Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ ފަނަރަވަނަބައި ( ރާއްޖޭގެ ދެކުނުގެ އަޖައިބުކުރުވާ ރީތިކަން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 11, 2025 5 Mins Read
2 Comments

މަޖަލާ ސަކަރާތުގައި ހަފްލާ ނިމިގެންދިޔަގޮތެއްވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ މޫނުމަތީވެސް ވީ ނުފިލާކަހަލަ ހިނިތުންވުމެކެވެ. ކައިވެނީގެ ކޭކުފަޅައި އާއިލާއެކުގައި ފޮޓޯ ނެގިއެވެ. އޭގެ ކޮންމެ ފޮޓޯގަނޑަކީ ސާއިލްގެ ކައިވެނީގެ ރަމްޒީ ނިޝާނެއްކަހަލައެވެ. މިރޭގެ ހަނދާން އާކޮށްދޭނެ އަގުހުރި ހަދިޔާއެކެވެ.

ދަތުރުގެ ކައިވެނީގެ ދުވަސް ދިޔައީ މިފަދަ ގޮތަކަށެވެ. ހަލަބޮލިކަމާއި ހާސްކަމާއި ހަމަނުޖެހުމާއެކުއެވެ. ވޭނާ ރިހުމާ ތަދު އިޚްސާޞްކޮށް ދެމުންނެވެ. ދެން ކުރިއަށް އޮތީ ދަތުރުގެ ފަހުދުވަސްތަކެވެ. އަންނަ އަންގާރަ ދުވަހު މާލެފުރަން ޖެހޭނެއެވެ. ހަފްތާއެއް ތެރޭ ކިޔެވުންވެސް ފެށޭނެއެވެ. މިއަދު ހިނގައިދިޔަ ހާދިސާތަކުން ދެން މި ދަތުރުގެ ބާކީ ދުވަސްތަކުގައި ކަންތައްތައް ވެގެންދާނީ ކިހިނެއްހެއްޔެވެ؟ ކުރީގެ މަޖާކަން ހުންނާނެ ހެއްޔެވެ؟
****************************************************************

ހިތްހަމަޖެހުމުގެ ރަންކުލަ، ހަމަޖެހިފައިވާ ކަނޑުމަތިން ދައުރުވަމުން ހިތަދޫއަށް އިރު އެރިއެވެ. އުތުރުގެ މަޑުވައިރޯޅީގައި ހުދު ފޮތިތައް ފޮޅުވަމުން، ގޭދަށުގެ ކަދުރު ރުއްތަކުގައި ކައިވެނީގެ ޒީނަތްތައް އަދިވެސް ވަނީ އެލުވާލާފައެވެ.

 

ސާއިލް އާއި ޝިރުހާ ތިބީ ކުޑަ ބީޗު ވިލާގެ “ވެރަންޑާގައެވެ.” ރޭގަނޑުގެ އުފާފާޅުކުރުމަށްފަހު ވަރުބަލިވެފައި ތިބި ނަމަވެސް، އެ ދެމީހުންގެ ހިތް ވީ ނުހަނު އުފާވެފައިއެވެ.

 

އެއީ ހަމަހިނދުކޮޅެއް ފަދަ ރީތި ކައިވެންޏެކެވެ. ހުނުމާއި، މިއުޒިކާއި، މާބޮނޑިތަކުގެ ވަހާއި، ކަނޑުގެ ލޮނުކަމުގެ ވަސް އެކުލެވޭ ރަޙުމަތްތެރި ރޭގަނޑެކެވެ. ނަމަވެސް އެހިނިތުންވުންތަކުގެ ފަހަތުގައި އެއްވެސް މީހަކަށް ދެކޮޅު ނުހެދޭ ވަރުގެ ހިތާމައެއް ވިއެވެ.

 

ސާއިލްގެ ކޮއްކޮ، ޝައިނާ، ހަމަ އެދުވަހު ހުމާމް އާ ކައިވެނިކުރަން އޮތުމެވެ. ހުރިހާ އެންމެން ވެސް ދެ ކައިވެންޏަކަށް ތައްޔާރުވިއެވެ.   އެއް ތަރިތަކުގެ ދަށުގައި ދެ ހަފްލާ ބާއްވަން އުޅުނެވެ. ޝައިލް އާއި ޝިރުހާއެވެ. ޝައިނާ އާއި ހުމާމެވެ.

ނަމަވެސް، ކައިވެނީގެ ކުރީރޭ، ހުރިހާ ކަމެއް ބައިބައިވެގެން ދިޔައީއެވެ.

ފުލުހުން ހުމާމް ގެއެއްގައި ބަޔަކާއެކު މަސްތުވާން އިންދައި ހައްޔަރުކުރީއެވެ. މި ޚަބަރު ރަށުތެރޭގައި އަލިފާންގަނޑެއް ފަދައިން ފެތުރިގެން ދިޔައެވެ. އިސާހިތަކު ޓީވީތަކުންވެސް ފަތުއަޑުކިޔާ އެވާހަކަ ގޮވަންފެށިއެވެ.

ޝައިނާއަށް މި ޚަބަރު ދިނީ މަންމައެވެ. އޭރު އޭނާ ހުރީ ކައިވެނީގެ ހެދުން އިސްތިރިކުރާށެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ބާރަށް ރޮއެގަތެވެ. ޝައިނާގެ މަންމައަށް ރުއިން ކަމަކު ނުދިޔައެވެ. އެއީ ލިބުނު އުފަލެކެވެ. އެހެންކަމުން އެތައް ވާހަކައެއް ދައްކައި ޝައިނާ ހުއްޓުވިއެވެ. ޝައިނާ ރުއިން ހުއްޓާލިއެވެ. މަންމައަށް ޓަކައެވެ.

އެމަންމައަށް އޭނާގެ ހިމޭންކަމުން ހުރިހާ ވާހަކައެއް ދައްކައިދިނެވެ. ރުއިން ހުއްޓާލިޔަސް ހުރީ ހިތިގައި ޖެހިފައެވެ. އިންތިހާ ދެރަވެފައެވެ.

ދެން އައި ދުވަހު، ޝައިލް އާއި ޝިރުހާ ބެލްކަނީގައި ތިބެ އެމީހުންގެ ވަޢުދުތައް ބަދަލުކުރަމުން ދިޔައެވެ. ޝައިނާ އެއްފަރާތެއްގައި ބަލަން ހުއްޓެވެ. އޭނާގެ ހިނިތުންވުން ވަރުނެތް ނަމަވެސް ހިތްވަރުގަދައެވެ.

ކައިވެނި ނިމުނީއެވެ. މެހެމާނުން ގޮސްފިއެވެ. ނަމަވެސް ވައިގެތެރޭގައި އަދިވެސް ހިތާމައިގެ ބަރުކަން އެކުލެވިފައި ވެއެވެ. ޝައިނާގެ ހިތްބުނެލިއެވެ.

އެ ދުވަހުގެ ހެނދުނު، ޝާކިރުބެ، މަޑުމަޑުން ލަފާދިނެވެ. ” ޝާކިރުބެ: ތިހެން ދެރަވެފައި ނުތިބެ ދެކުނުގެ އެންމެ ކޮޅަށް ދާންވީއެއްނު. ކަނޑު އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެ.”
ހުރިހާ އެންމެން އެއްބަސްވިއެވެ. އެމީހުން ބޭނުންވީ ރަށުތެރޭގެ ސިއްރު ވާހަކަތަކުންނާއި، އެމީހުންނަށް ދޭ ނަޒަރުތަކުންނާއި، ވެގެންދިޔަ ކަންތަކުގެ ބަރުކަމުން ދުރުހެލިވާށެވެ.

އެހެންކަމުން ސާއިލްމެން ދަތުރަށް ތައްޔާރުވިއެވެ. ފެންފުޅިތަކާއި، ކާނާއާއި، ކެމެރާތަކާއި އެކުގައެވެ.
އަދި ގަމުން ސައިކަލު ދުއްވާލައިގެން ފޭދޫ، މަރަދޫ، އަދި ހިތަދޫ ހުރަސްކޮށް، ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ނިމޭ ހިސާބުކަމަށްވާ އީދިގަލި ކިޅި އަށް ދިޔުމަށް ފެށިއެވެ.

ދަތުރު ފެށުނީ ހިމޭންކަމުގައެވެ. ލީނިޔާ މަޑުމަޑުން ޕެޑަލް ޖައްސަމުން، އެހެން މީހުންނަށްވުރެ ކުޑަ ދުރުމިނެއްގައި ހުއްޓެވެ. އޭނާ ޝައިލް އާއި ޝައިނާ އާ ވަރަށް ގާތްތެވެ. ނަމަވެސް، އެރޭގެ ފަހުން އޭނާއަށް ހީވަނީ މީ ބީރައްޓެއްސެއްހެންނެވެ. އޭނާ ނެތި ދިރިއުޅުން ކުރިއަށް ދާ މަންޒަރު ދުރުން ބަލަން ހުންނަ ފަދައިންނެވެ.

 

ލީނިޔާ ކައިރީގައި، މީލީހަމް މަސައްކަތްކުރަމުން ދިޔައެވެ. ހިތްހަމަޖައްސައިދޭށެވެ. އޭނާ ލަވަތައް ހިމަފޮދުން ކިޔަމުން، ކަނޑުގެ ތިރިންދާ ދޫނިތަކަށް އިޝާރާތްކުރަމުން ދިޔައެވެ. ހުބާބު ދިޔައީ ކުރީގައި، ދެބައިކުޅަ އެއްބައި މީހުންނަށް ނުވިސްނޭ މަޖާ ވާހަކަތައް ދައްކަމުންނެވެ. ސައިނާ ދިޔައީ މެޕަކުން މަގު ހޯދަން އެހީތެރިވަމުން، އަދި ސައިލާ މަސައްކަތްކުރަމުން ދިޔައީ ކަޅު ކެބިނެޓުގެ ފަހަތުގައި އޭނާގެ ދެލޯ ފޮރުވާލައިގެން ހުރި ޝައިނާ އަށް ހިތްވަރުދޭށެވެ.

 

ކާނިވަޅުތަކުގެ ދެފަރާތުގައި ވެސް ކަނޑުގެ އަލިކަން ވަނީ ވިދާލާފައެވެ ފެންގަނޑު އަލި ނޫކުލައަކަށް ހުރެ ނިމުމެއް ނެތް ކަހަލައެވެ. އެ މަންޒަރު ރީއްޗެވެ.
އެހެނަސް އެމީހުންގެ މެދުގައި އޮތް ހިމޭންކަން ރާޅުތަކަށްވުރެ ބަރެވެ.

ހިތަދޫ އަށް ފޯރުމާ ހަމައަށް، އަޅިވިލާތަކެއް އެނބުރި އައެވެ. އެހެންއޮވެފައި ވާރޭ ވެހެން ފެށިއެވެ.

ލީނިޔާ އޭނާގެ ސައިކަލު ހުއްޓާލާފައި ދެލޯ މަރާލިއެވެ. ހިމަފޮދު ވާރޭ އޭނާގެ މޫނުގައި ބީހިލަން އޭނާ ހުއްދަ ދިނެވެ.

ހުރިހާ އެއްޗެއް ލިނީއަށް ބަރުވެފައިވާ ކަހަލައެވެ. ޝައިނާގެ ވޭނެވެ. އަދި އޭނާއަށް ދިމާވިގޮތެވެ. މިޒާޖު ބަދަލުކޮށްލި އެކަނިވެރިކަމެވެ.

ޝިރުހާ އަނބުރާ އައިސް ކުޑައެއް ހިފައިގެން އޭނާގެ ކައިރީގައި ހުއްޓުނެވެ. “ލިނީ ރަނގަޅުތަ؟”

ލީނިޔާ ބޯޖަހާލިއެވެ. “ހަމަ… ބައެއް ފަހަރު ހުރިހާ އެއްޗެއް ވަރަށް ދުރުހެން ހީވާތީ.”ޝިރުހާ މަޑުމަޑުން ހިނިތުންވެލިއެވެ.  “މިފަދަ ދަތުރުތައް ބާއްވަނީ އެކަމަށްޓަކައި. ދުނިޔެ ކުރިއަށް ދާކަން އަހަރެމެންގެ ހަނދާންކޮށްދޭން.”

އީދިގަލި ކިޅި އަށް ޚުބާބްމެން ފޯރުމާ ހަމައަށް ވާރޭ ވެހުނެވެ. އެމީހުންގެ ކުރިމަތިން ކަނޑު ނިމުމެއް ނެތި ފެތުރިފައި ވެއެވެ. ގަދަ ނޫކުލައިގެ، ނިމުމެއް ނެތް، ބާރުގަދަ ކަނޑެވެ. އައްޑޫގެ އެންމެ ދެކުނު ކޮޅު އޮތީ އަޑުއަހާލަން ހިތްފަސޭހަ ގޮތަކަށެވެ. ބާރުގަދަ ގޮތަކަށެވެ. ބިން ނިމި، ހުޅުވާލެވިފައިވާ ކަނޑު ފެށޭ ހިސާބުގައި ރާޅުތައް ގާގަލުގައި ޖަހަމުންދިޔައެވެ.
މިލީހަމްމެން އެތާނގައި ވަރަށް ގިނަ އިރު ވަންދެން ހިމޭނުން ތިއްބެވެ.

 

ޝައިނާ އޭނާގެ ބޫޓުތައް ނައްޓާލާފައި ކަނޑުގެ ބޯޑަރަށް ހިނގައިގަތެވެ. އޭނާގެ ކަޅު ހެދުން ތެތް ވެލީގައި ބީހިލަމުން ދިޔައެވެ. ސާއިލް އޭނާގެ ފަހަތުން ގޮސް އޭނާގެ ކައިރީގައި ހުއްޓުނެވެ.

 

“އިނޫ ކޮއްކޮ” އޭނާ މަޑުމަޑުން ބުންޏެވެ. “ތިހެން ނޫޅިބަލަ މަންމަމެންވެސް ދެރަވެފައި އެތިބީ ބަލަން.”

 

ޝާއިނާ އުދަރެހަށް ބަލާލިއެވެ. “އަހަރެން ބޭނުންވަނީ ހަމައެކަނި އަހަރެމެންނަށް މި ހުއްދައިގައި ދެވޭ އެންމެ ދެކުނު ކޮޅު ބަލާލަން… ކުޑަ ވަގުތުކޮޅަކަށް ވެސް ހުރިހާ އެއްޗެއް ދޫކޮށްލާފައި ދާން.” އަދި ބުނެލިއެވެ.

 

ލީނިޔާ އެމީހުންނަށް ބަލަން ހުރިއިރު އޭނާގެ ހިތުގައި ވޭން އެޅިއެވެ. އޭނާއަށް ކުށްވެެރިކިރެވެނީއެވެ. އެ ވޭތުކޮށްލުމުގެ އެ އިހުސާސް، އެއް ހިނދުކޮޅަކަށް ވެސް ވިޔަސް ގެއްލެން ބޭނުންނުވެއެވެ.

އުޑު ރަންކުލައަށް ބަދަލުވާން ފެށުމުން، މީލީ ގޮވާލިއެވެ، “އެންމެ ފޮޓޯއެއް ނަގާލަންވާނު އަހަރެމެން އެންމެން!”

 

ހުރިހާ އެންމެން ވެލިގަނޑުގައި އެއްވެ ތިއްބެވެ. ޝިރުހާ އޭނާގެ ފިރިމީހާގެ ކައިރީގައި ހުރެ، އޭނާގެ އަތުގައި ހިފާލިއެވެ. ޝައިނާ ހުރީ ލީނިޔާގެ ކައިރީގައެވެ. އޭނާގެ މޫނުމަތީގެ ހާލަތު މިހާރު މަޑުކޮށް ހަމަޖެހިފައި ވެއެވެ. ޝާކިރުބެ އާއި ސާމިޔާދައްތަ އެމީހުންގެ ދަރިންގެ ކައިރީ ތިއްބެވެ. ހިތާމަޔާ އެކު ވެސް ފަޚުރުވެރިވެގެންނެވެ.

 

ކެމެރާ ޖައްސާލިއިރު، ހަމައެކަނި މޫނުތަކަށްވުރެ ބޮޑު އެއްޗެއް ހިފާލައިފިއެވެ. އެއީ އެެންމެންގެ ހިތް ރަނގަޅުވުމާއި، ހިތް ކުދިކުދިވުމަށްފަހު ލިބުނު ހިމޭންކަމުގެ ބާރުގަދަކަމެވެ. ހިފާލައިފައި ކެތްތެރިކަމެވެ.

 

ކުއްޔަށް، ނެގި ގެޔަށް ގަމަށް ހުރީ ކުދިން އައެވެ. ފެންވަރާ ތާޒާވިއެވެ. ރޭގަނޑުގެ ކަނުއަދިރިކަން އެންމެ ހޭދަކުރާނީ އެނގޭގައެވެ. ރަށް ދާނީ އަދި ދެ ދުވަސްފަހުންނެވެ.

އަމާން އޮމާން ހަވީރެކެވެ. ހެދިކާ ގަނެގެން ދިޔައީ ދޮންވެލި މޫދަށެވެ. އެތާ ސައިބޯން އިށީނދެ ކުދިންތައް މަޑު ލަވަޔާއެކު ބީޗު ކައިރީގައި ތިއްބެވެ.

ސައިބޯން ނުފަށާ ލީނިޔާ ބަލަން އިނީ ހަނދުވަރުގެ އަލިކަމުގައި ރާޅުތައް ވިދާލާ ގޮތަށެވެ. ޝިރުހާ އޭނާގެ ބޯ ސާއިލްގެ ކޮނޑުގައި ޖައްސާލިއެވެ. ކާއެއްޗެހި ހުރީ ކައިރީގައެވެ. ޝައިނާ ދުރުގައިއިނީ، ސައިބޯން ހިމޭން ނަމަވެސް ހިތްފަސޭހަ ކަމާއެކުގައެވެ.

” ލީނިޔާ: ދިރިއުޅުން ބައިބައިވެގެންދާއިރު ވެސް، ކަނޑު ރާޅުޖަހާލަ ޖަހާލަ ދެމި އޮންނާނެތާ.” ލީނިޔާ އެހެން އިނދެފައި ބުންޏެވެ.

ދޮންތަ ސާއިލާ ކަމުން ކަމުން އެބުނުމަށް ބޯޖަހާލިއެވެ. ” ސާއިލާ: ބެލެވޭ، އަހަރެމެން މިތަނަށް އައީ އެކަން ހަނދާންކުރަންކަން ވެސް.”

ލީނިޔާގެ ހިމޭންކަން އެންމެންނަށްވެސް އެނގެއެވެ. އެފަދަ ގޮތެއް ވުމުން އަސަރުކުރާނެއެވެ. ދެރަވާނެއެވެ. އެއީ އިންސާނީ ތޮބީއަތެވެ.

 

ލީނިޔާއަށް މަޑުމަޑު އިހުސާސެއް ވިއެވެ. ދިރިއުޅުން އަލުން ފަށަމުން އޭނާއަށް އަލުން ނޭވާލެވިދާނެ ކަމުގެ އިހުސާސެކެވެ.

 

ކަނޑު އަނދިރީގައި މަޑުމަޑުން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި އޭނާ އަނބުރާ ސިއްރުސިއްރުން ބުންޏެވެ.

“ތިބާއަށް ހުރިހާ އެއްޗެއް ފެނުނޭ. އެހެން ނަމަވެސް، އަދިވެސް އެއިރު އަލުން އަރަން ތިބާ ދޫކޮށްލީނު.”

އެރޭގެ ހަނދާންތައް އަދިވެސް ސިއްރުސިއްރުން ލިނީ އާއި ވާހަކަދައްކައެވެ. އެކަމަކު އެއިން އޭނާގެ ހިތް އިތުރަށް ވެރިކަމެއް ނުކުރިއެވެ. ސަބަބަކީ، އައްޑޫގެ އެންމެ ދެކުނުގެ ކޮޅުން، ބިން ކަނޑާ ބައްދަލުކުރާ ހިސާބުން، އޭނާއަށް ހަމަޖެހުމުގެ ފުރަތަމަ ރަހަ ފެނުމެވެ.

“އެހަނދާނުން ފިލައިނުދިޔަ ދަތުރުގެ އެދުވަހަށް ގޮސްލަމާހެވެ.”

މިއަދު އޮތީ ރާއްޖޭގެ ދެކުނަށް ދިއުމެވެ.
އާންމުންނަށް އެއީ ދެވޭ ހިސާބެއް ނޫނެވެ.  ދެވޭނީ
ވަކި ޚާއްސަ ހުއްދައެއްވެސް ނަގައިގެންނެވެ.

ދަތުރަށް ފުރީ މެންދުރުފަހު ކައިގެންނެވެ. ބޮޑު ދެބަގީ އޮތީ ދަތުރުދާން ކުއްޔަށް ނަގާފައެވެ. އައްޑޫގެ ރަށްތައް ގުޅިލާމެހުމަކީ އަޖައިބެއްކަހަލައެވެ. އެއްރަށް އަނެއް ރަށާ އޮންނަނީ ފައިމަގުން ގުޅިލާމެހިފައެވެ. މިއީ ސީނު އަތޮޅަށް ލިބިގެންވި ނިޢުމަތެކެވެ.

މިތާނގެ ވައިގެ ރަހަ އަކީ ލޮނާއި އިރުގެ އަލިކަމުގެ ރަހައެވެ. ކަނޑު މަޑުމަޑުން ހީލަމުން، ކުރީގެ ރަސްތަކުގައި މި ހިފާފައިވާ ހުރިހާ ދަތުރުވެރިންގެ ވާހަކަތައް ސިއްރުސިއްރުން ކިޔައިދެއެވެ. ފައިދަށުގެ ވެލި، މުގުރި މުރަކަ ފަދައިން ފަނޑުކޮށް ހުރެއެވެ. ހޫނުކަމާއި ދިރުމާއި އެކުއެވެ. އައްސޭރިފަށުގެ ކުޑަ ދުރުމިނެއްގައި، މިޔަރު މަސްތައް “ޝީޝާގެ” ދަށުގައި ހިނގާ ހިޔަނިތަކެއް ފަދައިން ދުވަމުންދިޔައެވެ. ވައި ހިނގާނީ އިންސާނަކަށް ވުރެ ބާރު ރާގުގައެވެ.

އައްޑޫ ސިޓީގެ ގަމުގެ ބޯޑަރުގެ އެންމެ ފަހު މަގު ވެލީގެ ތެރެއަށް ގެއްލިގެންދާ ހިސާބުގައި، ދިވެހިރާއްޖޭގެ އެންމެ ދެކުނު ކޮޅު ލައްވާލައިފައެވެ.  ޚުބާބްމެންނަށް އެތަނަށް ފޯރީ ހަވީރުއެވެ. އެެއީ ދުނިޔެ ނިމިގެންދަނީ އަލިކަމާއި ފެނުގެ ތެރެއަށް ކަމުގައި ހީވާފަދަ ތަނެކެވެ.

އޭގެ ފަހަތުގައި، ރަށްތައް ވަނީ ކާނިވަޅުތަކާއި ފާލަންތަކުގެ ސިލްސިލާއެއްގެ މަތިން “މަރްޖާނު” ކަޅުވާފަތިކޮޅެއް ފަދައިން ފެތުރިފައެވެ. ކުރިމަތިން، އިންޑިއާ ކަނޑު ނިމުމެއް ނެތި ހުޅުވިފައި ވެއެވެ. އެއީ އުޑުގެ ލޯގަނޑެކެވެ.

އަބަދީ އަރިމަތީގައި، ބިމުގެ މެދު ރޮނގު، ނުވަތަ އިކުއޭޓަރ، ފާހަގަކުރާ ކުޑަ ބިނާއެއް ހުއްޓެވެ. ބިމުގެ މެދު ނޭވައިގައި ސީދާކޮށް ހަމަޖެހިފައި، އުތުރުގެ ބިމުފަށުގައި އެއް ފައި، އަދި ދެކުނުގެ ބިމުފަށުގައި އަނެއް ފައި ބަހައްޓައިގެން ތިބެވޭނެއެވެ. މިހާ ހަމަހިމޭން، މިހާ ފުރިހަމަ ތަންތަން ވަރަށް މަދުވާނެވެ.

އިރު އޮއްސުންއިރު، އުދަރެސް ވިރުނު ކުލަތަކެއްގެ ތެރެއަށް ގެއްލިގެންދިޔައެވެ. އެކުވެ، ކަނޑުގެ އަނދިރިވާ ހިސާބުން ނޫކުލައިގެ ތެރެއަށް ފިޔާތޮށި، ރަން، އަދި “ވައިލެޓް” ކުލަ ގުޅިގެންދިޔައެވެ. ވައި މަޑުވިއެވެ. ތަރިތައް ހިމޭނުން އަންނަށްފެށިއެވެ. އެ ހިނދުކޮޅަކަށް، ދުނިޔެ ނޭވައެއް ލުމަށް މަޑުޖެހޭ ފަދައިން، ވަގުތު މަޑުޖެހިގެންދާހެންވެސް ހީވިއެވެ.

މިއީ ފަތުރުވެރިން ބުނާހެން ނަމަ ސުވަރުގޭގެ ބޯޑަރެވެ. ދިވެހިރާއްޖޭގެ އެންމެ ފަހު ރާޅު، އިންތިޒާރުކުރާ ކަނޑުގެ ތެރެއަށް ނޭވާލާ ތަނެވެ.

” ސާއިލް: ލީނިޔާ، ލިނީ، ލިން، ލިންޓޭ” މުޅިން އެހެން ދުނިޔެއެއްގައި އިން ލިީނިޔާއަށް ސާއިލް ގޮވަމުން ދިޔައެވެ.
ބިރެއް ފެނިގެންހެން ލީނިޔާ ދެލޯ ހުޅުވާލިއެވެ. ކުރިމަތީ ހުރި އިއްލެވެސް ސިފަވީ ޖިންނިއެއް ހެންނެވެ. އެހެންކަމުން ބާރު ބާރަށް ހަޅޭތް ލަވައިގަތެވެ.
“ލީނިޔާ: އާ އޭ… ދުރައްދޭ.. ލާއިލާހަ…” އެހީއަށް އެދި ލީނިޔާ ކިޔުންހައި ހެޔޮ އެއްޗެއް ކިޔަންފެށިއެވެ.

“ސާއިލް: ސާބަހޭ މީ މަށޭ ލިންޓޭ” ސާއިލް ބޭނުންވި ސަމާސާކޮށްލާށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެރޭގެ ފަހުން އެހާ ވަރަށް ލިނީ ހިނިތުންވި މީ ފުރަތަމަ ފަހަރެވެ.
“ލީނިޔާ: ދެން ނޫން އެންމެން ތިހެން ކިޔަން ފަށާފާނެ” ލީނިޔާ ހެވިފައި އިނދެ ބުނެލިއެވެ. އެނަމަކީ ލިނީއަށް ވަރަށްވެސް ޚާއްސަ ނަމެކެވެ. ބައެއް ފަހަރު ބާސިލް ލޯބިން އެހެން ކިޔާ އުޅުނޭނެވެ.

ބާސިލަކީ ލީނިޔާގެ އަލަތު ލޯތްބެވެ. މިދުނިޔެއިން އެންމެ ލޯބިވި ފަރާތެވެ. އެކަމަކު އެގުޅުން ބޮޑުތަނުން މިވަނީ މިހާރު ހުއްޓިފައެވެ. އެއްވެސް ހާލެއްގައި މީ ލިނީ ވާން ބޭނުންވި ގޮތެއް ނޫނެވެ. ވާން އެދުނުގޮތެއްވެސް ނޫނެވެ.

މީހެއްގެ އެހީއަށް އޯގާތެރި ބަސްތަކަށް ބޭނުންވި ދުވަހު އުޅުނީ ހަތަރުކަޅިވެސް ހަމަނުކުރާށެވެ.  އަހަރެން ހުންނަށް ތާކުވެސް ނުހުރެވޭތޯއެވެ.

އެހީވެދީ ހިތްވަރު ދިނީ މިލީހަމްއެވެ. ވަރަށް ބޮޑު ނިންމުމެއް ނިންމައިފީމެވެ. މިލީހަމްގެ އަމަލުތަކުން ބާސިލްދެކެ ލޯބިވާވަރު ހާމަވެއެވެ. މިވީހާ ދުވަހުވެސް މިއުޅެވުނީ މަތިންބައިން ޖެހިގެންކަހަލައެވެ. އެއްފަރާތުންވާ ލޮތްބެއްގައި ކުރިފަޅާނީ ކިހިނެއް ހެއްޔެވެ؟ ދެން ހަމަ ލީނިޔާ ބާސިލްއާއި އުމުރަށް ވަކިވާނީ ހެއްޔެވެ؟ ނޫނީ މިލީހަމްއަށް ހިބަކޮށް އަރުވާނީ ހެއްޔެވެ؟

ނުނިިމޭ 🥰🫶🥀❤️😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހަވޭލީ – އަށާވީސްވަނަ ބައި

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
November 11, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
November 11, 2025

ހަވޭލީ – އަށާވީސްވަނަ ބައި

2 Comments!

  1. Anonymous says:
    November 11, 2025 at 7:52 pm

    i hate baasil so much like your gf was SAed by someone and you dont even care about her even the others are more nicer to her than her own boyfriend may this kind of love never find me if milee still has feelings for baasil after all this im really questioning her taste in men and i dont get why hubaab would also have a friend like that like theyre so different from each other

  2. Isnaa says:
    November 11, 2025 at 10:27 pm

    Thank you dear 🥀😊
    Baasil ah vaa goeh dhw
    Hubaab ah ves rangalhu gotheh vaane milee ah ves adhi lineeves
    Adhi vaahaka ithurah reethi vamun dhaanee kuriya IA
    Hope you like my stories 🫶🥰

Comments are closed.

Next Episodeއާއެކޭ ލޯބިވޭ ސޯޅަވަނަބައި ( ބައްޕަގެ ކުއްލި ވަކިވުމުން ކުރުވި އަސަރު)←


All Right Reserved!