އާއެކޭ ލޯބިވޭ… ތޭރަވަނަބައި ( ގުދުރަތުގެ ހިތްފަސޭހަ ނިއުމަތްތައް)
މިފަދަ ރީތި އަދި ފަރުވާތެރި ހެދުމެއް ފަހާފައިވާ ފެހުންތެރިޔާގެ ހުނަރުވެރިކަމާއި މަސައްކަތަށް ކޮންމެ މީހެއްގެ ފަރާތުންވެސް ވަރަށް ބޮޑު އަގުވަޒަންކުރުމެއް ލިބޭންޖެހޭނެއެވެ. “ހަމަ މިހާ ރީތިކޮށް މި ހެދުން ފަހާފައިވާ ފެހުންތެރިޔާ ހަމަ ވަރަށް ހުނަރުވެރި” ކަމަށް އެންމެން ބުނަމުންދާނެއެވެ. އެހެންކަމުން، ފެހުންތެރިޔާ ވެސް ވަރަށް އުފާކުރާނެ ކަމާމެދު ޝައްކެއްނެތެވެ.
މިހެދުން ފެހި ކުޅަދާނާ ފެހުންތެރިޔަކީ މިލީހަމެވެ. ދަތުރުގެ ތިންވަނަ ދުވަސް ދިޔައީ އުފަލާ މަޖަލުގައެވެ. ނޭނގޭ އެތައްކަމެއް އެނގި ދަސްވެގެންދިޔައެވެ. ދުނިޔޭގެ ދިރިއުޅުމަކީ ފިލާވަޅެކެވެ. މާދަމާ ދަސްވާނީ ކޮން ފިލާވަޅެއްބާއެވެ؟
********************************
މަސްދަތުރުދާން ގޭގެ އެންމެން އުޅުނީ އަވަދިނެތިއެވެ. ތިން ހަތަރު ބޯކިބާފިހުނެވެ. ދެވައްތަރުގެ ހެދިކާ ހެދިއެވެ. ފަތުމަސްހުންޔާއި ހުނިރޮށި ފިހުނެވެ.
ލީނިޔާ އާއި މިލީހަމްވެސް އުޅުނީ ފަތިސް ނަމާދުކޮށް ހަދައިގެން ނިކުމެ އަތްގާތްކޮށްދިނުމުގައެވެ. މިއަދުގެ ތާވަލްގައި އޮތީ މަސްދަތުރެވެ. އަންހެނުންތައް މިތާކައިރީ ފިނުޅަކަށްލާފައި ފަރުމަހަށް ނިކުންނަށްގޮތަށް އޮތީ ފިރިހެނުންނެވެ.
ފިނޮޅަކީ، ކުޑަ، ހުދު ދޮންވެލިގަނޑެއްގެ މަތީގައި، ފެހިކުލައިގެ ގަސްތަކުން ޒީނަތްތެރިވެފައިވާ، ކަނޑުގެ މެދުގައިވާ ހިތްގައިމު ކުޑަ ރަށެކެވެ.
ހެނދުނު ހައެއްޖެހިއިރު ފުރަން އެންމެން ނިކުމެއްޖެއެވެ. ދަތުރުދާން އޮތީ ބޮޑު ދޯންޔެއް ކުއްޔަށް ހިފާފައެވެ.
” ލީނިޔާ: އޯޗީޗީ މީގަތަދަނީ” ދޯނި ފެނުމާއެކު ލިނީ އޯކަށްދެމެންފެށިއެވެ. ދޯންޔަކާއި ދިމާބަލާލިޔަސް ލިނީގެ ރީތިކަމުން ބައެއް އުނިވާކަހަލައެވެ.
“މިލީހަމް: ހާދަ މަޖާވާނެ މިލީ އިންނާނީ ގެގަނޑުމަތީގައި” މިލީހަމް އުފާވެލައިފައި ބުނެލިއެވެ. ދޯންޔެއްގައި ދަތުރުކޮށްލުމަކީ އޭނާ ދެކޭ ދުވަސްވީ ހުވަފެނެކެވެ.
މުދާތައް އަރުވާ ނިމުމުން ދެންމީހުން އަރަންފެށިއެވެ. ފިރިހެނުންތައް އަރައި އަންހެނުންތައް އެރުމަށް އެހީވަމުންދިޔައެވެ. ދޯންޔަށް އަރަންއުޅުނު މިލީހަމްއަށް އެހީވުމަށް ޚުބާބް އަތްދިއްކޮށްލިއެވެ. އެކަމަކު އެތަގެ ބޭނުން މިލީހަމެއް ނުހިފިއެވެ. މާދުރުގައި ލީނިޔާއަށް ދިއްކޮށްގެން އޮތް ބާސިލްގެ އަތުގައި ހިފާލިއެވެ. ކުރުވި އަރާމު އިޚްސާސުގައި ބާސިލް މޫދަށް ނުވެއްޓުނީ ހަމަކިރިޔާއެވެ. ފަކުރުން ދޯންޔަންއަރަން ނުކެރިގެން އުޅުނު ލީނިޔާ ދިޔައީ އެނބުރިގެންނެވެ. އައިގަދަ ރުޅީގައި އެކަނިމާއެކަނި އަރަން އުޅުނެވެ. އެހެން އުޅެނިކޮން ލީނިޔާ އަރައިގެން ހުރި ފައިވާނުގެ ކިބައެއް މޫދަށްވެސް ވެއްޓުނެވެ. އެވަރުންވެސް ދޫނުދީ އެކަން ކާމިޔާބުކުރިއެވެ.
މޫދު މާސްކުއަޅައިގެން ސާއިން ކަނޑަށް ވަގުތުން ފުންމާލިއެވެ. ލީނިޔާގެ ފައިވާން އަޑިއަށް ނުދަނީސް ސަލާމަތްކޮށްދޭށެވެ. ފައިވާން ނަގައިގެން އައިސް ދުރުގައި އިން ލިނީއަށް ސާއިން ދިއްކޮށްލުމުން ޝުކުރުއަދާކުރިއެވެ. “ލީނިޔާ: ޝުކުރިއްޔާ އިއްލެ އިނާ ދޮންތަގެ ދޮންބެ” ލީނިޔާ ހަމަޖެހެމުންބުނެލިއެވެ. އެ ފައިވާނަކީ އޭނާގެ ބައްޕަ އިންޑިއާއި އަންނަމުން ގެނެސްދިން ހަދިޔާއެކެވެ. އެ ނުފެންނަމަ ލިނީގެ މުޅިދުވަސް ބަނަވާނެކަހަލައެވެ. އެހާވެސް އެއީ ހާއްސަ ފައިވާނެކެވެ.
ދަތުރަށް ނައްޓާލީ އެންމެ ހަމަޖެހުނުކަން ޔަގީންކޮށްފައެވެ. ދިވެހިރާއްޖޭގެ ރީތި ކަނޑުތަކުގެ ތެރޭގައި ކުރެވޭ މިފަދަ ދަތުރުތަކަކީ، ހިތްފުރެންދެން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާ ދަތުރުތަކެކެވެ. މި ދަތުރުތަކުގައި ދިވެހި ކަނޑުގެ ރީތިކަމާއި، މޫދުގައި އުޅުމުގެ ހިތްގައިމުކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވޭކަހަލައެވެ.
ކުޑަކުދިންނާއި އަންހެނުން ފިނޮޅަށްބާލާފައި ސައިވެސް ނުބޮއެ މަހެއްނުބޭނިދާނެތީ އެވެރިން އަވަހަށް ފުރައިފިއެވެ. ޓެންޓެއް ޖަހައިދޭން ބުނުމުންވެސް މަޑުކޮށްނުލިއެވެ. އެއީވާ ވަރެއްގެ ބައެކެވެ. މަހެއް ބޭނުނަސް ކަންތައްފަށެއް އޮންނާނެއެވެ.
ހިމުން ދޮންވެލިގަނޑުގައި ކުނާފަތުރައިގެން ގެނައި ކާތަކެތި އަތުރަލިއެވެ. ފިނޮޅުގެ ވަށައިގެންވާ ކަނޑުގެ ސާފުފެނަކީ، މުތީގެ ފަދައިން ރީތި، ފެހިކުލައިގެ ފެނެވެ. އެ ފެނުގެ ތެރެއިން މޫދުގެ އަޑި ފެންނަހާ ސާފުވާނެއެވެ. އެ ސާފު ފެންގަނޑު ކައިރީ އިނދެ މިލީހަމް ހެނދުނުގެ ނާސްތާ ނަގަމުންދިޔައެވެ.
ލީނިޔާ އުޅުނީ އައި ގަދަރުޅިއާއި ވީ ދެރައިން އެންމެންނާއި ދުރުގައެވެ. ރޭގައި އޭނާގެ މަންމަ ވަނީ ބައްޕަ ބަލިވެގެން ހަސްފަތާލުގައި އެދުމަތިކުރިވާހަކަ ބުނެފައެވެ. އުފަން ބައްޕައަށް ނުވިޔަސް ދުލަކުން ގަލަމަކުން އެބައްޕަ އަހަރެންދެކެވީ ލޯބިނުލިޔެވޭނެއެވެ. އެއަށްވުރެ މާ މަތިވެރިއެވެ. އެންމެ ތުއްތުއިރުން ފެށިގެން އެބައްޕަ އަހަރެން ބެލީ ރަނެއް މަލެއް ފަދައިންނެވެ. އަހަރެންނާ އެއްގޮތަކަށްވެސް ލޭގެގުޅުމެއް ނުވާނެއެވެ. އެކަމަކު ހިތާހިތްވަނީ ލޯބިންފުރިފައެވެ. ގުޅިލާމެހިފައެވެ. ހެޔޮ ނަސާޙަތްދީ އަގުހުރިފިލާވަޅު ބުނެދިނެވެ. އަންހެންކުދިން އުޅެންވާނެ ހަގީގީ ގޮތްކިޔާދިނެވެ. ރައްކާތެރިވާން ބުނެދިނެވެ. އޭނާ ލާ ކުރުހެދުން ބައްޕައަކަށް ކަމަކުނުދެއެވެ. ވަރަށް އާދޭސްކުރިއެވެ. ބައްޕަގެ ދުލުން އެވާހަކަތައް އިވޭތީވެސް އެކަން އަހަރެން ވީ ކުރާހިތެވެ. ހުއްޓާހިތެއް ނުވިއެވެ. އަހަންނަކީ ގޮތްދޫނުކުރާ މީހެކެވެ. ވެދާނެއެވެ. މީ އަހަރެންގެ އަސްލު ބައްޕަގެ ކިބައިން ލިބިގެން އުޅޭ ހުތުރު ސިފަތަކެކެވެ.
ކަނޑު މަތީގައި އުޅޭއިރު، ވަށައިގެން ފެންނަނީ ނިމުމެއް ނެތް ނޫކުލައިގެ ކަނޑެވެ. ދިގުވެލާފައިވާ އުފުލިފައިވާ އުދަޔާއި، ކަނޑުގެ ސާފުވައިގައި ނޭވާލުމަކީ، ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ކުލަތައް އެކި ގޮތްގޮތަށް ބަދަލުވަމުންދާ ކަނޑުގެ ސާފުފެނުގެ ރީތިކަމާއި، އުޑުމަތިގައި އުފެދިފައިވާ ވިލާގަނޑުތަކުގެ ފުރިހަމަކަމާއެވެ. ފޮޓޯ ނަގައިގެން ވެސް ހިފަހައްޓަން ބޭނުންވާ މަންޒަރުތަކެވެ.
ދޯށި އުކާލަ އުކާލަ ހުރި ބާސިލްއަށް މަހެއް ބެވޭގޮތެއްނުވިއެވެ. ޚުބާބް އާއި ސާއިލްއަށްވެސް މިހާރު ދެތިންމަސް ބޭނިއްޖެއެވެ. އެހެންނޫނަސް ބާސިލްގެ ނަޒަރު ހުރީ ކަނޑުގެ ހަމަހިމޭންކަމަށެވެ.
މަހަށް ނިކުމެ އުޅުން އިރު ދަތުރުމަތީގައި، ފެންނަމުންދާ ކޯމަސްހާއި އެނޫން ވެސް ކަނޑު ސޫފިތަކަށެވެ. ހާދަހައި ފުރިހަމައެވެ. ކަނޑުގެ މައްޗަށް އަރާ އިރުގެ ދޯދިތަކާއި، އަރައިގަންނަ އިރުގެ ރީތިކަމާއެވެ. މީ ދިވެހި ކަނޑުގެ ހިތްގައިމުކަން އިތުރަށް ދައްކުވައިދޭ ކަންތައްތައްކަހަލަވެ.
އިރުގެ ދޯދިތަކުން ވިދާ، ހުދު ދޮންވެލިގަނޑަކީ، ފިޔަވާލުމާއެކު ފައިތިލަތައް ފިނިކޮށްލާ ތަނެކެވެ. އުނދަގޫ ކަމެއްނެތި ދޮންވެލިގަނޑު މަތީގައި ހިނގާލުމުން ލިބޭ ހިތްހަމަޖެހުމަކީ، ވަރަށް ޚާއްސަ އިޙްސާސެކެވެ. ލީނިޔާއަށް އެގުންކަހަލައެވެ. ދުރުދުރުން ދޮވެލީގަނޑުގައި ހިނގާލެވުމުން ލީނިޔާގެ ހުރިހާ ހިތާމައެއް ފިލާދިޔަކަހަލައެވެ.
ސާއިލާވެގެން ދިޔައީ ޓެންޓުޖެހުމުގެ މާހިރަކަށެވެ. އުނދަގޫކަމެއްނެތި ބައި ގަޑިއިރުން އެކަން ކޮން ނިންމާފިއެވެ. “ލީނިޔާ: ސާބަހޭ ދޮންތަ ގަދަ” ލީނިޔާ ބުނެލިއެވެ. އޭނަގެ ސަބަބުން ދަަތުރުގެ އުފާވެރިކަން ގެއްލޭކަން އެއްވެސް ހާލެއްގައިނޭދެއެވެ.
މެންދުރުގެ ކެއުމަށް މަސްބަތާއި ނޫޑުލިސްހަދަން ތައްޔާރުވިއެވެ. ކެއްކުމުގައި އިސްނެނގީ ޒުވާނުންނެވެ. މަންމަމެންނާއި ހަވާލުކުރީ ކުޑަކުދިންތައްބަލާށެވެ. ފިޔާކޮށަން ޖެހުނީ މިލީހަމަށެވެ. ހަނޑޫ ދޮންނަން ހަވާލުވީ ލީނިޔާއާއި ސައިނާއެވެ. އުދުން ހެދުމުގައި އުޅުނީ ސިރުހާއާއި އޭނާގެ ދައްތަ އާރިއާއެވެ. ދަރުހޯދަން ދިޔައީ ސުމާމުމެންގޭ އިރުފާއެވެ. މަސްކޮށުމުގައި އިނީ ސައިލާއެވެ.
ނަމާދު ވަގުތުގެ ކުރިން ކެއްކުން ނިންމާލަން އެންމެންވެސް ބޭނުންވެއެވެ. ބަންގިއަށް ކައްކާ ނިމުނީ ހަމަކިރިޔާއެވެ. ލޮނުފެނުން ވުޝޫކޮށްގެން މެންދުރު ނަމާދު ޖަމާޢަތުގައިކުރިއެވެ. އިމާމަކަށްވީ ސާއިލްމެންގެ މަންމަ ސާމިޔާދައްތައެވެ. ސާމިޔާ ދައްތަވަނީ މީގެ އަހަރެއް ކުރި މުޅި ޚަތިމްހިތުދަސްކޮށްފައެވެ. އެއީ އައްޑޫގެ ފަޚުރުވެރި ޚާފިޒާއެކެވެ.
ކާއެއްޗެހި ހޫނުކޮން ހުއްޓައި ހުރިހާ އެންމެ ކާންފެށިއެވެ. ކުދިވެރިން ނޫނީ އެންމެން ކާން އެޅީ މަސްބަތާއި ރިހާކުރެވެ. ކެއުމުގެ ތެރޭން މިލީހަމް ލިނީގެ ކިބައިން މާފަށްއެދުނެވެ. ހެނދުނު ކަންތައް އެވީ ހުދު އެހިތް އެދުނު ގޮތަށެވެ. އެކަމް އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. އެއްވެސް ސިފައެއްގައި ބޮޑާވެ ކިބުރުވެރިވާކަށް ބޭނުމެއް މިލީނުވެއެވެ. ލިބޭ މިންވަރަށް ރުހެން އޭނާގެ މައިންބަފައިންވަނީ ދަސްކޮށްދީފައެވެ.
މޫދަށް އެރިލަން ފުރުސަތުލިބުމުން ބަޔާން ކުރަންދަތިހާ އުފާވެރިކަން ކުޑަކުދިންގެ މޫނުން ފެންނަމުންދިޔައެވެ. އެކަކު އަނެކަކު ގަޔަށް ފެން ބުރުވަމުން މޫދުގައި ދުވަމުންދިޔައެވެ. ކޮންފަދަ އުފާވެރި މަންޒަރެއްތޯއެވެ. ހިތާ ހިތާ މިލީކިޔާލިއެވެ.
މާދަމާ އަކީ ބޮޑު ދުވަހެވެ. ކައިވެނީގެ ދުވަހެވެ. އެހެންކަމުން ބަލައި އައުމުގެ ކުރިން އެއްޗެހިތައް ބަންދުކޮށް ޓެންޓު މޯހާލިއެވެ. ރަށަށް ގޮސްކުރަން ޖެހޭވެސް އެތައް ކަމެއް ހުންނާނެއެވެ.
މި ދަތުރުން އަންހެންވެރިންނާއި ކުޑަކުދިންނަށް ލިބިގެންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެތައް ފުރިގެންވާ، ހަނދާންތައް ތާޒާކޮށްދިން ދުވަސްތަކެކެވެ.
ކުޑަކުދިންނަށް ފެންކުޅިކުޅެން، މަޖާކުރަން އެންމެ އެކަށީގެންވާ ތަނަކީ ފިނޮޅެވެ. ހަމަ އެގޮތުން އަންހެންވެރިންނަށް ހަމަޖެހިލައި، އެކުގައި ވާހަކަ ދައްކާލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފިނޮޅު ވެގެންދަނީ ސުވަރުގެއަކަށެވެ.
މަސްބާނައިގެން ފިރިހެން ގުރޫޕަށް އާދެވުނީ ތިންގަޑި ސާޅީހުގައެވެ. ފުރޭގޮތްވިއިރު ހަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. ރަށަށް ދެވުނު އިރު ހަތަރުގަޑި ބައި ވެއްޖެއެވެ. ކޮންމެ ބަޔަކުވެސް މިރޭ ބައްދަލުވުމަށް ނިންމަމުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ފެންވަރައި ހަދައިގެން މިލީ އެންމެ ފުރަތަމަވެސް ނަމާދަށް އެރިއެވެ. އޭރު ލިނީ ނަމާދުކޮށް ނިމިއްޖެއެވެ. ނަމާދުކޮށް އަވަދިވެގެން ނިމިގެން އެނދުގައި ޖައްސާލަމުން ފޮތް ނެނގީމެވެ. ހަމަ ނެގުމާއެކު ލިނީ ބާރަށް ކިޔައިދޭން އެދުނެވެ. މިލީހަމްވެސް ލަސްނުކޮން އަޑުހަރުކޮން ކިޔަން ފެށިއެވެ.
“ފަޅުރަށަށް ދަތުރު ދެވޭ ގޮތްނުވީ ކުއްލިއަކަށް ވިއްސާރަވުމުގެ ވުމުގެ ސަބަބުންނެވެ. ކަނޑު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ރޭޑިއޯ އާއި ޓީވިއިން މެދުނުކެނޑި ގޮވަމުން ދިޔައެވެ. އުތުރުން ދެކުނަށް އޭރު އޮތީ ރީނދޫ ސަމާލުނެރެފައެވެ.
އެކި ބޭނުންތަކަށް މާލެ އާއި އެކި ޤައުމުތަކަށް ދިޔަ އާއިލާތައް އެތަންތާ ތާށިވިއެވެ. ސުކޫލުގެ ކިޔެވުން ފެށުނު އިރު އާދެވޭ ގޮތެއްނުވިއެވެ. ރާއްޖޭން ބޭރުގެ މުދައްރިސުން ތައް ވެސް ރަށަށް ނާދެވި މާލެގައި މަޑުކުރަން މަޖުބޫރުވިއެވެ.
މިއީ ޗާލު ޗާލު “އައްޑޫ ސިޓީ”އެވެ. ގުދުރަތީ ގޮތުން ރީތި އަތޮޅެކެވެ. ޗުއްޓީ ހޭދަކުރަން ގިނަބަޔަކު އަންނަށް އަތޮޅެކެވެ. ފަތުރުވެރިކަމުގައި މަޝްހޫރު މަންޒިލެކެވެ. ރަށުގެ ކުޅީގައި ހެދިފައިވާ ” ގުދުރަތީ ޕާކަ”ކީ ގިނަ ބަޔަކު އަންނަން ހިތްވާ އެއް ސަބަބެވެ. ޗަކަފެންގަނޑުގައި ފަތާލާ ތަސްވީރެއް ނަގާލަށް އަންނަށް ކުދިން ވެސް މަދެއްނުވާނެވެ. އައްޑޫ ބޮޑިއަކީ މުޅި ރާއްޖެއަށް މަޝުހޫރު ފޮނިއެއްޗެކެވެ.”
އައްޑޫ އިރުޝާދިއްޔާ ސުކޫލުގެ ތުއްތު ކުދިންނަށް އުނގަންނައި ދޭ އަފާއަކީ ކުޑަކުދިން ދެކެ އިންތިހާ ލޯބިވާ “އަންޓީ”އެކެވެ. އެންމެނާވެސް ގުޅޭ މުދައްރިސެކެވެ. ކުދިން ތަފާތުނުކޮށް ކިޔަވައިދިނުމަކީ އަފާގެ އަޒުމެވެ. އެކި ކަހަލަ ފަންތީގެ ކުދިން އުޅޭކަން އަފާ އަބަދުވެސް ހަނދާން ކުރެއެވެ.
އެއް ކުލާހުން އަނެއް ކުލާހުން ނިހާދު ތަޖުރިބާ ހޯދަމުން ދިޔައެވެ. ” ގުރޭޑު” އެކުން ހަތަރަ ކަށެވެ. ނިހާދު ހާއްސަވަނީ އިނގިރޭސި ހިސާބު އަދި “ސައިން”ސަށެވެ.
ވިއްސާރަ އަލިވެ މޫސުން ރީތިވި އިރު އޮތީ ސުކޫލުގެ އަހަރީ ދުވަސް ބޯމަތިވެފައެވެ. ފެބުރުއަރީއެގާރައަކީ އިރުޝާދިއްޔާ ސުކޫލުގެ އަހަރީ ދުވަހެވެ. ކުރިއަށް އޮތީ ފެބުރުއަރީ މަހެވެ. މިއީ ސުކޫލަށް އަންނަށް އެންމެ ހާއްސަ އެއް ދުވަހެވެ.
ތަފާތު ހަރަކާތްތަކެއް މިއަހަރުވެސް އަހަރީ ދުވަހާ ގުޅުވައިގެން އޮއްނާނެއެވެ.
އިރުޝާދިއްޔާ ހިނގާލުމާ މުދައްރިސުންގެ ދިވެހިކެއުމާ ދަރިވަރުންގެ ހަވީރެއްގެ އިތުރުން ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ .
ކުޑައިރުން ފެށިގެން އަފާގެ ހުވަފެނަކީ މުދައްރިސަކަށްވުމެވެ. ސުކޫލު ނިމުމުން އޭލެވެލް ހެދުމެންނެތި އަފާ ބޭނުންވީ ކޯސް ހަދާށެވެ. ރަށުގައި އަފުރުސަތު ފަހިކަމުންނެވެ. “ޒިކުރާ އިންޓަނޭޝަނަލް ކުލެޖް”އިން އަފާ ކިޔެވުން ފުރިހަމަކުރި އެވެ. މައިންބަފައިން ގާތުހުރެއެވެ. މިފަދަ ނަސީބެއް ލިބޭނީ ވަރަށް މަދު ކުއްޖަކަށެވެ. ހުރިހާ ރަށެއްގައި ކުލެޖުތައް ޤާއިމްވެފަނުހުނާތީއެވެ.
ހަފްތާ ބަންދު ވެސް ދިޔައީ ވަރަށް ބުރަކޮށެވެ. ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ނުލިބިއެވެ. ފެހި ނަލަ ސުކޫލު ޕޮރުގުރާމު ފެށިގެން ގަސް ހެއްދުންް ވެސް އޭރު ކުރިއަށް ދިޔައެވެ.”
ވަގުތުތައް ފާއިތުވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ. ފޮތުގެ ތެރެޔަށް ވަދެވުނު ވަރުން ބަންޤި ގޮވައިގެން ދިޔައިރުވެސް ނޭނގެއެވެ. ގަޑިބަލައިލިއިރު ހަގަޑިބައިވެ ބޮޑުވެއްޖެއެވެ. ދެމީހުން ކޮޅަށް ޖެހުނީ އެކުއެކީއެވެ. ނަމާދު ވަގުތުގައި ކުރެވޭތޯ ދެމީހުން އަވަސްވެގަތެވެ.
އިޝާކޮށް ހަދައިގެން ކައިގެން މަސައްކަތް ފެށިއެވެ. ފިޔާ ސާފުކޮށް ލޮނުމެދު ނޮޅަން ފެށިއެވެ. ޕާޕަރު ތެލުލަން ތައްޔާރުކުރިއެވެ. ކުކުޅު ކޮށަން ފިރިހެން އަވަސްވެގަތެވެ. ތަށި ސަމުސާ ހަމަކުރަމުން ދިޔައެވެ. ދައުވަތު ކާޑުތައް ބަންދުކުރަމުގައިި ސާއިލްމެން އުޅުނެވެ. ކުރިއަށް އޮތީ ވަކިން ބުރަ ބޮޑުދުވަހެކެވެ. އަމާން އޮމާންކޮން ކައިވެނީގެ ކަންތައްދާނެ ހެއްޔެވެ؟ އުފާވެރި ދުވަހަކަށް ވާނެ ހެއްޔެވެ؟
ނުނިމޭ
🥰🫶🥀😊❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





