އެލައިރާ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އިށީންދެގެން އިންއިރު ތިރީގައި ވިދާލާ ސިޓީގެ ލައިޓްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ޓްރެފިކްގެ ހޫމް އާދައިގެ ގޮތަކަށް އިހުސާސް ކުރެވެން ޖެހުނު ނަމަވެސް، ހަމަޖެހުމެއް ވެސް ލިބޭ ނަމަވެސް މިރޭ އެއީ ކަންފަތް ކަނޑާލާ އެއްޗެކެވެ. ކޮންމެ ހޮންކެއް، ފާއިތުވަމުން ދިޔަ ކޮންމެ ކާރެއްގައި ވެސް އެދުވަހުގެ ކުރީކޮޅު ބައްޕަ ދެއްކި ބަސްތައް ގުގުމާލާ ކަހަލައެވެ: “ކަލޭ ކައިވެނި ކުރާނީ ކައިލްއާއެވެ.”
އޭނާގެ އިނގިލިތަކުން އޭނާގެ ކްރިސްޕް ހުދު ލެބް ކޯޓުގެ އަރިމަތީގައި ޓްރޭސް ކުރަމުން ދިޔައިރު، ހަމަޖެހިލަން ދެކޮޅު ހަދާފައިވާ ހިތުގެ ތެޅުން މަޑުޖައްސާލަން މަސައްކަތް ކުރިއެވެ. ކައިވެނި. ލޯބި. ކޮމިޓްމަންޓް، އަރާމު ވެސް އިހުސާސް ކުރަން ޖެހޭ ބަސްތައް މިހާރު އިހުސާސް ކުރެވުނީ މޭމަތީގައި ޗޭނުތަކެއް ތަތްވެފައި ހުރިހެންނެވެ. އޭނާ ހަނގުރާމަކުރި މިނިވަންކަމުގެ ކޮންމެ ކޮޅެއް، ބޭސްވެރިކަން ކިޔަވަމުން ދިޔަ ނިދި ނުލިބޭ ކޮންމެ ރެއަކު، ކުޑައިރުގެ ވޭނުން ސަލާމަތްވުމަށް ވީ ކޮންމެ ޤުރުބާނީއެއް- އެ ހުރިހާ ކަމެއް ވެސް ހީވީ ކުއްލިއަކަށް ނާޒުކު ކަމާއި، ފަޅައިގެން ދިއުމުގެ ނުރައްކާ އޮތް ކަމަކައްށެވެ.
ހިތި ހިނިގަނޑަކާއެކު ވިސްނާލީ، އަހަރެން ދޫކޮށްލަން އުޅުނު ކަންތައްތަކުގެ ތެރެއަށް އަހަރެން އަނބުރާ ދަމައިގަންނަން ދިރިއުޅުން ކާމިޔާބުވީ ކިހިނެއް ހެއްޔެވެ؟
އޭނާގެ ސިކުނޑި އަނބުރާ މެލޭޝިޔާއަށް ދުއްވައިގަތެވެ. އޭނާގެ ކުޑަކުޑަ އެޕާޓްމަންޓުގައި ހޭދަކުރި ރޭތަކާއި، ކުޑަދޮރުން ބޭރުގައި ހުރި މަގުމަތީގެ ލައިޓްތަކުގެ މަޑު ހޫމްތަކާއި، އޭނާގެ އެންމެ ގާތް އެކުވެރިޔާ ރިމްޝާގެ ހަމަހިމޭން އެކުވެރިކަމެވެ. ހުރިހާ ކަމެއްގެ ތެރެއިން ވެސް ރިމްޝާ އޭނާގެ ނަކަލަކަށް ވެފައި އޮތީ- ހެއްވާ ވާހަކަތަކާއި، ކަރުނަތަކާއި، ޑޮކްޓަރަކަށް ވާން ކިޔެވުމުގެ ކެތްތެރިކަމެއް ނެތް ޕްރެޝަރާއި، ގިނަ ފަހަރަށް މުޅިން ނިވާވެގެން ދިއުމުގެ ބިރު އޮތް އެކަނިވެރިކަމެވެ. ރިމްޝާ ނެތްނަމަ އެ ހުރިހާ ކަމެއްގެ ބަރުދަނުގައި އޭނާ ފުނޑުފުނޑުވެގެން ދިޔައީސްކަން އޭނައަށް އެނގެއެވެ.
ދެން ހުރީ އެކުއްޖާއެވެ. އެއްފަހަރަކު ލޯބިވި މީޙާއެވެ. އޭނާގެ ހިނިތުންވުމަކީ ނިމުމެއް ނެތް ވާރޭ ވެހުމަށްފަހު އިރުގެ އަލި ކަމުގައި ވެފައި އޮތް ހިނިތުންވުމެކެވެ؛ އޭނާގެ ބަސްތައް ހީވެފައި އޮތީ އުޑުމަތީގައި ކޮށާލެވިފައިވާ ވައުދުތަކެއްހެންނެވެ. އޭނައަށް މުޅިންވެސް ހިތުން އިތުބާރު ކޮށްފައި އޮތެވެ. ނަމަވެސް އޭނާ ވަނީ އެލައިރާއައް ޚިޔާނާތްތެރިވެފައެވެ. އޮޅުވާލައިފައެވެ. އޭނާ ބިނާކުރި ނާޒުކު އިތުބާރު ފުނޑުފުނޑުކޮށްލާއި ދޫކޮށްލި ކިތަންމެ ވަގުތެއް ވިޔަކަސް ވެސް ދެން މަރާމާތެއް ނުކުރެވޭނެއެވެ.
އަމިއްލައަށް ވަރުބަލިވެގެން ރޮމުން ދިޔަ ރޭތައް މިހާރު އަނބުރާ އޭނާގެ ހިތަށް އައެވެ. ނިމުމެއް ނެތް ކަރުނަތަކާއި، ހޮޅި ވޭނާއި، އެއްވެސް މީހަކަށް ފުރިހަމަ ނުކުރެވޭ ތޫނު ހުސްކަމެވެ. ލޯތްބަކީ ނުރައްކާތެރި ލޯތްބެއްކަން އޭނައަށް ވަނީ ދަސްވެފައެވެ. އެދުންވެރިކަމަކީ ދޮގެވެ. އިތުބާރަކީ މާ ބޮޑު ރިސްކެކެވެ. އެދުވަހުން ފެށިގެން އޭނަގެ ހިތުގެ ވަށައިގެން ފާރުތައް ހަރުކޮށްފައި ހުރީ އެހާ އުސް، އެހާ ބޯކޮށް، އެންމެ ވިދާ އިރުވެސް އޭނައާއި ހަމައަށް ނުފޯރާ ގޮތަށެވެ.
އޭނާގެ ނަޒަރު ދުއްވާލީ އެނދުގެ ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފްރޭމްކޮށްފައިވާ ކުޑަކުޑަ ފޮޓޯއަށެވެ. މިޝްޔާއެވެ. އޭނާގެ ކުޑަ ކޮއްކޮ-ސަފާނާގެ އަންހެން ދަރިފުޅު- އަކީ އޭނާގެ ހަޔާތުގައި އުފެދުނު ހަމައެކަނި ސާފު އަލިކަމެވެ. އެ އަންހެން ކުއްޖާގެ ކަރުބުރިތައް ބޮނޑިވެ، ދެލޯ ވިދާލިއިރު، ސަފާނާގެ ތަދައްޚުލުވުމުން ސަލާމަތްވީ އެލާރާކެދެކެ މީޝާވި ލޯބީގެ ސަބަބުންނެވެ. އުމުރުން ފަސް އަހަރުގައިވެސް ސަފާނާ ހުއްޓުވަން ކިތަންމެ މަސައްކަތް ކުރިޔަސް އެލައިރާ އާއި ހަމައަށް އަތް ދިއްކޮށްލުމުގައި މިޝްޔާގެ ހިތުގައިވަނީ ހިތްވަރުގަދަކަމެވެ، ލޯތްބެވެ. އަދި ކުޑަކޮއްވެސް ބިރެއް ނެތެވެ.
“އެލާ ދޮންތީ” ދޮރުމަތިން ގޮވާލީ މަޑުމައިތިރި އަޑެކެވެ.
އެލައިރާގެ މޭމަތި ބާރުވިއެވެ. ތުރުތުރު އަޅަމުން ދިޔަ ކުދިކުދި އަތުން ކަރުދާސްކޮޅެއް ހިފަހައްޓައިގެން ހުރި މިޝީ ހުރީ ދެލޯ ބޮޑުވެ ހާސްވެފައި، .
“އެލާ ދޮންތީ”. އެ ބަސްތަކުން އެލައިރާގެ ހިތުގައި ގިނަ ދުވަސްތަކެއް ވަންދެން އިހުސާސް ނުކުރެވި ހުރި ހޫނުކަމެއް ފުރިގެން ދިޔައެވެ. އެ ކުޑަކުޑަ އަޑުގައި އަހަރުތަކެއް ވަންދެން އޭނައަށް އިންކާރު ކުރެވިފައިވާ ހުރިހާ މައުސޫމުކަމާއި ލޯތްބާއި އިތުބާރެއް އެކުލެވިގެން ދިޔައެވެ.
“ކޮއްކޮ… ކޮއްކޮ ކުރަހާފަ މީނީ ދޮންތިއައް ދޭންވެގެން…” މިޝްޔާ ކައިރިއަށް ފިޔަވަޅު އަޅަމުން މަޑުމަޑުން ބުނެލިއެވެ. “ކުރިންވެސް ކޮއްކޮ ބޭނުންވީ ދޮންތިއައް ދޭން… މަންމިޔައް ފެނުމުގެ ކުރިން.”
މަޑުމަޑުން ކުރެހުން ނަގަމުން ދިޔައިރު އެލައިރާގެ ކަރުތެރޭގައި ލޮނުގަނޑެއް އުފެދިފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. އެއީ ބޮޑު، ރަންކުލައިގެ އަވިގަނޑެއްގެ ދަށުގައި އަތުގައި ހިފައިގެން ތިބި ދެ ސިފައެއްގެ އަލިގަދަ، ރީރި ކުރެހުމެކެވެ. އެކަކު އިސްތަށިގަންޑު ކުރެވެ .އަނެއް މީހާގެ އިސްތަށިގަނޑު އޮހޮރެމުން ދިޔައިރު، މިޝީ އަމިއްލައަށް އާއި އެލައި ދޮންތި ކުރަހާފައިވާކަން ވަގުތުން ބުންޏެވެ.
“އެއީ ރީތި، އެލައި ދޮންތި” މިޝީގެ ގައިގައި ބައްދާލަން ކަކުލުގައި ޖަހާލަމުން އެލައިރާ ހީލިއެވެ. “ދޮންތި ވަރަށް ލޯބިވޭ އިނގޭ ކޮއްކޮދެކެ.”
“އައި ލަވް ޔޫ ޓޫ، ދޮންތީ” ބާރަށް ފިއްތާލަމުން މިޝްޔާ ބުނެލިއެވެ. “ކުރިން ދިޔަހެން ނުދައްޗޭ ކޮއްކޮ ބަހައްޓާފަ…. .”
އެބަސް އެލައިރާއަށް ޖެހުނީ ތޫފާނެއް ފަދައިންނެވެ. ވަގަށް ނަގާފައިވާ ބައްދާލުމާއި، ފޮރުވިފައިވާ ކުޅިވަރުތަކާއި، ސިއްރު ހީނލާ ވައުދުތަކާއި، ލޯބިވާ މީހަކާ ވަކިވުމުން ލިބުނު ހިތްދަތިކަމުގެ ހަނދާންތައް ފަހަތަށް އަވަސްވެގަތެވެ. ސަފާނާގެ ކޮންޓްރޯލުން ރައްކާތެރިވުމަށްޓަކައި އެހާ ބުރަކޮށް ހަނގުރާމަކުރި ހޫނުކަމާއި މައުސޫމުކަމުގެ މީރުވަސްދެމުން އޭނާ މިޝްޔާ ގައިގައި ބައްދާލިއެވެ..
ކުޑަކޮށް ފަހަތަށް ދަމާލަމުން އެލައިރާ އޭނާގެ ކުޑަ ކޮއްކޮގެ ދެލޮލަށް ބަލާލިއެވެ. “އައި ޕްރޮމިސް، ކޮއްކޯ… ދޮންތި އަބަދުވެސް މިތާ ހުންނާނަން. ދޮންތި ދުވަހަކުވެސް ކޮއްކޮ ދޫކޮށްލާފައި ނުދާނަން.”
ކުރު، ފަސްދާނުލެވޭ ވަގުތުކޮޅަކަށް ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާގެ ފިނި ކުޑައިރުގެ ފާރުތަކާއި، ކާފަ މަންމަގެ ހިތިކަމާއި، ނޭދެވޭ އިހުސާސެއް ކުރެވިގެން ހޭދަކުރި އަހަރުތަކުގެ އެކަނިވެރިކަން- އެ ހުރިހާ ކަމެއް ނެތިގެން ދިޔަ ކަހަލައެވެ. މިޝީގެ ބައްދާލުމުގައި އަނިޔާވެރިކަމުން ތަޣައްޔަރު ނުވާ ލޯތްބެއް، އެންމެ އަނދިރި ވަގުތުތަކުގައި ވެސް އަލިކަން ދިރިހުރެވޭނެ ކަމުގެ ހަނދާން އާކޮށްދިނެވެ.
އެކަމަކު އެ ހޫނުކަމުގައިވެސް އެލައިރާއަށް އިހުސާސް ކުރެވުނީ ހިޔަނި ފަހަތަށް ފޭބިހެންނެވެ. ކުރިމަތިވެފައިވާ، ފިލައިގެން ނުދާނެ މުސްތަގުބަލަށް އޭނާއަށް އަޅާނުލެވޭނެއެވެ. ކައިލް. ކައިވެނި. އިތުބާރު ނުކުރާ، ނޭނގޭ، އަދި ވަރަށް ރަނގަޅަށް ބިރުގަނެވޭ ފިރިހެނަކަށް އޭނާގެ ހިތް ދިނުމަށް ޑިމާންޑް ކުރެވޭނެ ދިރިއުޅުމެކެވެ. އެ ޚިޔާލަކީ ބިރުވެރި ޚިޔާލެކެވެ.
ނަމަވެސް ބިރުވެރިކަމުގެ ފުންމިނުގައި ފުރައްސާރަގެ ސްޕާކެއް ވިދާލިއެވެ. މީގެ ކުރިންވެސް ހިތްދަތިކަމުން ސަލާމަތްވެފައިވެއެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަން ތަހައްމަލުކޮށްފައި އޮތެވެ. މަންމަގެ މަރުގެ ތެރެއިން، ކާފަދަރިފުޅުގެ ފިނި އަތުން، ލޯބީގެ ޚިޔާނާތުން ތެދުވުމަށްޓަކައި އޭނާ ވަނީ ހަނގުރާމަކޮށްފައެވެ. ކޮންމެ ކަމެއް އިންތިޒާރު ކުރިޔަސް އޭނައަށް ކުރިމަތިލެވޭނެއެވެ.
އެއީ އެލައިރާ ވީމައެވެ.
އެހެނީ ދުނިޔެ ކިތަންމެ ވަރަކަށް އޭނަ ފަޅާލަން މަސައްކަތް ކުރިޔަސް އޭނަ ދުވަހަކުވެސް ހަގީގަތުގައި ވެއްޓިފައެއް ނުވެއެވެ. އޭނަ ސަލާމަތްވެފައި އޮތެވެ.
އަދި އަނެއްކާވެސް ސަލާމަތްވާނެއެވެ.
އެލައިރާ ހިމޭންކަމާއެކު ހީނލަމުން މިޝީގެ އަތުގައި ހިފަހައްޓާ ބާރުކޮށްލަމުން ބުނީ، ޔޫ އާ މައި ލައިޓް މިޝީ… މައި އެވްރީތިންގް…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Curiously waiting for the next part
thank u will upload soon