Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ހިތުގެ އަނގުރު – ބާބް 3

kashikeyo Level 1
October 16, 2025 4 Mins Read
2 Comments

”ރޭގަ ކީއްވެ އެއްޗެއް ނުބުނެ ދިޔައީ“ ރީހާ ސުވާލު ކުރިއެވެ. 

”ރީހާ އެހެން ކުއްޖަކާއެކު އިނީމަ ނުކެރުނީ“ މާޒް ބުންޏެވެ. 

”އެއީ މަލް! މައި ސިސް، ބެސްޓް ފްރެންޑް… އިނގޭތާ އެނާ ބުނި މީހަކު ނުދެޔޯ ހިނގާފަ، ދެން އަހަރެންނަށް ހީވީ މަށަށް އެކަންޏޭ މާޒްމެން ފެނުނީ“ ރީހާ ބުންޏެވެ. 

”ސޯ… މަގޭ ޖިންނިއަކަށް ހެދީ ދޯ؟“ މާޒް ވަރުގަދަ ހިނިގަނޑެއް ޖެހިއެވެ. ރީހާއަށްވެސް ހެވުނެވެ. 

”ޖިންނިންނަށް މިހެން ހެދޭނެތަ؟“ މާޒް އެއްމިޔަކަނުން ހީލުމަށް ފަހު މަޑުމަޑުން ރީހާގެ ތަތްތިލަ ނެގިއެވެ. އަދި ވަރަށް މަޑުމަޑުން ރީހާގެ އަތްތިލަމަތީ ފިރުމާލިއެވެ. ރިހާއަށް ލޯމަރާލެވުނެވެ. އެވަގުތު މާޒް ރީހާއާ ގާތް ވެލުމަށް ފަހު ރީހާގެ ކަންފަތު ކައިރީގައި ސިއްރުން އެހިއެވެ.

”އަހަރެން މިއީ އިންސާނެއް ނޫންނަމަ…“

ބާބް 3

ރީހާގެ ހިތުގެ ވިންދު އަވަސްވިއެވެ. ހިތް މޭ ފަޅާ ނުކުމެދާނެ ކަމުގެ ބިރުގަތެވެ. ހީބިހި ނަގައިގެން ދިޔައެވެ. މާޒްގެ އަޑުގެ ރީތިކަމަށް މަސްތުވެފައިވި ފަދައެވެ. އޭނާ ބުނި އެއްޗަކާމެދު ރީހާއަށް ވިސްނާލެވުނީ ދެނެވެ. ބިރުގަންނަ ގޮތް ވިއެވެ. ނަމަވެސް ރީހާ ފިނޑިވާކަށް ބޭނުމެއް ނުވިއެވެ. 

”ދެން ކޯއްޗެއް ތިއީ؟ ޖިންނިއަކީ މުތަ؟ ތިޔަކަ ޖިންނިން ދެކެ މަ ބިރެއް ނުގުނޭ“ ބުމަ އަރުވާލަމުން ބުންޏެވެ. 

”އެހެންތަ؟“ މަޑު އަޑަކުން މާޒު އެހިއެވެ. 

އޮމާން އަޑެކެވެ. ރީހާގެ ކަންފަތުގައި މާޒުގެ އަޑުން ބީހިލިފަދެއެވެ. 

”ހުމް…“ ބުނަންވީ އެއްޗެއް ނޭނގި ރީހާ އިސްޖަހާލިއެވެ. 

”ރީހާ ތިހާ ހިތްވަރުގަދަ ކަމެއް މަނުދެނެހުރިން. ގޯހެއްނުން. ބިރުވެސް ނުގަންނަ މީހެއް ވިއްޔާ.“ ހެމުން ހެމުން މާޒު ހިންދެމިލާފާ ބުންޏެވެ. 

ރިހާ ހުރީ އޭރު ގަނެފައިވާ ބިރު ފިލާފައެވެ. ހިތްހަމަވެސް ޖެހިފައެވެ. މާޒު ހުރިކަން މިވީ ރީހާގެ ނަސީބަށެވެ. 

”ރީހާ އަސް ތިއީ އައްޑޫ ކުއްޖެއް ނުންދޯ“ މާޒް ކުއްލިއަކަަށް ހުރެފައި އެހިއެވެ. 

”ކީއްވެ ތިހެން އެހީ؟“ ރީހާ ވަރަށް ހައިރާން ވިއެވެ. 

”އިނގޭ އަސްލު ރާނގުން… ދެން އަކުރުތައް ކިޔާ ގޮތުންވެސް… ގައިމުވެސް ދެކުނު ކުއްޖެއްނުން ތިއީ. އައްޑޫ ބަހުރުވަ ފަރިތަވިޔަސް މަކަހަލަ މީހަކަށް އޮޅުވާލަން އުނދަގޫވާނެ“ މާޒް ދުރުބަލަމުން ބުންޏެއެވެ. 

”ވަރަށް ޕްރައުޑް އައްޑޫ މީހެއް ދޯ ތިއީ“ ރީހާ ހިނިތުންވެލިއެވެ. 

”އެހެން ކަމަށް ބަލާލާ ދެން“ މާޒް ނިއްއަރުވާލިއެވެ. 

ފިނި ވައިރޯތަކުން ޖާޒުބީ ވައެއް ދެމީހުންގެ ހަށިތަކުގާ ބީހިލާހެން ހީވެއެވެ. ނުފެންނަ ބާރަކުން ދެމީހުން ގާތް ކުރާހެންވެސް ހީވެއެވެ. ފަތްތައްް ހެލީ އަޑެވެ. ކާޅާއި ކޮވެލީގެ އަަޑެވެ. ފަނި ފަކުސާތައް ރޭނގަޑަށް ހިރޭއަޑެވެ. ރީހާގެ ހިތް މިހާ ބާރަށް ތެޅެނީ ކީއްވެ ބާވެއެވެ. މާޒްގެ ހިތް މިހާވަރަށް ތެޅޭނެ ބާވެޔޭ އޭނާ ހިތަށްއެރިއެވެ. ނުވާނެއެވެ. މާޒް އިންގޮތުން ނޭވާލާހެންވެސް ހީނުވެއެވެ. އިނީ އެހާވެސް މަޑުންނެވެ. އުޑާ ދިމާލަށް ބަލަމުންނެވެ. އޭނާގެ އެފުން ދެލޮލުން އެވިސްނަނީ ކޮން ކަމަކާ ބާވެއެވެ. 

”ރީހާ އަސްލު އެހެންވީމަ ކޮން ރަށެއްގެ ކުއްްޖެއް ތިއީ؟“ މާޒް އެހިއެވެ. 

”އަސްލު… ފ. ނިލަންދޫ“ ރީހާ މަޑު އަޑަކުން ވާހަކަ ދެއްކިއެވެ. ރަށުގެ ނަން ބުނުމާއެކު ބޮލުގައި ރިއްސާލިއެވެ. 

”އާއިލާ އެކޮޅުގަތަ ނޫނީ…“ ރީހާއަކީ ކާކުކަން ހޯދަން ބޭނުންވެފައިވާ މާޒް އެހިއެވެ. 

”އަހަރެންގެ މަންމަ ބައްޕަ ނުހުރޭ. ނޯ ފެމިލީ އަސްލު.“ ރީހާގެ އަޑުމަޑެވެ. ކުރިއަށް ވުރެވެސް މަޑެވެ. 

މާޒް ފުންނޭވާއެއް ދޫކޮށްލިއެވެ. ރީހާގެ ވާހަކަ ހުރިގޮތުން އެވާހަކަ ދައްކަން ބޭނުން ނުވާކަން މާޒް އަށް ވިސްނުނެވެ. 

”ދެން އެވާހަކަ ބައިންދާ. މިގޮތަށް އޮޅިގެން ރީހާއާއި ދިމާވެގެން އަދި ވާހަކަށް ނެތެއްނުން. ފޫހިވިއްޔާ މަށަށް ގުޅާލާ. ކޮންމެވެސް ތާކަށް ބުރެއްޖަހާލަން ނޫނީ ކާލަން ދެވިދާނެއް ނުން.“ މާޒް ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ. 

”މާޒް…“ ރީހާ އިސްއުފުލާލިއެވެ. ދެލޯ ކަރުނުން ފުރިފައި ހުއްޓެވެ. 

”ރީހާ… ކިހިނެއްވީ؟“ 

”މާޒް…“ ބަރާވެފައި ހުރި ކަރުނަތައް އެކީހެން އޮހޭން ފެށިއެވެ. 

”ރީހާ…ވީ ގޮތެއް ބުނެބަލަ. މަށަށް ބުނެވުނު އެއްޗަކުން ތަ؟“

”ނުން…މާޒް…“ ކުޑަކޮށް ގިސްލެވޭ ގޮތަކަށް ރީހާ ބުންޏެވެ. ”އަހަރެން… ބިރު ގަނޭ…“ 

”އެކީއްވެ؟“ މާޒް ރީހާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. 

”ނޫން ހުއްޓާލާ…“ ރީހާ ތެދުވަމުން ބާރަށް ބުންޏެވެ. ”މަ ބިރުގަނެޔޭ…“ ރީހާ މުޅިމީހާ އެކީ ތުރު ތުުރު އަޅައަޅާ ހުއްޓެވެ. 

މާޒް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. އޭނާއެއް ބުނެވުނު އެއްޗަކުން ހެއްޔެވެ؟ ރީހާގެ މޫޑް ކުއްލިއަކަށް ބަދުލުވ ކީއްވެކަމެއް މާޒަށް ތަސައްވަރުކުރަން އުނދަގޫވިއެވެ. 

”މަ ބިރުގަންނަނީ މަށަށް މާޒް ކަމުގޮސް ފާނެ ތީ. މާޒް ދެކެ ލޯބި ވެވިދާނެތީ“ ރަތް ވެފައި ހުރި ދެލޮލުން މާޒުގެ މޫނަށް ރީހާ ވޭނީ ގޮތަކަށް ބަލާލިއެވެ. 

”ރީހާ… ކޮން ވާހަކައެއް ތިދައްކަނީ.“ މާޒް ހުރީ އަދިވެސް ވާނުވާގައެވެ. ރީހާއަށް އޭނާ ކަމުދިއުން މައްސަލަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އެވާހަކަ ދުލުން ބޭރުނުކުރިއަސް އޭނާއަށްވެސް ރީހާ ވަރަށް ކަމުދެއެވެ. 

”ކަމުދިއުން މައްސަލަކަށް ވަނީ ކީއްވެ؟ ރީހާ… ވާހަކަ ދައްކަބަލަ…“ މާޒްގެ ހިތަށް ވަމުން ދިޔަ އުނދަގޫ ބޮޑުވަމުން އޭނާ ވާހަކަ ދެއްކިއެވެ. 

ރީހާ އަށް ކެތެއް ނުކުރެވުނުވެ. އަނެއްވާވެސް އެހެން ވެދާނެވެ. އަނެއްކާވެސް އަނިޔާކޮށްފާނެއެވެ. ހޯދަވެސް ފާނެއެވެ. މާޒްއަށް ކަމެއް ވެދާނެއެވެ. 

”ރީހާ…“ މާޒްގެ އޮމާން އަޑު ރީހާގެ ތޫރީގައި ޖެހުނެވެ. ދެނެއް އެތާކު ހުރެވޭކަށް ނެތެވެ. ހަޤީޤަތް ކިޔައިދޭނެ ހިތްވަރެއް ރީހާގެ ކިބަޔަކު ނެތެވެ. ރީހާ ހިނގައި ގަތެވެ. 

”މަޑު ކޮށްބަލަ ރީހާ…“ މާޒް އާދޭސް ކުރިއެވެ. ބާރަށް ގޮސް ރީހާގެ އަތުގައި ހިފެއެވެ. އަދި ގަޔާ ދިމާލަށް ހިފާލިއެވެ. ރީހާ ކުރިއަށް ދިއުމަށް ބާރުލަމުން ދިޔައެވެ. 

”ރީހާ ވާހަކަ ދައްކަބަލަ“

”އަހަރެން މިއީ މީހެއްގެ އަންބެކޭ މާޒް“ ރީހާއަށް ހަޅޭލަވައި ގަނެވުނެވެ. ބޭ އިޙްތިޔާރުންނެވެ. މާޒްގެ އަތްވެސް ދޫވިއެވެ. މާޒް އަނގަ ހުޅުވިފައި އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަމަހިމޭކަން މާޙައުލަށް ވެރިވެވެ. މާޒް އެނބުރި ޖޯލީގައި އިށީނދެލިއެވެ. ރަތްވިލާގެ އަލިކަން ފިލާ އެކީ އަނދިރި ވެއްޖެވެ. 

ރީހާ އިތުރަކަށް އެތާ މަޑުކުރާކަށް ހިތެއް ނުރުހުނެވެ. ބާރު ހިނގުމެއްގައި ގަރާޖާއި ދިމާލަށް ދިޔައެވެ. ކާރުގެ މަސައްކަތް ނިމިފައި ހުރުމުން ކާރު ނަގައިގެން ގެއަށް ދިއުމުގެ ދަތުރުފެށިއެވެ. 

ގެއަށް ދިޔަގޮތަށް ރީހާ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ. މަލްސާ ކުރިމަތިން ދިޔައިރުވެސް ރީހާއަކަށް ރެއަކާނުލައެވެ. ރީހާ އަނގައިނވެސް ނުބުނެ ދިއުމުން މަލްސާ ހުރީ ވަރަށް ހައިރާންވެފައެވެ. 

”ރީހާ! ކިހިނެއްވީ؟ ކަމެއްވީތަ އަނެކާ؟“ މަލްސާ ދޮރު ކައިރީގައި ހުރެ ވާހަކަދެއްކިއެވެ. ޖަވާބެއް ނުލިބުނެވެ. 

————————

މާޒް އޭނާ ޖޯލީގައި ނުތެދުވެފައި އިނީ ދެންމެ އެދިމާވި ކަންކަމާއި ސުވާލު އުފައްދަމުންނެވެ. އޭނާއަށް އެއްޗެކޭ ބުނެވުނީ ހެއްޔެވެ؟ ގޯސްކޮށް ކަމެއް ކުރެވުނީ ހެއްޔެވެ؟ ކުރާނެ ކަމެއްނެވެ. މާޒްގެ ހިތް އެދުނަސް އެއީ މީހެއްގެ އަންބެކެވެ. މީހެއްގެ ދިރިއުޅުމެގެ ބައެކެވެ. އިންތިހާއަށް ކަމުދިޔަސް، ހިތްދެވުނަސް ދެން އެކަމާ ވިސްނުމަކީ ބޭކާރު ކަމެކެވެ. 

މާޒްގެ މެޔަށް ބާރު ކުރިއެވެ. އޭނާ ފަސް އަހަރު ފަހުން ކުއްޖަކު ކަމުދިޔައީއެވެ. މީހެއްގެ އަނބެއް ކަމުދިޔައީ އެވެ. މިއީ ހަމަ އޭނާގެ ނަސީބު ބާވެއެވެ. އޭނާއަށް ހުރިގޮތް ބާވެއެވެ. ދިރިއުޅުމުގެ ވޭނަކީ އޭނާއަށް އާކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ހަނގުރާމައެއް ކުރާ މީހެކެވެ. ކޮންމެވެސް ވޭނެއް ތަހައްމަލް ކުރާ މީހެވެ. 

މާޒް ބޭނުންވަނީ ކުރިއަށް ވިސްނައިގެން ދިރިއުޅުމަށެވެ. މިއަދު އޭނާގެ ޒިންމާއެއް އެބަ އޮތެވެ. އޭނާ ރައްކާތެރިކޮށް ގެންގުޅެންވީ ކަންކަން އެބަހުއްޓެވެ. އޭނާގެ މަންމަކާއި ބައްޕައެއް އެބަހުއްޓެވެ. އޭނާގެ ބޮޑުވަމުންދާ ކޮއްކޮއެއް އެބަހުއްޓެވެ. 

މަޑު ރާޅު ގޮނޑުދޮށަށް ބީއްސަމުން ދެއެވެ. ރާޅެވެ. މޫދެވެ. މާޒް އޭނާގެ ހިތް އެންމެ ފުރަތަމަ ދިނީ އެކަހަލަ މަޑުރާޅަކާއެވެ. ނިޝާއާ އެންމެ ފުރަމަ ދިމާވީ ގޮނޑުދޮށުންނެވެ. ނިޝާއާ ކޮންމެ ދުވަހަކު ބައްދަލު ކުރަމުން ދިޔައީ ހަމަ އެ ރާޅު ދޫކުރިންނެވެ. އޭނާ ދެކެ އެންމެ ފުރަތަމަ ލޯބި ވެވުނީ ހަމަ އެތަނުންނެވެ. އެލޯބީގެ ގޮށް މޮށުމަށް މާޒް ނިޝާގެ ގާތުން ކައިވެނި ކުރުމަށް އެދުނީ ހަމަ އެތަނުންނެވެ. ދެމީހުން އެއްކޮށް ދިރިއުޅެން ފެށީ ފޮނި އުންމީދާއެކު އެވެ. ދެ އަހަރު  ނުވެއެވެ. ނިޝާ އެއްނެތެވެ. މާޒްގެ ގާތުން ނިޝާ ގެންދިޔައީ ހަމަ އެ ރާޅުދޫކުރިންނެވެ. އުމުރަށެވެ. 

މާޒްގެ ލޮލުން ކަރުނަ ހިލުނެވެ. ދެތިން އަހަރު ނިޝާގެ ޚިޔާލުތަކާއި ނުވިސްނާހުރެ ވިސްނުނީއެވެ. ކުއްލިއަކަށް ފޯނު ރިންގުވިއެވެ. 

”ކީކޭ ދޫނީ؟ މާލަސްވީ ދޯ ބޭރުގަ؟“ މާޒް ލޯ ފުހެލަމުން ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. 

”ބައްޕި ނާންނާތީ ނުކެވިފަ؟“ ޝާނީ ބޮޑާހާކާ ރާގަކަށް ވާހަކަ ދެއްކިއެވެ. 

”ކޮބާ މާމަ ބުނޭ ރެޑީ ކޮށްލާށޭ އިނގޭ ބައްޕި މިދަނީ ހަމަ މިހާރު.“ މާޒް ހެވިފައި ބުންޏެވެ. 

”އޯކޭ. ކަމް ހޯމް ސޫން!“ޝާނީ ވަރަށް ދަމާލާފައި ވާހަކަދެއްކިއެވެ. 

”ލައްބަ ދޫނީ!“ މާޒް ބުންޏެވެ. 

 

* އަދި ނުނިމޭ *

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kashikeyo

Level 1

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 19

Next

ގާތުގައިވި އަނދިރިކަން 11-2

Next
October 16, 2025

ގާތުގައިވި އަނދިރިކަން 11-2

Previews
October 16, 2025

އަބަދުވޭ ހިތުގާ މަގޭ 19

2 Comments!

  1. eena_luv says:
    November 2, 2025 at 5:52 pm

    😭😭 Whats happening… I love this Vaahaka… 😊 Can’t wait for the next part ❤️

    1. kashikeyo says:
      November 11, 2025 at 10:31 pm

      Thank You so much!! Varah busy! Just finished the next chapter. Enjoy

Comments are closed.

Next Episodeހިތުގެ އަނގުތު – ބާބް 4←


All Right Reserved!