Skip to content
އެސްފިޔަ

އިންސާނަކީމޭ …………..!

މި ވަގުތީ ދުނިޔޭގައި އުފާވެރި ހަޔާތެއް ވޭތުކުރުމުގެ ހުވަފެން އެ މައުސޫމް ދެލޮލުން ވެސް ދުއްޓެވެ. މަންމަގެ ލޯތްބާއި އޯގާވެރިކަން ނިހާޔަތަށް ބޭނުންވިއެވެ. ހަޔާތުގެ ފުރަތަމަ ދުވަސްތައް އުފާވެރިކަމާއި ރައްކާތެރިކަމުގައި ވޭތުކުރަން ބޭނުންވިއެވެ. އެހެނަސް އާދައިގެ ދުވަހެއް ގޮތުގައި އަލިވިލެމުން އައި 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވީ ދުވަހުގެ އިރު ފެނުން ތޮޅެލުމާއެކު އެ މައުސޫމްގެ ދުވަސް ފެށިގެން ދިއައީ ބޯމަތި ވެފައި އޮތް އަދިރިގަނޑުގެ ނިޝާން ކުޑަކޮށްވެސް އިހްސާސް ނުވާހާލުގައެވެ. އެހެން ކުދިންހެ އުފާވެރިކަމާއެކު ދުވަސް ވޭތުކުރުމަށް އެދެމުން ހިތްދިޔަ ނަމަވެސް ތަގްދީރުގައި ނުވާ އެއްޗެއް ތައުބީރެއް ނުވާނެކަން އެ ހިތަށް ވިސްނާދޭނެ މީހަކު ދުނިޔޭގައެއް ނެތެވެ. ހެދުނު ބަނޑުހައި ހޫނު ކަމާއެކު ހައިހޫނު ފިލުވަން ތެދުވެ ސަލާން ޖަހަން ނުކުތީ މަންޒަރު ފެންނަން ދެލޮލެއް ލޭކަރުނާ ފުރުވާހާ ހިތްދަތިކަމާއެކުއެވެ. އެހެނަސް……………………………………… ޝިކާރަ އަށް ފެންބޮވައިގެންފައި ހުރި ޝިކާރަވެރިޔާ އެމައުސޫމް ފުރާނަ ޝިކާރަކޮށްލީ ތިމާ އަމިއްލަ ބަނޑު އުފަންކުރި އަމިއްލަ ލެއާ މެދު އެއްވެސް ރަހުމެއް ނެތިއެވެ. އާއެކެވެ . ރަހުމެއް ނެތް މަންމައެއްގެ ސަހަރޯއެއްފަދަ އަނިޔާ އިން އެމައުސޫމް އުމުރަށް ނިންދަވާލީއެވެ. ވޭނަށް ކެތްނުވެ ލޯ މަރާލީ ދުވަހަކުވެސް ދެން އެނބުރި ނުހުޅުވާން ނިންމައިގެނެވެ. އަނިޔާއިން ހަށިގަނޑުގައި ލި ޒަހަމަށްވުރެ ހިތުގެ ކޮންމެވިންދަކާއި އެކު އެހިތަށް ލިބުން އަނީޔާ މާބޮޑެވެ. ވަށައިގެން ދުނިޔޭގެ އެތަށް ލޯތަކަށް މަންޒަރު ފެނިވެސް ފަހުމު ނުވީއެވެ. ސަލާމަތައް އެދި ހިފާނެ އަތެއް ނުލިބުނީއެވެ. ހިމާޔަތަށް އެދި އާދޭސް ކުރާނެ ގޮތެއްވެސް ނުފެނުނީއެވެ. އެ ކުޑަކުޑަ ފުރާނަ ފަސްދަށަށްލާ ފޮރުވާލީ އެވެ.

އެ މައުސޫމަށް ޓަކައި ކަރުނައޮހޮރާނެ، ޔާރެއް ނެތެވެ. މަންމާއެވެ. މަންމަގެ ކުޑަކުޑަ ދަރިފުޅު މަންމަ ގެ އަނިޔާތަކަށް ކެތްނުވެ ވަކިވީއެވެ، މަންމާއެވެ. ތިހިތަށް ތަދެއް ނުވޭހެއްޔެވެ؟ މަންމާ އެވެް އިހްސާސެއް ނުވޭ ހެއްޔެވެ؟ މަންމާ އެވެ. މީމަންމަގެ ހަށިގަނޑުގެ ފުރާނަ ކަމުގައި ވާންވީ ދަރިފުޅެވެ އެހެނަސް މަންމަ ގެ ފުރާނައަށް ވެސް މަންމަ ހިތުގައި ރަހުމު ނެތީ ހެވެ؟ ލޯބިން ފިރުމަން އޮތް ދެއަތް ފާފައިގެ ލެއިން ތި ދޮވެލީ މަންމަގެ ދުސްމަނަކަށް ހަދަމުންނެވެ.މަންމާ އެވެ. މީ ކުޑަކުޑަ ފުރާނައެކެވެ. އަނިޔާ އާއި ވޭން ކޯންޗެއްކަން ނޭގޭއިރުވެސް ލޯމަރަން މިޖެހުނީ އަނިޔާގެ ވަކިތަކުތެރޭގައެވެ. މަންމާ އެވެ.. ލޯބިވާ މަންމާ އެވެ،. މަންމަ އޯގާނުވީ ކީއްވެހެއްޔެވެ؟ އަނިޔާވެރި އަތްތެރޭ މިހިތް ޗިސްޗިސް ކޮށްލީ ކޮންކުށެއް އޮވެގެންހެއްޔެވެ؟ މަންމާއެވެ. މަންމަތިހާ ނަފްރަތުކުރިއިރު މިދަރިފުޅު އުފަންކުރީ ކީއްވެ ހެއްޔެވެ؟ ލޯބި ދޭން ބޭނުން ނުވިއިރު ކައިރީގައި ބަހައްޓާ މި ކުޑަކުޑަހިތް ކުދިކުދިކުރީ ކޮން އުފަލެއް ހޯދުމަށް ހެއްޔެވެ؟މިދަރިފުޅަށް އޯގާވާނެ އަތެއް ނުލިބުނީހެއްޔެވެ.؟ މަންމާ އެވެ. މައިވަންތަކަމުގެ އަގު ތިހާ ދަށް ކުރީ ކީއްވެ ހެއްޔެވެ؟ މަންމަ އަށް އިނގޭ ހެއްޔެވެ؟ މަންމަ ފަދަ މީހުންގެ ސަބަބުން މައިވަންތަ ލޯތްބަށް އިތުބާރު ގެއްލި އެލޯބީގައި އެއްވެސް ރަހުމެއް ނުވާކަން ގަބޫލުކުރާނޭ ކިތަށް ދަރިން ވާނެކަން އިނގޭ ހެއްޔެވެ؟ މައިވަންތަ ލޯތްބަށް އިތުބާރުކުރި ކިތަށް ދަރިންނެއްގެ އިތުބާރު ގެއްލިގެންދާނެކަން އިނގޭ ހެއްޔެވެ؟ ސަލާމަތާއި ރައްކާތެރިކަން ހޯދި ތިހިމާޔަތުން ބިރުވެރިކަން ވަށާލާ ކިތަށް ސިކުނޑިއާއި ކުޅެލާނެކަން އެނގޭ ހެއްޔެވެ؟ މަންމާ އެވެ. މަންމަ ހެއްދެވި ﷲ އަށް ވެސް ބިރުވެތި ނުވީހެއްޔެވެ؟ މަންމާ އެވެ. ﷲ ގެ އަޒާބު ގަދަފަދަ ވާނެކަން ހަނދާން ނެތީހެއްޔެވެ؟ ތިޔަ ދެއަތުގައި ހިފައިގެން ސުވަރުގެއަށް ވަންނާނެ ފުރުސަތުވެސް މިދަރިފުޅަށް ނުދިނީހެއްޔެވެ؟ މަންމާ އެވެ. ތީ ގާތިލެކެވެ. އަހަރެންގެ ގާތިލެވެ. މަންމަ އަހަރެން ނަށް ދިންކޮންމެ އަނިޔާއަކަށް އަހަރެން މާފުކުރާނަމެވެ. އެހެނަސް ގާތިލަކަށް މާފުދެވޭކަށް ނެތެވެ. އެމުޑުދާރު ލަގަބު މަންމަގެ ކަރުގައި ތިއެޅުވީ ހުދު މަންމަގެ އަތުންނެވެ. ބައްޕަގެ ރުހުން ނުލިބުނުތާ މަންމަގެ ރަހުމްވެސް ނުލިބި މިދަރިފުޅު ތި މަރާލީ މަންމަގެ ހަޔާތުން ނެރެ އެއްލާލަން ހެއްޔެވެ؟ މަންމާ އެވެ. ތިހިތަކުން ދުވަހަކުވެސް ނުފިލުވޭނެއެވެ. އަހަރެންގެ އިހްސާސްތަކެއް ތިހަށިގަނޑަކުންވެސް ވަކިއެއް ނުކުރެވޭނެވެ. ގަރުނެއް ވެގެން ދިއައަސް އަހަރެންގެ ރުއިން ތިކަންފަތަށް ހޮޅުއަޅާނެއެވެ. އެބިރުވެރިކަން މަންމަ ވަށާލާނެއެވެ. އަހަރުންގެ އަޑު މަންމަގެ ހޭވެރިކަން ގެނުވާނެއެވެ.މަންމަ ކުރާ ކޮންމެ ފާފައެއް ހުއްޓުވާނެ އެވެ. މަންމަ އަށް ފެންނާނެ އެވެ. އަހަރެންގެ މައުސޫމް މޫނެވެ. ބިރުން މަންމަ ރޫރޫ އަޅައިގެން ދާނެއެވެ. އަހަރެންގެ ދެއަތް މަންމަގެ އެހީ އެދި ގޮވާނެއެވެ. މަންމަ ގެ ސަލާމަތަށް ޓަކައިވިޔަސް ދުވަހަކުވެސް އެދެއަތުގައި ދެން ނުހިފޭނެއެވެ. މަންމާ އެވެ. އަހަރެންގެ ރޫހު އަބަދުވެސް މަންމަ ވަށާ ދިރިއުޅޭނެ އެވެ. މަންމައަށް ވޭނާ ހިތްދަތިކަން ނޫނީ ނުލިބޭނެއެވެ. މަންމަ އަށް ކެތްވާނެ ހެއްޔެވެ؟ މަންމަގެ ހުރިހާ އުފަލާއި ހަމަޖެހުމެއް އަހަންނާއި އެކު ފަސްލެވިއްޖެއެވެ. ކެތް ވާނެ ހެއްޔެވެ؟ މަންމާ އެވެ. މުޅީ ދުނިޔޭން އަހަރެން އެންމެ ލޯބިވީ ތި ގާތިލް ދެކެއެވެ. އަހަރެން ދުވަހަކުވެސް ދެން ތިލޯތްބަށް ނޭދޭނަމެވެ.މަންމާއެވެ. އަހަރެން ދަނީއެވެ. މާދުރަށެވެ. ދުވަހަކުވެސް ތިއަޑު ނީވޭހާ ދުރަށެވެ. ދުވަހަކުވެސް ތިސޫރަ ސިފަނުވާހާ ދުރަށެވެ. މަންމާ އެވެ. މިފަދަ ދެވަނަ އިބްތިހާލެއް ދެން މިދުނިޔެއަށް އުފަންނުކުރުމަށް އެދެމެވެ…………………

Comments (35)

  1. Sandy

    Ohh….So touching…masha Allah…ibthihaal ah suvarugeyge mathiveri niumaiy dhehvaan dheyve….aameen….ekahala kithanme ibthihaal eh thibey…kyhkuraany….

  2. shahaa

    Very touching…aameen .yea dhw…kyhkuraany….main bafainnaky dharinnah rahkkaatherikan dhen thibi myhun…ekm baeh main bafainge hithuga dhariakaa dheytherey evaruge kuluneh noave…

  3. ummm

    memories of his or him?

  4. ummm

    memories of his will ah vure memories of him maa hama jehey dw

    1. Ainth
      ummm

      him buneveyny.. his buneveyne gotheh nynnaane.. ?

    2. edhuru
      ummm

      his memories ey bunevidhaane but memories of his eh nubuneveyne. memories of him rangalhu gothakee

  5. Shiu

    V hithaama veri vahaka eh.. v rythi

  6. ryn

    omg.. this is soo touchin.. awww tht little inncnt soul…i jxt cnt stp my tears.. i jxt wish tht he ws alive.. sumtyms i fyl tht thr wil b so many babies lyk tht.. 🙁 i wish i cn kyp thm with me n give thm al the happinss they desrve.. i dnt knw ibthihaal bt stil i miss him i dnt knw why.. bt i luv baby <3 <3 hwp tht mikahala ithuru ibthihaal ehge vaahaka eh adu nyveyne kamah nor ithuru baby eh migwthah suffr nukuraane kamah.. God.. plx prtct evry inncnt soul in this wrld whse suffrin this.. Ameen! 🙁 rest in pyce bby..

  7. LAISHA

    HEART TOUCJING 🙁 MAY GOD BLESS HIM
    HE WILL ALWAYS BE IN EVERYONE’S HEART

  8. maluudxxx

    So touching……ibthihal ah suvarugeyge dhaai mee niumai dheh vaan dheyve..aameen

  9. Maash

    I just don’t know how I am feeling right now
    That was so touching
    I still remember him like yesterday
    How can a mother do that to her own son ???? And can’t she see his innocent face when she was giving him so much pain .. He was so strong until the end
    my eyes are full of tears ??

  10. lai

    hama rovihje .. its very touching .. ibthihaal ah suvarugeyge dhaaimy niumaiy dheh vaashi .. aaameen .. v dhera vehje .. adhivess ibthihaal mathin v handhaan vey even if we are nt related at all .. 🙁 🙁 🙁 🙁 🙁 🙁

  11. sajix

    Ibthihaal ah suvaru geyge mathiveri niumai dhevaashi..aameen..

  12. Saana

    Ma sha Allah vvv dherah vejeh 🙁

  13. shau

    Rovijje… Aharange dheloloun hama ekani Karuna annany Ibthihaal mathin hadhaan vyma…. Abadhu ves Ibthihaal mathin hadhaav very…. Mi hithah key nuvey Ibthihaal ge mom eh mausoom loabi dharifulhaa medhu kanthah kuri gothun huvaa v v rovey.. I miss him olwayxxx… Rest in peace baby boy… Luv u a lot… May god will protect u….

  14. ummu leesh

    So touching! sub’haan allah! cant stop my tears ?? ASW e loabi mausoom dharifulhah suvarugeyge dhaaimee niumah minvaru kuravvashi! adhi e rahum kuda mammayah heyo visnun dhevvashi! aameen

  15. zaana

    Ma sha allah vvv Rovijje lbthihaal ah suvarugeyge mathivereri nimumai dhevaasi…aameen

  16. haula

    ma sha allah varareet

  17. mARYY

    touching

  18. Ainthu

    Ma sha Allah varah furihama hageegathe …. Ibuthihaal ah suvarugey ge ni umami lahvaashi . Ameen

  19. Shahula

    Just couldn’t stop my tears. so touching. its been 2 hrs after i read this story n um still weeping….. Subhaanallah..!

  20. Maishy

    Masha Allah Very Touching True Story… Still I Can’t Stop My Tears… It Feels Like It Happened Yesterday…? Ibthihaal Ah Suvarugeyge Mathiveri Niumaih Lahvaashi Aameen ?… Baby Boy We Miss You Alot…

    1. Sul
      Maishy

      thankyou 🙂

  21. asha

    varah asaru gadha vaahaka ah. unmeedhu kuranee aves mama aku ameeheaku ge dhariaka ahen nuhadaane ka. thank uthe person who has written true story. kyp it up

  22. ananyaa

    varah asaru gadha vaahaka ah. unmeedhu kuranee aves mama aku ameeheaku ge dhariaka ahen nuhadaane ka. thank uthe person who has written true story. kyp it up. ibtihaalu ah suvaruge devaandee aameen.

  23. love

    maasha ﷲ varah reethi. adhi vara asarugada vaakaah. umeedhu kuranee aves mama aku agota kanta nukuraane kamuga. and liyun meehaya varah boda shukuriyaa mikaha vaahaka ah ganes dhineema. thank u kyp it up.

  24. huko

    so touching

  25. aasher

    so touching… ibthihaalu ah suvaruge lahvaan dheyy ameen

  26. cuty

    may Allah bless him…

  27. Anonymous

    Ekuhjaa eh suvarugeyge dhaaimy niunah lahvaan dhey

  28. Naash

    Very touching

  29. Naash

    Very touching may god bless that little soul

  30. Nillu

    This is really sad?? can’t stop my tears?? I wish i could protect him from all that who hurt him?? Bt what to do?? It was too late?? he seems to be dying inside whn i look at his pics.. Wht tht m nt understanding is tht y his neighbourers didn’t see tht pain in tht lil eyes?? Y dnt they protect him from tht evil mother?? ??? m so sorry dear bby.. I had no idea abt the things yu were running abt.. If i had, i sure would do smethng?? Rest in peace pure lil soul.. May god bless you ???? I love you and many in this whole world love you..❤❤❤ Allah edharifulhah suvarugeyge mathiveri niumeh lavvaashi..Ameen.. ??❤❤

  31. Laa, laa

    V heart touching story eh.. Insha Allah ibthihaal ah suvarugeyge mathiveri niumaiy minvaru kurah vaashi. Aameen…..

  32. Ell

    Aameen. Heart touching. Ibthihaal ge mi vaahaka in egothah kudhinah aniyaa dhemundhaa hurihaa parents ves ibrai haasil kuran vaane aslu

Comments are closed.