Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ހިތުގެ އަނގުތު – ބާބް 4

kashikeyo Level 1
November 12, 2025 5 Mins Read
2 Comments

* އަދި ނުނިމޭ *

މާޒްގެ ލޮލުން ކަރުނަ ހިލުނެވެ. ދެތިން އަހަރު ނިޝާގެ ޚިޔާލުތަކާއި ނުވިސްނާހުރެ ވިސްނުނީއެވެ. ކުއްލިއަކަށް ފޯނު ރިންގުވިއެވެ. 

”ކީކޭ ދޫނީ؟ މާލަސްވީ ދޯ ބޭރުގަ؟“ މާޒް ލޯ ފުހެލަމުން ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. 

”ބައްޕި ނާންނާތީ ނުކެވިފަ؟“ ޝާނީ ބޮޑާހާކާ ރާގަކަށް ވާހަކަ ދެއްކިއެވެ. 

”ކޮބާ މާމަ ބުނޭ ރެޑީ ކޮށްލާށޭ އިނގޭ ބައްޕި މިދަނީ ހަމަ މިހާރު.“ މާޒް ހެވިފައި ބުންޏެވެ. 

”އޯކޭ. ކަމް ހޯމް ސޫން!“ޝާނީ ވަރަށް ދަމާލާފައި ވާހަކަދެއްކިއެވެ. 

”ލައްބަ ދޫނީ!“ މާޒް ބުންޏެވެ.

ބާބް 4

އެބަ އާދެއެވެ. މީހެކެވެ. އަނިޔާ ކުރާށެވެ. ކޮން ކަމެއް ކޮއްގެންހެއްޔެވެ؟ އެއަންހެން ކުއްޖާާގެ ހިތް ބާރަށް ތެޅެމުން ދިޔައެެވެ. ބަރު ފިޔަވަޅު ތަކެއްގެ އަޑު އިވެމުން އެބަދެއެވެ. ކޮންމެ ފިޔަވަޅާއެކު ހީވަނީ މުޅި ތަން ވެއްޓެން އުޅޭހެނެވެ. އެހާވެސް ވަރުގަދައެވެ. އިސްތަށިގަނޑު ނިތް މަތިން ހިއްލާލުމަށްފަހު އެކުއްޖާ ދާތިކިތައް ފުހެލިއެވެ. ވަނީ ކީއްކަން ވާން މިއުޅެނީ ކީއްކަން ހުދު އޭނާ އަކަށްވެސް ނޭނގުނެވެ. ހުރި ކޮޓަރިން ބޭރަށް ދިއުމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ބަލަން ނުހުރެ ދުއްވައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު އަވަހަށް ނުކުތެވެ. 

ނުކުމެ ވުނީ ވާބޯ ރުށްގަނޑަކަށެެވެ. އެކުއްޖާ އަނބުރާ ފަހަތް ބަލާލިއިރު އެއްވެސް ދޮރެއް ނެތެވެ. ގެއެއް ނެތެެވެ. ވަށައިގެން ރުށް ގަހެވެ. ވަލެވެ. ކޮކާ އަވި ތިރިއަށް އެޅިފައި ހުއްޓެވެ. އަނެއްކާވެސް އެއްކަލަ ބަރު ފިޔަވަޅުތަކުގެ އަޑު އިވެންފެށިއެވެ. ހިކި ފަތްތައް މުގުރަމުން މީހަކު އަންނަ ކަމުގެ އިޙްސާސް ވިއެވެ. 

”އޭތް … ރީ… ހާ…!“ ގުގުމާފަދަ ފިރިހެނެއްގެ ބަރު ހަޅޭކުގެ އަޑުފައްގަނޑެއް އޭނާގެ ކަންފުގައި ޖެހުނެވެ. ވައި ބާރުވާ ފެށިއެވެ. ރުށް ގަސްތައް މުލުން ލުހިލަފާނެ ގޮތަކަށް ވިހުރެން ފެއްޓިއެވެ. 

މަޑުކުރުމެއް ނެތި އެކުއްޖާ ދުއްވައިގަތެވެ. މާޙައުލު ބަދަލުވިއެވެ. މިފަހަރު ހުއިގަނޑެކެވެ. އޭނާގެ މެޔާހިސާބަށް ހުސް ހުއި ގަހެވެ. އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ކުޑަ ތަންކޮޅަކަށް ހިނގަމުން ދަނިކޮށް ރީތި މަސް ފެންގަނޑެއް ފެނުނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ހިތް ހަމަޖެހިލިއެވެ. ނޭވައެއް ދޫކޮށްލިއެވެ. ލައިގެން ހުރި ފިޔާތޮށި ބޮޑުހެދުން މަޅާލުމަށް ފަހުން ކަކޫލަންބާ އެނާ އިށީދެއްޖެއެވެ. އަދި ފެންގަނޑަށް މޫނު ދިއްކޮށް ބަލާލިއެވެ. 

އިސްތަށިގަނޑު އޮތީ ހޭވިފައެެވެ. ވާތު ލޯ ނޫފައިގެންފައެވެ. އަނގައިގެ ކަނުން ލޭހިލިފައި ހުއްޓެވެ. ލޮލުގައި ހުރި އަދުން ފޭދިފައި ހުރިގޮތުން ހީވަނީ ވަރަށް ރޮއެފައި ވާހެނެވެ. ނަމަވެސް އެކުއްޖާއަށް އޭނާގެ އަމިއްލަ ސިފަ އިނގޭވަރު ވިއެވެ. ރީހާއެވެ. އަމިއްލަ ނަން ހަނދާންވިއެވެ. އޭރުވެސް މިވީ ކިހިނެއްކަމެއް އޭނާގެ އަމިއްލަ ސިކުނޑި ނުބުނެދިނެވެ. 

ކުއްލިކަށް އުޑުމަތި ބަނަކޮށްލިއެވެ. ރީހާ އުޑުމަތޮ ބަލާލިއެވެ. ވާރޭ ތިކި ޖަހަން ފެށިއެވެ. ނޫނެކެވެ. ލޭ ތިއްކެވެ. ރަތްގަދަ ލޭތިއްކިތަކެވެ. 

”އޭތް … ރީ… ހާ…! ކަލޭ ހުރި ތަނަކުން ހޯދާނަން!“ އަނެއްކާވެސް އެމީހާގެ އަޑު ފަހަތުން އައެވެ. 

ކުއްލިއަކަށް ދޮންވެފައިވާ އަލިފާން ފަދަ ޗޭނުގަނޑެއް ރީހާގެ ކަރުގައި އޮޅުނެވެ. ބާރު ކޮށްލިއެވެ. ރިހާގެ އަނގައިން އަޑެއް ނައެވެ. ހަންގަނޑު ވިރެމުން އަނދަމުން ދާ ކަމުގެ އިޙްސާސް ވިއެވެ. ދިލަ ތަދުއެރިއެވެ. ހަމަ އެޔާއެކު ފެންގަނޑު ތެރެއިން މީހެއްގެ ދެއަތް އޭނާގެ އަތުގައި ހިފިއެވެ. އަދި ފެންގަނޑަށް ރީހާ އެކީ ގަންބާލިއެވެ. 

”ރީހޫ… އަނެއްކާވެސް ހުވަފެން ފެންނަނީތަ؟“ މަލްސާގެ އަޑަށް ރީހާއަށް ހޭލެވުނެވެ. އެނދުގެ އެއްފަރާތުގައި މަލްސާ އިށީނދެ ލައިގެން އިނެެވެ. 

”މަލް. ކިހިނެއްވީ؟“ ރީހާ އެހިއެވެ.

 

”ހަޅޭ ލަވާ އަޑަށް މިއައީ. އަހަރެން ބިރުވެސް ގަތް“ މަލްސާ ބުންޏެވެ.

 

”އާނ. ހަމަ އެ ހުވަފެން ފެންނަނީ.“ އިސްދަށަށް ޖަހާލަމުން ރީހާ ބުންޏެވެ. އައްޑޫއަށް ރީހާ ބަދަލު ވީއްސުރެ ދޭތެރެ ދޭތެރެއަކުން ރީހާއަށް މިހުވަފެން ފެނެއެވެ. ސީދިބޭ ބަލިވުމުގެ ކުރިން މިދިޔަ އަހަރު ރީހާއަށް މިހުވަފެން ފެންނާތީ ރުޤިޔާ ކުރި އެވެ. އޭގެ ފަހުން ހުވަފެން ނުފެނި ހުރެފައި އަނެއްކާ ފެނުނީއެވެ. 

”ރީހޫ… މަށަށް ހީވަނީ ސިހުރުގެ ކަމެއްހެން. މަވަރަށް ބިރުގަނޭ. ހިނގާ ރުޤިޔާ ކުރާ މީހަކު ހޯދަން.“ މަލްސާ ވަރަށް ކަންބޮޑުވެފައި ހުރެ އެހިއެވެ. 

”މާ ސްޓްރެސް ވީމާ ކަންނޭނގެ.“

”އޯލްސޯ… ރޭގަ ކިހިނެއްވީ ވަރަށް ރޮމުން އައީ“ މަލްސާ ރޭ ރީހާ ގެއަށް އައިރުވެފައި ހުރި ގޮތް ހަނދާންވެ އެހިއެވެ. 

”މާޒް…“ ރީހާއަށް ބުނެވުނެވެ.

”މާޒް އޭ؟ އޭނާ ކީއްކުރީ؟ އެއްޗެކޭ ބުނީތަ؟ ދިމާކުރީތަ؟“ ދެލޯބޮޑުކޮށް މަލްސާ އެހިއެވެ. 

”ނުން ނުން. އޭނާއަށް އަހަރެން ކަމުދާ ކަމަށް ބުނީ“ ރީހާ މަޑު އަޑަކުން ބުންޏެވެ. 

 

”އޭ…؟ ކީކޭ ؟ ދެން ރީހޫ ކީކޭ ބުނީ؟“ ދެފައި ނަގައި އެނދަށް އަރުވާލަމުން މަލްސާ އެހިއެވެ. 

”އަހަރެން މީ މީހެއްގެ އަންބެކޭ“ ރިހާ ބާލީހުގައި ބައްދާލިއެވެ. 

”ވަޓް؟ ވައި؟ ކީއްކުރަން މާޒް ގާތު ބުނީ.“ މަލްސާ އެނދުން އަރިއަޅާ ނުލީ ކިރިޔާއެވެ. ރީހާ ވަކި އެއްޗެއް ނުބުނެ އިނެވެ. 

”ރީހޫ… އެއީ ބޮޑު ސިއްރެއްނުން. ކޮންމެ ކޮންމެ މީހަ…“

”ކޮންމެ ކޮންމެ މީހެއް ނޫނޭ މަލް. މަށަށްވެސް މާޒް ކަމުދެޔޭ. ކީއްކުރަން އޮޅުވާލަންވީ. އިއްވެސް މީހަކު މަށާ ދިމާކުރަން އުޅުނީމަ މާޒް ހުރިކަމުން މަ ސަލާމަތްވީ. އޭނަ ނިކަން އޯގާތެރި އަހަންނަށް. އެކަމު އަހަރެން މާޒް ފަދަ މީހެއްގެ ހިތް ނަގައި ގެންގުޅެވޭނެތަ. ފެއާ ވާނެ؟“ ރީހާ ފުން ނޭވާއެއް ދޫކޮށް ލިއެވެ.

”ތެދެއް. ފެއާއެއް ނުން. އެކަމަކު އަމިއްލަ ރައްކާ ކޮބާ؟ މަ ގާތު ހަމްދާނުގެ ވާހަކަ ކިޔާ ނުދެވި ގިސްލެވުނު ހަނދާން ނުވޭތަ؟ ސީދިބޭ ކޮންމެ ރެއަކުން ފެންކިޔަވާ ފެން އެޅި ހަނދާން ނުވޭތަ؟“ މަލްސާ އެދުން ތެދުވެ ކޮޓަރީގެ ކުޑަ ދޮރާއި ދިމާލަށް ދިޔައެވެ. ހެދުނުގެ އަވި ގޭގެ ބަނބުކެޔޮ ފަތްތައް ތެރެއިން ފޭދިފައި ހުއްޓެވެ. ދޫނި ސޫފާސޫފި ރީތި ރާގުތަކަށް ގޮވަމުން ދަނީ ރީހާގެ ހާލަތައް މަލާމަތް ކުރާ ފަދައިންނެވެ. 

”މި ބުނަނީ ހަމްދާން އެއީ ފަސޭހައިން ނެއްޓޭނެ މީހެއްނުން. އެކަން ރީހާއަށްވެސް އިނގޭނެ. ނިލަންދޫ އިން އައްޑޫއަށް ފިލައިގެން އައީވެސް ހަމަ އެކަމުން ސަލާމަތް ވާކަށް ނުން؟ ރީހާއަށް ކިހާ އަނިޔާއެއް ކުރި. ރަށު މީހުންނަށް ކިހާ އަނިޔާއެއް ދިން. އޭރު އުމުރުން އެންމެ 18 އަހަރު އައިލާގެ މީހުން މަޖްބޫރުކޮށްގެން ހަމްދާނާއި އިނަސް މިއަދު ރީހާއަށްވެސް ވިސްނެ އެއްނުން. އޭނާއަކީ ސިޔާސީ މީހެއްގެ ދަރިއެއް. ބާރު އޮތް މީހެއް. މާޒް ކައިރީ ތިބުނި ވާހަކައިގެ ބައިކުޅަބައިވެސް އޭނާއާ ހަމައަށް ދިޔައީ… ވަގުތުން އޭނާއަށް އިނގޭނެ ރީހު ހުރިތަން. އަނެއްކާ މާޒްއާ ދޭތެރޭވެސް ވިސްނާ. އޭނާއަށް ވެސް ބޮނޑިއެއް ދީފާނެ.“ މަލްސާ ބިރުން ހުރެ ވާހަކަ ދެއްކިއެވެ. 

”މަލް. އަހަރެންވެސް ބިރުގަނޭ. އެކަމު އެވަގުތު މަށަށް ފެނުނު އެންމެ ރަނގަޅަކަށް އެކަން ނިންމާލަން ބޭނުންވީ.“ ރީހާއަށް ރޮވެން ފެށުނެވެ. 

”ހުއްޓާލާ. އިޓްސް ފައިން. ކޮންމެވެސް ގޮތެއް އަދި އޮންނާނެ!“ މަލްސާ އައިސް ރީހާގެ ގައިގާ ބައްދާލަމުން ބުންޏެވެެ. 

________________________________                

ހަވީރުގެ ހިތްގަމު ވަގުތެެވެ. މާޒްގެ ގޭތެރޭގައި ހެދިކާގެ މީރުވަސް ހިފާލެވިފައިވެއެވެ. ތެލުލި ބަޖިޔާގެ ވަހާއި ކަޓްލަސްގެ ވަހެވެ. މަސްރޮށީގެ ފުއްގަނޑު ފިހެވޭ ވަހެކެެވެ. ބަލާބެލުމަށް ބޮޑު ނާސްތާއެއް ތައްޔާރުކުރަނީއެެވެ. ނިޝާގެ މަންމަ ޖުވައިދާ ކާންތައްޔާރު ކުރުމުގައި އަވަދި ނެތި މަސައްކަތް ކުރަމުން އެބަދެއެވެ. ކުޑަކުޑަ 3 އަހަރުގެ ޝާނީ ދުވަމުން ބަދިގެ ތެރޭ އުޅެއެވެ. ދެން އިތުރު މީހަކަށް ހުރީ ޖުވައިދާއަށް އެހީއަށް ގޭގައި އުޅޭ ސޯނަމް އެވެ. 

”ކޮބާ؟ ނުނިމޭތަ އަދިވެސް؟ މިހުރީ ކޯކް ފެންޓާ ޖޫސް. ހިނގާ ނިންމަމާ. އެމީހުންނަށް ކާރު ފެނިއްޖެޔޯ. އެބަ އާދެ މިހާރު.“ މާޒް އަވަސް އަވަހަށް ކާމޭދޮށުގައި ބުއިންތައް އަތުރާލިއެވެ. އަދި އެޔާއެކު ތަށިތައް އަތުރާލަން ފެށިއެވެ. 

”މާޒްތި ހަމަ ޖެހިބަލަ. މި ނިމުނީއޭ. އަތުރާލަން އެކަންޏޭ ހުރީ. ޝާނީ ދޫނީ އާދެ މާމައަށް ހެލްޕްވާން.“ ޖުވައިދާ ބުންޏެވެ. 

”ކަމިންގް“ ޝާނީ ބޯޖަހާލިއެވެ. އަދި ކުޑަ ބަޖިޔާ އަޅާފަ ހުރި ތަށި އަތައް ހެޔޮވަރު ކޮށްލުމަށް ފަހު ޖުވައިދާއާއެކު ކާގެއަށް ދިޔައެވެ. 

”ބައްޕަގެ ދޫނިތަ؟ ހާދަހާ ގެވެހި ކުއްޖެކޭ!“ ޝާނީއާއި ދިމާލަށް ބަލާލަމުން މާޒް ބުންޏެވެ. ޝާނީ އެހިވިލާފައި ޝުކުރު އަދާކުރިއެވެ. 

އެވަގުތު ގޭގެ ދޮރު ހުޅުވާލުމަށް ފަހު ގޭތެރެއަށް ވަނީ ޒުވާން ދެމަފިރިންނެވެ. ދެމީހުން ތިބީ ވަރަށް ހެވިފައެވެ. ފިރިހެން މީހާ ހުރީ ގަދަ ނޫ ކުލައިގެ ޓީޝާޓެއްގައި އަދި ކަޅު ފަޓުލޫނެއްގައެވެ. އޭނާގެ މޫނު މަތި އުޖާލާވެފައި އަތްޔެވެ. ތުބުޅި މަތިމަސް ނެތަސް ފިރިހެން ވަންްތަކަން ބޯކޮށާފައިވާ އާރމީ ކަޓުން ދައްކުވައެވެ. އަންހެން ކުއްޖާ ހުރީ އިސްތަށިގަނޑު ވިހުރާލާފައި ކުރު ކަކުލާ ހަމައަށް އަންނަ ރަތް ހެދުމެއްގައެވެ. މޭކަޕް ދަޔަށް ކޮށްފައިވާއިރު އޭނާގެ ރީތިކަން ލޮލުކަނުން ބަލާލި މީކަށްވެސް ފެންނާނެ އެވެ. ދެމީހުންވެސް އަތުލަހި ކޮށްގެން ތިބިގޮތުން ވަރަށް ލޯބިކޮށް އުޅޭ ދެމަފިރިން ކަމަށް ދައްކައެވެ. 

މާޒްއާއި ޖުވައިދާ ވަގުތުން ގޮސް މެހެމާނުންނާ ސަލާމް ކުރިއެވެ. އަދި އަވަހަށް ކާގެއަށް ގޮސް ސައިބޯން އެންމެން ދިޔައެވެ. ޝާނީ ހުރީ އޭނާއަށް ނުފެންނަ ބަޔަކު ތިބުމުން ވަރަށް ލަދުންނެވެ. 

”ކެންޕޭން ކިހިނެއްދަނީ އެކޮޅުގަ؟“ މާޒް އެފިރިހެން މީހާއާއި ސުވާލުކުރިއެވެ.

”ވަރަށް ބުރަ. އެކަމު ބައްޕަ ވަރަށް އެހީވެ. ހީވޭ އަސްލު މިފަހަރު ގޮތެއް ހެދޭނެ ހެން.“ އެމީހާ ވާހަކަ ދެއްކިއެވެ. 

”މިކުއްޖާ ތައާރަފުވެސް ނުކުރާންތަ؟“ ޖުވައިދާ ހެވިލާފާ އަހާލިއެވެ.

”އާނ ދޯ މިއީ އަންހެނުން. ދެވަނަ. ރީތި ދޯ. ހަހަހަ. ނަސްމާ. ހަމަ ލޯބި ވެވުނީމާ އިންނަން ނިންމީ ދެމީހުންވެސް“ އެފިރިހެން މީހާ ނަސްމާގެ އަތުގައި ހިފާލުމަށްފަހު ވާހަކަ ދެއްކިއެވެ. ނަސްމާ ވަރަށް ރަކިވެފައި ހީލިއެވެ. ”ކެމްޕޭނުގައިވެސް ނަސްމާ ވަރަށް މަސައްކަތް ކުރާނެ. ދެމީހުން ދިމާވީވެސް އެތަނުން. ދެން ފުރަތަމަ އަނބި ގާތު މަޝްވަރާކުރުމަށް ފަހު އާއިލާގެވެސް ވިސްނުން ހުރި ގޮތުން މިކަން ކުރީ. ވަރަށް ރަނގަޅު ލަސްނުކޮށް ކުރެވުނުކަން.“ 

”ފުރަތަމަ އަނބި މިހާރު ކޮބާ؟ އަދިވެސް ބޭރުން ނާދޭތަ!“ ޖުވައިދާ އެހިއެވެ.

”އާނ. އޭނާގެ ބޭބެ އަދިވެސް އެކޮޅުގަޔޯ ބައްޔަކަށް ފަރުވާ ކުރަނީ ކަމަށް ވަނީ. ދެން ރީހާވެސް ކިޔަވަނީ އެކޮޅުންވެސް. ނޭނގެ ދޯ. ވަރަށް އަވަހަށް ފެނިވެސް ދާނެ. ހަހަހަ!“ އެމީހާ ހިނިގަނޑެއް ޖަހާލުމަށް ފަހު ބުންޏެވެ. 

”ބައްޕީ އެއީ ކާކު؟“ ޝާނީ މާޒްގެ އަތުގައި ހުރި ހުރި އިސްތަށިތަކަށް ދަމަމުން ވަރަށް މަޑުމަޑުން އެހިއެވެ. 

”ޝާނީ ހަނދާން ނެތް ދޯ؟ އެއީ މަންމިގެ ބޭބެ. ހަމްދާން. ހަމްބެ ކިޔާނީ.“ މާޒް ޝާނީ ބޮލުގައި ފިރުމާލަމުން ބުންޏެވެ. 

”ލޯބި ކުއްޖެކޭ ދޯ!“ ހަމްދާން ހެވިލާފައި ބުންޏެވެ. 

—————— ނުނިމޭ ——————— 

Share Article

Follow Me Written By

kashikeyo

Level 1

Other Articles

Previous

ދަތުރުـ12

Next

ހިތް އެދޭ މަންޒިލަކީ… 4

Next
November 12, 2025

ހިތް އެދޭ މަންޒިލަކީ… 4

Previews
November 12, 2025

ދަތުރުـ12

2 Comments!

  1. Anonymous says:
    November 13, 2025 at 12:24 am

    poor reeha i didnt expect hamdhaan to be tied to maaiz too that was a twist

    1. kashikeyo says:
      November 13, 2025 at 8:05 pm

      I know right? hope you enjoy tho!!

Comments are closed.



All Right Reserved!