Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަލްސަފާ – 1 (18+)

IQ Level 110 Stories
January 28, 2016 5 Mins Read
18 Comments

 

“ނިމުނީ ގުޑާލިޔަސް، މި ވަޅީގެ ތޫނުކަން އަންގާލާނަން” ކަރުގެ ނާރުތައް ވާންކޮށްފައި ޒާހިދު ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ އެއް އަތުން ސަމީރު ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފައި ފާރުގެ ކަނަކަށް ގަޅުވާލައިގެން ހުރިއިރު އަނެއްއަތުން ސަމީރުގެ ބަނޑުގައި ޖައްސައިގެންހުރީ ތޫނު ވަޅިއެކެވެ. ސަމީރު ގަންފައި ހުރި ބިރާއި އެއްވަރަށް މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާއަށް ގުޑާނުލެވިފައި ހުރީ ކަށިމައްޗާ ހަމައަށް ތިރިކޮށްފައިވާ ޖިންސުންއެޅިފައިވާ ކަސްތޯޅުގެ ސަބަބުންނެވެ.

“ތި*އި މައިތިރިވެގެން އިންނާތި، ކަލެއަށް ވާވަރަށް ފިލާވަޅު ނަގާދެވިފަ މިހާރު ހުންނާނީ، ދެން މަ ނަގާދޭ ފިލާވަޅު ދަސްކުރޭ” ޒާހިދު ގުންފައިޖަހާފައި ގޮސް އެނދުކައިރީގައި ތަޅުންގަނޑަށް ވެއްޓިއޮތް ފަރީދާގެ އަތުގެ މުލައްދަނޑީގައި ހިފާ ކޮޅަށްނަގާ އެނދުމައްޗަށް ކޮއްޕާލިއެވެ.

“ޒާހިދޫ، މަށަށް ތަދުވެޔޭ، ކަލެއަށް އެނގޭނީ އަބަދުވެސް ތިހެން އަނިޔާކުރަންދޯ؟ މިހާ ދުވަހު ކަލެއަށް ކަމެއްނުވެފަ، މިއަދު އޭނަ މިތާ އިނީމަދޯ ފޯރިއަރުވަންތިއުޅެނީ، އޭނަ ފޮނުވާލަބަލަ، ކުރިކަމެއްކުރީ މަގޭ ގަބޫލުގައޭ، އޭނައަށް ބަލަންއޮވެގެންތަ ކަލެއަށް މަގޭގަޔަށްއަރަން ފޯރިއަރަނީ” ފަރީދާ ގަދަ އަޑުން ހަޅޭއްލަވައިގަތެވެ.

“މާ ފެ*ނެކަމެއްނެތް، މީހަކަށް އަޑެއް އިވިގެން މަގޭ އަގުވެއްޓޭނެކަމަށްދޯ” ފަރީދާގެ ކަންކަށިމަތީ އެތިފަހަރެއް ޖެހިއެވެ. އަދި ފަރީދާގެ އުނަގަނޑާ ދިމާލުން ގައިމައްޗަށް ދެފައި ދެފަރާތަށްލައިގެން އިށީންނަމުން ޒާހިދު އޭނާ ލައިގެންހުރި ފަޓްލޫނުގެ ގޮއްތައް ނައްޓަން ފެށިއެވެ. ސަމީރަށް އެމަންޒަރު ބަލަން ނީނދެވި އެތަނުން ދިއުމަށް ތެދުވިއެވެ. އޭރުވެސް އޭނާ ތުރުތުރު އަޅަމުންދިޔައެވެ. “ބަ*އްޓާ ތި*އި މައިތިރިވެގެން އިނދޭ، ކަލޭ އަ*ޔާ އެ*ންދާންވީނުން، އަ*ޔާ އެއްވަރު ރުނ*އެއްގެ ގަޔަށް އެރެންޏާ އަ*ވެސް ކަމުދާނެ ތި*އަށް”  ޒާހިދުގެ އަޑުގައި ހުރީ ހަރުކަށިކަމާއި ރުޅިވެރިކަމެވެ. “ޒާހިދޫ” ފަރީދާ ހަޅޭއްލަވައިގަތެވެ. ގޮށްމުއްކަވާފައި ފަރީދާގެ އަނގަމަތީގައި ޒާހިދު އެތިފަހަރެއް ޖެހިއެވެ. “ނަ*ކެނޑި ހުރި ހަޔާތްކުޑަކަން، މާދަން މަގޭ ދަރިގަޔަށްވެސް ކު*ތާ އަރާ އޮވެދާނެ”  ޒާހިދުގެ އަޑުގައާއި މޫނުމަތީގައި ހުރި ރުޅިވެރިކަމުގެ ސަބަބުން އިތުރަށް ގަދަހަދައިފިނަމަ ގޯސްވެދާނެތީ ފަރީދާ ގޮތްދޫކުރިއެވެ. ގޮތްހުސްވެ ހުރި ސަމީރުގެ މޫނަށް ބަލާލިއެވެ. އިތުރު ހަރަކާތެއް ނުކުރުމަށް ސަމީރަށް އިޝީރާތްކޮށްލުމުގެ ގޮތުން ބޯހޫރާލިއެވެ. ދެލޯމަރާލާފައި ބާރުކޮށްލިއެވެ. ފަރީދާ ލައިގެން އޮތް ޖަންގިޔާ ޒާހިދު ތިރިކޮށްލިއިރު އޭނާގެ ދަށްބަނޑުގައި ޒާހިދުގެ  ނިޔަފަތިތަކުން ވަކި ކޭއްތުނެވެ.

***********************

ފައިސާއަކީ ބާރުގަދަ އެއްޗެކެވެ. ޒަމާނާ އެއްގޮތަށް މީހުންގެ އުޅުން މިދަނީ ބަދަލުވަމުންއެވެ. ޖާހިލިއްޔަ ޒަމާނަށް ދުނިޔެ މިވަނީ މޫނު އެނބުރެން ފަށާފައެވެ. ފައިސާއާއި ނުލާ ދިރިއުޅުން ކުރިއަށްނުދާނެ ވަރަށް ދުނިޔެ މިވަނީ ތަރައްޤީ ވެފައެވެ. ސަމީރުގެ ދިރިއުޅުންވެސް އެފުށްމިފުށަށް ޖަހާލީ ފައިސާގެ ކެހިވެރި ނުފޫޒެވެ. އޭނާގެ ދިރިއުޅުން ކުރިއަށް ގެންދިޔައީ އޭނާގެ ހިތްބުނަމުން ދިޔަ ގޮތަށެވެ. އޭނާގެ ލޭގައި ކިތަންމެ މުޑުދާރު ލައްގަނޑެއް ޖެހިފައި ހުރިނަމަވެސް އޭނާ ބޭނުންވީ ތެދު ސީދާމަގުން ކުރިއަށްދާށެވެ. ނަމަވެސް އެ ހިތްދަތި ދިރިއުޅުމުގައި ކުރިމަތިވި ހަނގުރާމައިގައި އޭނާ ޝަހީދުވީއެވެ. ކުދިކުދިވީއެވެ. ފުނޑުފުނޑުވީއެވެ. ދެން މަގުދެއްކީ ވިސްނުމެވެ. ނަމަވެސް އެވިސްނުން ގޯސްވީއެވެ.

ސަމީރަކީ އޭނާގެ މަންމައަށް ލިބިފައިވާ 3 ކުދިންގެ ތެރެއިން ހުރި ހަމަ އެކަނި ފިރިހެންކުއްޖާއެވެ. ދޮށްޓަށް ހުންނަ ދައްތަ ސަލްމާގެ އިތުރުން ހަގަށް އަންހެން ކޮއްކޮއެއް ހުރެއެވެ. އެކުދިންގެ ބައްޕައަކީ ކޮން ބައެއްކަން ޚުދު އެކުދިންގެ މަންމަ ސާމިޔާ އަކަށްވެސް ނޭނގެއެވެ. އެނގޭނީވެސް ކިހިނަކުންހެއްޔެވެ. ފޫގޮސްފައިވާ އެތައް ފުރާޅެއްގެ ދަށުން އޭނާ ވަނީ ހިޔާވަހިކަން ހޯދާފައެވެ. އެހަށިގަނޑު ނުތެމޭ ރެއެއް މަދުވާނެއެވެ.

އުމުރުން 15 އަހަރުގައި ސާމިޔާ އާއިލާ މީހުނަށް ފިލައިގެން ރަށުން އައްޑު އަތޮޅަށް ބަދަލުވީ އޭނާގެ އޭރުގެ ލޯބިވެރިޔާއާއި އެކުގައެވެ. ލޯބީގެ ދަޅައިގައިޖެހި އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނީއެވެ. އޭނާގެ ހަށިގަނޑުގެ ފޮނިމީރުކަން ކަނޑުވާލުމަށްފަހު ސާމިޔާ ރަށުތެރެއަށް ގިނަކޮށްލީއެވެ. އެކަމާ އޭނާ އޭރަކުވެސް ދެރައެއްނުވެއެވެ. އެއީ ކަންތައް ވާނޭގޮތް ކުރިންވެސް އޭނާއަށް އެނގޭތީއެވެ. އޭނާ ބޭނުންވީ ޢާއިލާއާ ދުރަށް ދާށެވެ. އެއީ އޭނާ ބޭނުންވާ ދިރިއުޅުން ހޯދާށެވެ. އޭނާގެ ޒުވާން ހަށިގަނޑު ގޮވަމުން ދިޔަ އެދުންތަކަށް ހިތްހަމަޖެހުމެއް ހޯދާށެވެ.

އެކަކާއެކު ދިރިއުޅުން ހޭދަކުރުމަކީ އެއްއިރަކުވެސް އޭނާ ބޭނުންވި ކަމެއް ނޫނެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ތާޒާކޮށްލާށެވެ. މޮޅު ހުނަރުވެރިންނާ ބައްދަލުވެ އިތުރު ހުނަރުތައް ދަސްކުރާށެވެ. އަދި ލިބެމުންދިޔަ ތަޖުރިބާގެ އަލީގައި އަމިއްލަ ވިޔަފާރިއެއް އޭނާ ފެށިއެވެ. ޖިސްމުތަކުގެ ހައިހޫނުކަން ފިލުވައިދޭ މީހެއްގެ ގޮތުގައި، އޭނާގެ ހަށިގަނޑުގައި އަގުގެ ލޭބަލް އެޅުވިއެވެ. ފާފައިގެ ހޫނު ތަންމައްޗަށް ދަޢުވަތުދީ އެ ދަޢުވަތުކާޑު މުޅި ރަށުތެރެއަށް ބަހާލިއެވެ. އެތައް ޢާއިލާއެއް ރޫޅުވާލުމުގައި ސާމިޔާގެ ރޯލު ކިތަންމެހާވެސް ބޮޑެވެ. ހަށިވިއްކުމުގެ ކުށުގެ ތުހުމަތުގައި އެތައް ފަހަރެއްގެ މަތިން އޭނާ ހައްޔަރުވެސް ކުރެވުނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ރީތިކަމުގެ ބާރު އެއަށްވުރެ ގަދައީކަމަށްވެސް ވެދާނެއެވެ. އޭނާގެ ކުރިމަތީގައި ކަމާބެހޭ ފަރާތްތަކުގެ މުގުރުބުރިތަކަށްވެސް ކެއްތެއް ނުކުރެވުނެވެ.

ފުޅާވަމުންދިޔަ އޭނާގެ ވިޔަފާރިން ކިތަންމެ ނަފާއެއް ލިބުނު ނަމަވެސް އަބަދުވެސް އަތްމަތި އޮންނަނީ ހުސްވެފައެވެ. ވިސްނުމެއް ފިކުރެއްނެތި ކަރުގައި ފާފައިގެ ކަސްތޮޅު އަޅުވައިގެން ކުރިއަށްދިޔާގެ ދިރިއުޅުން ހުއްޓުމަކަށްއައީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުންއެވެ. ނަމަވެސް އެހިސާބުންވެސް އޭނާއަށް ހެޔޮވިސްނުމެއް ނުލިބުނެވެ. އޭގެބަދަލުގައި އޭނާއަށް ވިސްނުނީ އެއީ އޭނާގެ ވިޔަފާރި އިތުރަށް ފުޅާކުރެވެން އޮތް ތަނަވަސް މަގެއް ކަމަށެވެ. އޭނާ ބޭނުންވީ އޭނާ މުސްކުޅިވާ ދުވަހު އެހީތެރިވާނެ އަތެކެވެ. ފައިސާ ހޯދާނެ މަގެކެވެ. ކަންވީވެސް އޭނާ ބޭނުންވި ގޮތަށެވެ. ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. ސަލްމާގެ ނަމުން އެދަރިފުޅަށް އޭނާ ނަންދިނެވެ.

އޭރު ސާމިޔާގެ ޢުމުރުން 19 އަހަރެވެ. ދަރިފުޅަށް ދޭންޖެހޭ ސަމާލުކަމެއް އޭނާއަކަށް ނުދެވުނެވެ. ނުދެވުނީކީ ނޫނެވެ، ނުދިނީއެވެ. އެއަށްވުރެ އޭނާގެ ޝެޑިއުލް ދިޔައީ ބުރަކޮށެވެ. ވިސްނުމެއް ހުރަހެއްނެތި ހިންގަމުންދިޔަ ގުޅުންތަކުގެ ނަތީޖާއަކަށްވީ ސަލްމާގެ އުމުރުން އެންމެ ފަސް އަހަރުފުރުނުތަނާ އަނެއްކާވެސް ސާމިޔާ ބަލިވެ އިނީއެވެ. އެފަހަރު އޭނާގެ ހިތް މަރާލިއެވެ. ސަބަބަކީ ފިރިހެންކުއްޖެއް ލިބުމުންއެވެ. އެއީ ސަމީރެވެ. އޭނާގެ ވިޔަފާރީގައި ސަމީރަށް ވެވޭނެ އެހީއެއް ނޯންނާނެއޭ ހިތަށްއެރިއެވެ. ކިތަންމެ ފާފައެއް ކުރިނަމަވެސް ފުރާނައެއް ދުވާލާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭރު އޭނާގެ  ހިތް އެވަރަށް ގޯސް ނުވަނީއެވެ. ސަމީރުއާއި އޭނާގެ ދައްތަ ސަލްމާ ބޮޑުވަމުން އައީ އެކުއެކީގައެވެ. މައެއްގެ ފަރާތުން ސަމީރަށް ނުލިބުނު ލޯބިއޭނާއަށް ދެމުންދިޔައީ ސަލްމާއެވެ. ސަމީރު ލިބުމުން ސާމިޔާ އޭނާގެ ގުޅުންތައް ހިންގީ ވަރަށް ވިސްނުންތެރިކަމާއެކީގައެވެ. އިތުރު ކުއްޖަކު ނުހޯދުމަށެވެ. ނަމަވެސް އޭގެ ހަ އަހަރުފަހުން އަނެއްކާވެސް އޭނާގެ ހަށިގަނޑު ތެރޭގައި ކާކުގެ ލެޔެއްކަން ނޭނގޭ އައު ފުރާނައެއްގެ ވިންދު ޖަހަންފަށައިފިއެވެ. ލިބުނީ އަންހެންކުއްޖެކެވެ. އޭރު އޭނާ ދިޔައީ އުމުރުންވެސް މުސްކުޅިވަމުންއެވެ. ނަމަވެސް އޭނާގެ ޖިސްމު ދިޔައީ އެތެރެފުށުން ތާޒާވެ ޒުވާންވަމުންއެވެ. އޭނާގެ ފަލްސަފާއަކީ ދަތްހުރި ދުވަހު ކާށި ކެއުމެވެ . ކުރަމުންދިޔަ ވިޔަފާރީގައި ކުރިއަށް ދިއުމެވެ. ދުވަސްތައް ފާއިތުވަމުންގޮސް ކުދިން ބޮޑެތިވިއިރުވެސް ސާމިޔާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނައެވެ. ސިފައަކަށްވެސް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ކޮންމެވެސް ވަރަކަށް މޫނުމަތިން އުމުރުންދުވަސްވާކަމުގެ އަސަރު ހުއްޓެސް އޭނާގެ މަސައްކަތުގައި ހުނަރުވެރިކަމާއި ތަޖުރިބާގެ ސަބަބުން ލިބެމުންދިޔަ ކަސްޓަމަރުންގެ ޢަދަދު އުންޏެއް ނުވެއެވެ. އެއިން ކޮންމެ މީހަކުވެސް ބޭނުންވީ ތަޖުރިބާހުރި ހުނަރުވެރިއެއްގެ ބީހުންތަކަށް ވާތީއެވެ.

އޭނާގެ އެންމެ ހަގަށް ލިބުނު ސަމާއާއި އެންމެ ދޮށީ ސަލްމާއަކަށްވެސް ތަޢުލީމުގެ ކުޑަ މިންވަރެއްވެސް ނުލިބުނެވެ. އޭނާ ބޭނުންވީ އެކުދިން ގޭގައި ފޮރުވައިގެން ބޮޑުކުރާށެވެ. ދޮންވެ ފައްކާވަންދެން މީސްތަކުންގެ ލޯތަކަށް ނުދައްކާށެވެ. ތާޒާވަންދެން މާކެޓަށް ނުނެރޭށެވެ. އެއާ ޚިލާފަށް އެނާ ދިޔައީ ސަމީރު ސްކޫލަށް ފޮނުވަމުންއެވެ. ސާމިޔާގެ ވިސްނުންހުރީ އޭނާ ވަޒީފާއަކަށް ފޮނުވުމަށެވެ.

ސަމީރަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުނު އެންމެ ރަގަޅަކަށް އޭނާވެސް ދިޔައީ ހިފަމުންއެވެ. މޮޅު ފާސްތަކެއް ނުލިބުނުނަމަވެސް ގްރޭޑް ބަދަލުވާ ވަރު އޭނާ ދިޔައީ ކުރަމުންއެވެ. ސަލްމާއާއި ސަމާގެ އެހީތެރިކަން އޭނާއަށް އިންތިހާއަށް ލިބެމުންދިޔައެވެ. އޭނާގެ މަގްސަދަކީ އަވަސްގޮތެއްގައި ވަޒީފާއަކަށްގޮސް އޭނާގެ ދައްތައާއި ކޮއްކޮ ސާމިޔާގެ އަޅުވެތިކަމުން ސަލާމަތްކޮށްގެން އެ އަލިފާންގަނޑުން ދުރަށް ދިއުމަށެވެ.

ގްރޭޑް  10ގެ ކިޔެވުން ނިމުނު ހަފްތާގައި އޭނާގެ ނަސީބު އައިސް އަތުގައި ހިފިއެވެ. އެހަފްތާ ސްކޫލު ބަންދަށް ސާމިޔާގެ ދައްތަ އެރަށަށް ޗުއްޓީ ހޭދަކޮށްލަން އައެވެ. ސާމިޔާގެ އާއިލާގައި އޭނާއާ އަނގައިން ބުނެ އުޅޭ ހަމައެކަނި މީހަކީ އޭނާގެ ދައްތަ  ނާސިހާއެވެ. ނާސިހާގެ ފިރިމީހާއަކީ އައްޑުއަތޮޅު މީހެއްކަމުން މަދުމަދުން އެރަށަށް ދާ ދަތުރުތަކުގައި އޭނާ ސާމިޔާއާއި ބައްދަލުކޮށްހަދައެވެ. މިފަހަރު ނާސިހާ އައިއިރު ސަމީރު ކިޔެވުންނިމިފައި ހުރުމުން އޭނާގާތު ސާމިޔާ އެދުނީ އަހަރެއްހާ ދުވަހުގެ ކޯހެއް ހެދުމަށް ސަމީރު މާލެ ގެންދިނުމަށެވެ. ނަމަވެސް ހިތުގައި އޮތީ އެހެން އެދުމެކެވެ. ސަމީރު ދުރުގައި ބަހައްޓައިގެން ނޫނީ އޭނާ ބޭނުންވާ ގޮތަށް ސަލްމާއާއި ސަމާ އަނބުރާލަން އުނދަގޫވާނެތީއެވެ. ނާސިހާއަކީވެސް މާ ބޮޑު ތަނަވަސް ދިރިއުޅުމެއް އުޅޭ މީހަކަށް ނުވާތީ، ކޮންމެ މަހެއްގެ ހަރަދުތަކަށް އަގެއް ކިޔާފައި އެއްބަސްވިއެވެ. ސަމީރު ފުރައިގެން ދިޔައީ ސަލްމާއާއި ސަމާއަށް އެތައް ވަޢުދެއްކޮށްފައެވެ. ކިޔަވާ ނިމުނުހާ އަވަހަކަށް ރަގަޅު ވަޒީފާއެއް ހޯދައިގެން އެދެކުދިން މާލެ ގެންދާނެކަމަށް ބުނެއެވެ.

***********************

ނާސިހާ ދިރިއުޅެމުންދަނީ ދެ ރޫމް އެޕާޓްމަންޓެއްގައި އޭނާގެ 17 އަހަރުގެ ފިރިހެންދަރި ޒުބީން އާއި ފިރިމީހާ އަޒީޒުއާއެކުއެވެ.

“ޒުބީން ދަރިފުޅާ ކޮބާ އަލަމާރި އެފަޅި ހުސްކޮށްފިންތަ؟” ސަމީރުއާ އެކު ގޭތެރެއަށް ވަދެގެންއައި ނާސިހާ އެހިއެވެ.

“މަ މިވީކް ވަރަށް ބިޒީއޭ، އަންނަ ހަފްތާ ތިކަންވާނީ” ކޮޓަރި ތެރެއިން ޒުބީން ޖަވާބުދިނެވެ.

“އަހާ، ދަރިފުޅުވެސް ކަންނެތްކަން ދުވަހަކަށް ދުވަހެއް ބޮޑުދޯވަނީ” ނާސިހާ މަސައްކަތްފެށިއެވެ. ކޮޓަރީގައި ހުރި ދެދޮރުފަތްލީ އަލަމާރިއެއްގެ އެއްފަޅިން ދެބައި ހުސްކޮށްލިއެވެ.

“ކޮބާ މި ވަތްގަނޑުގެ ތަޅުދަނޑި، އެއް ވަތްގަނޑުދީ ސަމީރަށް، މަންމަ އެބައަންނަން ސައިހަދާފަ” ނާސިހާ ހިނގައިގަތެވެ.

“މަންމަވެސް ސޯޝަލް ވޯކަރަކަށް ވާންވީ މީހެކޭމީ، މީސްމީހުން ދަރިން ހެދީމަ ބަލަން ހަވާލުވާން ޖެހޭތަ” ސަމީރަށް އަޑުއިވޭވަރަށް ކުދިކިޔަމުން ޒުބީން އޭނާއާ ހަވާލުކުރި މަސައްކަތް ފެށިއެވެ. އެބަސްތަކަކީ ސަމީރަކަށް އާ ބަސްތަކެއްނޫނެވެ. އަޑުއަހާ ބާވެފަ ހުރި ބަސްތަކެކެވެ. އޭނާ އެގެއަށް އައީ ޒުބީންއާ ގުޅުން ބަދަހިކުރާކަށްނޫނެވެ.

ސަމީރު އޭނާގެ ފޮށި އެކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ވަށައިގެން ކޮޓަރި ތެރެއަށް ރަގަޅަށް ނަޒަރު ހިންގާ ބަލާލިއެވެ. ކުޑަ ކޮޓަރިއެކެވެ. އެ ކޮޓަރީގައި ހުރީ އަލަމާރިއެއްގެ އިތުރުން ސިންގަލް އެއް އެނދާއި، ފާރުގައި ލައްކޮށްފައިހުރި ސިންގަލް ގޮދަޑިއެވެ. ކޮޓަރިން ބޭރު ފެންނަ ގޮތަށް ކުޑަދޮރެއް ކަނޑާފައިހުއްޓެވެ. ދެން ހުރީ ކުޑަ މޭޒަކާއި، އެ މޭޒުދޮށުގައި ގޮނޑިއެކެވެ. އެ ގޮނޑީގައި ސަމީރު އިށީނދެ ހަމަޖެހިލިއެވެ.

“އަން، މިއޮތީ ތަޅުދަނޑި” މޭޒުމަތީގައި ތަޅުދަނޑި ބާއްވަމުން ޖެއްސުމުގެ ރާގަކަށް ރުންކުރު ގޮތަކަށް ޒުބީން އެހެން ބުނެފައި ބޭރަށް ހިނގައިގަތެވެ. ފުންނޭވައެއް ލުމަށްފަހު ސަމީރު އިންތަނުން ތެދުވެ އޭނާގެ ފޮށި ހުޅުވާލިއެވެ. އެއްޗެހި ތަރުތީބުކޮށްލުމަށެވެ. އަސްލު އޭނާއަށް އަލަމާރިއެއްގެ ކުޑަ ވަތްގަނޑެއްވެސް ފުދިފައި އިތުރެވެ. އޭރު އޭނާއަތުގައި އޮންނަނީ ތިން ގަމީހާ ދެ ފަޓްލޫނާއި ސޯޓު ބުރިއެކެވެ. އިތުރު އެއްޗެއް ނެތެވެ. އެއީ އޭރުގެ އޭނާގެ ހާލަތެވެ. އަލަމާރީގެ ހުސްކޮށްފައިވާ ބައިގައި އެއެއްޗެހި ބަހައްޓައި ތަރުތީބުކޮށްލިއެވެ. އަދި ވަތްގަނޑު ހުޅުވާލުމަށްފަހު އެއަށްލީ އޭނާގެ ސްކޫލް ލީވިން ސެޓްފިކެޓެވެ. އޭރު އެ ވަތްގަނޑުގައި ތަޅުލައިގެން ފޮރުވާނެ އެއްޗެއް ނެތަސް، އޭގެ 10 މަސް ފަހުން އެ ވަތްގަނޑު އޮތީ ފައިސާއިން ފުރިފައެވެ. އެއީ އޭނާގެ ދަލާއި ލޭ އޮހޮރުވައިގެން ކުރި މަސައްކަތުގެ އުޖޫރައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ދޭނަން ހިތާ ޖާނާ…! 5ވަނަ ބައި

Next

މިވަނީ ލޯތްބޭ….

Next
January 28, 2016

މިވަނީ ލޯތްބޭ….

Previews
January 28, 2016

ދޭނަން ހިތާ ޖާނާ…! 5ވަނަ ބައި

18 Comments!

  1. Ahmed Ammu says:
    January 28, 2016 at 11:39 am

    Wow. Waiting for this story since the day you talk about this. Thanks a lot ?

  2. mishy says:
    January 28, 2016 at 11:42 am

    Wow reeeethi vv ves next part kn iraku up vaany…. 🙂

  3. zul says:
    January 28, 2016 at 12:31 pm

    V salhi

  4. handi says:
    January 28, 2016 at 1:03 pm

    IQ v fori hunnakama faahaga vey Adultery vaahaka liyan.

  5. twinkxxxx says:
    January 28, 2016 at 1:36 pm

    Kn irakun nxt prt

  6. sajix says:
    January 28, 2016 at 1:41 pm

    Hyvey v thafath story eh hen.. V nice waiting for the next part..

  7. hammadhu says:
    January 28, 2016 at 1:47 pm

    mi vaahakaves mi site ga mihaa ru aanmu vefaivaa gothah eh bai liyefai nuhutteyne kamah ummeedhukuran

  8. misty says:
    January 28, 2016 at 1:59 pm

    Wow varah reethi.. When next part? Avahah up koh dhechey…

  9. pwincess says:
    January 28, 2016 at 2:14 pm

    Kudhin kudhin liyaaa vaahaka thahh up kuraaaley lass kamun kiyaaa hihves nuvey. Please ehn nuhadhaaaba dhw.. vaahaka liyann tym nuvaa myhun mii kamaaaa noolheba dhw. Anyways mii vaahaka rythiii.. dhn up kurihyaaathaa dhw kiyeyneeee…

  10. Elly says:
    January 28, 2016 at 5:27 pm

    Salhi ingey.. nxt part v kiyaahithun mi hunnany.. awahah up kurahcheyy.. ???

  11. princess lily says:
    January 28, 2016 at 6:42 pm

    ohhh varah rythi… varah kiyahithun mihury… varah molhu…

  12. ken? says:
    January 28, 2016 at 7:26 pm

    m a huge fan of ur stories….aslu v thafaathu vaahaka liyaa kujjei thee…hope we all readers can get to read this story without any brk….

  13. ladhu kufa kuhjaa says:
    January 30, 2016 at 3:52 am

    assu, thihaa varah nukediyas ok vaane iguess, e * jahaafa hun na word thah guess kuran v udhagoo, especially aharun kahala markeytu bahuruva nudhan na meehhun, so ebai ragalhu kohleema v habeys vaane, and v v obi, interesting,
    dhn zamaanah nufethey kahala kudhin kairee bunelan othee 18+ jahanee konmeves kamehve yey, liyaa konme vaahaka eh nujehey bodu ishqee rihagadakah vaakah, vaahaka thakuge varieties ithuruvun muhinmu, and i like this. ladhukudakoh hun na ehchis sah balan nukerey kudhin nubalaba

  14. zul says:
    February 1, 2016 at 12:33 am

    Whens next partoooo…

  15. IQ says:
    February 3, 2016 at 3:09 pm

    Will be updated Every Thursday

  16. Me says:
    February 13, 2016 at 6:27 pm

    Omg u came back!!!! Huge fan of urs.. hehe.. dont doubt this will be an awesome ride like other stories of urs. Good luck IQ. welcome back. ♥

  17. Me says:
    February 13, 2016 at 6:30 pm

    And people having problems with language or explicity, there is a clear tag of 18+. Leave it if u dont want to read.. or skip them and move with the rest of the story.. really people. Let the writer do the writing. Thank you.

  18. ލިތޫ.. ލިތުވީނާ says:
    August 7, 2019 at 10:55 am

    Salhi?

Comments are closed.

Next Episodeފަލްސަފާ – 2 (18+)←


All Right Reserved!