Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އެއިޒެން

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 4, 2025 3 Mins Read
8 Comments

ދުނިޔެއަކީ އިމްތިހާނެކެވެ. އެކި މީހުނަށް ކުރިމަތި ކުރުވާނީ އެކި ކަހަލަ އިމްތިހާންތަކެވެ. އެއްބައި މީހުނަށް ފައިސާގެ ދަތި ކަމެވެ. އަނެއްބައި މީހުނަށް އާއިލީ މައްސަލަ ތަކެވެ. އަނެއްބައި މީހުނަށް ދެމަފިރިން ދެމެދު ޖެހޭ މައްސަލައެވެ. އަނެއްބައި މީހުނަށް ބަލިމަޑުކަމެވެ. އެކި މީހުނަށް އެކި ކަހަލަ ބަލިމަޑު ކަމެވެ.

އުމުރުން 30 އަހަރުގެ އެލްވީއަކީ އެކަނިވެރި މައެކެވެ. އުމުރުން 18 އަހަރުގައި އެލްވީގެ ކައިވެނި ކުރެވުނެވެ. އުމުރުން ވިހި އަހަރުގައި އެލްވީގެ ފުރަތަމަ ދަރިފުޅު އެއިޒެން ލިބުނެވެ. ދަރިއަކު ލިބުމުން ލިބެން ޖެހޭ އެއްވެސް އަޅާލުމެއް އެލްވީގެ ފިރިމީހާ ރައިޒެންގެ ފަރާތުން ނުލިބުނެވެ. އެލްވީއާއި ރައިޒެން ވަރިވާން ޖެހުނު ސަބަބަކީ އެއީއެވެ.

އޭޑީއެޗްޑީގެ ޝިކާރައަކަށް ވެފައިވީ އުމުރުން 10 އަހަރުގެ އެއިޒެންއަކީ ހަލަބޮލި ކުއްޖެކެވެ. ހިފިނާރައިގެން އަބަދުހެން އުޅޭ ކުއްޖެކެވެ. ފިލާވަޅެއް ދަސްކޮއްދިނުމަކީ އަމުދުން އުނދަގޫ ކަމެކެވެ. ބުރަކޮށް ޑިއުޓީގައި އުޅިފައި އަންނައިރު މުޅި ގޭތެރެއަށް ހުންނަނީ ކުޅޭ އެއްޗެހިތަށް އުކާފައެވެ. އެއިޒެން ބަލަނީ އޭނާގެ މާމައެވެ. އެ އެއްޗެހިތަށް ނެގުމަކީ އެލްވީގެ މަންމައަށް ވެސް ކުޅަދާނަ ކަމެއް ނޫނެވެ. އެކަނިވެރި މަޔަކަށްވުމުގެ ސަބަބުން ވަޒީފާއާއި އެކު އެއިޒެންގެ “ހަލަބޮލި” ދިރިއުޅުން ބެލެހެއްޓުން އެލްވީއަށްވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އެލްވީ ޝަކުވާއެއް ނުކުރެޔެވެ. އެއިޒެންދެކެ ނިހާޔަތަށް އެލްވީ ލޯބިވެޔެވެ.

އެއީވެސް ހަމަ އާދައިގެ ދުވަހެކެވެ. އެލްވީ އިނީ ޑިއުޓީގައެވެ. އެލްވީއަކީ ނަރުހެކެވެ. ޑިއުޓީގައި އިނދާއައީ ފޯނު ކޯލެކެވެ. ގުޅަމުން ދިޔައީ ސުކޫލުންނެވެ. އެއިޒެންއަށް ކަމެއްވީއޭ ހިތާ އެލްވީ އަވަހަށް ފޯނު ނެގިއެވެ.

“އެއިޒެންގެ މަންމަ ތޯ؟” އެކޮޅުން އަހާލިއެވެ. “ލައްބަ. އެއިޒެންއަށް ކިހިނެތް ތޯ ވީ؟” އެލްވީ ހާސްވެފައި އަހާލިއެވެ. “އެއިޒެން ގެއަށް ފޮނުވާލަން. ސަކަރާތް ޖަހާ ހަޅޭ ލަވާ ވަރުން ކިޔަވާ ނުދެވިގެން ހަމަ. ކުލާސް ކުދިންވެސް ކިޔަނީ އަބަދު އެއިޒެން އުނދަގޫ ކުރަނީއޭ. މައިތިރި ނުކުރެވިގެން މިގުޅީ ހަމަ” ޓީޗަރު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެލްވީގެ ހިތްމަރުވި ފަދައެވެ. އެކަހަލަ އެއްޗެއް ބުނުމުން ކޮންމެ މައެއްގެ ހިތަށް ވެސް އަސަރު ކުރާނޭކަން ކަށަވަރެވެ.

މިދަނީ ކަމަށް ބުނެ އެލްވީ ފޯނު ބޭއްވިއެވެ. ހިތުގައި ޖެހުނެވެ. ލޮލުން ކަރުނަވެސް ހިލުނެވެ. އެހެނަސް އެލްވީ ކެއްކުރިއެވެ. ލޯބިވާ ދަރިފުޅަށްޓަކައެވެ.

5 ވަރަކަށް މިނިޓް ތެރޭގައި އިސްކޯލާއި ހަމައަށް ވާސިލް ވެވުނެވެ. އޭރު މަސައްކަތު މީހަކު އެއިޒެން ގޮވައިގެން ބޭރުގައި ހުއްޓެވެ. އެލްވީ އޭނާއަށް ހިނިތުންވެލިއެވެ. އަދި އެއިޒެން ގޮވައިގެން ސައިކަލު ދުއްވާލިއެވެ.

“މަންމީ. ކޮއްކި ބަނޑުހައި” ބަނޑުގައި އަތް ހާކާލަމުން އެއިޒެން ބުނެލިއެވެ. “އެހެން ތަ؟ ކޯއްޗެއް ދޫނި ކާނީ؟” އެލްވީ އަހާލިއެވެ. “އަމްމްމް ކޮއްކޮ ބޭނުމީ އައިސް ކްރީމް” އެއިޒެން އުފާވެލާފައި ބުނެލިއެވެ. “އެހެން ތަ؟ ހިނގާ ދޯ އައިސް ކްރީމް ބޯން؟”

އެލްވީ ދެން ދިޔައީ އައިސް ކްރީމް ވިއްކާ ފިހާރައަކަށެވެ. އައިސް ކްރީމް ގަނެގެން ދެމައިން ދިޔައީ ޕާކަކަށެވެ. “ދަރިފުޅޫ” ބެންޗުގައި އިށީންނަމުން އެލްވީ ގޮވާލިއެވެ، އެހެނަސް އެލްވީ ގޮވާލި އަޑު އެއިޒެންއަށް އިވުނު ހެންނެއް ހިޔެއް ނުވެއެވެ.

“ދަރިފުޅަށް މަންމަ ވާހަކަ ދައްކަމޭ އެބަ” މިފަހަރު ވެސް އެލްވީ ބުނެލީ މަޑުމަޑުންނެވެ. “މަންމި ކޮއްކި ބިޒީއޭ” އެއިޒެން އައިސްކްރީމް ބުއިމައިގެން އިނދެ ބުނެލިއެވެ. އެއިޒެން ބުނެލީ މައުސޫމް ގޮތަކަށެވެ. އެލްވީ ހީލާފައި އެއިޒެންގެ ބޮލުގައި ފިރުމާލިއެވެ.

އެއިޒެން އައިސް ކްރީމް ބޮއެ ނިމުމުން އެލްވީ ދިޔައީ ގެއަށެވެ. ގެއަށް ވައިން އިރު އެލްވީގެ މަންމަ އައިންތު ސޯފާގައި ޓީވީ ބަލަން އިނެވެ. “ހާދަ ލަސްވީ؟” އައިންތު އަހާލިއެވެ. “އާނ. ޒެން އައިސް ކްރީމް ބޯން ބޭނުން ވާޙަކަ ކީމަ” އެލްވީ ބުނެލިއެވެ.

“ދަރިފުޅާ. ކީއްވެ ތަ ޒެން ބުނާހާ ކަމެއް ތި ކޮއްދެނީ؟ ތިހެން ހަދާތީ އޭ ހައްތަހާ ވެސް ޒެން ގޯސް ވަނީއެ. ޒެންއަކީ ބަލި ކުއްޖެއްކަން ދަރިފުޅަށް ވެސް އެނގެޔޭނުން؟” އައިންތު ހުރީ ދަރިފުޅުގެ އެއަމަލުން ހިތްހަމަ ނުޖެހިފައެވެ.

“މަންމާ. ކީއްވެ ތަ ތިހެން ތިބުނަނީ؟ ކީއްވެ ތަ ޒެން ބަލި ކުއްޖަކަށް ވާން ވީ؟ އޭޑީއެޗްޑީ އަކީ ބަލިފައެއް ނޫނޭ” އެލްވީ ހިތްހަމަ ނުޖެހުނެވެ. “ދަރިފުޅާ. މިހާރު ވެސް ޓީޗަރުން އެކިޔަނީ ޒެން އަބަދު ކުލާހުގަ ސަކަރާތް ޖަހާ ވާހަކަ. އެއީ ދެން ހަމަ އެއްވެސް މައްސަލައެއް ނޫނޭ ތަ ތިބުނަނީ؟ ދެން ގޭތެރޭގަ ވެސް. ކަންނެއް ކަމުން ނުކެރޭ އަދި ވެސް އަމިއްލައަށް ފެންވަރާލަން ވެސް”

“މަންމާ! މިއީ އެލްގެ ދަރިފުޅޭ. މިދަރިފުޅު ބަލާނެ ގޮތް އެނގޭނީ އަޅުގަނޑަށް. ކޮންމެ މީހެއްގެ ވެސް ބަލި ފައެއް ހުންނާނެ. ޒެންގެ ހުރި ހުނަރު ތަކުގެ ވާހަކަ ތިހެން ނުދައްކަނީ ކީއްވެ ތަ؟ އޭނ؟ ޒެން ކިހާ މޮޅު ކުރަހަން؟ ޒެން ކުރަހާ އެއްޗެހި ބަލާފަ އެކަކު ވެސް ނުބުނާނެ އެއީ 10 އަހަރުގެ ކުއްޖެއްގެ ކުރެހުމެކޭ. ކީއްވެ ތަ އަބަދުވެސް ތިހެން ތިހަދަނީ؟” އެއިޒެން ގޮވައިގެން އެލްވީ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ.

ކޮޓަރިއަށް ވަދެ އެއިޒެން ފެންވަރުވާލިއެވެ. ކަޅު ކުލައިގެ ސޯޓަކާއި އެކު ކަނޑު ނޫކުލައިގެ ޓީޝާޓެއް ލައްވާފައި ރީތި ކޮއްލިއެވެ. އަދި ކިޔަވާ މޭޒު ކައިރީ ބޭނދިއެވެ. “ހިނގާ ދޯ ފިލާވަޅު ހަދަން” ޤުރްޢާން ކުލާހުގެ ފޮތް ނަގަމުން އެލްވީ ބުނެލިއެވެ.

“މަންމީ…” އެއިޒެން މައުސޫމް ގޮތަކަށް ގޮވާލިއެވެ. “ލައްބާ؟” އެލްވީ އެއިޒެން ގާތުގައި އިށީނެވެ. “ކޮއްކިއަކީ މޮޔަ ކުއްޖެއް ތަ؟” އެއިޒެން ތުންކޮޅު އޮޅާލިއެވެ. “ވަޓް؟ ނޫން. ކީއްވެ ތިހެން ތިބުނީ؟”

“ކްލާސް ކުދިން ބުނޭ ކޮއްކިއަކީ މޮޔަ ކުއްޖެކޭ. އެހެންވެއޭ ކޮއްކޮއަށް މަޑުން ނުހުރެވެނީ” ހިނދުކޮޅެއްގެ ތެރޭގައި އެއިޒެންގެ ލޮލުން ކަރުނައިގެ މުތީތަށް ބަބުޅައިގަތެވެ. “ނޫން ނޫން ދަރިފުޅު ނޫން. ދަރިފުޅު ތިއީ ވަކި މޮޔައެއް ނޫން…” އެއިޒެންގެ ހަށިގަނޑުގައި ބައްދާލަމުން އެލްވީ ބުންޏެވެ. އޭރު އޭނާއަށް ވެސް ރޮވިއްޖެއެވެ.

“ދެން ހުއްޓާލާ ދޫނީ” އެލްވީ ކަރުނަ ފުހެލަމުން އެއިޒެންގެ ވެސް ކަރުނަ ފުހެލަ ދިނެވެ. “ބަލަ” ކިޔަވާ މޭޒު ކަނެއްގައި އެކި ކުލަ ކުލައިގެ ކަރުދާސް އަޅާފައި “މިއަދު މަންމި…” ޖަހާފައި އިންކުޑަ ދަޅަށް އެލްވީ އިޝާރާތް ކޮއްލިއެވެ. “އަން. ހުޅުވާލަބަ މިއަދު ދަރިފުޅު ނަގާ ނޯޓު ކޮޅުގަ އިނީ ކީކޭތޯ ބަލާލަން”

އެއިޒެން ނޭފަތް ދަމާލަމުން ދަޅުގައި ހިފިއެވެ. މަތި ނަގާލާފައި އޮރެންޖު ކުލައިގެ ގަނޑުކޮޅެއް ނެގިއެވެ. “ކިޔާލަބަ. ކީކޭ ތަ އޭނީ؟” އެއިޒެން ގަނޑުކޮޅު ހުޅުވާލުމުން އެލްވީ ބުނެލިއެވެ.

“ދަރިފުޅު ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރޭ. މަންމި ދަރިފުޅަށްޓަކާ ފަޙުރުވެރިވާން” ގަނޑުކޮޅު ކިޔާލުމާއި އެކު އެއިޒެންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނެވެ. “މަންމި ކޮއްކިއަށް ޓްރަސްޓު ކުރާތީ މަންމި ފަޙުރުވެރި ވާކަހަލަ ކަމެއް ޒިން ކޮއްދޭނަން” އަންނާރު އޮށް ތަކެއްފަދަ ކުދި ކުދި ދަތްތައް ދައްކާލަމުން އެއިޒެން ބުނެލީ އަޒުމާ އެކުއެވެ.

***8 އަހަރު ފަސް***

ރޭގަނޑުގެ ވަގުތެވެ. އިސްކޯލު ކައިރީގައި ކުދިންތަށް ހޭލަ މޭލަ ވަމުން ދިޔައެވެ. ސަބަބަކަށްވީ އެރެއަކީ އިނާމު ދޭ ޖަލްސާ އޮތް ރެއަށް ވުމެވެ. އެލްވީއާއި އެއިޒެން ވެސް އެޖަލްސާގައި ތިއްބެވެ.

“އޯލެވެލްއިން އާޓް ސަބްޖެކްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައިވަނީ އެއިޒެން އަހުމަދު ރައިޒެން” މުޅި ހޯލު ތެރޭގައި ހޫނު އަތްތިލަބަޑީގެ އަޑު އިވިލިއެވެ. އެންމެ ބާރީ އެލްވީގެ އަޑުކަން ކަށަވަރެވެ. ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. މިއަދު މިފެނުނީ އެއިޒެން ތަރުބީއަތު ކުރުމަށް އެލްވީ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަލްހަމްދުލިއްލާހިއެވެ.

(ނިމުނީ)

އޭޑީއެޗްޑީ އަކީ ވަރަށް އާމު ބައްޔެކެވެ. އޭޑީއެޗްޑީ މިބަލީގެ ސަބަބުން ކުއްޖާ ހެދި ބޮޑު ވުމުގައި “ހަލުވި” ކަން އިތުރު ވެގެން ދެޔެވެ. އެހެނަސް އެކުދިން އެކަނި ނުކޮށްލަމާ ހިނގާށެވެ. އޭޑީއެޗްޑީއަކީ އެކުދިންގެ ބަލިފައެކޭ ހީވާހެން އުޅެން ދޫކޮށްނުލަމާ ހިނގާށެވެ. އެކުދިންގެ ވަންހަނާވެފައިވާ ހުނަރު ދުނިޔެއަށް ފައުޅު ކުރުމަށް އެހީވަމާ ހިނގާށެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ސިއްސުވާލި މަސްތުވާތަކެތީގެ ވަނަވަރު!

Next

ހަންޖަރު 8

Next
October 5, 2025

ހަންޖަރު 8

Previews
October 4, 2025

ސިއްސުވާލި މަސްތުވާތަކެތީގެ ވަނަވަރު!

8 Comments!

  1. 🦋 says:
    October 4, 2025 at 8:21 pm

    Hi shiher, varah heart touching story eh maa sha Allah lolun hama karuna aissi.. ekahala kudhin gengulhumaky faseyha kameh nun hama aslu ves ekamu e kudhin kaireega thibey meehun ge hiy varun kuhjja mujuthaamu ah rangalhu gothuga nereveyni.. mihaaruge mujuthamaun ekahala kudhin balaeh nuganey hageegathuga eii varah dhera kameh!! shiher ge next story ah inthizaaruga eba inin!! Abadhu ves kaamiyaaby ah edhen.. <33

    1. shihaamaa ali shihaamaa ali says:
      October 4, 2025 at 8:56 pm

      Hey 🦋
      Awwwnnn jazaakallah khairan dear vrh happy vejje ehaa kamudhiyaiima 🥹 yess aslu vess.. ekahala kudhin is just not understood.. aslu vess varah dhera kameh.. stay tuned dearr.. in sha allah a new kuruvaahaka next weekend😊😊
      May allah bless you🫶🏻

  2. Anonymous says:
    October 4, 2025 at 10:11 pm

    Masha allah mi vhk vs vrh reethi❤️
    Alheyyy ekm rovihjeyyy
    Mujuthamain baakee kohfa thibey kudhin eii
    Ekm ehn hadhaakah nuvaane dhww
    Ekudhinge vs ohnaane hitheh
    Aanaa vrh beynun mi vhk varah gina bayaku kiyan..kuda minun e miihunnah knmvs ehcheh visneyne dhww
    Aanaa family gavs ulheyne ekahala kuhjeh…vrh hithujehey kahala ehchis miihun buney..ekm ekuhja ah treatment hoadhan parents kuri masaikah ingeyne..parentun ulhey haalu fenifa dhera vs vey
    Vrh iburaitheri vhk eh
    އިސްކޯލު ge badhal school nuny ischool ah change kohladheche n kuriige baeh parts thakuga alif sukun huhnan vaathanthanuga shaviyani sukun othy
    Cmnt vs vrh dhiguvehjs🫢
    Lyy🫶🏻

    1. shihaamaa ali shihaamaa ali says:
      October 4, 2025 at 10:22 pm

      Jazaakallah khairan dearrr
      Awwlheyyyyy i am so sorry rovvaalevunyma☹️
      Asluvess ingey… awlhey i am very sorry to hear that.. i hope he/she recovers soon in sha allah..
      Labba in sha allah rangalhu kollaanan..
      Hehe iss okay
      Lyt

  3. Shaleen says:
    October 4, 2025 at 10:21 pm

    V ufaavejje Alhuganduge edhumakah mi vaahaka liye publish kolladhineetheeve.
    Hageegathuga mi vaahaka in heevee Hama seedhaa Alhuganduge life ge vahaakathakei kiyaidhinhen .
    18 years fahuge bain ekamu v bodha hihvaru libijje.
    Thanks v ufaavejje mi vaahaka kiyaalan libuneethee

    1. shihaamaa ali shihaamaa ali says:
      October 5, 2025 at 11:57 am

      jazaakallah khairan Shaleen 🫶🏻🫶🏻 varah varah ufaa vejje mi comment kiyaalaafa 🥹 i hope you go on with this hope jazaakallah khairan dear 🫶🏻🥹

  4. Aanaa says:
    October 4, 2025 at 10:23 pm

    Anonymous ge namuga eii aana ge cmnt eh ingey

    1. shihaamaa ali shihaamaa ali says:
      October 5, 2025 at 11:56 am

      ya

Comments are closed.



All Right Reserved!