މާޔާ ޓްރޭލާރ
މާޔާ އާ ޒައުލު ހިގަމުން ދިޔައީ ޕްލެޓިނަމް ސަރަހައްދު ފްލެޓްތައް ކައިރީ ހަވީރުގެ ވަގުތު ކަމުން ފިނި ބުރެއް ޖަހާލަންށެވެ. ޒައުލް މާޔާގެ އަތް ނަގާ މެޔާ ކައިރިކޮށްލަމުން ހިގަމުން ދިޔައެވެ. ކުޑަކުދިން ފެންނަ ކޮންމެ ފަހަރަކު މާޔާގެ ފިޔަވަޅު މަޑުވެލައެވެ.
“މާޔާ، މާ ބޮޑަށް ދެރަނުވޭ.. އިންޝާﷲ އަހަރެމެންނަށް ވެސް އަދި ދަރިޔަކު ލިބޭނެ” ޒައުލް މާޔާގެ އަަތަށް ފިތާލަމުން ބުނެލިއެވެ. މާޔާ ދެލޮލުން އައިސް ހުރި ކަރުނަތައް ފޮހެލުމަށް ފަހު ހިނިތުންވެލިއެވެ.
“ސަލާމް ސާރާ… މީ ދަރިފުޅުތަ؟” އިހަކަށް ދުވަހު މާޔާ މެން އެޕާރޓްމެންޓާ ޖެހިގެން ހުންނަ އެޕާރޓްމެންޓަށް ބަދަލުވި ސާރާ ފެނުމުން މާޔާ ގޮވާލިއެވެ. ސާރާގެ ހިގުން ހުރީ ސީދާ މާޔާ މެން ދެމަފިރިންނާ ދިމާލަށެވެ. ޒައުލަށް ސާރާ ފެނުމުން މާޔާގެ އަތުން ދޫކޮށްލެވުނެވެ. އަދި ސާރާ އާ ދިމާލަށް ދެލޯ ބޮޑުކޮށްލައިން ބަލަހައްޓައިން ހުރެވުނެވެ.
“ޒެލް… މީ އަހަރެން ބުނީމެއް ނުން 1102 އަށް އައިސިޔޭ އާ ބަޔަކު… ” މާޔާ ތައާރަފް ކޮށްދޭން ބުނެލިއެވެ.
“އައްސަލާމް އަލައިކުމް ޑޮކްޓަރު ޔޫސުފް ޒައުލް” ސާރާ ޒައުލްގެ ފުރިހަމަ ނަން ބުނުމުން މާޔާ ހައިރާންވިއެވެ.
“ކިހިނެއް ޒެލް އިގެނީ” މާޔާ އަހާލީ ހައިރާން ކަމާ އެކުއެވެ.
“ޒައުލް..އަހަންނަށް މާފްކުރޭ… މިހުރިހާ ކަމެއް މިވަނީ ޒައުލް އާ ހެދި.. މާޔާ މީ ޒައުލް އާ އަހަރެމެން ދެމީހުންގެ ދަރިއެއް” ސާރާ މިހެން ބުނުމުން މާޔާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ގޮއްމުއް ކަވާފައި ޖެހި ހެންނެވެ.
****
މި ތިންމީހުންގެ ދެމެދުގައި ކަން ހިގައިގެން ދާމެ ގޮތާ މާޔާގެ ހަޔާތަށް ދެން ވާނީ ކިހިނެއްކަން ބެއްލެވުމަށް މިވާހަކަ ކިޔުއްވާ.
އެހެން ވާހަކަ ތަކޭ އެއްވަރަށް މިވާހަކަ އަށްވެސް ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރަމެވެ. ޝުކުރިއްޔާ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




First of all that cover pic grabbed my attention lovely♥️♥️♥️
But cover pic ga 6 characters fennan huri iru trailer ga introduce kohffa huree 3 characters
But hope this story will be interesting and entertaining
Keep it up😊
Nice??
Nice??
If u really need support for your stories then reply to your readers comments first.🙄