Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-12

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
September 27, 2025 3 Mins Read
0 Comments

“ހަޔާ، އަޅެ ވަރަށް ބޮޑަށް ސޮރީ ނުބުނެވުނީމަ އެއީ އަސްލު ބުނަ-” ކުއްލިއަކަށް ފޮނު ކެޑުނެެވެ. ހަޔާ ފޮނަށް ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. ޗާޖް ނެތިގެން ނިވުނީއެވެ.

“ފަ* އެއްމެ ބޭނުން ވާގަޑީގަ..” ހަޔާ އަށް ފޯނު އޮތް އަތަށް ބާރުކޮށްލެވުނެވެ. އޭނާ މި ކުޑަ ހިޔާ ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެއް ކަމަކު ފައި އޮތީ އެއްކޮށް ތެމިފައެވެ. އެތާ ހުންނަތާ އިރުކޮޅެއް ފަހުން ކުރިމަތީ ހުރި ގެއިން މީހަކު ނުކުތްތަން ފެނުނެވެ. އެއީ ފިރިހެނެކެވެ.

*ޕާރްޓް-12*

ހަޔާ ހިތް ބިރުގަތެވެ. އަންހެން ކުއްޖަކު އެކަނި އިންތަން ފެނިއްޖިއްޔާ އާމުކޮށް ފިރިހެނުން ނުބެހި ނުދެއެވެ. އެހެންކަމުން ހަޔާ ހުރީ ނޭވާހިފާއްޓައިލައިގެނެވެ. އެމީހަކު އައީ ސީދާ ހަޔާ އާއި ދިމާއަށެވެ. އެމީހަކު އައިސް ހަޔާ ކައިރީ ހުއްޓިލައިފައި ގޮވާލިއެވެ.

“ހަޔާ..؟” އެއީ ދަންނަ އަޑެކެވެ. ހަޔާ އެމީހެއްގެ މޫނަށް ރަގަނޅަށް ބަލާލިއެެވެ. އެއީ ކައިލާން އެވެ. އެމީހަކީ ކައިލާންކަން އެނގުމުން ހަޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“މިތާ އެކަނި ވާރޭގަނޑު ތެރޭ އެކަނިމާއެކަނި ކީއްތިކުރަނީ..؟” ކައިލާން ހުރީ ހާސްވެފައެވެ. ހަޔާ މިތާ އެކަނި އިންދައި މީހަކު އައިސް ގޮތެއް ހެދިޔަކަސް ނޭނގޭނެއެެވެ.

“މިއައީ ޔަސްރާ ކައިރިއަށް އެކަމު ޔަސްރާ އެއް ނޫޅެ..” ހަޔާ ކިޔަދިނެވެ.

“މިއަދު މެންދުރު ޔަސްރާ ގޮއްސި އެއާރްޕޯޓަށް ޔަގީން އެދިޔައީ ރާއްޖެތެރެއަށް ކަން..” ކައިލާން ބުނެލިއެވެ.

“އެހެންތަ..؟ ޕިސް ނުވެސް ބުނޭ..” ހަޔާ ތުންދަމާލިއެވެ.

“ހަޔާ ގެޔައްދާނީ ކިހިނެއްދެން..؟” ކައިލާން ހާސްވެ ހުރެ އަހާލިއެވެ.

“ވާރޭ ތުނި ކޮށްލީމަ ދާނަން..” ހަޔާ މަގުމައްޗަށް ބަލާލިއެވެ. އަވަހަކަށް ވާރޭ ހުއްޓާކަށްވެސް ނެތެވެ. ބަލާއަންނާށޭ ބުނާކަށްވެސް ފޯނަކު ޗާޖްއެއް ނެތެވެ.

“އަވަހަށް ވާރޭ ތުނިކޮށްލާނެ ހެނެއްވެސް ހިޔެއް ނުވޭ.. އާދޭ އަހަރެންގެ ގެޔަށް.. މިތާ އެކަނި ހުންނާކަށް ނުވާނެ މިއޮށްވިސާރަގަނޑު ތެރޭގަ..” ކައިލާން ހަޔާގެ ކޮޑުގައި އަތް އަޅުވައިލައިގެން އެ ކުޑަ ހިޔަގަނޑުތެރެއިން ނުކުތެވެ. ހަޔާ ހުރި ކައިލާންގެ މި އަމަލުން ހުއްޓުން އަރައި ލަދުގަނެފައެވެ.

ހަޔާ އަށް ބެލެނީ ހަމަ ކައިލާންގެ މޫނަށެވެ. ކައިލާން ބަލައިގެން މަގުހުރަސްކުރުމަށްފަހު ގޮސް ގޯތިތެރެއަށް ވަނެވެ. ހަމަ އެހުރި ގޮތަށް ހުރެ އޭނާގޮސް ފެންޑާދަށަށް ވަނެވެ. ހަޔާ ގައިން ދޫކޮށްލާފައި ކައިލާން ކުޑަ ފޮޅާ ލައިފައި ތިރީގައި ބެއިންދިއެވެ. އަދި އަންނާށޭ ކިޔައި ގޭތެރެއަށް ވަނެވެ.

ހަމަ އާދައިގެ ގެއެކެވެ. ކުޑަޔަސް ދިރިއުޅެލަން ހިތްގައިމެވެެ. ގޭތެރެއަށް ވަދެވުމުން ހޫނުކަން އިހްސާސް ކުރެވުނެވެ. ނޫޑްލިސް ކައްކާ ވަސްވެސް ދުވައެވެ. ހަޔާ ލައިގެން ހުރި ކޯޓު ބޭލުމައްފަހު ކައިލާން އަށް ބަލާލިއެވެ. ކައިލާން އޭގައި ހިފާ އެތާ އިން ތަނެއްގައި އަޅުވާލިއެވެ.

“ކޮބާ.. ބުނީމެއްނު ނުދެވޭނެއޭ.. އެހެންވާނީ ބުނާބަސް ނާހަންޔާ..” އެތެރެއިން އިވުނީ އަންހެނަކު ވާހަކަ ދެއްކިއަޑެވެ. ހަޔާ ހީއްކުރީ އެއީ ކައިލާންގެ މަންމަ ކަމަށެވެ.

ހަޔާ އާއި ކައިލާން އެހެން ތިއްބައި ނަޢީމަށްތަ އައިސް ހުއްޓިލީ ދެމީހުންގެ ކުރިމަތީގަ އެވެ. ހަޔާގެ ފައިން ފެށިގެން ބޮލާހަމައަށް ބަލާލައިފައި ނަޢިމަށްތަ ހައިރާން ކަމާއި އެކީ ކައިލާން އަށް ބަލައިލައިފައި ބުމަ އަރުވާލިއެވެ.

“މިއީތަ ކައިލާން ގެންނަން އުޅުނު ފްރެންޑަކީ..؟” ނަޢީމަށްތަ އަހާލިއެވެ. ހަޔާ ވެސް ހައިރާން ކަމާއި އެކީ ކައިލާން އަށް ބަލާލިއެވެ. ކައިލާން ވެސް ހަޔާ އަށް ބަލާލައިފައި ހިނިގަނޑެއް ޖަހާލިއެވެ.

“ނޫނޭ ނަޢީމަށްތާ.. މިއީ އަހަރެން މިތަނަށް ނިކުތީރު އެކަނި އިނީމަ ގެނައި ކުއްޖެއް.. ދެން އެހެންނޫނަސް މިއީ އަހަރެންގެ ކްލާސް ކުއްޖެކޭ.. މިއީ ހަޔާ..” ކައިލާން ހުރިހާ ކަމެއް އޮޅުން ފިލުވައި ދިނެވެ.

“ލާ ދަރިފުޅާ.. އެކަނި ކިއްކުރަންތަ އައީ.. މިތަންގަނޑަކި އެހާ އަމާން ހިސާބުގަނޑެއްނޫން..” ނަޢީމަށްތަ ހަޔާ އަށް ބުނެލިއެވެ.

“ހަޔާ އައީ އެކުވެރިއެއްގެ ގެޔަށް އެކަމު އެކުއްޖާ އެއް ނެތް.. އެކަމު ވާރޭ ބޯކޮށް ވެހޭތި ނުދެވިފަ އިނީ ދޯ..” ކައިލާން ހަޔާ އަށް ދޯ ދިނެވެ. ހަޔާ ބޯޖަހާލިއެވެ.

“ތިތާ ކޮޅަށް ނުހުރޭ އިށީންދޭ..” ނަޢީމަށްތަ ބުނެލިއެވެ. ހަޔާ ހީލާފައި އަވަހަށް ގޮސް އިށީނެވެ. ކައިލާން އެތާ ހަޔާ އަށް ބަލަހައްޓައިގެން ހުރުމުން ނަޢީމަށްތަ ކައިލާންގެ އަތުގައި ޖަހާލައިފައި އައުމަށް ބުންޔެވެ. ނަޢީމަށްތަ އާއި އެކީ ކައިލާން ބަދިގެޔަށް ވަނުމުން ނަޢީމަށްތަ ސިއްރުސިއްރުން ހަޔާ އަށް ބަލާލިއެވެ.

“އެއީތަ ތިކިޔާ ހަޔާ އަކީ..؟” ނަޢީމާ އަހާލިއެވެ.

“އާން އެއީ..” ކައިލާން އިނީ ރަކި ވެފައެވެ.

“ހަމަ ހީވަނީ އުޑުން ފައިބައިފައިހުރި ޕަރީއެއްހެން..” ނަޢީމާ ހަޔާގެ ރީތިކަމަށް ތާއީދު ކުރިއެވެ.

“ދެން ވެސް ދޭބަަލަ ގޮސް ވާހަކަދައްކާލަން..” ނަޢީމާ ކައިލާންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ބުނެލިއެވެ.

“ނުކެރޭނެ، އެއަށްތުރެ އަހަރެން މާފިނޑި..” ކައިލާން އަށް ހަމަ ބެލެނީ ހަޔާ އަށެވެ.

ނަޢީމާ ކިޔަކިޔައިގެން ކައިލާން ގޮސް ހަޔާ ކައިރީ ސޯފާގައި އިށީނެވެ. ހަޔާ އިނީ ހީކަރުވައިގަނެފައެވެ.

“ތެންކްސް..” ހިޔާލުތަކަށް ގެެބެމުން ދިޔަ ކައިލާން ސިހުނީ ހަޔާ ގެ އަޑަށެވެ.

“އިޓްސް އޯކޭ..” ކައިލާން ބުނެލިއެވެ.

ކާން ހެދުމުން ނަޢީމާ ގޮވިއެވެ. ކާން ތިބީރުވެސް ނަޢީމާ ހަމަ ވާހަކަދައްކަނީއެވެ. ހަޔާ ވެސް އިނި ނަޢީމާ ކިޔައިދޭވާހަކަ އަޑުއަހަން ނިކަން ޝައުގުވެރިވެގެންނެވެ. ކައިލާން ވެސް ދޭތެރެދޭތެރެއިން އެއްޗެއް ބުނެލާނެވެ. ކައިނިމުނީރު ވާރޭ ވެސް ހުއްޓާފި އެވެ. ކައިލާން އާއި އެކީ ހަޔާ ގެޔަށް ދާން ނުކުތެވެ.

ޝުހުބާ ނިންދަވާފައި ޔަސްރާ ނުކުމެލީ ގޯތިތެރެއަށެވެ. ހަޔާ އުޅޭނެ ހާލެއް ނެއިންގޭތީވެ އޭނާ ހުރީ ކަންބޮޑުވެފައެވެ. އެކަމު ހަޔާ ކައިރީ ބުނާކަށް އޭނާއަކަށް ހަދާނެއް ނެތެވެ. ދޮންބެ ގުޅާފައި ދާން ތައްޔާރުވާށޭ ބުނުމުން އޭނާ ތެޅިފޮޅުނީއެވެ. ދެން ވެސް އައިސް އަނެއްކާ އުޅުނީ އަވަދި ނެތިއެވެ.

ހިޔާލު ތަކުގައި އޮށް ޔަސްރާ ސިހުނީ އޭނާގެ ފޯނަށް މީހަކު ގުޅުމުންނެވެ. ބަލާލީރު އަޒްހާން އެވެ. ފޯނު ސައިލެންޓް އަށް ލައިފައި އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ގޮސް ގެޔަށް ވަނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޭގެ ބަދަލް-11

Next

ހިތުގެ އަނގުރު – ބާބް 2

Next
September 27, 2025

ހިތުގެ އަނގުރު – ބާބް 2

Previews
September 27, 2025

ލޭގެ ބަދަލް-11



All Right Reserved!