Skip to content
އެސްފިޔަ

އެ ކުޑަ ކުއްޖާ 02

ޖިންނި ސައިތޯނުން އަކީ އަހަރުމެން އިންސީންނާ އެކު އުޅެމުން އަންނަ  ބައެކެވެ .  މި ބިންމައްޗަށް ފައިބައި އެ ސޮރުމެން އުޅެއެވެ . ނަމަވެސް އަހަރުމެންނަށް އެ ސޮރުމެން ވަނީ ވައްހަނާ ވެގެންނެއެވެ .

14 15 ގެ ހަނދު ދޭ ރެއެކެވެ . އަހަރެން ފޫހި ފިލުވާލުމަށް އާދާގެ ރޭ ގޮތަށް އަހަރެން ސައިކަލުގައި ނިކުތީމެއެވެ . ރަށު ތެރޭގައި ދުއްވާލުމަށެއެވެ .  އަބަދު ގޭ ތެރޭގައި ނޯތުމަށާއި ، މީހާ އެއްކޮށް ސްޓެރެސް ފިލުވާލުމަށްޓަކައި އަހަރެން ކޮންމެ ރެޔަކު ނިކުމެލަމެއެވެ . އެ ރެ އަކީ ވެސް އަހަރެން ހިތް ހަމަ ޖައްސާލުމަށް ޓަކައި ނިކުން ރެއެކެއެވެ .

މަގުތަށް ވަނީ ހަމަ ހިމޭން ކަމުގައެވެ . ހީވަނީ އެއްވެސް މީހެއް ރަށުގައި ނޫޅޭ ހެންނެއެވެ . އެހާ ވެސް ފަޅު ކަމުގައެވެ . މަގު ބައްތި ފިޔަވާ  އިތުރު އެއްޗެއް ނުމެތެއެވެ . ބައެއް ހިސާބު ތަކަކީ އަލި ކަން ނެތް ހިސާބު ތަކެއެވެ .

އަހަރެން ދުއްވަމުން ދިޔައީ މީހުން ނޫޅޭ އެއް ހިސާބުގައެވެ . އެއްވެސް ހިލަމެއް ނެތް ހިސާބެކެވެ . ނަމަވެސް އިންޖީނުގެ އަޑު ނޫން އިތުރު އެއްވެސް އަޑެއް އަހަރެންގެ ކަންފަތުގައި ހަރުލާފައި ނެތެއެވެ .  ރޭގަނޑަކީ  ހަނދު ގެ އަލިކަން އޮތް ރެއެއް ކަމުން އަހަރެން އެކަން ކަމާ ނުވިސްނަމެއެވެ .  އިންޖީނުގެ ކައިރީގައި ތިބި  ބައެއް މީހުންނާ އަހަރެން ވާހަކަ ދެއްކީމެއެވެ ، އޭރު ގަޑިން ރޭގަނޑު 11:30 ވަނީ އެވެ . އަހަރެން ވެސް އެ މީޙުންނާ ވާހަކަ ދެއްކުމަށް ފަހު އަހަރެން ވެސް ސައިކަލް ދުއްވައި ގަތީ ގެޔާ ދިމާ އަށް އައުމަށެއެވެ . އަހަރެންނަށް ސައިކަލް ގައި ވަކި ހިސާބަކަށް އާދެވުމުން އަހަރެންގެ ސައިކަލް ގެ ފަހަތަށް  ބަރުވިއެވެ . އަހަރެން ލޯގަނޑު ބަލާލުމުން އަހަންނަށް ފެނިގެން ދިޔައީ ދިއްލިފައިވާ 2 ލޮލެއެވެ . 2 ލޯ ހީވަނީ އަގުރު އަލިފާން ގަނޑެއް ހެންނެއެވެ .

އަހަންނަށް ކިޔުން އެންމެ ހެޔޮ އެއްޗެއް ކިޔަމުން އަހަރެން ދިޔާމެއެވެ . އަހަރެންނަށް ސައިކަލް މަޑު ކުރުމަށް ހަދުމަ އެއް ނުމެވިއެވެ .  އަދި ސައިކަލް މުއްގަނޑަށް ބާރަށް ހިފައި ސްޕީޑް ދިނުމަކަށް އަހަރެން ހަނދުމައެއް ނުމެއެވެ . އަހަންނަށް ޖެހުނީ އެ ބިރުވެރި ކަމުގައި ހުރެގެން މީހުން އުޅޭ ސަރަހަދަށް އެރުމަށެއެވެ .

މީހުން ދިރިއުޅޭ ހިސާބު ނޫން ތަންކޮޅެއް ދުރުން . ފުޓްސަލް ދަނޑު އާ ހިސާބުން ސައިކަލް ފަހަތު ޝީޓް އަށް ލުއި ކަމެއް އައިހެން ހީވެގެން ދިޔައެވެ . އެ ބިރުވެރި ކަމުން އަހަރެން މިންޖު ވި ކަހަލައެވެ . ނަމަވެސް އަހަރެން ހިތުގައި އެ ތަކެއް ބިރުވެރި އިހުސާސް ތަކަކާ އި އެތަކެއް ބިރުވެރި ކަމެއް އައެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. You SHOULD CORRECT THIS

    U should use gulhuvaahdey bas sometimes the thing u gonna tell sifakuraaa bas nugen gulheytheee feel eh naadhey

    1. AnsWer Merr
      You SHOULD CORRECT THIS

      Mr Black…Who are u ???…kithah Years

Comments are closed.