Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-36

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
October 15, 2025 3 Mins Read
4 Comments

“ވަރަށް ފޫހިވޭދޯ ކޮޓަރީގަ އެކަނި އިންނަން، އޯކޭ މާހި ޓީވީ ބަލާލިއަސް.. މޭކް ޔޯ ސެލްފް އޭޒް ހޯމް..” އަަރްނ އެހެންބުނެލައިފައި ގޮސް ވަކިން ހުރި ސޯފާގައި އިށީން ދެލިއެވެ. މާހީ ވެސް އަރަން ފަހަތުން ގޮސް އިށީން ދެލިއެވެ.

*ޕާރްޓް-36*

މާހީ އެއްވެސް ކަމެއް ނުކޮށް އިންނަން ފެށުމުން އަރަން އައިސް މާހީ އިން ސޯފާގެ އަނެއް ފަޅީގައި އިށީންދެ ޓީވީ ހުވައިފިއެވެ. އަދި ފިލްމެއް އަޅުވާލިއެވެ.

“މާހީ އަށް ރަގަނޅީ ބިރުވެރި އެއްޗިހި ދޯ..؟” އަރަން އަހާލިއެވެ. މާހީ މަޑުމަޑުން ބޯޖަހާލިއެވެ.

ފިލްމު ފެށިގެން ފަނަވަރަވަރަކަސް މިނެޓް ވެލުމުން އަރަން ތެދުވެގެން ދިޔައެވެ. އެކަމެއް މާހީ އަަކަށް ނެއިންގެއެވެ. އެއަށްތުރެ އޭނާ އިނީ ފިލްމަށް ގެއްލިފައެވެ. އިރުކޮޅެއް ފަހުން އަރަން އައީ ޕޮޕްކޯން ތައްޓެއް ހިފައިގެންނެވެ. ދެމީހުންވެސް ޕޮޕްކޯން ކަމުން ފިލްމު ބެލުމުގެ ފޯރީގައި ތިއްބެވެ. ދެމީހުން ވެސް އިރުކޮޅާ އެއްޗެކޭ ބުނެލައެވެ. ފޯރީގައި ފިލްމު ބަލަން ތިއްބައި ޖައިޝް އަށް އާދެވުނެވެ. މާހީ އާއި އަރަން ގާތުގައި ތިބުމުން ޖައިޝް ގާތަށް އައީ ނުލަފާ ހިންޔެކެވެ. ނަމަވެސް އޭނާ ވެސް އައިސް އެމީހުންނާއި ބައިވެރިވި އެވެ. ތިންމީހުންވެސް ވާހަކަ ހުސްނުވެ އެވެ. މަޖަލާއި ސަކަރާތުގައި ފިލްމު ބަލާ ނިއްމާލިއެވެ. މިހާރު މާހީ އަރަން އާއި ޖައިޝް ދެކެނީ އެކުވެރިންގެ ގޮތުގައެެވެ. ނަމަވެސް އަރަން އަށް ބެލެނީ އެހެން ނަޒަރަަކުންނެވެ.

އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި މާހީ ދިޔައީ ކޮޓަރިއަށެވެ. އޭނާ ގޮސް އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. ސިފަވީ ހިނިތުންވެލައިގެން ހުރި އަރަންގެ މޫނެވެ. އަރަން ހަމަ އޭނާ ދެކެ އެހާލޯބިވޭ ހެއްޔެވެ. އޭނާ ނުރައްކަލުގައި އޮށްވައި އަމިއްލަ މީހާ އަދި އެއަށް ތުރެ ބޮޑު ނުރައްކަލަކަށް ލައި މާހީ އެސަލާމަތް ކުރީއެވެ. އެހެން މީހެއްނަމަ އޭނާ ފަސްދީ ދިޔައިސް ކަން ޔަގީނެވެ. އެކަހަލަ ފޮނި ހިޔާލު ތަކުގައި އޮވެ މާހީ އަށް ނިދުނެވެ.

އަރަންގެ ނަޒަރު ހުއްޓިފައި ވަނީ ސިލިންގް އަށެވެ. އޭނާ އަށް ހިޔާލު ކުރެވެމުން ދިޔައީ މާހި އާއި މެދުއެވެ. މާހީ އޭނާ ދެކެ ރުޅިއެެއް ނާދއެވެ. ވާހަކަ ވެސް ދެއްކީ ނުލާހިކު ރީތިކޮށެވެ. މާހީ އާއި މިހާ ގާތްކޮށް ވާހަކަ ދައްކައި ލެވުނީތީ އަރަން ހުރީ ނުލާހިކު އުފަލުންނެވެ. އޭނާ އަދި މާހީގެ ލޯބި ހޯދާނެއެވެ. އޭނާ މިކަން ހުއްޓައި ލާނީ މާހީ އޭނާގެ ހައްޤަކަށް ހަދައިގެނެންނެވެ.

މާހި އަށް ހޭލެވުނީރު ގަޔަކު އެއްވެސް ވަރެއް ނެތެވެ. މަޑުމަޑުން ތެދުވެ ގަޑިބަލާލީރު ތިނެއް ޖަހަނީ އެވެ. މާހީ ލަސްހިގުމެއްގައި ގޮސް ކޮތަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވާގޮތުން އަރަން އާއި ޖައިޝް ވީ ކޮޓަރީގައެވެ. މާހީ ނުކުމެލީ ބެލްކަންޔަށެވެ. އޭނާ ގޮސް ރެއިންލިންގައި އަތް އަޅުވާލައި ބޭރު ބަލާލިއެވެ. އުސް ބިލްޑިން އެކެވެ. ވަށާ ފެންނަން ހުރީވެސް ބިލްޑިން ތަކެވެ. ކުރިމަތީ މަގެއް އޮތެވެ. މަގުގައި އޭރުވެސް ދުއްވާ އެއްޗިހި އުޅެއެވެ. މަގުމެ ދެފަރާތުގައި ބިޔަ ގަސްތަށް ހެދިފައި އެބަ ހުއްޓެވެ. އެތައް ދުވަހެއް ފަހުން ބޭރު ފެނުމުން މާހީ އަށް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް އިހްސާސް ވިއެވެ. ފުން ނޭވާ އެއް އެތެރެ ކޮށްލާފައި އޭނާ ދެލޯ މަރާލިއެވެ. މާހުލުނ ްއިވެމުން ދާ އަޑުތަކަށް އޭނާ ސަމާލުކަން ދިނެވެ. ދޫނި ގޮވާ އަޑާއި ދުއްވާ އެއްޗިހީގެ އަޑާއި ގަސްތަށް ހެލޭ އަޑު އިވެނީ މިއުޒިކް އެއް ހެނެވެ.

ދެލޯ ހުޅުވާ ލުމައްފަހު މާހީ ހިނިތުންވެލިއެވެ. ހަަމައެވަގުތު އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ. މާހީ ސިއްސައިގެން ދިޔަވަރުން ބޭއިޙްތިޔާރުގައި ހަޑިއެއްޗެއް ބުނެލެވުނެވެ. އެއީ އަރަން އެވެ. އޭނާ އޭރުވެސް ހުރީ މާހީގެ އަތުގައި ހިފައިގެނެވެ. އަރަންގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ.

“ކީއްކުރަން މިތާ ބޭރަށް ނުކުމެ ތިއުޅުނީ… ހުޒާމް މެންގެ މީހަކަށް މާހީ ފެނިއްޖިއްޔާ އޯ..” އަރަން އެއްފަހަރާ ސުވާލުތައް އޮށްސާލިއެވެ. މާހީ ހުރީ ގުޑިލަންވެސް ނެއިންގިފަ އެވެ. އޭނާގެ އަތް ފައި ވަނީ ފިނިވެފައެވެ. އަަރަން އާއި ޖެހިނުޖެހޭ ހައި ކައިރީގައި އިނުމުން ކަމަށް ވެދާނެއެވެ.

“ސޮރީ..” އެއްމެ ފަހުން މާހީ ބުނެލިއެވެ.

“އިޓްސް އޯކޭ..” އަރަން މާހީގެ މޫނުގައި އެއްއަތުން ހިފާއްޓާލަމުން ބުނެލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައި ހުރީ މާހިގެ ލޮލަށެވެ. އަރަން އެހެން ބަަލަން އިނުމުން އެހެން ދިމާއަކަށް ނަޒަރު ބަދަލު ކޮށްލަން މާހީ އަށް އުދަގޫ ވިއެވެ. ދެމީހުންގެ ހިތުވެސް އެހާ އަވަހެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ލޯތެރެއަށް ގަރަގު ވެފައެވެ.

އަރަން އަށް މާހީ އާއި ދުރައް ޖެހިލަން މަޖުބޫރުވީ ޖައިޝްގެ އަޑު އިވުމުންނެވެ. މާހީ ވެސް އަވަހަށް ލަދުން އިސްޖަހާލިއެވެ.

“ކޮބާ އަރަން، ދާކަށް ނުވޭ..؟” ޖައިޗް އައިސް ހަރގަނޑު ކައިރީ ހުއްޓިލަމުން އަހާލިއެވެ.

“އުހުން ނިކުންނަމާ..” އަަރަން އެެހެން ބުނެ ބޫޓަށް އެރިއެވެ.

“މިދަނީ ފިހާރެއަށް ދާން.. މާހީ ދެން އަވަހަށް ކާ.. ތީނީ މެންދުރު ނުވެސް ކައި..” އަރަން މާހީ އަށް ބަލާލައިފައި ބުނެލިއެވެ. މާހީ ބޯ ޖަހާލިއެވެ.

“އެއްވެސް އެއްޗެއް ބޭނުން..؟” އަރަން އަހާލިއެވެ.

މާހީ ބޯ ހޫރާލިއެވެ. އަރަންމެން ނުކުމެ ދޮރު ލެއްޕުމުން މާހީ ފުންނޭވާ އެއް ބޭރުކޮށްލިއެވެ. ހިތާއި ދިމާއުން އޭނާ އަތް ބާއްވާލިއެެވެ. މާހީ އަށް ހިނިތުންވެލެވުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 7

Next

އަބަދުވޭ ހިތުގާ މަގޭ 19

Next
October 16, 2025

އަބަދުވޭ ހިތުގާ މަގޭ 19

Previews
October 15, 2025

ހިތަކުން ނުދާނޭ ފިލާ 7

4 Comments!

  1. Nayerr says:
    October 15, 2025 at 6:14 pm

    Masha Allah mi part ves Vrh reethi umeedhu kuran Meege fahun hafthaa aku u ge eh vaahaka kiyaalan libeyne kamah vrh ithubaaru kuran eba Mihaaru

  2. _MuXo_ _MuXo_ says:
    October 15, 2025 at 9:19 pm

    Thank you!
    And ehaa bodu yageen kameh neii.. like anna hafthaa eii Muzo menge inter house onna hafthaa ehenma aslu v tough asluga.. But I will try my best..

  3. ❤️🫶 says:
    October 15, 2025 at 10:00 pm

    Maasha Allah ❤️🫶
    This story is very incredible..I am very curious about this story Anyways It’s so so good..Take your time
    When’s next ?

    1. _MuXo_ says:
      October 16, 2025 at 2:01 pm

      Thank you!
      Glad you like it..
      Inshaalaah anna hafthaaga aneh kaaves mi vhk bayeh kiyaalan libeyne..
      Inthizaaru kohlahvaa!

Comments are closed.

Next Episodeއަބަދަށް-37←


All Right Reserved!