Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 02

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
November 2, 2025 6 Mins Read
30 Comments

ކައިލްގެ ނޭފަތު ކުރީގައި ހިފައިލަމުން މައިރީން ކިޔައިލިއެވެ. ކުއްލިއަކަށް ދެމަފިރިން ސިހިގެން ދިޔައި ފްލޭޝްލައިޓްއެއް ފަދަ އެއްޗެއް ދިއްލިފަ ނިވުމުންނެވެ. މައިރީން އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަލި އައި ދިމާ ބަލައިލިއެވެ. އެއާއެކު އޭނަގެ މުޅި މޫނު ހުދުވެގެން ދިޔައެވެ. ކައިލް ވެސް ކުރިމަތީގައި ހުރި މީހާއަށް ބަލައިލީ ބިރެއް ފެނިގެން ބަލާފަދައަކުންނެވެ.

***ޕާޓް 2***

އޭރު ދެމަފިރިންނާއި ދިމާލަށް ފޯނު ދިއްކޮށްގެން ހުރި މާކިން ހުރީ ބަޑަށް އިވޭވަރަށް ހީހީ ވަރުބަލިވެފައެވެ. މާކިންއާއެކު ހުރި ޒީނާ ވެސް އަނގަމަތީގައި އަތް އަޅައިގެން ހުރި އިރު އޭނަގެ ދެލޮލުން ހުރީ އަޑު ނީއްވާ ހުނުމުގެ ސަބަބުން ފެން އައިސްފައެވެ. “އޯހް މައި ގޯޑް.. ޔޫ ގައީޒް ލުކް ސޯ ކިޔޫޓް..” ޒީނާ ބުނެލިއެވެ. ބިން ފަޅާފަ އޭނަ އަޑިއަށް ދާނެ ނަމައޭ ކައިލްގެ ހިތަށް އެރިއެވެ. އޭނަޔާއި މައިރީންގެ މޫނު، ރަތްކަމުން ހީވަނީ ޓޮމާޓޯއެއްހެންނެވެ. “ހަމަ މިހާރު ތި ޑިލީޓު ކުރޭ..” ކައިލް އަވަސް އަވަހަށް ބުނެލިއެވެ. “ހަހަ ނޯނޯ މިކަހަލަ އެއްޗެއް ކިހިނެތް ޑެލް ކުރާނީ؟ ވާނެ ކަމެއް ނޫން ތީކީ ދޮންތަބެ ބުންޏަސް..” މާކިން ހެމުން ބުންޏެވެ. މާކިންގެ ފޯނު އަތުލަން ކައިލް ދުއްވައިގަތެވެ. އެއާއެކު މާކިން ވެސް ކައިލްގެ އަތު ނުވާން ދުއްވައިގަތެވެ.

މައިރީން ލަދުން ހުރެ ބަލައިލީ ޒީނާއަށްށެވެ. އޭރު ޒީނާ ހުރީ ހީހީ ވަރުބަލިވެފައެވެ. މައިރީން ފުންނޭވާއެއްލަމުން ބޯހޫރުވައިލިއެވެ. “ހައު މަޗް ޑިޑް ޔޫ ސީ؟” މައިރީން އަނގަޔަށް ފާޑެއްގެ ގޮތެއް ހަދައިލަމުން އަހައިލިއެވެ. “ކައިލްބެ އާއި މައިއްތަ ޑާންސް ކުރި ހިސާބުން..” ޒީނާ ހިނިއައިސްފައި ބުންޏެވެ. “އަރްގްގް.. ދެ މީހުން ކޮންއިރަކު އައީ؟” މައިރީން ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން އަހައިލިއެވެ. “ދަންވަރު ފްލައިޓުން މިއައީ އެންމެންނަށް ސަޕްރައިޒް ދޭން.. އަދި ދޮންތި އެންޑް މަމްއަކަށް ވެސް ނޭނގޭނެ.. ޑޯންޓް ޓެލް އިނގޭ ޕްލީޒް..” ޒީނާ އަވަސް އަވަހަށް ބުންޏެވެ. މައިރީން ފުން ނޭވާއެއްލަމުން ބޯޖަހައިލިއެވެ. “އައި މިސްޑް ޔޫ ސޯ މަޗް މައިއްތާ..” މައިރީންގެ ހަށިގަނޑުގައި ބައްދާލަމުން ކުޑަކުއްޖެއް ފަދައިން ޒީނާ ބުނެލިއެވެ.

ފަސް އަހަރުފަހުން ޒީނާ އެ އައީ މެލޭޝިޔާއަށް ގޮސް މެޑިސިން ސްކޫލު ނިންމާ ޑޮކްޓަރީ ކޯހެއް ފުރިހަމަކޮށްލައިގެންނެވެ. “މިސްޑް ޔޫ މޯރ ކިޑޯ..” މައިރީން ވެސް ޒީނާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. ޒީނާއަކީ ބަލައިލަން ރީތި ކުއްޖެކެވެ. ދިގު އެސްފިޔަތަކަކާއި ކުޑަ ނޭފަތެކެވެ. ވަށް ތުންފަތެކެވެ. އެކާވީސް އަހަރު ނަމަވެސް ކުއްޖާ ހުންނަލެއް ހިމަތޮޅިކަމުން އިސްކޫލުގަ އުޅޭ ކުއްޖަކާ މާ ބޮޑު ތަފާތެއް ނުހުރެއެވެ. ކުޑަކުދިންދެކެ އަބަދު ވެސް ލޯބިވާތީ ޒީނާ ހިޔާރު ކުރީ ކުޑަކުދިންގެ ޑޮކްޓަރަކަށްވުމަށްށެވެ. ކުޑައިރުއްސުރެ ބަލަމުން ދިޔަ ހުވަފެން ޒީނާ އެހުރީ ކާމިޔާބުކޮށްގެންނެވެ.

މާނޭވާ ލިވިފައި ހުރެ ކައިލް މާކިންގެ ފޯނު ހިފައިގެން އައެވެ. “މާދަން އެއުޅޭ ޝާއިލް ލައްވާ މި ފޯނުން ވީޑިއޯ ޑިލީޓު ކުރންވާނެ.. މީނަ އަހަރުން ބްލެކްމެއިލް ކުރަން މި ބޭނުންކުރާނެކަން މަށަށް ޔަގީނޭ…” ދަތްކުނޑިވިކައިލައިގެން ހުރެ ކުދި ކިޔާހެން ކައިލް ބުންޏެވެ. އޭރު ވެސް މާކިން ހުރީ ފާޑަކަށް ހެވިފައެވެ. “ހޭއީ ދޮންތީ.. މިސްޑް ޔޫ..” މައިރީން ފެނުމުން ކުޑަކުއްޖެއް ފަދައިން މައިރީންގެ ހަށިގަނޑުގައި ބައްދައިލައި، ފިއްތާލަމުން މާކިން ބުނެލިއެވެ. މާކިންގެ ޅަ ގޮތްގަނޑު ބޮޑުވުމުން ވެސް ނުކެނޑޭކަން އެނގުމުން މައިރީންގެ ގާތަށް ހިނިއެވެ. އެއީ ކުޑައިރުއްސުރެ މާކިން އުޅެމުން އައި ގޮތެވެ. ޒީނާއާއިއެކު އެންމެ ސޯޅަ އަހަރުގައި އިސްކޫލު ނިމުމުން މެލޭޝިޔާއަށް ޝިޔާމާމެން މާކިން ފޮނުވީ ސައިކޮލޮޖީއިން ކުރިއަށްދާން ބޭނުންވާ ކަމަށް މާކިން ބުނުމުނެނެވެ.

“މާކް ދެން އެ ޑެލްކޮށްބަ..” މާކިންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން މައިރީން ބުންޏެވެ. “ދެންން އެ ނުލާހިކު ކިޔުޓޭ ދޯ ޒީ..” މާކިން ހިނިއައިސްފައި ހުރެ ޒީނާއަށް ދޯ އެއްލިއެވެ. ޒީނާ ހެވިފައި ހުރެ އެކަމަށް އެއްބަސްވެލިއެވެ. “ތިހެންވިއްޔާ މި ފޯނެއް ނުލިބޭނެ..” ކައިލް ބުނެލިއެވެ. “ހެޔޮ ނުލިބުނަސް.. މަގޭ ލެޕްގެ ގޫގުލް ފޮޓޯސްއަށް ދާނެ ތި.. ހަމަ ބޭކާރު ކަމެއް ކުރެވޭނީ..” ދޫ ނެރިލަމުން މާކިން ބުންޏެވެ. ކައިލް ކަޅި އަނބުރައިލުމަށްފަހު، މާކިން އެ ބުނީ ދޮގެއް ނޫންކަން ވިސްނުމުން ފޯނު ދިނެވެ. “އައިމް ވާރނިން ޔޫ.. ތި އެހެންމީހަކަށް ދައްކައިގެން ނުވާނެ..!” މާކިންގެ އަތަށް ފޯނު ދެމުން އިންޒާރުގެ ރާގަށް ކައިލް ބުންޏެވެ. “ނޯ ޕްރޮމިސެސް ބްރޯ އިން ލޯ..” މާކިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.

ކައިލް ބޯހޫރުވައިލަމުން މައިރީންއަށް ބަލައިލިއެވެ. އޭރު މައިރީން ހުރީ ނިތުގައި އަތް އަޅައިގެންނެވެ. “މާދަން ހެނދުނު މަމްމެން ކައިރީ އާ ވާހަކަ ބުނާނީ.. ޒީ، ޒީ ދޮންތަ ރޫމަށް ސްނީކްކޮށްގެން ވަދެ ނިދާނީ… ބަޓް އަހަރެން ކޮންތާކު އޮންނާނީ؟ މަގޭ ދޮންތަ އާ ދޮންބެ ވެސް މެރީކޮށްގެން ވިއްޔާ އުޅެނީ..” ދަތްދޮޅީގައި އަތްކާތްތައިލަމުން މާކިން ބުނެލިއެވެ. “އެހުރީނުން ބޭރު؟ ބޭރުގަ ޓެންޓް ޖަހާގެން މާކިން ނިދާނީ ސިމްޕަލް..” ކޮނޑުއަރުވައިލަމުން ހަމަޖެހިލާފަ ކައިލް ބުންޏެވެ. އެއާއެކު މާކިން ކައިލްއާއި ދިމާލަށް ކަޅިއަޅައިގަތެވެ. “އައި ޑޯންޓް ލައިކް ދިޒް ބްރޯ އިން ލޯ ދޮންތީ.. ވައި ވުޑް ޔޫ މެރީ ސަމްވަން ލައިކް ދިޒް ހިޓްލާރ..” މާކިން ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ. މައިރީން ގާތަށް މާކިންގެ ސުވާލުން ހިނިއައެވެ. “މަ ނިދާނީ ތި ދެމިހުންގެ މެދުގަ..” މާކިންގެ އިއްވައިލުމާއެކު ކައިލްގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. “ހެލް ޔޫ އާރ ނޮޓް.. މަޔާންމެން އެޕާރޓްމެންޓްގަ ހުންނާނެ ގެސްޓުރޫމްސް އެތަނަށް ދާން އުޅޭ..” ކައިލް ބުންޏެވެ.

“އަނެއްކާ މިރޭ ކަމެއް އޮތީތަ؟؟ ނޯވެ ނުދާނެއެއްނުން މިރޭ މިތާ ބޭއްވި ޝޯއާ ހުރެ ވެސް ދޯ ޒީ..” ހިނިއައިސްފައި ހުރެ މާކިން ދިމާކޮށްލިއެވެ. “ހޫންހޫން ދެ މީހުން ދާން އުޅޭ ނިދަން.. މިހާރު އެއޮތް ގަޑިން ދަންވަރު ތިނެއް ޖަހަނީ..” މާކިންގެ ދިގުކޮށްފައި ހުރި އިސްތަށިގަނޑަށް ދަމައިލަމުން މައިރީން ބުންޏެވެ. މާކިން އާއި ޒީނާ ހެމުން އެތަނުން ދިޔައެވެ. ކައިލް އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލަމުން މައިރީންއާއި ދިމާލަށް ބަލައިލިއެވެ. “މިއީ ހުސް ވެސް ކައިލްގެ ކަންތައް..” ތުން ދަމައިލަމުން މައިރީން ބުނެލިއެވެ. “މަގޭ އޭ؟؟؟ މަށެއް ނޫން ދަންވަރު ގަޑީގަ އަމިއްލައަށް ލަވަ ކިޔަމުން މިތާ ނެށީކީ.. ޓައިނީ އަހަންނާ ބައިވެރިވީ.. އަދި މަގޭ ބޮލަށް ކަނޑައިލަން އުޅެފިއެއްނުން.. ހުރެބަލަ އެންމެ ރަމެން ކޮޅެއް ވެސް ނުބަހައްޓާނަން..” ކައިލް އެހެން ބުނެ ތެލި ހިފައިގެން ދުއްވައިގަތެވެ. މައިރީން ވެސް ހެމުން ހަޅޭއްލަވަމުން ކައިލް ފަހަތުން ދުއްވައިގަތެވެ.

ޒީނާ އައިނާމެން ބަޔަށްލުމަށްފަހު މާކިން ދިޔައީ މަޔާންމެންގެ ބަޔަށްށެވެ. ރިޔާޒް މާލެއަށް ބަދަލުވެ ގަތް އެ އިމާރާތުގައި ދިހަ ފުލޯ ހުރެއެވެ. އެއިން ކޮންމެ ފްލޯއެއްގައި އެއް އެޕާރޓްމެންޓާއި ތިން ކޮޓަރި ހުރެއެވެ. ހަތަރު ފްލޯރ އާއިލާ މީހުންނަށް ބަހާލާފައިވީއިރު ދެން ހުރި ފްލޯތަށް ހުންނަނީ ކުއްޔަށް ދީފައެވެ. ކުރިން މާލެ އަޔަސް މާކިން ގިނައިން ހުންނަނީ މަޔާންމެންގެ ބައިގެ ގެސްޓުރޫމްގައެވެ. ސަބަބަކީ އެތާ އެއް ކޮޓަރީގައި މާޔަލް އުޅެފައި ދެން ހުރި ކޮޓަރީގައި މަޔާންމެން ދެމަފިރިން އުޅޭތީއެވެ. ތަޅުދަނޑިން ތަޅު ހުޅުވައިލުމަށްފަހު ވަގެއްހެން ދެފަރާތް ބަލައިލަމުން އެތެރެއަށް ވަނެވެ. އެތަން މަޑު ނޫ ކުލައަކުން އަލިވެފައިވަނީ ސިޓިންރޫމްގެ ސީލިންގުގައި ތަތްކޮށްފައިވާ އަނދިރީގައި އަލިވާ ފަދަ ތަރިތަކުގެ ސަބަބުންނެވެ. ގެސްޓްރޫމް ފާހަގަކޮށް އެ ކޮޓަރިއާއި ދިމާލަށް މާކިން ހިނގައިގަތެވެ.

އެ ކޮޓަރީގެ ތަޅުދަނޑި އޭނަގެ އަތުގައި އޮތުމުން ތަޅު ހުޅުވައިލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ކޮޓަރީގެ ބޮކި ދިއްލުމަށްފަހު އޭނަގެ ގެނައި ދަބަސް ބަހައްޓައި މާކިން، ލައިގެން ހުރި ގަމީސް ބާލަން ފެށީ ހޫނުވެފައި ހުރުމުން ފެންވަރައިލަން ދިޔުމުގެ ނިޔަތުގައެވެ. ގަމީސް ބޭލުމަށްފަހު ލައިގެން ހުރި ޖިންސު ބޭލިއެވެ. މާކިން ސިއްސައިގެން ދިޔައީ އަންހެންކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. އެ އަޑުއައީ އެނދާއި ކައިރިން ކަމުން އޭނައަށް އެނދާއި ދިމާލަށް ބަލައިލެވުނެވެ. މާކިންގެ ދެލޯ ބޮޑުވީ އެނދުގައި އިށީނދެގެން މުޅި ހަށިގަނޑުގައި ރަޖާގަނޑު އޮޅާލައިގެން ދެލޯ ބޮޑުކޮށްލައިގެން އިން އަންހެންކުއްޖާ ފެނިފައެވެ.

“މީހެކޭ.. މީހެކޭ.. ހެލްޕް ސަމްވަން…” ލަޔާޝާ ގޮވަމުން ދިޔައެވެ. ލަޔާޝާގެ އަޑަށް ސިހިފައި ހުރެ މުށިތައް މަތީގައި އޮތް ޖިންސު ނަގައި އަވަސް އަވަހަށް އުނަގަނޑަށް މަހައިލިއެވެ. “އަހަރެން ނޫޅެން ކަމެއް ކުރާކަށް.. އަޑުމަޑުކޮށްބަލަ.. ތީ ކާކުތަ؟ މަގޭ ކޮޓަރީގަ ކީއްތިކުރަނީ؟؟؟” މާކިން ވާނުވާގައި ހުރެ އަހައިލިއެވެ. “ތީ ކާކު؟ މިއީ އަހަރެންގެ ކޮޓަރި! ނުކުމޭ ހަމަ މިހާރު!!” ރޮވޭ ނުރޮވޭ ހާލުގައި ހުރެ ލަޔާޝާ އަމުރުކޮށްލިއެވެ. “ޕިސް މަގޭ ކޮޓަރިން މަ ނިކުންނާނެ އެއްވެސް ގޮތެއް ނުހުންނާނެ.. ކަލޭ ދާން ޖެހޭނީ!!” ލަޔާޝާގެ ވާހަކަ ދެއްކުމުގެ ރާގުން މާކިން ގާތަށް ރުޅިއައެވެ. ލަޔާޝާ “ޔާންބޭ” އޭ ކިޔާ ހަޅޭއްލަވަން ފެށުމުން މަޔާން އާއި ލާރާ އެ ކޮޓަރިއަށް ވަނެވެ.

ލާރާ ހުރީ ނިދިން ހޭލެވުމުން ރުޅި ގަދަވެފައެވެ. “މިއީ ކިހާ ބޮޑު ކަމެއްތަ ދެން.. މަގޭ ދަރިއެއް އޮންނަ އިރު މީނަ ހަޅޭއްލަވައި ބޭލީމަ އެ މަންޖެ ދޯ ހޭލާނީ..” ދަތްކުނޑިވިކައިލަމުން ލާރާ އެއްޗެހި ކިޔައިގަތެވެ. މަޔާންގެ ލޮލުގައި މާކިން އަޅައިގަތީމަ ދެލޯ ބޮޑުވިއެވެ. އޭނަ ދިޔައީ ފާޑަކަށް ސިހިގެންނެވެ. “މާކް؟” މަޔާން މާކިންއަށް ގޮވައިލިއިރު މާކިންއަށް ހުރެވުނީ ފާޑަކަށް ލާރާއަށް ބަލާށެވެ. ލާރާ އެއީ ކުރިން އެފަދައިން އެކަކާ ވެސް ވާހަކަ ދައްކާ މީހެއްނޫނެވެ. “ކީއްވެ އަހަރެންގެ ރޫމްގަ އަންހެންކުއްޖެއް؟؟” މާކިން ތަންކޮޅެއް ހަމަޖެހިލަމުން އަހައިލިއެވެ. “މިއީ ލަޔާޝާ.. ދޮންބެގެ މެޝަންއަކުން ރެސްކިޔު ކުރި ކުއްޖެއް.. މީނަ ފެމިލީ ފެންނަން ދެން ހުންނާނީ މިތާ.. މާކް ދޭބަ މިރޭ ޔާލު ރޫމްއަށް ނިދާލަން.. ނުވެސް ބުނެ އައީމަ މިހެނެއްނުން ވާނީ.. ލަޔާޝާ، މިއީ އަހަރެންގެ ކޮއްކޮ މާކިން..” މާކިންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު މަޔާން ދެ މީހުންނަށް ދެ މީހުން ތަޢާރަފުކޮށްދިނެވެ.

ލާރާ އޭރުވެސް ހުރީ މޫނު ކުނިކޮށްލައިގެންނެވެ. “ޕިސް މި ލަޔާޝާއެއްގެ މައިންބަފައިން ފެނުނީކީއެއްނުން.. މިހާރު ތިން މަސްވެގެން މިދަނީ… ރަނގަޅަށްވިއްޔާ މަރުވީ ކަމަށްވާނީ.. މީނަ މީ އަހަރުންގެ ބެލުމުގެ ދަށުގަ ހުންނަން ޖެހޭނެ މީހެއްނޫން ދޯ.. މީނަ ބޭރުކޮށްފަ ހަމަ މާކިންއަށް މި ކޮޓަރި ދެވޭނެއެއްނުން..” ލާރާ ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. “ލާލާ ޕްލީޒް.. އެއީ ކުޑަކުއްޖެކޭ..” މަޔާން ލާރާއަށް ވިސްނައި ދިނުމުގެ ގޮތުން ބުންޏެވެ. “ދެން ތިހެންވިއްޔާ ޖެންޑާރ އާ ހަވާލު ކުރީމަ ނިމުނީއެއްނުން..” ލާރާ ކަޅި އަނބުރައިލިއެވެ. “އިޓްސް އޯކޭ ދޮންބެދައްތާ.. އަހަރެން ޔާލު ކައިރީގަ އޮންނާނީ.. ދެން ދޭ ނިދަން އެންމެން.. ސޮރީ ވަރަށް ބޮޑަށް ލަޔާޝާ..” މާކިން އިތުރު ހަމަނުޖެހުމެއް ހިގައިދާނެނެތީ ބުނެލިއެވެ. ލާރާ ގުންފައިޖަހާފައި ގޮސް ކޮޓަރިއަށް ވަނެވެ. މަޔާން ލަޔާޝާއަށް ބަލައިލަމުން މާފަށް އެދިފައި ނިކުތެވެ.

ހެނދުނު އަރައިގެން އައި އިރާއެކު ދުންޔާ ހުރީ ފާމަސީގައެވެ. އޭނަގެ ހިތް އޭރު ދިޔައީ ޑަންޑަން ލާފާއި ޖެހެމުންނެވެ. ފާމަސީއަށް ގޮސް އެއްޗެއް ގަނެގެން ގެޔަށް އައި އިރު އޭނަގެ އަތުގައި ވެސް މަޑު ތުރުތުރެއް ހުއްޓެވެ. ދުންޔާ އައިސް ކޮޓަރިއަށް ވަތްއިރު އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީނދެ އިން ޔާދިން ފެނި ސިހުނެވެ. “ދޫނި މި ގަޑީ ކީތްކުރަން ބޭރަށް ދިޔައީ؟ މިއީ އޮފް ޑޭއެއްނުން؟ ނިދާލި ނަމަ..” ނިދި ބަރު އަޑަކުން ޔާދިން ސުވާލުކޮށްލިއެވެ. އޭރު އޭނަގެ ދެލޯ ހުރީ މެރޭ ނުމެރޭ ހާލުގައެވެ. ދުންޔާ ތުންފަތުގައި ދަތްއަޅައިލަމުން ޔާދިންއަށް ބަލައިލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ. “ދިން އަމްމް.. އަހަރެންނަށް އެކަންތައް ނުޖެހޭތާ މިހާރު ތްރީ މަންތްސްވެއްޖެ..” އަތުގައި އޮތް ކޮތަޅާ ކުޅެމުން ދުންޔާ ބުނެލިއެވެ. ދުންޔާގެ ވާހަކައާއެކު ޔާދިންގެ ނިދިއެއްކޮށް ފިލައިގެން ދިޔަ ފަދައެވެ. “ދޫނީ އާރ ޔޫ؟” އެނދުން ތެދުވަމުން ޔާދިން އައިސް ހުއްޓުނީ ދުންޔާގެ ކުރިމަތީގައެވެ. ކުރިން ހުރި ނިދި މޯޅިކަން މިހާރުވަނީ ފިލާފައެވެ. “ޔަގީން ކުރަން ޓެސްޓް ކިޓެއް ހިފައިގެން މިއައީ..” ތުންފަތް ހަފައިލަމުން ދުންޔާ ބުންޏެވެ. “ދެން ވަޓް އާރ ޔޫ ވެއިޓިން ފޯރ… ދޭ ޓެސްޓު ކުރަން.. އަވަސް..” ޔާދިން އަވަސް އަރުވައިލަމުން ބުންޏެވެ. ދުންޔާ ވެސް ބޯޖަހައިލުމަށްފަހު ފާހަނައަށް ވަނެވެ.

ފާހަނަ ކައިރީގައި ހުރި ޔާދިން ދިޔައީ ކޮޓަރީގެ ދެކޮޅަށް ހިނގަމުންނެވެ. ހީވަނީ އޭނަގެ ގަޔަށް ހިނިއަރައިގެން އުޅޭ ހެންނެވެ. އޭނަގެ ބޮލުގައި އެތައް ހިޔާލެއް އުތުރި އަރަމުން ދިޔައެވެ. އެކި ގޮތްގޮތަށް ވިސްނަމުން ޔާދިން ދިޔައީ ދުންޔާ ބަނޑުބޮޑުވޭތޯ ދުޢާ ކުރަމުންނެވެ. ބައްޕައަކަށް ޔާދިން ވާން ބޭނުންވާ ވަރު ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ. ފާހަނައިގެ ދޮރު ހުޅުވުނުއިރު ޔާދިން ހުރީ ފާހަނައިގެ ދޮރުގެ ކުރިމަތީގައެވެ.

މޯޅިއަކަށް ދެމިލުމަށްފަހު މާކިން ދެލޯ ހުޅުވައިލިއެވެ. ރޭގައި މައިރީން އާއި ކައިލްއާ ދެމެދު ހިގައި ދިޔަ ހާދިސާ ހަނދާނަށް އައުމުން އޭނަގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. ފޯނު ހުޅުވައިލުމަށްފަހު އެ ވީޑިއޯ ބަލައިލިއެވެ. ސިކުނޑިއަށް އައި ހިޔާލާއިއެކު މާކިންގެ ތުންފަތުގައި ކުޅެލީ ނުސިޔާނު ހިނިތުންވުމެކެވެ. ވައިބާގެ އާއިލާ ގްރޫޕަށް އެ ވީޑިޔޯލީ، ކައިލް އޭނަ ރޮލާ ކާނެކަން އެނގިހުރެއެވެ.

(ނުނިމޭ)

މި ބައި ގެނެސްދެވުން ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. މިދުވަސްކޮޅު އަޅުގަނޑުގެ ކިޔެވުމުގަޔާއި ވަޒީފާގައި ބުރަ ދުވަސްކޮޅަކަށްވުމުން މިފަދައިން ލަސްވެގެން ދިޔުމަކީ ވެދާނެ ގޮތެކެވެ. އެކަމަށް ކިޔުންތެރިންގެ ގާތުން ނިހާޔަތަށް މާފަށް އެދެމެވެ. 💜🦋

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ފުރަތަމަ ނަޒަރުން 21

Next

ހިތުގެ ރިހުން (41)

Next
November 2, 2025

ހިތުގެ ރިހުން (41)

Previews
November 1, 2025

ފުރަތަމަ ނަޒަރުން 21

30 Comments!

  1. Riusha💙 says:
    November 2, 2025 at 3:25 pm

    Iz okayy maashh.. Vrh sorry first prt ga comment eh koh nulevunyma.. I got very busy at school…
    Kail n mai haadha cute ey.💙💙💙💙 Maak n zee dhiyaeeme anehkaa e feshy koalhen viyya🤦🤦
    Oh god maakkk.. WTF.. Family viber group ah e video liy ey… Aaahhhh… Hell noo.. Anekka dhunya hama aslu vx preg v thaa.. Soo soo curious to knowwww…
    Curiously waitingggggg….
    When next episode????
    Take care.. Take your time too.. Luv ya💙💙💙💙💙💙

    1. Maash Maash says:
      November 13, 2025 at 9:34 pm

      Thankyou soo muchh
      Love u moree darll💜🦋

  2. Riusha💙 says:
    November 2, 2025 at 3:31 pm

    Maasha Allah mi prt vx vrh reethi
    First of all vrh sorry first episode ga comment eh koh nulevunyma. I got busy school ga..
    Alheyy kail n mai haadha cute eyy💙💙💙💙.. Mark n zee dhiyaeema anehkaa koalhen viyya e feshyy.. So cutee💙..
    Heywhaatt.. Dhunya hama aslu vx preg ii thaa.. So so curious to knowww…
    WTF markkk.. Hell noo.. Family viber group asheyy e video lyy.. Ehat would be mai n kail ge reaction.. Oh myy.. Help..
    Curiously waitingggg
    When next episode???
    Take Care.. N take yoir time.. Luv ya 💙💙💙💙💙💙

    1. Maash Maash says:
      November 3, 2025 at 9:15 pm

      Thankyou soo much darlll.. I’m happy u like itt..
      Hehe no worried i’m happy i got ur comment in this part.. yeahh we all are busy these days..
      Kail men cute dhww..hehe
      Lets see dhw if dhunya is preg or not..
      Haha kail men will gut markin aliveee..
      Next ep insha allah Thursdayga..
      Aww thanksss.. Love u moree darll💜🦋

  3. Anonymous says:
    November 2, 2025 at 3:35 pm

    Wow mi part vx v reethi Ma Sha Allah 😍 dhn maakin vx laaneh kann dhw 🤭🤭 alhe laaraa kihineh tha e ulhenee 🙄 curiously waiting for the next part ♥️ when next kiyaa hithun hurevenee eh noon 🤭 its okay free veleema vhka up kohlliyas okay vaane we understand ❤️

    1. Maash Maash says:
      November 3, 2025 at 9:20 pm

      Thankyou soo much darlll.. I’m happy u like itt..
      Hehe yess maakin is really laaneh hehe..
      Next ep insha allah Thursdayga.. Thankyou for ur understanding darll💜🦋

  4. AM says:
    November 2, 2025 at 4:03 pm

    masha allah haadha salhi eyy mi part vx
    burakoh ulheymun vx vhk kiyaalan libeythee vrh ufaavey aslu
    when is next part????

    1. Maash Maash says:
      November 3, 2025 at 9:21 pm

      Thankyou soo much darlll.. I’m happy u like itt..
      Aww thanks for ur understanding darlll
      Next ep insha allah Thursdayga..💜🦋

  5. Thiththi says:
    November 2, 2025 at 4:15 pm

    Ehen meehunnah suprise dheyn hadhaigen varugadha lan’deh libejje ennu! Dhen vaagotheh balaahithun keh madhuvefa hama!

    1. Maash Maash says:
      November 3, 2025 at 9:21 pm

      hehe asluvx varugadha ladeh e libuny hehe
      Next ep insha allah Thursdayga..💜🦋

  6. Aanaa says:
    November 2, 2025 at 7:00 pm

    Maasha allah mi parttt vsss vrrhhhhh reeethiiii
    Mai r kail vgn maakin nolhaalaane,,,heyonuvaane dhwww grp ah laan
    Vrh heevey layaasha r maakin gulheynehn
    Dhn laara r mayaan talk kuran vehje ehnu…laara ge sifaiga ais in ehn myheh tha eii
    Dhunya preg v????? Hiyeh nuvey eiii trailer ga in gthkn ekmmm plxxx e myhun dhuru nukurahcvehyyy
    Itsss okkkk
    When next???
    Lyyy🫶🏻

    1. Maash Maash says:
      November 3, 2025 at 9:24 pm

      Thankyouu darll.. I’m happy u like itt..
      Haha asluvx mai men maakin kaalaane..
      lets see dhww vaagoii..
      Laara ulhey gothun heevany asluvx ehen meeheh ulhey hen dhww..
      Lets see dhunya menah vaa goii dhww..
      Next ep insha allah Thursdayga..
      Love you moree darll💜🦋

  7. Shira says:
    November 2, 2025 at 7:31 pm

    This is my prediction.
    Dhunya preg vefa dhn baby abort vaanyy????
    Mihaaru mi vii gothunna trailerga in gothun hyvany hama ehen. (For me). I don’t know about what others would think like🖤

    1. Maash Maash says:
      November 3, 2025 at 9:25 pm

      Hama thihen vx vedhaane.. Thats a nice theory.. hingaa dhw vaagoi balama dhen dhww💜🦋

  8. Anonymous says:
    November 3, 2025 at 9:21 am

    Mi part ves v reethi
    Maain Haadha naughty ey dho
    Whn next????

    1. Maash Maash says:
      November 3, 2025 at 9:26 pm

      Thankyou soo much darlll.. I’m happy u liked itt..
      Hehe yess makin is very naughty hehe..
      next part insha allah thursdayga💜🦋

  9. Laii says:
    November 3, 2025 at 11:13 am

    I love this part
    Maakin haadha nulafaaeyy dho
    Mai and kail vx ehaa romantic koh thibaa nuvesvaanehnu ruin kohlaakah
    Can’t wait for the next part
    When next??!!
    Ily🙂🤍

    1. Maash Maash says:
      November 3, 2025 at 9:27 pm

      Thankyou soo much darlll.. I’m happy u liked itt..
      Hehe yess makin is very naughty hehe..
      Agreed with u hehe
      next part insha allah thursdayga
      Love you moree darll💜🦋

  10. Luna🖤 says:
    November 3, 2025 at 11:24 am

    Mi part vess Vara reethiiiii
    It’s ok take ur time real fans will wait no matter how long u take to upload
    I love maain he’s so funny and kail eyna rokohlaane kaneyge 🤣🤣
    And i really hope dhunya is pregnant
    Curiously Waiting for the next part 🖤

    1. Maash Maash says:
      November 3, 2025 at 9:30 pm

      Thankyou soo much darlll.. I’m happy u liked itt..
      Aww thankss I’m happy u understand..
      Hehe yess Makin is very funny.. haha yageenehnun.
      Lets see if dhunya is dhww
      next part insha allah thursdayga💜🦋

  11. Anonymous says:
    November 3, 2025 at 6:17 pm

    Fake comments 😂😂😂😂

    1. Maash Maash says:
      November 3, 2025 at 9:31 pm

      Yeah I agree… this one seems fake🤔💜🦋

  12. Mariam says:
    November 3, 2025 at 7:33 pm

    Omg kail and mai 😂😂so cute
    Vrhh reethi mi part vx. Laara ah visnadhyy
    OMG I hope dhunya is pregnant. Yaadhin is gonna be so happy Eyrun.
    Laailaahaa kail Neyge dhn maakin ah hadhaalaafa gotheh vx e vid group ah leema.
    Curiously waiting for the next part as always..
    It’s okay lahun upload viyas. We will wait hama, take Ur time we appreciate ur hard work Maash ❤️❤️

    1. Maash Maash says:
      November 3, 2025 at 9:33 pm

      Hehe yeshhh they are veryy cutee..
      Thankyou soo muchh darll.. I’m happy u liked itt.. Lets see laara ah visney tho dhww..
      Mmm lets see if she is preg.. yeshh he will be very happy..
      Net part insha allah thursdayga..
      Hama rolaa kaalaane hehe..
      Aww thankss.. I’m happy u understandd💜🦋

  13. Shaa says:
    November 3, 2025 at 7:36 pm

    When’s next?????????????

    1. Maash Maash says:
      November 3, 2025 at 9:33 pm

      Thursday insha allah💜🦋

  14. Shimmer says:
    November 3, 2025 at 9:21 pm

    Hey 🦋
    Hope you are doing fine ????
    Story as always 💯💯💯💯💯…it’s fabulous 🤩
    Mai and Kail will kill maark……. But It’s fun to do it .. telling from personal experience 😁😁😁😁😜🫣
    Please 🥺 🥺 make dunya preg 🤞🤞🤞🤞🤞 please 🥺 🥺 🥺
    And make the laara’s misunderstanding clear ….. He is so hurt 💔
    Anyways curiously waiting for the next part
    Lots of love and TC 💜

    1. Maash Maash says:
      November 3, 2025 at 9:36 pm

      Heyy shimmer
      It’s been busy but yeah i’k ok. Hope ur doing well too
      Aww thankss.. I’m happy u liked itt..
      Ofc they will haha.. Oh my goshh hehe..
      Lets see if shes preg dhww..
      Mayaan is really hurt asluvxx.. dhen lets see dhww..
      Next part insha allah Thursdayya..
      Love you moree darll💜🦋

  15. naeen says:
    November 10, 2025 at 10:08 pm

    heyy maash
    idk if you will ever read this butt as usual this ATE
    and sorry hama vrhhhh bodah lahun kiyalevunyma my mock exams are really near ehnve aslu busy vaathy
    andddd all the bestt for your examss as well wish youu alll the besttt
    lyyy tcc <3

    1. Maash Maash says:
      November 13, 2025 at 9:33 pm

      Heyy Naeen
      hehe I just saw this.. Aww thankyou soo much darll..
      No worries i’m happy i got ur lovely comment.. goodluck on ur mock exams darll… my exams are also on the way hama..
      Thankss
      Love u moree darll💜🦋

Comments are closed.

Next Episodeލޮތްބެއް މަ ނޭދެން ޔާރު ނޫން – 07←


All Right Reserved!