Skip to content
އެސްފިޔަ
PRO · MVR 2.00

ސާރާ 15

“އޭރުން ވަފާ؟ އޭނައަށް ކިހިނެއް ވާނީ؟” އަހަރެން ބުނެލީމެވެ.
“ވަފާ އާއި ހަނގުރާމަ ކޮށްގެންވެސް އަހަރެން ބޭނުން މިކަން ކުރަން.. ގެއްލުނު ލޯބި އަލުން ފެނުނީމަ ކާކު މަޑުން ހުންނާނީ؟ އެކަމު، އަހަރެން ނުވެސް ޖެހޭނެ މިކަމުގަ ވަފާ އާއި ހަނގުރާމަ ކުރާކަށް ވެސް. ވަފާ އަކީ ދަރިން ނުލިބޭ އަންހެނެއް. އަހަންނަށް އެ ސަބަބު ދައްކާފަ އޭނަ ވަރިކުރެވި ދާނެ. އެހެންވީމަ، ބޭނުމެއް ނޫން ސާރާ އާއި އަހަރެންގެ ދަރިފުޅާ އެކު އުޅެން ފުރުސަތު ލިބެންޏާ އަހަރެންގެ އެއް ފަޅީގަ ވަފާ ބަހައްޓާކަށް.” ޝިޔާން ބޭނުން ވާގޮތް ބުނެލިއެވެ.
“ސާރާ! އަހަރެން… އަސްލު ބުނަންތަ؟ އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ. އޭރުވެސް… ސާރާ ނުފެނި ދިޔަ ދުވަސްތަކުގަ ވެސް… އަދި ދަރިއެއް ހުރިކަން އެނގުނީމަ މިހާރު މާބޮޑަށް ވެސް..” ޝިޔާން ހިތުން ރުހުމުން އަހަރެންގެ ވާހަކަތައް އެހާ ފަސޭހައިން ގަބޫލު ކުރުމުން އަހަންނަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެވެ.
“ސާރާ! ދެން… މިވީހާ ދުވަހު ސާރާ އާއި ޝަނާ އުޅުނީ ތި ބުނާ އަރީޝާ ގަތުގަތަ؟.. މިހާރު ވެސް ޝަނާ ހުންނަނީ އަރީޝާ ގާތުގަތަ؟” ޝިޔާން އަހާލީ ދަރިފުޅު އުޅޭ ތަން އެނގެން ބޭނުން ވާތީއެވެ.
“ނޫން.. އަހަރެން އޭރު ނ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.