ލޮތްބެއް މަ ނޭދެން ޔާރު ނޫން – 01
***ޕާޓް 1***
ކޯޓުވަށައި ރިޕޯޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އައިނާ ވެސް ހުރީ މައިކް ހިފައިގެން ކާޑު ކަރުގައި އަޅައިގެން ސުވާލު ކުރުމުގެ ފުރުސަތަކަށް ބަލަބަލައެވެ. އެވަގުތު ފުރަގަސްދީގެން ހުރި ފުލުހެއް ފެނުމުން އޭނަގެ ސަމާލުކަން ހޯދުމަށްޓަކައި ކަރުކެހިލިއެވެ. މީހަކު ކަރުކެހޭ އަޑުއިވުމުން ރުކައިން ފަހަތަށް އެނބުރިލުމަށްފަހު މައިކް ހިފައިގެން ހުރި އަންހެންކުއްޖާއަށް ބަލައިލިއެވެ. ރުކައިން ހުއްޓުން އެރިއެވެ.
ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް ރުކައިންއަށް އިހްސާސްވިއެވެ. އޭނަގެ ބޮލުގައި ވޭންއަޅަން ފެށީ މިއިން ދުވަހަކު ވޭން ނާޅާ ވަރަކަށްށެވެ. އެއާއެކު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. “ނޮޓް ހިޔާރ..” ދަތްކުނޑި ވިކައިލަމުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ރުކައިން ބުނެލިއެވެ. އޭނަގެ ޖީބަށް އަވަސް އަވަހަށް އަތްކޮށްޕާލީ ގަވައިދުން ބޭނުންކުރަމުންދާ ބޭސްފުޅީގައި އަތް ޖެހޭތޯއެވެ. ރުކައިންއަށްވަމުން ދިޔަ ގޮތްތައް ބަލަން އައިނާ ހުރީ ހަރަކާތެއް ކުރަން ނޭނގިފައެވެ. މައިކް އަތުން ހިފައިގެން ގަޑުވެފައި އޭނައަށް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ ރާކިންގެ ސޫރައަށް ބަލާށެވެ. އެވަގުތު ދުނިޔޭގެ ހިނގުމަށް މަޑުޖެހުމެއް އައި ފަދަ އިހްސާސެއް އައިނާއަށް ކުރެވުނެވެ.
އައިނާގެ ހަށިގަނޑަށް ފާޑެއްގެ ފިނިގަނޑެއް އަރައިގެން ދިޔައެވެ. އޭނައަށް އަނގަމަތީގައި އަތް އަޅައިލެވުން އިރު ރޮވުނެވެ. ރުކައިންގެ ހަށިގަނޑުގައި އައިނާއަށް ބައްދައިލެވުނެވެ. “ކިން.. ކިން.. އައިމް ސޯ ސޮރީ ކިން އެރޭ ބުނަން އުޅުން ވާހަކަ އަޑުނޭހުނީމަ.. ޕްލީޒް އިނާ ދޫކޮށްފަ ނުދޭ..” އައިނާ އާދޭސް ކުރަން ފެށިއެވެ. ރުކައިންގެ ބޮލަށްވަމުން ދިޔަ ތަދާއިއެކު ނުވެސް ދަންނަ އަންހެންކުއްޖަކު އޭނަގެ ހަށިގަނޑުގައި ބައްދައިގަނެގެން ހުރެ ރޮމުން ދިޔުމުން އޭނަގެ ހިތަށް ތަފާތު އަސަރުތަކެއް ކުރެވެމުން ދިޔައެވެ. އޭނަގެ ހިތް ބުނަމުން ދިޔައީ އެކުއްޖާގެ އަޑަކީ އޭނަ ދަންނަ އަޑެއް ކަމަށްށެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑި ބުނަމުން ދިޔައީ ތަފާތު ވާހަކައެކެވެ.
ރުކައިން މަޑުމަޑުން އައިނާގެ އަތް އޭނަގެ ހަށިގަނޑުން ދުރުކޮށްލިއެވެ. ރުކައިންގެ ހަރަކާތުން އައިނާ ދެރަވިއެވެ. “ކިން ޕްލީޒް ތިހެން ނަހަދާ.. އަހަރެން ދުރުކޮށްނުލާ..” ރުކައިންގެ އަތުގައި ބައްދައިގަންނަމުން އައިނާ އާދޭސް ކުރިއެވެ. އޭރު އެމީހުން ވަށައިގެން ހުރި ބައެއް ރިޕޯޓަރުން ދިޔައީ އެމީހުން ވީޑިއޯ ކުރަމުންނެވެ. ކޯޓުން ނިކުތް މައިރީންއަށާއި ކައިލްއަށް އެ މަންޒަރު ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. މައިރީން އަވަސް އަވަހަށް އައިނާ ކައިރިއަށް ގޮސް އައިނާގެ ކޮނޑުގައި ހިފައިލިއެވެ. “އައި ރުކައިން ގައިން ދޫކޮށްބަ.. ހީ އިޒް ނޮޓް ރާކިން.. ބަލާ އެންމެން ބަލަނިއްޔޭ..” އައިނާ ދުރުކުރަން މަސައްކަތް ކުރަމުން މައިރީން ބުންޏެވެ. “އެހެނެއްނުވާނެ މައީ.. ބަލާބަ މިއީ ހަމަ އައިގެ ރާކިންއޭ..” އައިނާ ރޮމުން ކިޔަމުން ދިޔައެވެ.
އައިނާ ރޮމުން ދިޔަ ގޮތުން މައިރީންގެ ހިތަށް ތަދުވަމުން ދިޔައެވެ. އޭނައަށް ރުކައިންގެ ވާހަކަ އައިނާއަށް ކުރިން ނުކިޔައިދެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “އައި ރާކިން އިޒް ނޯ މޯރ.. ޕްލީޒް ޔޫ ހޭވް ޓު މޫވް އޮން..” މައިރީން މަޑުމަޑުން ބުނެލިއެވެ. މައިރީންގެ ޖުމުލައިން އައިނާއަށް ހަމަހޭވެރިކަންވެގެން ދިޔަ ފަދައެވެ. ރުކައިންގެ އަތުން ދޫކޮށްލަމުން އޭނަ ދުރަށް ޖެހިލިއެވެ. އެންމެންގެ ލޯތަށް އޭނައަށް އަމާޒުވެފައި ހުރުމުން އައިނާ ލަދުގަތެވެ. “ސޮ.. ސޮރީ..” ހިމަ އަޑަކުން އައިނާ ގިސްލެވިފައި ހުރެ ބުނެލިއެވެ.
ރުކައިން އޭރު ވެސް ދިޔައީ ފުންކޮށް ނޭވާތަކެއްލަމުންނެވެ. ކައިލްއަށް އެކަން ފާހަގަވުމުން ރުކައިންއާ ކައިރިވެލުމަށްފަހު ބުރަކަށީގައި އަތް ޖައްސައިލިއެވެ. “ޔޫ އޯކޭ މޭން؟” ކައިލް ސުވާލުކޮށްލުމުން ރުކައިން ބޯ ހޫރައިލިއެވެ. “މައި ހެޑް އިޒް ރިންގިން..” އުނދަގުލާއިއެކު ރުކައިން ބުނެލިއެވެ. އޭރު އޭނަގެ ނިތްކުރިމަތިން ދާ ތިކިތަށް ހިލެމުން ދިޔައެވެ. ކައިލް އެތާ ބަރިއަކަށް އެތުރިގެން ތިބި ފުލުހުންނަށް ނޫސްވެރިން ދުރުކުރުމަށް އިޝާރާތްކޮށްލިއެވެ. އެއާއެކު އެމީހުން ކައިލްމެނަށް އެތަނުން ފަސޭހައިން ނިކުމެވޭނެ ފަދައިން ހަދައިދިނެވެ. ކައިލްގެ ފަހަތުން އައިނާގެ ކޮނޑުގައި ހިފައިގެން މައިރީން ވެސް އައެވެ.
އައިނާއަށް އަދިވެސް ދިޔައީ ރުކައިންއާއި ދިމާލަށް ބަލަމުންނެވެ. “އައިމް ފައިން މިހާރު..” ކައިލްއާއި ދުރުވަމުން ރުކައިން ބުނެލިއެވެ. ކައިލް އެއްބުމަ އަރުވައިލަމުން ރުކައިންއާއި ދިމާލަށް ބަލައިލިއެވެ. “ޔޫ ޝުއާރ؟” ކައިލް އަހައިލިއެވެ. ރުކައިން ހޫން އަޅުވައިލަމުން އައިނާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތު އޭނަ ދެ ބުމަ ގޮށް ޖަހައިލިއެވެ. “އަހަރެން މީ ފުލުހެއް.. ނޫސްވެރިންގެ ކުރިމަތީ ތިހެން ހެދީމަ އަހަރެންގެ ގަދަރު ވެއްޓޭނީ.. ދެން ފަހަރަކުން ރީތި ފިރެހެނެއް ފެންނައިރަށް ތިހެނެއް ނޫން އެމީހެއްގެ އެޓެންޝަން ހޯދަން އުޅޭނީ..” ހިތްހަމަނުޖެހިފައި ހުރެ ރުކައިން ބުންޏެވެ. ރުކައިންގެ ބަސްތަކުން އައިނާ ލަދުގަތެވެ. އޭނަގެ ދެލޮލަށް އިތުރު ކަރުނަތަކެއް ޖަމާވެގެން ދިޔައެވެ.
މައިރީން ލޮލުން ހިތްހަމަނުޖެހިފައި ހުރެ ކައިލްއަށް އިޝާރާތްކޮށްލިއެވެ. ކައިލް ހުރީ ވާނުވާގައެވެ. “އަމްމް ރުކައިން ހަމަޖެހިލަން ދާންވީއެއްނުން ގެޔަށް.. އަހަރެން އިންފޯރމް ކުރާނަން ބޮސްއަށް ޔޫ ޓުކް ހާފް ޑޭ އޭ..” ރުކައިންގެ ކޮނޑުގައި ޖަހައިލަމުން ކައިލް ބުނެލިއެވެ. ރުކައިން ބޯޖަހައިލާފައި، އައިނާއާއި ދިމާލަށް ކަޅިއަޅައިލުމަށްފަހު އެތަނުން ދާން ހިގައިގަތެވެ. ރުކައިން ދިޔުމުން ކައިލް ބަލައިލީ މައިރީންއަށާއި އައިނާއަށެވެ. “ހިނގާ ދެން ގެޔަށް ދަމާ ދޯ އައި..” މައިރީން އެހެން ބުނުމަށްފަހު ކާރަށް އެރުމުން ކައިލް ބޯޖަހައިލުމަށްފަހު ދެ އަންހެން ކުދިން ގެޔަށް ލައިދިނުމަށް ކާރަށް އަރައި ކާރު ދުއްވައިލިއެވެ.
ކައިލް އިނީ މައިރީން ކޮޓަރިއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ. “ރުކައިން އަސްލު ވަރަށް ހިތްހަމަނުޖެހިފަ އެހުރީ އައިނާ ކަންތައް ކުރި ގޮތުން.. އެހެން ފިރެހެނެއް ފެންނަންވާރަ ގަޔަށް ބޮލަށް އަރައިގަތީމަ ހަޑިއެއްނުން.. އަހަރެންނަށް އެނގޭ އެއީ ޓައިނީގެ ބެސްޓީކަން އެކަމު ވެސް-” ކައިލްގެ ޖުމުލަ މެދު ކަނޑައިލަމުން މައިރީން ވާހަކަ ދައްކަން ފެށިއެވެ. “ކައިލްއަކަށް ނޭނގޭނެ އައިގެ ޕާސްޓްގަ ހިނގާފަ އޮތް އެއްވެސް ކަމެއް ސޯ ޔޫ ޑޯންޓް ޑެއާރ ޖަޖް ހާރ.. އެންޑް ރުކައިން ވެސް ވަކި ކަންތައް ކުރީ ރަނގަޅަކަށް ނޫން..” ދެ އަތް އުނަގަނޑުގެ ދެފަރާތުގައި ވިއްދައިލަމުން މައިރީން ބުންޏެވެ.
މައިރީން ހުރި ގޮތުން ކައިލް ގާތަށް ހިނިއައެވެ. އޭނަގެ ހިޔާލަށް އެއީ އެންމެ ފަހުން ބެލި ޓިކްޓޮކްގައި ލިޔެފައި އިން ލިޔުންކޮޅެވެ. އެކަން ނުދެއްކުމަށް ކައިލް އޭނަގެ ހިނިތުންވުން ފޮރުވައިލިއެވެ. “އޯކޭ އަހަރެންނަށް ކިޔާދެވިދާނެތަ އެހެންވިއްޔާ މިވެގެން އުޅޭ ގޮތް؟” ކައިލް މަޑުމައިތިރި ރާގަކަށް އަހައިލިއެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނދުމަތީގައި އިށީނެވެ. “ރާކިން އިޒް.. އައި މީން ވޯޒް އައިގެ ބީއެފް.. އެންޑް ރުކައިން ލުކްސް އަ ލޮޓް ލައިކް ހިމް.. މައި ޒާއިދުއާ ކޮންފްރޮންޓް ކުރަން ދިޔަ ދުވަހު ކައިލް ފޮނުވީމެއްނުން ރުކައިން މައި ހުއްޓުވަން.. އެދަވަހު އައި ތޯޓް ގޯސްޓެއް ކަމަށް.. ހަޅޭއް ވެސް ލެވިން ބިރުން..” މައިރީންގެ އެންމެ ފަހު ޖުމުލައިން ކައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ދެން ކައިލްލްލްލް..” މައިރީން ކައިލްގެ ބުރަކަށީގައި ތަޅާގަތެވެ. ކުއްލިއަކަށް ކައިލް މައިރީންގެ ދެއަތުގައި ހިފައި ހައްޔަރުކޮށްލުމަށްފަހު އޭނަގެ އުނގުގައި ބޭންދިއެވެ. އެއާއެކު މައިރީންގެ ހަރަކާތްތައް މަޑު ޖެހިގެން ދިޔައެވެ. އޭނަގެ ހަށިގަނޑަށް ހޫނު ކަމެއް ވެރިވަގެން ދިޔައެވެ. “އަހަރެންނަށް ސިފަކޮށްލަން ވެސް އުނދަގޫ ޓައިނީ އަހަރެންގެ އެކުވެރިޔާއާ ދިމާލަށް ގޯސްޓެކޭ ކިޔާ ހަޅޭލަވައިގަތް ގޮތް ހަހަހަ.. އެކަމަކު އޭނަ ވެސް ނުބުނޭ ތި ވާހަކައެއް..” ކައިލް ހެމުން ބުންޏެވެ. “އޮހް” މައިރީން މަޑުމަޑުން ބުނެލިއެވެ. ކައިލްއަކީ އޭނަގެ ފިރިމީހަ ނަމަވެސް މައިރީން އިނީ ލަދުން ވިރޭ ގޮތްވެފައެވެ. މައިރީންގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ބުނެލި ލާނެތް ޖުމުލައިން މައިރީންގެ މުޅި މޫނަށް ރަތްކަމެއް ފާއްދައިލިއެވެ. “މައި ވައްތަރީ ކުޑަކުޑަ މަގަކާ ރުޅިއައިސްފަ ދެއަތް ދެ ފަރާތުގަ އަޅުވައިގެން ހުންނައިރު.. އަހަރެންނަށް ކިހިނެތް މައި އެހާ ލޯބިކޮށް ހުންނަ އިރު ރުޅިއަޔަސް ސީރިއަސްކޮށް ނެގޭނީ..” ހިނިއައިސްފައި ހުރެ ކައިލް ބުންޏެވެ. އަވަސް އަވަހަށް ކައިލްގެ އަތުތެރެއިން ސަލާމަތްވެގެން މައިރީން ކޮޓަރިން ބޭރަށް ދުއްވައިގަތެވެ.
އައިނާ އޮތީ އެނދުމަތީގައި ބަންޑުން ރޯށެވެ. ރުކައިންގެ ޖުމުލަތަށް އޭނަގެ ކަންފަތުގެ ހިނދުރީގައި ގުގުމަމުން ދިޔައެވެ. އެ ބަސްތައް ވަނީ އޭނަގެ ހިތުގައި ބިންވަޅުވެގިފައެވެ. އައިނާ ފޯނުގެ ލޮކް ފޯލްޑާއަށް ލާފައި ހުރި އޭނައާއި ރާކިންގެ ފޮޓޯތަކަށް ބަލަމުން ދިޔައެވެ. އިރު އިރުކޮޅާ އޭނައަށް ނޭފަތް ދަމައިލެވުނެވެ. އެހެން އޮވެ އޭނައަށް ނިދުން އިރެއް ވެސް ނޭނގުނެވެ.
އެނދުގައި އުއްޑުން އޮތް ރުކައިން ދިޔައީ އެނބުރެމުން ދިޔަ ފަންކާއަށް ބަލަމުންނެވެ. އޭނަގެ ކަންފަތުގައި މިއަދު ފެނުނު ކުއްޖާގެ އަޑު އަދި ވެސް ހަރުލާފައި ހުއްޓެވެ. އެކުއްޖާގެ އަޑުގައި ހުރި ވޭން ހިތަށް އެރުމުން މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ރުކައިންއަށް ލޯ މަރައިލުމުން ކުއްލިއަކަށް އެކުއްޖާގެ މޫނު ސިފަވިހެން ހީވިއެވެ. އެއާއެކު އޭނަގެ ބޮލަށް ކުއްލިއަކަށް ތަދެއް އަރައިގެން ދިޔައެވެ. އޭނަގެ މުޅި ހަށިގަނޑު ތުރުތުރުއަޅަން ފެށީ ވަމުން ދިޔަ ތަދަށް ކެތްނުވެގެންނެވެ. އެނދު ކައިރީ ހުރި މޭޒުމަތީގައި ހުރި ބޭސްފުޅިއަކުން ބޭސްގުޅައެއް ނެގުމަށްފަހު އަވަހަށް ފެންފޮދެއްގެ އެހީގައި އެ ބޭސްގުޅަ ދިރުވައިލިއެވެ. އެއާއެކު އޭނަގެ މޫނަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ވެރިވިއެވެ. ބޭހުގެ ސަބަބުން އިސާހިތަކު އޭނަގެ ދެލޮލަށް ބަރުވާން ފެށިއެވެ.
ދަންވަރުގެ ވަގުތެވެ. އިވެމުން ދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. މަޔާންއަށް އޭނާގެ ދަރިފުޅުގެ ރުއިމުގެ އަޑަށް ހޭލެވުނެވެ. ލާރާއަށް އުނދަގުލެއް ވެދާނެނެތީ މަޑުމަޑުން އެކުއްޖާ އުރައިލުމަށްފަހު ނާނާ ކިޔަން ފެށިއެވެ. ނެޕީ ބަދަލު ކުރަން ޖެހިފައިވުމުން މަޔާން އެކުއްޖާގެ ނެޕީ ބަދަލުކޮށްލިއެވެ. “ބައްޕިގެ ދޫންޏާ އަވަހަށް ނިދާލާ.. މަންމި ވަރަށް ވަރުބަލިވެގެން ނިދިފަ އެއޮތީ.. މަންމިއަށް ވެސް ރެސްޓެއް ދޭން ޖެހޭނެއެއްނުން ދޯ..” މަޔާން މަޑުމަޑުން އެކުއްޖަޔާއި ވާހަކަ ދެއްކިއެވެ. މަޔާން ބުނި ވާހަކަ އެ ތުއްތު ފުރާނައަށް ދޭހަވިހެން ހީވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ނެޕީ ބަދަލު ކުރުމުން ނިދައިލިއެވެ. އެކުއްޖަގެ ހާއްސަ އެނދަށްލުމަށްފަހު މަޔާން ސޯފާގައި އޮށޯތެވެ. އޭނައަށް އޮވެވުނީ ސޯފާގެ ކުރި މައްޗަށް އޮތް އެނދުގައި ނިދާލާފައި އޮތް އޭނަގެ ލޯބިވާ އަނބިމީހައަށް ބަލާށެވެ.
“ލާލާ އަހަރެން ކިތަންމެ ވަރަކަށް ދުރުކުރަން އުޅުނަސް އަހަރެން ލާލާއާ ދުރެއް ނުވާނަން.. އައި ވިޝް ޔޫ ވުޑް ޖަސްޓް ޓޯކް ޓު މީ ބޭބީ.. އައި މިސް ޔޫ..” މޯޅިވެފައި ހުރި ހިތަކާއިއެކު މަޔާން ހިތާހިތުން ޝަކުވާކޮށްލިއެވެ. ޝަކުވާ ކުރި ނަމަވެސް އޭނަގެ ދެލޮލުން ފެނިގެން ދަނީ ލާރާއަށްޓަކައި ވާ ފުން ލޯބީގެ އަސަރުތަކެވެ. މަޔާން ލޯމަރައިލީ ލާރާ އޭނައަށް ވާހަކަ ދައްކަން ފުރުސަތު ދޭނެކަމަށް ދުޢާ ކުރަމުންނެވެ.
ނިދިފައި އޮތް މައިރީންއަށް ހޭލެވުނީ ބަޑުހައިވެގެންނެވެ. އެނދުގެ އަނެއް ފަރާތް ބަލައިލީ ކައިލް ނިދާފަ އޮންނާނެ ކަމަށްށެވެ. އެހެން ނަމަވެސް އޭނަގެ މޫނަށް ހައިރާން ކަމެއް ވެރިވީ ކައިލް އެނދުގައި ނެތުމުންނެވެ. އެމަރޖެންސީވެގެން ކައިލް ސްޓޭޝަނަށް ދިޔައީ ކަމަށް މައިރީން ނިންމިއެވެ. މަޑުމަޑުން ހިނގާލާފައި މައިރީން ދިޔައީ ބަދިގެއަށް ވަންނާށެވެ. ކަބަޑުތައް ހާވަނިކޮށް ކަބަޑެއްގެ ތެރޭގައި އޮތް ރަމެން ޕެކެޓް ފެނުމުން މައިރީން މޫނުމަތި އަލިވެގެން ދިޔައެވެ. ފުންމަމުން ކަހަލަ ގޮތަކަށް އެ ނަގައިގެންގޮސް ފިޔަލާއި ކެރެޓް އަދި ކެބެޖުކޮޅެއް ކޮށައިލިއެވެ. މައިރީން ޔޫޓިޔުބް ހުޅުވައިލާ ލަވައެއް ޖެހުމަށްފަހު އެ ލަވަޔާއި އެއްވަރަށް ލަވަ ކިޔަމުން މަޑުމަޑުން ނަށަމުން ދިޔައެވެ.
~ދަން ދަން ދަން ދަންވަރު ދަންވަރު ދަންވަރު ދަން
ނިންޖެއް މި ނާދެ ދަންވަރު ދަންވަރު ދަން
ދަން ދަން ދަން ދަންވަރު ދަންވަރު ދަންވަރު ދަން
ނިންޖެއް މި ނާދެ ދަންވަރު ދަންވަރު ދަން
އިޝްގުން ހިތް މަސްތުވަނީ ވެދަނީ
އެދޭތީ ފިރުމަން ފިރުމަން ފިރުމަން
ނިންޖެއް މި ނާދެ ދަންވަރު ދަންވަރު ދަން
ނިންޖެއް މި ނާދެ ދަންވަރު ދަންވަރު ދަން
ދަން ދަން ދަން ދަންވަރު ދަންވަރު ދަންވަރު ދަން
ނިންޖެއް މި ނާދެ ދަންވަރު ދަންދަންވަރު ދަން
ކުޑަ އެމާރޖެންސީ ކޭސްއަކަށް ދިޔުމަށްފަހު ކައިލް ގެއަށް ވަނެވެ. ބަދިގެ ދިއްލާފައި ހުރުމުން ހައިރާންވެ ހުރެ އޭނަ ބަދިގޭގެ ދޮރުމަތީގައި ހުއްޓުނެވެ. އެވަގުތު ލަވަ ކިޔަމުން، ނަށަމުން، ކައްކަމުން ދިޔަ މައިރީން ފެނި ކައިލްގެ މޫނު މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނައަށް މައިރީންގެ މައުސޫމު ހަރަކާތްަކަށް ބަލަން ގެއްލިފައި ހުރެވުނެވެ. ކޮނޑާއި ހަމައަށް އަރައި ކުރު އިސްތަށިގަނޑުގެ އެއެއްބައި އައްސާލުމަށްފަހު ތިރިއަށް ބައެއް އިސްތަށިތައް މިނިވަންކޮށްލާފައި ހުރުމުން މައިރީން ވަކިން މައުސޫމު ކަމަށް ދައްކައެވެ. މައިރީން ލާފައި ހުރީ ނިދަންލާ ފަދަ ދޫ އަތް ދިގު ޓީޝާޓަކާއި ދިގު ހަރުވާޅެކެވެ. ކައިލްއަށް ދިޔައީ މައިރީންގެ ކޮންމެ އާދައެއް ދެކެ އިތުރަށް ލޯބިވެވމުންނެވެ. މައިރީންގެ މި ސިފައަކީ އޭނައަށް ދުވަހަކު ވެސް ފެނިފައިވާ ސިފައެއް ނޫނެވެ. އެހެންކަމުން އޭނަ ދިޔައީ ޝައުގުވެރިކަމާއެކު މައިރީންގެ ހަރަކާތްތައް ބަލަމުންނެވެ.
ކައިރި މިތުރް ނުމެވާށެ ދުރް
ލޯބި މި ލޯބިން ކުރޭ ފުން އަސަރް
ހަނދުމަވެޔޭ ކުރެވޭ ފިކުރް
ލޯބި މި ލޯބިން ކުރޭ ފުން އަސަރް
ބީހޭ ވައިރޯޅި ދެޔޭ ތި ހަބަރް
ދެކެށެ ޔާރު ސާފުދޭ ހަނދުވަރު
ބީހޭ ވައިރޯޅި ދެޔޭ ތި ހަބަރް
ދެކެށެ ޔާރު ސާފުދޭ ހަނދުވަރު~
މައިރީންއަށް އެހިސާބަށް ކިޔާލާފަ ހުއްޓާލެވުނީ ކުއްލިއަކަށް ފަހަތުގައި މީހެއް ހުރި ފަދަ އިހްސާސް ކުރެވުމުންނެވެ. ބިރުން ހުރެ ފަހަތް ބަލައިލި ވަގުތު އެއްމިޔަކަނުން ހީލައިގެން އޭނަގެ ހަރަކާތްތައް ބަލަން ހުރި ކައިލް ފެނުނެވެ. މައިރީންގެ ދޮން މޫނު ރަތްވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކައިލް ހީލައިގެން ހުރި ގޮތުން ދެންމެ މައިރީން ނަށާ ލަވަ ކީތަން ފެނުނުކަން އޭނައަށް ޔަގީންވެއެވެ.
~ޔާރާއޭ ލޯބި އެއީ ދަންމަރް
އުޖާލާ ނޫރޭ ޖާދޫވި ކުލަވަރު
ވެޔޭ ދޯދިން ފެނި ނަލަ މަންޒަރް
ހަނދޭ ތިޔައީޔޭ ލޯބި މިތުރް~
ކައިލް އޭނަގެ ފިރެހެންވަންތަ އަޑުން މައިރީންއާއި ގާތަށް ލަސް ފިޔަވަޅުތަކެއްގައި އަރައި ހަމަކުރަމުން ކިޔައިލިއެވެ. އޭރު މައިރީންއަށް ހުރެވުނީ ބިމަށް މާކަނާ ތުން ހަރައިގެން ހުރި ފަދައަކުންނެވެ. ލަދުންގޮސް މޫނުކޮޅު ލޭ ކުލައަށް ބަދަލުވި ނަމަވެސް ކައިލްގެ ފިރެހެންވަންތަ އަޑުގައި ހުރި އަސަރުން އޭނަގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އެނގުންވެލިއެވެ. މައިރީންގެ އުނަގަނޑުގައި އަތް އަޅުވައިލުމަށްފަހު މައިރީންއަށް ދެން އޮތް ބައި ކިޔުމަށް އިޝާރާތްކޮށްލިއެވެ. ލަދުން ހުރެ ނަމަވެސް މައިރީން ކިޔަން ފެށިއެވެ.
~ދަން ދަން ދަން ދަންވަރު ދަންވަރު ދަންވަރު ދަން
ނިންޖެއް މި ނާދެ ދަންވަރު ދަންދަންވަރު ދަން~
މައިރީން އެބައި ކިޔައި ނިމުމުން ކައިލް އަނެއް ބައި ކިޔަން ފެށިއެވެ.
~ވަކިވާކަށް ނޭދެން މިތުރް
އަދު ހީވޭ ބިރް ދެން ހޭވޭ ބިރް~
ކައިލް މަޑުމަޑުން މައިރީންގެ އުނަގަނޑުގައި ހިފައިގެން ހުރެ ނަށަމުން ދިޔައެވެ. މައިރީންގެ އަތް ވަނީ ކައިލްގެ ކޮނޑުގައި އަޅުވައި ލެވިފައެވެ. ރަމެން ހެދިފައި ހުރުމުން ކައިލް އުނދުން ނިއްވައިލިއެވެ.
~އެދެމޭ އުޅެން އެކުގާ އުމުރް
ލޯބި މި ލޯބިން ކުރޭ ފުން އަސަރް..
އަސްތާ ބުނަންތަ؟
ވައުދޭ މި ވަނީ ލޯބިން ޔާރާ
ވާނަން އެކީގަ ހެކިވާނީ ހަނދުވަރް
ވައުދޭ މި ވަނީ ލޯބިން ޔާރާ
ވާނަން އެކީގަ ހެކި ވާނީ ހަނދުވަރް~
މައިރީން ހީލަމުން ކިޔައިލިއެވެ. އޭނައަށް ހުރެވުނީ ކައިލްގެ ލޮލަށް ގެއްލިފައެވެ. ކައިލް ވެސް ދިޔައީ މައިރީންގެ ކޮފީ ކުލައިގެ ކަޅީގެ ތެރެއަށް ގެނބެމުންނެވެ. މައިރީންގެ ތުންފަތުގައި ކުރަހާލެވިފައި ހުރި ހިނިތުންވުމުން ކައިލްގެ ތުންފަތް ވެސް އެއްމިޔަކަނުން ދެމިގެން ދިޔައެވެ.
~ހިތް ދެރަކޮށްލާފަ ދިޔާމަ މިތުރް
އަސްލު ވާނަން ހަމަ ގައިމޭ މަރް~
މޭމަތީގައި އަތް ބާއްވާލަމުން ‘ޑްރެމެޓިކް’ ގޮތަކަށް އެތަންކޮޅު ކައިލް ކިޔައިލިއެވެ. މައިރީންގެ ގާތަށް ހިނިއައެވެ.
~ހާދަހާ ގިނައޭ ދޯ ހާސަރް
ވާނަން އެކީގަ ހެކި ވާނީ ހަނދުވަރް~
ކައިލްގެ ނޭފަތު ކުރީގައި ހިފައިލަމުން މައިރީން ކިޔައިލިއެވެ. ކުއްލިއަކަށް ދެމަފިރިން ސިހިގެން ދިޔައި ފްލޭޝްލައިޓްއެއް ފަދަ އެއްޗެއް ދިއްލިފަ ނިވުމުންނެވެ. މައިރީން އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަލި އައި ދިމާ ބަލައިލިއެވެ. އެއާއެކު އޭނަގެ މުޅި މޫނު ހުދުވެގެން ދިޔައެވެ. ކައިލް ވެސް ކުރިމަތީގައި ހުރި މީހާއަށް ބަލައިލީ ބިރެއް ފެނިގެން ބަލާފަދައަކުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







FINALLY EP ONE IS HERE… aaahhh after sleepless nights finally mi vaahaka kiyaalevihjje.. varah dhigu inthizaarehge nimun miee hehe..
as usual mi part vess hama varah varah reethi..speachless hama.. alheyyyyyy rukaina and aina ☹️ i was sooooo sad ethan kiyaafa… like hama goosebumps… ekm vess hama varah reethi allahumma baarikk… dhn kail and maiii vess dhww eeekkk blush vejje hehe.. kaakutha e fenuny?? im sooo curious… when next? ilyyy smm my fav author 🥹
Yess first ep is here.. Aww thankyouu soo muchhhh.. I’m happy u liked ittt.. Rukain and Aina dhww.. lets see what happens to them.. Kail and mai dhen rom thaa vaany.. hinga balama kaakahtho fenuny.. Next part insha allah thursday noony wednesdayga… Aww love u moree darll💜🦋
Wow… I’m hama speechless… It’s nice, like the previous 2 seasons… Can’t wait for the next episode…
Thankyou darlll.. I’m happy u liked ittt.. Next ep insha allah Thurday noony wednesdayga💜🦋
wow masha allah vrh reethi
when is next part?????
can’t wait
Thankyou darlll.. I’m happy u liked ittt..
Next ep insha allah Thurday noony wednesdayga💜🦋
Masha allah mi part vs vrh reethi
Mirey vs hurevuny ehnun vhk kiyaa hithunnn
Alheyy aina r rukain😭,,I’m sureeee eiii raakin…memory loss viikan
Mayaan r laara,,I feel so bad forr mayaan n aina
Aiiiiiii..mai r Kaill..ladhun moonu mathy baalisves elhihje…gabool kuranvs dhathi ehaa rom koh emiihunnah ulhen engeyney..kaaku eiii???e myhaku vs nuvaane dhw ekahala vaguthu kolhakah ahnan…emiihunge lawwbii vaguthu kolheyy eharaabu vii😭
when next???
thankkuuu sssmmm maashhh…best author
Lyyysmm❤️
Thankyou darlll.. I’m happy u liked ittt..
Hehe ehendhww..
but raakin is dead ehnun.. dhen neyge dhww..
I feel bad for mayaan and laara too..
haha they are secretly very rom ey.. i was blushing writing it as well haha..
haha hingaa balama kaaku tho dhww..
Next ep insha allah Thurday noony wednesdayga
Ur welcome darll.. aww means a lott
Love you moree💜🦋
Kaaku e fenunyyy…
Heekuree maadhamaa kamah up vaanee…
I’m surprised
This is superb
Can’t wait for next
Hingaa balama kaaku tho e fenuny dhww..
Avahah assaigment nimuneema mi part avahah genesdhiny mi..
Thankss I’m happy u liked itt..
Next part insha allah Thursday noony wednesday ga 💜🦋
Alheyyyyyyyy maashhh nooooo kihineh thi ninmaaly enme hiy thalhuvaalaafa 😭
hehe sorry darll💜🦋
LOVE THIS PART SM SHIHAAMA ALI..
ALL THE BEST TO UR WRITINGS
I LOVE ALL OF UR STORIES
THERE SK ROMANTIC.. ALHEYY💗🎀
DAMNNNN SHIHAAMAAAA
I REALLY LOVE THIS STORYYYYY AUGHHHHHHHH DAMNNNNN 💗🎀
It’s not shihaamage story it’s marsh ge story
Hehe okey umm.. Its mash ge stories ingey..
I’m happy u like shihers stories
and i’m happy u liked this story hehe💜🦋
olhunee kamah vaany bookworm💜🦋
ahhhhhhhhh finallllyyyy YES
been waiting for ages to read thiss i mean it felt like it hehe
rukain n ainaa like heebihi nagaa dherves veyy
oh wowww kail n maireen dhemeehun ekoh sifavey hama kurimathyy haha
and once again you ATE maash Masha Allah my fav author is back at it againnnn
anaywayssss cantt wait for ep 2
lyyyy tcc <3333
hehe yess finally..
Ohh hehe i see..
mmm i feel bad for rukain and aina too darll..
Hehe mai men dhww.. they are always cutee..
Aww thankyou soo much darll.. I’m happy u liked itt..
honored to be hehe..
Next ep insha allah thursday and wednesdayga..
Love you moree darll💜🦋
Finallllyyyyyy the first eppp
Love this parttt
Anekka kocheh kail and mai ah mi fenuny?
Yess finally first ep miothy..
Thankyou soo muchh.. i’m happy u liked itt..
Lets see kaakutho mai and kail ah fenuny dhww💜🦋
Finallllyyyyyy the first eppp
Love this parttt
Anekka kocheh kail and mai ah mi fenuny?
Can’t wait for the next part
When next????
Yess finally first ep miothy..
Thankyou soo muchh.. i’m happy u liked itt..
Lets see kaakutho mai and kail ah fenuny dhww
Next part insha allah Thursday noony Wednesdayga..💜🦋
aaaaahhhh thiss isss soo good..i luvvv this story..Masha allah u are so molhu. waiting for the next part.
Thankyou soo muchh.. i’m happy u liked itt..
Aww thanksss..
Next part insha allah Thursday noony Wednesdayga..💜🦋
Mashallah maash this is hama ehme perfect vrh vrh reethi alheyy haadha hih thalhuvaalaafa eyy thi ninmaali vrh furihama n im so curious too 🥲🫠 btw when is next cant wait for it
Love you dear🥰😍
Thankyou soo muchh.. i’m happy u liked itt..
Hih thalhuvaalaafa nimmaaleyma ehnun kiyaa hiy vaany hehe..
Next part insha allah Thursday noony Wednesdayga..
Love you moree darll💜🦋
Omgggg finally mi season vx mi feshuny dhw.
Ik for a fact that mi season would be perfect hama Maash ge hurihaa stories gothah
Dhigu imthizaareh mi nimuny hehe.
Masha Allah Vrh reethi 1ep vx. Kihineh baa mi vany rukain aa ainaa ah 😭
Anekkaa ehaa curious koh thi nimmaalyy vxx.
Waiting for the next part…..
Whens next part?
Lots of love ❤️💐
Yess mi season vx feshuny mihaaru mi..
Aww lets see dhww thihen veytho.. hoping for that..
Thankyou sooo muchh darll.. I’m happy u liked it..
lets see dhen vaagoii..
Next part insha allah thursday noony fridayga..
Love you moree darll💜🦋
Haadha reethiiiii Eyy mi part vess
Upload kurithana kiyan huri but I was sooooo busyyy
Adhi mi vaguthu kolheh libunee
Kali and maireen haadha cute eyy adhi lava kee than kolhu 🤭 btw that’s one of my fav songs
I hope mayaan and lara will talk again and fix that misunderstanding
And aina ge hithaamahtha dhww i can feel her pain i think rukain is raakin heevanee
I’m excited for the next part
Thankyou so much Luna.. I’m happy U liked itt.. I’m really busy these days too.. that’s why buni dhuvahah upload nukohdhevuneevx.. hehe yess they are always cuteee.. oh mine too hehe.. I love that song.. let’s see what happens to mayaan and laara dhww.. let’s see what happens next.. Insha Allah next part this weekend
V reethi mi part Maashaa allah
Can’t wait for next episode
Whn next????
Thankyou darlll.. Insha Allah today noony tmr.. I’m so sorry it’s being this late.. it’s cause these days are very busy.. 💜🦋
Where is the next episode.. Itz been a week…
Insha Allah today noony tmr.. I’m so sorry it’s being this late.. it’s cause these days are very busy.. hope you understand 💜🦋
Itz okayy.. My bad i didnt read your replies to others’ comments.. Take your time. ☺️
Thanks for Ur understanding aara💜🦋
It’s ok take ur time ☺️
Thankyou for Ur understanding darl💜🦋
Hey butterfly 🦋
Story hama 💯💯💯💯
Sorry for the late comment (very late comment 😞😬) but I read it few days ago …. Who is that person 🤔
If it turns out to be one of their close one …. They are doomed 🤣😂🤭
And about their romance 🫣🫣
And please laalaa ge misunderstanding clear kohlaba avahah 🥺
Curiously waiting for the next part ….. Just take your time and post it …. Idk about anyone else but I’ll be waiting patiently…. Cuz I know A level is a lot harder even I’m studying it 😔
Anyways lots of love sisy 💜
Hiii shimmerr..
Thankyou soo much darlll..
It’s Okey darll.. I’m happy to see Ur comment late also.. haha and it turned out to be mai ge lil bro hahah. 2nd part uploaded now.. let’s see dhww laara menah vaagoi dhennn.. tha kyou soo much for Ur understanding darlll.. hehe I’m not studying A level.. I’m studying my course ge degree now.. good luck on Ur studies darll..
Love you more darll💜🦋
Woowww you’re my favourite author<3
Aww thankyou soo muchh.. means a lot<3