ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-20 (ފަހުބައި)
“ހެހެ.. ފަހުން ބުނާން..” ޔޫޝައު މޫދަށް ބަލާލަމުން މާނަ ފުން ހިނިތުންވުމެއް ވެލިއެވެ.
އަހަރެންވެސް ހީލީމެވެ. ދެން އަަހަރެން ކުރިކަމަކީ ޔޫޝައު އަށް ޖެއްސުން ކުރުމެވެ. ލޯބިވާ ކުއްޖާއޭ ކިޔައި ޔޫޝައު ލަދުގަންނަވާލަމެވެ. އަހަރެންނަށް އެކަންވީ މަޖާކަމަކަށެވެ. އެކަމަކު..
*ޕާރްޓް-20(ފަހުބައި)
އެކަމަކު އަހަރެންގެ ހިތުގައި ޝަކުވާން އުފެދޭން ފެށިއެވެ. ޔޫޝައު އަށް އެލޯބިވެވުނީ ކާކު ދެކެ ހެއްޔެވެ. އޭނާ އަށް އެހެން ކީހެއް ދެކެ ލޯބިވެވުނީ އަނެއްކާ ކީއްވެހެއްޔެވެ. އަހަރެންގެ ހިތް ނުތަނަވަސް ވެފައިވަނީ މިސުވާލުތަކުންނެވެ.
އިރުކޮޅަކު އެހެން ތިބެފައި ގެޔަށް އައިރު 11 ޖަހާ ބޮޑުވެއްޖެވެ. ޔޫޝައު އަހަރެން ގެޔަށް ވަންނަން ދެން އިނެވެ. އަހަރެން ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލު ކޮއްލައިގެން އައިސް އެނދުމަތީ އޮށޯވެލީމެވެ. އަހަރެންނަށް ހަމަ ވިސްނެނީ ޔޫޝައު ބުނި ކަންތަކާއި މެދުއެވެ. އަނެއްކާ އޭނާ އެލޯބިވާ ކުއްޖާ އަށް ލޯބި ހުށައަޅައިގެން އެކުއްޖާ އާއި އެކީ އުޅެފާނެ ހެއްޔެވެ.
އެކަހަލަ ހިޔާލު ތަކެއްްގައި އޮއްވައި އަހަރެންނަށް ނިދުނެވެ. އޭގެ އަނެއްދުވަހު އަހަރެންނަށް ހޭލެވުނީރު 10:30 ވެއްޖެވެ. އަހަރެން ރީތިވެ ހަދައިގެން އައިސް އެނދުގައި އޮށޯވެލީ ވަރުބަލި ކަން އިހުސާސް ކުރެވެމުން ދާތީއެވެ. އާދައިގެ މަތިން އަހަރެން އޮތީ ޑްރާމާ އެއް ބަލާށެވެ. ނަމަވެސް އަަހަރެން ސިއްސައިގެންދިޔައީ ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުންނެވެ. ބަލާލީރު މަންމަ އެވެ. އަހަރެން ފޯނު ނަގައިފައި ކަންފަތުގައި ޖައްސާލީމެވެ. ފުރަތަމަވެސް އިވުނީ މަންމަގެ ރުއިމުގެ އަޑެެވެ. ކަމެއް ގޯސްވެއްޖެކަން އަހަރެންނަށް އެނގުނެވެ.
“ރާނިޔާ.. ނިކަން އަވަހަށް ބައްޕަގެ އައިޑީކާޑު ހިފައިގެން އައިސް ބަލަ ހޮސްޕިޓަލަށް.. ބައްޕަ އެކްސިޑެންޓް ވެގެން މިއުޅެނީ..” އަހަރެންގެ ހިތައް ހީވީ ހޫނު ފެންއެއްޗެއް އޮށްސާލިހެންނެވެ. އަވަސް އަވަހަށް އެނދުން ތެދުވެގެން ދުއްވަގަތީމެވެ. މަންމަމެން ކޮޓަރިއަށް ވަދެ ޑްރެސިންޓޭބަލްގެ ދަމާވަތްގަނޑު ހުޅުވައިލައިފައި އަހަރެން ހޯދަން ފެށީ ބައްޕަގެ އައިޑީކާޑަށެވެ. ހާސްވެފައި ހުރިވަރުން އަހަރެންގެ ހަރަކާތްތަށް އަވަހެވެ. ބައްޕެގެ އައިޑީކާޑު ފެނިއްޖެވެ. ހަމައެފަދައިން އެހެން އެއްޗެއްވެސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ ފޯމެކެެވެ. އަހަރެން ޝައުގުވެރިވެ ހުރެ އޭތި ނެގީމެވެ. “އެޑޮޕްޝަން”ގެ ނަމުގައި އިން އެފޯމު ފެނި އަހަރެން ހައިރާންވިއެވެ. މަންމަމެން އެއްވެސް މީހަކު އެޑޮޕްޓެއް ނުކުރެއެވެ. އޭގައި ލިޔެފައި އިން ނަން އަހަރެން ބަލާލީމެވެ.
“އައިޝަތް ރާނިޔާ..” އަހަރެންގެ ދެލޯ ބޮޑުވިއެވެ. މީހާ ހުއްޓުން އެރިއެވެ. އަހަރެންމީ އެޑޮޕްޓް ކުރި ކުއްޖެއް ހެއްޔެވެ. އަހަރެންމީ މަންމަމެންގެ އަސްލު ދަރިއެއް ނޫންހެއްޔެވެ. ދެން އެހެންވީރު.. އަހަރެންގެ އަސުލު މައިންބަފައިން ކޮބައި ހެއްޔެެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އެގަނޑު ހިފައިގެން އައިސް އަހަރެންގެ ކޮޓަރިއަށް ލައިފައި އަހަރެން އަވަހަށް ދިޔައީ ހޮސްޕިޓަލަށެވެ. މިވަގުތު އެއިނގުމައްތުރެއް މުހިންމީ ބައްޕަގެ އައިޑީކާޑު ހިފައިގެން ދިއުމެވެ.
ހޮސްޕިޓަލަށް ދިއުމުން އިނގުނީ އެއީ ބައްޕް މާބަރަށް ދުއްވައިފައި ދަނިކޮށް ހަމަ އެވަރު ސްޕީޑެއްގައި އައި ސައިކަލެއްގައި ޖެހިގެން ވީކަމެއް ކަމެވެ. ހޮސްޕިޓަލުގައި އިނީރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ އެ ފޯމާއި މެދުއެވެ. މަންމަމެން އަހަރެން އެޑޮޕްޓު ކުރީ އަހަރެންގެ އުމުރުން ކިހާވަރެއްގައި ހެއްޔެވެ. އަހަރެން ކައިރީ މިވާހަކަ ނުުބުނީ ކީއްވެހެއްޔެވެ. އަހަރެން އެޑޮޕްޓް ކުރަން ޖެހުނީ ކީއްވެހެއްޔެވެ. ހިތުގައި އެތަކެއް ޝަކުވާއެއް އުފެދެމުން ދިޔައެވެ.
ހަމަ އެދުވަހު ބައްޕަ ދޫކޮއްލެވުނެވެ. އެހާ ސީރިއަސް ކަމެއް ވެފައި ނެތިމާއި އެކު ޑަކްތަރު ވަނީ ގިނައިން އަރާމުކުރުމަށް ބައްޕަ ކައިރީ ބުނެފައެވެ. މަންމަމެންނާއި އެކު އަހަރެންވެސް ގެޔަށް އައީމެވެ. އަހަރެން ހުރީ އެވާހކަ ފަށާނެ ގޮތެއް ނެއިންގިފައެެވެ. މިވަގުތަކީ އަނެއްކާ އެވާހަކަ ދައްކަން އެއްމެ ރަގަނޅު ވަގުތު ހެއްޔެވެ. އާންއެކެވެ. އަހަރެން ބޭނުމީ މިވަގުތުން މިވަގުތަށް ހަޤީޤަތް އެނގޭށެެވެ. މަންމަ ބައްޕަ ގޮވައިގެން ބަދިގެޔަށް ވަނުމުން އަހަރެން ގޮސް ކޮޓަރިއަށް ވެދެ އެފޯމު ނެގީމެވެ. ބަދިގެޔަށް ވަނުމުގެ ކުރިން ފުންނޭވާއެއް ބޭރުކޮށްލީމެވެ. އަހަރެންގެ ހިތުގައި އުފެދެމުންދާ ހުރިހާ ސުވާލު ތަކުގެ ޖަވާބު ހޯދައިފައި މެނުވީ ހުއްޓާނުލުމަށް އަހަރެން ވައުދުވީމެވެ.
އަހަރެން ވައިން ވަގުތަކީ މަންމަ ބައްޕަ އަށް ޖޫސްތައްޓެއް ހިފައިގެން އައި ވަގުތެވެ. އަހަރެންނާއި ދިމާއަށް ބަލައިލައިފައި މަންމަ އިށީނެވެ.
“މީ ކޯއްޗެއް..؟” އަހަރެން އެގަނޑު ހުޅުވައި މަންމަމެންނަށް ދައްކާލީމެވެ. ބައްޕަ އާއި މަންމަގެ ވެސް މޫނުމަތި ހުދުކަފަކޮޅަކަށް ބަަދަލުވިކަހަލައެވެ. އަހަރެން އިނީ ބައްޕަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“ރާނިޔާ މިހާރު އަހަރެެމެންގެ ކޮޓަރިން އެއްޗިހި ހާވަނީ ދޯ..” ބައްޕަ ވަރަށް ރުޅިއައިސް ހުރެ އަހާލިއެވެ. މަންމަގެ މުނުމަތިން ފެންނަންހުރީ ހާސްކަމާއި ޖެހިލުންވުމެވެ.
“ހޭވީކީ ނޫން.. ފެނުނީ.. ކީއްވެ އަހަރެން ކައިރީ ނުބުނީ..؟” އަހަރެންގެ ކަރަށް ވާންވިއެވެ. ވާހަކަ ދައްކަން އުދަގޫވިއެވެ.
“ކޮންމެހެން ރާނިޔާ ކައިރީ ބުނެގެން ވާނެ ފައިދާއެއް އެބައޮތްތަ..؟ އަހަރެމެން ބޭނުންވެގެން ރާނިޔާ އެޑޮޕްޓު ކުރީ..” މަންމަ ބުނެލިއެވެ.
“އެކަމު.. ދެން އަހަރެންގެ އަސްލު މައިންބަފައިން ކޮބާ..؟” އަހަރެންގެ ކޯތާފަތްމަތިން ކަރުނަ ތިއްކެއް ވެއްޓުނެވެ. ނޮރޯން ކިތައްމެ ހިއްވަރެއް ކުރިއަސް ހަމަ ރޮވުނީއެވެ.
“މަށަށްތަ އިގުނީ.. ޕިސް ޕިސް.. ދަރިޔެއް ގެންގުޅުމަކީ ހަމަ ތުރާލެއް..” ބައްޕަ ނިއްކުރީގައި ފިރުމާލަމުން ބުނެލިއެވެ.
“އެހެންވީރު ކީއްކުރަން އަހަރެން އެޑޮޕްޓް ކުރީ.. ދަރިޔެއް ބޭނުންނޫނިއްޔާ ކީއްކުރަން.. އަހަރެންނަށް މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުމެއް ނުލިބުނު.. އެއްމެ ފުރަތަމަ އަހަރެންނަށް ހިމާޔަތެއްވެސް ނުދިން.. އަހަރެން އެއްމެ ދެރަވެ ހިތާމަ ކުރިދުވަހުވެސް އެކަނި މާއެކަނި އޮންނަންޖެހުނީ، އަބަދު އިވެނީ މަންމަ އާއި ބައްޕަގެ ހަޅޭކުގެ އަޑު.. ކީއްވެ ކީއްވެ.. އަޅެ އަހަރެން ބޭނުން ނޫންނަމަ އަހަރެން ދޫކޮއްލި ނަމަ..” އަހަރެން ހިތައް އައިހާ އެއްޗެއް ކިޔާލީމެެވެ. ހިތުގައި ޖެހިފައިވާވަރުން ހިތުގައިވީ ޝަކުވާވެސް ބަންޑުން ކޮށްލެވުނެވެ.
“ބަލަ އަހަރެމެންވެސް ކަލޭ އެޑޮޕްޓް ކުރީކީ ބޭނުންވެގެނެއް ނޫނޭ.. މަގޭ މަންމަމެން ކިޔާވަރުން.. އެއްމެފަހުން އަހަރެމެން ދެމީހުން މާލެއަށް ގޮސް ކަލޭ ނަގައިގެން ދިޔައީ ބޭރަށް.. އެތަނުން ކަލޭ ބޮޑުވެގެން އައީ ރަށަށް.. ދެން މިހާރު ތިބުނަނީ ބޭނުންނޫންނަމަ ދޫކޮށްލާށޭތަ.. ކަލޭ ބޭނުންވަނީ އަހަރެމެން މުޅި މުޖުތަަމައު ތެރޭ ބޭޒާރު ވާންތަ..” ބައްޕަގެ އަޑު ބާރެވެ. އެހުރިހާ ވާހަކައެއް ކިޔައިދިނީރު އަހަރެން އިނީ ޖެހި ބުދެއްހެންނެެވެ. ކަންފަތަށް މިއިވެމުން ދަނީ ހަމަރަގަނޅަށް ހެއްޔެވެ.
“ބުނަން.. ތިއީ އަހަރެންގެ މަންމަ އާއި ބައްޕަ އެއް ނޫން.. އަހަރެން ދުވަހަކުވެސް، ދުވަހަކުވެސް ތިދެމީހުންނަކަށް މަޢާފެއް ނުކުރާނަން.. ތިޔަ ދެމީހުންނާއި ހެދި އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދު ވެއްޖެ.. ތިކަހަލަ އަނިޔާވެރިން ކައިރީގައި އެއްމެ ސިކުންތު ކޮޅަކުވެސް ހުންނާކަށް އަހަރެން ބޭނުމެއް ނޫން..” އެހެން ބުނެ އަަަހަރެން އެފޯމު މޭޒުމައްޗަށް ޖަހާފައި ނުކުމެގެން ހިގައިގަތީމެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ބާރަށް ހިގައިފައި ގޮސް ގެއިންވެސް ނުކުތީމެވެ. އަހަރެން މިސްރާބު ޖެހީ އައިޓީ އެސްޓީ ބިލްޑިން އާއި ދިމާއަށެވެ.
ދެރަވެއްޖެވެ. ރުޅި އައިސްއިއެވެ. ބޭނުންވަނީ އެއްޗެއް ހަލާކު ކޮށްލާށެވެ. ބޭނުންވަނީ ހަޅޭލަވައިގަންނާށެވެ. ހިތުގައި މިއަޅަމުން ދާވޭން އެހެން މީހަކަށް ނޭނޣޭނެއެވެ. އަހަރެން މިއޮށްހާ ދުވަހު މިއުޅެނީ ކޮންކަހަލަ މީހުންތަކެއް ކައިރީ ހެއްޔެވެ. މަންމަ އާއި ބައްޕަ މިކިޔުނީ ކާކަށް ހެއްޔެވެ. އެދެމީހުންނާއި ހެދި އަހަރެން ކުރިމަތިލާން ޖެހިފައި މިވަނީ ކިހާ ބޮޑު ވޭނަކާއި ހެއްޔެވެ. ފުރަތަމަ ސްކޫލު ދައުރުގައެވެ. އެތަށް ކުދިންގެ މަލާމާތުގެ އަޑު އަހަރެން އަޑުއަހަން ޖެހިފައި ވެއެވެ. އެކަމުންވެސް ސަލާމަތެއް ނޮކެއް ދެވުނެވެ. ލެވީ ހަޅޭކެވެ. ކީ އެއްޗިއްސެވެ. ކޮށްލީ އެކަނި ވެރިއެވެ. މުޅި ދުނިޔައްވެސް އެކަނި ވީއެވެ. ސްކޫލު ދައުރު ނިމުން މީހަކާ ދެވީއެވެ. ކޮން މިޒާޖެއްގެ ކާކުކަމެއް ނޭނގެއެވެ. ޒާންވެސް ފުރަތަމަ ކޮޅު ވަރަށް ރަގަނޅެވެ. ފަހުން އަހަރެންގެ ފަރާތުން އޭނާ ބޭނުންވީ ހުސްމެން ހިތްހަމަ ޖެހުމެވެ. ކުރީ އަނިޔާއެވެ. ނަސީބު ރަގަނޅުކަމުން އެކަމުން ސަލާމަތް ވިއެވެ.
އަހަރެން މިއީ ކިހާ ބޮޑު ބަދުނަސީބު ވެރިއެއް ހެއްޔެވެ. އަޅެ އަހަރެންގެ އަސްލު މައިންބަފައިން ކޮބާހެއްޔެެވެ. އަހަރެންހގެ އަސްލު މަންމަ އަހަރެން ފިވައްސަށް ލީ ކިއްވެ ހެއްޔެވެ. މަގުމަތިން ދިޔަ އެތަކެއް ބަޔަކު ދިޔައީ ބަލަމުންނެވެ. އެކަމަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ގޮސް އެބިލްޑިންގް އެއްމެ މަތީ ބަޔަށް އެރީމެވެ. ޓެރެސް އަށް ނުކުތީމެވެ. އަހަރެން ކަރުނަތަށް ފޮހެލީމެވެ. ހިތްވަރު ކޮށްލާފައި ރެއިލިން މައްޗަށް އެރީމެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. އަހަރެން ހިތްވަރު ކޮށްލާފައި ތިރި ބަަލާލީމެވެ. އޭރުވެސް އެތަކެއް ދުއްވާއެއްޗިއްސެއް އުޅެއެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ހަދަ މައްޗެވެ.
އަހަރެން ތިރި ބަލަމުން ދިޔައިރުވެސް މީހާ ދިޔައީ ގިސްލަމުންނެވެ. ސިކުނޑި ރޮއި އާދޭސް ކުރަމުން ދިޔައީ މިކަންތަށް ނުކުރުމަށެވެ. ނަމަވެސް ހިތް ގޮވަމުން ދިޔައީ މިނޫން ގޮތެއް ނެއްކަމަށެވެ. ދެން މި ދުނިޔޭގައި އުލެގެން އިތުރު ފައިދާއެއް ނޯންނާނެ ކަމަވެ. އަހަރެންގެ އަނދިރިވެފައިވާ ހަޔާތް އިތުރަށް އަލި ނުވާނެ ކަމެވެ. ކުރަން މިއުޅެނީ ކިހާ ބޮޑު ފާފައެއް ކަން އެނގެހުރެ އަހަރެން ބޭނުންވީ އަމިއްލަ ފުރާނަ ނަގާލުމަށެެވެ.
ހަމައެވަގުތު އަހަރެންގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފޭއްޓިއެެވެ. ސިހިފައި ބަލައިލެވުނެވެ. އެއީ ޔޫޝައު އެވެ. މިދުނިޔެއިންވެސް އަހަރެންނަށް ހެޔޮއެދޭ ހަމަ އެކަނި މީހެވެ. ނަމަވެސް އަހަރެންގެ ފަރާތުން ޔޫޝައު އަށްވެސް އުދަގޫވާނެއެވެ. އަހަރެންމިއީ ޔޫޝައު އަށް ބުރައަކަށް ވާކަށް ބޭނުމެއް ނޫނެެވެ. އަހަރެން އުޅުނީ ޔޫޝައުގެ އަތް ފޮޅު ވާލާށޭވެ.
“ރާނިޔާ މޮޔަވީތަ.. ކުރަން ތިއުޅެނީ ކިހާ ބޮޑު ފާފައެއްކަން އެނގޭތަ..” ޔޫޝައު އިނީ ހާސްވެފައެވެ. އަަހަރެންނަށް ހަމަ ރޮވެނީއެވެ.
“އަހަރެން ދޫކޮށްލާ.. އަހަރެން މިދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއްނެތް.. އަހަރެން ދެކެ ލޯބިވާ އެކަކުވެސް ނެތް.. އަހަރެން މިއީ ބޮޑު އެކަނި ވެރިއެއް..” އަހަރެެން އުޅުނީ ޔޫޝައުގެ އަތް ނެއްޓޭތޯއެވެ.
“އަހަރެން މިހިރީނު.. އަހަރެން ރަނިޔާ ދެކެ ވަރަށް ލޯބިވޭ.. ތިއީ އޭ އަހަރެން ލޯބިވާ މީހާ އަކީ ހެޔޮނުވާނެ.. ރާނިޔާ، ފައިބޭ ތިތަނުން.. ރާނިޔާ އަހަރެންނަށް ގެއްލިއްޖެއްޔާ އަހަރެން މޮޔަވެދާނު..” ޔޫޝައު އާދޭސް ކުަރަން ފެއްޓިއެެވެ. އަހަރެންނަށް ބާރަށް ރޮއި ގަނެވިއްޖެވެ. ޔޫޝައު ގައިގައި އޮޅުލައިގަނެވިއްޖެވެ. ޔޫޝައު އަހަރެން އެތަނުން ބޭލުއްވިއެވެ. އޭނާ އަހަރެންގެ ގައިގައި ބާރަށް ބއްދާލައިގެން ހުއްޓެވެ. އަހަރެން ޔޫޝައުގެ ކޮޑުގައި ބޯއަޅައިގެން އޮވެ ރޮނީއެވެ. ހިތުގެ އުދާސްތަށް ބޭރު ކޮށްލުމަށެވެ. އެހެން މީހަކު ނެތްނަމަވެސް ޔޫޝައު މިހިރީނޫން ހެއްޔެވެ. އޭނާ އަހަރެންނަކަށް ދެރަގޮތެއް ނަހަދާނެއެވެ. ރޮއި ރޮއިފައި ވަރުބަލި ވެގެން ހުއްޓާލީމެވެ. ޔޫޝަުއު އަހަރެންނާއި ދުރުވެލާފައި އަހަރެންގެ ލޮލުން ކަރުނަތަށް ފޮހެދިނެވެ. އަދި އަހަރެންގެ ނިތްކުރިއަތް ބޮސްދިނެވެ.
“އަހަރެން ދުވަހަކުވެސް ރާނީ ދެރަވާ ކަހަލަ ގޮތެއް ނަހަދާނަން.. ވަރަށް ލޯބިވޭ.. ކީއްވެތަ ރާނީ އަމިއްލައަކަށް މަރުވާން ތިއުޅުނީ..؟” ޔޫޝައު އަހާލިއެެވެ. އަހަރެން ހުރިހާ ވާހަކެއް ކިޔައިދިނީމެވެ. ޔޫޝައު އިނީ އަޑު އަހާށެވެެ.
“ދެން ހިގާ ގެޔަށް ދާން..” ޔޫޝައު ތެދުވެފައި ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން ދާކަށް..” އަހަރެން ބުނެލީމެވެ.
“ބައްޕަ ފަރާތުން ވަލީ ހޯދަން.. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ރާނީ އަހަރެންގެ މީހަކަށް ހަދަން..” ޔޫޝައު އަހަރެންގެ އަތުގައި ހިފައިގެން ހިގައިގަތެވެ.
އަހަރެމެން ދެމީހުން ގެޔަށް ވަނީރު އެކަކުވެސް ފެންނާކަށް ނެތެވެ. ޔޫޝައު އަހަރެން ކޮޓަރިއަށް ލައިފައި ދިޔައީއެވެ. އަހަރެންނަށް ޔަގީން ވާކަމަކީ ޔޫޝައު އަހަރެންނަށް ދެރަގޮތެއް ނަހާނެ ކަމެވެ. ލޯބިން ގެންގުޅޭނެ ކަމެވެ.
*އެއް އަހަރު ފަސް*
އަހަރެން އިނީ ގޯތިތެރޭގައި ދުނިކޮށި ކައިރީގައެވެ. އޭރުވެސް ދޫނިތަށް އޭގެ ރީތި އަޑުން ލަވަކިޔަމުން ދިޔައެވެ. އަހަރެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މިހާރު މަންމަމެން ކޮބާހެއްޔެވެ. އެމީހުން އަހަރެން މަތިން ހދާން ވާނެ ބާއެވެ. އަހަރެން އެހެން ހުއްޓައި ޔޫޝައު އައިސް ފަހަތުން އަހަރެންގެ ގައިގައި ބައްދާލިއެވެ.
“ކޮންކަމަކާތަ މާވަރަކަށް ތިވިސްނަނީ..” ޔޫޝައު އަަހަރެންގެ ކަންފަތްބުޑުގައި ވައިއަޑުން އަހާލިއެވެ. މިހާރު އަހަރެމެން ދެމީހުން މިއުޅެނީ ކައިވެނި ކޮށްގެނެވެ. ޔޫޝައުހާ ރަގަނޅު ފިރިޔަކު ނުލިބޭނެއެވެ. ވަރަށް ހެވެއެވެ. އެހާމެ އޯގާތެރިއެެެވެ.
“ކަމެއް ނޫން.. ” އަހަރެން ބުނެލީމެވެ.
“ރާނީ.. ދެން ތިހެން ނީންދެ ސްމައިލް ވެލާބަ.. އަހަރެން ކައިރީ ހުރެގެން ރާނީ އެއްވެސް ދެރަށް ނުވާނެ.. އަހަރެން ރާނީ އަށް ރަގަނޅަށް ބަލާން.. އަހަރެން ރާނީ ދެކެ ވަރަށް ވަރަށް ލޯބިވޭ..” ޔޫޝައު އަހަރެންގެ ގައިގައި ބޮޑަށް ހިފާއްޓާލިއެވެ. އަހަރެންނަށް ހެވުނެވެ.
އާއެކެވެ. ޔޫޝައު އަހަރެންނަކަށް ދެރަގިތެއް ނަހދާނެއެެވެ. އެއަތް ތުރެ އޭނާ އަހަރެންދެކެ ލޯބިވެއެވެ. އަހަރެމެން ދެމީހުން އަތުގުޅުވައިލައިގެން ގޭތެރެއަށް ވަންނަން ހިގައިގަތީ އުފާވެމެ ހުރެއެވެ. މާޒީ ފަސްއަޅާފައި އާދިރި އުޅުމެއް ފެށީއެވެ. އާހިއްވަރަކާއި އާ ޖޯޝަކާއި އެކުގައެވެ.
*ނިމުނީ*
11 Comments!
Comments are closed.







Masha Allah mi story vrh reethi story ge season 2 eh nuliyan thr? Alhugandhah feney liyan ehaa ves mi story reethi umeedhu kuran liyaane kamah Curiously waiting
Lyy❤️❤️
Thank you..
I didn’t ever thoight of writing a seoson 2.. Actually mi story aki aslu muxo kuruvaahaka eh gothah liyan ulhunu vaahaka eh.. Ekamu dhiguve.. Hithaama aai ekee dhannavaalan mi vhk ge dhevana seoson eh nuliyan..
Ekamu ehen stories ves upload kuraanan..
Mi story ekey ehfadhain dhen alhugadu liyaa vahaka thakah ves support libeyne kamah unmeedhu kura… 🥰🥰🥰
Alheyy this was mi fav story
I want a season 2 ehaa vx reethi
Mashallah
Thank you…
Let me tell you, I need to think about it okay..
But i will let you guys know..
I am so happy to know that your fav story was this.. 🤗🥰
Tbh this story gets to be called a master piece!!
Aslu varah reethi mi story Maashaa Allah!
I also think you should write a season s2 but it’s up to you!
Hope to read more stories from ya!
Ly💗💗💗
Aww.. 🥰
V happy vehjje..
Alhugadu v visnan mihaaru thihen buneema
dhw..
I would let you guys know okay..👌
Abadhah vhk ge next part nereyru bunaana..
Anyways Very happy to know that you liked it.. ☺️
Wedding ainama!!
N raaniyaa ge real parents nohoadhaa valee libunee kihineh?
I meant valee hoadhan dhiyaee kaaku kairi ah heyyey?
Vaahaka reethi! But don’t make readers have other questions regarding the story
Wedding hama nuliyunee..
I also don’t know how.. 😭
Anyways Thank you! 🥰
Masha Allah this story is the best hama Season 2 eh liyan Alhugandhah ves feney this story is a master piece hama 1 vana Alhugandhu dheynan Alhugandhu ge furihama support libeyne insha Allah ☝️ Curiously waiting for your next story kon iraku abadhah lanyy
Thank you! Glad to know that I can count on you!
V ginakudin eba buney dhw season 2 eh liyan so I am still thinking!
Abadhah Inshaallah miadhu liyelaanan! Also Abadhah vhk ga alhugadu bunaanan if i would write a season 2 or not!
Masha Allah 🌹🥀
So so Cute cute couple Yooshau &❤️Raaniya Maybe you could add their wedding..&they have a blessing Cute cute baby A name start with “Y”..I am dreaming about it hehe Anyways, It’s so opinion if you want you could ✨ Curiously waiting for a bonus or Season 2
Lysmm ❤️Tc