއަކަށް ނޫނެވެ. އޭނާއަކީ ހަތަރު ކުދިން ހިމެނޭ އެ އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. ހަތަރު ބެއިން ވަރަށް ކުޑަ އިރު އޭނާގެ ބައްޕަ އެމީހުން އެކަނިކޮށްލާފާ ދިޔައީއެވެ. އެހެންކަމުން ދަރިންގެ ކަންތައްތަކާއި ގޭތެރޭގެ ކަންތައްތައް ހަމަ ޖައްސަން މާނީގެ މަންމައަށް ޖެހުނީ ނުހަނު ބުރަކޮށް މަސައްކަތް ކުރާށެވެ. މުޅި ދުވާލު ގޭގެއަށް ގޮސް އެކި މީހުންނަށް ގުލާނުކޮށްދޭށެވެ. އޭރު އެންމެ ހަގު ކުއްޖާއަށް އަހަރުވެސް ނުވެއެވެ. އެހެންކަމުން މާނީއަށް ޖެހުނީ އޭނާގެ ކޮއްކޮ ބަލަން ގޭގަ އިންނާށެވެ. އޭނާގެ ކިޔެވުން ގުރުބާންކޮށްލާށެވެ.

މާނީގެ ހަގަށް ދެން ތިބި ދެބެންނަކީ ދެފިރިހެން ކުދިންނެވެ. އެކުދިންނަށް ކިޔަވާ ދެވޭތޯ މަންމަ ވަރަށް މަސައްކަތް ކުރިއެވެ. އެ މަންމައަށް ވީ ވަރަކުން އެކުދިންނަށް ބޭނުންވާ ސާމާނު ހޯދައިދެއެވެ. މާނީއަށް އެމަންޒަރު ފެނެއެވެ. އޭނާގެ ހިތުގައި ޝަކުވާ އުފެދެއެވެ. އޭނާވެސް އެތަކެތި ބޭނުންވެއެވެ. ތަފާތު ކުރުމަކީ މާނީއަށް އެއްގޮތަކަށްވެސް ބަލައިގަނެވުނު ކަމެއް ނޫނެވެ. ކިތަންމެ ދުވަހަކު މަންމަ ކުރިމަތީގައި ރޮއެ ރޮއެފާ ޝަކުވާ ކުރިއެވެ. ނަމަވެސް މަންމަގެ ޖަވާބަކަށް ވަނީ މާނީއަކީ އެންމެ ދޮށީ ކުއްޖާއަށްވެފައި އަންހެން   ކުއްޖަކަށްވުމުން އެ އެއްޗެހި ބޭނުން ނުވާނެކަމެވެ. ނަމަވެސް މާނީއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަކީވެސް އޭރު ކުޑަ ކުއްޖެކެވެ. އެކައްޗެއްވެސް ނުވިސްނޭ މައުސޫމެކެވެ.

އަހަރުތައް ފާއިތުވަމުން ގޮސް މާނީ ފުރާވަރަށް އެޅިއެވެ. މާނީއަށް މަސައްކަތް ކުރެވޭ ވަރުވުމުން އޭނާގެ މަންމައާއެކު އޭނާވެސް ގޭގެއަށް ގެންދިޔައެވެ. މާނީވެސް އެގޭގެއަށް ދިޔައީ ދާ ހިތުންނެވެ. ނަމަވެސް މަސައްކަތް ކުރާކަށް ނޫނެވެ. އޭނާ ދިޔައީ އެގޭގައި އުޅޭ ފިރިހެން ކުދިންނަށް ތުއި ދެއްކޭށެވެ. ބައެއް ފަހަރު އެކުދިންގެ ކޮޓަރި ސާފު ކުރަންވަދެފައި އެކުދިންނާ ފޮށިލާ ހަދައެވެ. އެކަމުގެ ސަބަބުން ފިރިހެން ކުދިންނާ އޭނާއާއި ދޭތެރޭ ގާތްގުޅުމެއް އުފެދުނެވެ. އުފެދުނު ގުޅުމުގެ ސަބަބުން އެކުދިން މާނީމެންގެއަށް ދާންފެށިއެވެ. ރަށުގެ މީހުން ނިދާ ހަމަހިމޭންވީމައެވެ. މާނީ އެކުދިން އޭނާގެ ކޮޓަރިއަށް ވައްދައެވެ. އޭނާގެ މަންމައަށް ސިއްރުންނެވެ. އެކިރޭ އެކި ކުދިންނާ ގައިގޯޅިވެ ގުޅުން ހިންގުމުގެ ސަބަބުން ނުހަނު ޅަފަތުގައި އޭނާގެ އިއްފަތްތެރިކަންވެސް ގެއްލުނެވެ.

މާނީ ބޮޑުވި ނަމަވެސް އެމީހުންގެ މަންމަގެ ލޯތްބާއި އަޅާލުން ލިބުނީ ހަމަ ކުރިންވެސް ލިބުން ކުދިންނަށެވެ. މާނީއަށް މާ ބޮޑަށް އަޅާލެވޭ ކަމަކަށް އެ މަންމައަކަށް ނުވެއެވެ. ނަމަވެސް މާނީ އެކަމާ ޝަކުވާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. މިނިވަންކަން އެންމެ ބޮޑަށް ބޭނުންވި ދުވަހު އެމިނިވަންކަން ލިބުނީތީއެވެ. މާނީއަށް ބޭނުންވާ ކަންކަން އޭނާ ފުއްދަނީ އޭނާގެ ޖިސްމުގެ ބައިވެރިން އަރިހުންނެވެ. މާނީއަށް ބޭނުންވާ ޚަރަދުތައްވެސް އެމީހުންކޮށްދެއެވެ. އޭނާ ބުނި ވަރަކަށް ލާރިވެސް ދެއެވެ. ބޭނުންކޮންމެ އެއްޗެއްވެސް ޝަކުވާ ކުރުމެއްނެތި މިހާރު އޭނާއަށް ލިބެއެވެ. އެގޮތުން އޭނާ ފޯނެއްވެސް ހޯދިއެވެ. އެއާ ކުޅެންވެސް ދަސްކުރިއެވެ. އާދަކޮށް ބޭނުން ކުރަންފެށުމުން އެއަށް އޭނާ ފަރިތަވިއެވެ. މެސެޖު ކުރުމާއި ގުޅަން ދަސްކުރިއެވެ. އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ބޭނުން ކުރަންވެސް ދަސްކުރިއެވެ.

އައްސަދުއާއި މާނީ ދިމާވީ ދަތުރުވަރެއްގައި އައްސަދު އެރަށަށް ގޮސް ހުރި ފަހަރެއްގައެވެ. އޭރު މާނީ ހުރީ ތަސައްރަފު ފުދި ފުރިހަމަ އަންހެނަކަށްވެފައެވެ. ނަމަވެސް އޭނާގެ އެވިޔާނުދާ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އައްސަދުގެ ރަހުމަތްތެރިންނަކީ ވަރަށް ގިނައިން މާނީ ގާތަށް ދާ ބައެކެވެ. އެގޮތުން އެއްރެއަކު މިމީހުން ސައްލާކޮށްފާ އައްސަދު މާނީ ގާތަށް ފޮނުވުމަށް އެއްބަސްކިޔެއެވެ. އަދި އެރޭގެ ދަންވަރު އައްސަދު އެގެއަށް ގެންދިޔައެވެ. އައްސަދުވެސް ޖެހިލުމެއް ނުވެއެވެ. އެއީ އޭނާއަކަށްވެސް އާ ކަމެއްނޫނެވެ. ތަންކޮޅެއް ކުރިން އޭނާވެސް އެފަދަ ކަންކަންކޮށް އުޅުނެވެ.

ކުޑަދޮރުގައި ޓަކި ޖަހާލުމުން މާނީ ދޮރު ހުޅުވާލާފާ އައްސަދު އެތެރެއަށް ވެއްދިއެވެ. ނަމަވެސް ކޮޓަރީގެ ބޮކިތައް ނިއްވާލާފައި ހުރުމުން ތަނެއް ދޮރެއްވެސް އެނގޭވަރެއް ނޫނެވެ. ބޮކި ދިއްލުމަށް އައްސަދު އެދުނެވެ. މާނީ ނިދާ ބޮކި ދިއްލާލިއެވެ. ނަމަވެސް އައްސަދު ބޭނުންވީ މާނީގެ މޫނު ބަލާލާށެވެ. އެހެންކަމުން އަނެއްކާވެސް ޝަކުވާ ކުރިއެވެ. މާނީ އެންމެފަހުން ހޮޅިބުރި ދިއްލިއެވެ. އައްސަދުގެ ލޯ ތަރަ ތަރަ ޖަހައިގެން ދިޔައެވެ. ކުރިމަތީގައި އިން މާނީގެ މޫނަށް އޭނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެހާ ރީތި ކުއްޖަކު އޭނާ މާލެއިންވެސް ނުދެކެއެވެ. ދޮންމޫނަކާއި ލޫޅާފަތި ހަށިގަނޑެކެވެ. ރީތި ދެލޮލާއި ހިތްތައް ކަތިލާފަދަ ބަލާލުމެކެވެ. މާނީގެ އެންމެ ނަޒަރަކުންވެސް އައްސަދުގެ ހިތް ފަތަހަ ކުރިއެވެ.

އެރެއަށްފަހު ކޮންމެ ރެއަކުވެސް އައްސަދު މާނީ ގާތަށް ދެއެވެ. މާނީގެ ރީތި ކަމަށް ތައުރީފު ކުރެއެވެ. އެތައް ވާހަކައެއް ދައްކައެވެ. މާނީވެސް އެކަމާ ވަރަށް ފޮނިވެއެވެ. ހަމައެއާއެކު އެވާހަކަތަކާމެދު ވިސްނޭ ވެސްމެއެވެ. އައްސަދާ ދޭތެރޭވެސް ވިސްނެއެވެ. އޭނާ ގާތަށް އަންނަ އެހެން ފިރިހެނުންނާ އައްސަދާ ތަފާތެވެ. އައްސަދު އޭނާއަށް އަޅާލައެވެ. އޯގާތެރިއެވެ. ދައްކާ ފޮނި ފޮނި ވާހަކަތަކުން އޭނާގެ ހިތް ފުރުވާދެއެވެ. އެއްރޭވެސް އަދި އޭނާގެ ބޭނުން ހިފާފައެއް ނުވެއެވެ. އެހެންކަމުން މާނީއަށްވެސް އައްސަދު ކަމުދާންފެށިއެވެ.

އެއްރެއަކަށްވުރެ އަނެއް ރެއަކު ދެމީހުންގެ ގުޅުން ދިޔައީ ތަރައްގީވަމުންނެވެ. މާނީއަށް އައްސަދަށް އިންތިޒާރު ކުރެވެއެވެ. މާނީ ގާތަށް ދާ ވަގުތު ޖެހެންދެން އައްސަދަށްވެސް ރޭގަނޑު ދިގުކަމަށް އިހުސާސްވިއެވެ. މާނީގެ މައްޗަށް އުފެދުނު ލޯބި ހިތު ތެރޭގައި ބާއްވަން އުނދަގޫ ވެގެން އައްސަދު އެވާހަކަ ދުލާ ހަމައަށް ގެނައެވެ. މުއްސަނދި ދިރިއުޅުމެއް ތަޖުރިބާ ކުރަން ބޭނުންވެފައި އިން މާނީ ވަގުތުން އެއްބަސްވިއެވެ. އަދި އައްސަދުގެ އެދުމުގެ މަތިން މާނީގެ އެވިޔާނުދާ އުޅުން އޭނާ ދޫކޮށްލިއެވެ. އިންތިހާއަށް އުނދަގޫވި ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. އެފަހަރު އައްސަދު މާލެ ދިޔައީ މާނީއާއި އިންނަން މާނީގެ މަންމަގެ ހިތް ހަލާލު ހޯދައިގެންނެވެ.

އޭގެ އެއްމަސް ދުވަސްފަހުން ކައިވެންޏަށް ތައްޔާރު ވެގެން އައްސަދު އަނެއްކާވެސް އެރަށަށް ދިޔައެވެ. ކައިވެނިކޮށްގެން އައްސަދާއި މާނީ މާލެ ބަދަލުވިއެވެ. މާނީ ގޮވައިގެން އައްސަދު ދިރިއުޅުނީ އޭނާގެ މައިންބަފައިންނާ ވަކިންނެވެ. އޭނާގެ ބައްޕަގެ ގޭގައެވެ. އެއީ އޭނާގެ މައިންބަފައިން ބޭނުންވި ގޮތެވެ. އެދެމަފިރިންގެ އަމިއްލަ ތަނެއް ލިބުމުން މާނީ ވަރަށް އުފާ ކުރިއެވެ. އޭނާ އަބަދުވެސް ބޭނުންވާ ފަދަ ދިރިއުޅުމެއް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރިއެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އައްސަދުގެ ބިޒީ ދިރިއުޅުމުގެ ސަބަބުން މާނީއަށް ވަގުތު ދެވޭ ކަމަކަށް ނުވިއެވެ. އެކަމާ މާނީ ފޫހިވިއެވެ. އައްސަދު މަތިންނެވެ. އެދިރިއުޅުން މަތިންނެވެ. އެކަމާ އޭނާ ޝަކުވާ ކުރިއެވެ. ނަމަވެސް އެއްވެސް ބަދަލެއް ނައެވެ. ސޯޝަލް މީޑިއާއަށް މާނީ ދެވި ހިފިއެވެ. ކައިވެނީގައި މައްސަލަ ޖެހެންފެށުނެވެ. ވަރިއާއި ހަމައާ ގޮސް އެންމެފަހުން ތިންފަށްވެސްވީއެވެ. ތިންފަށް ވުމަށްފަހު މާނީ ދިޔައީ ރަށަށެވެ. އަނެއްކާވެސް ކުރީގެ ދަތި ދިރިއުޅުމަށެވެ. މާނީގެ މަންމަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މާނީއަކީ ބަލާއަކަށްވިއެވެ. އުފަން މަންމަގެ ފަރާތުން ލިބުނު ހިތްދަތިކަމާއި ހިތާމައާއެކު ފަށް ކަނޑައިގެން ނަމަވެސް އައްސަދާ އިންނަން މާނީ އެއްބަސްވިއެވެ.

މާނީ އެނބުރި މާލެ ދިޔައިރު އައްސަދު އޮތީ ފަށް ކެނޑުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސާ ނިންމާފައެވެ. ފައިސާއަށް އެކަންކޮށްދީ އުޅޭ މީހަކު ކަމަށްވާ ރަޝީދު ބުނި ޝަރުތުތަކަށް އެއްބަސްވެ ފައިސާ ދީގެންނެވެ. އެންމެ ރެއަކަށް އެތައް ހާސް ރުފިޔާއެކެވެ.

ކައިވެނިކޮށްގެން މާނީ ގެންދިޔައީ ރަޝީދުގެ ކޮޓަރިއަށެވެ. ކޮޓަރިއެއް ނަމަވެސް ދެމީހަކު ސަކަރާތެއް ޖަހާލާނެ ޖާގަވެސް އެތާކު ނެތެވެ. ސިންގަލް އެނދެއް ބަހައްޓާފައި އަލަމާރިއެއް ބަހައްޓާނެ ޖާގައެއްވެސް ނެތުމުން އަލަމާރީގެ ބަދަލުގައި ހުރީ ހަތަރު ދޮރުފަތުގެ ކަބަޑެކެވެ. ތަނުގެ ޖާގަ ކުޑަވެފައި ހޫނުގަދަކަމުން ހީވަނީ ދުމައްޓެއް ހެންނެވެ.

މާނީ އެތަނަށްވަދެފައި ވަށައިގެން ނަޒަރު ހިންގާލީ މޫނު ކުނިކޮށްލަމުންނެވެ. އެތަންކޮޅުގެ ކުޑަކަމުންނާ އޮތްލެއް މުޑުދާރުކަމުން މާނީ ޝަކުވާ ކުރިއެވެ. މާނީގެ ބޮޑާ ހިތް އެތާ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. މާނީ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އެވަގުތު ރަޝީދު މާނީ އެނދުމައްޗަށް ކޮއްޕާލިއެވެ. މާނީ ގާތަށް ރުޅިއައިސް ރަޝީދު ގައިގާ ޖެހުމަށް ނެގި އަތުގައި ރަޝީދު ހިފެހެއްޓިއެވެ. އަދި މާނީގެ އަތް ފުރަގަހަށް އަނބުރާލިއެވެ. ވީތަދުން މާނީ ފެންކަޅިވިއެވެ. ރަޝީދު މާނީއަށް ވަރަށް ވަރުގަދަ އިންޒާރެއް ދިނުމަށްފަހު އަނެއްކާވެސް އެނދަށް ކޮއްޕާލިއެވެ. މާނީއަށް ރޮވުނެވެ. އެހިނދު ރަޝީދު އަމުރު ކުރީ އެއްޗެހި ބޭލުމަށެވެ. ބިރުގެންފާ އިން މާނީ ހަރަކާތް ކުރަމުން ދިޔައީ ވަރަށް ލަހުންނެވެ. ރަޝީދު ގާތަށް ރުޅި އައިސް މާނީ ލައިގެން އިން ހެދުން ވީދާލިއެވެ. މާނީއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ވީދާލި ހެދުމުން ފޮތި ކޮޅެއް ވަކިކޮށްލުމަށްފަހު މާނީގެ އަނގަމަތީގާ ރަޝީދު އެއްސިއެވެ. އެއަށްފަހު އޭނާގެ ކަބަޑުން ވާގަނޑެއް ނެގުމަށްފަހު މާނީގެ ހަތަރެސްފައި އެނދާލާ ބަނދެލިއެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް މާނީ ވީހިނދު މާނީއަށް ހަޅޭއްލަވައިގަނެވުނެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނު މާނީ އައްސަދުގެ ގެއަށް ދިޔައިއިރު ހުރީ ވަރަށް ހާލު ދެރަކޮށެވެ. ލިބުނު އަނިޔާ ތަކުގެ ސަބަބުން އޭނާއަށް ހިނގެނީވެސް ކޮރު ޖަހަމުންނެވެ. އައްސަދު ފެނުމާއެކު މާނީގެ ބަޑި ފަޅައިގެން ދިޔައެވެ. މާނީ ހުރި ހާލު ފެނިފާ އައްސަދަށްވެސް ރޮވުނެވެ. ރޭގައި ކަންތައް ހިނގާ ދިޔަގޮތް މާނީ ރޮމުން ކިޔާދިނެވެ.

“ބައެއް ފަހަރު އެހެންވެސް ވާނެ.” އައްސަދު ދިނީ ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ. “ކެތް ކޮށްލަން ޖެހޭނީ.” އައްސަދުގެ އެ ޖުމުލައިން މާނީއަށް ލިބުނީ ސިހުމެކެވެ. އައްސަދުގެ ފަރާތުން އެފަދަ ޖަވާބެއް ލިބިދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

“އެހެންވީމަ މިހެން ވާނެކަން އައްސަދަށް ކުރިންވެސް އެނގޭދޯ؟” މާނީއަށް ހުރިހާ ކަމެއްވެސް މޭރުންވިއެވެ. އޭނާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

“އައި އެމް ސޮރީ މާނީ.” އައްސަދު ހިތުގައި ޖެހުނެވެ. “އޭނާ ކުރި ޝަރުތަށް އަހަރެން އެއްބަސްވީ އިތުރު ޗޮއިސް އެއް ނެތީމަ.”

މާނީއަށް ދެލޮ މަރާ ތަގުޑިކޮށްލެވުނެވެ. އައި ރުޅީގައި އެތަނުން ނުކުމެގެން ދާން ހިތަށް އެރިއެވެ. ނަމަވެސް މިއަދު އޭނާ ދާނެ ތަނެއް ނެތެވެ. އަލުން އެނބުރި މަންމަ ގާތަށް ދާކަށް ބޭނުމެއްނޫނެވެ. އައްސަދު މަތިން މުޅިން ފޫހިވި ނަމަވެސްމެއެވެ. އެހެންކަމުން ތުންފަތުގައި ދަތް އަޅާލާފައި އޭނާގެ އިހުސާސްތައް ހިތު ތެރެއަށް އޮއްބާލިއެވެ. އޭނާ އައްސަދު ގާތުން ވަކިވެގެން ގޮސް އުޅެވޭނެ އިތުރު ގޮތެއް ފެންނަން ދެން އައްސަދުގެ މީހެއްގެ ގޮތުގައި ހުންނަން އޭނާ ނިންމި ނަމަވެސް އޭނާއަށް އައްސަދު އެދިން އަނިޔާގެ ބަދަލުގައި އައްސަދަށް ވެސް އިމްތިހާނެއް ކުރިމަތި ކުރުވަން މާނީ ބޭނުންވިއެވެ.

“އަހަރެން އައްސަދާ އިނދެފާނަން. އެކަމަކު ޝަރުތެއްގެ މަތިން.” މާނީ ވާހަކަ ދެއްކީ ހަރުކަށި ރާގުގައެވެ.

“މާނީ ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން.” އައްސަދު މިއަދު ބޭނުންވަނީ ކޮންމެ ކަމެއް ކޮށްގެން ނަމަވެސް މާނީ ރުއްސާށެވެ.

“އަހަރެން އައްސަދާ އިންނާނީ އައްސަދުވެސް ފަށް ކެނޑީމަ.”

“ފަށް ކެނޑީމައޭ؟” މާނީ ބުނި އެއްޗެއް އައްސަދަކަށް ނުވިސްނުނެވެ. “ފަށްކަނޑަން މީހުންނާ އިންނަން ޖެހޭނީ އަންހެން މީހާއަކަށްނު. މިހާރު މާނީ ތިހުރީ ފަށް ކަނޑާފައެއްނު.”

“އަހަންނަށް ތިކަން އެނގޭ. އެކަމަކު އައްސަދު އަހަންނަށް ތިދިން އަނިޔާގެ ބަދަލު އަހަރެން ބޭނުން. އަހަރެން މިއަދު ހިތްހަމަޖެހޭނީ އޭރުން. އައްސަދު އެހެން މީހަކާ އިނީމަ އައްސަދަށްވެސް އިހުސާސްވާނެ އިންނަން ބޭނުންނުވާ މީހަކާ އިންނަން ޖެހުނީމަ ކުރެވޭ އިހުސާސް.” މާނީ މިހެން ބުނީ ކޮންމެހެން އައްސަދާ އިންނަން ބޭނުން ވެގެންނެއް ނޫނެވެ. އޭނާ ބޭނުންވީ އައްސަދާއި ވަކިން އުޅެވޭނެ ގޮތެއް ހޯދާނެ މުއްދަތެކެވެ.

ކޮންމެއަކަސް މާނީގެ ވާހަކަ އައްސަދަށް ގަބޫލު ކުރެވުނެވެ. އޭނާއަށް ދެވުނު އަނިޔާގެ ބަދަލުގައި އެވަރުވެސް ކުޑައޭ ހިތަށް އެރިއެވެ. މާނީއަށްޓަކައި އެކަންތައް ކުރަންވެސް އޭނާ އެއްބަސްވީއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ފަލްސަފާ-3 (18+)

Next

ވާރޭގެ ތެރެއިން

Next
February 12, 2016

ވާރޭގެ ތެރެއިން

Previews
February 12, 2016

ފަލްސަފާ-3 (18+)

15 Comments!

  1. shahaa says:
    February 12, 2016 at 3:00 pm

    Wow im first

    1. thaadhi says:
      February 12, 2016 at 3:08 pm

      ???
      Yes
      Thank you ?

  2. misty says:
    February 12, 2016 at 3:19 pm

    Varah salhi

    1. thaadhi says:
      February 12, 2016 at 5:12 pm

      Thank you ?

  3. faaisha says:
    February 12, 2016 at 3:41 pm

    V habeys

    1. thaadhi says:
      February 12, 2016 at 5:13 pm

      Thank you ?

  4. dhon says:
    February 12, 2016 at 5:03 pm

    Alhe mi story thankolheh awaha genes dheeba? Mi story ekani kiyany mi site in mihaaru? Dhn kon dhuhuku up vany?

    1. thaadhi says:
      February 12, 2016 at 5:13 pm

      Varah avahah upload koh dheynan in sha Allah
      Thank you ?

  5. Nicky says:
    February 12, 2016 at 7:56 pm

    Nyc stry ehh….nxt prt genes dheynee kn dhuvahakun???thankolheh avahah genes dhehchyyy…….

    1. thaadhi says:
      February 13, 2016 at 12:54 am

      In sha Allah
      Thank you ?

  6. NIHAA says:
    February 13, 2016 at 12:49 pm

    V v reethi…nxt part avahah up kohdhehchey…i luv this story…v v vnice…….:-)

    1. thaadhi says:
      February 13, 2016 at 6:22 pm

      In sha Allah
      Thank you ?

  7. Shaba says:
    February 15, 2016 at 12:12 am

    Wow….alhe mi story haadha lahey upload kuraaleh.. V reethi.. Please upload it soon..?

  8. raheema says:
    February 15, 2016 at 11:18 pm

    kobaa maariyaa mihaaru…
    filee kanneyge dhw.. lol..

  9. Rozy says:
    October 16, 2016 at 3:17 pm

    Story vara reethi mi hageegathetha Thaadhi? one of my friend said this happen to her but some stuff matching to her life

Comments are closed.

Next Episodeއެދެނީ މަޢާފް←


All Right Reserved!