Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ޕިޔަދަ 13

svetlana Level 110 Stories100 Login
October 11, 2025 13 Mins Read
1 Comment

ޔޫލިއާ އާއި ފިރާތްއާއި ދެ މީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ.”ނަގާބަލަ ފޯނު.މި ގަޑީ އާންޓް ގުޅިނަމަ އަހަންނަށްވެސް ވާނީ ތިހެން ކަންނޭނގެ.އިނގެޔޭ އަހަރެންގެ ފޯނު އޮތީ ޑިސްޕްލޭ ގޮސްފަކަން އެކަމަކު އާންޓް ގުޅިނަމަ މިގަޑީ ފޯނު ނުނަގާ ހުރެ މާދަން ހެނދުނު ގުޅާފަ އަހަރެން ބުނާނަން އަހަރެން އޮތީ ނިދާފައޭ.ފިރޫވެސް ޓްރައި ކޮއްބަލަ އެހެން ހެދޭތޯ”ޔޫލިއާ ފިރާތްއާއި ދިމާލަށް އެއްލޯ މަރާލަމުން ބުންޏެވެ.އެއާއެކު ފިރާތްއަށް ހެވުނެވެ.”ޕިސް.ޕިސް.މިއީ ވެސް އަދި އާދައިގެ އަންހެނެއް ނޫނޭ ދޯ.އެކަމަކު ބުނަން،ތިހާ ފަސޭހައިން މަގޭ ބައްޕަގެ ބޯ ކައެއް ނުލެވޭނެ އިނގޭ.ޑޭޑްއަށް އިނގޭނެ މިވަގުތު ބައެއް ރޭތަކުގަ ދަމު ނަމާދުކުރަން އަހަރެން އުޅޭނީ ހޭލާކަން.މިހާރު އެހެރީ ގަޑިން 3 ޖަހައި ބޮޑުވެފަ.ދެން މިރެއަކީވެސް އާއްމުކޮށް އަހަރެން ދަމު ނަމާދުކުރަން ހޭލާ ރެއެއް އެހެންވެ މި ގަޑީގަ އެ ގުޅަނީ.ޔޫލީ ދެން ނިދާލާ.ބޭސް ބޭނުންތަ؟”ފިރާތް ރިންގުވަމުން ދިޔަ ފޯނު ޖީބައްލުމަށްފަހު ޔޫލިއާގެ ނިތުގައި އަތް ޖައްސާލަމުން ބުންޏެވެ.”ނޫން މިހާރު އޯކޭ.އިޓްސް ޖަސްޓް އެންޒައިޓީ.މާ ބޮޑުވަރު ވާ ނަމަ އަހަރެން އަތުގަވެސް އެބަހުއްޓޭ ބޭސް.އެކަމަކު ދެން ހީވަނީ މިރޭ ނިދާލީމަ ރަނގަޅުވާނެހެން.ވަންސް އެގެއިން ތޭންކްސް ފޯރ ސޭވިންގް މީ”ޔޫލިއާ ފިރާތްގެ ކަރުގައި ދެ އަތް ވަށާލަމުން ބުންޏެވެ.”މައި ޕްލެޝަރ ބޭބީ.ގުޑްނައިޓް އެންޑް މޭކް ޔުއަރސެލްފް އެޓް ހޯމް.ރެއިން އަންނާނެ އިރުކޮޅަކުން ފޮށިތައް ހިފައިގެން”ފިރާތް މިހެން ބުނެ ޔޫލިއާގެ ނިތުގައި ބޮސްދިނުމަށްފަހު އެ ކޮޓަރިން ނުކުތެވެ.ޔޫލިއާގެ ކޮޓަރިން ނުކުމެ ފިރާތް ބިއްލޫރިން ހަދާފައިވާ  ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލަމުން އަނެއްކާވެސް ޖީބުތެރެއިން ރިންގުވަމުން ދިޔަ ފޯނު ނަގައި އެއަށް ނަޒަރު ހުއްޓާލިއެވެ.އެ ވަގުތު ފޯނަށް ޖަވާބުދިނުމާއި ނުދިނުމުގެ މައްޗަށް ބިނާކޮށް އޭނާގެ ހިތާއި ސިކުނޑިއާއި ދެމެދު ކުރެވެމުން ދިޔައީ ހޫނު ބަހުސެކެވެ.އިރުކޮޅަކު ވިސްނުމަށްފަހު ފިރާތް އެ ފޯނައް ޖަވާބުދިނީ ދެ ޙިޔާލެއްގައި ހުރެއެވެ.އެއާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ބައްޕަ ފަވާދުގެ ކަންބޮޑުވުން އެކުލެވިގެންވީ އަޑެވެ.

“ދަރިފުޅާ ފިރޫ.ހާދަ އިރަކުންނޭ ފޯނު ތި ނެގީ؟މިރޭ މިއީ އަނެއްކާ ދަރިފުޅު ނަމާދުކުރަން ނުހޭލާ ރެއަކީތަ؟”ފަވާދު އެއްސެވެ.”ނޫން ޑޭޑް.ރެއިންއާއި ދެ މީހުން މިރޭ މާ ބިޒީކޮށް އުޅުނީ.ދެން މަސައްކަތުގަ ތިބެ ތިބެ ފޫހިވާން ފެށީމަ ދެ މީހުން އެއްކޮށް ބޭރައް ގޮސްލާފަ މި އައީ”ފަވާދު ސުވާލުކުރުމުން އެ ދެމެދައް ޔޫލިއާގެ ވާހަކަ ނުގެނަޔަސް ފިރާތްއަށް މިރޭ ވީ ކަންތަކާއި ބެހޭގޮތުން ބައްޕަ ކައިރީ ދޮގު ހަދާކަށް ނުކެރުނެވެ.ސަބަބަކީ އޭނާ ދޮގެއް ހަދައިފިނަމަ ފަވާދުގެ ތަޖުރިބާކާރު ސިކުނޑިއަށް އެކަން ނަގައިގަނެވޭނެތީއެވެ.އޭރުން އޭނާއަށް ޖެހޭނީ ބައްޕައަށް ހުރިހައި އެއްޗެއް އަލިފުން ޔާއަށް ކިޔައިދޭށެވެ.ކައިރީގައި ނެތަސް ފަވާދު އޭނާއާއި ދޭތެރޭ ކަންބޮޑުވެ ވިސްނާކަން ފިރާތްއަށް އިނގެއެވެ.މިރޭވީ ކަންތަކުގެ ވާހަކަ ކިޔައިދީފިނަމަ ފަވާދު ކަންބޮޑުވެ އޭނާ އަނބުރާ ރަޝިއާއަށް ގެންދަން އުޅެފާނެކަމުގެ ބިރު ފިރާތްގެ ހިތުގައި އޮތެވެ.ވަކިން ޙާއްސަކޮށް ޒޭން،ޒިޔާންގެ ވާހަކަ އެތަނައް އައިސްފިނަމަ ފަވާދު އިތުރަށް ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ.ފިރާތްގެ ކުށަކާނުލައި ދެ އަހަރުކުރިން އޭނާ ޖަލައް ދިއުމުގެ ފަހަތުގައި ޒިޔާންގެ އަތެއްވާކަން ރޭހާންގެ އިތުރުން ފަވާދުއަށްވެސް އިނގެއެވެ.އެހެންކަމުން އެ ދުވަހައް ފަހު ފަވާދު ދެކެނީ ފިރާތްގެ އެހެނިހެން ދުޝްމަނުން ފަދައިން ޒިޔާންއަކީވެސް އޭނާއަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ.ފިރާތް ޖަލުން ސަލާމަތްވުމަށް ފަހު ފަވާދު ކުރެން ދުވަސްކޮޅަކު ރާއްޖޭގައި އުޅުމުގެ ހުއްދަ ހޯދުނީވެސް ފަވާދު ކައިރީ އޭނާ ހާދަ ވަރަކަށް ކިޔައިގެންނެވެ.މިވަގުތު ރާއްޖެއިން ބޭރަށް ގޮއްސިނަމަ އޭނާގެ މަޤުސަދު ހާސިލެއް ނުވާނެއެވެ.ރާއްޖޭގައި ހުރެގެން އޭނާ ކުރަން އުޅޭ ކަމަކީ ފަވާދު އެހާ ރުހޭ ކަމެއް ނޫނެެވެ.ސަބަބަކީ ފިރާތް ރާއްޖޭގައި ހުރިހައި ހިނދަކު އޭނާގެ ފުރާނަވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ވާތީއެވެ.ނަމަވެސް ފިރާތްގެ ގޮތްދޫނުކުރުމުގެ ސަބަބުން ގިނަފަހަރު ފަވާދުއަށް ވެސް ޖެހެނީ އޭނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެެވެ.”އެނީވޭ،ޑޭޑް ކިހިނެއްތަ؟ކޮން އިރަކު މިކޮޅައް އަންނަނީ؟އަޅުގަނޑު މިނިވަންވި ފަހުންވެސް ޑޭޑް އާއި އަބަދު ވާހަކަ ދެކެވެނީ ފޯނުން ވީޑިއޯ ކޯލްކޮށްގެން.ޑޭޑް މަތިން ފިރޫ ވަރަށް ހަނދާންވޭ.އައި ހެވެންޓް ސީން ޔޫ އިން ޓޫ އިޔާސް.އައި ރިއަލީ ނީޑް ޔުއަރ އެޑްވައިސް ރައިޓް ނައު”ފިރާތް ޝަކުވާގެ ރާގަކަށް ބުންޏެވެ.”ދަރިފުޅާ.ދެން ދަރިފުޅަށްވެސް އިނގޭނެ ބައްޕަ ރާއްޖޭގަ އުޅޭ ހިތެއް ނުވާކަން.ބައްޕަ އެހާ ހިތްހަމައެއްނުޖެހޭ ދަރިފުޅުވެސް ތިތާ އުޅޭކަށް.އެއީ ކީއްވެގެންކަންވެސް ދަރިފުޅަށް އިނގޭނެ.އެކަމަކު ދަރިފުޅެކޭ އެއްފަދައިން ޑޭޑްވެސް ދަރިފުޅު މަތިން ހަނދާންނުވާ ކަމަކަށް ނުވާނެ.ރެއިންއަށް އިނގޭނެ ދަރިފުޅު ޖަލުގަ ހޭދަކުރި ދުވަސްތަކުގަ ބައްޕަ އުޅުނު ހާލު.ރެއިން ނެތްނަމަ ބައްޕަ އަކަށް ނޭނގޭނެ ހަދާނެ ގޮތެއްވެސް.ރެއިންގެ ޤާބިލުކަމުން ދަރިފުޅު ފަސް އަހަރަށް ޖަލައް ލާފަ ހުއްޓައި ދެ އަހަރު ފަހުން މިނިވަންވެފަ ތިހިރީ.މިއަދު ދަރިފުޅު ހެޔޮ ހާލުގަ ހުއްޓައި ދަރިފުޅުގެ އަޑު އަހާލުމުގެ ނަސީބުވެސް ބައްޕައަށް މި ލިބުނީ ރެއިންގެ ސަބަބުން.އެއީ ވެސް ހަމަ މި ބައްޕަގެ ދަރިއެއް.ދަރިފުޅުގެ އެއްބަޑުއެއްބަފާ ކުއްޖެއްހެން ދެކިގެން އުޅޭ ބައްޕަގެ ދެވަނަ ދަރިފުޅު އެއީ.ރެއިންވެސް އެބަ ކިޔާ ބައްޕަ ކައިރީގަ ތިކޮޅަށް އަންނަން.ދެން ޑޭޑްގެ ދެ ކުދިން ތިހާ ވަރަށް އާދޭސްކުރާއިރު ނުގޮސް ފަރުޖެއްސޭކަށް ނެތެއްނު.އެހެންވީމަ ޑޭޑް ދާނަން ވީ އެންމެ އަވަހަކަށް މާލެ”ފަވާދުގެ ވާހަކަ ނިމުމާއެކު ފިރާތްއަށް ހިނިތުންވެވުނެވެ.

“އެހެންތަ.ވަރަށް އުފާވެއްޖެ.ކޮން އިރަކުންތަ އަންނަން ތި ވިސްނަނީ؟އޭރުންތާ އަޅުގަނޑުމެން ދެ މީހުންގެ ޝެޑިއުލްވެސް ޑޭޑް އަންނަ ދުވަސްކޮޅާއި ދިމާކޮށް ކްލިއަރ ކުރަން އިނގޭނީ.އަޅުގަނޑު އެބަ ޖެހެއޭ ޑޭޑް އާއި ވަރަށް މުހިއްމު ވާހަކައެއް ދައްކަން.އެކަމަކު ފޯނަކުން ނޫން.ޑޭޑް އައީމަ ބުނާނީ”ފިރާތް ސީރިއަސް ރާގަކަށް ބުންޏެވެ.އެއާއެކު ފަވާދު އިރުކޮޅެއް ވަންދެން ހިމޭންވެފައި އިނެވެ.”އެހެންތަ.ތި ނުވާނެ އެހެންވީމަ އާދައިގެ ވާހަކައަކަށް.އެކަމަކު ބުނަން.ތި ކުރަން އުޅޭ ކަމެއްކޮށް ނިމުނީމަވެސް ރާއްޖޭގައި ހުންނަން ބޭނުންވާ ވާހަަކަ ނުދައްކާތި.ދަރިފުޅުގެ އުމުރުން ސާދަ އަހަރުއްސުރެ ތި އުޅެނީ ތި ކަމަކާއިގެން ނޭވާ ނުލެވިގެން.އެންޑް އައި އޭމް ޕްރައުޑް އޮފް ޔޫ ސަން އައި ރިއަލީ އޭމް.ބަޓް،ޔުއަރ ލައިފް އިޒް ސޯ ޕްރެޝަސް ޓު މީ.ބައްޕަގެ ހިތް ނުރުހުނަސް ދަރިފުޅު ރާއްޖޭގަ ބަހައްޓަން ނިންމީ ދަރިފުޅާއި މެދު ބައްޕަގެ ހިތުގަ އޮތް ޔަޤީންކަމުގެ ސަބަބުން.ހަމައެހެންމެ ބައްޕަ ރެއިންއަށްވެސް އިތުބާރުކުރާތީއާއި އެކު.އެކަމަކުވެސް ހިތްހަމައެއްނުޖެހޭ.އާލްވެސް ބައްޕަ ތި ކޮޅައް މި ފޮނުވަނީ ހިތުން ރުހުމުންނެއް ނޫން.ދަރިފުޅުގެ ނިންމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަަށް ދެކިގެން ބައްޕަ އެއްޗެކޭ ނުބުނީ”ފަވާދުގެ ފަހު ޖުމްލަ އިވުމާއެކު ފިރާތްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.”އޭނ؟އާލް ފުރީތަ؟ކޮންއިރަކު؟”ފިރާތް އެއްސެވެ.”އާނ ފުރައިފި.ދަރިފުޅައް ސަލާމް ބުނި”ފަވާދު ބުންޏެވެ.”އެހެންތަ.އަންގާވެސްނުލާ ފުރީމަ ވަރަށް ކަޑަވެއްޖެ.އެކަމަކުވެސް ދެން އޯކޭތާ”ފިރާތް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ބުންޏެވެ.”ދަރިފުޅާ.ޖަލުން ނުކުތްފަހުން މަންމަ ކައިރިއަށް ނުދަންތަ؟”ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ފަވާދު ކުރި ސުވާލުން ފިރާތްއަށް ލިބުނީ ކުއްލި ސިހުމެކެވެ.އިރުކޮޅެއްކުރިން އެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިގޮސް މޮޅިވެރިކަމަށް ބަދަލުވިއެވެ.އޭނާގެ މަންމައާއި ބައްޕައާއި ވަކިވިތާ އެތައް އަހަރެއް ފާއިތުވެފައިވީ ނަމަވެސް ޖަލައް ދިއުމުގެ ކުރިން އޭނާ ޤަވާއިދުން މަންމައާއި ބައްދަލުކުރަން ދިޔައެވެ.ފަވާދު އޭނާ ގޮވައިގެން ރާއްޖެއިން ބޭރައް ބަދަލުވީވެސް އޭނާގެ އުމުރުން ދިހަ އަހަރުގައި އެ ދެމީހުން ވަކިވުމުންނެވެ.ނަަމަވެސް އެއީ އޭނާގެ މަންމައެވެ.އެ މަންމައާއި ބައްދަލުނުވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވަނީއެވެ.އެހެން ހިތައް އެރުމާއެކު ފިރާތްގެ ދެ ލޮލުން ކަރުނަ ހިލުނެވެ.”ޑޭޑް.އަޅުގަނޑު މި ވިސްނަނީ މަންމަގެ ނަމުގަ މިސްކިތެއް އަޅަން ރަށައް ދާން.މަންމައާއި ބައްދަލުވާނީވެސް އޭރުންނެއްނު.މަންމައަކީ ގުޅައިގެން ފޯނުނަގާނެ މީހެއް ނޫންތާ.ދުވަސްތަކެއް ކޮއްފަ ދާއިރު މަންމަ ހުންނާނީ އަޅުގަނޑު ދެކެ ރުޅިއައިސްފަ ކަންނޭނގެ.ފިރޫ ބައްޕަ މަތިން ހަނދާންވާ ވަރަށް މަންްމަ މަތިންވެސް ހަނދާންވޭ.އައި ވިޝް ޔޫ ބޯތް ވަރ ސްޓިލް ޓުގެދަރ.ފިރޫއަށް އިނގޭ ޑޭޑް އަދިވެސް މަންމަ ދެކެ ވަރަށް ލޯބިވާކަން”ފިރާތް ހިތި ހިނިތުންވުމަކާއެކު ބުންޏެވެ.

“ދަރިފުޅާ.މަންމައާއި ބައްޕަގެ ވަކިވުން އެއީ ދަރިފުޅުގެ މައްސަލައެއް ނޫނޭ.އެއީ ބައްޕަގެ ފަރުވާކުޑަކަމުން ވީ ކަމެއް.އައި ޝުޑް ހޭވް ބީން މޯރ ކެއަރފުލް.އެކަމަކު ދެން ނަމައަކުން ކެކޭނެ ރިހައެއް ނޯންނާނެ.ދަރިފުޅު އެ ރަށައް ގޮސް މިސްކިތް އެޅުމުގެ މަސައްކަތް ފަށާ.ޙަރަދައް އަރާ ވަރު ބަލާފަ ބައްޕައަށް އަންގާލާ.ބައްޕަވެސް އިންވެސްޓް ކުރާނަން.ދެން ވަރައް ލަސްވެއްޖެއެއްނު.ދަރިފުޅު ދެން ދޭ ނިދަން.މިހާރު ރާއްޖެ ގަޑިން ހަތަރެއް ޖެހުމަކާއި ގާތް ކޮށްފާނެ.ދެން ބޭއްވީ.ގޫޑްނައިޓް”ފަވާދު އެހެން ބުނެ ފޯނު ބޭއްވުމާއެކު ފިރާތްއަށް އިރުކޮޅެއް ވަންދެން އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއަށް ބަލަހައްޓައިގެން ހުރެވުނެވެ.ފަވާދުގެ އެ ހަރަކާތުން މަންމަގެ ވާހަކަ ދެއްކުމުން ބައްޕަ ދެރަވީކަަން އޭނާއަށް ފަހުމްވިއެވެ.ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފިރާތް ކޮޓަރިއާއި ދިމާލަށް ދާން އެނބުރުނު ވަގުތުން ހުއްޓުން އެރީ ކުރިމަތީގައި މޭމަތީ ދެ އަތް ހުރަސްކޮށްގެން ހުރި ރޭހާން ފެނުމުންނެވެ.”ރަށައް ދާ ވާހަކަ ދައްކާއިރު ޔޫލިއާއާއި މެދު ވިސްނާލިންތަ؟”ރޭހާން މިހެން ބުނެ ފިރާތް ކައިރިއަށް އައިސް ބެލްކަނީގައި އަތް އަޅުވާލަމުން ފުރަގަސްދިނެވެ.”އަހަރުމެން ދާ އިރު ޔޫލިީ ގޮވައިގެން ދާނީ.އޮފް ކޯސް އަހަރެންގެ ގެޔަކަސް އައި އޭމް ނޮޓް ގޮއިންގް ޓު ލީވް ހަރ އެލޯން ހިޔަރ.ޙާއްސަކޮށް މިރޭ ވީ ކަންތަކައްފަހު އަހަންނަކަށް ނެތް ޔޫލީ އެކަނި ދޫކޮށްލެވޭކަށް.އެހެންނޫނަސް މަންމަ ކައިރިއަށްދާ ވާހަކަ ބުނެފިއްޔާމުން އަހަންނައް ހީވަނީ ޔޫލީ ވަރަށް އުފާވާނެހެން”ފިރާތް ހިނިތުންވެލަމުން ބުނުމާއެކު ރޭހާން ކުއްލިއަކަށް ބެލްކަންޏަށް ފުރަގަސް ދެމުން ފިރާތްއާއިވީ ފަރާތައް އެނބުރުނެވެ.”ހަޤީގަތް ކިޔައިދޭން ބޭނުމެއް ނޫނޭ ކިޔާފަ ކީއްކުރަން މިހާރު ތި އުޅެނީ؟ޔޫލިއާ ގޮވައިގެން އެ ރަށައް ގޮއްސިއްޔާ”…..”އައި ނޯ”ފިރާތް ރޭހާންގެ ޖުމްލަ މެދުކަނޑާލަމުން ބުންޏެވެ.”ރެއިން އެކަމާއިގެން އިތުރައް ނުވިސްނާ.ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ޔޫލީ ޤަބޫލުކުރާނީ އަހަރެންގެ ބަސް”ފިރާތް ރޭހާންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެެވެ.އެއާއެކު ރޭހާން ނޭވާދަށުން އަމިއްލަ ނަފްސައް އިވޭވަރަށް “އައި ހޯޕް ސޯ” ބުންޏެވެ.”މިސްކިތުގެ ކަންތަކާއިގެން އެ ރަށު ރާވާ މީހަކާ ވާހަކަ ދައްކާފަ އޮންނާނީ.އިނގެއެއްނު އެއްްކަލަ ފަހީމްބެ.ތި ގޭ ކައިރީގަ އުޅެއެއްނު”ރޭހާން ބުންޏެވެ.”އާނ އެނގިއްޖެ.ކުރެހުމުގެ ކަންތަކޯ؟”ފިރާތް އެއްސެވެ.”ކުރެހުން އަހަރުމެންގެ ރެގިއުލަރ އާކިޓެކްޓް އެބައިން މަށައް މެއިލްކޮށްފަ.މަ އިންނާނެ އޭތި ފިރޫއަށްވެސް ބަަައްޕައަށްވެސް މެއިލްކޮއްފަ”ރޭހާން ބުންޏެވެ.”ބައްޕަ ބުނި މިކަމަށް އިންވެސްޓު ކުރާ ވާހަކަ.އެހެންވީމަ ރަށު ކައުންސިލައް ރަށުން އަހަރެން ގަތް ގޯތީގަ މިސްކިތް އެޅުމަށް ޓަކައި ހުއްދައަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގަ ބަޔާންކޮށްފަ އިން ޙަރަދުވާނެ މިންވަރުގެ 40% އިންވެސްޓުކުރާނީ ޑޭޑް.ބާކީ 60% އަހަރެން.އެ ގޮތް ކިހިނެއްވަނީ؟އޯކޭއެއްނު”ފިރާތް އެއްސެވެ.”އޯކޭއެއްނޫން.އެ 60% އިގެ ތެރެއިން ފިރޫ 30% ދީފަ އަހަރެން ބޭނުން އަނެއް 30% ދޭން.ފިރޫ ތިއީ އަހަރެން އެއްބަޑުއެއްބަފާ މީހެއްގެ ގޮތުގަ ދެކެމުން އަންނަ އަޙެއް.ބައްޕަވެސް ދެކެނީ ފިރޫއެކޭ އެއްފަދައިން އަހަންނަކީވެސް ބައްޕަގެ ދަރިއެއްްގެ ގޮތުގަ.ހީ އެޑޮޕްޓެޑް މީ ބިފޯރ އައި ޓާންޑް އެއިޓީން ސޯ އައި އޭމް ނޮޓް ޖަސްޓް ޔުއަރ ބެސްޓް ފްރެންޑް ބަޓް ޔުއަރ ބްރަދަރ.އަހަރުމެން ދެ މީހުންވެސް ބައްޕަ ކިޔަމުން މި އަންނަނީ އެކަކައް.އަހަރެން ލޯޔަރަކަށް ވާން ބޭނުންވި ދުވަހު އެކަމަށް އެންމެ ބޮޑައް ހިތްވަރު ދިނީވެސް ބައްޕަ.ޔޫލިއާއަށްވެސް އަދި ނޯރާއަށްވެސް މިހާރު މިކަން އިނގޭނެ.އަހަރެން އަމިއްލަ ތަނެއް ހޯދައިގެން ފިރޫއާއި ވަކިން އުޅުނަސް އަހަންނަކީވެސް މި އާއިލާގެ ޙިއްސާއެއް.އެހެންވީމަ އެއީ އަހަރެންގެވެސް މަންމަ.މަންމަގެ ނަމުގަ އަޅާ ތަނެއްވީމަ އަހަރެންވެސް ބޭނުން ޙިއްސާވާން.އެހެންނޫނަސް މިއީ ކުރެވޭ ހެޔޮ ޢަމަލެއްނުން.މިސްކިތެއް ބިނާކުރުން ނުވަތަ އެކަމަށް ޓަކައި ފައިސާ ހޭދަކުރުމަކީ މީހާ މަރުވެގެން ދިޔަޔަސް މެދުކެނޑުމެއްނެތި ސަވާބު ލިބި ލިބި ހުންނަ ކަމެއް.އެހެންވީމަ އެކަމަށް ޓަކައި އަހަރެންގެ އަމިއްލަ އެދުމެއްވެސް އޮވެގެން މި އުޅެނީ”ރޭހާން ހިތިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

“ޕިސް ޕިސް.އެއްކަލަ ރެއިން.ކޮބާ،މިއީ މިރޭ އިރުކޮޅެއް ކުރިން އަހަރެން ދެކެ ރުޅި އައިސްގެން އުޅުނު ރެއިން ވައްތަރެއް ނުޖަހާ.އަނެއްކާ މިއީ އެ ރެއިން ކައިގެން އަރާ ހުރި ފުރޭތައެއް ބާ”ފިރާތް ލާނެއް ހިނިތުންވުމަކާއެކު ރޭހާންއާއި ދިމާކޮއްލަމުން ބުންޏެވެ.”ސްޓޮޕް އިޓް ފިރޫ.އަހަރެން ރީތިކޮއްް ވާހަކަ ދެއްކިއަސް ޑޯންޓް ތިންކް އައި ހޭވް ފޯގިވެން ޔޫ.ޔޫލިއާއަށް ޝައްކުނުވާނެހެން އުޅެވޭތޯ އަހަރެންވެސް މި ބަލަނީ.ފީރޫއަށް ޖެހޭ ކޮންމެ ކަމެއްގަވެސް ދެގޮތެއްނުވެ ކައިރީގަ ހުންނަނީ އަހަންނެއްނު.ހަޤީގަތް އިނގޭ ދުވަހަކުން އައި ނޯ އައި ހޭވް ޓު ބީ ދަ ވަން ޓު ސޭވް ޔުއަރ އޭސް ފްރޮމް ޔޫލިއާ”ރޭހާން މަޖަލަކައް ހަދާފައި ބުނި ޖުމްލައިން ފިރާތްގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިދިޔައެވެ.ނަމަވެސް މިވަގުތު އިތުރައް ދެ މީހުން ކުރެ އެކެއްގެވެސް މޫޑު ޙަރާބުވާން ބޭނުންނުވާތީވެ ފިރާތް ދެން ވެސް ވާހަކަ ދެއްކީ ސަކަ ގޮތަކަށެވެ.”ދެން ބްރޯ.އަދިވެސް އެކަމާއިގެން ރުޅި އައިސްފަތަ ތި ހުންނަނީ.އަހަރެން ބުނީމެއްނު އަހަރެން ޔޫލީއައް ހަޤީގަތް ކިޔައިދޭނަމޭ.އެކަމަކު މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫނޭ.ދެން ތި ރުޅި މަޑުކޮށްފަ ސްމައިލް.އެހެންނޫނީ ދުލެއް ނުކުރާނަން”ފިރާތް ރޭހާންގެ ހަށިގަނޑުގައި އޮޅު ލައިގަންނަމުން ބުންޏެވެ.އެއާއެކު ރޭހާން ސިއްސައިގެން ގޮސް ފިރާތް ގަޔާއި ދުުރުކުރެވޭތޯ މަސައްކަތްކުރަން ފެށިއެވެ.”ދެން ފިރޫ.ދޫކުރޭ.ސާބަސް އަހަރެން ނިދަން ދާން ވެއްޖެޔޭ”ރޭހާން ފިރާތްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން ބުންޏެވެ.އެއާއެކު ފިރާތް ރޭހާންގެ ގައިގައި ގިލިގިލި ކޮއްޓަން ފެށިއެވެ.އިރުކޮޅެއްގެ ތެރޭގައި ކޮރިޑޯގެ އެއްކޮޅުން ފެށިގެން އަނެއް ކޮޅާއި ދެމެދު ގުގުމާލީ ރޭހާންގެ ހުނުމުގެ އަޑެވެ.”ހައްހައްހައް…ދެން ފިރޫ….ހައްހައްހައް.އޯކޭ…އޯކޭ.ދެން ދޫކޮއްބަލަ އަހަރެން މަޢާފްކޮށްފީމޭ”ހެމުން ހެމުން ގޮސް ދެ ލޮލުން ފެން ފައިބާ ހިސާބައް ދިއުމުން ރޭހާންއަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ.ރޭހާންގެ ދުލުން މަޢާފުކޮށްފީމޭ ބުނުމާއެކު ފިރާތް އޭނާގެ ގައިން ދޫކޮށްލިއެވެ.އެއާއެކު ފިރާތްގެ ބުރަކަށްޓައް ރޭހާންގެ އަތުގެ ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ.”އައްދޯއި ބްރޯ.މަގޭ ބުރަކައްޓެއްނު ތި ބިންދާލީ.އާހް”ފިރާތް މެދުހަށީގައި އެއް އަތް ވިއްދާލަމުން އަނެއް އަތް ބެލްކަނީގެ ރެއިލިންގައި އަޅުވައިގެން ހުރެ ބުންޏެވެ.”އެހެންތަ.ބުރަކަށި އެކަންޏެއްނޫން.އަތުޖެހޭ ހިސާބުގަ އިލޮށިފައްޗެއް އޮތް ނަމަވެސް ގައިން ދިލަ ނަގާ ވަރައް ތަޅާލީމުސް.ދެންވެސް ތިހެން ނުހުރެ ދޭ ގޮސް އޮށޯންނަން.މިހާރު ގަޑިން ހަތަރެއް ޖަހައި ބޮޑުވެއްޖެ”ރޭހާން މިހެން ބުނެ ގޮސް އޭނާގެ ކޮޓަރިއައް ވަނުމާއެކު ފިރާތްވެސް މެދުހަށީގައި އަތް އަޅައިގެން ގުދައް އޮވެ ހިނގަމުން ގޮސް ކޮޓަރިއައް ވަނެވެ.

*******

ރޭގަނޑުގެ ރާނީ ކަމުގައިވާ ހަނދައް އަރާމުކުރުމުގެ ފުރުސަތު ދެމުން އިރު އުޑުގެ ތަޙުތައް ވެރިވެގަތީ އޭގެ ރަން ދަޅަތަކުން ދުނިޔެމަތި ދިއްލާލަމުންނެވެ.ކޮންމެ ދުވަހެއްގެވެސް ހެނދުނުގެ ވަގުތަކީ އަސްލަމްވިލާގޭގެ ނޯކަރުންނައް އެންމެ ބުރަބޮޑުވާ އިރެވެ.ސަބަބަކީ ގޭގެ ވެރިޔާ ނާއިލް އަސްލަމަކީ ނުހަނު ގަޑިއަށް ފަރުވާތެރި މީހަކަށް ވާތީއެވެ.ފަތިސް ނަމާދުން ފައިބައިގެން ނާއިލް ޖިމަށް ގޮސް ފެންވަރައި ތައްޔާރުވެގެން އަންނަންވާ އިރައް މޭޒުމައްޗަށް ކާން ނެހެދި ހުރެއްޖެނަމަ އޭގެ ހަސްކާ މުޅި ދުވަހު ގޭގައި ގެންގުޅޭ ނޯކަރުންގެ އިތުރުން އާލިޔާއާއި ނުވާޝްއަށްވެސް ބާލާނެއެވެ.އެހެންކަމުން އާދައިގެ މަތިން މިއަދުވެސް އެކަން އެހެން ވިޔަނުދިނުމަށް ޓަކައި ނޯކަރުންނާއި އެއްވަރަށް އާލިޔާވެސް ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނެވެ.ކާ މޭޒުމަތީގައި ހޫނު ކޮފީ އަޅާފައިހުރި ކުރާ ބެހެއްޓިތަނުން ނުވާޝް އައިސް ކާގެއަށް ވަނެެވެ.ކަޅުކުލައިގެ ހޫޑީއަކާއި ކަށިމައްޗާއި ހަމަޔަށް ހުރި ނޫކުލައިގެ ޑެނިމް ސޯޓުގައި ނުވާޝް ފެންނަލެއް ރީއްޗެވެ.މިހާ ހެނދުނާ ނުވާޝް ކާގެއިން ފެނުމާއެކު އާލިޔާއަށް ލިބުނީ ހައިރާންކަމެކެވެ.ޢާއްމު ހާލަތުގައި ނުވާޝްއަކީ މެންދުރު އަނބުރައި ބާރަ ނުަޖަހަނީސް އެނދުން ތެދުވާ މީހެއް ނޫނެވެ.އޭނާ ބޭނުންވެގެން ކޮންމެ ދުވަހަކު އޮފީހަށް ވެސް ދާން ހަމަޖައްސާފައި އޮންނަނީ މެންދުރުފަހުންނެވެ.ނާއިލްގެ ކިބައިގައި ހުންނަ “ޑިސިޕްލިން”އެއް ނުވާޝްގެ ކިބަޔަކުން އެއްގޮތަކަށް ނުފެނެއޭ  ބުންޏަސް ދޮގަކައް ނުވާނެއެވެ.”ދަރިފުޅާ،ހާދަ ހެނދުނަކާ؟ކީއްވެ މާ އަވަހަށް މިއަދު ހޭލައިގެން ތި އުޅެނީ؟”ނުވާޝް އިށީނުމާއެކު އާލިޔާ ކޮފީ ކުރައިން ނުވާޝްގެ ކުރިމަތީ ހުރި ޖޯޑައް ކޮފީ އަޅައިދެމުން އެއްސެވެ.”އެއާޕޯޓައް ދާންވެގެން.ރައްޓެއްސަކު އަންނާތީވެ އޭނަ ރިސީވްކުރަން.މޯމް ކައިރީގަ އިއްޔެ ޑޭޑް ބުންޏެެއްނު ގެސްޓް ރޫމް ރެޑީކުރަން.އެއީ އަޅުގަނޑު ބުނެގެން އޭނަ ހުންނަން.އެއީ އަޅުގަނޑު ކެނެޑާގަ ކިޔަވަން އުޅުނު ދުވަސްކޮޅު ދިމާވި ރައްޓެއްސެއް.މިއީ އޭނަ ރާއްޖެ އަންނަ ފުރަތަމަ ފަހަރު.އެހެންވީމަ އެކަނިކޮށްނުލާންވެގެން އައި އިންވައިޓެޑް ހިމް ޓު ސްޓޭ ހިޔަރ.މީގެ ދެ ދުވަސް ކުރިން ޑޭޑް އާއި ވާހަކަ ދައްކާލީމަ ޑޭޑް ވެސް ބުނީ އޯކޭއޭ “ނުވާޝް ބުންޏެވެ.”އެހެންތަ.މަންމަ ހީކުރީ އަނެއްކާވެސް ޑޭޑްގެ ރާއްޖެއިން ބޭރުގަ ދިރިއުޅޭ ބިޒްނަސް ޕާޓްނަރ އެއް އަންނާތީކަމަށް ގެސްޓްރޫމް ރެޑީކުރަން ބުނީ.ދަރިފުޅުވެސް ދަރިފުޅުގެ ބައްޕަވެސް މަންމަ ކައިރީގަ ބުނާނީ ހުރިހާ ކަމެއް ނިންމާފަ ވިއްޔާ.ބައެއްފަހަރު ހިތައްް އަރާ މަންމައަކީ މިގޭ މީހެއް ބާވައޭވެސް.ތި ދެބަފައިން ހުންނަނީ އަބަދުވެސް މަންމަ ބާކީކޮއްފަ ވިއްޔާ”އާލިޔާ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުންޏެވެ.”ދެން މޯމް.އެއީ ދެން އެހާވަރު ކަމެއް ނޫނެއްނު.މޯމް އާއި ނުލައި ކިހިނެއް މި އާއިލާ ފުރިހަމަވާނީ.ނައު ސްމައިލް”ނުވާޝް އާލިޔާގެ ދެކޮލުގައި ހިފައި ދެ ފަރާތައް ދަމާލަމުން ބުންޏެވެ.”ހޫނ.ދެން ހެވޭ.އަވަހައް ސައިބޮއެގެން ދޭ ތި ކުއްޖަކު ގޮވައިގެން އަންނަން.އެހާ ދިގު ދަތުރެއް ކޮއްފަ އަންނައިރު ވަރަށް ވަރުބަލިވާނެ.އިރުކޮޅަކުން ބޭރުތެރެވެސް ނުލައިހަކު ހޫނުވާން ފަށާނެ”އާލިޔާ މިހެން ބުނެ އިށީނުމާއެކު ނުވާޝް ހޫނ އަޅުވާލަމުން ކާން ފެށިއެވެ.އެވަގުތު ނާއިލް ފޯނާއި ކުޅެމުން އައިސް މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ.ނާއިލް އައިސް އިށީނުމާއެކު އާލިޔާ ނުވާޝްއަށް އަޅައިދިންހެން ނާއިލް ކައިރީ ހުރި ޖޯޑައްވެސް ކޮފީ އަޅާދިނެވެ.

“ކޮބާ ދަރިފުޅާ އެ ސޮރު ބަލައި ދާކަށް ނުވޭތަ؟”ނާއިލް ފޯނު މޭޒުމަތީގައި ބާއްވައި ނެޕްކިން އުނގުމަތީ ފަތުރާލަމުން ބުންޏެވެ.”ނޫން.ސައިބޮއެގެން ދާންވެގެން މި އުޅެނީ.އަދި އެ ޕްލޭން ޖައްސާނީވެސް އިރުކޮޅަކުން”ނުވާޝް އަތުކުރީ އޮތް ރިހިކުލައިގެ ގަޑިއަށް ބަލާލަމުން ބުންޏެވެ.”އެހެންތަ.އެ ސޮރު އެއީ މާކެޓިންގް ކަންތަކަށް ވަރަށް މޮޅު ކުއްޖެއްދޯ.ބައްޕައަށް ފަހަރެއްގަ އޭނަގެ ބޭނުން ޖެހިދާނެ.އާލިޔާއަށްވެސް”ނާއިލް އާލިޔާއަށް ބަލައިލަމުން ބުނުމާއެކު އޭނާ ނާއިލްއަށް ހަދިޔާކޮށްލީ ސުވާލުން ފުރިގެންވީ ބެލުމެކެވެ.”އައި މީން ހީ ކުޑް ހެލްޕް ޕްރޮމޯޓް ޔުއަރ އެން.ޖީ.އޯ”އާލިޔާގެ އެ ނަޒަރުން އޭނާގެ ހިތުގައި އޮތް އެއްޗެއް ދޭހަވުމާއެކު ނާއިލް ބުންޏެވެ.”ބައި ދަ ވޭ؟ދަރިފުޅުގެ ރާއްޖެއިން ބޭރު ރައްޓެހިންގެ ތެރެއިން ކޮން ކުއްްޖެއްތަ މިއީ؟ތި ކިޔައިދިން ގޮތުންނަމަ އެއީ ހަަމަ ޔަޤީނުންވެސް މަންމަ ދަންނަ ކުއްޖެއް ނޫން”އާލިޔާ ބިސްގަނޑުން ތަންކޮޅެއް ކާލަމުން ބުންޏެވެ.”އަޅޭ.އާލިޔާ ހާދަ ހަނދާން ބައްޔޭ.ހަނދާންވޭތަ ނުވާޝް ކެނެޑާގަ ކިޔަވަން ހުއްޓާ އެ ކޮލެޖް ފަރާތުން އޭރު ވިޔަފާރި ދާއިރާއިން ޑިގްރީ ނަގަމުން އައި ކުދިންނައް ޙާއްސަކޮށް ބޭއްވިއެއްނުން ކޮންފަރެންސެއް.އޭގަ އަހަރުމެންވެސް ބައިވެރިވީމެއްނު.ދެން ކޮލެޖު ފަރާތުން އެ ކޮންފަރެންސްގަ ޕްރޮޖެކްޓް ހުށަހެޅިއެއްނުން ކުއްޖެއް.އެ ކުއްޖާ އެއީ”ނާއިލް ބުންޏެވެ.”އޯހް ޔާ.ހަނދާންވެއްޖެ މިހާރު.ވަރަށް މޮޅު ކުއްޖެއް ދޯ އެއީ”އާލިޔާ ލުއި ހިނިތުންވުމަކާއެކު ބުންޏެވެ.”ޔާ މޯމް ހީ އިޒް ވެރީ އިންސްޕަޔަރިންގް.އެ އަންނަނީ ޑޭޑްގެ ކުންފުނީގަ ދުވަސްކޮޅަކު ވޯކް ކޮއްްލަންވެގެން.ރާއްޖެ އެކްސްޕީރިއަންސް ކޮއްލާށޯ.އޭނަ ފެމެލީ އުޅެނީ ރަޝިއާގަ.އޭނަ ވަރަށް ކުޑައިރު ރާއްޖޭގަ އުޅެފަ ދިޔަ ގޮތައް އަދި ނާދެއޯ”ނުވާޝް ބުންޏެވެ.”އެހެންތަ.ތިހެންވިއްޔާމުން ވާނެ އެ ސޮރައް ރަނގަޅައް ކަމޭހިތައި މެހެމާންދާރީ އަދާކުރަން.ބައްޕަވެސް މިއަދު އޮފީހައް ދާން ނުޖެހޭނަމަ ދާނަން ދަރިފުޅާއި އެއްކޮށް އެ ސޮރު ބަލައި.ޕްލޭން ޖައްސާހާ އިރުކޮށްފަ ދަރިފުޅުދޭ އެއާޕޯޓައް.ދެން މިރޭ ބައްޕަ އޮފީސް ނިންމާލާފަ ގެޔައް އައީމަ ރޭގަނޑު ބޭރައް ކާންދާނީ އެންމެން އެއްކޮއް.ވަޓް ޑޫ ޔޫ ސޭ؟އަ ވެލްކަމް ޑިނަރ”ނާއިލް ތުން ފޮހެލަމުން ބުންޏެވެ.ނާއިލްގެ ދުލުން މިރޭ ބޭރައް ކާންދާ ވާހަކަ އިވުމުން ނުވާޝްގެ ދެލޯ ވިދައިގަތެވެ.އެ މީހުންގެ ދިރިއުޅުން ހުންނަގޮތުން އެ ގޮތައް އެންމެން އެއްކޮށް ބޭރައް ގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަކީ މަދުން ނޫނީ ނުވާ ކަމެކެެވެ.އެހެންކަމުން ނާއިލްގެ އެ ޖުމްލައިން ނުވާޝްގެ މޫނުމަތީގައި ކުރަހާލީ އުފާވެރި ހިނިތުންވުމެކެވެ.އިތުރު އެއްޗެއް ނުބުނެ އޭނާ ކެއުމާއިގެން ކުރިއަށް ދިޔައީ އެކުވެރިޔާ ބަލައި އެއާޕޯޓައް ދާންޖެހޭ ވަގުތު ކުޑަތަންވެފައިވާތީއެވެ.

********

ރޭގައި ލަހުން ނިދުމުގެ ސަބަބުން ޔޫލިއާއަށް ހޭލެވުނު އިރު ގަޑިން 5:30 ވުމާއި ގާތްކޮށްފިއެެވެ.އެއާއެކު ނިދިބުރާންތިވެފައި ހުރިނަމަވެސް އޭނާއަށް ލިބުނީ ކުއްްލި ޝޮކެކެވެ.ފުންމައިގެން އެނދުން ތެދުވެގެން ގޮސް ފާހާނައަށް ވަދެ ވުޟޫކޮއްލައިގެން އައިސް އޭނާގެ ފޮށިތަކުން ކުރެ ފޮއްޓެއް ހުޅުވާލުމަށްފަހު ނަމާދުކުރަން ގެންގުޅޭ ބޮލާއިއެކު މުޅި ހަށިގަނޑު ނިވާވާ ވަރުގެ ގަޔައްދޫ “އަބާޔާ ޓައިޕް” ނަމާދުފޭއްޔާއި އިސްޓާކީނު ނެގުމައްފަހު ޢުމްރާއަށް ދެވުނު ފަހަރު އޭނާގެ ނަން ޖަހައި މައްކާއިން ހެއްދި މެރޫން ކުލައިގެ މުސައްލަ ނަގައި ޓައިލްސްގަނޑުމަތީ ފަތުރާލިއެވެ.އެއަށްފަހު ނަމާދުފޭލި ލައިގެން ފަތިސް ނަމާދުގެ ދެ ރަކުޢަތް އަދާކުރިއެވެ.ނަމާދައްފަހު ތަނަކައް ދާން ނުޖެހޭނަމަ އޭނާއަކީ އެހާ ހެނދުނާ ފެންވަރާ މީހަކަށް ނުވުމުން ލައިގެން ހުރި ނޭވީ ބްލޫ ކުލައިގެ ނައިޓީ މަތިން ލާ ސިލްކު ރޯބް ލުމައްފަހު ޔޫލިއާ ކޮޓަރިން ބޭރައް ނުކުތީ ބަނޑުހައިވެފައި ހުރުމުންނެވެ.ސިޑީގެ ހަރުފަތްތައް ގިރާކޮށް ތިރިއަށް ފޭބިއިރު އެއްފަރާތެއްގައި ކާގެއާއި އިންވެގެން ހުރި ބަދިގޭގައި ނާސްތާ ތައްޔާރުކުރުމުގައި ނޯކަރުންތައް އަވަދިނެތި އުޅެމުންދިޔައެެވެ.މިހާ ހެނދުނާ ޔޫލިއާ އެ ގެއިން ފެނުމުން ހުރިހާ ނޯކަރުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ.ޔޫލިއާއަކީ މިހާރު އެ މީހުންނައް އާ މޫނަކަށް ނުވިޔަސް މި ވަގުތު އެގޭ ތެރެއިން އޭނާ ފެނުމުން އެ މީހުންވެސް ހައިރާންވާނެތާއެވެ.ރޭ އޭނާ މިގެޔައް އައި އިރު ނޯކަރުންގެ ތެރެއިން އެކަކުވެސް ހޭލައެއް ނޫޅެއެވެ.އެހެންކަމުން ޔޫލިއާއަށް ކުރެވުނީ ވަގަކު ވައްކަމެއް ކުރަން އުޅެ ފަޅާއެރިކަމުގެ އިޙުސާސެވެ.ނަަމަވެސް އެކަން މޫނުމަތިން ނުދައްކައި އޭނާ ބެލީ ވީހާވެސް ހަމަޖެހޭ ކުލަވަރު ދެއްކޭތޯއެވެ. ”މެޑަމް މިވަގުތު މި ގޭގަ؟” މާޖެސްޓީ ގޭގެ އެންމެ އިސް ނޯކަރު ކަމުގައިވާ އެލިސް އައިސް އަދަބުވެރިކަމާއެކު ޔޫލިއާ ކުރެން އެއްސެވެ.”ހޫމް.ރޭގަ ރެއިންއާއި ފިރާތް އަހަރެން މިގެއަށް ގެނައީ.ދެން ރަޝިއާއަށް ދެވެންދެން އަހަރެން ހުންނާނީ މި ގޭގަ”ޔޫލިއާ ކާމޭޒުން ގޮނޑިއެއް ދަމާލަމުން ބުންޏެވެ.”އެހެންތަ.މެޑަމްއަށް ކޯއްޗެއް ހަދައިދޭންވީ؟މެޑަމް ކޮފީ ބައްލަވާނަންތޯ؟”ޔޫލިއާ އިށީނުމާއެކު އެލިސް އެއްސެވެ.”ކޮފީތައްޓަކާއި ބޮއިލްޑް އެގް އެއް ގެނެސްދީ.އަދިވެސް ނިދި އަންނާތީވެ މިގަޑީގަ މާ ގިނައިން ކާ ހިތެއް ނެތް”ޔޫލިއާ އޭނާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުންޏެވެ.އެވަގުތު ފިރާތްވެސް އައިސް ކާގެއަށް ވަނެވެ.މޭޒުދޮށުގައި އިން ޔޫލިއާ ފެނުމާއެކު ހަރު ފިޔަވަޅުތަކެއްގައި ގޮސް ޔޫލިއާގެ ނިތުގައި ބޮސްދިނެވެ.”ބޭބީ ހާދަ އަވަހަކަށް ހޭލާ ތި އުޅެނީ.ރޭ އެހާ ލަހުން ނިދީމަ އަަހަރެން ހީކުރީ މިރޭ ވުމުގެ ކުރިން ދެން ލޮލައް ނުފެންނާނެ ކަމަށް”ފިރާތް ލާނެއް ހިނިތުންވުމަކާއެކު ބުނެ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ.އެއާއެކު އެލިސް ފިރާތް ހެނދުނު ގަޑީގައި ބޮއެ އުޅޭ ކިރުސައިތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.”5:30 ވާން އުޅެނިކޮށް ހޭލެވުނީ.ދެން ނަމާދުކޮށްގެން އަނެއްކާވެސް ޖައްސާލުމުގެ ކުރިން އައި ހެޑް ޓު ފިލް މައި ސްޓޮމެކް”ޔޫލިއާ އާފުރިލަމުން ބުންޏެެވެ.”އެހެންތަ.ރޭ ރަނގަޅައް ނިދުނުތަ؟”ފިރާތް ސައިތަށީގައި ތުން ޖަހަމުން އެއްސެވެ.”އާނ ނިދުނު.އެކަމަކު އަދިވެސް ނިދި އެބައާދޭ.އެއީ ރޭގަ މާ ލަހުން ނިދީމަ.ނަސީބެއް މިއަދު އޮފީހުގަ މާ ބޮޑު މަސައްކަތެއް ނެތްކަން.މެންދުރުފަހުން ދިޔަޔަސް ރަނގަޅުވާނެ”ޔޫލިއާ ފިރާތްގެ އަތްމަތީ އަތް ބާއްވާލަމުން ބުންޏެވެ.”ހޫމް.ދެޓްސް ގޫޑް”ފިރާތް ބުންޏެވެ.”އެނީވޭ.ކޮންތާކުން ތި އައީ؟ޖިމައް ގޮއްސަތަ؟އަހަރެން ހީކުރީ އަދި ފިރޫ ނުހޭލަނީ ކަމަށް”ޔޫލިއާ ދަތްދޮޅީގައި އަތް ވިއްދާލަމުން ބުންޏެެވެ.

“އާނ.ޖިމައް ގޮއްސަ މި އައީ.އިރުކޮޅަކަށް ރޭގަ ނިދުނީވެސް.ދެން ފަތިސް ނަމާދައްފަހު ޖައްސާލީމަ އުޅެ އުޅު ނުނިދިގެން ރެޑީވެގެން ދިޔައީ ޖިމައް”ފިރާތް ބުންޏެވެ.”އެހެންތަ.ކޮބާތަ ރެއިން.އަދިވެސް ނުހޭލަނީތަ؟”ޔޫލިއާ ދެންމެ އެލިސް ގެނެސްދިން އޭނާގެ ކޮފީ މަގުގައި ތުންޖަހަމުން އެއްސެވެ.”ރެއިންއޭ؟ސުބުހާނަالله.ތި ވާހަކަ ނުދައްކާ.ނިދައިފިއްޔާމުން އޭނަ ނުތެދުވާނެ ދުނިޔެ ޤިޔާމަތް ވިޔަސް.އެހާވެސް ނިދިގަދަވާނެ.އަދި އަނެއްކޮޅުން ނިދާފަ އޮއްވާ ގޮވައިފިއްޔާމުން ނުލައިހަކު ގަދަޔައް ރުޅިވެސް އަންނާނެ”ފިރާތް ބުންޏެވެ.”އޯހް ރިއަލީ؟ދެޓްސް ސޯ އަންލައިކް ހިމް”ޔޫލިއާ އެހެން ބުނީ ޤަބޫލުނުކުރެވިފައިވާ ރާގަކަށެވެ.”ޓްރަސްޓް މީ ބޭބީ.ޔޫލީ އަކަށް އަދި ނޭނގޭނެ.އަހަރެންގެ ސިބްލިންގް އަދި ބެސްޓީއަށް ވީމަ އައި ނޯ.ހީ އިޒް ލައިކް ދެޓް.”ފިރާތް ބުންޏެވެ.އެއަށްފަހު ކެއުމުގެ ތެރެއިން އެ ދެމެދުގައި އިތުރަށް ދެކެވިގެންދިޔައީ ވިޔަފާރީގެ ވާހަކައެވެ.ކޮފީ ބޮއެގެން ބިސް ކައި ނިމުމާއެކު ޔޫލިއާ މޭޒުދޮށުން ތެދުވިއެވެ.އޭރު ފިރާތް އިނީ ބިސްގަޑެއް ކާށެވެ.ޔޫލިއާ ތަށިތައް ހިފައިގެން ގޮސް ބަދިގެއަށް ވަދެ ދޮންނަން ފެށިއެވެ.ދޮވެ ނިމުމާއެކު އާފުރުވަމުން އޭނާ ޑައިނިންގް ރޫމުން ބޭރައް ދިއުމަށް މިސްރާބު ޖެހިއެވެ.ނަމަވެސް އެކަން ކާމިޔާބުނުވީ ކާގޭގެ ދޮރާއި ހަމަޔަށް ފޯރުމުގެ ކުރިން މޭޒުހުރަސްކޮއް ދާން އުޅުނު ވަގުތު ފިރާތް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.”ކޮންތާކައް؟އަދި އިށީނދެބަލަ”ފިރާތް އެ އަތުގައި ފިރުމާލަމުން ބުންޏެވެ.އެއާއެކު ޔޫލިއާއަށް ބޭއިޙްތިޔާރުގައި ކަޅިއަނބުރާލެވުނެވެ.”ދެން ފިރޫ.ލޯބީ އަދިވެސް ރޭގަ ވީ ކަންތަކަށްފަހު އަހަރެން އަދިވެސް މިހިރީ ވަރުބަލިވެފަ.އަހަރެން ބޭނުން އަދި އިރުކޮޅަކަށް ނިދާލަން.ދެންމެ ކޮފީ ބުޔަސް ޖައްސާލީމަ ނިދޭނެހެން ހީވަނީ”ޔޫލިއާ އަނެއް އަތުން ފިރާތްގެ ކޯތާފަތުގައި ފިރުމާލަމުން ބުންޏެވެ.”ހޫމް އޯކޭ.ސްލީޕް ވެލް”ފިރާތް ޔޫލިއާގެ އަތުން ދޫކޮއްލަމުން ބުންޏެވެ.”ތޭންކްސް ބޭބް”ޔޫލިއާ މިހެން ބުނެ ގުދެވެލަމުން ފިރާތްގެ ކޯތާފަތުގައި ބޮސް ދިނުމަށްފަހު ޑައިނިންގް ރޫމުން ނުކުމެގެން ދިޔައެވެ.ކައިނިމުަމަށްފަހު ނޯކަރުން ތިއްބަސް ފިރާތް ގޮސް އޭނާ ކެއި ތަށްޓާއި ސައިބުއި ޖޯޑު އަމިއްލައަށް ދޮވުމަށްފަހު ދެ އަތް ޓިޝޫއަކުން ފޮހެމުން ޑައިނިންގް ރޫމުން ނުކުމެގެން އައި ވަގުތު ބޭރުން ސަލާން ގޮވާލި އަޑު އިވުމުން އޭނާގެ ސަމާލުކަން އެ ދިމާލައް ދަތުރުކުރިއެވެ.

ގޭގެ ބޮޑު ދޮރާއި ދިމާލައް ދިޔައިރު ހުޅުވިފައި ހުރި ދޮރުން ބޭރުގައި ނޯރާ ހުއްޓައިލައިގެން ހުރިތަން ފެނުނެވެ.”ވަޢަލައިކުމުއްސަލާމް.ނޯރާތަ؟ވަދޭ ވަދޭ.މިހާ ހެނދުނާ ކޮން ވަޑާމެއް؟”ފިރާތް ބުންޏެވެ.”ޔޫލީ ކައިރިއަށް މި އައީ”ނޯރާ ގޭތެރޭގެ އެކި ދިމަ ދިމާލައް ނަޒަރު ހިންގާލަމުން ބުންޏެެވެ.”އެހެންތަ.ކިހިނެއް އެނގުނީ އޭނަވީ މި ގޭގަ ކަމެއް؟”ފިރާތް ޝައްކުގެ ނަޒަރަކުން ނޯރާއަށް ބަލައިލަމުން އެއްސެވެ.”ފިރާތްގެ އެދުމުގެ މަތިން ޔޫލީ މިގެޔަށް ބަދަލުވީކަމަށް ބުނެ ރެއިން އޮތް ރޭ ފަތިހު މެސެޖު ކޮއްފަ.އަދި އޮތް ޔޫލީގެ ފޯނު ބިންމައްޗައް ވެއްޓި ޖެހުނު ގޮތަކުން ޑިސްޕްލޭ ދިޔައީމަ އެ ފޯނައް ނުގުޅޭނެ ވާހަކަވެސް ބުނެފަ.އަހަންނަށް އިނގުން ރޭ ދިމާވި ކަންތަކުގެ ސަބަބުން ޔޫލީ މިއަދު އޮފީހައް ނުކުތުމަށް ވުރެ ގާތްވާނީ ނުނިކުތުން ކަން.އިނގޭ ކުއްލިއަކަށް މިކަހަލަ ކަމެއް ދިމާވީމަ ޔޫލީއަށް ކޮންމެވެސް ވަރެއްގެ ނަފްސާނީ ބަދަލުތަކެއް އަންނާނެކަން.މީގެ ހަތް އަހަރު ކުރިން އޭނަގެ މައިންބަފައިންގެ ހަޤީގަތް އެނގުނު ފަހުންވެސް ޔޫލީއަށް ވެފަ ހުރިގޮތް އެންމެ ގާތުން ދުއް މީހަކީ އަހަރެން.ރޭ ވެސް ފިރާތްމެން ދިޔައީމަ ރޮއެރޮއެފަ ފަހުން ހަމަޔަކަށް އެޅުނީ ރެއިންގެ ފޯނުން އޭނައާއި ގުޅުނުއިރު އަހަރެން އެތައް ވާހަކައެއް ދައްކައިގެން.ނަސީބެއް ތި ދެ މީހުން އެ ވަގުތު ޔޫލީ ކައިރީގަ އެހީތެރިވެދޭން ތިބިކަން.އަދަރވައިސް އައި ނޯ ޝީ ވުޑް ހޭވް ހެޑް އަ ބްރޭކްޑައުން.ނަސީބެއް ތި މީހުންނައް ދެވުނުއިރު އެންޒައިޓީ އެޓޭކެއް އެއްޗެއް ނުޖެހި ހުރިކަން.އޭޒް ފޯރ މީ،އަހަރެން މާދަން ނޫން އަނެއް ދުވަހު އޮފީސް ދަތުރެއްގަ ފަތިހު ފަތިހާ އިޓަލީއަށް ފުރަންޖެހޭތީ ކޮންމެހެންވެސް ޔޫލީ އާއި ބައްދަލުކުރަން ބޭނުންވާތީވެ މި އައީ.އައި ހޯޕް ޔޫ ޑޯންޓް މައިންޑް”ނޯރާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުންޏެވެ.”އޯހް.އޮފް ކޯސް އައި ޑޯންޓް މައިންޑް.ޔޫލީ ހަމަ ދެންމެ ސައިބޮއެގެން އަނެއްކާވެސް ޖައްސާލަން ކަމަށް ބުނެ ކޮޓަރިއަށް އެ ވަނީ.ސިޑިން މައްްޗައް އަރައިގެން ދާއިރު ކޮރިޑޯގެ އެންމެ ފުރަތަމައަށް ހުރި ކޮޓަރި އެއީ ޔޫލީގެ ކޮޓަރި”ފިރާތް ބުންޏެވެ.ނޯރާ އޯކޭ ބުނުމައްފަހު ސިޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ.”އަދި އެއް ވާހަަކަ…”ނޯރާ ސިޑީގެ މެދާއި ހިސާބައް ގޮސް ފިޔަވަޅުތައް މަޑު ޖައްސާލަމުން ބުނުމާއެކު ފިރާތް ބުމަ އަރުވާލީ ކީކޭ ހެއްޔޭ އަހާފަދަ ގޮތަކަށެވެ.”ވަރަށް ބޮޑައް ޝުކުރިއްޔާ ރޭ ޔޫލީ ސަލާމަތް ކޮއްދިނީތީވެ.އަހަންނައް އިނގޭ ފިރާތްގެ ހިތުގަ ޔޫލީއާއި ދޭތެރޭ އިޙުސާސްތަކެއް ވާކަން.ތި ދެމީހުންގެ މެދުގަ ބޭއްވުނު މީޓިންތަކުގަ ދެކެވުނު ވާހަކަތައް ޔޫލީ ޑައިރީއެއް ފަދައިން ކޮންމެ ފަހަރަކުވެސް އަހަންނާއި ޙިއްސާކުރި.އުއްމީދުކުރަން ފިރާތްގެ ފަރާތުން ޔޫލީއަށް ދެރައެއް ނުލިބޭނެކަމަށް”ނޯރާ އެ ހުރި ފިޔަވަޅުމަތީގައި ފިރާތްއާއި ކުރިމަތިލައިގެން ހުރެ ބުންޏެވެ.

ނޯރާގެ ބަސްތަކުން ފިރާތްއަށް ހިނިތުންވެވުނެވެ.”ހެެހެ.ޝުކުރު އަދާނުކުރިއަސް ހެޔޮ.ޔޫލީ ރައްކާތެރިކޮށްދިނުން އެއީ މިހާރު އަހަރެންގެ ޒިންމާއެއް.ޝީ އެންޑް އައި…ވީ އަރ ޑޭޓިންގް ނައު”ފިރާތް ފަހުން ބުނި ޖުމްލައިން ލިބުނު ހައިރާންކަމުގައި ނޯރާގެ އަނގަ ތަންމިނައް ހުޅުވުނެވެ.”އޭނ.އަސްލުތަ؟ކޮންގްރޭޗުލޭޝަންސް.އެހެންވީއިރު ތިއީ މިހާރު މަގޭ ޅިޔަނުތާ.ކޮންއިރަކު ކިހިނެއް ވީ ކަމެއްތަ ތިއީ؟މި ރެއިންވެސް މަގޭ ކައިރިއަކު ނުބުނޭ.އަހަންނައް ޔަޤީން އޭނައަށް ނޭނގި ނުހުންނާނެކަން.”ހެހެ.ހަމަޖެހިބަލަ.އަހަރެން ރޭގެ ކުރިން ޔޫލީއާއި އެންމެ ފަހުން ބައްދަލުވިއިރު ބުނިން އޭނާއާއި ދޭތެރޭ އަހަރެން ދެކެމުން އަންނަ ގޮތް.ދެން އެފަހުން އަޅާ ނުލައި ހުއްޓައި އަދި ކިރިޔާ ރޭގައޭ ޔޫލީ އަހަރެންގެ އެ ހުށަޙެޅުން ޤަބޫލުކުރީ”ފިރާތް ބުންޏެވެ.”އޯހް އެހެންތަ.ތިހެން ވިއްޔާ ވާނެ މި ގަޑީ ރަނގަޅައް އެ އަންހެނާއާއި ދިމާކޮށްލަން.ރެއިންވެސް ހުރި ވަގުކަން ބަލާބަލަ.ފަތިހު މެސެޖުކޮށްފަ މަށައް ހުރިހާ އެއްޗެއް ކިޔައިދިން އިރުވެސް މި ވާހަކައެއް ނުބުނެއެއްނު”ނޯރާ ކުދި ކިޔަމުން ގޮސް ސިޑިން މައްޗައް އަރައިގެން ދިޔަ މަންޒަރު ބަލަން ތިރީގައި ފިރާތް ހިނިތުންވެފައި ހުއްޓެވެ.އެނާ ނޯރާއަށް ޔޫލިއާގެ ކޮޓަރި ހުންނަތަން ކިޔައިދިނީ ނުބައިކޮށެވެ.ޔޫލިއާގެ ކޮޓަރިކަމަށް ބުނެ ފިރާތް ނޯރާ އެ ފޮނުވީ ނިދާފައި އޮތް ރޭހާންގެ ކޮޓަރިއަށެވެ.”ހެހެ.ރޭ މަގޭ ބުރަކަށި ބިންދާލީތީ އެކަމުގެ ބަދަލު އޮންނަންވާނެތާ.ހުރެބަލަ ނޯރާ ވަނީމަ އެތެރޭގަ ތި ކުޅޭ ކުޅިވަރެއް ކުޅެ ނިމިގެން ދެ މީހުން ނުކުތީމަ ހެއްސައް ދިމާކޮއްލާނަމޭ.”ފިރާތް އަމިއްލަ ނަފްސައް އިވޭވަރަށް ބުނުމަށް ފަހު ލިވިންގް ރޫމަށް ގޮސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލަމުން ފުޓުބޯޅަ މެޗެއް އަޅުވައި ގަސްތުގައި އޭގެ އަޑު މަތިކޮއްލީ އެ ކޮޓަރިން އިރުކޮޅެއްގެ ތެރޭގައި އިވޭނެ އަޑު ގޭގައި ތިރީބައިގައި ހަރަކާތްތެރިވަމުން ދިޔަ މަސައްކަތު މީހުންގެ ކަންފަތްތަކާއި ހަމަޔަށް ފޯރިޔަނުދިމަށްޓަަކައެވެ.ނޯރާ އެ ކޮޓަރިއަށް ވަނުމުން ކުރިއަށް ކަންތައް ވެެގެންދާނެ ގޮތް އޭނާގެ ކުރިމަތިން މިހާރުވެސް ސިފަވާ ކަހަލައެވެ.

ނޯރާ ފިރާތް ބުނި ގޮތައް ސިޑިން މައްޗައް އަރައިގެން ގޮސް މާ ބޮޑު ވިސްނުމެއްނެތި ކޮރިޑޯގެ އެންމެ ފުރަތަމައަށް ޖެހުނު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.ހުއްޓުމެއްނެތި ދިހަ ވަރަކަށް ފަހަރު ޓަކި ޖެހި އިރުވެސް  އެތެރެއިން ޖަވާބެއް ނައުމުން ޔޫލިއާ ހަމަ އެހާ އަވަހައް ނިދީ ބާވައޭ އޭނާގެ ހިތައް އެރިއެވެ.ފިރާަތް ބުނި ގޮތުންނަމަ ޔޫލިއާ ނާސްތާކޮށްގެން ކޮޓަރިއަށް ވަދެ ނިދިގެން ގޮސް ހާންތިވާހާ ވަގުތެއް ނުލިބޭނެއެވެ.އެހެންކަމުން މިވަގުތު ކޮޓަރިން ބޭރުގައި ހުރީ ފިރާތް ކަމަށް ހީކޮށް ޔޫލިއާ އޭނާ އެތެރޭގައި އޮތީ ނިދާފައިކަން ފިރާތްއަށް ޔަޤީންކޮށްދިނުމަށް ޓަކައި އޭނާ އެކްޓު ޖައްސަނީ ކަމަށް ނޯރާއަށް ބެލިއެވެ.އެހެންކަމުން ފާޑަކައް މޫނު ކުނިކޮއްލައިގެން ހުރެ ނޯރާ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ.ދޮރު ނުހުޅުވިއަސް ތަޅު ހުރީ ނުލައެވެ.ނޯރާ އެތެރެއަށް ވަދެ ވަށައިގެން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ވެސް ހުރީ ކަޅާއި ހުދުންނެވެ.އެއްފަރާތުގައި ކަޅުކުލައިގެ ދޮރުފަތަކުން ވަދެވޭ ވޯކް އިން ކްލޯސެޓެއް ހުރިއިރު އެއާއި ޖެހިގެން ހުރީ ފާހާނައެވެ.ފާހާނާއާއި ޖެހިގެން ދެން ހުރީ ކޮޓަރިއާއި އިންވެގެން ހުރި ބެލްކަންޏައް ނުކުމެވޭ ވަރުގެ ބޮޑު ކަޅު ބިއްލޫރީގެ ސްލައިޑިންގް ދޮރެކެވެ.ނޯރާ ވަތް އިރު އެ ދޮރު ހުރީ ހިންމިއަކަށް ހުޅުވިފައި ކަމުން ބޭރުގައި ކޮފީ ބޯން ތިބެވޭ ގޮތައް ބަހައްޓާފައި ހުރި މޭޒާއި އޭގެ ދެފަރާތުގައި އިށީނދެވޭ ގޮތައް އައުޓްޑޯރ ދެ ސޯފާ ހުރިތަން ފެނުނެވެ.މުޅި ކޮޓަރިތެރެ ބަލަމުން ގޮސް ނޯރާގެ ސަމާލުކަން ދަމައިގަތީ މެދުގައި ހުރި ކިންގް ސައިޒް އެނދުގައި އޮތް ބޯ ޑުވެޓް ކަވަރު ތެރޭގައި ބޮނޑިވެގެން އޮތް ޔޫލިއާއެވެ.ޑުވެޓް ކަވަރ ހަށިގަނޑުގައި ފައިން ފެށިގެން ބޮލާއި ހަމަޔަށް އަޅާފައި ވުމުން ނޯރާގެ ނަޒަރުން ނިދާކަމަށް “ހެދިގެން” އޮތް ޔޫލިއާގެ މޫނެއް އޭނާއަކަށް ނުފެނެއެވެ.”ޔޫލީ.މިއީ ނޯރީއޭ.އަހަރެން މި އައީ ރޭގަ ރެއިން ޔޫލީ މިގެޔަށް ބަދަލުވި ވާހަަކަ ބުނީމަ މީޓްކޮށްލަންވެގެން.ތެދުވެބަލަ.މަށައް އިނގެޔޭ ތި އޮތީ ހޭލާކަން.ފިރާތް އާއި ފިލައި ދޯ ތި އޮތީ.ސާބަސް އޭނައެއް ނޫނޭ އެހާ ވަރަށް މި ކޮޓަރި ދޮރުގަ ޓަކި ޖެހީކީ.އެއީ އަހަރެން.ޔޫލީވެސް ދެން ހާދަ މޮޔައޭ ދޯ.ޔޫލީ ސައިބޮއެގެން ނިދާށޭ ކިޔާފަ ކޮޓަރިއަށް ވަތްތާ ސިކުންތެއް ނުވަނީސް ފިރާތްއެއް ނާންނާނެ ދޯ އަނބުރާ ޔޫލީއަށް ގޮވާކަށް.ދެން ތެދުވެބަލަ”ނޯރާ ގޮސް އެނދުގެ ހެޑްބޯޑް ކައިރީ ހުއްޓިލަމުން ބުންޏެވެ.ނަމަވެސް ޔޫލިއާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.އެއަށްފަހު ހުއްޓުމެއްނެތި ނޯރާ ދެތިން ފަހަރު ގޮވުމުން ޑުވެޓު ދަށުން ޔޫލިއާ ފައި ހަލުވާލިއެވެ.އެއާއެކު ނޯރާގެ ގާތައް ރުޅިއައީ ކާކުކަން އެނގުމުންވެސް ޔޫލިއާ ނުތެދުވެ އޭނާގެ “އެކްޓް” ކުރިއަށްގެންދިއުމުންނެވެ.”ޔޫލީ.އައި ނޯ ޔޫ އަރ އަވޭކް.ބެސްޓީ މާދަން ފުރަން އުޅޭތީވެ އެހާވަރުން ބައްދަލުކޮށްލަން އައީމަވެސް ތި އޮންނަނީއެއްނު.ތެދުވޭ!”އައި ރުޅީގައި ނޯރާ އަރައިގެން ހުރި ހީލްސް ބޭލުމަށްފަހު އެނދައް އަރައި ޑުވެޓް މައްޗައް ޖެހިގަތެވެ.އެއާއެކު ޔޫލިއާ ވަގުތުން ތެދުވިއެވެ.ނަމަވެސް ޑުވެޓްގެ ދަށުގައި ބަންޑުން އޮތުމުގެ ސަބަބުން ނޯރާއަށް ފެނުނީ ޔޫލިއާގެ ފުރަގަހެވެ.ތެދުވިއިރު ޑުވެޓް އޮތީ އޭނާގެ ބޮލުގައި އެޅިފައެވެ.ނޯރާ ހީގަންނަމުން ޑުވެޓްމަތިން ފަހަތުން ޔޫލިއާގެ ގައިގައި ބައްދާލިއެވެ.”ޔޭ.ފައިނަލީ ޔޫ ޑްރޮޕްޑް ދި އެކްޓް”ނޯރާއަށް އެ ހިސާބައް ބުނެވުނުތަނާހެން ޑުވެޓު ތެރެއިން އިވުނު ބަރު ފިރިހެންވަންތަ އަޑުން އޭނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅައް ޖެހުނެވެ.”ވަޓް ދަ ފަކް.ކާކު ތިއީ؟”އެ އަޑުން އެއީ ޔޫލިއާ ނޫންކަން ޔަޤީންވުމާއެކު އެ މީހެއްގެ ކޮނޑުމަތިން ފައިބަން އުޅެނިކޮށް އެ މީހަކު ނޯރާގެ އަތުގައި ހިފައި އޭނާގެ ބުރަކަށިމަތިން ބާލައި އެނދުމައްޗައް ވައްޓާލިއެވެ.އަރާމު ނިންޖަކުން ނިދާލާފައި އޮއްވައި ކުއްލިއަކަށް އައިސް މީހަކު ގައިމައްޗައް ޖެހިގަތުމުން ހޭލެވުނު ރޭހާންއަށް މިވަގުތު އޭނާގެ ގައިދަށުވެފައި އޮތް ނޯރާ ފެނުމާއެކު ލިބުނީ ކުއްލި ސިހުމެކެވެ.ހަމައެހެންމެ ނޯރާއަށްވެސް މޫނުގައި ޖެހޭ ނުޖެހޭ ހިސާބު ކައިރިން ރޭހާންގެ ފުން ކަނޑެއްފަދަ ކަޅުކަންގަދަ ދެލޯ ފެނުމުން ލިބުނީ ޝޮކެކެވެ.ނޯރާ ރޭހާންގެ ގައި ދަށުވެފައި އޮތް އިރު ރޭހާން އޮތީ ނޯރާގެ އަތުގައި ހިފެހެއްޓި ގޮތައް ދެ އަތް ބާލިސްމަތިން ގެންގޮސް އޭނާގެ ބޮލާއި ވީ ދިމާަލުގައި ނުދެވޭ ގޮތައް ތަތްކޮށްލާފައެވެ.އެއީ ނޯރާކަން ޔަޤީންވުމާއެކު ރޭހާންއަށް ތުންފަތުގައި ދަތް އަޅާލެވުނު އިރު ނޯރާގެ މޫނު ޓޮމާޓޯއެއްހާ ރަތްވިއެވެ.ތިބެވުނު ގޮތް ރޭކާލުމާއެކު އިސާހިތަކު ދެ މީހުންނަށްވެސް އެއް އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.

*******

ސޯ މި އެޕިސޯޑުން އަޅުގަނޑުމެންނަށް އެނގުނުގޮތުގައި ރޭހާންއަކީ ހަމައެކަނި ފިރާތްގެ ލޯޔަރ،އެސިސްޓެންޓް އަދި ބެސްޓް ފްރެންޑްއެއްނޫން.އެއީ ފިރާތްގެ އެޑޮޕްޓިވް ސިބްލިންގްއެއްވެސްމެ.މި ރިވެލޭޝަންއާއި މެދު ކިޔުންތެރީން ދެކިލައްވާ ގޮތް ކޮމެންޓްތަކުރައްވާ🤗

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-17

Next

ވިހަ ލޯބި 10

Next
October 11, 2025

ވިހަ ލޯބި 10

Previews
October 11, 2025

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-17

One Comment

  1. K says:
    October 12, 2025 at 11:30 am

    Vrhhhh salhi waiting for the next parttttt 🫂🫂💕

Comments are closed.



All Right Reserved!