މި ވަގުތީ ދުނިޔޭގައި އުފާވެރި ހަޔާތެއް ވޭތުކުރުމުގެ ހުވަފެން އެ މައުސޫމް ދެލޮލުން ވެސް ދުއްޓެވެ. މަންމަގެ ލޯތްބާއި އޯގާވެރިކަން ނިހާޔަތަށް ބޭނުންވިއެވެ. ހަޔާތުގެ ފުރަތަމަ ދުވަސްތައް އުފާވެރިކަމާއި ރައްކާތެރިކަމުގައި ވޭތުކުރަން ބޭނުންވިއެވެ. އެހެނަސް އާދައިގެ ދުވަހެއް ގޮތުގައި އަލިވިލެމުން އައި 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވީ ދުވަހުގެ އިރު ފެނުން ތޮޅެލުމާއެކު އެ މައުސޫމްގެ ދުވަސް ފެށިގެން ދިއައީ ބޯމަތި ވެފައި އޮތް އަދިރިގަނޑުގެ ނިޝާން ކުޑަކޮށްވެސް އިހްސާސް ނުވާހާލުގައެވެ. އެހެން ކުދިންހެ […]