
ތިޔައީ މަގޭ މިތުރާއޭ

ބައްޕާ… އަޅުގަނޑު… ބައްޕަގެ މުދަލުން އަޅުގަނޑަށްވާ ހިއްސާއިން 1 ލައްކަ ރުފިޔާ ލިބިދާނެތޯ…؟” ބިރުން އިން ނަމަވެސް ސަހަރް ބައްޕަ ގާތުން އެދުނެވެ. ސަހަރްގެ ބައްޕަ ހަލީމަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިން ތެރެއިން އެންމެ އުހުގައި ނަން ކިޔާލެވޭ މީހުން ތެރެއިން އެކަކެވެ.” ކަލޭ ކީއްކުރާ ރުފިޔާ އެއް… އެވެސް އެހާ ބައިވަރު. 19 އަހަރު ވަންދެން ބަލާ ބޮޑުކޮށް ކިޔަވާދިނީމަ އަދިވެސް އަހަރުމެންތަ ކަލެޔަށް ރުފިޔާ ދޭންވީ؟؟” ވައުޒާ ހަލީމްގެ ކައިރީ އިށީންނަމުން ބުނެލީ ރުޅިވެރި ރާގަކަށެވެ. ހަލީމްވެސް އެކަމާ އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ.” އެކަމަކު ބައްޕާ.. އެއީ އަޅުގަނޑުގެވެސް ހައްޤެއް ނޫންތޯ؟؟ އަޅުގަނޑުވެސް ބޭނުން އަމިއްލަ މަސައްކަތެއް ފަށައިގަންނަން….” އިސްޖަހާލަމުން ސަހަރް ބުނެލީ ބިރުން އިނދެއެވެ.
“ހައް… ކަލޭ!! އަދި އެވެސް ވިޔަފާރި؟؟ ތިކަހަލަ އެއްވެސް އެއްޗެއް ނޭނގޭ ގަމާރުން ނަކަށް ވިޔަފާރިއެއް ނުކުރުވޭނެ… ކަލޭ ޖެހޭނީ އެ މާލިކުގެ ދުވަސްވީ ދަރިޔާ އިންނަން…” ދޮން މަންމަ ވައުޒާ ހެމުން ބުނެލީ ސަހަރްއަށް މަލާމަތް ކުރާފަދަ ރާގެއްގައެވެ. “15 އަހަރު ބޮޑަކަސް އޭނަހުރީ ކަލެޔާ އިންނަން ތައްޔާރަށް…” ވައ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (5)
Comments are closed.
Dhevana episode ah inthizaaru kuran 😍
Thursday ga libeyne
Insha Allah
Part 2 is updated now. Decided to upload earlier
V reethi
Vaahakah varah reethi vaane hen heevany 😍🫶