Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ނަފްސުގެ ނޫރު

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 10, 2025 4 Mins Read
8 Comments

ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގު ތަކުގައިވީ ހަމަ ހިމޭންކަމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ އެންމެން ވެސްވީ އަރާމު ނިންޖަކުން ނިދާލާފައެވެ. ހާލާއި ކޮވެލި ގޮވާ އަޑު ނޫން އެހެން އެއްވެސް އަޑެއް މަގު ތަކަކުންނެއް ނީވެޔެވެ.

ޖައްވުގައިވީ އެ ހަމަހިމޭންކަން ނައްތާލީ ފަތިސް ނަމާދުގެ މޫރިތި ކަލިމަތަކެވެ. އެވަގުތު ވެގެން ދިޔައީ އުމުރުން 23 އަހަރުގެ ޝިއާރާގެ ފޯނު ސޯނާވީ ވަގުތަށް ވެސް މެއެވެ. އާފުރިލަމުން އޭނާ ތެދުވެ އިށީނެވެ. މޯޅި އަކަށް ދެމިލާފައި ތެދުވެ ގޮސް ފާޙާނާއަށް ވަދެލިއެވެ.

އިރުކޮޅެއް ފަހުން ޝިއާރާ ނިކުތީ ފެންވަރާ ތާޒާ ވެލައިގެންނެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ އިތުރުން ފަތިސް ނަމާދު ކޮއްލާފައި ދެން އިނީ ޤުރްޢާން ކިޔަވާށެވެ. އިރުކޮޅަކު ޤުރްޢާން ކިޔަވަން އިނދެފައި ޒިކުުރު ވެސް ކިޔާލިއެވެ. ފޯނުން ރަޙްމާން ސޫރަތް ޖަހާލަމުން ޝިއާރާ ބަދިގެއަށް ވަދެ ބިސްގަނޑެއް އަޅާލިއެވެ. ސައިބޮއެލައިގެން ދެން ތައްޔާރު ވެލީ ޑިއުޓީއަށް ދިޔުމަށެވެ.

އުމުރުން 23 އަހަރުގެ ޝިއާރާއަކީ “ޓްރޯމާ ސައިކޮލޮޖިސްޓް” އެކެވެ. ޝިއާރާ މަސައްކަތް ކުރަނީ ރަށު ހޮސްޕިޓަލުގައެވެ. ސައިބޮއެލައިގެން ޝިއާރާ ދިޔައީ ހޮސްޕިޓަލަށެވެ.

ކަޅު ކުލައިގެ އަބާޔާއަކާ އެކު އަޅި ކުލައިގެ ޝޯލްއެއް އަޅާލައިގެން ހުރި ޝިއާރާއަށް މީހުންގެ ނަޒަރު ހުއްޓެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. ޝިއާރާއަކީ ރީތި ކުއްޖެކެވެ. އިސްކޮޅުން މާ ދިގު ނޫން ނަމަވެސް ކުރެއްވެސް ނޫނެވެ. މާ ފަލަ ނޫން ނަމަވެސް ހިއްކެއް ވެސް ނޫނެވެ. ކުޑަ ކުޑަ ދެލޯ އިތުރަށް ފުރިހަމަ ކޮއްދެނީ ދިގު އެސްފިޔަތަކެވެ. ފިޔާތޮށި ކުލައިގެ ފިނިފެން މަލެއް ފަދަ ކުޑަ ތުންފަތެކެވެ. ކުޑަ ކުޑަ ނޭފަތަކާއި ހިތިފަތު ބުމައެކެވެ. އެ ރީތިކަށް އިތުރަށް ފުރިހަމަ ކޮއްދެނީ ޝިއާރާގެ ވާތު ކޯތާފަތުގައި އިން ކަޅު ތިލައެވެ.

“ހެޕީ މެންޓަލް ހެލްތް ޑޭ” ޖަހާފައި “ސައިކޮލޮޖީ” ޑިޕާޓްމެންޓް ވަނީ ތައްޔާރު ކޮއްލާފައެވެ. އެތެރެއަށް ވަދެ ޝިއާރާ އެންމެނަށް ވެސް ހިނިތުންވެލިއެވެ. “ހެޕީ މެންޓަލް ހެލްތް ޑޭ” ޝިއާރާ ފެނުމުން މިއުނާ ބުނެލިއެވެ. މިއުނާއަކީ ޝިއާރާއާ އެކު މަސައްކަތް ކުރާ މުވައްޒަފެކެވެ. “ހެޕީ މެންޓަލް ހެލްތް ޑޭ” ޝިއާރާ ހިނިތުންވެލަމުން ބުނެލިއެވެ.

ޝިއާރާއަށް ހަމަ ޖެހިފައިވީ ކެބިންއަށް ވަދެ އޭނާ ހަމަ ޖެހިލިއެވެ. ފުންނޭވާއެއް ދޫކޮއްލަމުން ކޮންޕިއުޓަރ ހުޅުވާލައި ދުވަހުގެ ތާވަލު ބަލާލިއެވެ. “އައިޝަތް ރޭޝަމް ރަޝީދް” ފުރަތަމަ އިން ކްލައިންޓްގެ ނަން ޝިއާރާ ކިޔާލިއެވެ. ސެޝަން ފެށެން އޭރު އިނީ 3 މިނިޓްއެވެ. ޝިއާރާ ދެން ދިޔައީ “ތެރަޕީ” ކޮޓަރިއަށެވެ.

އިރުކޮޅެއް ފަހުން 16 ވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވަނެވެ. ކުއްޖާ ހިކި ކަމުން ހީވަނީ މަރުމައްޔިތެއް ހެންނެވެ. ދެލޯ ވަޅު ވަދެފައިވީ އިރު ތުންފަތުން ވަނީ ހަންފޮޅިފައެވެ. އަތުގެ ނިޔަފަތި ހަފާފައި ހުރި އިރު އަތުގެ ހުޅު ފޮރުވަން އެކުއްޖާ މަސައްކަތް ކުރާކަން ވެސް ޝިއާރާއަށް ފާހަގަ ވިއެވެ.

“ހޭ ޝަމް” އެކުއްޖާ އައިސް އިށީނުމުން ޝިއާރާ ވާހަކަ ދައްކަން ފެށިއެވެ. “ލައްބަ…” ރޭޝަމްގެ އަޑު ކިރިޔާ އިވުނު ކަމެވެ. “ކޮބާ… ފަށަމާ ދޯ؟ ޝަމް ކިހިނެތް ތަ؟” ޝިއާރާ ފެށީ ދުރުދުރުންނެވެ.

“ރަނގަޅެއް ނޫން” ރޭޝަމް ދުރުބަލާލިއެވެ. “އެއީ؟ ކިހިނެތް ވީ؟ ކީއްވެ ރަނގަޅު ނޫނީ؟” ޝިއާރާ ބަލާލީ ސީދާ ރޭޝަމްގެ ދެލޮލަށެވެ. އެދެލޮލުގައިވީ ވޭނެވެ. ވޭނާ އުދާހެވެ. “އެއީ ކިހިނެތް ވީ؟”

ރޭޝަމް ދޫކޮއްލީ ފިނި ނޭވާއެކެވެ. ހީވާ ފަދައެވެ. އެއްވާހަކައެއް ދައްކާ ދައްކާ އޭނާ ފޫހި ވެއްޖެއެވެ. ލައްކަ ދުވަހު ކެއްވެސް ކުރެވިއްޖެއްނުން ހެއްޔެވެ؟ “ޝަމް ބޭނުމީ މަރުވާން…”

“އެކަމަކު އެއީ ކީއްވެ ތަ؟” ޝިއާރާ ކެއްތެރި ކަމާއި އެކު އަނެއްކާ ވެސް ސުވާލު ކުރިއެވެ. “މިހާރު އޭނަ ވެސް ހުރީ ޖަލުގަ އޭނުން؟”

“ލައްބަ… އެކަމަކު… ހީވަނީ…” ރޭޝަމްގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅައިގަތެވެ. މެއަށް ފިތޭ ކަހަލަ އިހުސާސެއް ކުރެވުނީއެވެ. މޭގައި އަތް ޖައްސާލެވުނީ އެހެން ވެގެންނެވެ. ބޭނުންވީ ބާރަށް ހަޅޭ ލަވައިގަންނާށެވެ.

“ޝަމް ބޭނުމީ ރަނގަޅު ވާން… ދޮންބެ ޝަމްއާ ބެހުނީ… އެކަމަކު… ޝަމް ބޭނުމީ ދެން މިކަމުން އަރައިގަންނަން. ޝަމް ބޭނުމީ އެހެން ކުދިންހެން އުފާވެރި ދިރިއުޅުމެއް އުޅެން. ޝަމް ބޭނުން މިކަމުން އަރައިގަންނަން…” ރޭޝަމްގެ އަޑު ކުރެހުނެވެ.

ޝިއާރާއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ރޭޝަމްއަށް ކައުސެލިންގ ނަގައިދޭތާ މިހާރު 2 މަސް ވެއްޖެއެވެ. ހަގީގަތުގައި ވީ ގޮތް ރޭޝަމްގެ ދުލުން އެބުނީ އަދި ކިރިޔާއެވެ. “ބޭނުން ތަ އަދި ތަންކޮޅެއް ތަފްސީލުކޮށް ބުނަން؟” ޝިއާރާ އަހާލިއެވެ. ރޭޝަމް ބޯޖަހާލިއެވެ. “އޭރު ޝަމްއަށް 11 އަހަރު…” ރޭޝަމް ވާހަކަ ފެށީ ދުރުދުރުންނެވެ.

***

ހަވީރުގެ ވަގުތެވެ. އުމުރުން 11 އަހަރުގެ ރޭޝަމް އިނީ އޭނާގެ ކޮޓަރީގައެވެ. ޓެބްލެޓު ހިފައިގެން ވާހަކައެއް ކިޔަން އިން ރޭޝަމްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އެވާހަކައަށެވެ. ކަޅު ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި ކަޅު ހަރުވާޅެއް ލައިގެން އިން އިރު ރޭޝަމްގެ ބުޅި، ދިގު އިސްތަށިގަނޑު ވަނީ ގަތާލާފައި އެއްފަރާތަކަށް ވައްޓާލެވިފައެވެ.

ހިނދުކޮޅެއް ފަހުން ދޮރުގައި ޓަކި ޖެހުމެއް ވެސް ނެތި 14 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ވަނެވެ. “ޒާން؟” އިޒާން ފެނުމުން ރޭޝަމް ގޮވާލިއެވެ. އިޒާންއަކީ ރޭޝަމްގެ ތިމާގެ ކުއްޖެކެވެ. “ކޮބާ ކީއްކޮއްލަނީ؟”

އިޒާން އައިސް އިށީނީ ރޭޝަމްއާ ޖެހި ފިތިގެންނެވެ. “މީނީ ވާހަކައެއް ކިޔާލަން” އުނދަގޫވެފާ އިންނަމަ ވެސް ރޭޝަމް ހިނިތުންވެލިއެވެ. “އެހެން ތަ؟” އިޒާން ރޭޝަމްގެ އިސްތަށިގަނޑުގައި ހިފާލިއެވެ.

***

“ދެން އެހެން އިނދެގެން އޭނަ ޝަމްގެ މޭމަތީގައާ އެތަން މިތާގަ ބެހުނީ. ޝަމްއަކަށް ނޭނގުނު ހަދާނެ ނުހަދާނެއެއް. ގަބުވެފަ އިނދެވުނީ. ނޭނގުނު ކުރާނީ ކީއްކަމެއް ކަން ވެސް. އެހެން ކަން ކުރެވުނީމަ ކަންނޭނގެ. އޭނަ ކޮންމެ ދުވަހަކު ޝަމްގެ ހަށިގަނޑުގަ ބެހޭ. ހަމަ ބެހިލާން ވެގެން ގެއަށް އަންނަނީ ވެސް. ހިތްފުރުނީމަ ދަނީ. އެކަން އެހެން ތަކުރާރުވާތާ 6 މަސް ފަހުން ދެން ކެއްނުވީ. ދެން ޝަމް އުޅުނީ އަމިއްލައަށް މަރުވާން ވެގެން. ދެން އެއީ ކޮވިޑް ދުވަސްކޮޅަށް ވީމައާ އެކު ޝަމްއަކަށް ޑަކްޓަރަކަށް ނުދެއްކުނު. ޑަކްޓަރަށް ދެއްކުނީ 2021 ވަނަ އަހަރު. އޭރު ދެން މައްސަލަ ޖެއްސީ… އޭގެ ފަހުން އޭނަ ޖަލަށް ވެސް ލެވުނީ. އޭގެ ފަހުން ބޭސް ކާން. ހައްލެއް ނުފެނިގެން ދެން ޝަމް ކައުންސެލިންގ ނަގަން ފެށީ…”

ވާހަކަ ދައްކާ ނިމުނު އިރު ރޭޝަމްއަށް ގިސްލެވެޔެވެ. ނުރުއި ނަމަވެސް ޝިއާރާ ވެސް އިނީ އެފަދަ ހާލެއްގައެވެ. “ޝަމް.. ޝަމް ބޭނުން ތަ ރަނގަޅު ވާން؟” ޝިއާރާ އަހާލިއެވެ. “ޔެސް. ވަރަށް ވަރަށް ބޭނުން”

“ޝަމް… ދިރިއުޅުމަކީ އިމްތިހާނެއް. ދިރިއުޅުމުގަ ތިކަހަލަ އެތަށް ކަމަކާ ދިމާވާނެ. އެކަމަށް ޖެހޭނެ އަހަރެމެން ހިތްވަރުގަދަ ވާން. ޝަމް އަސްލު ހާދަ ހިތްވަރު ގަދައޭ. މިއަދު ޝަމް ތި ކިޔާދިނީނުން ހުރިހާ ވާހަކައެއް؟ ދެން އެހެންވެ އުޅޭ މިކަމާގެން ކުރިއަށް ދަމާ. މިހާރު މިއަދުގެ ސެޝަންގެ ގަޑި ނިމުނީމި. ދެން މިއަދު އެވާހަކަ ދެއްކުނީމަ ކުރެވުނު އިހުސާސް ފޮތުގަ ލިޔެލައްޗޭ އިނގޭ؟” ރޭޝަމް ގެންގުޅޭ ފޮތަށް އިޝާރާތް ކުރަމުން ޝިއާރާ ބުނެލިއެވެ.

“އަދި ދައްކަބަ” ރޭޝަމް އަތުން އެފޮތް ނަގަމުން ޝިއާރާ ކޮންމެވެސް އެއްޗެއް ލިޔެލިއެވެ. “އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ؟” ރޭޝަމް ބަލާލީ ޝިއާރާގެ މޫނަށެވެ. “ޔެސް… އިޓްސް އޯކޭ…” ޝިއާރާ ހިނިތުންވެލިއެވެ.

ރޭޝަމް ފޮނުވާލާފައި ޝިއާރާ ދިޔައީ ފާހާނާއަށެވެ. ފާހާނާއަށް ކިރިޔާ ވަދެވުނު ކަމެވެ. ވަގުތުން ޝިއާރާއަށް ރޮވިއްޖެއެވެ. ރޭޝަމްގެ ދިރިއުޅުން އަމިއްލަ ދިރިއުޅުމާ އަޅާ ކިޔުނީ އިންތިހާއަށެވެ. ޝިއާރާގެ ހަޔާތުގައި 4 ފިރިހެނުންގެ ޝިކާރައަށް 4 ފަހަރު މަތިން ވިޔެވެ. އެންމެ ފަހަރަކު ވެސް ޝިއާރާއަކަށް އިންސާފެއް ނުލިބުނެވެ. ޝިއާރާ ވެސް ނެގީ ކައުންސެލިންގެވެ.

“އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ. އިޓްސް އޯކޭ ޓު ނޮޓް ބީ އޮކޭ” އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝިއާރާ ބުނެލިއެވެ. ކަރުނަ ފުހެލާފައި މޫނު ދޮވެލައިގެން އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލިއެވެ.

“ޝިއާ ތިއީ ޓްރޯމާ ސައިކޮލޮޖިސްޓެއް. ޝިއާގެ ހުރިހާ ޓްރޯމާއެއް ގޯތްރޫ ކުރިހެން އެކުދިންގެ ޓްރޯމާ ގޯ ތްރޫ ކުރަން ޝިއާ އެހީވާނެ. ތިއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް ޝިއާ…” އަމިއްލަ ނަފްސަށް ޝިއާރާ ބުނެލިއެވެ. ފާހާނާއިން ނިކުމެގެން ދިޔައީ އެހެން ހަޔާތެއްގެ ވާހަކަ އެހުމަށް ތައްޔާރު ވެގެންނެވެ.

(ނިމުނީ)

ސައިކޮލޮޖީގެ ކޮންމެ ބަޔަކު މަސައްކަތް ކުރާ ހުރިހާ ފަރާތުންނަކީ ވެސް ކުޅަދާނަ ބައެކެވެ. އެމީހުންނަކީ ވެސް ދިރިއުޅުމުގެ އެތަށް ކަމެއް ތަހައްމަލް ކުރަމުން، ނުވަތަ ތަހައްމަލް ކޮއްފައިވާ ބައެކެވެ. އެއީވެސް އިންސާނުންނެވެ. ނަމަވެސް އަހަރެމެންގެ ކަންކަމުގައި އެހީވުމަށް އެމީހުން ތެދުވަނީ ހަލުވި ކަމާ އެކުގައެވެ. މިއަދަކީ “ވޯލްޑް މެންޓަލް ހެލްތް ޑޭ” ކަމުގައިވާތީ، މި ދުވަހުގެ ތަހުނިޔާ ތިޔަ ހުރިހާ ބޭފުޅުންނަށް އަރިސްކުރަމެވެ. ތިޔަ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް ވެސް އަހައްމިއްޔަތުކަން ދެއްވުމަށް ހަނދުމަފުޅު ކޮށްއަރުވަމެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވަފާތެރިމަވީމޭ 4

Next

އަބަދުވޭ ހިތުގާ މަގޭ 17

Next
October 11, 2025

އަބަދުވޭ ހިތުގާ މަގޭ 17

Previews
October 10, 2025

ވަފާތެރިމަވީމޭ 4

8 Comments!

  1. Riusha💙 says:
    October 10, 2025 at 5:27 pm

    Another 365 days explaining us that you are NOT JUST READING MINDS. Happy Mental Health Day to everyone who supports and lead the way to people who are and to people who have benn gone through mental problems!

    This story is also so beautiful shiherr.. Maasha Allah 💙💙
    Eagerly waiting for another story like this one
    Tc.. Lyy💙💙

    1. shihaamaa ali shihaamaa ali says:
      October 11, 2025 at 6:42 am

      💙💙💙💙
      Jazaakallah khairan dearr 🫶🏻
      Stay tuned for morr🥰 tc lyt

  2. 🦋 says:
    October 10, 2025 at 7:35 pm

    Shihaaaa alhe hama rangalhah ves rovihjje 😭 aslu psycholistun akee ves varah hiy varu gadha baeh dho.. kithemme meehehgge kithemme haa ves hiy dhathi vaahaka thah adu ahaafa hunnaane dho.. maa sha allah they are so hiy varu gadha😭 btw shihaa mi story ves hama varah reethi maa sha Allah.. vrh heart touching story eh allahumma baarik <3 waiting for you next kuru vaahaka….. 🙂
    Shihaa ves kiyavany psychology tha..?

    1. shihaamaa ali shihaamaa ali says:
      October 11, 2025 at 6:43 am

      Awlheyyyyy sorrryyy rovvaalevunyma😭😭😭 yess yess aslu ves there so strong allahumma baarik..
      Jazaakallah khairan dear❤️ in sha allah next weekend ga ehn kuruvahaka eh genessdheynan

  3. imko ♥️ says:
    October 10, 2025 at 9:34 pm

    I am also mental problem😭
    My stepdad touching my body 😭
    I complaine to police but they don’t help me 😭
    I am also taking counselling 😭
    But I can’t take easy 😭
    No one is like me because I am mental problem 😭

    1. shihaamaa ali shihaamaa ali says:
      October 11, 2025 at 6:45 am

      Awlheyy im so sorry to hear that🥺 but i am very happy to here your getting help❤️.. aslu vess mihr police aslu vrh alhaanulaane.. 😮‍💨
      Im veryyy sorry to hear that☹️ if you want someone to talk to, you can text me on instagram ❤️

  4. 🎭 says:
    October 10, 2025 at 9:35 pm

    Masha Allah mi vaahaka vrh reethi ✨😊
    Vrh asarugadha kiyaahithun kee vaahaka eh mee..rovijje😭
    Shiherr ge story thakuga vrh ginain mental health aa gulhey gothun aissfa hurikan faahaga vii…
    Baeh faharu hithah araa shiherr mee psychologist eh baa ey😅
    Psychology ah interest hunnnan feshee VX shiherr ge vaahaka thah kiyan feshifahun …
    Mikahala gina vaahaka thakeh kiyaalan libeyne kamah ummeedhu kuran 🤍🕊️
    Shiherr ge vaahaka akaa nulaa mihaaru dhuvas furihama vx nuvey…
    Waiting for another story….
    Keep it up👏👏
    I ge support IA abdhuvx shiherr ah libeyne..
    Btw, HAPPY MENTAL HEALTH DAY to everyone….

    1. shihaamaa ali shihaamaa ali says:
      October 11, 2025 at 6:46 am

      Jazaakallah khairan dearrr.. awwwhhhh sorrryyy rovvaalevunyma😭 but im glad you liked it hehe.. haha yess i love writing abt thosee.. aww glad to hear that🥰 yesyes in sha allah more to comee.. jazaakallah khairan dearrr ❤️

Comments are closed.



All Right Reserved!