އެކުގައިވާނަން-14
“ތިއީ ޔަސްރާގެ ބެސްޓް ފްރެންޑް ދޯ..؟” ޝަޔާން އަހާލިއެވެ.
“ބަލަ ކޮންބޭކާރު ވާހަކަ އެއް ދައްކާކައްތަ..؟ ކަލެޔަށް ހެވެއްނު..” ހަޔާ ޝަޔާންގެ އަތް ފޮޅުވައި ލައިފައި އަނެއްކާވެސް ދުއްވައި ގަތެވެ.
“ފޮނި މަންޖެއެކޭ..” ޝަޔާން އަމިއްލަ ހިތާ ބުނެލިއެވެ.
*ޕާރްޓް-14*
ގެޔަށް ވަދެގެން އައި ހަޔާ އަވަސް ފިޔަވަޅު ތަކެެއްގައި އައިސް ސިޑީގެ ހަރުފަތްތަ ގިރާކޮށްލައިފައި ދިޔައީ ބެލްކަންޔަށެވެ. އެތާ އަޒްހާން އިންކަމެއް ވެސް އޭނާއަކަށް ނެއިންގުނެވެ. އޭނާ ދިޔަގޮތަށްގޮސް ސޯފަށް ޖެހިގަނެ ރޯން ފެށިއެވެ. މޫނުމަތީ އަތް އަޅައިގެން ބާރަށް ރޮމުން ދިޔަ ހާޔާ ފެނުމުން އަޒްހާން ކަންބޮޑުވިއެވެ. ހަޔާ ކައިރިއަަށް އައިސް އޭނާގެ ކޮނޑުގައި މަޑުމަޑުން ކޮށްޓާލައިފިއެވެ. ސިހިފައި ހަޔާ އިސްއުފުލާ ބަލާލިއެވެ. ކައިރީގައި މޫނުމަތީ ސުވާލުމާކެއް ތަށްކޮށްގެން އިން އަޒްހާން ފެނި ހަޔާ އަވަސް އަވަހަށް ލޯ ފުހެލާފިއެވެ.
“ކޫދޮން.. މިތާ ކީއްތިކުރަނީ..؟” ހަޔާ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ދައްކަމުން އަހާލިއެވެ.
“ކަމެއް ނުކުރަން.. ހަޔާ ކީއްވެތަ ތިރޮނީ..” އަޒްހާން އަަހާލިއެވެ.
“ކަމެއްނުވޭ..” ހަޔާ އަވަސް އަވަހަށް ބުންޔެވެ.
“ކަމެއް ނުވެއެއް ހަޔާ އެއް ތިގޮތަކަށެއް ނުރޯނެ..” އަޒްހާން ސަބަބު އޮޅުން ފިލުވަން ބުންޔެވެ.
“އަހަރެން ބޭނުމެއްނޫން ބުނާކަށް..” ހަޔާ އިސްޖަހާލިއެވެ.
އަޒްހާން، ކޮއްކޮއަށް ވަގުތު ދިނެވެ. އަދި އެވާހަކަ ހަޔާ އޭނާ ކައިރީ ބުނާނެކަން ޔަގީނެވެ.
ދަނީ އޭ ބުނެފައި ހަޔާ ދިޔައީ ކޮޓަރިއަށެވެ. ގޮސް ފެންވަރާ ހަދައިގެން ނިދަން އެރީރަށް ހަދާންވީ މާދަން ސްކޫލް އަށް ގޮށްސަވެސް އޭނާ އިންނަން ޖެހޭނީ ކައިލާން ކައިރީ ކަމެވެ. ހަޔާ މޫނުމަތީ ބާލިސް އަޅައި ހަޅޭލަވައިގަތެވެ. ހިތް ހަމަޖެހެން ދެކަށް ރޮއިލައިފައި ހަޔާ ނިދިއެވެ.
އަނެއްދުވަހު ހެނދުނެވެ. މިންހާ އުޅުނީ ބަދިގޭގައި ކައްކާށެވެ. ލިވާން އިނީ މޭޒުދޮށުގައި ނާސްތާ ކުރާށެވެ. އެހެން ދުވަސް ތަކެކޭ ހިލާފަށް މިއަދު ހަޔާ ސައިބޯން އައިލެއް ލަސްވެއްޖެވެ. މިންހާ ގޮސް ހަޔާގެ ކޮޓަރީގައި ޓަކިދިނުމުން ހުޅުވާފިއެެވެ.
“ކީއްވެ ސައިބޯން ނައިސް ތިއިނީ..؟” މިންހާ ދާން ހިގައިގަންނަމުން އަހާލިއެވެ.
“ސޮރީ.. ޔަސް އަށް މެސެޖް ކުރަން އިދެވުނީ..” ހަޔާ ދަބަސް ހިފައިގެން ތިރިއަށް ފޭބިއެވެ.
“ލޯހަދާހާވާ ރަތްވެފަ..” މިންހާ އަށް އެކަން ފާހަގަ ވިއެވެ.
“އަސްލުވެސްތަ..؟” ހަޔާ އޭނާގެ ފޯނުނަގާ ކެމެރާ ހުޅުވައިފައި ބަލާލިއެވެ. އާއެކެވެ. އޭނާ ރުއިމުން ހުރީ ލޯރަށްވެފަ އެވެ.
“ހެހެ.. އެއީ ލޯ އުނގުޅާލެވުނީމަ..” ހަޔާ ހެދުނުގެ ނާސްތާ ކުރަން ފެށިއެވެ.
ޔަސްރާ މިއަދު އަމިއްލަ ގައުމަށް ދާން ފުރާތީވެ އޭނާ އުޅުނީ އޭނާގެ އާއިލާ ކުދިންނާއި އެކީއެވެ. ފަހުން އެދުވަހު 7 ޖަހާލީރަށް އޭނާ އެއާޕޯޓަށް ގޮސް އިއެވެ.
ޗެކިންވެ ނިމިފައި ޔަސްރާ އާއި އޭނާގެ ބޭބެ ރާޝިމް މަޑުކޮށްލީ އެތާ ގޮޑިބަރިތަކުގައެވެ.
“ވަރަށް ދެރަވޭ ދޯ ޝުހޫ ބައިންދައިފައި އަންނަން ޖެހޭތީ..” ރާޝިމް އަހާލިއެވެ.
“ހޫމް.. ވަރަށް މިސްވާނެ.. ޝުހޫ ކިޔޭ ދޮންތި ކޮންމެ ބަންދަކު އަންނައްޗޭ..” ޔަސްރާ އިނީ ޝުހުބާ ބައިދާފައި ދާން ޖެހޭތީވެ ހިތްދަތިވެފައެވެ. މިއޮށްހާ ދުވަހު އެއްކޮށް އުޅޭފައި އޭނާ މިދާން ޖެހެނީ ކޮއްކޮ ބޮޑުދައިތަ ކައިރީ ބަހައްޓާފައެވެ. ނަމަވެސް ރާޝިމް މި ނިއްމުން ނިންމީ އޭނާ އަށް ރަގަނޅަކަށެވެ.
“ބައްޕަ ބުނީ ގޮއްސަ އަންނަޗޭ ބައްޕަމެން ގެޔަށް ކާން..” ރާޝިމް ހަދާންވެގެން ބުނެލިއެވެ.
“ހޫމް..” ޔަސްރާ އެއްބަސްވިއެވެ. މަންމަ ިޔާވިފަހުން ޔަސްރާ އާއި އޭނާގެ ބައްޕަ ދެމެދުގައިވާ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. މަންމަގެ މަރުގެ ސަބަބަކީ ބައްޕަކަމަށް ޔަސްރާ އަބަދުވެސް ބުނެއެވެ.
ސުކޫލަށް ގޮސް ވެސް ކައިލާން ހޯދީ ހަޔާ އަށެވެ. އޭނާ ބޭނުމީ ހަޔާ ކައިރިން މަޢާފަށް އެދޭށެވެ. އާއެކެވެ. އޭނާ އެކުރީ ކުރަން ނުވާވަރުގެ ކަމެކެވެ. ހަޔާ އެއީ އަދި އަލަށް އައިސް އުޅޭ ކުއްޖެއްވެސް މެއެވެ. ކައިލާން އިސްޖަހާލައިގެން ހުރެ ކްލާހަށް ވަނެވެ. އޭނާ ބަލައިލިއިރު ހަޔާ އިނީ އެހެން ޑެސްކް އެއް ކައިރީގަ އެވެ. ހަޔާ އިންނަތާގައި އިނީ އެހެން ކުއްޖެކެވެ. ކައިލާން ދެރަވިއެވެ. އޭނާ އާއި ހެދި ހަޔާ އޭނާދެކެ ފޫހިވީއެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ކައިލާން ގޮސް ގޮނޑީގައި އިށީނެވެ. ކިޔެވުން އުމާންކޮށް ދިޔައެވެ. ޓީޗަރަށް ވރެ ކައިލާން އަށް ސަމާލުކަން ދެވެނީ ހަޔާ އަށެެވެ. ނަމަވެސް ހަޔާ އަޅާވެސް ނުލައެވެ. ކުދަމިނުން ބަލާވެސް ނުލައެވެ. އެކަމާއި ހެދި ކައިލާން އިތުރަށް ނުތަނަވަސް ވިއެވެ.
އިންޓަވަލް ގަޑިކަމުން އެކިކުދިން އުޅެނީ އެކިތަންތަނުގައެވެ. ހަަޔާވެސް ޔަސްރާ ނޫޅޭތީވެ އިނީ ޒޯޔާ މެންނާއި އެކީއެވެ. ތިން ކުދިންވެސް ވާހކައިގައި ތިބެފައި ރީމާގެ ބޭބެ ގޮވުމުން ރީމާ ދިޔައެވެ. ރީމާގެ ފަހަތުން ޒޯޔާވެސް ދިޔައެވެ. ނަމަވެސް ހަޔާ އެއް ނުދެއެވެ. އޭނާ ރެއިލިންގައި އަތް އަޅުވައިލައިގެން ހުއްޓައި ފަހަތުން ގޮވާލިއަޑު އިވުނެވެ. ގޮވާލުމާއި އެކީ އެއީ ކާކުކަން ހަޔާ އަށް އެނގުނެވެ. މޫނަށް ކުނި ވައްތަރެއް ޖައްސާލައިފައި ހަޔާ އެނބުރުނެވެ. އެކަމަކު އޭނާ އެއް ކައިލާން އަކަށް ނުބަލައެވެ.
“ހަޔާ.. އަހަރެން-” އެހެން ބުނެލިތަނާހެން ހަޔާ އެތާއިން އެހެން ކުއްޖަކަށް ގޮވާފައި އެދިމާއަށް ދިޔައެވެ. ކައިލާން އިތުރަށް ހާސްވިއެވެ. އޭނާ ބޭނުމީ ހަޔާ އަށް އަސްލު ވީގޮތް ބުނެދޭށެވެ. އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫންކަން ބުނެދޭށެވެ.
ޔަސްރާމެންނަށް އާދެވުނީރު ރޭގަނޑު ވެއްޖެވެ. ރާޝިމް ބުނިހެން ދެބެއިންވެސް ދިޔައީ ފޮށިތަށް ލައިފައި ބައްޕަމެން ގެޔަށެވެ. ޔަސްރާ ހުރީ ފޫހިވެފައެވެ. މިއި އޭނ ާއެއްގޮތަކަށްވެސް އަަންނަން ބޭނުންވާ ތަނެއް ނޫނެވެ. ނަމަވެސް ދޮންބެ ކިޔާވަރުން އައީއެވެ.
ޔަސްރާމެން އައިސް ސަލާމް ގޮވާލުމުން އެތެރެއިން ސަލާމް ބަލައިގަތީ އެކުދިންގެ ދޮންމަންމަ ފިރާޝާ އެވެ.
“އަހަ، މިހާރު ތިކުދިން އައީތަ.. ވަދޭ ވަދޭ..” ފިރާޝާ ފުޅާ ހިނިތުންވުމެއްދީފައި އެކުދިން ވަންނަން ތަންދެއްކިއެވެ. ދެމީހުން ވެސް އައިސް ސިޓިން ރޫމް ސޯފާތަކުގައި އިށީން ދެލިއެވެ.
“ޔަސްރާ ކިހިނެއް..؟” ފިރާޝާވެސް އެކުދިން ކައިރީ އިށީން ދެލިއެވެ.
“ރަގަނޅު..” ޔަސްރާ ފޫހި ގޮތަކަށް ޖަވާބު ދިނެވެ. އެވަގުތަކީ އެކުދިންގެ ބައްޕަ ޔޫސުފް ވެސް އައިސް ގެޔަށް ވައިން ވަގުތަށެވެ.
“އަހަ، ރާޝިމްއާ ޔަސްރާ އައީތަ..؟ ދެން ތިހެން ނުތިބެ އަދާން ކާން.. ފަރީޝާ ވެސް އެކުދިން އައީމަ ތިއިނީ..” ޔޫސުފް އައިސް ޔަސްރާގެ ބޮލުގައި ފިރުމާލިއެވެ.
“އަހަރެން މަޑުކުރީ ޔޫސުފް އަންނަން ދެކަށް..” ހަތަރު މީހުންވެސް އައިސް ބަދިގެޔަށް ވަނެވެ.
*ނުނިމޭ*
ކުރިން ހަފްތާގައި މިވާހަކައިގެ ބަޔެއް އަޕްލޯދް ނުކޮށް ދެވުނީތީވެ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Masha Allah 🫶❤️
You’re so intelligent MuXo Story very Beautiful ❤️May Haya forgive Kailaan He just love Haya I thought I think they might be having crush each other.When ‘s next?pls update quickly
Thank you so much! 😊
Let’s see dhw dhen kudhinh tho vane!
Btw next week ga annehkaaves!