ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް ތިރިކުރި އެމިރޭޓްސް ބޯޓުގައި އިން ޒުވާނާގެ މޫނުމަތިން ފެންނަނީ ސިފަ ނުކުރެވޭހާ އުފާވެރި ހިނިތުންވުމެކެވެ. އަށްއަހަރުގެ ދިގު މުއްދަތެއް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު އަމިއްލަ ވަޒަނަށް އާދެވުމުން ލިބުނު ހިތްހަމަޖެހުން އެ މޫނުން ފާޅުވާން ހުއްޓެވެ. ރާއްޖޭގެ މަލަމައްޗަށް އައިސްފައިވާ ގިނަ ބަދަލުތަކާމެދު އޭނާ ވަނީ އާޝޯހު ވެފައެވެ. ވައިމަތީގައި ބޯޓު އޮތް އިރުވެސް ދެތިން ފަހަރަކަށް ބޯޑިންގ ފާހުގެ ބާކީ ބަޔަށް ބަލާލަމުން މި އާދެވުނީ ހަމަ ރާއްޖެއަށްތޯ ޔަގީން ކޮށްލެވުނެވެ. އެރައިވަލް ބައިން އޭނާ ނުކުމެގެން އައި އިރު އެތައްބައެއްގެ ލޯތައް އޭނާއަށް އަމާޒު ވަމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޓޭން ކުލައިގެ ކާކީ ޕޭންޓްސްއާއެކު ގަޔަށް ހިފާލެވިފައިވާ ހުދުކުލައިގެ ގަމީހުގައި އޭނާގެ ހަފޫޓުގެ އިސްކޮޅު ފެންނައިރު ހޮލީވުޑްގެ ތަރިއެކޭވެސް ހީވާ ފަހަރު އާދެއެވެ. އުޅަބޮށްޓާ ހިސާބަށް އޮޅާލެވިފައިވާ ދެއަތުގެ ސަބަބުން ހާމަވާ ބާރުހުރި މުލައްދަނޑިއާއި ގަމީހުގެ މޭމަތިން ނައްޓާލެވިފައިވާ ދެގޮށުގެ ސަބަބުން ހާމަވެފައިވާ މޭމައްޗަށް ގިނަ އަންހެން ކުދިންގެ ދަހިވެތި ނަޒަރު ހުއްޓެމުން ދިޔައިރު، އަނެއްބަޔަކު ދިޔައީ އެ ފުރިހަމަ ޒުވާނާގެ ތަސްވީރު އެމީހުންގެ ފޯނުތަކުގައި ރައްކާ ކުރަމުންނެވެ. އެ ރީތިކަމުގެ ސަބަބުން އޭނާއަށް ލިބޭ ސަމާލުކަންދެކެ ޙުދު އޭނާވެސް ގަޔާވާކަން އޭނާގެ ހަރަކާތްތަކުން ހާމަވެއެވެ.
ޓަރމިނަލް ނިމޭ ހިސާބަށް އާދެވުމާއެކު ޓެކްސީއަކަށް އިޝާރާތް ކޮށްލައި، ފޮށްޓާއި އޭގެ މަތީގައި ހުރި ދަބަސް ކާރުގެ ޑިކީއަށް އަރުވައިލިއެވެ. މަޑުމަޑުން ހިނގާފައިގޮސް ޓެކްސީގެ ފަހަތު ދޮރު ހުޅުވާލަމުން ކާރުގެ ތެރެއަށް ދެމިގަތީ ލޮލުގައި އަޅައިފައިވާ އައިނު ވަކިކޮށްލައި ކައިރީގައި އޭނާއަށް ބަލަންހުރި އަންހެންކުއްޖަކަށް އެއްލޯ މަރައިލުމަށް ފަހުގައެވެ.
ހަލުވި ދުވެލީގައި ކާރު އައިސް ހުއްޓާލީ މ.އެވަރލާސްޓް ގޭގެ ކުރިމައްޗަށެވެ. އޭނާ ފުރިއިރު ހަދަން ފަށައިފައިހުރި ގެ މިހާރުވަނީ 9 ފަންގިފިލާއަށް ހިއްލާލެވިފައެވެ. އެނގިފައިވާ ގޮތުގައި އެންމެ ތިރީގައިވާ ގަރާޖާއި ގޭގެ ވެރިންނަށް ހާއްސަކުރެވިފައިވާ އެންމެ މަތީ ދެފަންގިފިލާ ފިޔަވައި ކޮންމެ ފަންގިފިލައެއްގައި ދެ އެޕާރޓްމެންޓް ކުއްޔަށް ދީފައި ހުރެއެވެ. ފޮށްޓާއި ދަބަސް ހިފައިގެން އޭނާ ގޭގެ ގަރާޖާ ޖެހިގެން ހުރި ގޭޓުން އެތެރެއަށް ވަނެވެ. ލިފްޓުން އަރައިގެންގޮސް 8 ވަނަ ފަންގިފިލާގައި ހުރި ހަމައެކަނި އެޕާޓްމެންޓްގެ ބެލް އަޅައިލައިފިއެވެ. މާގިނައިރެއްނުވެ އެދޮރު ހުޅުވައިލީ ދެބައިއުމުރުގެ އަންހެނެކެވެ. ކުރިމަތީގައިހުރި ޒުވާނާފެނި މިނެޓެއްހާއިރު ސިހުމެއްގައި ހުރެފައި ކުއްލިއަކަށް އެމީހާ އެޒުވާނާގެ ގައިގާ ބައްދައިލިއެވެ.
“ދަރިފުޅާ ރާހިލް” ކުރެހިފައިވާ އަޑަކުން ވާފިޔާ ގޮވައިލިއެވެ.
“ކަމޯން މޯމް. އަދިވެސް މޯމް ހަމަ އެހާ ޑްރެމެޓިކްތަ؟” ރާހިލް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
“ޑްރެމެޓިކް ނުވިއްޔާ ދެރަތަ؟ ދަރިފުޅު ދިޔަގޮތަށް ބަންދެއްގަވެސް މިކޮޅަށްނާދޭ ވިއްޔާ. ކައިފިންތަ؟” ވާފިޔާ ދެލޯ ފޮހެލައި އެތެރެއަށް ވަންނަމުން ބުންޏެވެ.
“ފްލައިޓްގަ ކެއިން. ދެން ވޯކް ކުރަން ފެށީމަ ނުލާހިކު ބިޒީވާނެ. ވެކޭއަކަށްވެސް ނުދެވޭނެއްނު މޯމް. ސޯ އެކޮޅުގަ ހުރި އިރު ލިބޭ ބްރޭކްސްގަ ކައިރި ކަންޓްރީޒްއަށް ޓުއަރއެއް އަޅާލީއޭ. މޯމް މެނަށް ގުޅަމެއްނު. ކޮބާތަ ޒީއާއި އިޝްކޮ. އެކަކުވެސް ނޫޅެނީތަ؟” ރާހިލްވެސް ފޮށި ގޭތެރެއަށް ވައްދައިލަމުން ވާހަކަ ދެއްކިއެވެ.
“އިޝްވާ ވީ ކޮންމެވެސް ސްކޫލް ކޭމްޕަކު ރަށުން ބޭރުގަ. ޒީވާ އެބަ އުޅޭ ކަންނޭގެ މަތީގަ. އަޅެ އެންމެ އެތެރެއަށްހުރި ކޮޓަރި ބަލާލަބަ.” ވާފިޔާ އަދިވެސް ފެންކަޅިވެފައިހުރެ ރާހިލްއަށް ބަލަމުން ބުންޏެވެ.
“އަޅެ މޯމް ތީއޭ މައްސަލައަކީ.. ދެން ނުރޮއެ ހުއްޓާލަބަ.. އައި މިސްޑް ޔޫ ޓޫ. އެބަ އަންނަން ޒީއަށް ޝޮކެއް ދީފަ” ރާހިލް އޭނާގެ މަންމަ ގަޔާ ކައިރިކޮށްލައި ބޮލުގައި ބޮސްދެމުން ބުނެލިއެވެ. އަދި އެޕާޓްމެންޓްގެ ތެރެއިން މައްޗަށް ދެވެންހުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. މަންމަ ބުނި ކޮޓަރިއާ ހިސާބަށް އާދެވުމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު ބާރު ހަޅޭކެއްގެ އަޑާއެކު އަނދިރި ކޮށްލައިފައިވާ ކޮޓަރީގެ ތެރެއިން އައި ފޮތެއް ވަރަށް ބާރަށް އޭނާގެ ނިއްކުރީގައި ޖެހުނެވެ.
ކޮޓަރީގެ ބޮކި ނިވާލައިގެން ލެޕްޓޮޕުން ފިލްމު ބަލަން އޮތް ޒީވާއަށް މީހަކު ދޮރު ހުޅުވާލިހެން ހީވެ އެދިމާ ބަލައިލިއެވެ. ފިރިހެނެއްގެ ހިޔަނި އެޅުމާއެކު ތެޅިގެންފައި އެންމެ އަވަހަށް އަތު ޖެހުނު އެއްޗެއް އެދިމާލަށް ހޫރާލިއެވެ. އެގޭގައި މިވަގުތު އުޅެނީ އޭނައާއި މަންމަ ކަމަށް ވެފައި މަންމަ ބާޒާރަށް ދާނެކަމަށް ބުނެފައި އޮތުމުން ވަގަކު ވަނީ ކަމުގައި އޭނާ ނިންމީއެވެ. ބާރަށް ހަޅޭލަވައިގަންނަމުން ކޮޓަރީގެ ކަނުގައިހުރި ފިހިގަނޑު ހިފައިގެން އައިސް އެމީހާގެ ގައިގައި ތަޅައިގަތެވެ.
“އޭ.. ޒީ.. އައްދޯތް!! ޒީ..ހު..ހުއްޓަބަލަ މީ މަށޭ.އާހް.. އައްދޯތް..އޭތް..” ރާހިލް ޒީވާގެ ހަމަލާތަކުން ރެކެމުން ފާރުގަ އަތް ކާތަމުން ގޮސް ލައިޓް ޖައްސައިލިއެވެ. އެއާއެކު ޒީވާ ވަގުތުން ހުއްޓުން އެރިއެވެ. އޭރު ރާހިލް އޭނާގެ ގައިގައި ޒީވާ ފިހިގަނޑުން ގެހި ތަންތާގައި ފިރުމަފިރުމާފައި މޫނު ހަދައިގެން ހުއްޓެވެ.
“އޯ.މައި. ގޯޑް. ދޮންބޭ ޔޫ އަރ ބެކް!!!!” ޒީވާ އަނެއްކާވެސް ހަޅޭލަވައިގަންނަމުން ބުންޏެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް ރާހިލްގެ ކަންފަތް ބައްވިއެވެ.
“އާދެވުނު މޮޔަ ހިތަށް އަރައިފި މިހާރު. ޒީ ކޮންއިރަކުތަ އެހާ ވަޔަލަންޓްވީ. ކުރިން ޗަބީކޮށް ހުންނައިރަކު ނޫޅޭ ތިހެނެއް” ރާހިލް ތުންދަމާލިއެވެ.
“އަޅޭ ސޮރީ. ނޭނގޭނެއްނު ބުނެވެސް ނުލާ އައިމަ. އިއްޔެވެސް ގައިމު ގުޅި ވިއްޔަ. އޯކޭވާނެ މިހާރު ދެން ޖެހިޔަކަސް ތަދެއްނުވާނެ. ކުރިން ހުރިހެން އިލޯށްޓެއްހެން ނޫނެއްނު ދޮންބެވެސް ތިހިރީ.” ޒީވާ ރާހިލްގެ އަތުގައި އެލިގަންނަމުން ބުންޏެވެ.
“ހާދަ ބޮޑީ ޝޭމިންގްއޭ. މީހުން އަބަދު އެއްގޮތަކަށް ހުރޭތަ؟” ރާހިލް އަތް ދަމައިގަތެވެ.
“ކާކު ފެށީ” ޒީވާވެސް އެއާ ވިއްދާފައި ބުނެލިއެވެ. އެވަގުތު ތިރިން މަންމަ ސައިބޯން ގޮވާލި އަޑު އިވި ދެމީހުން އެއްފަހަރާ ދުއްވައިގަތެވެ. ދެބެއިން ސިޑިން ފައިބައިގެން ދުވެފައި އައިގޮތް ބަލަން ހުރި ވާފިޔާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. ދެމީހުން އަދިވެސް ބޮޑުވާކަށް ނޫޅެންދޯއޭ ބުނެލިއެވެ.
******************
މެންދުރުގެ ހޫނުގަދަ ވަގުތެވެ. އާރް.އެލް ހޯލްޑިންގްސް އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރި ތަނަވަސް ކެބިންގައި ވަނީ އޭސީގެ އަރާމު ފިންޏެއް ހިފައިލާފައެވެ. ކެބިންގެ އެއްފަރާތުގައި ބޮޑު ފޮތް ހަރުގަނޑަކާއި ޓީވީއެއްގެ އިތުރުން ތިރި މޭޒަކާއި ގޮނޑިސެޓެއް ބަހައްޓައިލެވިފައި ވާއިރު އެފަޅީގެ ބޭރުފާރުގައި އެއްކޮށްވަނީ ބިއްލޫރި ޖަހައިފައެވެ. މާލޭގެ އެހެން އިމާރާތްތަކާއި އަޅައިބަލާއިރު އުސް އިމާރާތެއްކަމުން ލޮލުކޮޅަށް ފެންނަންހުރި އެހެން އިމާރަތްތަކާއި ނޫއުޑުން އިތުރު މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ކެބިންގެ އަނެއް ފަރާތުގައި ނަން އަލްކޮހޮލިކް ބުއިންތަކާއި ކޮފީމެޝިނެއް ހިމެނޭ ހޯމް ބާރ އަކާއި ބިލިޔާޑް މޭޒެއް ބަހައްޓައިލެވިފައި ވެއެވެ. ނަމަވެސް އެ ކެބިންގެ ހައިބަތަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދެނީ ކެބިންގެ މެދަށް ވާގޮތަށް އެންމެ އެތެރޭގައި ބަހައްޓައިފައިވާ ބޮޑު އޮފީސްމޭޒާއި އޭގެ ދޮށުގައި އިން ޒުވާނާއެވެ. ކުރިމަތީގައި ބަހައްޓައިލެވިފައިވާ ލެޕްޓޮޕަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވާއިރު އިރުއިރުކޮޅައި ކައިރީގައި އާވި އަރައަރާ ހުރި ކޮފީތަށިން ކޯވަރެއް ދަމައިލައެވެ. އޭނާގެ ހަރަކާތްތަށް ހުއްޓުމަކަށް އައީ ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވާލައި ވަދެގެން އައި މީހާ ފެނިފައެވެ.
“އައިމް ސޯ ސޮރީ ސަރ އައި ޓްރައިޑް ޓު ސްޓޮޕް ހިމް ބަޓް–”
“އިޓްސް އޯކޭ ނީމް. ހީ އިޒް އަ ފްރެންޑް” ރިއާން އޭނާގެ އެސިސްޓަންޓް ގެ ވާހަކަ މެދުކަނޑައިލިއެވެ. އެ އަންހެންކުއްޖާގެ ހަރަކާތްތަކުން ރާހިލް ހުއްޓުވަން ކުރި މަސައްކަތް ރިއާނަށް ފެންނަ ކަހަލައެވެ. ރިއާން ބޯޖަހާލުމާއެކު އެކުއްޖާ އެ ކެބިންއިން ނުކުންނަމުން ދޮރު ލައްޕައިލިއެވެ.
“ޔޫ ގޭވް ނީމް އަ ހާޑް ޓައިމް ޑިޑްންޓް ޔޫ؟” ރިއާން މޭޒުކައިރިން ތެދުވެގެން އައިސް ރާހިލްއާ އަރައި ހަމަކޮށްލަމުން ބުނެލިއެވެ.
“ގުޑް ޓު ސީޔޫ ޓޫ މޭން” ރާހިލް ރިއާންގެ ގައިގަ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ.
ރާހިލް އާއި ރިއާނަކީ ސްކޫލް ދައުރުން ފެށިގެންވެސް ގާތް ދެ ރަހްމަތްތެރިންނެވެ. ދެމީހުންގެ އާއިލާއަކީވެސް ގާތް ދެ އާއިލާއަށް ވާތީއާއެކު ދެމީހުން އުޅެ ބޮޑުވީ އެކީގައޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. މަޖީދިއްޔާ ސްކޫލުން ސާނަވީ އަހަރުތަށް ނިންމާލުމަށްފަހު މަތީ ސާނަވީ އަދި މަތީތައުލީމު ހާސިލް ކުރުމަށް ދެމީހުން އިނގިރޭސި ވިލާތަށް ފުރީ އެކުއެކީގައެވެ. އެއަށްފަހު ރިއާން އޭނާގެ އެމް. ބީ. އޭ ހާސިލް ކުރުމަށްފަހު މާލެ އައި ނަމަވެސް ރާހިލް އޭނާގެ ފިން-ޓެކް ޑިގްރީއާއެކު ކިޔަވަމުން އައި ޗާޓާޑް އެކައުންޓެންސީގެ ލައިސަންސަށް ބޭނުންވާ ތަމްރީން ހޯދުމަށް ޔޫކޭގެ މަޝްހޫރު ފާމެއްގައި މަސައްކަތް ކުރުމަށްޓަކައި މަޑުކުރީއެވެ.
“ކޮން އިރަކު އައީ؟” ރިއާން އަލުން ގޮސް އޭނާގެ ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.
“އިއްޔެ ހަވީރު. ސިމެއް ނަގާފަ ގުޅާށޭ އުޅުނީ.. އެކަމަކު ލޮޑުވެފަ ހުރިވަރުން އިރު އޮއްސުން އިރު ނިދިގޮތަށް ހެނދުނު 10 ޖެހީރު ހޭލެވުނީ” ރާހިލް އައިސް މޭޒު ކައިރިން ގޮނޑިއެއް ދަމާލައި އިށީނދެލަމުން ބުންޏެވެ.
“އަބަދުވެސް ދެއްކޭނެ ބަހަނާ އޮންނާނެ. ގުޅަން އުޅުނުނަމަ ފޭސްޓައިމްވެސް ކުރެވޭނެ. ދައްތަމެން ރަނގަޅުތަ؟” ރިއާން އަހައިލިއެވެ.
“އާން އޯކޭ. މޯމް ކިޔޭ ރިއާން އަހަރެން ނެތީމަ ގެއަށް ވަދެވެސް ނުލަޔޯ. އިޝްކޮ އެންޑް ޑޭޑްއާ އަދި ދިމާނުވޭ. ޑޭޑް ވީ ކެމްޕެއިން ކަމެއްގަ އައްޑޫގަ އޯ ބުނީ. ޒީ ދެން ޔޫ ނޯ އެއްނު. ޔޫޝުއަލް. ބޮޑު ނާޑްގަނޑު. މުޅިގެ ހިތަކަށް ލިބުނީމަ ވެރިކޮށްލައިން މަގޭ ކޮޓަރީގަވެސް އޭނަގެ ފޮތްތަކާ އޭތި މީތި.” ރާހިލް ޒީވާގެ ވާހަކަ ބުނުމާއެކު ރިއާންއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭސީގެ ފިނީގައިވެސް މުޅި މީހާއަށް ހޫނުވާން ފެށިއެވެ. އޭނާއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އަނގައިން ބަހެއް ބޭރު ނުވެގެން އުޅެނިކޮށް އަނެއްކާވެސް ރާހިލް ވާހަކަ ދައްކަން ފެށިއެވެ.
“ހާދަ ފޫއްސޭ.. ދުވާލު ހަތަރުދަމު މިތާގަ ތި އިންނަނީ؟ ހިނގާބަލަ ބޭރަށް ނުކުމެލާ ކޮފީއެއް އެއްޗެއް ބޯލަން” ރާހިލް ތެދުވުމުން ރިއާންވެސް މަސައްކަތް މަޑުޖައްސައިލުމަށްފަހު ތެދުވެ ހިނގައިގަތެވެ.
ލިފްޓުން ފައިބައި އޮފީހުގެ ބިއްލޫރި ދޮރާ ދިމާލަށް ހިނގައިގަތްއިރު ރިސެޕްޝަންގައި ތިބިކުދިންގެ ލޯތަށް އެދެމީހުންނަށް އަމާޒުވެފައި ހުއްޓެވެ. ރާހިލްގެ އިސްކޮޅާ ބަލާއިރު ދެ އިންޗިއެއްހާތަން ކުރެއްކަމަކު ރިއާން އަކީވެސް ހިތްތަށް އާޝޯހު ވާފަދަ ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ. އާންމުކޮށް ރާއްޖެއިން ފެންނަ އިސްކޮޅަށްވުރެ ދިގުވެފައި ހަމުގެ ކުލަ އާދައިގެ ވަރަކަށް އަނދިރިއެވެ. އޭނާގެ ކަސްރަތީ ހަށިގަނޑާއި ކަޅުކަންގަދަ ދެލޮލާއި ވަރުގަދަ ބުމަ އަދި ތުނިކޮށްކޮށާލެވިފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން ފުރިހަމަ ކޮށްދެއެވެ. ދާ ކޮންމެ ތަނަކުންހެން އަންހެންކުދިންގެ ފަރާތުން ލިބޭ ބެލުންތަކަށް އޭނާ މިހާރު ވަނި އާދަވެފައެވެ. އެހެންކަމުން މިފަހަރުވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ރިއާން އޭނާގެ ސީރިއަސް މިޒާޖުގައިގޮސް އިމާރާތުން ނުކުތެވެ. މިއާޚިލާފަށް ރާހިލް ރިސެޕްޝަނާ ކައިރިވެލަމުން އެތަނުގައި އިން ކުއްޖަކަށް ލާނެތް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެކުއްޖާ ތުއިވެލާފައި ރާހިލް ގާތަށް ޖެހިލަމުން ރާހިލްގެ އަތުގައި އެކުއްޖާގެ ނަންބަރު ލިޔެދިނުމާއެކު ރާހިލްވެސް ދުވެލާފައިގޮސް ރިއާންއާ އެއްވަރުކޮށްލިއެވެ.
“ބްރޯ ނުބުނަމެއްނު މިހާ ރީތި ކުދިން މިތާ އުޅޭ ވާހާކައެއް.” ރާހިލް ރިއާނާއެކު މަގުގެ އަނެއްފަރާތުގައިހުރި ރެސްޓޯރެންޓަށް ވަންނަމުން ބުނެލިއެވެ.
“އިނގޭދޯ ތިކަންތަކުގަ އަހަރެންނަށް އޭނަ ވަޒީފާއިން ވަކި ކުރެވޭނެކަން.” ރާހިލް އަތުގައިވާ ނަންބަރު ދައްކާލުމުން ރިއާން ބުނެލިއެވެ. ރާހިލް ހިނިގަނޑަކުން ފުއްދާލިއެވެ. ދެ އެކުވެރިން އެކި ވާހަކައިގައި ތިބެ ކޮފީއަށް އޯޑަރ ދިނެވެ.
ގަޑިއެއްހާއިރު އެކި ވާހަކައިގައި ތިބެ ކޮފީ ނިންމާލުމަށްފަހު ރިއާން ކައުންޓަރު ކައިރިއަށް ބިލް ދައްކަން ދިޔުމުން ރާހިލް އެތަނުން ނުކުންނަން ހިނގައިގަތެވެ. އަނގަމައްޗަށް ޖަހައިގެންހުރެ އަތުގައިހުރި ފުޅިން ފެންކޯވަރެއް އަނގަޔަށް އަޅައިލިވަގުތު ކުއްލިއަކަށް ވަރަށް ބާރަށް އައި އަންހެންކުއްޖަކު އޭނާގެ ގައިގައި ޖެހިގަތެވެ. ރާހިލް ކުށި އަރައިގަތްގަތީނުން އަނގައިގައިހުރި ފެންތައް އެކުއްޖާ އައި ދިމާލަށް ބުރުއްސައިލެވުނެވުނެވެ. ރަނގަޅަށް ދެލޯ ހުޅުވައި ނުލެވެނީސް އެކުއްޖާގެ ޖާދުވީ އަޑުން ‘ސޮރީ’ އޭ ބުނެލި އަޑު އިވުނެވެ. ރާހިލްއަށް އެ އަޑު އިވުނީ ލުއި މިއުޒިކެއް ފަދައިނެވެ. އަވަސް އަވަހަށް މީހާ ހަމައަކަށް އެޅިލަމުން ލޯ ހުޅުވާލި އިރު ކައިރީގައި އެކުއްޖާގެ ހިލަމެއްވެސް ނެތެވެ.
“ދެންމެ މިތާހުރި ގަރލްއެއް ދުށިންތަ؟” ރިއާން އައިސް ކައިރީގައި ހުއްޓިލުމުން ރާހިލް އަހައިލިއެވެ.
“ކޮން ގަރލްއެއްތަ އަބަދުވެސް؟ ކިހިނެއް ހަދާފަތަ ތިހިރީ؟” ރާހިލްގެ ލައިފައިހުރި އަޅިކުލައިގެ ޓީޝާޓުން ތެމިފައިވާ ބަޔަށް އިޝާރާތް ކޮށްލަމުން ރިއާން އެއްސެވެ. ރާހިލް ރިއާނަށް ވީގޮތް ކިޔައިދެމުން އެތަނުން ނުކުތެވެ.
———————
ރެސްޓޯރެންޓްގެ ކަނުގެ އަނދިރި ދިމާލެއްގައި ބަހައްޓައިފައިހުރި މޭޒުގައި އިން ޒީވާގެ ސަމާލުކަންވަނީ ފޯނަށް ހުއްޓިފައެވެ. ކުއްލިއަކަށް މީހަކު އައިސް މާބާރަކަށް މޭޒުމައްޗަށް ދަބަސް ވައްޓައިލުމަށްފަހު ކުރިމަތީގައި އިން ގޮނޑީގައި އިށީނުމުން ޒީވާ އިސްއުފުލައި ބަލައިލިއެވެ. އެއާއެކު އޭނާގެ އަނގަ ތަންމިނަށް ހުޅުވައިލެވުނެވެ.
“ލާފް ޒީ. ލާފް. ހުވާ މިބުނީ ހާދަ ފޫހި މީހެކޭ އެއި. ޒީ އަކަށް ނޭނގޭނެ. މީ މިދިޔަ ހަފްތާތެރޭ ގަތް ހެދުމެކޭ. އޭނަ އެދިޔައީ މި ހެދުމާ އެއްކޮށް އަހަރެންގެ މޫނަށް އަނގައިގަ ހުރި ހުރިހާ ފެނެއް ބުރުއްސާލާފަ. ރީތިކަމެއް ދެއްވީތީ ފޮނިވެފަ ތޯއްޗެ. ދެން އައްޗީޑި ޒީ” ޝައިނާ މޭޒުމަތީގައި ހުރި ޓިޝޫއެތިން ޓިޝުލަކަށްފަހު ޓިޝުލެއް ނަގައި މޫނުފޮހެމުން ބުންޏެވެ. އަދި ފެންފުޅި ނަގައި މޭޒުން ބޭރަށް ދިމާކޮށްލަމުން މޫނު ދޮވެލިއެވެ. އެއީ ބިންމަތީގައި ވެލިލާފައިއޮތް ރެސްޓޯރެންޓް އަކަށްވިކަން ނަސީބެކޭ ޒީވާގެ ހިތަށް އެރިއެވެ. ހިނިގަނޑު ހިފަހައްޓާލާއިގެން އިންނަން އުނދަގޫވުމުން އޭނާ ބާރަށް ހޭން ފެށިއެވެ.
“ގޯޑް… ޝައި ރިއަލީ؟ އެހެންނޭ ވާނީ އަހަރެންނަށް ލަނޑުދިނީމަ. އޮފީސް ކުރިމަތީގަހުރި ތާކަށް އައިމަވެސް ތި ނުކުމެވުނީ ގަޑިއިރެއް ފަހުން ވިއްޔަ.” ޒީވާ ހިނިގަނޑު މައިތިރި ކޮށްލަމުން ބުންޏެވެ.
“މީ ހުސް ޒީގެ ރިއާންގެ ކަންތަކެއްނު. ވަރެއްގެ ބޮސްއެއް މަށަށް ލިބިފަ އެހެރީ. އަންނަ ވީކްގަ ފުރަންވާއިރަށް ޑީޓެއިލްޑް ޑްރާފްޓެއް ދޭށޯ. އޭނަ ދުލުން ބުނެލަން ކިހާފަސޭހަ. އަދި މިއަދު އެކަކުވެސް މަސައްކަތައިގެން އުޅެނީކި ނޫން. ފާޑެއްގެ މީހެއް އޮފީހަށް އައިއްޔޯ މިއަދު. އެއްބަޔަކު އެބަކިޔާ ރިއާންއަށްވުރެ ރީއްޗޭ އަނެއްބަޔަކު ރިއާން މާ ރީއްޗޭ… ނޭނގެ ހުވާ.. އޯލް ދީސް ހާފް ބްރެއިންޑް ޕީޕަލް. ފިރިހެނެއް ނުފެނިގެންތަ ތިބެނީ؟” ޝައިނާ ވާހަކަ ދެއްކިގޮތުން އަދިވެސް އޭނާގެ ރުޅިގަނޑު މައިތިރިވިހެން ހިއެއް ނުވެއެވެ.
“ދެން ކީއްވެތަ އެވަރުގެ ތަނަކު ތި ވަޒީފާގަ އުޅެނީ؟ އަނެއްކާ ޝައިވެސް ރިއާންއާ ގަޔާވަނީތަ؟” ޒީވާ މަޖާވެލާއިފައި އެހިއެވެ.
“ހްމްމް އައި ހޭވް އަ ރިއަލީ ހިއުޖް ކްރަޝް އޮން ރިއާން. އޮފްކޯސް ނޮޓް ޒީ!! އަހަރެން ޒީއަށް އެހެން ހަދާނެތަ؟ ރާއްޖޭގެ އެކި ހިސާބުތަކުގަ ދެހާހަށްވުރެ ގިނަ މީހުން އެބަތިބި ރިއާންގެ މުވައްޒަފުންގެ ގޮތުގަ. އެންމެން ގައިމު ރިއާންއަކަށް ކްރަޝްއެއް ނުވާނެ ދޯ.. އަދި އެވެސް ވިތް ދެޓް އެރޮގެންސް. އާރް.އެލް އޮފާރޒް ފްލެކްސިބަލް ވޯކިންގ، ގުޑް ޕޭ، އަދި ކިޔަންވީތަ؟” ޝައިނާ ޒީވާ ގެނެސްފައިހުރި ފްރެޝް އޮރެންޖް ތަށިން ކޯވަރެއް ދަމާލަމުން ބުނެލިއެވެ.
“ހޫން ދެން ހެވޭ. ހީވަނީ އާރް.އެލް ގެ އިޝްތިހާރެއްހެން ހަހަ. އަވަސްކޮށް އޯޑަރު ކޮށްބަލަ މިހާރު ބްރޭކްގަޑި ނިމެނިއޭ!”
******************
އާދުވަހަކަށް އަރައިގެންއައި އިރާއެކު ރާހިލްއަށް ލޯހުޅުވާލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތްކަމާއެކު ފޯނު ކެނޑެންދެން އޮތުމަށްފަހު ލޯމަރައިލި ތަނާހެން އަނެއްކާވެސް ރިންގުވާން ފެށިއެވެ. އެންމެފަހުން ރާހިލް ކުޑަކޮށް ތެދުވެ ހެޑްބޯޑުގައި ލެގިލަމުން ފޯނު ނެގިއެވެ.
“ހާދަ ވަރަކަށް ގުޅައިފީމޭ. ދޭބަލަ ވަރަށް އަވަހަށް ތެލެސީމިއާ ސެންޓަރަށް. ރައްޓެއްސެއްގެ ކުއްޖަކަށް ލޭކޮޅެއް ދޭން. ރާހިލްގެ ޓައިޕާ މެޗްވާނެ. މަގޭވެސް. އެކަމް މަ ދިންތާ އަދި ސިކްސް މަންތްސް ނުވާތީ. 9 ޖަހާލާއިރު ދަނިކޮށް އޯކޭވާނެ.” ރިއާން އަވަސް އަރުވާލައިފައި ވާހަކަ ދެއްކިއެވެ.
ރާހިލް ގަޑި ބަލާލިއިރު އަދި ހެނދުނު ހަތެއް ޖެހީއެވެ. ދެން ނުވައެއްޖަހާއިރު ދާންޖެހޭ ތަނަކަށް ދާން މިހާއިރު ހޭލައްވަން ޖެހޭ ހެއްޔޭ އޭނާގެ ހިތަށްއެރިއެވެ. ވީ ފޫހިން އެންމެ ރަނގަޅޭބުނެ ފޯނު ކަނޑައިލަމުން ރާހިލް އޭނާގެ ކައިރީގައި ބަންޑުން އޮތް އަންހެންކުއްޖާއަށް ބަލައިލިއެވެ. ބުޑުކޮޅު ނިވާވާވަރަށް އެޅިފައިވާ ރަޖަލުގެ ބައެއް ފިޔަވައި އެހަށިގަނޑުގައި ނިވާކަމެއް ނެތެވެ. އެހެނެއްކަމަކު ރާހިލްގެ ސިކުނޑީގައި އެރަޖާ ރީތިކޮށްލުމުގެ ހިޔާލެއްވެސް ނެތް ކަހަލައެވެ.
ރާހިލް އެނދުން ފައިބައިގެންގޮސް އުނުގައި ތުވާލި އޮޅައިލި ވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. އާފުރެމުންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ހޫރެއްފަދަ އަންހެންކުއްޖާފެނި އޭނާ ލައިލައިހުރި ނޭވާވެސް ވައިނޮޅީގައި ތާށިވި ކަހަލައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Hii lovely readers. Kinda new here ehehehe😅
I just wanted to let you all know that this is a completed story (of my own) so there is a chance that some of you might have already read it.
I decided re-publish the story with minor improvements here in “Esfiya”
in order to capture a greater audience, especially teenagers for whom it might be difficult to find stories on other platforms and also, for anyone who wants to re-read this. Insha Allah, I will be uploading new episodes 2-3 times a week.
Anyway, I hope you all enjoyed meeting Rahil, Riaan, Zeeva & Shaina in the first episode. Please leave a feedback🥺
Love you all❤️
P.S. This is not a pro story ingeyy😅
Aaaa finally !! My gurll😭🤍
I’m so glad you decided to republish 🤍🤍
I can’t wait to read againnnn and againnnn🤍🤍.
Rahil, Riaan, Zeeva & Shaina already feel like home to me.
Proud of you for bringing this to more readers .. keep shining. ✨🥰
Aaah thankyouu so much fav🥹💗
mivaaaka ehen sitehgaves genas dhintha
Labba evaahaka bunelaafa innaanee
Love it💗💗💗
Thankyou so much💗
When part 2
Nice starting
Now uploaded. Thankyouu❤️
Vrh Vrh Reethi Masha allah 💕🙂
Whn nxt?????
Thankyouu so much. Nxt ep this weekend ga insha allah
Hii Rana
You are back omg so surprised anehka eii kon kuhjeh baa riaan and rahil so smart and handsome dhw shaina rahil ge kokko kairee dhw mi kee rahil ge hurihaa vhk eh hehehe anyways mi part Vrh reethi Curiously waiting for the next part when’s next
Lyyy😘❤️
Hii next part ves mi weekend ga Insha Allah!!
Kinda confused ‘back’ ey buneema cux I m new here hehe😅
Yes rahil ge kokko dhw mi vee shai ge bestie ah. Let’s see their reactions once they find out dhw.
TYSM & LYM 🥹❤️❤️
It’s my mistake Rana I mean you are here too dhw eyy ehenve vrh surprised vi vhk hehehe it’s okay ❤️😘
OMG SIS…. YOU ARE HERE TOOO…???
Was kinda surprised to see you here… Hehe… This is one of the best stories I’ve read so far, and I can’t wait to read it again, mi site in.. can’t wait for the next episode… Especially when you said that there’ll be some changes… Anyways… Glad to see you here too sissy…. Lysm…
OMG Hiii!!!
So happy to have met you here too! Thankyouu so muchh for the comment🥹
LY❤️
Kon site ehaa kurin liyuny?.
Hii mi site gaves konme dhedhuvahun eh dhuvahu kahala gothakah vrh frequent koh update kuramun dhaanee but u can see vaahakainn.com
welcome to esfiya Rana, i read this story on fiya, varah rythi. badhaluthakaa eky anekka kiyaalan libeythy varah ufaa vejje. i like riaan and zeev best. looking forward to reading this story once again.
Thankyouu so much. Such a big fan of your stories as well🥹❤️
Hi rana siss,
vrh reethi vaahaka akah vaane kan yageen hama.. mi part kiyaalaafa dhn in part ves vrh kiyaa hiy vejje, can’t wait for the next part!!!
Raahil mee kon kahala kujjeh.. emme furathama kiyaalafa ves raahil mathin foohi vejje kanneynge.. ekm i hope raahil akee ves rangalhu zuvaanakah vaaane kamuga
rana sis ge vaahaka thah abadhu ves varah reethi
Varah ufaa vi mi site in ves rana sis fenunyma..
Hii. Thankyouu so much for the support❤️
Hahahah Rahil dhw… let’s see if i can change Rahil aa medhu thi dhekey goiy dhw😅
Hi rana siss, vrh reethi vaahaka akah vaane kan yageen hama.. mi part kiyaalaafa dhn in part ves vrh kiyaa hiy vejje, can’t wait for the next part!!!
Raahil mee kon kahala kujjeh.. emme furathama kiyaalafa ves raahil mathin foohi vejje kanneynge.. ekm i hope raahil akee ves rangalhu zuvaanakah vaaane kamuga
rana sis ge vaahaka thah abadhu ves varah reethi
Varah ufaa vi mi site in ves rana sis fenunyma..