Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 43

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 25, 2025 5 Mins Read
28 Comments

ކައިލްއާއި ވާހަކަ ދައްކަމުން ދިޔަ މަޔާންގެ އަޑު ދިޔައީ މަޑު ވަމުންނެވެ. ކަރުތެރެ ބެދެމުން ދާފަދަ އިހްސާސެއްވަމުން ދިޔައެވެ. “މަޔާން ތިކަހަލަ ވާހަކަ ނުދައްކާ.. މަޔާން އަމިއްލައަށް އާއިލާ ކައިރިއަށް ގޮސް ތިހެން ބުނާނީ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަރެމެން އެންމެން ވެސް މިހުރީ މަޔާންއާއެކު..” ކައިލް ބުންޏެވެ. “ސާދަ މިނެޓާ ފަންސާސް ސިކުންތު..” ލަޔާޝާ ބިރުން ހުރެ ބުންޏެވެ. މަޔާން ފޯނު ކަނޑައިލިއެވެ. ކުއްލިއަކަށް ބާރު އަޑެއް ގޮވައިގެން ދިޔައެވެ.

***ޕާޓް 43***

ފަހަތުން ދުއްވަމުން ދިޔަ ކަޅުކުލައިގެ ވޭނުގައި އިން މީހަކު، މަޔާން ދުއްވަމުން ދިޔަ ކާރުގެ ފުރޮޅަށް އަމާޒުކޮށް ބަޑި ޖެހިއެވެ. އެއާއެކު ކާރުގެ ފުރޮޅު ފަޅައިގެން ދިޔުމުން ކާރު ކޮންޓްރޯލްއިން ނެއްޓި ގަހެއްގައި ޖެހެން ދިޔައެވެ. ލަޔާޝާއިން ފަރާތުގެ ދޮރު ހުޅުވައިލުމަށްފަހު ލަޔާޝާއާއިއެކު މަޔާން ވެސް ކާރު ފުންމައިލިއެވެ. މަޔާންމެން ފުރޮޅެމުން ވިނަތަށް އޮތް ހިސާބަށް ވެއްޓުނުއިރު، ކާރު ގަހުގައި ޖެހި، ބާރު އަޑެއް ކިޔައި ގޮވައިގެން ދިޔައެވެ. ކާރުން އެރި އަލިފާންގަނޑު މަޔާންމެން އޮތް ދިމާލަށް ނުފޯރަނީ ކިރިޔާއެވެ. ކާރުން ފުންމައިލުމުގެ ސަބަބުން ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އުޅަބޮއްޓާއި ކަކުލުން ހަންމެށިފައިވީއިރު، އެތަންތަނުން ލޭ އަންނަމުން ދިޔައެވެ. ވޭނުން ފޭބުމަށްފަހު ކަޅު ކުލައިގެ ހެދުން އަޅައިގެން ތިބި ޖާނުން ވަރުގަދަ ބަޔެއް އައިސް މަޔާންމެން ވަށައިލިއެވެ.

ކާރުން ފުންމައިލި ގޮތަށް ދެމީހުން ވެސް އޮތީ ރަނގަޅަށް ހިރިނުލެވިފައެވެ. ކާރުން ފޭބި މީހުން މަޔާންގެ ކޮނޑުގައި ހިފުމަށްފަހު ވޭނަށް ގަދަކަމުން އެރުވިއެވެ. އެމީހުން ލަޔާޝާއާއި މެދު ވެސް ކަންތައް ކުރީ އެފަދައިންނެވެ. “ލަޔާޝާ މިރޭ މިއީ ކަލޭގެ އެންމެ ފަހު ރޭ.. ގޭންގަށް ބޭވަފާތެރިވެފަ ހީކުރީތަ ތިހެން ފިލައިގެން ދެވޭނޭ އޭނ؟” ލަޔާޝާގެ އިސްތަށިގަނޑުގައި ހިފައި ނަގަމުން ދަހުލާން ހަޅޭއްލަވައިގަތެވެ. ލަޔާޝާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ލަޔާޝާގެ ބޯ ދެފަހަރަކަށް ވޭނުގައި ޖެހިއެވެ. އެއާއެކު ލަޔާޝާގެ ބޯފެޅި ރަތްކަންގަދަ ލޭ ދުނިޖަހައިފައި ފައިބާގަތެވެ. އޭރު ލަޔާޝާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ދެލޮލަށް އަނދިރިވާހެން ވެސް ހީވެގެން ދިޔައެވެ. ވޭނުގެ ފަހަތަށް ދެމީހުން އެރުވުމަށްފަހު، އެތެރޭގައި ތިބި މިހުން ބެލްޓުންނާއި ޗާބޫކުން ދެމީހުންގެ ގައިގައި ތަޅަން ފެށިއެވެ.

ވޭން ބިންގަރާހާއި ދިމާލަށް ދުއްވައިލިއިރު މަޔާންއަށާއި ލަޔާޝާއަށް އެކި ވަރުގެ އަނިޔާ އެމީހުން ދިޔައީ ދެމުންނެވެ. މަޔާން ގޮޑީގައި އެއްސުމަށްފަހު، ފުންކޮށް މުޅި ހަށިގަނޑުގައި ވަޅި އަޅަން ފެށިއެވެ. ކަރު ފަޅައިގެންދާ ވަރަށް މަޔާން ހަޅޭއްލަވައިގަތީ އެމީހުން އޭނަގެ ވާއަތު ފައިގެ ފައިފަލަ މަސްގަނޑަށް ވަޅި ހެރުމަށްފަހު އަނބުރައިލުމުންނެވެ. މުޅި ތަނަށް ލޭތަށް ބުރައިގެން ދިޔައިރު ވެސް އެމީހުންގެ މޫނުތައް މަތިން ފެންނަމުން ދިޔައީ ނުލަފާ ހިނިތުންވުމެވެ. އެހެން މީހުންގެ ވޭނުން އެމީހުންނަށް އުފާ ލިބޭ ފަދައެވެ. ދެން އެމީހުން ދިމާ ކުރީ ލަޔާޝާއަށްށެވެ. ހަތަރު މީހުން ލަޔާޝާގެ ހަތަރެސްފައިގައި ހިފެއްޓުމުން ދެން ތިބި މީހުން، އެމީހުން ލައިގެން ހުރި އަންނައުނު ބާލަން ފެށިއެވެ.

އަޅަމުން ދިޔަ ވޭނުން މަޔާންއަށް އެމަންޒަރު ފެނިގެން ދިޔައީ ފުސްކޮށްށެވެ. “އޭތް އޭނަޔާ ބެހިގެން ނުވާނެ.. މަގޭ އަތުން ކަލޭމެން ކުދިކޮށް ކޮށައިލާނަން.. ދުރައްދޭ..” މަޔާން ހަޅޭއްލަވައިގަތެވެ. މަޔާންގެ ހަޅޭކުން އެމީހުންނަށް މަޖާވިއެވެ. “ކަލޭ ހަޅޭއްނުލަވާ ހުރެބަލަ..” އެހެން ބުނުމަށްފަހު ސަޗިން، މަޔާންގެ ވާއަތު ފަޔަށް ހަރާލައިފައިވި ވަޅި ނައްޓައިލުމަށްފަހު، ކަނާއަތު ފަޔަށް ހަރައިލިއެވެ. އަޅަމުން ދިޔަ ވޭނުން މަޔާން ދެލޯ މަރައި ބާރުކޮށްލިއެވެ. ދެން ތިބި މީހުން ނުލަފާ ގޮތަކަށް ހެމުން ލަޔާޝާ ލައިގެން ހުރި އަންނައުނު ވީދައިލިއެވެ. އޭރު ލަޔާޝާގެ ރުއިމުގެ އަޑުވަނީ މުޅި ވޭނުގައި ހިފައިލާފައެވެ. އެމީހުން ހީވަނީ ދުވަހަކު ވެސް ކާއެއްޗެއް ފެނިފައި ނުވާ ބަޑުހައިވެފައިވި ސިންގާތަކެއްހެންނެވެ. ސަޗިން ލަޔާޝާގެ ގައިމައްޗަށް ޖެހިގަތުމުން ލަޔާޝާ ރޮއެގަތެވެ. ކުއްލިއަކަށް ވޭން ހުއްޓުނެވެ.

ބޭރުން އަޑު ގަދަވާން ފެށިއެވެ. ބަޑީގެ އަޑާއި ހަޅޭކުގެ އަޑުއިވެމުން ދިޔައެވެ. ވޭނުގެ ފަހަތު ދޮރު ހުޅުވައިލުމަށްފަހު ލަންކާގެ ސިފައިން އެތަނަށް ވެރިވެގަތެވެ. އެމީހުން ފެނުމުން މަޔާންއަށް ހަމަޖެހުމުގެ އިހްސާސެއް ކުރެވުނެވެ. އެއްބަޔަކު ލަޔާޝާގެ ގައިމައްޗަށް ޖެހުގެން އޮތް ނުލަފާ މީހުންތައް ނެގިއިރު، އަނެއްބަޔަކު މަޔާންއަށް ފަރުވާ ކުރަން ފެށިއެވެ. މަޔާން ލައިގެން ހުރި ޓީޝާޓް ވަނީ ލެއިން ތަތްތެޅިފައެވެ. ދެމީހުންގެ ހަށިގަނޑު ވެސް ވަނީ ޒަހަމްތަކުން ފުރިފައެވެ. ސިފައިންގެ އުޅަނދުތަކާއިއެކު އެމްބިޔުލާންސް ވެސް އައިސްފައި އޮތެވެ. ސްޓްރެޗާއަށް ދެމީހުން ލުމަށްފަހު އެމްބިޔުލާންސްގައި ބައެއް ސިފައިން ދިޔައެވެ. ވޭނުގައި ތިބި އެންމެން ހައްޔަރު ކުރެވުނެވެ.

**ތިން މަސް ކުރިން**

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ލާރާ އޮތީ ފޯނުން މަޔާންއާއެކު ނަގައިފައިވި ފޮޓޯގަނޑަކަށް ގެއްލިފައެވެ. އޭނަގެ ދެލޮލުން ވެއްޓެމުން ދިޔަ ކަރުނައިގެ މުތީތައް ބާލީސް ތެންމަމުން ދިޔައެވެ. ބެޑްޝީޓްގައި ދަތް އަޅައިގެން އޮތް އިރު އޭނަ ދިޔައީ ގިސްގިސްލާފައި ރޮމުންނެވެ. އެހެން އޮއްވައި ނުދަންނަ ނަންބަރަކުން އޭނައަށް މެސެޖް ކުރަން ފެށިއެވެ. އެންމެ ފުރަތަމަ ނަންބަރު ބްލޮކް ކުރަން ހިތަށް އެރި ނަމަވެސް، މައްޗަށް އަރާފައި އޮތް ނޮޓިފިކޭޝަންއިން މަޔާންއޭ ކިޔައިގެން އިން މެސެޖް ފެނުމުން ލާރާގެ ހިޔާލު ބަދަލުވިއެވެ. ދެ ފިކުރެއްގައި އޮވެ، ލާރާ ޗެޓް ހުޅުވައިލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔަ ފޮޓޮއިން ލާރާގެ މޫނު ހުދުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

“ކަލޭގެ ލޯބިވާ ފިރިމީހާ އެހެން މީހުންނާއެކު މަޖާ ކުރާއިރު ވެސް ކަލޭ ތި އޮންނަނީ ރޯލަ ރޯލާ..” މަލާމާތެއް ފަދައިން ފެނިގެން ދިޔަ އެ މެސެޖުން ލާރާގެ ހިތް ފިތިގެން ދިޔަ އިހްސާސެއް ކުރެވުނެވެ. އެ ފޮޓޯގަނޑުން ފެނިގެން ދަނީ މަޔާންއާއި އެއް އެނދެއްގައި ނިދާލާފަ އޮތް ޅައަންހެންކުއްޖެކެވެ. ފަތްމިންޏެއް ފަދަ އެ އަންހެންކުއްޖާ، ބެޑްޝީޓް މެޔާއި ހަމައަށް އަޅައިލާފައިވާއިރު މަތީގައި އެއްވެސް ނިވާ ކަމެއްވާ ހެނެއް ހިޔެއް ނުވެއެވެ. މަޔާންގެ ވެސް މަތީ ހަށި ވަނީ ހާމައަށްށެވެ. ލޯމަރައިގެން މަޔާން އޮތް އިރު އޭނަގެ ތުންފަތުގައި ވެސް ކުޅެލާފައިވަނީ ހިނިތުންވުމެކެވެ. އެ ފޮޓޯގެ ސަބަބުން ލާރާގެ ހިތް މަޔާންއާއި މެދު ކިލަބުވެގެން ދިޔައީ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައެވެ.

މާބަނޑުވުމުގެ ސަބަބުން ލާރާގެ އުޅުމަށް ވަނީ ބޮޑު ބަދަލުތަކެއް ކުރިމަތިވެފައެވެ. ފިރިއެއްގެ އެހީ ނުލިބި އެހާ ދުވަސްވެފައި ހުރެ ފިރިމީހާގެ އެފަދަ ފޮޓޮއެއް ފެނުމުން އޭގެ ތެދު ދޮގު ވެސް ބަލަން ލާރާއަށް މަސައްކަތެއް ނުކުރެވުނެވެ. ހަމަ އެހެންމެ ފޮޓޮއަށް ފަހު ލިބެމުން ދިޔަ މެސެޖްތަކުގެ ސަބަބުން ލާރާއަށް މަޔާން ދެކެ އިތުރަށް ރުޅި އާދެވުނެވެ. “ކޭސްއެކޭ އުޅެނީ ގެއްލިގެންނޭ ކިޔާ އޭނަ އުޅޭ އޮފީހުން ވެސް ހުސް ދޮގު ހަދާއިރު ކަލެޔަށް ރޭކާ ވެސް ނުލާ ދޯ؟ ހަހަ އޭނަ ބެންކޮކަށް ގޮސް އެތަނުގެ ކުދިންނާ އެކު މަޖާ ކުރާއިރު ކަލޭގެ މަތިން ހަނދާން ހުންނާނެހެން ވެސް ހީވޭތަ؟.. މީހަކު ގެއްލިގެން އުޅޭތާ ހަތް މަސްވާއިރު ކޮންމެ ވެސް ކުރިއެރުމެއް ލިބެން ޖެހޭނެ ދޯ؟ އެކަމަކު އެކައްޗެކޭ ވެސް ނުކިޔާ.. ކަލޭ ހާދަ މޮޔައޭ ދޯ…” ނަމެއް ނުވާ އެ ނަންބަރު ވައިބާރއިން ލާރާއަށް މެސެޖް ކުރަމުން ދިޔައެވެ. އިތުރަށް އެ މެސެޖްތައް ކިޔާނެ ހިތްވަރު ނެތުމުން ލާރާ އެ ނަންބަރު ބްލޮކްކޮށްލިއެވެ. އެރޭ ވެގެން ދިޔައީ ލާރާގެ ހިތުގައި މަޔާންއާއި މެދު ނަފްރަތުގެ ކަނި ފުރަތަމަ ފަހަރަށް ޖަހައިލި ރެޔަށްށެވެ.

**މިހާރު**

އާ ދުވަހަކަށް އަރައިގެން އައި އިރާއެކު މައިރީންގެ މުޅި އާއިލާ ހުރީ ސްރީ ލަންކާގެ ސިފައިންނަށް ހިދުމަތް ދޭ ހޮސްޕިޓަލުގައެވެ. ލާރާއާއި މާޔަލް ވެސް ގޮޑިއެއްގައި އިށީނދެގެންއިން އިރު، ލާރާގެ މޫނުމަތިން ފެނިގެންދަނީ ބަޔާން ކުރަން ދަތި އަސަރެކެވެ. ޝިޔާމާ ދިޔައީ ރިޔާޒްގެ މޭގައި ބޯއަޅައިގެން ގިސްލަގިސްލާފައި ރޮމުންނެވެ. މަޔާން ސަލާމަތް ކުރީތީވެ ކައިލްއާއި ދިމާލަށް ރިޔާޒް ޝުކުރުވެރި ނަޒަރެއް ދިނެވެ. މައިރީން ހުރީ ކައިލްގެ އަތުތެރޭގައެވެ. މަޔާން ފެނުމުން އެންމެން އުފާވި ނަމަވެސް މަޔާން އޮތް ހާލުން އެމީހުންގެ ހިތްތަކަށް ނުތަނަވަސްކަން ވަދެފައިވެއެވެ. މަޔާން އާއި ލަޔާޝާވަނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައެވެ. ފައިސާގެ ހުރިހާކަމަކާ ހަވާލުވެފައި ވަނީ ފުލުހުންނެވެ.

މައިރީން ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުމުން ކައިލް ހިނގައިލާފައި ދިޔައީ މާޔަލްއާއި ދިމާލަށްށެވެ. އެންމެން ރޯތީވެ މާޔަލް އިނީ ފެންކަޅިވެފައެވެ. ތުންފިއްތާލައިގެން އިން ގޮތުން އެ ކުޑަކުޑަ ކުއްޖާ ނުރޯން ހިތްވަރުކުރާކަން އެނގެއެވެ. ކައިލް ކުޑަކަކޫ މައްޗަށް ތިރިވެ މާޔަލްގެ މޫނުގައި ދެއަތުން ހިފައިލިއެވެ. “ކޮބާ ކައިލްބެ ބުނިންދޯ ޔާލުއަށް ޔާލު ބައްޕި ހޯދާ ދޭނަމޭ.. ކުޑައިރުކޮޅަކުން އިރާދަކުރެއްވިއްޔާ ބައްޕި ކައިރިއަށް ވެސް ދެވޭނެ..” ކައިލް ލޯބިން ބުނެލިއެވެ. އެއާއެކު މާޔަލް ގަދަކަމުން ހީލިއެވެ. އޭރު މާޔަލްގެ ތުންފަތުގައި މަޑު ތުރުތުރެއްވެއެވެ. “ތެންކިޔޫ ކައިލްބޭ..” މާޔަލް ކުރަކިވެފައިވި އަޑަކުން ބުންޏެވެ.

ކައިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެކުޑަކުޑަ ކުއްޖާ ނުރޯން ކުރަމުން ދިޔަ ހިތްވަރު ފެނި ކައިލް ހައިރާންވިއެވެ. މާޔަލް އުރައިލަމުން މައިރީން ގާތު ލާރާ ކައިރީގައި އިނުމަށް ބުނެފައި ކައިލް ބެލްކަންޏަށް ނިކުތެވެ. މައިރީން ކޮންމެ ވެސް ވަރަކަށް ބިރުން ހުރެ ލާރާއާއި ކައިރިވިއެވެ. އޭރު ލާރާ އިނީ އިސްޖަހައިލާގެންނެވެ. “ދޮންބެދައްތާ.. އަދިވެސް މައިދެކެ ރުޅިއައިސްފަތަ؟” މައިރީން މަޑުމަޑުން ސުވާލުކޮށްލިއެވެ. މައިރީން ރަހީނުވުމުގެ ފަހުން ލާރާއާއި ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. ލާރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯހޫރުވައިލިއެވެ. ލާރާގެ ޖަވާބުން މައިރީންގެ ހިތަށް ހަމަޖެހުން ވެރިވެގެން ދިޔައެވެ. “އާރ ޔޫ އޯކޭ؟” މައިރީން މަޑުމަޑުން އަހައިލިއެވެ. ލާރާ މިފަހަރު ވެސް ޖަވާބު ދިނުމަށްޓަކައި ބޯ ހޫރުވައިލީއެވެ. “އޯކޭތަ ބައްދައިލިޔަސް؟” މައިރީން އެހެން އަހައިލުމުން ލާރާ ބޯޖަހައިލިއެވެ. މައިރީން މަޑުމަޑުން ލާރާގެ ގައިގައި ބައްދައިލިއެވެ.

ކައިލް ބެލްކަންޏަށް ގޮސްފައި ބޭރު ބަލައިލިއެވެ. އޭރު މާޔަލް އިނީ ކައިލްގެ ކޮނޑުގައި ބޯއަޅައިލައިގެންނެވެ. “ބައްޕި ފެނުނީމަ ވެސް ހާދަ ދެރަވެފައޭ ޔާލު ތިއިންނަނީ.. ކައިލްބެއަށް ކިޔައިދެވިދާނެތަ ޔާލު މިހާ ދެރަވެފަ މިއިންނަނީ ކީއްވެކަން..” މާޔަލްގެ ކޮލުގައި ހިފައިލަމުން ކައިލް އަހައިލިއެވެ. “މަންމި ބައްޕިއާ ރުޅިއޭ ބުނީ.. ރޭގަ މަންމި ބުނީ ބައްޕި މަރުވިއްޔޭ..” ނޭފަތް ދަމައިލަމުން މާޔަލް ބުނެލިއެވެ. ކައިލް ރަނގަޅަށް މާޔަލްއަށް ބައިލިއެވެ. ކުޑަ ނޫކުލައިގެ ޓީޝާޓުކޮޅަކާއި ކުރު ސޯޓުކޮޅެއްލައިގެން އިން މާޔަލްގެ މޫނުމަތި އެއްކޮށްވަނީ ރަތްވެފައެވެ. ދެލޯ ދުޅަވެފައިވީއިރު ނޭފަތަށް ވެސް ވަނީ ލޭކުލަ އަރައިފައެވެ. ލާރާ އެހެން ބުނުމުން މާޔަލް ރޯލީކަން ކައިލްއަށް އެނގުނެވެ. އެހެންނަމަވެސް ކައިލްއަށް ނޭނގުނީ ލާރާ އެހެން ބުނަންވީ ސަބަބެކެވެ.

ލަޔާޝާ ސާޖަރީއިން ނެރުމުން މާޔަލް ލާރާއާއި ހަވާލުކޮށްފައި ކައިލް ދިޔައީ ލަޔާޝާގެ ކައިރިއަށްށެވެ. ލަޔާޝާގެ ބޮލުގައި ބެންޑޭޖްގަނޑެއް އަޅައިފައިވެއެވެ. މަޔާން ބުނި އަންހެންކުއްޖަކީ ލަޔާޝާކަން ކައިލްއަށް އެނގުނެވެ.  ލަޔާޝާގެ އާއިލާއެއް ނުވަތަ އަޅާލާނެ މީހަކު ނެތުމުން ލަޔާޝާގެ ޒިންމާ ކައިލް ނެގިއެވެ.

މަޔާން އޮޕަރޭޝަން ތިއޭޓަރަށް ވެއްދިތާ ގަޑިއިރެއްވީ ތަނާހެން ޑޮކްޓަރު ނިކުތެވެ. ޑޮކްޓަރުގެ މޫނުމަތީގައިވަނީ ބަޔާންކުރަން ދަތި ކުލަވަރެކެވެ. “ލެފްޓް ލެގްގެ ނާރވްސްތަކަށްށާއި ބޯންއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފަ.. ބެލެވޭ ގޮތުން ވަޅި ހަރައިލުމަށްފަހު އަނބުރައިލީމަ އެހެންވީ.. އެހެންވެ.. ލެފްޓް ލެގް އެމްޕިޔުޓޭޓް ކުރަން ޖެހިފަ ވަނީ.. ސާޖަރީ ކާމިޔާބު އަލްހަމްދުލިﷲ.. އެކަމަކު މަޔާންގެ ރައިޓް ލެގްގެ ނާވްސްތައް ވެސް ހުރީ ވަރަށް ބޮޑަށް ޑެމޭޖްވެފަ… އައިމް ސޮރީ..” ޑޮކްޓަރ މަޑުމަޑުން ބުންޏެވެ.

ޑޮކްޓަރުގެ ވާހަކައިން ލާރާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ޝިޔާމާއަށް އަނގަމަތީގައި އަތް އެޅުނެވެ. “އަހަ.. އަހަރެންގެ ދަރިފުޅު ރަނގަޅުތޯ ދެން؟” ގިސްލެވިފައި ހުރެ ޝިޔާމާ އަހައިލިއެވެ. ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހައިލިއެވެ. “މަޔާން އިރާދަކުރެއްވީތީ ސްޓޭބަލް.. ހޭ އެރުމުން އާއިލާއަށް ބައްދަލު ކުރެވޭނެ..” ޑޮކްޓަރ ބުންޏެވެ.

އެއްގަޑިއިރު ފަހުން މަޔާން ހޭއެރިއެވެ. ކައިލްގެ އެދުމަށް އެންމެ ފުރަތަމަ މަޔާންގެ ގާތަށް ވެއްދީ ލާރާއާއި މާޔަލްއެވެ. ކައިލް ވެސް އެމީހުންނާއިއެއްކޮށް ވަނެވެ. އެނދުގައި އިށީނދެލައިގެން މަޔާން ތަންތަނަށް ބަލަމުން ދިޔައިރު އޭނަގެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މަޔާންގެ މުޅި ހަށިގަނޑުވަނީ ބެންޑޭޖްކޮށްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޔަލްއަށް މަޔާން ފެނުމުން ދުވެލާފައި މަޔާންގެ އެނދު ކައިރިއަށް ދިޔައެވެ. “ބައްޕީ..” މާޔަލްގެ ތުއްތު އަޑުން ގޮވައިލިއެވެ. މަޔާން ހައިރާންވެފައި މާޔަލްއަށް ބަލައިލިއެވެ. “ތީ ކޮން ކުއްޖެއް؟” މަޔާން އަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 1

Next

އަބަދުވޭ ހިތުގާ މަގޭ 10

Next
September 25, 2025

އަބަދުވޭ ހިތުގާ މަގޭ 10

Previews
September 24, 2025

ހިތަކުން ނުދާނޭ ފިލާ 1

28 Comments!

  1. imko 💞 says:
    September 25, 2025 at 8:36 am

    Is mayaan forgot his memory 😭
    Mi part ves varha reethi Masha Allah ❣️
    Unmeedh kuranee next part kiyaalan libeene kama ❣️
    When is next part kiyaalan libeeny ❣️
    Can’t wait for next part ❣️
    So sad mayaan forgot his memory 😭

    1. Maash Maash says:
      September 25, 2025 at 9:27 am

      Lets see dhww.. thank you soo muchh.. I’m happy U liked itt.. next part Insha Allah Mondayga.. yeah so sadd💜🦋

  2. Aanaa says:
    September 25, 2025 at 8:43 am

    Masha allah mi part vs vrh reethi
    Alhamdulillah…e miihunnah ethanun escape vehje…
    Layaasha preg viii????? Nuny eii laaraa tha???
    Alheyyy nooo mayaan ge memoryyyy?????!!
    Rohvaaliiieeehnnnuu😭
    Curiously waiting
    When next???
    Lyyysmmmm🫶🏻

    1. Maash Maash says:
      September 25, 2025 at 9:32 am

      Thank you soo muchh.. I’m happy U liked itt.. yes emeehunah ethanun escape vevijje.. eyy it’s laara ingey.. rey danvaru liyuneema loluga alhaanuganefa eyny soo sorry abt that.. now ragalhu kohlaafin😭 soo sorry rovvalevuneema.. Insha Allah next part Mondayga.. love you moree darll💜🦋

  3. Thiththi says:
    September 25, 2025 at 9:13 am

    Ey nan thah olhuvifa huri baithah heyokurey avahah. Lara liyanvaa baeh thanthaa layaasha liyevifa othee! Mayaan ge han’dhaanthah gelluneetha! Meege therey ulhevey kahala! Roe roe halaaku mulhin! Inthizaaruga dhen vaagotheh en’geyne irakah!

    1. Maash Maash says:
      September 25, 2025 at 9:34 am

      Haha yes ragalhu kohlaafin mihaaru.. hingaa dhw balama mayaan ge hadhaan thakah v goii.. hehe sorry rovvalevuneema dhennn.. Insha Allah dhen oii bai mondayga💜🦋

  4. Luna🖤 says:
    September 25, 2025 at 11:07 am

    Mi part vess Vara reethiiiii
    I’m glad mayaan and layaasha survived
    But mayaan memory lost veethaa??
    Can’t wait for next part
    Love itt♥️♥️♥️

    1. Maash Maash says:
      September 25, 2025 at 11:52 am

      Thank you so muchh.. I’m happy U liked it..
      Me too.. let’s see dhw dhen vaagoi.. next part Insha Allah Mondayga..
      💜🦋

  5. Arrmyy gurrl says:
    September 25, 2025 at 11:33 am

    Did mayaan lost his memories… im so sad.. i wanna write a long comment but i cant sorry..
    Mi prt vx vrh reethi ..
    whn nxt????
    Tc.. Lyy

    1. Maash Maash says:
      September 25, 2025 at 11:54 am

      let’s see dhw dhen vaagoi.. aww hehe.. thank you so muchh.. I’m happy U liked it.. next part Insha Allah Mondayga.. lovely you moree darll..tc💜🦋

  6. Anonymous says:
    September 25, 2025 at 1:13 pm

    thiss made me cry haha
    MA vrhh furihama mi baives
    did mayaan jst loose his memory nuvaane ehneh ughhh
    anywaysss canttt wait for the next onee
    lyyy tc <3

    1. Maash Maash says:
      September 27, 2025 at 9:43 pm

      Thankyou so muchh. i’m happy u liked itt..
      Lets see dhww vaagoii..
      Next part insha allah mondayga..
      Love you moree darrll💜🦋

  7. naeen says:
    September 25, 2025 at 1:16 pm

    woww maash vrhhh furihama MA
    rangalhah rovijje mayaan memory gehlunytha hama?
    pls say adhi ahnaane anburaa memory haha
    anywayssssss cant waitttt for 44 <3
    tcc lyy

    1. Maash Maash says:
      September 27, 2025 at 9:43 pm

      Thankyou so muchh. i’m happy u liked itt..
      Lets see dhww vaagoii..
      Next part insha allah mondayga..
      Love you moree darrll💜🦋

  8. Anonymous says:
    September 25, 2025 at 1:57 pm

    Alheyyy mayaan memory loss v tha? Tell me it’s temporary… Is it layaasha’s doing about the photo and txt …. But so great full they escaped that place.. Masha Allah v reethi mi part vx…hhama ragalhah vx rovihje.. varah curious then vaa goi balaan..

    1. Maash Maash says:
      September 27, 2025 at 9:45 pm

      Lets see dhww vaagoii.. Thankyou so muchh… i’m happy u liked itt..💜🦋

  9. shynyx inax shynyx inax says:
    September 25, 2025 at 7:29 pm

    Mi par vx v reethi

    1. Maash Maash says:
      September 27, 2025 at 9:45 pm

      Thankyou so muchh… i’m happy u liked itt..💜🦋

  10. Mariam says:
    September 25, 2025 at 7:51 pm

    alheyy mayaash ge mem lost vee kanne 😭 alhamdulilah they finally escaped dhw.dhn kihineh baa vaany. mi part vx vrh reethi masha allah❤️
    whens next part??
    curiously waiting ….
    ly maashh 💐

    1. Anonymous says:
      September 25, 2025 at 7:52 pm

      not mayaash mayaan *

    2. Mariam says:
      September 25, 2025 at 7:52 pm

      oh yes mayaan my bad

    3. Maash Maash says:
      September 27, 2025 at 9:46 pm

      Lets see dhww vaagoii.. Yes they escaped finally..
      Thankyou so muchh… i’m happy u liked itt..
      Next part insha allah mondayga.. Love you moree darll💜🦋

  11. Shiu💜 says:
    September 25, 2025 at 8:09 pm

    Mi part vx varah Reethi Masha Allah…
    Finalllyyyy… They escaped Alhamdhulillaah.
    Allheyyy haadha Rahumeh neiyy baekey dhw e eee.. 😔😭
    Emeehun mihaaru Laara Mayaan ah nafrathu kuruvan dhw beynunvany?? 😡
    Nooooo.. Mayaan lost his memory?? 😭💔 Or is he pretending??? 🤔
    Curiously waiting for the next part
    Lysm Maash💗

    1. Maash Maash says:
      September 27, 2025 at 9:48 pm

      Thankyou so muchh… i’m happy u liked itt..
      Yess they escaped finally.. asluvx evves rahumeh neii bayeh eii.. lets see dhww vaagoii.
      Next part insha allah mondayga.. Love you moree darll💜🦋

  12. Typeleter6835 says:
    September 26, 2025 at 1:43 pm

    Did Mayaan loose his memory
    Whats happening
    This part is also very cool
    Among the best parts
    When’s next tttt
    On the waiting list

    1. Maash Maash says:
      September 27, 2025 at 9:48 pm

      Lets see dhww vaagoii
      Thankyou so muchh… i’m happy u liked itt..
      Next part insha allah mondayga.. Love you moree darll💜🦋

  13. Anonymous says:
    September 27, 2025 at 1:39 pm

    Can you upload next part today??
    I can’t wait

    1. Maash Maash says:
      September 27, 2025 at 9:49 pm

      sorry darll.. very busy these days💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 44←


All Right Reserved!