Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ރާސްތާއަކީ ކަރުނައޭ…..

Jai Level 1
January 19, 2016 12 Mins Read
67 Comments

ބޯކަޅުވިލާތަކުން އުޑުވަނީ ފޮރުވާލެވިފައެވެ. ވައިޖެހެމުންދިޔައީ ގަސްތަކާއި ރުއްތަކަށްވެސް ނުކުޅަދާނަވާވަރަށެވެ. އެއްވެސް ރަހުމެއްނެތް ވާރޭތިކިތައްވެސް އެގަސްތަކާއި ރުއްތަކަށް ޖެހިފައިވާ މުސީބާތެއްފަދައެވެ. އެފިނިރޭގެ ފިނިކަމުގެ ތެރޭގައި މުޅިރަށްވެސް އަރާމު ނިންޖަކުން ނިދައިފިއެވެ. ރަށުގެ ހުރިހާ އަލިކަމެއް ނިވާލައި އެކަޅުރޭގެ ކަޅުކަން އިތުރުކޮށްދެމުންނެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ރިލްޒާންގެ ނިދިވަނީ އޭނާއާ އެތައްމޭލު ދުރަށްގޮހެވެ. އެޚިޔާލުތަކުން ދުރުވާންކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެއްޖެއެވެ. ހެޔޮއެދޭ މީހުންގެ ބަސްޤަބޫލުކޮށް އެމީހުން އެދުނު ގޮތަށް ކަންތައް ކުރެވިއްޖެއެވެ. އެހެނަސް އެހިތުން އެޚިޔާލުތަކެއް ނުފިލިއެވެ. އެކަން ހާސިލްކުރަން ކުރި މަސައްކަތްވެސް ވީނާކާމިޔާބެވެ. އެންމެފަހުން ނާކާމިޔާބުގެ ތައްގަނޑު ޖަހައި އެކަން ހުއްޓާލީއެވެ. އެކަމަކު އެކަކަށް ނޭނގުނަސް އެހިތް އަދިވެސް އެދެނީ އެކަން ކާމިޔާބުކުރާށެވެ. ކިރިޔާވެސް މަގެއް ފެނިއްޖެއްޔާ އަލުން އޭނަ އެމަސައްކަތް ފަށާނެއެވެ. އެހެންދުނިޔެއެއްގައި ވަގުތު ގުނަމުންދިޔަ ރިލްޒާން ސިއްސައިގެން ދިޔައީ އޭނަގެ ފޯން ރިންގްވާން ފެށުމުންނެވެ. އެދަންވަރު އޭނައަށް ގުޅާނީ ކާކުކަން އިނގޭތީ ކުޑަދޮރު ލައްޕާލުމަށްފަހު ފޯނާއި ދިމާއަށް ދިޔައެވެ.

ރޭވެހުނު ވާރޭގެ ސަބަބުން ފަޒާގައިވަނީ ތެތްފިނިކަމެވެ. ވާރޭގެ ޝަބްނަމްތިކިތައް ގަސްތަކުގެ ފަތްތަކުގައި ހަރުލާފައިވުމުން ފަތްތަކުގެ ރީތިކަން ދެގުނަވެފައިވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތަށް އެނބުރުނުއިރު މޫނުމަތީގައިވަނީ އުފާވެރިކަމެކެވެ. ރޭގެ ފިނިކަމުގައި އަރާމުކޮށް ނިދާލެވުމުން އެމޫނުތައްވަނީ އުޖާލާވެފައެވެ. ހަށިގަނޑަށް އާދިރުމެއް ގެނެސްދީފައި ވާކަހަލައެވެ. ބަދިގޭގައި ހުރި ރަމީޒާގެ އަޑަށް މޭޒުމަތީގައި ތަށިތައް އަތުރަން ހުރި ރިޒްނާ ބަދިގެއަށް އައެވެ.

“ކީކޭ މަންމާ…؟” ބަދިގެ ދޮރުކަނީގައި އަތްއަޅުވާލަމުން ރިޒްނާ އެހިއެވެ.

“ދޭބަލަ ދޮންބެއަށް ގޮވަން….އެންމެ ދުވަހަކުވެސް ނުގޮވަނީސް ހޭލާކަށް ނޭނގޭނެ…އަހަރެން ހިތަށްއަރާ އެކުއްޖާ…..”

“އެކުއްޖާ ރަނގަޅުވާނީ ކިހިނެއް ހެދިއްޔާބާއޭ…..” ރަމީޒާގެ ޖުމްލަ ފުރިހަމަކޮށްދިނީ ބަދިގެއަށް އައިސް ހުއްޓުނު ރިލްޒާނެވެ.

“ދަރިފުޅާ ރިޒްނާ….މަންމަގެ އަތުގަ ވިކާލަބަލަ…އަނެއްކާ މަންމައަށް މިފެންނަނީ ހުވަފެނެއްނޫންތަ؟ މަގޭ ދަރިފުޅު….އައްދޯތް….” ރަމީޒާގެ ވާހަކަ ނުނިމެނީސް ރިޒްނާ އޭނާގެ މަންމަގެ އަތުގައި ވިކާލިއެވެ.

“ރިޒްނާވެސް…މަންމައަށް ތަދުވެއްޖޭ…” ރަމީޒާ އަތުގައި ފިރުމާލިއެވެ.

“މަންމާ…..އަމިއްލައަށް ނުހޭލައިގެންވެސް އެއްޗެހި ކިޔަނީ….އެކަމު ހޭލީމަވެސް…. ދެންހެވޭ…ކޯއްޗެއްތަ ކާންހުރީ؟ ވަރަށް ހަންގްރީ….” ބަނޑުގައި އަތްހާކާލަމުން ރިލްޒާން ހިނގައިގަތީ ކާމޭޒާއި ދިމާއަށެވެ.

ރަމީޒާއާ ފަރީދުގެ ކައިވެންޏަށް ތިރީސް އަހަރުވީއިރު އެމީހުންނަށް ލިބުނީ ދެކުދިންނެވެ. އެއީ ރިލްޒާން އަދި ރިޒްނާއެވެ. މިދެކުދިންގެ އުމުރުގައި މާބޮޑު ތަފާތެއް ނެތެވެ. އިތުރު ކުއްޖަކު ހޯދައިފިނަމަ ރަމީޒާގެ ފުރާނައަށް ގެއްލުންވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވުމުގެ ސަބަބުން ފަރީދުގެ އެދުމުގެ މަތިން ރަމީޒާވަނީ ނުވިހާ އޮޕަރޭޝަންކޮށްފައެވެ. ނަމަވެސް ޝުކުރުވެރިކަމާއެކު އެކުޑަކުޑަ އާއިލާ އުޅެމުންދަނީ ނުހަނު އުފަލުގައެވެ.

ސައިގެ ކަންތައް ނިންމާލުމަށްފަހު ރިލްޒާން ކޮޓަރިއަށް ދިޔައިރު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވަނީއެވެ. މީހަކު ގޮވަން އައުމުގެ ކުރިން އަވަހަށް ސައިބޯންދާން އުޅެންހަދައިގެން ފޯނުވެސް ބާއްވާފައި ދެވުނީއެވެ.

“ކީކޭ ޝަހޫ…؟”

ޝަހުޒާ އަކީ ރިލްޒާން އޭނަގެ ހިތާއި ދެކޮޅަށް ގުޅުނު ކުއްޖެކެވެ. ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނަގެ އެކުވެރީން ދިން ނަސޭހަތުގައި ހިފައި ޝަހުޒާއާ ގުޅުނީ ޝަހުޒާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ އުއްމީދެއް އޮތީތީއެވެ. ރިލްޒާން ހީކުރިގޮތަށް އޭނައަށް ޝަހުޒާގެ ފަރާތުން އިންތިހާއަށް ލޯތްބާއި އަޅާލުން ލިބުނެވެ.

“ޒާން ކީއްވެތަ ފޯން ނުނަގަނީ…؟ ހާދަ ވަރަކަށް ގުޅައިފީމޭ….ދެން އަވަހަށް ހޭލަން އުޅެބަ….”

ރިލްޒާން ބޯކަހާލަމުން ހިނިތުންވިއެވެ.

“ޒާން….އަޑުއިވޭތަ ޒާން….؟؟؟” “އާނ! އަޑުއިވެޔޭ…ކޮންއިރެއް އަހަރެން ހޭލައިގެން އުޅޭތާ…؟ މިހާރު ސައިވެސް ބޮއެފިން…..”

“ވަޓް…؟؟؟؟ މިއަދު ހާދައަވަހަކަށް ރިޒޫ ގޮވީ….؟؟ މާޚާއްސަ ކަމެއް އޮތީތަ؟؟” ޝަހުޒާވެސް ހައިރާންވީ ރިލްޒާންއަކީ ކިހާނިދިގަދަ މީހެއްކަން އޭނާއަށް އިނގޭތީއެވެ.

“ނޫން….އަމިއްލައަށް ހޭލީ…..އައިމީން ހޭލެވުނީ…..”

ރިލްޒާންގެ ޖުމްލައިން ޝަހުޒާއަށް ހީލެވުނެވެ. އޭނަ އަބަދުވެސް ބޭނުންވަނީ ރިލްޒާންއަކީ ހަރުދަނާ ފިރިހެނަކަށް ވުމަށެވެ. ރިލްޒާންއަކީ ހަރުދަނާ ފިރިހެނެއްކަމަށް އޭނަ ޤަބޫލުވެސް ކުރެއެވެ. އެކަމަކު އެންމެ ކަމެކެވެ. ނިދިގަދަވުމެވެ. އެކަމުގެ ސަބަބުން ކުރަންޖެހޭ ކިތައް ކަންތައް ނުކުރެވިދޭ ހެއްޔެވެ؟ އެހެނަސް މިއަދު ޝަހުޒާއަށް އެފެނުނީ އެކަންތައްވެސް ރަނގަޅުކުރާން ރިލްޒާން މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ. އެހިނިތުންވުމާއެކު ޝަހުޒާ ފޯންބޭއްވީ އޭނަގެ މަންމަ ގޮވުމުންނެވެ. ނަމަވެސް ރިލްޒާންއަށް ހޭލެވުނީ ކީއްވެކަމެއް އޭނައަކަށް ނޭނގުނެވެ. އެހެންނަމަ ޔަޤީނުންވެސް ޝަހުޒާގެ މޫނުމަތީގައި އެހިނިތުންވުމެއް ނުވީހެވެ. އެހެންނަމަ ދިރެމުންދާ އެހިތް އަނެއްކާވެސް މަރުވީހެވެ. ރިލްޒާންގެ ހިތުން އޭނާއަށް މަޤާމެއް ކަށަވަރުވެއްޖެ ކަމަށް ހީކޮށްގެންހުރި ހީއަކީ ކުށްހީއެއްކަން އިނގޭނެއެވެ. ޝަހުޒާ ފޯނުބޭއްވުމުން އެނދުމަތީން ތެދުވެގެންގޮސް ކުޑަދޮރުކައިރީ ހުއްޓުނު ރިލްޒާންވެސް ވިސްނަމުން ދިޔައީ އެކަމާއެވެ. އެހިތުން ޝަހުޒާއަށް ފުރުސަތުދޭން އޭނަވެސް ބޭނުމެވެ. އެހިތް ހަމައެކަނި ޝަހުޒާއަށްޓަކައި ހުސްކުރަން އޭނަވެސް މަސައްކަތް ކުރެއެވެ. އެހެނަސް ހިތުގެ މައްޗަށް ބާރުފޯރުވޭނީ ކާކަށްހެއްޔެވެ؟ އެހިތުގައި ބިންވަޅު ނެގިފައިވާ އެސޫރަ އޭނައަށް ފުހެލެވޭނީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން ރޭގަވެސް ހުވަފެނުގައި ފެނުނީ އެސޫރައެވެ. އެޗާލުޕަރީއެވެ. އެންމެ ފެނިލުމަކުން ކާކުކަން ނޭނގޭ އެކުއްޖާއަށް އޭނަގެ ހިތް ހިބައިންދެވުނީ ކިހިނެއްކަމެއް އޭނައަކަށްވެސް ނޭނގެއެވެ.

އޮފީސް ނިންމާފައި ގެއަށް ވަދެގެންއައި ރިލްޒާންގެ ލޮލުގައި އަޅައިގަތީ ފޯނު ކަންފަތުގައި ޖަހައިގެން އޮތް ރިޒްނާއެވެ. މަޖާވެފައިއޮތް ރިޒްނާ ކައިރީ ވައިއަޑުން އެއްޗެއް އަހާލުމުން އޭނަ ބޯޖަހާލިއެވެ. ދެންފެނުނީ އޭނަގެ އަތުގައި އޮތްފޯނު ރިލްޒާން ޖަހައިގަތްތަނެވެ.

“މަންމާ ބަލާބަ ދޮންބެ….ވަރަށް ފޫހިވޭ…ދޭންވި ފޯނު…..އުހްއުހް މަންމާ…..” ރިލްޒާންގެ ފަހަތުން ދުވަމުން ރިޒްނާ އޭނަގެ މަންމައަށް ގޮވިއެވެ.

ރިލްޒާން ހެމުންހެމުން ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ. ރިޒްނާއަށް ދެވުނުއިރު މާލަސްވެއްޖެއެވެ.

“މަންމާ….ދޮންބެގާތު ބުނެބަ ރިޒޫގެ ފޯނު ދޭށޭ….އަޅެ މަންމާ….”

އެވަގުތު ރިޒްނާގެ ލޮލުގައި އަޅައިގަތީ ހުޅުވާފައިހުރި ކުޑަދޮރެވެ. ދެން އޭނަ ދިޔައީ ކުޑަދޮރުކައިރިއަށެވެ.

“ދޮންބޭ….ދެން ދީބަލަ…” އެތެރޭގައި ފޯނު ކަންފަތުގައި ޖަހައިގެންހުރެ ގަމީސް ބާލަމުންދިޔަ ރިލްޒާން އެނބުރުނީ ރިޒްނާއާވީ ފަރާތަށެވެ. “ދޭނަމޭ….ވަރެއްގެ މީހެއްނު؟ މަނޫޅެމޭ މިފޯނު ކާލާކަށް….މަމިހާރު ކޮންދުވަހެއް އާނާއާއި ވާހަކަ ނުދައްކާތާ….” ލާނެތް ހިނިތުންވުމަކާއެކު ރިލްޒާން ދެއްކި ވާހަކަތަކުން ރިޒްނާގެ ރުޅި ދެގުނަވިއެވެ.

“ކޮން ދޮގެއް ހަދާކަށް؟ އެންމެ ފަހުން ރޭގަވެސް ވާހަކަދެއްކި…..އަދި މަށަށް ނޭނގޭކަމަށްދޯ؟ އާނާ އެއީ މަގޭ ރައްޓެއްސެކޭ….ބުނާނަން ޝަހުއްތަ ކައިރީ އަބަދު އާނާއަށް ގުޅާވާހަކަ….ހުރެބަ މަމީ ނުބައިމީހެއްކަން އަންގާލާނަން…ކުޓުވާލާނަން…”

“މިހާރު އާނާ އެއީ މަގޭގެ ރައްޓެއްސެއް….ދެން ހުރޭ…” ގަމީސް ބާލާފައި އައިސް ރިލްޒާން ކުޑަދޮރުވެސް ލެއްޕީ އިތުރަށް ރިޒްނާ ރުޅިއަރުވާލަން ވެގެންނެވެ.

ބޭރުގައި ހުރި ރިޒްނާ ދުއްވައިގަތީ ގެއިން ނުކުމެވެންހުރި ދޮރާއި ދިމާއަށެވެ. ބާރަށް ދުވެފައިދިޔަ ރިޒްނާ ހުއްޓުނީ ބޭރުން ވަދެގެންއައި ޝަހުޒާގެ ގައިގައި ޖެހިފައިއެވެ. ރުޅިއައިސް ތުންކޮޅު އޫކޮށްލައިގެން ހުރި ރިޒްނާގެ ހުރިހާ ދަތްތަކެއް ފެނުނީ ޝަހުޒާ ބަލާދިޔުމުގެ ކުރިން ޝަހުޒާ އައުމުންނެވެ.

“ވަރަށް ރަނގަޅު ގަޑިއެއްގަ ޝަހުއްތަ ތިއައީ…ރިޒޫ މިދަނީ އަދި ޝަހުއްތަ ބަލާދާންކަމަށް…”

“ކިހިނެއްވީ އަނެއްކާ….މިފަހަރު ދޮންބެ ކީއްކުރީ؟” ހައިރާންވެފައިހުރި ޝަހުޒާ އަހާލިއެވެ.

ޝަހުޒާގެ ކޮނޑަށް އަތްވައްޓާލައިގެންހުރެ ރިޒްނާ މިސްރާބުޖެހީ ރިލްޒާންގެ ކޮޓަރިއާ ދިމާއަށެވެ.

“ކީއްކުރީހޭ؟ އަދިވެސް ތިހެންތަ އަހަންވީ؟ އަހާބަ ކީއްހޭ ނުކުރަނީ؟ އޭރުންނެއްނު ޖަވާބުދޭންވެސް ތަންކޮޅެއް ފަސޭހަވާނީ….މިހާރުވެސް ކުރި ކަންތަކަށްވުރެ ނުކުރާކަންތައްވިއްޔަ މަދުވާނީ….”

ޝަހުޒާ ގޮވައިގެން ރިލްޒާންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިފައި ރިޒްނާ އޭނަގެ އަޑު ބާރުކޮށްލިއެވެ.

“ދޮންބެ ވަގުބިޓާ ވާހަކަ ދައްކަނީ….ކޮޓަރި ތަޅުލައިގެން…ރިޒޫވެސް ނުވެއްދި…”

ޝިއާނާއާއި ވާހަކަދައްކަން އޮތް ރިލްޒާން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ދޮރުކައިރިއަށް ގޮސް ހުއްޓިފައި ބޭރުގައި ހުންނަ މީހަކަށް އަޑުއިވޭނެ ވަރަށް އޭނަވެސް ވާހަކަ ދެއްކިއެވެ.

“ކީކޭ…ލޯބީ…ނޫން ދެން ޒާންގެ ދޫނި ދެރަވާ ކަހަލަކަމެއް ޒާންއެއްވެސް ނުކުރާނެއެއްނު…؟”

ބޭރުގައި މިއަޑު އަހަންހުރި ޝަހުޒާއަށް ހީވީ މީހަކު އޭނަގެ ހިތުގައި ވިކައިގަތްހެންނެވެ. އެއީ މަޖާކަން އެނގިހުރެވެސް އޭނަގެ ހިތަށް ތަދުވިއެވެ. މަޖަލަކަށްވެސް ރިލްޒާން އެހެން މީހަކަށް އެކަހަލަ ނަންނަމުން މުޚާތަބުކުރާކަށް އެހިތެއް ނޭދެއެވެ. އެކަމަކު އެކަހަލަ ކަންތައް ބޮޑުކުރާން ވެއްޖެއްޔާ އޭނައަށް ރިލްޒާން ގެއްލިވެސް ދާނެއެވެ. އެހެންވެއްޖެނަމަ ޝަހުޒާއަކަށް ކެތެއްނުވާނެއެވެ. އެހިތަށް ކުރި އަސަރު ފޮރުވަމުން ޝަހުޒާ ރިލްޒާންއަށް ގޮވާލިއެވެ. ފޯނުގައި ހުރި ރިލްޒާންއަށް ޝަހުޒާގެ އަޑުއިވުމާއެކު ދޮރުހުޅުވާލިއެވެ.

“ޝަހޫ…ކޮންއިރަކު އައީ..؟؟ މިހިރަފެންނަ ކުއްޖާ ދޯ ގެނައީ؟؟؟”

ޝަހުޒާ ބޮލުން ނޫނެކޭ ބުނުމާއެކު ކުއްލިއަކަށް އޭނަގެ އަތުގައި ހިފައި އެތެރެއަށް ވެއްދުމާއެކު ފެނުނީ އަނެއްކާވެސް ރިލްޒާން ކޮޓަރި ދޮރުލައްޕައި ތަޅުލިތަނެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ރިޒްނާއަށް މިފަހަރުވެސް ލިބުނީ ލަނޑެކެވެ. އައި ރުޅިން ބޮލުގައި ޖަހާފައި އަމިއްލަ ނަފްސަށް ކުދިކިޔަން ފެށިއެވެ.

“މީފުނާއަޅަން ދެއްވާފައި ހުރި އެއްޗެއްވިއްޔަ….އެވަރުންވެސް ކޮޓަރިތެރެއަށް ދެމިގަންނާކަށް ނޭގުނެއްނު؟ ގަމާރުވިއަސް ބޮޑުވަރު..ދޮންބެ ބުނަނީ ރަނގަޅަށް ކަންނޭނގެ…މަ ބޮލުތެރޭގައި އޮންނަނީ މީދާކޭ އުނބެއް….” ސޯފާއަށް ވެއްޓިގަތް ރިޒްނާ އެއަށްވުރެ އަވަހަށް ތެދުވީ ރިލްޒާން ކޮޓަރި ދޮރުހުޅުވި އަޑަށެވެ.

“އަން….މިއޮތީ ފޯނު….އެކަމަކު މިގަޑީގައި ދެން ނުގުޅާތި އާނާއަށް….ދޮންބެ މިއުޅެނީ އޭނައަށް ގުޅަން…”

ފޯނުގައި ހިފަމުން ރިޒްނާ އަނެއްކާވެސް އެއްޗެހި ކިޔައިގަތެވެ.

“އަދިވެސް ހިތްނުފުރެނީ ދޯ؟ ޝަހުއްތަ އައިމަވެސް އެހެންމީހުންނަށް ގުޅަން…މަމީ ޝަހުއްތަނަމަ މިހާރު ތިކަމުން ސަލާމަތްވެއްޖެތާ ކޮންދުވަހެއް؟؟؟”

“އަދި ދިނީމަ ފޮނިވަނީދޯ؟ މިދިނީވެސް ޝަހުއްތަ ކީވަރުން އެހެންނަމަ….އެކަމަކު ބުނަން….ފޮނިދައްކަންޏާ އަތުލާނަން އޭރުން ދެން ފޯނު ލިބޭނީ މަށަށްފެނުނު ދުވަހަކުން….” ރިޒްނާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން ރިލްޒާން ދިނީ އިންޒާރެކެވެ.

“މިފިރިހެނުން ބާރުގަދަވީމަ ހާދަ ފޮންޏެއްވެއޭ ދޯ؟ ނިކަމެތި އަންހެންކުއްޖެއްގެ އަތުން އެއްޗެއް އަތުލެވުނަކަސް އެނުވާނެ މޮޅުކަމަކަށް….ނިކަންދޭބަލަ ތިމާއަށްވުރެ ބާރުގަދަ މީހަކާ ކުރިމަތިލާފަ މޮޅުވެގެން އަންނަން…..” ރިޒްނާ ދުއްވައިގަނެގެން ގޮސް ބޭރުދޮރު ކައިރީ ހުރެ ރިލްޒާންއަށް ރައްދު ދިނެވެ.

ރިލްޒާން ކުރިއަށް ފިޔަވަޅެއް އެޅުމާއެކު ރިޒްނާ ދުއްވައިގަތެވެ. ހެމުންހެމުން ގޮސް ރިލްޒާންވެސް ވަނީ ކޮޓަރިއަށެވެ. ކުޑަދޮރުތައް ހުޅުވާލުމަށްފަހު ފޯނު ނަގައިގެން ގޮސް ޝަހުޒާކައިރީ އެނދުމަތީ އިށީނދެ ޝިއާނާގެ ނަމްބަރަށް ގުޅާލިއެވެ.

“ހަލޯ އާނާ….އާނ…އޭނަ ހިނގައްޖެ….ފައްސާލަފަ މިއައީ…ހެހހެ ދޯ؟” ރިލްޒާންއަށް އިތުރަށް އެއްޗެކޭ ނުބުނެވެނީސް އިވުނީ ރަމީޒާގެ އަޑެވެ.

“އޭ އާނާ…މަންމަ އެބަގޮވާ މަށަށް….މިދެނީ ޝަހޫ އަތަށް….” ޝަހުޒާއާ ފޯނު ހަވާލުކޮށްފައި ރިލްޒާން ނުކުތެވެ. ޝަހުޒާއާ ޝިއާނާއާއި ވިއްސަކަށް މިނެޓުވަންދެން ވާހަކަދައްކާފައި ބޭއްވީ ރަމީޒާ ޝަހުޒާއަށް ގޮވާއަޑު އިވުމުންނެވެ.

“އޭ އާނާ މަށަށްވެސް އެބަގޮވާ ޒާންގެ މަންމަ….”

“ޒާންގެ މަންމަތަ؟ ނޫނީ ވާންއުޅޭ މައިޓުތަ؟ ހެހހެހެހެ…އަވަހަށްދޭ ރުއްސަން…އެހެންނޫނީ މައިޓު ކުޅިދައްކާލަފާނެ….” ޝިއާނާ ބޭނުންވީ ޝަހުޒާއާ ދިމާކޮށްލާށެވެ.

ޝިއާނާއަކީ ރިޒްނާއާ އެއްކޮށް ކޮމްޕިއުޓަރު ކޯސް މާލޭގައި ހެދި ކުއްޖެކެވެ. ކޯސް ނިންމާލުމަށްފަހު ދެކުދިންވެސް އެކުއްޖެއްގެ ރަށަށް ދިޔައީއެވެ. ޝިއާނާއަކީ މާލޭން ދެކުނު ރަށަކަށް އުފަންވި ކުއްޖެއްކަމުން އޭގެފަހުން ރިޒްނާއާ ޝިއާނާ އެންމެ ފަހަރަކުވެސް ބައްދަލެއް ނުވެއެވެ. ނަމަވެސް އެއްމަސް ދުވަހުގެ އެކުރުކޯހުން ދެކުދިންގެ ދެމެދުގައި އެފެދިފައިވަނީ ވަރުގަދަ އެކުވެރިކަމެކެވެ. އޭގެ ސަބަބުން މިހާރު ޝިއާނާ ވެފައިވަނީ ރިޒްނާގެ މުޅިއާއިލާގެ އެކުވެރިއަކަށެވެ. ޚާއްސަކޮށް ރިޒްނާގެ ދޮންބެގެއެވެ. ރިލްޒާންގެ ހުންނަ މަޖާ މިޒާޖުގެ ސަބަބުން އެދެކުދިން މާބޮޑަށްވެސް ގާތެވެ. ހަމައެފަދައިން ރިޒްނާވެސް ޝިއާނާގެ އާއިލާ އެންމެންނާ ގުޅުން އޮވެއެވެ.

ދުވަސްތައް މާޒީވަމުން ދިޔައީ ހަލުވިކަމާއެކުއެވެ. ރިލްޒާންއާ ޝަހުޒާގެ ގުޅުމަށް ދެއަހަރުވެގެންދިޔައިރު އެގުޅުން ކައިވެނީގެ ގުޅުމަށް ބަދަލުކުރަން ޝަހުޒާ އެދުނު އަދަދެއްވެސް ނޭނގެއެވެ. އެހެނަސް ރިލްޒާން އެކަމާ ދެކޮޅުހަދަނީ އަދިވެސް އޭނަގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީއެވެ. ޝަހުޒާއަށް ބޭވަފާތެރިވެވިދާނެތީއެވެ. އެކުއްޖާ ފެނިއްޖެއްޔާ އޭނައަށް ވާނެގޮތެއް ނޭނގޭތީއެވެ. އެކަމަކު އޭނަ ޝަހުޒާއާ މެދުވެސް ވިސްނައެވެ. އެކުއްޖާ އޭނަދެކެ އެވާވަރުގެ މަތިވެރި ލޯތްބެއް އޭނަގެ ހިތުގެ ރާނީވެސް އޭނަދެކެ ނުވެދާނެއެވެ. ހުރިހާ އެއްޗެއް އެނގިހުރެވެސް ޝަހުޒާ ބޭނުންވީ ރިލްޒާންއަށް އެހީތެރިވެ އެހިތުން ޖާގައެއް ހޯދާށެވެ. ކެތްތެރިކަމާއެކު ކުރިމަތިލައި އެހިތުން މަޤާމެއްވެސް އޭނަ ހޯދައިފިއެވެ. އެކަމަކު އޭނައަށް ނޭނގޭ ހަޤީޤަތަކީ އަދިވެސް ރިލްޒާންގެ ހިތުގައި އޭނަވަނީ ދެވަނަ މަޤާމުގައިކަމެވެ. އެހިތުގެ އެއްވަނައިގައި އަދިވެސް އޮތީ އެގޮތްނޭނގޭ ކުއްޖާކަމެވެ.

ރިލްޒާން ގޮސް ސަލާމްގޮވާލުމާއެކު ޝަހުޒާގެ މަންމަ ޝަހީދާ ސަލާމްބަލައިގަތެވެ. ރިލްޒާން އެތެރެއަށް ވަނުމާއެކު ސޯފާގައި އިށީނދެއިން ޝާކިރު ފެނުނެވެ. އެއާއެކު ރިލްޒާންގެ ސިނކުޑީގެ ކަނަކުން އޭނާއަށް އިންޒާރުއައެވެ. ލަސްނުކޮށް ކައިވެނިކުރުމަށް ޝަހުޒާއަށް އޭނާގެ މައިންބަފައިން އެތައްފަހަރަކު ނަސޭހަތްދީފައިވާކަމަށް ރިލްޒާންކައިރީ ޝަހުޒާވަނީ ބުނެފައެވެ. އެހެންކަމުން މިރޭގެ ކެއުމަށް އޭނާއަށް ދަޢުވަތު ދިނުމުގެ ބޭނުން އޭނާއަށް އިނގުނެވެ. ކަންތައްވީވެސް އެހެންނެވެ. ޝަހުޒާގެ އެދުމަށް ކިތަންމެ ފަހަރަކު އިންކާރުކުރި ނަމަވެސް މިފަހަރު ރިލްޒާނަކަށް އެހިތްވަރެއް ނުލިބުނެވެ. އެރޭ އެގެއިން އޭނަ ނިކުތީ ހިތާއި ދެކޮޅަށް އެކަމާ އެއްބަސްވެގެންނެވެ. ނަމަވެސް ޝަހުޒާގެ މޫނުމަތީން ފެނުނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ. އޭނަ ހިތުގެ އަޑިން މައިންބަފައިންނަށް ޝުކުރުވެރިވިއެވެ. އޭނަ ބޭނުންވީ އެކަން ހަމައެރޭ ރިލްޒާންގެ އާއިލާއަށްވެސް އަންގާށެވެ. އެހެންކަމުން ރިލްޒާން ޝަހުޒާ ގޮވައިގެން އޭނަގެ ގެއަށް ދިޔައެވެ. އެޚަބަރު ވެގެންދިޔައީ ރަމީޒާއާ ފަރީދުވެސް ނުހަނު އުފާވި ޚަބަރަކަށެވެ. ކައިވެނިކުރަން ހަމަޖެއްސި ތާރީޚް އަންނަން ދެންއޮތީ ތިންމަސް ކަމުން ފަރީދުމެންވެސް ނިންމީ އެރެއިން ފެށިގެން އެމީހުންގެ ދޮށީ ދަރިފުޅުގެ ކައިވެނީގެ ތައްޔާރީތައް ފަށާށެވެ. އޭނަގެ ހިތަށް އެކަމުން މާބޮޑު އުފަލެއް ނުލިބުނަސް އެއެންމެންގެ މޫނުމަތީން ފެންނަމުންދާ އުފާވެރިކަންފެނި ރިލްޒާން ހިތްހަމަޖައްސާލިއެވެ. ތެދެކެވެ. އޭނަގެ އުފާވެރިކަން ގުޅިފައިވަނީ އެއެންމެންގެ އުފަލާއެވެ. އޭނައަށްޓަކައި އެމީހުން އެކިގޮތްގޮތުން އެވާ ޤުރުބާނީގެ އަގު އަދާކުރަން އެވަރުގެ ކުޑަކުޑަ އުފަލެއް އެމީހުންނަށް ނުދޭންވީ ކީއްވެހެއްޔެވެ؟ މިއަދު ޝަހުޒާއަށްވެސް އެއުފާވެރިކަން ޙައްޤެވެ. އޭނައަށްޓަކައި އެމައުޞޫމު ކުއްޖާ ނުކުރަނީ ކީއްހެއްޔެވެ؟ އެހިތުގައި އެހެންމީހަކު ރަނިކަންކުރާކަން އެނގިހުރެވެސް އޭނަގެ ހަޔާތަށް އައީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އެގުޅުމުގެ ކުރީކޮޅު އެކުއްޖާގެ ހިތް ރިލްޒާން ކިތައްފަހަރު ހަލާކުކޮށްލިހެއްޔެވެ؟ އެލޮލުން ރިލްޒާންއަށްޓަކައި ކިހާވަރަކަށް ކަރުނަ އޮހޮރިހެއްޔެވެ؟ އެހެނަސް ދެންވެސް އެއްވެސް ޝަކުވާއެއްނެތި އެހުރިހާ ކަމަކަށް ކިހާކެތެއްކުރި ހެއްޔެވެ؟ އެހިތުގައި ރިލްޒާންއަށްޓަކައި ދުވަހަކުވެސް ބުރަކަމެއް ނުބާއްވައެވެ. އެލޮލުން ރިލްޒާންއަށް އެންމެ ފަހަރަކުވެސް ނުރުހުމުގެ ނަޒަރަކުން ބަލައިނުލައެވެ. އެހިތުން އަބަދުވެސް ރިލްޒާންއަށް ދިނީ ލޯތްބެވެ. އެލޯތްބަށް ޤަދަރުކުރިއެވެ. އެއަތުން އޯގާތެރިކަން ދިނެވެ. އެކަމަކު އޭގެ ބަދަލުގައި ރިލްޒާން ދިނީ ކޯއްޗެއްހެއްޔެވެ؟ ހިތްދަތިކަމެވެ. ހިތާމައެވެ. އެދެލޮލުން ކަރުނަ އޮހޮރެނީ އޭނާއަށްޓަކައިކަން އެނގިހުރެވެސް އެންމެ ކަރުނަތިއްކެއްވެސް އޭނަގެ އަތުން ފުހެލަނުދެއެވެ. މިއަދާއި ހަމައަށް އެގުޅުން ދެމިއޮތީ ހަމައެކަނި ޝަހުޒާގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރިލްޒާންގެ ހިތުގައި އެކުއްޖާއަށް ކުޑަނަމަވެސް ލޯތްބެއް އުފެދުނީ އެކެތްތެރިކަމާއި އޯގާތެރިކަން ފެނިފައެވެ. ވީއިރު މިއަދު އެކުއްޖާއަށް މިއުފާ ޙައްޤުނުވާންވީ ކީއްވެހެއްޔެވެ؟ ރިލްޒާންގެ ހިތުގެ ރާނީ ފިޔަވައި އެހެންކުއްޖަކާއެކު އުޅެވެންޏާ އުޅެވޭނީ ހަމައެކަނި ޝަހުޒާއާ އެކުގައިކަން އޭނަގެ އަމިއްލަ ޟަމީރުވެސް ޤަބޫލުކުރެއެވެ.

ހަވީރުގެ އެހިތްގައިމު ވަގުތުގެ އުފާހޯދުމަށް އެތައްބަޔަކު އަތިރިމަތީގައި އުޅެއެވެ. ހިމުން ދޮންވެލިގަނޑުމައްޗަށް ކުޑަކުދިންތައް ދޫކޮށްލައިފައި ވުމުން މިނިވަންކަމާއެކު އެކިކުދިން އެކި ސަކަރާތުގައި އުޅެއެވެ. އެމަންޒަރުބަލަން އެކުދިންގެ މައިންބަފައިން ދުރުގައި ތިބިއިރު އެމޫނުތަކުން ފެންނަނީ އުފަލާއި ހިތްހަމަޖެހުމެވެ. އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި އޮތް ރިލްޒާންގެ ސިކުނޑީގައި އެނބުރެމުންދަނީ އޭނަގެ މާޒީއެވެ.

އެއީ އެމީހުންގެ ސުކޫލުގައި ކިޔަވާނެ އެންމެ ފަހުދުވަހެވެ. ސުކޫލުގައި އޮތް ގްރޭޑް ދިހައެއްގެ ކުދިންނަށް ޚާއްސަކޮށްގެން ބޭއްވި ކުޑަ ސެމިނަރ އަކަށް އެހެން ސުކޫލުތަކުގެ ކުދިންނަށްވެސް ދަޢުވަތު ދެވިފައިވެއެވެ. ރިލްޒާންއަކީ އަހުމަދިއްޔާ ސުކޫލުގެ ވައިސް ކެޕްޓަންކަމުން އެދުވަހު އޭނަވެސް ސުކޫލުގައި ހަރަކާތްތެރިވިއެވެ. އެކި ސުކޫލުތަކުން ކުދިން އަންނަން ފެށުމުން އެކުދިންނަށް މަރުހަބާކިޔުމަށް އަހުމަދިއްޔާ ސުކޫލުގެ ބައެއް ޓީޗަރުންނާ ކުދިން ގޭޓުކައިރީ ތިއްބެވެ. ރިލްޒާންއަށްވެސް އެތަނަށް އައުމަށް އެންގިނަމަވެސް ސެމިނަރ އަށް ތައްޔާރުކުރެވިފައިވާ ހޯލުތެރޭގެ ތައްޔާރީތައް އެންމެ ފަހުފަހަރަށް ބަލާލުމަށް އޭނަ ދިޔައީއެވެ. ދެވަނަބުރީގެ ކޮރިޑޯ ތެރެއިން ހޯލާއި ދިމާއަށް ހިނގަމުން ދިޔަނަމަވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ ސުކޫލުގެ ގޭޓާ ދިމާއަށެވެ. މާބޮޑު ޝައުޤުވެރިކަމެއް ނެތްނަމަވެސް އެކިސުކޫލުގެ ކުދިން ވަންނަމުންދާ ތަން ބަލަމުން އޭނަ ކުރިއަށް ދިޔައެވެ. ކުއްލިއަކަށް އޭނަގެ ފިޔަވަޅަށް ހުއްޓުންއެރީ ގޭޓުން ވަދެގެންއައި އަންހެންކުއްޖެއް ފެނުމުންނެވެ. އަމީނިއްޔާ ސުކޫލުގެ ޔުނީފޯރމްގައި ހުރި އެރީތި ހޫރުޕަރީ ފެނިފައި ރިލްޒާންގެ ހިތުގައި އާވިންދެއް ޖަހާލިއެވެ. އެދޮންމޫނެވެ. މުށިކުލައިގެ ބޮޑު ދެލޮލެވެ. ކަޅުކުލައިގެ ދިގު އެސްފިޔަތަކެކެވެ. ލޭކުލަ އަރާފައިވާ އެތުންފަތެވެ. ޖަންބުކުލައިގެ ކޯތާފަތެކެވެ. ބަނިޔާދަން ހަށިގަނޑެކެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެސޫރަ ރިލްޒާންގެ ހިތުގައި ބިންވަޅު ނެގުނެވެ. އެކުއްޖާގެ ތުންފަތްމަތީގައި ހުރި ފަރި ހިނިތުންވުން ފެނިފައި ރިލްޒާންގެ ހިތް އުފަލުން ފޮޅުނީ ކީއްވެކަމެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. އެޕަރީގެ ކޮންމެ އަދާއަކަށް ގެއްލިފައި ހުރި ރިލްޒާން ސިއްސައިގެން ދިޔައީ ހޯލުން ނުކުތް ކުއްޖަކު އޭނާއަށް ގޮވާލުމުންނެވެ.

“އޭނ ރިލޭ…..ކިހިނެއްވެފަ؟ ސަޅި ބިޓެއް އައިއްސިތަ؟ ކަލެއަށް އެތާގަ އެމީހުން ރިސީވްކުރަން ހުންނަން ފުރުސަތުލިބުނީމަވެސް ތިއައީ…..މަނަމަ ހުވާ އެކަހަލަ ޗާންސެއް ގެއްލުވައެއް ނުލާނަންކަން….އެއަތްތަކުގަ އަތްޖައްސާލެވޭނީވެސް އޭރަކަށްނު…؟” ފާއިޒު އޭނައިގެ އާދައިގެ މަތީން ފޮނި އަނގަތަޅަން ފެށިއެވެ.

ރިލްޒާން އަވަސް އަވަހަށް ކުރިއަށް ހިނގައިގަތީ ފާއިޒްއަށް އެކުއްޖާ ފެނިދާނެތީއެވެ. އޭނަގެ ގޮތް ރިލްޒާންއަށް އިނގޭތީ އެކުއްޖާ ފާއިޒްއަށް ފެންނަން އޭނަގެ ހިތްނޭދުނީއެވެ. ފާއިޒްއަކީ ރީތި އަންހެންކުދިންނަށް ކަޅިއުކަމުންދާ މީހެކެވެ. މާގިނައިރެއްނުވެ ސެމިނަރ ފެށުނެވެ. ނަމަވެސް އެދުވަހުގެ ބާކީއޮތް ވަގުތުތަކުގަ ރިލްޒާންގެ މަސައްކަތަކަށްވީ އެކުއްޖާއަށް ބެލުމެވެ. އެކަކަށްވެސް ނޭނގޭހެން ސިއްރުން އެކުއްޖާއަށް ބަލަމުންދިޔައީ އެހިތުގެ އެދުމަށެވެ. އެންމެފަހުން ރިލްޒާން ނިންމީ އެކުއްޖާގެ މަޢުލޫމާތު ހޯދައި އޭނަގެ ހަޔާތަށް އެރާނީ ގެނައުމަށެވެ. ނަމަވެސް އެނިންމުން ނިންމިއިރު ތަޤުދީރުގައިވާ ގޮތެއް އޭނައަށް އިނގޭނީ ކިހިނެއް ހެއްޔެވެ؟ އެދުވަސް ވެގެންދިޔައީ އޭނާއަށް އެހޫރުޕަރީ ފެނުނު އެންމެ ފުރަތަމަވެސް އަދި އެންމެ ފަހުވެސް ފަހަރަށެވެ. ދެންފެށުނީ އޯލެވެލް އިމްތިހާންކަމުން ހުރިހާ ސުކޫލުތަކަކުންވެސް އިމްތިހާންތައް ފެށެނީވެސް އަދި ނިމެނީވެސް އެއްގަޑިއަކަށެވެ. އެހެންކަމުން ރިލްޒާން އެކުއްޖާއާ ދިމާކުރުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބެވެ. އިމްތިހާން ނިންމާގޮތަށް އަމީނިއްޔާ ސުކޫލްކައިރިއަށް އަންނަނީ އެކުއްޖާ ފެންނާނެކަމުގެ ފޮނިއުއްމީދުގައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އޭނައަށް ޖެހެނީ ނާއުއްމީދާއެކު ގެއަށްދާށެވެ. އެންމެފަހުން އޭނަގެ އެކުވެރިންގެ ޚިޔާލާވެސް އެކު އެމީހުން މަސައްކަތްކުރީ މާލޭގެ މަގުމަތީން އޭނަ ފެނޭތޯ ބަލާށެވެ. ވަގުތުހޯދައިގެން މާލޭގެ އެކިހިސާބުތަކުގަ ދުއްވަންފެށީ އެކުއްޖާ ފެނޭތޯއެވެ. އެކަމަކު އެމަސައްކަތްވެސްވީ ނާކާމިޔާބެވެ. އެމީހުން ހަނދާންނެތުނީ އަމީނިއްޔާ ސުކޫލަށް ކިޔަވަން އަންނަނީ ހަމައެކަނި މާލޭގައި އުޅޭ ކުދިން ނޫންކަމެވެ. ވިލިނގިލީންނާ ހުޅުމާލޭންވެސް ކުދިން އަމީނިއްޔާ ސުކޫލަށް އަންނަކަމެވެ. ހަމަގައިމުވެސް ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީ ގިނަވަގުތު ހޭދަކުރިނަމަ އެމީހުންނަށް ނާކާމިޔާބާ ކުރިމަތިލާކަށް ނުޖެހުނީހެވެ. އެގޮތުގައި އޯލެވެލް އިމްތިހާން ނިމި މާލޭގައި ތަޢުލީމް ހާސިލްކުރި ރާއްޖޭގެ އެކި ރަށްރަށުގެ ގިނަކުދީން އެމީހުން އުޅެބޮޑުވި ފަސްގަނޑަށް ދާން ދަތުރުފެށިއެވެ. ރިލްޒާންވެސް ރަށަށް އަންނަން ފުރީ މަންމަމެން ގުޅައި އާދޭސްކުރުމުންނެވެ. ރަށަށް އައިތާ މާގިނަ ދުވަހެއްނުވަނީސް ރަށުން ރަނގަޅު ވަޒީފާއެއް ލިބުންވީ އޭނާއަށް ރަށުގަ މަޑުކުރަން ޖެހުނު ސަބަބަކަށެވެ. މާލެދާން ކިތަންމެ ބޭނުންވި ނަމަވެސް މަންމައާ ބައްޕަގެ އާދޭހަށް ބީރުކަންފަތެއް ދޭކަށް ނުކެރުނެވެ. ރިލްޒާންއަށް އޭނަގެ މާޒީގެ ތެރެއިން ނިކުމެވުނީ އޭނަގެ އެންމެގާތް އެކުވެރިޔާގެ އަޑުންނެވެ.

“އަދިވެސް އެޚިޔާލުގައިތަ؟ ސާބަސް ރިލޭ….ކޮންދުވަހަކުންތަ ތިކަން ހުއްޓާނީ؟ ޝަހޫވެސް ކިހާ….” އެތަނުން ޖޯއްޔެއްގައި އިށީންނަމުން ފަޒާން ދެއްކި ވާހަކަ މެދުކަނޑާލީ ރިލްޒާންއެވެ.

“ފަޒޭ ޕްލީޒް….މަނޫޅެމޭ ޝަހޫއަށް ދެރައެއްދޭކަށް….މަމިއުޅެނީނުންތަ އޭނައާ އެކު….” ރިލްޒާން ހިތްހަމަނުޖެހުނުކަން އެނގުނު ނަމަވެސް ހުއްޓާލާކަށް ފަޒާން ބޭނުމެއް ނުވިއެވެ. އޭނާވެސް އެދެނީ އެކުވެރިޔާއަށް އުފާވެރި ހަޔާތެއް ލިބުމަށެވެ.

“އާނ! ކައެ އެބަ އުޅޭ އެމަންޖެއާއެކު…..ހަށިގަނޑު އޭނައާއެކު.. އެކަމަކު ހިތް؟ އެހެންމީހަކާއެކު….” މިފަހަރުވެސް ފަޒާންގެ ވާހަކަ ރިލްޒާން މެދުކަނޑާލިއެވެ.

“ހިތްވެސް އޭނައަށް ދޭކަށްނު އިންނަން މިއުޅެނީ…؟” ރިލްޒާންގެ އެޖުމްލައިން ފަޒާން ހައިރާންވި ނަމަވެސް ރިލްޒާން އެހެންބުނި ވަގުތުގައި އެއަޑުގައި ހުރި ފަރުވާކުޑަކަން އޭނަ ދެނެގަތެވެ.

“ކިހާ ޔަޤީންކަމެއް އެބައޮތް އޭނައާ އެކު އުޅެވޭނެ ކަމުގެ…؟”

“އެއްވެސް ޔަޤީންކަމެއް ނެތީތީ މިހުރިހާ ދުވަހުވެސް އެކަމާ ނުވިސްނާ މިހުރީ….” ރިލްޒާން އެއިންގޮތަށް އިނދެ ޖަވާބުދިނެވެ.

“ދެން….؟؟؟ ދެން މިހާރު ކައިވެނި ކުރަން ނިންމީޔޯ…؟؟؟” ފަޒާން އިނީ ރިލްޒާންއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

“އޭނަގެ މައިންބަފައިން ބޭނުންވެގެން…..” ރިލްޒާންއަށް އެހިސާބަށް ބުނެވުމާއެކު ފަޒާން ފުންމައިގެން ތެދުވިއެވެ.

“ރިލޭ…ކައެ މޮޔަވީތަ؟ އެއްވެސް ކުށެއްނެތް އަންހެންކުއްޖަކަށް ތިވަރުގެ ބޮޑު އަނިޔާއެއް ދޭންތިއުޅެނީ ކީއްވެތަ؟”

ރިލްޒާންވެސް ތެދުވީ ނުރުހުންވެ ހުރެއެވެ.

” ފަޒޭ ކައެ އަޑުއަހާ….މަ މިހެން މިބުނަނީ ހަމައެކަނި ކައެގާތުގަ….މަ ކައިވެނި ކުރަން މޭޒުކައިރީ އިންދާ އެމަންޖެ އަޔަސް މަދާނަން….އެކަމަކު މަ ދުލުން އަނބި ޤަބޫލު ކޮށްފިން މިޖުމްލަ ބޭރުވުމަށްފަހު ޖެހިގެން އަންނަ ސިކުންތުގަ އެމަންޖެ އަޔަސް މަނުދާނަން ޝަހޫ ދޫކޮށްފަ އޭނަ ގާތަކަށް….” އޭނަގެ ފަހުގެ ނިންމުން އިއްވާފައި އެންމެ ސިކުންތެއްވެސް އެތާ މަޑުނުކޮށް އޭނަ ދިޔައެވެ. ފަޒާން ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަނެއްކާވެސް ޖޯލީގައި އިށީނެވެ.

ރިލްޒާންއާ ޝަހުޒާގެ ކައިވެންޏަށް ދެހަފްތާއަށް ވެފައިވާއިރު ދެއާއިލާވެސް ތައްޔާރީތަކުގަ އުޅުނީ ވަރަށް އެކުވެރިކަމާއެކުއެވެ. މައިންބަފައިންގެ އެދުމުގެ މަތީން ޕާރޓީ ބޭއްވުމަށް ރިލްޒާންވެސް އެއްބަސްވިއެވެ. ރިލްޒާންއަށް ނޭނގުނު ނަމަވެސް އޭނަ އެންމެންނަށް ދިން އެއުފާވެރިކަމުގެ ބަދަލުދޭން އެންމެންވެސް މަސައްކަތްކުރެއެވެ. އެއުފާވެރި މާހައުލު އިތުރަށް އުފާވެރި ކުރުމަށް އެމީހުން އެތައް ރޭވުމެއް ރޭވިއެވެ. އެގޮތުގައި ދެހަފްތާ ނިމިގެން ދިޔައީ ނުވެސް އެނގިތިއްބާއެވެ. ދެންއައީ އެންމެންވެސް އެންމެ އިންތިޒާރުކުރި ރެއެވެ. ރިލްޒާންއާ ޝަހުޒާގެ ކައިވެންޏަށް މުޅި ރަށް ތައްޔާރުވެފައިވާ ކަހަލައެވެ. އަށެއް ޖަހާއިރު ކައިވެނީގެ ރަސްމިއްޔާތު އޮތްއިރުގައި އަށްގަޑި ބައިގައި ޕާރޓީ ފެށުމަށް ހަމަޖެހިފައިވެއެވެ. އެރެއަށްޓަކައި އެންމެންވެސް ޒީނަތްތެރިވެފައިވަނީ ފެހިކުލައިންނެވެ. އޭނައަށް އެންމެ ރީތީ ފިޔާތޮށިކުލަ ނަމަވެސް ޝަހުޒާ ބޭނުންވީ އަބަދުވެސް ކަންތައްކުރާ ގޮތަށް ރިލްޒާންގެ ރަހައާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރާށެވެ. އެގޮތުން އެމީހުން މިރެއަށް ޚިޔާރުކުރީ ފެހިކުލައެވެ. އެފެހިކަން އިތުރަށް ފެހިކޮށްދީފައިވަނީ އެތަނުގައި ހުރި އެކިވަރުވަރުގެ ފެހި ގަސްތަކުންނެވެ. ކައިވެނީގެ ރަސްމިއްޔާތަށް ގޭތެރެވެސް ތައްޔާރުކުރެވިފައިވަނީ ފެހިކުލައިންނެވެ. އެންމެންގެ ނަޒަރުތައްވެސް ހުއްޓިފައިވަނީ މޭޒުކައިރީ އިށީދެގެން ތިބި ޝަހުޒާއާ ރިލްޒާންއަށެވެ. ފެހިކުލައިގެ ލޭސްފޮތިން ފަހައި ގަޔަށް ހެޔޮވަރުކޮށްފައިވާ އެހެދުމުގައި ފެންނައިރު ޝަހުޒާ ހީވަނީ ލޯބިލޯބި ޕަރީއެއް ހެންނެވެ. ހެދުމުގެ މޭމަތި ފަޅުފިލުވާފައިވަނީ ރިހިކުލައިގެ އެސްތަކަކުންނެވެ. އަދި ހަމައެކުލައިގެ އެސްތަކަކުން އުނަގަނޑުވެސް ވަށާލެވިފައިވެއެވެ. ކަނާތްފަރާތުގައި ވަނީ ފެހިފޮތީން ފަހާފައިވާ ބޮޑު މާގަޑެއް ހަރުކޮށްފައެވެ. ރިލްޒާންވެސް ފެހިކުލައިގެ ކުރުތާއެއްގެ މަތިން ކަޅުކުލައިގެ ޖެކެޓެއް ލައިގެން ހުރިއިރު ކިތަންމެހާވެސް ރީއްޗެވެ. އެތުންފަތުގައިވަނީ ޕްލާސްޓިކް ހިނިތުންވުމެއް ނަމަވެސް އެހިނިތުންވުމުންވެސް ދައްކުވައިދެނީ އޭނާގެ ފިރިހެންވަންތަކަމެވެ. އެމީހުންގެ ކުރިމަތީގައި ޤާޟީ އިންއިރު މޭޒުގެ ދެކޮޅުގައި ތިބީ ދެހެކިވެރީންނެވެ. ޝަހުޒާގެ ގާތުގައި އޭނާގެ ބައްޕަ ޝާކިރުވެސް އިނީ ހިނިތުންވެގެންނެވެ. ޤާޟީ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ޝަހުޒާގެ ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ. އެންމެ ލޯބިވާ މީހާގެ އަންބަކަށް ވެވޭތީ އެހިތްފޮޅިފައިވަނީ މީގެކުރިން ދުވަހަކުވެސް ނުފޮޅޭހާ ފުރިހަމައަށެވެ. އޭނަ ހީކުރިވަރަށްވުރެ އަވަހަށް ރިލްޒާން އެކައިވެންޏަށް ޤަބޫލުވުން އެކަނިވެސް އެހިތަށް ގުނާއަދަދު ނުކުރެވޭހާ އުފާގެނެސްދިނެވެ. އެއްއަތުން އަނެއްއަތަށް ފިތަފިތާ އިސްޖަހައިގެން އިންއިރު އޭނަގެ ކައިރީގައި އިން ރިލްޒާންގެ ހާލަކީތޯއެވެ. އެހިތް އެދެމުން ދިޔައީ އެހިތުގެ ރާނީ އައިސް އެކައިވެނި ހުއްޓުވުމަށެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ ފަރާތެއް ލިބުނީތީ ވާންވީ އުފާކަމެއް ނޫނީ އޭނަ އެންމެ ލޯބިވާ ފަރާތާއި ދެމެދު ދާއިމީ ފާރެއް ލެވޭތީ ކުރަންވީ ހިތާމަކަމެއް އޭނާއަކަށް ނޭނގެއެވެ. އުފާކުރަން ސިކުނޑި ނަސޭހަތްދޭއިރު ހިތްއެދެނީ ހިތާމަކުރުމަށެވެ. މިޚިޔާލުތަކެއްގަ ހުއްޓައި އެވަގުތުވެސް އައިސް ޖެހުނެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ރިލްޒާންގެ ދުލުން އެޖުމްލަ ނުކުންނާނެ އިރަކަށެވެ.

“އަނބި ޤަބޫލުކޮށްފިން”

ރިލްޒާނުގެ އެޖުމްލައިން އޭނައަށްވުރެ އެތަނުގައި އިން އޭނަގެ އެންމެގާތް އެކުވެރިޔާ ފަޒާންއަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. ފުންނޭވާއެއް ދޫކޮށްލީ އެހިތުން ހުރިހާ ބިރެއް ފިލުވައިލަމުންނެވެ. ދެން އެންމެން އެކުގައިދިޔައީ ޕާރޓީ ބޭއްވުމަށް ހަމަޖެހިފައިވާ މާހައުލަށެވެ. އޭރުވެސް ޝަހުޒާގެ މޫނު އުޖާލާވެފައިވަނީ އާދަޔާ ޚިލާފް ހިނިތުންވުމަކުންނެވެ. ޝަހުޒާއާ ރިލްޒާން އެމީހުން ތިބެން ހަމަޖެހިފައިވާ ތަނުގައި ހުއްޓުނުއިރު އެހެން އެންމެން ތިބީ ދުރުގައި އެމަންޒަރުބަލާށެވެ. އެވަގުތު ރިޒްނާއަށް ފޯނެއް އައުމުން އޭނަ ބޭރަށް ނުކުތީ އެބައަންނަމޭ ކިޔާފައެވެ. ރިޒްނާ ދިޔަތާ ފަސްވަރަކަށް މިނެޓްފަހުން ޕާރޓީއަށްޓަކައި ފަނުން ތައްޔާރުކޮށްފައިވާ ޚާއްސަ ދޮރުން ބަޔަކު ވަދެގެންއައެވެ. މެދުއުމުރެއްގެ އަންހެނަކާއި ކުޑަ ދެފިރިހެން ކުދިންނެވެ. އެތާތިބި އެންމެންނާ ޚިލާފަށް ރިލްޒާންގެ މޫނުމަތީން ފެނުނީ ހައިރާންކަމެވެ. އެއީ މިރަށުން އޭނަ ނުދެކޭ ބައެއްކަމުން އޭނައަށް ބަލައިލެވުނީ ކައިރީގައި ހުރި ޝަހުޒާއަށެވެ. އެއާއެކު ޝަހުޒާ ލޮލުން އަނެއްކާވެސް އެދިމާ ދައްކާލިއެވެ. ވެފައިހުރި ހައިރާންކަމަށް ބޮޅެއް އިތުރުކޮށްލަމުން ރިލްޒާން އަނެއްކާވެސް އެދިމާއަށް ބަލާލިއެވެ. މިފަހަރު ރިޒްނާއާއެކު ދޮރުން ވަދެގެންއައި އަންހެންކުއްޖާ ފެނިފައި ރިލްޒާންގެ ލޯލިތައް ކޮޅަށްޖެހުނެވެ. ދެލޯބޮޑުކޮށްލާފައި ބަލާލެވުނީ އެއީ ހުވަފެނެއްކަމަށް ހީކޮށެވެ. އެމޫނެވެ. އެމުށިކުލައިގެ ދެލޮލެވެ. އެދިގު އެސްފިޔަތަކެވެ. ލޭކުލައިގެ އެތުންފަތެވެ. އެބަނިޔާދަން އިސްކޮޅެވެ. އެއީ ހަމަ އެކުއްޖާއެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތްހާސިލް ކުރި ފަތްމިންޏެވެ. ރިލްޒާންއަށް ކުރެވުނީ ބިންމަތީން އޭނަގެ ފައިކައްސާލިކަމުގެ އިހުސާސެކެވެ. މިއީ ކޮންފަދަ ސަމާސާއެއްހެއްޔެވެ؟ ކުޑައިރުކޮޅެއް ކުރިން އޭނަގެ ހިތްކުރި އާދޭސް ތަޤުދީރު އަހައިފިއެވެ. މިހާރު އެހުރީ އެކުއްޖާ އައިހެވެ. އެކަމަކު ވަގުތުފާއިތުވީ ފަހުންނެވެ. ކުޑަތަންކޮޅެއް ކުރިން އައިނަމަ ހުރިހާ އެއްޗެއް ދޫކޮށްލާފައި އެޗާލުޕަރީގެ ގާތަށް އޭނަ ދިޔައީހެވެ. އޭނަ ކިހާއިންތިޒާރެއް ކުރިހެއްޔެވެ؟ ކިހާވަރަކަށް ހޯދިހެއްޔެވެ؟ މިހުރިހާ ދުވަހު އޭނައާ ފިލައިގެން ހުރީ މިދުވަހުން އޭނަގެ ކުރިމައްޗަށް އަންނަން ވެގެންހެއްޔެވެ؟ މިއީ އިއްތިފާޤަކަށް ވެދާނެ ހެއްޔެވެ؟ އެމީހުން އައިސް އަލަތު ދެމަފިރީންނަށް މަރުހަބާ ކިއެވެ. ރިލްޒާންގެ މަންމަމެން ކައިރިއަށް އެމީހުން ދިޔައިރު އެއަންހެންކުއްޖާއާ އެކު ރިޒްނާ އައިސް ހުއްޓުނެވެ.

“ސަޕްރައިސް ދޮންބޭ…..މީ އާނާ….ޝަހުއްތައާ އަހަރެން ރާވައިގެން ދޮންބެއަށް ދިން ސަޕްރައިޒެއް މިއީ….”

“ތެދެއް ޒާން…ޒާން ބުނީމެއްނު އާނާއަކީ ވަރަށް ރަނގަޅު އެކުވެރިއެކޭ…ހިތަށް އަރައޭ އަހަރެމެންގެ ކައިވެނީގައި އޭނަވެސް ބައިވެރިވާނެނަމައޭ….ހިއަރ ޝީ އިޒް….” ރިޒްނާގެ ވާހަކައަށް ޝަހުޒާ އިތުރުކޮށްލިއެވެ.

އެމީހުން ދެއްކި ވާހަކަތައް ރިލްޒާން އެހީ ހިތްމައްޗަށް ފައިން އަރައިގެން ހުރެއެވެ. އެހާ ގާތްކޮށް އެހާ ލޯބިން މިހުރިހާ ދުވަސްވަންދެން އޭނަ ވާހަކަ ދެއްކީ އެހިތުގެ ރާނީއާ ހެއްޔެވެ؟ އޭނަގެ ހުރިހާ މައްސަލައެއް އެންމެ ގާތުން ހިއްސާކުރީ އެހިތުގެ ވެރިޔާއާ ހެއްޔެވެ؟ ޝިއާނާއާ އެކުވެރިވިފަހުން އޭނަގެ ހިތުގެހާލު އެންމެ ކައިރިން އިއްވި މީހަކީ އެހިތް އެތައްދުވަހެއް ވަންދެން ހޯދި ޕަރީހެއްޔެވެ؟ އޭނައަށް ޝަހުޒާދެކެ ޙަޤީޤި ލޯބިނުވެވޭ ކަމަށް ބުނި ދުވަހު އެކަމުގެ އަސްލު ސަބަބު ހޯދަން ޝިއާނާ ކިހާ އާދޭހެއް ކުރިހެއްޔެވެ؟ އެދުވަހު އެއާދޭސް ތަކުގެ އަޑު އެހުންނަމައެވެ. ހުރިހާ އެއްޗެއް ކިޔައިދިންއިރު އެވާހަކަވެސް ކިޔައިދެވުންނަމައެވެ. އެވަރަށް ވާހަކަ ދެއްކުން އިރު އެންމެފަހަރަކުވެސް އެސޫރަ ބަލާލަން ހިތަށްނޭރީ ކީއްވެހެއްޔެވެ؟ ރިޒްނާ އަތުގައި ފޮޓޯއެއް ނެތަސް ޝިއާނާ ކައިރީ ބުނިނަމަވެސް އޭނަ ފޮޓޯއެއް ފޮނުވީސްކަން ޔަޤީނެވެ. ނަމަވެސް ފަހަރެއްގަވެސް މިހެން ވެދާނެކަމަށް ހީކުރެވިފައި ނެތީތީ އެކަހަލަ ކަމެއް ކުރަންވެސް ހިތަށް ނޭރީއެވެ. މިއީ ކޮންފަދަބޮޑު އަނިޔާއެއް ހެއްޔެވެ؟ ކުއްލިއަކަށް ރިލްޒާން ފާޚާނާއަށް ގޮސްފައި އެބައަންނަމޭ ކިޔާފައި ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ޝިއާނާ އެތަނަށް އައީއްސުރެ ރިލްޒާންގެ މޫނުމައްޗަށް ވެރިވި ހުރިހާ ކުލައެއް ބަލަމުންދިޔަ ފަޒާން ރިލްޒާންގެ ފަހަތުން ދިޔައީ އޭނައަށް ހީވިހީވުން ޔަޤީންކުރާށެވެ. ރިލްޒާންގޮސް ގެއަށް ވަދެފައި ދޮރުލައްޕަން ހިފުމާއެކު އަނެއްކޮޅުން ދޮރުގައި ފަޒާން ހިފިއެވެ. މާބޮޑުވިސްނުމެއް ނެތި ދޮރުދޫކޮށްލީ މިވަގުތު އެއްވެސް ކަމެއް ސިއްރުކުރާނެ ހިތްވަރެއް އެހަށިގަނޑުގައި ނެތީތީއެވެ. ރިލްޒާން ހުއްޓުނީ ކޮޓަރީގެ ޑުރެސިންޓޭބަލް ކައިރީގައެވެ. “ރިލޭ އާނާ….” ފަޒާންއަށް އޭނަގެ ސުވާލު ފުރިހަމަވެސް ނުކުރެވުނެވެ.

ރިލްޒާން ހަޅެއްލަވައިގަތީ އެހިތަށް ވީތަދެއްގެ ބޮޑުކަމުންނެވެ.

“އާނ އާނ އާނ…!!! އާނާ އެއީ އެކުއްޖާ….އަޅެ ފަޒޭ އަހަރެން ކިހާވަރަކަށް އޭނައާ ވާހަކަދެއްކިން…..އެކަމަކު އަހަރެންގެ މިމޮޔަ ހިތަށް އޭނަގެ އަޑުވެސް ވަކިނުވި…..ފަޒޭ އަހަންނަށް މިވަރުގެ ބޮޑު އިމްތިހާނަކާ…” ރިލްޒާން ރޮމުން ދިޔައިރު ހީވީ ބަލިކަށި އަންހެންކުއްޖެއް ހެންނެވެ.

ފަޒާންއަށްވެސް އެމަންޒަރުބަލާކަށް ފަސޭހައެއް ނުވިއެވެ. އޭނަގޮސް ރިލްޒާންގެ ގައިގައި އޮޅުލައިގަތީ މިވަގުތު އެކުވެރިޔާއަށް ހިތްވަރުދޭނެ އެންމެ ލަފްޒެއްވެސް ދުލުކުރިއަށް ނައީމައެވެ. ރިލްޒާން އޭނަގެ ކަރުނަތަކުން ފަޒާންގެ ކޮޑު ތެތްމަމުން ދިޔައިރު އަމިއްލަ ފިނޑިކަމާމެދު ޚުދު އޭނަވެސް ހައިރާންވިއެވެ. އެގޮތުގައި ދެއެކުވެރިން ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނދުމަތީ އިށީނެވެ.

“ފަޒޭ…އޭނަ އަހަރެންގެ ހިތާއި އެހާގާތަށް އައިމަވެސް އަހަންނަކަށް އޭނައެއް ނުލިބުނު…ހިތަށްއަރާ އާނާގެ ފޮޓޯގަނޑެއް ހޯދަން އުޅެވުން ނަމައޭ….އެދުވަހު ނަން އިނގުނުނަމަވެސް….އެވަރަށް ހޯދިއިރުވެސް ހުޅުމާލެ ބަލާލެވުންނަމަ…..އަޅެ މިއަށްވުރެ ކުރިން އެމީހުން އާނާ ގެނައިނަމަ…..މުޅިންވެސް ނަމަ….ފަޒޭ…” ރިލްޒާންއަކަށް ކިޔޭނުކިޔޭވެސް ނޭނގޭ ކަހަލައެވެ.

“ރިލޭ…ހިތްވަރުކުރޭ….އަހަރެމެން އިންސާނުންނަކަށް ތަޤުދީރަކާ ނުކުޅެވޭނެ….ރިލޭ އަށް އާނާއާއި އެހާގާތުގައި އުޅެވުނުއިރުވެސް ތަޤުދީރު ތިދެމީހުން ބައްދަލެއް ނުކުރި…ދެން މިހާރު ވަގުތުފާއިތުވެއްޖެ….”

“ނޫން ފަޒޭ…އަދި އެހާ ލަހެއްނުވޭ…” ކުއްލިއަކަށް ރިލްޒާން ތެދުވިއެވެ.

ނަމަވެސް އޭނަގެ މަގަށް ހުރަސްއެޅީ ފަޒާންއެވެ.

“ރިލޭ ނޫން….ތިއުޅެނީ ކީއްކުރަން…ރިލޭ ވިސްނަބަ ތިކަމުން ޝަހޫއަށް ލިބޭނެދެރަ….އޭނަގެ އޮތީ ކޮންކުށެއް؟ އެކުއްޖާ ކިހާކެތެއްކޮށްފި…އެކެތްތެރިކަމުގެ އަގަކީ ތީތަ؟؟؟ އެހެންނޫނަސް ޝަހޫ ރިލޭ ދޫކޮށްލިއަސް ރިލޭއަށް ހީވޭތަ އާނާ ރިލޭ ކައިރިއަށް އަތުވެދާނެހެން….؟؟؟ އެއީ ހަމައެކަނި ރިލޭގެ އެކުވެރިއެއްނޫނޭ….ޝަހޫގެވެސް ތިއާއިލާގެވެސް އެކުވެރިއެކޭ އެއީ….ތިއާއިލާއަށް އެވަރުގެ ބޮޑު ޒަލްޒަލާއެއް އަތުވެދާނެފަދަ ކަމެއް އާނާ ކުރާނެތަ؟ ރިލޭއެއްނު ބުނީ އާނާ އަބަދުވެސް ވިސްނާނީ އެހެންމީހުންނާ މެދުއޭ….ދެން މިއަދު އޭނަ އެހެން ހަދާފާނެތަ؟؟ ރިލޭ ބުނީމެއްނު ޝަހޫއާ ކައިވެނިކުރުމަށްފަހު ދެން އޭނަ އަޔަސް ނުދާނަމޭ ޝަހޫ ދޫކޮށްލާފައެއް؟؟؟ ނުބުނަންތަ؟؟؟” ފަޒާން ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލީ ރިލްޒާންގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.

“ރިލޭ އާއިލާއާމެދު ވިސްނަބަލަ….ޝަހޫއަކީ ރަމީޒާއްތަމެންވެސް ނުލާހިކު ރުހޭ ކުއްޖެއް…އަނެއްކާ ރިލޭގެ އެންމެ އަމަލެއްގެ ސަބަބުން ދެއާއިލާ ދެމެދުގަ އޮތް ޒަމާންވީ ގުޅުން ކެނޑޭނެ…އޭރުން ރަށުގެ މީހުންނަށް ރިލޭގެ މައިންބަފައިން ދައްކާނީ ކޮންމޫނެއް؟؟ ރިލޭ ގޮތެއް ނިންމުމުގެ ކުރިން މިހުރިހާ ކަމަކާވެސް ވިސްނާތި…އަހަރެން މިދަނީ…މާލަސްނުވެ އަންނާތި….”

ފަޒާން އައުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ އޭނައަށެވެ. އެއީ އެކަންވާނެގޮތްކަން މާކުރިންވެސް އިނގޭތީ އޭނައައީ އެކަމަށް ތައްޔާރުވެގެންނެވެ. އެއްވެސް މީހަކު އެއްވެސް ސުވާލެއް ކުރުމުގެ ކުރިން އެމީހުންގެ އެކުވެރިން ޝަހުޒާ ތަޅުވާލަންވެގެން ރިލްޒާން ފާޚާނާއަށް ގޮސްފައި އަންނަނިކޮށް ހިފެހެއްޓީކަމަށް ބުނެ ހަމަޖައްސާލިއެވެ. ފަޒާން އައިތާ ފަސްވަރަކަށް މިނެޓްތެރޭ ރިލްޒާންވެސް އައެވެ. ފަޒާން މޫނުމަތީން ކިތަންމެ ހަމަޖެހޭގޮތް ދައްކައިގެން ހުރިނަމަވެސް ރިލްޒާންގެ ނިންމުން ނޭނގޭތީ އޭނަހުރީ ހާސްވެފައެވެ. ރިލްޒާން އައިގޮތަށް އައިސް ޝަހުޒާ ކައިރީ ހުއްޓެމުން ފަޒާންއަށް ބަލާލީ އޭނަގެ ނިންމުމަކީ މިއީއޭ ބުނާފަދައިންނެވެ. ފަޒާންގެ ހިތަށް ބުނެދޭން ނޭނގޭހާ އުފާވެރިކަމެއް ލިބުނެވެ. އެއާއެކު ޝިއާނާ އާއި ރިޒްނާވެސް އައިސް އެމީހުންނާ ދިމާކުރަން ފެށިއެވެ. ރިލްޒާން އަނބިމީހާއަށް ވަފާތެރިވުމަށް އަޒުމްކަނޑައަޅަމުން ޝިއާނާއާ ކުރިމަތިލިއެވެ. އޭނައަށް ވިސްނުނުގޮތުގައި ޝިއާނާ އެއީ ހަމައެކަނި އޭނަގެ ހިތްގެންދިޔަ އަންހެންކުއްޖާއެވެ. އެހެނަސް ޝަހުޒާއަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް އެހީތެރިވި ކުއްޖާއެވެ. އޭނަގެ އުފަލާއި ހިތާމަތަކުގައިވެސް އޭނައާ އެކުވީ ޝަހުޒާއެވެ. އޭނައަށް ލޯތްބާއި އޯގާތެރިކަން ދިނީވެސް ޝަހުޒާއެވެ. ވީއިރު އޭނަގެ ލޯބި އެންމެ ހައްޤުވާނީވެސް ޝަހުޒާއަށެވެ. ޝިއާނާއަކީ އެންމެ ދުވަހަކަށް އޭނަގެ ހަޔާތަށް އައި މެހެމާނެކެވެ. އަނެއްކާވެސް މާދަމާ އެހަޔާތުން ޝިއާނާ ދާނެއެވެ. އެކަމަކު އޭރުންވެސް އޭނައާއެކު ޝަހުޒާވާނެއެވެ. ތަޤުދީރުގައި އޭނަގެ ނަމާއެކު ލިޔެވިފައިވަނީ ޝަހުޒާގެ ނަންކަމަށް ނިންމައި ތަޤުދީރާއި އެއްކޮޅަށް އޭނަވެސް ނިންމީއެވެ. ތަޤުދީރު ތަދުބީރު ކުރެވޭނީ ކާކަށް ހެއްޔެވެ؟ އެހިތުގައި ޝިއާނާއަށް ދެވިފައިވާ މަޤާމު މުޅި ދުނިޔެއަށްވެސް ސިއްރުކުރާނީއެވެ. ޝަހުޒާގެ ލޯބިން އެހިތްފުރައިލާނީއެވެ. އެލޯބިން ކޮންމެވެސް ދުވަހަކުން އޭނަގެ ހިތުގައިވާ ޝިއާނާގެ ސޫރަ ފަޑުކޮށްލާނެއެވެ. އެހިތުގައި ޝިއާނާއަށްޓަކައި އުފެދިފައިވާ ލޯބީގެ މައްޗަށް ޝަހުޒާގެ ލޯބި ކުރިހޯދާނެއެވެ. ޝިއާނާއަށް ހިބައިން ދެވިފައިވާ އެހިތް ޝަހުޒާ ހާސިލްކުރާނެއެވެ. ރިލްޒާން އެނިންމުން ނިންމިއިރު އޭނަގެ ހިތްރޮނީއެވެ. ނަމަވެސް އޭނަގެ އުއްމީދަކީ އެނިންމުމުގެ ސަބަބުން މިއަދު އެހިތުން ކަރުނަ އޮހޮރިއަސް މާދަމާ އެނިންމުމާމެދު އެހިތް އުފާކުރުމެވެ. އެކިމީހުންނަށް ލޯބި ދައްކަނީ އެކިމަގެވެ. ލޯބި ހާސިލްކުރުމަށް އެކިމީހުން ދަތުރުކުރަނީ އެކިމަގުންނެވެ. އެއްބަޔަކަށް ލޯބީގެ ރާސްތާއެއް ކަމުގައި ވަނީ އުފަލެވެ. އެމީހުން ލޯބި ހާސިލްކުރަނީ އުފާވެރިކަމާއެކު ދުވަސްތައް ގުނުމަށްފަހުއެވެ. އަނެއްބަޔަކަށް އިންތިޒާރެވެ. އެމީހުންނަށް ލޯބި ހާސިލްވަނީ އެތައްދުވަހެއް ވަންދެން އިންތިޒާރުކުރުމަށް ފަހުއެވެ. ނަމަވެސް ރިލްޒާންއަށް ލޯބީގެ މަގު ދައްކައިދިނީ ކަރުނައެވެ. އޭނަވެސް އެހިތުގައި ޝަހުޒާއަށްޓަކައި ލޯބި އާލާކުރަން ބޭނުމެވެ. އޭނަގެ ނަސީބުގައި ލައްވާފައިވާ ލޯތްބަކީ ޝަހުޒާކަން މިއަދު އޭނައަށް ވިސްނިއްޖެއެވެ. އެހެނަސް އޭނައަށްޓަކައިވާ “ލޯބީގެ ރާސްތާއަކީ ކަރުނައެވެ.”

******ނިމުނީ******

Share Article

Follow Me Written By

Jai

Level 1

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 14

Next

އަލްމާޝް 22

Next
January 19, 2016

އަލްމާޝް 22

Previews
January 18, 2016

ލޯބިވާ މަންމާ މަގޭ.. 14

67 Comments!

  1. Jai says:
    January 19, 2016 at 12:09 pm

    elsa this is 4 u baby girl….. but no more challanges 😉 enjoy

    1. elsa says:
      January 19, 2016 at 5:33 pm

      hehe , yes , no more challenges . aslu hykury jai dhen nuliyaane kamah . i was so sad . ekam dhen varah happy vehjje , thnk u so so so much , this one is incredible , wow , varah varah rythi , once again thnk u crazy boy

    2. elsa says:
      January 19, 2016 at 6:07 pm

      hey jai . elsa dhen challenge eh nujahsaanan , but eba aadhe mihaaru baivaru challenges , hahahahaha . bllllll

    3. Jai says:
      January 19, 2016 at 8:34 pm

      elsa ehaa sad vefa huhtaa j kihineh elsa ge request reject kuraany ryt? aftrall u r da reason why i m in this site today. nd also as u knw others smile meanx alot to me. 🙂 so now smile n delete word sad frm ur dictionary. 🙂

  2. Elsa says:
    January 19, 2016 at 12:52 pm

    thankew jau darlar. love you too…???????????????

    1. elsa says:
      January 19, 2016 at 5:30 pm

      thy komme kujakas bunelan othy varah bodah thank u eiy elsa ge name ga cmnt kuryma . but eiyntha love u 2 kadaaladhy , plzz

    2. Jai says:
      January 19, 2016 at 8:28 pm

      u r most welcum elsa darlar. luv u more 😉

  3. Shyhaa says:
    January 19, 2016 at 1:06 pm

    Jai stry liyany hama ekani challange ah thr????Mi stry vex varah salhi….

    1. Jai says:
      January 19, 2016 at 8:35 pm

      so far yes shyhaa 😉 nd thanku 4 da cmplmnt..

  4. ken? says:
    January 19, 2016 at 1:10 pm

    ???

    1. Jai says:
      January 19, 2016 at 8:36 pm

      ???

  5. rayaan says:
    January 19, 2016 at 1:31 pm

    V salhi huwaa ???

    1. Jai says:
      January 19, 2016 at 8:37 pm

      thanku huwaa 🙂 🙂 🙂

  6. Angerl says:
    January 19, 2016 at 1:48 pm

    This story is Awsome!!! My life ge ebai kiyun hen hiivii!! Vrh rythi.. :* :*

    1. Jai says:
      January 19, 2016 at 8:38 pm

      thanku angerl…. ehn? glad to knw u like it…. 🙂

  7. nukko says:
    January 19, 2016 at 2:02 pm

    Omg……. jai jai jai 😮 😮 😮
    U r so talented jai.. hama rovijje… alhey alhey….. plz jai adhi vaahaka liyebaaa….. im luvin it…. 😀 challenge eh dheyn v dw nukko vs 😛 hehe aslu vs hama Varaaaaah habeyx….. thank you mikahala lwbi lwbi vaahaka eh genes dhinyma….. ok nukko vs challenge eh midheny…. adhi 1 vaahaka plxxxx plxxx plxx 😀
    Miss u bodukoh…tvgc v salaam 🙂 🙂

    1. Jai says:
      January 19, 2016 at 8:42 pm

      omg….. nukko nukki bukko…. 😉 i said no more challanges ey.. ehn noony konme kujjakah story eh liyan kanneyge jeheyny. nd why shud i write more whn u girls cry aftr reading it?? jxt smile… cox u girls r da real happiness of da world….tvgc.. salaam 🙂 keep smiling.

  8. Lai says:
    January 19, 2016 at 2:05 pm

    wowwwwww jai .. jst wowww .. hehe no wrds to say .. ehaa vess rythi.. i loved it .. v rythi v nice .. ekm mivaahaka kiyaafa v dhera vehje 🙁 .. dhn nuliyaanantha vaahaka eh j? .. hehe anehkaavess challange eh kohlan vy dhw 😉 hehehe .. .. .. . tgc jaii.. 😉 🙂 🙂 😀 <3 <3 <3 <3 <3

    1. Jai says:
      January 19, 2016 at 8:46 pm

      thanku lai….jxt thanku.. u girls r crazy seriously… story kiyaafa ves rony emotional barbies…. 😉 story liyeveyny kihineh lailathuu men ronya..hehe… bdw thanku 4 da lovely cmmnt. tgc laii 😉 🙂 🙂

  9. Shau says:
    January 19, 2016 at 2:27 pm

    Hei JAI stry was awesome… Challenge kuri kujjaa ves mihaaru v happy vaane kan yageen.. Adhivves ummeedhu kurany mikahala dhigu stry akah jai ge faraathun.. Best of luck to ur work jai…

    1. Jai says:
      January 19, 2016 at 8:49 pm

      hei SHAU thanku 4 reading it. ya she must b very happy dhw? bt shau??? dhigu vaahaka akah ummeedhu kuryma kihineh vaany? 😉 dnt expect too much.. 😉 thanku 4 da wish 🙂

  10. Inth Haim says:
    January 19, 2016 at 4:34 pm

    mi nueh hulhuvun

    1. Esfiya says:
      January 19, 2016 at 8:49 pm

      whats the issue?

    2. Inth Haim says:
      January 19, 2016 at 8:49 pm

      nw ok

  11. ina says:
    January 19, 2016 at 4:43 pm

    Boyyyyyyyyyy wowwwwwww…..haadha nice ey mi stry….uhun vrh nice kanneynge…..hehehe…..hama rovijje….thnks 4 Elsa dhw..hehehe……..dhn alhe stry eh nuliyaananthr boyyyyyy?????vrh touching…….

    1. Jai says:
      January 19, 2016 at 8:51 pm

      girllllllllll thankyouuuuuuuuu…. kanneyge dhw? if so yageen kohlaa ingey? 😉 ya u shud thank to elsa not me 😉

    2. ina says:
      January 19, 2016 at 10:10 pm

      Hehehe…how????

    3. Jai says:
      January 20, 2016 at 3:25 pm

      ask from ur heart…. 😉

  12. jas says:
    January 19, 2016 at 5:35 pm

    this story is awesome

    1. Jai says:
      January 19, 2016 at 8:53 pm

      thanku 🙂 u r so swyt 😉

  13. Lovely Xu says:
    January 19, 2016 at 7:26 pm

    Buneveyny v v v v furihama ey… vvvvvvv rythi…vvvvvvvvvvvv Delhi…..luv it , awsome…fun nthin ey buneveyny…keep it up… hope we ‘ll see more… Gud luck jai

    1. Jai says:
      January 19, 2016 at 8:56 pm

      ehn? thanku lovely xu 4 da lovely cmmnt. bt keep ur lovely hope widin in a lovely limit ingey? nd a lovely thanku 4 da lovely wish…. 🙂

  14. Lovely Xu says:
    January 19, 2016 at 7:27 pm

    Salhi*

  15. Maalu says:
    January 19, 2016 at 10:02 pm

    Wow wow wow vrh vrh vrh reethi…???? u r the best ??. This story is awsome????

    1. Jai says:
      January 20, 2016 at 3:27 pm

      hehe…. really mal? thanku swyty…. 🙂 m i the best? dhn u r the rest dhw? hehe… tgc

  16. sajix says:
    January 19, 2016 at 10:59 pm

    Jai..this story is awesome..v simple v nice v happy v sad n v perfect..love this story.plxxxxx ryt more n more..:)

    1. Jai says:
      January 20, 2016 at 3:29 pm

      hehe….. thanku sajix 4 da sweet sweet comment… tgc 🙂

  17. Rora says:
    January 19, 2016 at 11:48 pm

    Poor rilxaan. Alhey haadha dhera eii rilxaan ah v goii. I can image someone while reading dix. Jai its amazing. U r great

    1. Jai says:
      January 20, 2016 at 3:31 pm

      better luck next time rilxaan dhw rora? really? if so dat sumone must b very special 4 u 😉 anyway thanku rora nd yes u r great too… 🙂

  18. Ryn says:
    January 20, 2016 at 10:49 am

    omg… alheyy riley 🙁 so sad… bt vrh salhi… 🙁 n jai i jxt fyl tht its real i myn sumthin is thr mi stryga..sumthin which i dnt knw to say. pis…! .. jxt fyl ebahuhtey sum prts which r true… i hwp this wont happn in sha allah to anyone.. i myn -_- hwp get vaane kamah.. n its soo awsmmmm n ryn mihaaru lap ga save vx khfin jai ge two stry.. 😀 its simply amaaxin.. kyp it up… lukin frwrd to ryd a stry.. plxx sumone give him a challnge 😛 hehehe.. miss u tc 😉

    1. Jai says:
      January 20, 2016 at 3:36 pm

      hehe…crazy girl nubunanya hw do i knw? nd lap ga save kuryma kihineko vaany? fahun kiyantha save kury? 😉 u r totally crazy my prettiest… hehe… bdw i said no more challanges ey ok??? nd one more thing… DONT OVER THINK ingey pretty? tvgc. miss u too. 🙂 keep smiling

  19. maluudxxx says:
    January 20, 2016 at 3:08 pm

    Wowwwwwwww jai……..alhey mi stry is hama awesome…v nnice…..i loved mi story very n very much….dhen stry eh nuliyaanantha j?????jai liyaa stry thah hama v v habeys

    1. Jai says:
      January 20, 2016 at 3:39 pm

      thankyouuuuuuu maluudxxx 4 reading it. nd i loved ur comment very n very much…. dhenves story eh liyanvytha maluu?? 😉 hehe… tgc.

  20. shaba says:
    January 20, 2016 at 7:32 pm

    Jaiii………….
    Storryyy vvvvvv rythi… v touching… its jux simply wow… elsa plx give him one more challeng plx…..

    1. elsa says:
      January 21, 2016 at 3:36 pm

      hehehe , no more challenges eiy bunefa ohvaa dhen challenge dheykah nuvaane dw 😉

    2. Jai says:
      January 21, 2016 at 5:55 pm

      dhw elsa? elsa ei varah visney kujjekey ryt elsa? 😉 bdw shaba thanku 4 da swyt cmmnt. but u knw wat? ur name reminded me of sumone very special. i really really miss her…. 🙂

  21. Anonymous says:
    January 20, 2016 at 8:08 pm

    s

    1. Jai says:
      January 21, 2016 at 5:55 pm

      t 😉

  22. mystry says:
    January 20, 2016 at 8:10 pm

    wow….

    1. Jai says:
      January 21, 2016 at 5:57 pm

      really mystry??? hehe… 🙂 thanku dear…

  23. Lavna says:
    January 20, 2016 at 8:29 pm

    Hello jai. Long time no see hun? Hehe. Your story is just amazing. Im crying man. So emotional. Tell me something please. Jai this story is realated to ehkala ehkala motto and all those right? Correct tha? Just asking inge. But hope to see another story of yours ASAP. And this story vs my lai dhin chllng eh tha? BTW why cant i see any of the comments. It’s all blank. Or am i the first one to comment? Take good care. And will wish your sapnoki rani soon annaa ne kamah. Hehwhe.

    1. Jai says:
      January 21, 2016 at 6:03 pm

      ya miss u swyty.. 😉 is it??? bt dnt cry dude 😉 do u really think dat it is related to all that?? hehe… do one thing girl. DONT THINK TOO MUCH…. nop this one ix 4 elsa. cmmnt nufennany mayb ur eye problem…. 😉 go to the eye care 🙂 ohhh hope dat hurihaa suvaalakah ans kurevijje kamah… nd yea thnku 4 da lovely cmmnt tvgc. mere sapno ki rani kab aayege tu… dhw luv? 🙂

  24. Rora says:
    January 20, 2016 at 9:35 pm

    Hey jai I ve got no idea abt dat person. I mean no idea abt his name nthn. Jx can see him for few hrs for few days. Today wen i saw him rilxaan mathin hadhwwn v. Btw luking frwrd fr another great story.

    1. Jai says:
      January 21, 2016 at 6:06 pm

      really? no idea at all??? neva mind. next time whn u see him jxt go infrnt of him n ask his name nd everything ok?? 😉 but do remembr to tell me his name ingey cutie?? 🙂 tvgc.

  25. kennukbee says:
    January 21, 2016 at 3:27 pm

    Woww. Varah nice. Hama awesome beybey. Ur strys r awesome. Hama stry liyan fashan v . Dnt say ” no ” . Otherwise i vl strt crying??. Plx write. U r such a nice beybe dhw so u shoud listen to ur kokky n write a strymy luvly beybey ??☺

    1. Jai says:
      January 21, 2016 at 6:10 pm

      thankyewwww kokky. hama yagyntha start kuranvykan? 😉 so u left me no more choice ryt kokky??? bt dnt cry ehn noony beybe ves dheravaane… jxt show ur beautiful smile to the world… ok?? hehe.. tvgc kokky.

    2. kennukbee says:
      January 22, 2016 at 12:27 pm

      Ya hama strt kuran v 1000% sure. Plx strt. Plx beybey. N ya no more choice left. ??

  26. kennukbee says:
    January 21, 2016 at 3:29 pm

    Should*** shoud o

  27. Rora says:
    January 22, 2016 at 1:11 am

    Hey jai he is one of the invigilator exam hall ga.. Hw can I tok him..Bt knmx dhuwahakun nan igunyma will tell u for sure. Tvgc

  28. Janer_ersiph says:
    January 22, 2016 at 1:43 pm

    Best story ?
    Nice ?

  29. ravupinky says:
    February 10, 2016 at 4:14 pm

    hi jai……..your story is awesome jai….. this is so touching….i love this story…anyways i hope adhi vx jai ge story thah mi esfiya in fenna ne kamah…miss u…story v v reethi!!!…..really….!!!!

  30. REEM says:
    March 20, 2016 at 6:20 pm

    v v v v obi ingey..I enjoyed a lot..:D

  31. sumone says:
    December 31, 2016 at 9:41 am

    happy b dayy ..

  32. sumone says:
    December 31, 2016 at 9:42 am

    happy b dayy jai..

  33. Pretty here!! says:
    November 24, 2017 at 3:46 pm

    Hey jai! its been a long time. I still miss you ingey? and Yes waiting for 31 dec. Eventhough you wont be there this time like last time, i still will wish you (from my heart, hope it directly goes to ur heart) always remember that im here, im still here! Im always here! I hope you see this. and again hama mi storythah kiyaaly. your two stories. and I Swear To God this is awesome and so so so so loabi! I felt like i read it for the first time, i mean the same feeling hama. I really dont think it will happen but if u see this do reply! “i still am waiting!”
    waiting for a new story or a reply from you? Cx i miss you damn so much! and when i do i always end up reading the stories. Never had the courage to comment but today i just did! Love you.! miss u so much. And yes now im not mistakeeeeee girl cx i rarely do! 🙂 I hope one day we’ll meet? or something. Take care j!

  34. shal says:
    December 5, 2019 at 6:49 pm

    miss you ☹️❤️

  35. yourpretty says:
    September 26, 2020 at 8:50 pm

    Hi j. Its been days, years, I grew up. And you did too. Ikn these words wont reach you. I tried a lot to keep myself away from this, from your stories. But I still end up reading it. Its been years but I still miss you. I grew up, I am no more the mistakeeee girl. I started correcting em. I miss you. Thankyou for being one of the best during my teenage life. I regret not being able to say our last goodbyes. Always thought I would get over it, but I did not. Thankyou for being you.

Comments are closed.



All Right Reserved!