Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 44

އެއްގަޑިއިރު ފަހުން މަޔާން ހޭއެރިއެވެ. ކައިލްގެ އެދުމަށް އެންމެ ފުރަތަމަ މަޔާންގެ ގާތަށް ވެއްދީ ލާރާއާއި މާޔަލްއެވެ. ކައިލް ވެސް އެމީހުންނާއިއެއްކޮށް ވަނެވެ. އެނދުގައި އިށީނދެލައިގެން މަޔާން ތަންތަނަށް ބަލަމުން ދިޔައިރު އޭނަގެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މަޔާންގެ މުޅި ހަށިގަނޑުވަނީ ބެންޑޭޖްކޮށްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޔަލްއަށް މަޔާން ފެނުމުން ދުވެލާފައި މަޔާންގެ އެނދު ކައިރިއަށް ދިޔައެވެ. “ބައްޕީ..” މާޔަލްގެ ތުއްތު އަޑުން ގޮވައިލިއެވެ. މަޔާން ހައިރާންވެފައި މާޔަލްއަށް ބަލައިލިއެވެ. “ތީ ކޮން ކުއްޖެއް؟” މަޔާން އަހައިލިއެވެ.

***ޕާޓް 44***

މަޔާންގެ ސުވާލުން މާޔަލްގެ ދެލޯ ފުރި ބާރުވެގެން ދިޔައެވެ. “ބައްޕީ މިއީ ޔާލުއޭ..” ރޮވިފައި ހުރެ މާޔަލް ބުންޏެވެ. މަޔާންގެ ސުވާލުން ކައިލް ވެސް ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. “ބައްޕި ޔާލު މަތިން ހަނދާން ނެތުނީތަ؟..” މާޔަލް ރޮމުން މަޔާންގެ އެނދާއި ކައިރިވެ މައުސޫމް ގޮތަކަށް ސުވާލު ކުރިއެވެ. މަޔާން އެއްޗެކޭ ނުބުނެ މާޔަލް ނަގާފައި އޭނަ ކައިރީ ބޭންދިއެވެ. “މްމްމ ކިހިނެތްތަ ހަނދާންނެތޭނީ.. މިއީ ބައްޕިގެ ފިޔުޗާ ޕޮލިސްމޭންއެއްނުން.. ޔާލުއާ ސަމާސާ ވެސް ބައްޕިއަކަށް ނުކޮށްލެވޭނެތަ އަޅެ.. ހާދަ އަވަހަކަށްށޭ ދޯ މި ރޯން ފެށީ.. ހަމަ ބޮޑު ބޭބީއެކޭ ދޯ މިއީ..” ލާނެތް ހިނިތުންވުމަކާއިއެކު މާޔަލްގެ ކޯތާފަތުގައި ހުރި ކަރުނަތައް ފޮހެލަމުން މަޔާން ބުންޏެވެ. މާޔަލް ވަގުތުން ލޯއަޅައިލިއެވެ. “ބައްޕި ހާދަ ގޯހޭ..” ތުންކޮޅު އޫކޮށްލައިފައި ހަށަންބަދެގެން އަނެއް ފަރާތަށް މާޔަލް އެނބުރުނެވެ.

“ޔާލު ބައްޕި ދެކެ ރުޅިއްޔާ ބައްޕި އަނެއްކާ އެ ބޭޑް ގާއީސް ކައިރިއަށް ދާންވީ ދޯ..” މަޔާން ހިނިއައިސްފައި ބުންޏެވެ. ކުއްލިއަކަށް މާޔަލް މަޔާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. މަޔާންއަށް ހަށިގަނޑުގައި އަޅާ ވޭނުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެހެންނަމަވެސް މާޔަލްގެ ކުޑަ ހަށިގަނޑުގައި ދެއަތް ވަށައިލިއެވެ. “ނުދެވޭނެ ދެން ދުވަހަކު ވެސް ބައްޕިއަށް ޔާލުއާ ދުރަށް.. ޔާލު ހުންނާނީ ބައްޕި ގައިގަ ހިފައްޓައިގެން..” މާޔަލް މައުސޫމު ގޮތަކަށް ބުންޏެވެ. މަޔާންގެ ގާތަށް މާޔަލްގެ ވާހަކައިން ހިނިއައެވެ. “ޔާލު ބައްޕިއަށް ވަރަށް ތަދުވާނެ ތިހެން ހެދީމަ.. އަވަހަށް ދޫކޮށްލާ..” މަޔާންއާއި މެދު ކަންބޮޑުވެފައި ހުރެ ކައިލް ބުންޏެވެ. މާޔަލް އެއާއެކު ދުރުވެލިއެވެ.

މަޔާންއަށް އެނދު ކައިރީ ހުރި ލާރާއަށް ބަލައިލެވުނެވެ. އޭރު ލާރާ ވެސް ހުރީ މަޔާންއާއި ދިމާލަށް ބަލާށެވެ. އެހެންނަމަވެސް އެ ބެލުމުގައިވީ ދުރުކަމެވެ. އެކަން އިހްސާސްވުމުން މަޔާންގެ ހިތަށް ތަދުވިއެވެ. ފޯނުން ވާހަކަ ދެއްކިއިރު ލާރާގެ އަޑުގައިވި ދުރުކަން މަޔާންގެ ހަނދާނަށްއައެވެ. އޭނައަށް ކުރެވުނީ ކީއްބާއޭ މަޔާންގެ ހިތަށްއެރިއެވެ. ލާރާގެ ބަނޑަށް ހަތް މަސްވެފައިވުމުން ލާރާގެ ބަނޑު ހުރީ ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ހެދުމުން ފާޅުވެފައެވެ. ލޫޅާފަތި އެ ހަށިގަނޑުގައި މިހާރުވަނީ ކޮންމެ ވެސް ވަރަކަށް މަސްޖަހާލާފައެވެ. އަޅާފައިވާ ކަޅު ކުލައިގެ ޝޯލްއިން ލާރާގެ ދޮން މޫނު ފެނިގެންދަނީ ހަނދެއް ފަދައިންނެވެ.

މާޔަލް ފައިބަން އުޅުނުއިރު މަޔާންގެ ވާއަތު ފައި އޮތް ދިމާލުން ފޭބުމުން، ތަދުނުވީތީވެ މަޔާން ހައިރާންވިއެވެ. އެ ފަޔަށް އެ ގޭންގު މީހުން ވަޅި ހެރިކަން އޭނައަށް އެނގެއެވެ. އެ ފައި ހަރަކާތް ކުރަން އުޅެ އުޅެ މަޔާންއަށް އެ ފައިގެ އިހްސާސްއެއް ނުވިއެވެ. މަޔާން ކުއްލިއެއް ޖަހައި ބެޑްޝީޓް އެއްފަރާތްކޮށްލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަގެ ފައިގެ ފަލަމަސްގަނޑުން ތިރިއެއްނެތެވެ. އެބައި ވަނީ ބެންޑޭޖްކޮށްލެވިފައެވެ. މަޔާންގެ ހަރަކާތުން މާޔަލްއަށް ވެސް ސިހުމެއް ލިބުނެވެ. މަޔާންގެ ފަޔަށްވެފަ އޮތް ގޮތް ފެނުމުން މާޔަލްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. “ލާރާ، ޔާލުއާއެކީ އެހަށް މިތަނުންދޭ..” ކައިލް އަވަސް އަވަހަށް ބުންޏެވެ. ލާރާ އަވަސް އަވަހަށް މާޔަލްގެ އަތުގައި ހިފާލަމުން އެތަނުން ނިކުތެވެ.

އޭރު މަޔާން ދިޔައީ ފުންކޮށް ނޭވާލަމުންނެވެ. “ކައިލް.. އަހަ.. އަހަރެންގެ ފައި ކޮބާ؟؟” ތުރުތުރުއަޅާ އަޑަކުން މަޔާން އަހައިލިއެވެ. މަޔާންގެ ހަށިގަނޑަށް ގުޅައިފައިވި މެށިންތަކުގެ އަޑު ބާރުވަމުން ދިޔައެވެ. އޭނަގެ ޕަލްސް ރޭޓާއި ބީޕީ މަތިވާ ތަން މެށިނުން އަންގަމުން ދިޔައެވެ. “ޔާން ހަމަޖެހިބަލަ..” ކައިލް މަސައްކަތް ކުރީ މަޔާން ހަމަޖެއްސޭތޯއެވެ. “ހަމަޖެހޭށޭ؟؟ ބަލަ މަގޭ ފައި ކޮބާހޭ؟؟ ކަލެމެނަށް ކޮން ހައްގެއް އޮތީ މަގޭ ފައި ބުރިކުރަން..” މަޔާން ހަޅޭއްލަވައިގަތެވެ. މެށިންތަކުގެ އަޑަށް ޑޮކްޓަރުންނާއި ނަރުހުން ދުވެފައިއައެވެ. މަޔާން އެމީހުންނާއި ދިމާލަށް ހަޅޭއްލައިވައި އެއްޗެހި ކިޔަން ފެށިއެވެ. އޭނަ އެނދުން ފުންމައިލަން އުޅުމުން ޑޮކްޓަރު އައިވީއަށް ސެޑޭޓިވް ޑްރަގްއެއް ފޮނުވައިލިއެވެ.

މަޔާންގެ ލޮލަށް ހިނދުކޮޅެއްގެ ތެރޭގައި ބަރުވެގެން ދިޔައެވެ. އޭނަގެ ހަށިގަނޑަށް އެރި ބާރު ކެނޑި އެނދު މައްޗަށް ދެމުނެވެ. “އިޓްސް އޯކޭ.. އެކަހަލަ ރިއެކްޝަންއެއް އަންނާނެ ކަމަށް އަޅުގަނޑުމެން ތައްޔާރުވެގެން ތިބީ..” ޑޮކްޓަރ މަޑުމަޑުން ބުނެލިއެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހައިލިއެވެ. ކައިލް ނިކުތުމުން އާއިލާގެ އެހެން މީހުން މަޔާންގެ މޫނުބަލައިލަން ވަނެވެ.

“ދޮންބެ ހަޅޭއްލެވީ ކީއްވެ؟” ކައިލްއާއި އެކެނިވެވުމުން މައިރީން ސުވާލުކޮށްލިއެވެ. “އެމްޕިޔުޓޭޓްކޮށްފަ އޮތް ލެގް ފެނުނީމަ.. ހީ ވޯޒް އިން ޝޮކް..” ކައިލް ޖަވާބުދިނެވެ. މައިރީން ބޯޖަހައިލިއެވެ. “ވަރަށް ބޮޑު ކަމެއް އަހަރުން ކުރަން އެބަ ޖެހޭ… މަޔާންއާއެކު އައި ކުއްޖާގެ އެއްވެސް މައުލޫމާތެއް އަހަރެމެންނަކަށް ނޭނގެ.. އެހެންވެ މި އާއިލާއިން އެކުއްޖަޔާ ހަވާލުވާން ޖެހޭނީ.. ބިކޯޒް ޝީޒް ނޮޓް އިވެން އެއިޓީން ޔެޓް…” ކައިލް ލަޔާޝާގެ ވާހަކަ މައިރީންއަށް ކިޔައިދިނެވެ. ކައިލްގެ ވާހަކަތަކަށް މައިރީން އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

އިރުކޮޅަކު މަޑުން ހުރުމަށްފަހު މައިރީން ކައިލްއާ ސުވާލެއްކޮށްލިއެވެ. “މިކޮޅު ކޯޓުން ދޯ އެ ގޭންގު ކަންތައް ނިންމާނީ؟” މައިރިން އަހައިލިއެވެ. “ޔެއަހ.. އެކަމް އެ ގޭންގުން ހިފެއްޓި ދިވެހިން ގެންދާނީ ރާއްޖެއަށް.. އަހަރެންގެ ހިތަށް އަރާ މިކޮޅުން އެމީހުން ވެސް ނިންމާނެނަމައޭ.. ރާއްޖެއަށްވުރެ ޕަނިޝްމެންޓްސްގަ މިކޮޅުން އަނިޔާވެރިވާނެ.. އެކަހަލަ މީހުންނަށް އެއްޗެއް ވިސްނޭނީ އަނިޔާވެރިވީމަ..” ކައިލް ކަޅި އަނބުރައިލަމުން ބުންޏެވެ. “ދޮގެއްނޫން..” މައިރީން ބުންޏެވެ. “ސޯ ޓައިނީ ކިޔާގެ ކޭސް ދޫކޮށްލާފަ މަޔާން އެންޑް މި ގޮތް ނޭނގޭ މަންޖެގެ ކޭސްއާގެން ކުރިއަށް ދާންވީނުން..” ކައިލް އެއްބުމަ އަރުވައިލަމުން ބުންޏެވެ.

މައިރީން ލޯކުޑަކޮށްލަމުން ކައިލްއަށް ބަލައިލިއެވެ. “ނައިސް ޓްރައި އެކަމް ކިޔާގެ ކޭސް ނިންމާފަ އެހެން ކަމަކާ އުޅޭނީ.. އޯހް ވެއިޓް އައި ކޭން މަލްޓި ޓާސްކް..” މައިރީން އެއްމިޔަކަނުން ހީލަމުން ބުންޏެވެ. “މިހާރު ވެސް ޓައިނީގެ ފުރާނައަށް ފެންބޮވާގަނެފަ ހުރި މީހުން މަދީތަ ދެ ކޭސް ހިފަން ތިއުޅެނީ.. އަނެއްކާ ހިލިހިލާ ޖަހާފަ ބަހައްޓަންވީ ދޯ..” ކައިލް ދެ ބުމަ ކައިރިކޮށްލަމުން ބުންޏެވެ. މައިރީން ތުން ދަމައިލިއެވެ. “މްމް ކައިލް ތިހުރީނުން މައި ޕްރޮޓެކްޓް ކުރަން..” މައިރީން ދަތްކޮޅުދައްކައިލަމުން މައުސޫމު ގޮތަކަށް ހީލާފައި ކައިލްގެ މުލައްދަނޑީގައި އެލިގަތެވެ. މައިރީންގެ އަމަލުން ކައިލްގެ ދެލޯ ބޮޑުވިއެވެ. މިއީ އިސްވެ އޭނައާއި ޖެއްސުމެއް ކުރަންނޫނީ އޭނަ ގައިގަ މައިރީން އަތްލި ފުރަތަމަ ފަހަރެވެ.

“ޓައިނީ އަހަރެން ސެޑިޔުސްކުރަން ބޮލަށް އައި ފުރަތަމަ ތަނަކީ ހޮސްޕިޓަލެއްތަ؟” ލާނެތް ރާގަކަށް މައިރީން ލަދުގަނުވާލަން ކައިލް އަހައިލިއެވެ. މައިރީން ލޯ އަޅައިލައިފައި ކައިލްގެ އަތުގައި ހުރި އިސްތަށިތަކަށް ދަމައިލިއެވެ. “އައޫ އައުޗް.. މީނަ މަންމަ ކައިރީ ބުނާނީ މަށަށް ހަމަ އަނިޔާ ކުރަނިއްޔޭ..” ކައިލް އަވަސް އަވަހަށް މައިރީންއާއި ދުރުވެލަމުން ބުންޏެވެ. ކައިލް އޭނައާއި ދުރުވުމުން މައިރީން އަނެއްކާ ވެސް ކައިލް އާއި ކައިރިވިވާން އުޅުނެވެ.

އެހެންނަމަވެސް މައިރީންގެ ހަރަކާތަށް ހުއްޓުމެއް އައީ ކައިލް އަމިއްލަ ހަށިގަނޑުގައި ބައްދާލަމުން ބުނެލި ޖުމުލައިންނެވެ. “އޭތް އަހަރެންނާ ދުރުގަ ހުރޭ.. އެހެންނޫނީ ރޭޕްއޭ ކިޔާ ހަޅޭއްލަވައިގަންނާނަން..” ކައިލްގެ ޖުމުލައިން މައިރީންގެ ދެ ކޯ ރަތް ލޭކޮޅަކަށް ބަދަލުވި ފަދައެވެ. ލޯ އަޅާއިލަމުން މައިރީން އަވަހަށް އޭނަގެ މައިންބަފައިން ގާތަށް ދިޔައެވެ. މައިރީން ދިޔަތަން ބަލަން ކައިލް ހުރީ އެއްމިޔަކަނުން ހީލައިގެންނެވެ.

ޔާދިން އިނީ ދެބުމަ ގޮށްޖަހައިލައިގެން އޭނަ ކާންއަޅާފައި ހުރި ތަށްޓަށް ބަލާށެވެ. ދުންޔާދެކެ ރުޅިއައިސްގެން ކުޑަ ކުޑަ ޕާސްޓާކޮޅެއް ތަށްޓަށް އަޅައިގެން އިނދެ އެއް ސަމްސާ އަނގަޔަށްލެވުމުން، އޭގެ މީރުކަން ޔާދިންއަށް އިހްސާސްވިއެވެ. އެހެންނަމަވެސް އެކަން ދުންޔާއަށް އަންގާކަށް ޔާދިން ބޭނުމެއްނުވިއެވެ. “ދިން ސެލެޑްކޮޅު ކާލަބަލަ.. ހެލްތީކޮށް ކެއީމަ އަވަހަށް ރަނގަޅުވާނީ ވެސް..” ދުންޔާ ވިސްނަދޭ ފަދައިން ބުންޏެވެ. “ދުންޔާގެ ފްރެންޑް ޑޮކްޓަރުތަ ތިހެން ބުނީ..” ދުންޔާއަށް ބަލައި ވެސް ނުލައި ޖެއްސުމުގެ ރާގަކަށް ޔާދިން އަހައިލިއެވެ. “ހޫމްމް ދިން ޖެލަސްވީތަ؟” ދުންޔާގެ ރާގު ވެސް މިފަހަރު ހުރީ ޔާދިންއާ ޖެއްސުން ކުރާ ފަދައަކުންނެވެ. ދުންޔާ އެހެން ބުނުމުން ޔާދިންގެ އަނގަ ހުޅުވުނެވެ.

“އަހަރެން؟ އެ ޑަކްޓަރު ދެކެ ޖެލަސް؟ ހުހް ވާނެކަމެއްނޫން.. އޭނަ ހީވަނީ ދިގު އެންޓެނާގަނޑެއްހެން.. ފާޑެއްގެ ކާފަގަނޑެއްހެން އިސްތަށިގަނޑު ނުރަ ވެސް ޖަހާފަ އެ ހުންނަނީ..” ޔާދިން ކުދި ކިޔައިގަތެވެ. “އެހެންތަ އަހަރެންނަކަށް ނޭނގެ އޭނަގެ ބޮލުގަ ނުރަ ޖަހާފަ ހުންނަ ކަމެއް.. ހާދަ ވަރަކަށްށޭ ދޯ ދިން އޭނައާ ދިމާލަށް ތި ބެލީ..” ލާނެތް ފާޑަކަށް ދުންޔާ ބުންޏެވެ. ޔާދިން ކަޅި އަނބުރައިލިއެވެ.

ދުންޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަގެ ފޯނުން ޑޮކިޔުމެންޓެއް ޔާދިންއަށް ދައްކައިލިއެވެ. “އެއީ އަހަރެންގެ ޓީޗާރއެއް.. އިތުރަށް ކިޔަވަން ބޭނުންވާތީ ޑިޔުޓީ ނިމުނީމަ އޭނަ ކައިރިން ދަސްކުރަނީ.. އައި އެޕްލައިޑް އެމް.އެން.ޔޫއަށް.. އެންޑް އައި ގޮޓް އިން.. އެހެންނޫނަސް އޭނަގެ ވައިފްއަކާ ޓޫ ކިޑްސް ހުރޭ..” ދުންޔާ ބުނެލިއެވެ. ޔާދިންއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. “ކުރިން ވެސް ތިހެން ބުނެލިނަމަ.. އެނީވޭ ކޮންގްރާ..” ޔާދިން ނުވާކަމަކަށް ހަދައިލަމުން ބޯކަހައިލިއެވެ. “ދިން ހާދަ ޖެލަސްއޭ ދޯ..” ދުންޔާ ދިމާކުރަން ފެށިއެވެ. “ވަން މޯރ ވޯރޑް އެންޑް އައިލް އީޓް ޔޫ ފޯރ ޑެޒާރޓް ލިޓްލް ބާރޑް..” ދުންޔާގެ ދުލުގައި ތަޅެއްލެވުނު ފަދައެވެ. އަވަހަށް މޫނު އަބުރައިލާ ދުރުބަލައިލިއެވެ. އޭރު އޭނަގެ މޫނަށް ހަށިގަނޑުގައިވާހާ ލެޔެއް ޖަމާވެފައިވާ ފަދައެވެ.

އަލިޝްކާ އޮފީހަށް ވަތްއިރު ޔަޝާލް އޮތީ މޭޒުގައި ބޯއަޅައިގެން ނިދިފައެވެ. މި ދުވަސްކޮޅު ޔަޝާލް މުޅިން ވެސް އަންނަނީ އަތް ދިގު ޓާރޓަލް ނެކް ސްވެޓާ އާއި ފަޓުލޫނު ލައިގެންނެވެ. ޔަޝާލް ކޮންމެ ވެސް ކަމެއް ސިއްރު ކުރާ ކަން އަލިޝްކާއަށް ވަނީ ޔަގީންވެފައެވެ. ޔަޝާލްގެ ލޯކައިރި ވަނީ ކަޅުވެފައެވެ. ކުރިއަށްވުރެ ހިކިހެން ޔަޝާލްއަށް ބަލައިލުމުން ހީވެއެވެ. އޭނަގެ ފިޔާތޮޅިކުލައިގެ ތުންފަތް ވަނީ ކުރަކިވެފައެވެ.

ޔަޝާލްގެ އަތުގައި ކޮއްޓައިލުމުން އަތް ފޮޅުވައިލުމަށްފަހު އަނެއްކާ އަނެއް ފަރާތަށް އެނބުރުނެވެ. އެއާއެކު ދަނބުކުލައިގެ އަތެއްގެ އިނގިލިތަކެއް ފަދައިން ޔަޝާލްގެ އަތުގައި ވަކި ހިއްޕާލާފައިވާ ނިޝާން އަލިޝްކާއަށް ފެނިގެން ދިޔައެވެ. އަލިޝްކާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެންނެވެ. އެވަގުތު ޔަޝާލްގެ ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު ޓަކިޖެހުމެއް ނެތި ބާރު ބާރަށް ޒާއިދު ވަދެގެންއައެވެ.

ޔަޝާލްއާއި ދިމާލަށް ގުދުވެގެން އޮތް އަލިޝްކާ ފެނުމުން ޒާއިދުގެ މޫނުމަތި ބަނަވެގެން ދިޔައެވެ. “ޒާއިދު؟؟ މިތާ ކީއްކުރަނީ؟؟؟” ސުވާލުން ފުރިގެންވި ރާގަކަށް އަލިޝްކާ އަހައިލިއެވެ. “މަށަށް މަގޭ ބޮޑުބޭބޭ ކިޔާ މީހެއް ކައިރިއަށް އާދެވޭނެދޯ.. ކަލޭ ކީއްކުރަނީތި؟” ޒާއިދު ރުޅިވެރި ރާގަކަށް އަހައިލިއެވެ. “ބޮޑުބޭބެ އޭ؟؟” އަލިޝްކާގެ ދެލޯ ބޮޑުވިއެވެ. “ހޫމް ބޮޑުބޭބެ.. ކިހިނެތްވީ؟” ޒާއިދު މަޑުމަޑުން އަލިޝްކާއާއި ދިމާލަށް ފިޔަވަޅުއަޅަން ފެށިއެވެ. އަލިޝްކާ ބިރުން ދޮރުން ނިކުންނަން މިސްރާބު ޖެހިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ ޒާއިދު އޭނަގެ ކުރިމައްޗަށް އެރުމުންނެވެ. ޒާއިދުގެ މޫނުމަތީގައި ކުރަހާލެވިފައިވަނީ ނުލަފާ ހިނިތުންވުމެކެވެ.

“އަހަ ކޮންތާކަށް ދާން ތިއުޅެނީ.. ތިހާ ލޯބިކުދިން ނުވާނެއެއްނުން އެހާ ގޮތްދޫނުކުރާކަށް.. މި ޔަޝާލްއަކާ ހުރެ މަށަށް އައިނާއަށްށާ ކަލެޔަށް ކަމެއް ނުކުރެވިގެން މިއުޅެނީ.. ކަލެމެން ދެމީހުންދެކެ ވަރެއްގެ ލޯތްބެއް އޭނަ އެ ވަނީ ހަހަހަ..” ޒާއިދު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “ކަލޭ ކޮންކަމެއް ބޭނުންވަނީ؟ ތިއީތަ ރައްޔިތުންގެ އިތުބާރު ހިފޭ މަގާމްތަކުގައި ހުރެގެން ގަންނަން އެނގޭ ގަނޑަކީ..” އަޑަށް ރުޅިވެރިކަން ވެރިކޮށްލަމުން އަލިޝްކާ އަހައިިލިއެވެ. “ހެހެ ބައެއް ފަހަރު އަތް ހަޑި ވެސް ކޮށްލަންޖެހޭނެ ދޫންޏާ.. އަބަދު ބަސްއަހައިގެން ރޫލްސްތަކަށް ކިހިނެތް ފޮލޯ ކުރާނީ؟ މަޖާ ވެސް ކޮށްލަން ވާނެއެއްނުން..” ޒާއިދު މަލާމާތުގެ ރާގަކަށް އެހެންބުނުމަށްފަހު އަލިޝްކާއާއި ދިމާލަށް ފުންމައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. Aanaa

    Masha allah mi part vs vrh reethi
    IA doc ah dhahkaign aissa bodu bodu cmnt eh kohlaanan
    Lyy🫶🏻

    1. Maash
      Aanaa

      Thankyouu darll.. I’m Happy u liked itt.. Can’t wait hehe.. Love u moree darll💜🦋

  2. Anonymous

    wow varah reethi mi part vx x when is the next part will came??

    1. Maash
      Anonymous

      Thankyouu darll.. I’m Happy u liked itt.. Thursday noony fridayga insha allah💜🦋

  3. Mariam

    Omg Mayaan ge mem lost eh nuvey alhamdhulillah. Alhey laara and Mayaan dhuru nukurachey. Laara ah Adhi visneyne kanne. Mi mai and kail dhw Hospital ga vx Egothah dhw ulheny hahahahahah soo cutesyyy 😄. Soo yaadhin Haadha jealous veyey dhw aslu hahah. And what is zaaidhu trynna do 😭😭. Anyways Vrh reethi mi part vxx masha Allah ❤️
    Curiously waiting for the next part. I appreciate your hard work 💐 ❤️

    1. Maash
      Mariam

      Hehe yess mayaan kudakoh prank kohli e.. Lets see dhw vaa goii.. Kail aa maii ei dhen very chaotic hehe.. hmm yaadhin is really jealous.. Lets see whats zaaidhu gonna do dhww..
      Thankyouu darll.. I’m Happy u liked itt.. Thursday noony fridayga insha allah.. Appreciate ur lovely comment💜🦋

  4. Thiththi

    Naseebakun han’dhaan thakeh nugelley dhoa! Thiyakahala samaasaa kuraakah nuvaane! Molhuvaan hadhaigen zaaidhu malhi egga bedhen ulhey vaththaru jahanee! Hama inthizaaru gai!!

    1. Maash
      Thiththi

      Hehe yess mayaange hadhaan thakeh nudhey.. hingaa balama zaaidhu ah vaa goii dhw.. Thursday noony fridayga insha allah..💜🦋

  5. Shiu💜

    Mi part vx varah Reethi Masha Allah.
    I knew It, Mayaan was pretending to lose his memory. 😅
    Oh Nooooo, Mayaan fayah v goiyy dhw😭💔
    Laara ah visnai dhechey.
    Mai and Kail hospital thereyga vx ulhey goiyy dhw 🤣
    Yaadhin haadha jealous veyey 🤭
    Zaaidh E ulheny keekuran baa Alishka ah ?? 🤔
    Curiously waiting for the next part💗
    Lysm Maash 💜

    1. Maash
      Shiu💜

      Thankyou soo muchh.. I’m happy u liked it.. Haha congrats on guessing thatt..
      Haha yess maii men dhen abadhuvx ehenehnun ulheny..
      hehe yess yaadhu is jeaousy ge king..
      Lets see what zaaidhu does to alishka dhww..
      Thursday noony fridayga insha allah..
      Love you moree darll💜🦋

  6. Arrmyy gurrl

    Maarrsh alheyy nasybehnu mayaan ge memory lost nuvaakann.. 💜🖤💜
    At the same time so so sad cuz his left leg dhww😭😭😭.. Aaahh.. Gain hybihi nagaalaifi ethankolhu kiyaafa..
    Alhey.. Laara ah e photo n msg thakaky lie eh kan ingeyne nama.. Laara ah ekan avahah angahcheyy.. I dont want emyhun dhuru kuraakah.. Plzzz😭😭😭
    Mai vx dhww hospital ga viyya.. Kail kaarin mai dhaskuraany hahthahaa laanei vaan.. Kail vx mai kaarin dhaskuraany thoahcheyy.. Ey varehge dhe myhun.. Sahaadhey 🤣😂🤣😂
    Dhin n dhooni vx vrh cutee💜🖤💜🖤💜
    Dhin haadha varakah jealous veyey dhww.. Mr. Jealous hama.. Kail vx 😭😭😂
    Anehkaa zaaidhu kiy kuran eulhenyy lika n ai ah.. Im so scared..
    Btw mi prt vx vrh reethi MA
    Inthizaaruge guitar hithu thereyga eki eki raaguthah eba alhuvaa😭😭 next episode avas kohdhehvheyy
    Swimming in the sea of curiosity
    When next episode?????
    Tc.. Lyyyssmm Maarrshh💜🖤💜🖤💜🖤💜

    1. Maash
      Arrmyy gurrl

      Haha yess naseebu dhww mayaange memory loose nuvi kan.. yeah his left leg is no more.. Laara ahvx hageegai ingeyne kommes dhuvahakun..
      Dhemeehun dhemeehun kairn kankan dhaskurany e hehe.. haha yess yaadhin eii hama mr jealous..
      adhi ingeyne zaaidh alishka ah kuran ulheu kanthah net part ga..
      Thankyou soo much.. I’m happy u liked it..
      Next part thursdayga noony fridayga insha allah.. maash kiyavaathy and job ga ulheythi its very difficult ehenve las vany.. sorry ingey. Tc, Love you moree darll💜🦋

  7. Fragger 23

    Maash mi part ves varah salhi
    And I love it
    Ehenveema Mayaan hama samaasa kuranee dho😂
    I’ve been reading your stories
    And varah reethi evaahakathah
    You’ve been like I ge emme fav author
    Keep going on Maash
    I wish you gooduck
    Ekam Maash asluves varah creative ingey
    Zaaidh alaikaa ah hadhaany kihinehbaa
    Varah like curious
    Maash ge baeh vaahaka hunnaane dhe burah kiyaafa ves
    Aslu varah awesome
    N insaaf libeyneba is among the best
    Dhen vaane anehkaaves ekahala police story eh liyelan
    Varah reethi Maash liyaa like hurihaa vaahaka ehves
    N mihaaru like part thah kiyaafa comment ves kuraanan inshallah
    Kurin comment kuran login in vaan jehey thyve
    Btw When’s next
    Waiting for your next part
    Mee I ge like fav vaahaka list ga varah matheega oiy vaahakaeh
    To Maash

    1. Maash
      Fragger 23

      Aww thank youu soo much.. I’m happy u liked itt.
      hehe yes mayaan samaasa eh kohly e..
      Aww i’m honoured.. Thank you soo much for ur sweet comment..
      Lets see dhww zaidh alishka ah hadhany keehtho.. ohh ehenthrr..
      Ohh hehe yess i loved insaafu libeynebaa too..
      Mi story vx miee hama police ulhey story ehnun hehe..
      Aww thankyouuuuuu
      Next part insha allah Thrusday noony fridayga..💜🦋

  8. naeen

    omg hama naseebu mayaan ge memory loose nuvikan haha
    enme fahun ais mai ah ves kail kamudhaan feshydhw hehe
    ughhh zaaidhu dheke i eyoh ahna rulhi eh
    gurl this ep ves hama vrhhhh furihama MA MA
    anywaysssss canttt wait for 45 <33
    lyyy tc <3

    1. Maash
      naeen

      Yess naseebu dhww.. Vedhaane hehe.. Aww thnkyou soo muchh.. i’m happy u liked it.. Next ep insha allah thursdayga.. Love you more darl.💜🦋

  9. Luna🖤

    Mi part vess Vara reethiiiii ♥️
    I really thought mayaan ge memory loss vi kamah itz a good thing he didn’t
    And i hate zaaidh sooo much eyna haadha gohey
    i hope Alishka will be alright
    And i think Alishka likes yashaal🤭
    When is next part
    Curiously Waiting

    1. Maash
      Luna🖤

      Thankyou sooo much.. I’m happy u liked it.. Mayaan ge memory naseebakun loose eh nuve hehe.. haha same i hate zaaidhu too.. mmm lets see dhww.. next part insha allah thursdayga..💜🦋

  10. Aanaa

    Masha allah mi part vs vrh reethi
    Kuda kuda heart attack eh nu jehuny kiriyaa ehnu
    Alhamdulillah..mayaan ge memory nugehle
    Alhe kaakutha Lara ah msg n pht fonuvyyy???
    Pht edit kohfa??
    Mai r kail 😂
    Yaadhin baliitha?? Dhunya bunehje eyrunney rangalhuvaany
    Thi zaidh hury male ga dhwww??kurin hadhaanvi nama hoadhaafa maraaliimussss..haadha rulhi eba araeyyy
    Hitheh ge badhalu galeh tha othyyy
    Yashaal avah thedhuve alishaka save kureyyy
    THI ZAAIDDDHHHHHUUU HAAADHAAA GOOAAHEYYYY…KEEEHKURAN BAA MAI AINA AND ALISHKA AH KURAN EULHENYHHY???
    PLZZZ NEXT PART THANKOLHEH AVAHA KIYAALAN LIBEYNE THA THURSDAY GA?? HIH DANDANLAAEBA
    CURIOSITY LEVEL UDUGA
    WHEN NEXTTT??
    BTW CMNT KURAN ULHEFAVS HADHAAN NETHUNYHH..AISSA
    LYYYSSMMM🫶🏻🫶🏻🫶🏻

    1. Maash
      Aanaa

      Bodu comment eh kohlaanamey buneema hi eh nukuran mihaa bodu comment eh kamah hehe.. Thankyouu soo muchhh.. I’m happy u liked it.. Yess mayaan ge memory eh nugehle.. Adhi engeyne laara wah msg fonuv kaakukan.. Lets see dhww..
      Yaadhin balii ig.. yess zaaidh hury mal’e ga..
      hama ragalhahvx zaaidhuge hithuge badhalga gaa gadeh e othy..
      Next part thursdayga insha allah..Hehe alrr.. Love you moree darll💜🦋

Comments are closed.