
ތި ހަނދާނުން ހަތަރު ވަނަ ބައި ( އަސްލުވެސް ނިވީ މަރުވަނީތަ)

ގިނަ ދުވަހަށް ދެމިގެން ދާނެ ފަދަ ހެޔޮ ކަމެއް ކުރަން ވިސްނީމެވެ. އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ގޮތެވެ. ލޯބިވާ މަންމަ އާއި ބައްޕަގެ ހަނދާނުގައި ލޭ އަޅާ ބަލީގެ ވޭނުގައި އުޅޭ ކުދިންނަށް ހާއްސަކޮން ލޭ ހަދިޔާ ކުރާ ބޮޑު “ހޮސްޕިޓަލެ” އް އެޅުމެވެ. ބޮޑު އަގުދީފައި އެކަމަށް ސަރުކާރުން ބިމެއް ގަތީމެވެ. މިކަމުގައި އަހަރެން މަސައްކަތް ކުރަން ފެށި ކުލިނިކުގެ ވެރިޔާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. ބިމެއް ހަމަ ޖެހިގެން ދިޔައީ “ޓަވާ ހިލް” މަގުންނެވެ. އަހަންނަށް ކުރެވޭނީ ދެން މި ކަހަލަ ކަމެއް ނޫން ހެއްޔެވެ؟ މަރުވެ ގޮސްފައިވާ މައިންބަފައިންގެ ޒިކުރާ އޭރުން އަބަދުގެ އަބަދަށް ކުރެވޭނެއެވެ.
އެހެން މޫސުން ތަކާއި ހިލާފަށް މިއީ ލޭ ލިބުން ވަރަށް ދަތި ދުވަސްވަރެކެވެ. ލޭ ކޮޅަކަށް އެދި ސަލާމް ޖަހަމުން އާދޭސް ކުރަމުން ދިޔައީމެވެ. އެހެން އުޅެނިކޮން މީހެއްގެ ގައިގައި ޖެހި އަރި އަޅާލަން ދިޔަ ހިނދެވެ. ބާރު ގަދަ ފިރިހެނަކު އޭނާގެ ދެއަތުން ވެއްޓުނަ ނުދީ އަހަރެން ހިމާޔަތްކޮށްްފިއެވެ. އަނެއްކާ މީ ކާކުބާއެވެ.
**********************************
ކުރިމަތީ ހުރީ ޑޮކުޓަރެކެވެ. އިސްވެ ވާހަކަ ދެއްކީ އޭނާއެވެ.
“ތަނަކަށް ތ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.