އެހެނަސް ޔޫއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މައެއްގެ އުންމީދު ހަލާކު ކޮއްލެވުނު ކަހަލަ އިހުސާސެކެވެ. ނިކްޔާނާއެކު އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނިކްޔާންގެ މޫނަށް އެރި ކުލަވަރުން ޔޫއާގެ މޫޑު ވަކިން ހަރާބު ވިއެވެ.
(7 ވަނަ ބައި)
”ދެން ތިކަންވެސް އަދި ކޮންމެވެސް ދުވަހަކުން ވާނޭ، ދޯ ޔޫއާ؟“ ނިކްޔާން ލަދު ކަނޑުވާލާފައި ޔޫއާއަށް ދޯދިނެވެ. ޔޫއާއާއި ނިކްޔާންގެ ދެމެދުގައި އެކަހަލަ ގުޅުމެއް ނެތްކަން މަންމައަށް އެނގޭކަށް ނިކްޔާން ބޭނުމެއް ނޫނެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ހދ.ކުޅުދޫފުށީ އެއާޕޯޓުގައި ނިކްޔާންއާއި ޔޫއާގެ އިތުރުން އާއިލާގެ އިތުރުން ރިއާނާގެ އާއިލާއާއި ކައިޝަލް ތިއްބެވެ. ފުރާ ވަގުތު ޖެހުމުން އެންމެނަށް ވަދާޢީ ސަލާމް ކިޔާލީ ހިތުގައި ހިލަގަނޑެއް ބާއްވާފައެވެ. އެހެނަސް އަހުދާއި ވައުދުތަކެއް ވެގެންނެވެ.
ބޯޓަށް އަރާ ހަމަ ޖެހިލަމުން ނިކްޔާން ކަންފަތަށް އިއާރްބަޑްސް ޖަހާލިއެވެ. ޖީބުން ފޯނު ނެގި ވަގުތުގައި އެއްލި ކަޅިއަކުން ތުރުތުރު ލަމުން ދިޔަ ޔޫއާގެ އަތްތިލަ ނިކްޔާން އަޅައިގަތެވެ. އިއާރްބަޑްސް އަލުން ފޮއްޓަށް ލާފައި ނިކްޔާން ޔޫއާގެ އަތުގައި ހިފާލިއެވެ. ”މޭ ނުބައި ކުރަނީތަ؟“ ނިކްޔާން އަހާލިއެވެ.
”ނޫން. އައި ހޭވް ފިއާރް އޮފް ހެއިޓްސް.. އަދި އަލަށް މަތިންދާ ބޯޓަކަށް މިއެރީވެސް“ ޔޫއާ ބުނެލިއެވެ. ނިކްޔާން ހިނިތުންވެލިއެވެ. އަދި ވަރަށް ބާރަށް ޔޫއާގެ އަތުގައި ހިފާލިއެވެ. ”ހާސް ނުވޭ. ދަތުރު ދުޢާ ކިޔާލައިގެން އިނދޭ އިނގޭ؟ ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. 55 ވަރަކަށް މިނިޓް ތެރޭ ބޯޓު ޖައްސާނެ“ ނިކްޔާން ބެލީ ޔޫއާ ހަމައަކަށް އެޅުވޭތޯއެވެ.
ނިކްޔާނާއި ޔޫއާ އިން ސީޓާއި ތަންކޮޅެއް ދުރުގައި އިން ސީޓުގައި އޭނާވެސް އިނެވެ. ކަޅު ކުލައިގެ ހޫޑީއެއް ލައިގެން އިން އިރު ހަމަ އެކުލައިގެ ޖީންސްއެއް ލައިގެން އިން އެކުއްޖާ ހީވަނީ 20 އަހަރު ކުއްޖެއް ހެންނެވެ. ކޮނޑާއި ހަމައަށް އަރާ އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލާފައިވީ އިރު، ކަރުގައި ”ޗޯކާރް ނެކްލެސް“ އެއްއަޅާލެވިފައި ވިއެވެ. ނޭފަތާއި އެއްބުމަ ތޮރުފައިވީ އިރު ކަންފަތުގައިވެސް ތޮރުފޭނެ ތަންކޮޅެއް ވިއްޔާ ތޮރުފައިފައި އިނެވެ.
ކަޅި ޖަހާ ނުލާ ޔޫއާއާއި ދިމާލަށް ބަލަން އޭނާ އިރުކޮޅަކު އިނެވެ. ޔޫއާ އާއި ނަޒަރު ދުރުކޮށްލީ ފޯނަށް އެސް.އެމް.އެސްއެއް އައުމުންނެވެ.
”ހުރިހާ ކަމެއް ހަމަ ޖެހިއްޖެ. މިދަތުރު ދާނީ ހަމަ ރޭވި ގޮތަށް.“ އެމެސެޖުގައި އިނެވެ. އެކުއްޖާ ހީލިއެވެ. އަދި ސީޓުގައި ހަމަ ޖެހިލިއެވެ.
އަމާން އޮމާން ދަތުރަކަށް ފަހު ޔޫއާ މެނަށް ކ.މާލެއަށް ވާސިލް ވެވުނެވެ. ބޯޓުން ފޭބި ގޮތަށް ޔޫއާ ލީ ހޮޑެވެ. ރިއާނާ ގޮވައިގެން ފާހާނާއަށް ވަދެ ޔޫއާ މޫނު ދޮވެ ހަމަ ޖެހިލިއެވެ.
”ހޫމް… ކިޔަވަން އައި ކުއްޖާ ބަނޑުބޮޑީބާ؟“ ރިއާނާ އަހާލީ ސަމާސާ ރާގަކަށެވެ. ޔޫއާ ދެލޯ ބޮޑު ކޮއްލާފައި ރިއާނާއާއި ދިމާލަށް ބަލައިލިއެވެ.
”ދޭންންންން. ސްޓޮޕް ވިއްޔާ. ޔޫ ބަނޑުބޮޑެއް ނޫނޭ. ބޯއަނބުރައިގަތީއޭ“ ޔޫއާ ތުންކޮޅު އޫ ކޮއްލިއެވެ. ”ހަހަ ޝުއާރ ޝުއާރ“ ރިއާނާ ހެމުން ހެމުން ބުނެލިއެވެ. ޔޫއާ ކަޅި އަޅާލާފައި ފާހާނާއިން ނިކުމެގެން ދިޔައެވެ.
ޔޫއާ އާއި ނިކްޔާން އުޅެން ހަމަ ޖެހިފައިވީ ހުޅުމާލެ ފޭސް 2 ގައި އިން ފްލެޓެއްގައެވެ. އެއީ ނިކްޔާންގެ އެޕާޓްމެންޓެކެވެ. އެކަނި އުޅެވޭނެ ގޮތެއް މަގުފަހި ވުމުން ޔޫއާ ހިތް ހަމަ ޖެހުނެވެ. ގެއަށް ވަދެގެން އައީ ހެދިކާ ކޮޅެއް ހިފައިގެން ކަމުން ދެމަފިރިން ހަމަ ޖެހިލީ އަވަހަށް ކާލުމަށެވެ. ހޮޑުލެވުމުން ޔޫއާ ހައިވެފައި ހުރި ވަރުންނާއި އެކުއެވެ.
”މިގޭގަ ބަޔަކު އުޅޭތަ؟ ސާފު ކަމުން..؟“ ކޮތަޅުން ނެގި ސޮސެޖް ރޯލްއިން ދަތްވަޅެއް ނަގަމުން ޔޫއާ އަހާލިއެވެ. ”މި ބައިގެ ބަތީ ބައިގަ އުޅޭނެ ޔާންގެ ބޮޑުދައިތަ. ޔާންމެން އަންނަ ވާހަކަ ބުނީމަ ބޮޑު ދައިތަ ސާފު ކޮއްލާފަ މިހުރީ“ ނިކްޔާން ބުނެލިއެވެ.
ހޮޑު ލެވުމުގެ ސަބަބުން ޔޫއާއަކަށް މާ ގިނައިންނެއް ނުކެވުނެވެ. އެހެން ކަމުން ވަނީ ކޮޓަރިއަށެވެ. އާދައިގެ ކޮޓަރިއެވެ. ކުޑަޔަސް ކުޑައޭ ބުނެވޭވަރުގެ ކުޑަ ކޮޓަރިއެއް ނޫނެވެ. މާލޭގެ ކޮޓަރިތަށް ކުޑަވެސް ވާނެތާއެވެ. ރީތިވާ މޭޒަކާއި އެކު އަލަމާރިއެއްގެ އިތުރުން އިނީ ބަންކް ބެޑެކެވެ. ކޮޓަރި ތެރޭގައި ލައިފައިވީ އަޅި ކުލަޔާ ގުޅުވައިގެން މުޅި ފަރުނީޗަރުތަށް ގަނެފައި ހުރުމުން ވަރަށްވެސް ރީއްޗެވެ.
އެނދުގައި އޮށޯވެލުމުންވެސް ބޮލަށް ލުއި ވީހެން ހީނުވުމުން ޔޫއާ ދެންވަނީ ފެންވަރާލާށެވެ. ބޯދޮވެގެން ފެންވަރައިގެން ނިކުމެ، ގައިން ފެން ހިއްކާފައި އިސްތަށިގަނޑުގައި ތުވާލި އޮޅާލިއެވެ. ދަބަހުންނެގި ލޯޝަން ފުޅި ހިފައިގެން ގޮސް އެނދުގައި އިށީނެވެ.
ހަމަ އެވަގުތު ދޮރު ހުޅުވާލިއެވެ. އެއަޑަށް ޔޫއާ ދިޔައީ ސިއްސައިގެންނެވެ. އެނދު މަތީގައި ހެއްދެވި ގޮތަށް އިން ޔޫއާ ފެނި ނިކްޔާންގެ ތަލިން ކުޅު ހިކުނު ފަދައެވެ. ދެލޯ ބޮޑު ކޮއްގެން ހުރި ޔޫއާގެ ބޮލުން ފެށިގެން ފަޔާ ދިމާލަށް ބަލައިލެވުނެވެ. ހީވީ ސްކޭނެއް ކޮއްލި ހެންނެވެ.
ނިކްޔާންގެ ދެލޯ ހަރަކާތް ކޮއްލިތަން ފެނި ޔޫއާގެ ދޮން މޫނަށް ޖަންބު ކުލަ އެރިއެވެ. ކުއްލިއަކަށް އިނދެފައި ހަޅޭލަވައިގަތެވެ. އެއަޑަށް ސިހިފައި ނިކްޔާން ދޮރު ލެއްޕިއެވެ. ހަމަ އެއަޑާއި އެކު ޔޫއާ ދޮރު ތަޅުލި އަޑު އިވުނެވެ.
ގަންނާ ކުރެއްވީ ލަދުން ޔޫއާ ބޮލުގައި ހިފާ ބާރު ކޮއްލިއެވެ. އޭރު ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ޔޫއާގެ މޫނަށް ޖަމާވެފައި ވާފަދައެވެ. ”ޔޫއާ… ޔޫ އާރް ސޯ ޑަމްބް. ކީއްވެތަ ދޮރު ތަޅުލަން ހަނދާން ނެތުނީ؟ އަޅޭ. ދެން ކިހިނެތްތަ ޔާންއާއި ކުރިމަތި ލާނީވެސް؟ އާރްރްގގ ލަދުން ބޯހަލާކު“ ޔޫއާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
ދޮރުގެ އަނެއް ފަރާތުގައި ހުރި ނިކްޔާންވެސް ހުރީ އެފަދަ ހާލެއްގައެވެ. މޭމަތީގައި އަތް ޖައްސާލައިގެން ހުރި އިރު ނިކްޔާންގެ ހިތް ”ޑަން ޑަން“ ލާފައި ތެޅެމުން ދިޔައެވެ. އޭރުވެސް ނިކްޔާނަށް ސިފަވަމުން ދިޔައީ ޔޫއާއެވެ.
”އާރްރްގގގ ވަޓްސް ރޯންގް ވިތް މީ؟؟؟“ މޫނު މަތީގައި ދެތިން ފަހަރު ޖަހާލަމުން ނިކްޔާން ސޯފާގައި އިށީނެވެ.
ރޭގަނޑުގެ ވަގުތެވެ. ނިކްޔާން އިޝާ ނަމާދު ކޮއްގެން ގެއަށް އައި އިރު ޔޫއާ ހުރީ ކާން ހަދާށެވެ. ނިކްޔާން ފެނުމުން ޔޫއާއަށް އިސްޖަހާލެވުނެވެ. ހަވީރުގެ ވަގުތު މަތިން ހަނދާން ވުމުންނެވެ. ނިކްޔާނަށްވެސް ވީ އެކަހަލަ ގޮތެކެވެ.
”ކާންވީނުން؟“ ދެ ތައްޓަށް ޕާސްތާ އަޅަމުން ޔޫއާ ބުނެލިއެވެ. ނިކްޔާން ބޯޖަހާލާފައި ކާން އިށީނެވެ.
”ކޮން އިރަކުން އޮރިއެންޓޭޝަން އޮތީ؟“ އަތް ދޮވެގެން އައިސް ނިކްޔާން އަހާލިއެވެ. ”މާދަމާ 2 ގަ ދާން ޖެހޭނެ“ ޔޫއާ ވެސް އިށީނެވެ. ”އެހެންތަ.. އަނެއް.. ޔޫ ކޮން އެނދެއްގަތަ ނިދާނީ؟ މަތީ އެނދުތަ ތިރީ އެނދުތަ ބޭނުމީ؟“ ކޮޓަރީގެ ވާހަކަ ދައްކަން ވީމަ ނިކްޔާން ލަދުގަތެވެ. ހަވީރުގެ މަންޒަރު ލޮލަށް ސިފަ ވުމުންނެވެ.
”އަމް.. ތިރީ އެނދު އޯކޭ އޭނުން؟ އޭރަށް ޔޫ ކޮލެޖަށް ދާން ހޭލާ އިރުން ޔާންއަށް އުނދަގޫ ނުވާނީ“ ޔޫއާ ބުނެލިއެވެ. ނިކްޔާން ބޯޖަހާލިއެވެ.
ކައި ނިމުމުން ދެމަފިރިންވެސް ދިޔައީ ނިދާށެވެ. އެނދުގައި ހަމަ ޖެހުން ތަނާހެން ޔޫއާއަށް ނިދުނެވެ. ނަމަވެސް ނިކްޔާނަކަށް ނުނިދުނެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތީއެވެ.
އެންމެ ފަހުން ނިކްޔާން ކަނާތް ފަރާތަށް އެނބުރި ހަމަ ޖެހިލިއެވެ. ޔޫއާވެސް އޮތީ ކަނާތްފަރާތަށް އެނބުރިގެން ކަމުން ކުރިމަތީ އިން ކަބަޑުގައި ހުރި ލޯގަނޑުން ޔޫއާގެ މޫނު ފެންނަމުން ދިޔައެވެ. ނިކްޔާނަށް އާޝޯޙުވެފައި ޔޫއާގެ މޫނަށް ބަލަން އޮވެވުނެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ނިދިފައި އޮންނަ އިރު މާ ލޯތްބެވެ. ކޮޓަރީގައި އިން މަޑު ނޫކުލައިގެ އަލިން ޔޫއާގެ މޫނުމަތިން ފެންނަނީ ނިޔަނެތި ކަމެވެ. ކިތަންމެ އިރަކު ޔޫއާގެ މޫނަށް ބަލަން ނިކްޔާނަށް އޮވެވުނެވެ.
ދެން ނިކްޔާންގެ ނަޒަރު ހުއްޓުނީ ޔޫއާ ބައްދާލައިގެން އޮތް ޓެޑީ ބެއާރް އަށެވެ. އެއީ ދެން ޔޫއާ މާ ލޯބި ވާ އެއްޗެކެވެ. ޔޫއާ އަބަދުވެސް އުޅޭނީ ޕެންޑާއެއްހެން އިންނަ އެބެއާރް ހިފައިގެންނެވެ. ނިދާނީވެސް މެއެވެ.
”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.
(ނުނިމޭ)
އަށްވަނަބައިގެ ތެރެއިން:
ހުރިހާ ކަމެއް ގޯސް ކުރީ ކަލޭ. ކޮން ލޯތްބެއްތަ؟ މަ ނުވޭ ކަލޭ ދެކެ ލޯތްބެއް! އަހަރެން ވަރިކުރޭ! ހަމަ މިހާރު ވަރި ކުރޭ! ތިކަހަލަ މީހަކާއި އެކު އެންމެ ހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއް ނޫން. ވަރި ކުރާށޭ!“
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Maasha Allah ❤️🫶
So so sad to hear Yoa ‘s life But Nikyan is a good person right ?He even allows her to study Hope Yoa will achieve her goals and become a nurse someday & She will fulfill her mother in law’s last dream Anyways,So So curious When’s next
Hey shihaa.. Do we have to wait until the 14th episode of this story. I am very impatient rn. Could u pls upload the 14th episode faster..
Take Care Lyy💙💙