އެކުގައިވާނަން-11
“ކައިލާން އަށް ހަޔާ އަށް އިންޑައިރެކްޓް ކޮށް ކިސްކޮށްލެެވުނީ..” ޒިވިއަލް ހޭންފެށިއެވެ. އެއްމެން ވެސް ހަޔާ އާއި ކައިލާން ލައިފައި އަޅުވާކިޔަން ފެށިއެވެ. ހަޔާ ލަދުން ހުރީ މަރުވާ މަރުވާވަރުވެފައެވެ.
ކައިލާން އަށް އުދަގޫ ވާން ފެށުމުން ކަންފަތަށް ހެޑްސެޓް ޖަހާލިއެވެ. ކްލާސް ތެރެ މާއަޑުގަދަ ވާން ފެށުމުން ޓީޗަރު ހަޅޭލަވައިގަތެވެ.
*ޕާރްޓް-11*
އެހެން ދުވަސް ތަކެކޭ އެއްފަދައިން މިއަދުވެސް ކްލާސްތަށް ނިމި ސްކޫލް ނިމިއްޖެވެ. ހަޔާ އާއި ޔަސްރާ އެކުއެކީގައި ނުކުމެގެން ހިގައިގަތެވެ. ދެމީހުންގެ މެދުގައިވެސް ދެކެވެމުން ދިޔައީ މިއަދު ދިމާވި ކަންތަކުގެ ވާހަކަ އެވެ. މަޖަލާއި ސަކަރާތުގައި ހުރެމެ މިހާރު އާދެވުނީ ހަޔާ މެން ގެޔަށެވެ. ހަޔާ ދިޔުމުން ޔަސްރާ މާޔޫސް ވިއެވެ. މަޑުމަޑުން ހިގައިލައިފައި އަންނަނިކޮށް ފަހަތުން މީހަކު އޭނާގެ ނަމުން ގޮވާލި ހެން ހީވިއެވެ. ޔަސްރާ ސިހިފައި އެނބުރި ބަލާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ހިގުން އަވަސްކޮށްލާފައި ޔަސްރާ ބެލީ އަވަހަށް ގެޔަށް ދެވޭތޯއެވެ. ހިގަނިކޮށް ހިގަނިކޮށް ފޯނެއް އައެވެ.
“ހަލޯ..” ޔަސްރާ ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.
“އާން އާން.. މައްސަލައެއްނެތް އަޔަސް.. ވަރަށް މަޖާވާނެއްނު، އާއިލާ އެއްމެން ހަމަވީ ވިއްޔާ ހަހަ..” ހަޔާ ގޭތެރެއަށް ވަނީރަށް ފުރަތަމަވެސް އިވުނީ މިންހާގެ އަޑެވެ. އޭނާގެ ރާގުހުރިގޮތުން ވަރަށް އުފަލުން ކަން ހުރީ އެނގެއެވެ. ހަޔާ ވެސް ވެގެން އުޅޭގޮތެއް ބަލަން ވެގެން އަވަސްކޮށްލާފައި ސިޓިން ރޫމް އަށް ނިކުތެވެ.
“މަންމާ ކިހިނެއްވީ..؟” ހަޔާ އައިސް މިންހާ ކައިރީ ސޯފާގައި އިށީން ދެލަމުން އަހާލިއެވެ.
“ދަރިފުޅާ.. ޒަހައްތަމެން އަންނަނީއެއްނު.. އައިކޮށް މެންވެސް އާދެއޯ.. ޓާރްމް ބަންދަށް..” މިންހާ އިނީ ނިކަން ފުޅާ ހިނިތުންވުމެއް ދީގެނެވެ. ހަޔާ ވެސް އުފަލުން ފުންމައިގަތެވެ. އޭނާގެ ދެބެއިންގެ ދެދަރި ކުދިންކޮޅު އަންނާތީއެވެ. އާއިލާ އެއްމެންނާއި ބައްދަލް ވެވޭނެތީވެ އޭނާ ހުރީ ނިކަން އުފަލުންނެވެ.
އެއުފަލުގައި ހުރެ ފުންމަމުން ކަހަލަ ގޮތަކަށް ގޮސް ހަޔާ ކޮޓަރިއަށްވަނެެވެ.
ފެންވަރާ ތާޒާ ވެލައިގެން ކައިލާން ނިކުތީރު ބަދިގޭގައި މީހަކު އުޅޭއަޑު އިވެއެވެ. ނައީމަށްތަކަން އެނގޭތީވެ އޭނާ ހަމަޖެހިލައިގެން ހުރެ އެއްޗިހިލައި ހަދައިގެން ނުކުތެވެ. ކާމޭޒު ދޮށުގައި އިށީނީރަށް ކުއްލިއަކަށް ކައިލާން ހަދާންވީ ހަޔާ މަތިންނެވެ. މައުސޫމް ގޮތަކަށް އޭނާ ކައިލާން އަށް ބަލަން ހުރީރު ކިތައްމެހާވެސް ލޯތްބެެވެ. ބޮޑު ކަޅު ދެލޮލެވެ. ފުންމިންނެއިންގެއެވެ. އެހާ ދޮނެެވެ. ދެން ކިޔާނެ ކަމެއް ނެތެވެ. އެހާވެސް ފުރިހަމައެެވެ.
ހިޔާލަކަށް ގެއްލިފައި އިން ކައިލާން ފެނި ނައީމައްތަ ގާތަށް ހިނިއައެވެ. މަޑުމަޑުން އައިސް ކުއްލިއަކަށް މޭޒުމަތީ ޖެހިއެވެ. ސިއްސައިގެން ދިޔަވަރުން ކައިލާން ގޮޑިން ނުވެއްޓުނީ ހަމަ ކިރިއާއެވެ. ކައިލާން އަށް ވީގޮތް ފެނި ނައީމަތަށް ބާރަކަށް ހޭންފެށިއެވެ. ކައިލާންއަށް ވެސް ހެވުނެވެ.
“ކޮން ހިޔާލެއްގަތަ.. އަނެއްކާ ކަމުދާ ކުއްޖަކު ފެނުނީތަ..؟” ނައީމަށްތަ އަހާލިއެެވެ. މިއަދު ކަންތަށް ވީގޮތް ކައިލާން ކިޔައިދިނެވެ. އަދި އޭނާ އަށް ހަޔާ ރީތިވާހަކަވެސް ބުންޔެވެ.
“ހޫން.. ތިޔަ ކިޔާ ހަޔާ ނައީމަށްތަ ދަންނަަން ކަންނެއިންގެ.. އަޅެ ކާކުތަ..” ނައީމަށްތަ ވިސްނާލިއެވެ.
“އާން އެއީ މި ނަހާން ކިޔާ މީހަކު އުޅޭނެ ނިކަން ބޮޑު ވިޔަފާރިވެރިއެއް.. އޭނަގެ ހުރި ހަމައެކަނި އަންހެން ދަރި.. އެކުއްޖަ ރާއްޖެތެރޭ ރަށެއްގަ އުޅެފައެއްނު އައިސް އުޅެނީ.. ގްރޭޑް 5ގަ ކަންނެއިންގެ ދިޔައީ.. ކައިލާން ތިޔަހެރީ ހަދާން ނެތިފަދޯ..” ނައީމަށްތަ ކިޔައިދިނެވެ. ކައިލާން ވިސްނާލިއެވެ. ހަޔާ އެއީ އެހެންމަ ކްލާހަށް އަލަށް އައި ކުއްޖެއް ނޫނެވެ.
“ކޯއްޗެއް ކާން ހެދީ..؟” ހިޔާލުތަކުން ބޭރުވެ ކައިލާން އަހާލިއެވެ.
“ޕާސްތާ ކޮޅެއް ހަދައިލަން މިއުޅެނީ އަދި ނުނިމެ.. އިރުކޮޅެއް ވާނެ..” ނަޢީމަށްތަގެ ޖަވާބު އަޑުއަހައިފައި ކައިލާން ފޫހިގޮތަކަށް ލޯއަނބުރާލައިފައި ނުކުތީ ގޯތިތެރެއަށެެވެ. ބޭރުތެެރެއިން ޝުހުބާގެ އަޑު އިވުމުން ކައިލާން ދޮރުހުޅުވައި ބަލާލިއެވެ. އޭރު ޔަސްރާގެ ދޮންބެ ޝުހުބާ އުރައިލައިގެން ގެނެެސް ކާރަށް ލަނީއެވެ. ޔަސްރާ ވެސް ގޯތިން ނުކުމެގެން އައިރު އަތުގައި ކޮތަޅެއް އޮތެވެ. ކައިލާން ފެނުމުން ޔަސްރާ ހިނިތުންވެލިއެވެ. ކައިލާން ވެސް ބަދަލުގައި ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ޔަސްރާ ކާރަށް އެރުމުން ކާރު ދިޔައެވެ.
ޔަސްރާ އެދިޔައީ އަނެއްކާވެސް ރާއްޖެދާންކަން ޔަގީނެވެ. އޭނާ އުޅެން ޖެހިފައިވާ ހާލުން ކައިލާންގެ ހިތުގައި ޔަސްރާ އާއި މެދު ހަމްދަރުދީ އުފެދުނެވެ. އިރުކޮޅަކު ބޭރު ބަލަން ހުރެފައި ކައިލާން ވަނީ އެތެރެއަށެވެ.
ގަޑިން މިހާރު 7:30 އެވެ. ވިއްސާރަކޮށް އުޅޭތީވެ ހަޔާ ހުރީ ހީކަރުވައި ގަނެފައެވެ. އެހާ ގަދަޔަށް އެބަ ވައި ޖެހެއެވެ. ބޯ ހުޑީއަކާއި ޓައިޓް އެއް ލައިގެން ދަބަސް ކޮޑުގައި އަޅުވައިގެން އޭނާ ނުކުތީ ބޭރަށެވެ. އޭރުވެސް ތުނިތުނިކޮށް ދިޔައީ ވާރޭ ވެހެމުންނެވެ. އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި ހަޔާ ހިގައިގަތެވެ.
އޭނާގެ މަންޒިލަށް އާދެވުނީރު ވާރޭ ބޯކޮށް ލައިފިއެވެ. ޔަސްރާ އަށް ގުޅައި ނުލާ އާދވުނީމަ ހަޔާ ހުރީ ކަންބޮޑު ވެފައެވެ. އޭނާ އިސްތަށިގަނޑުން ފެން ފޮޅައިލައިފައި ތަޅުގައި ހިފައި ކޮއްޕާލިއެވެ. ދޮރެއް ނުހުޅުވުނެވެ. ދެވަނަފަހަރަށްވެސް ކޮއްޕާލިއެވެ. ހަމައެއްފަދައެވެ. އަނެއްކާ މިތަން މިހިރީ ތަޅުލާފަހެއްޔެވެ. އެކަމު ޔަސްރާ ގޭގައި އުޅެންޔާ މިތަން ހުންނާނީ ތަޅު ނުލައެވެ. ހަޔާ ފޯނު ނަގައި ޔަސްރާ އަށް ގުޅާލިއެވެ. ފޯނު ރިންގް ވަމުން އެބަ ދެއެވެ. ކޮންމެ ރިންގަކާއި އެއްކޮށް ހަޔާގެ ހިތުގެ ވިންދު އަވަސް ވެލައެވެ.
ވާރޭ ބޯކޮށްލައި ފިއެވެ. ވައިވެސް އެހާ ބާރެވެ. ފުރާޅުތަކުގައި ވާރޭ ތިކިތަށް ޖެހޭ އަޑު މިހާރު އިވެނީ ބިރުވެރި ގޮތަކަށެވެ. ހަޔާ ބިރުގަނެ ހިތް ނުތަނަވަސް ވިއެވެ. ކުޑަ އެއްވެސް ނުލާ އާދެވުނީމަ އެވެ.
“ހަލޯ..؟” އެއްމެ ފަހުން ޔަސްރާ ފޯނުނެގިއެވެ.
“ހަލޯ.. ޔަސް ކީއްވެތަ ދޮރު ތަޅުލާފަ.. އަހަރެން މިތާ ހުންނަތާ މިހާރު ކޮންއުރެއްތަ..” ހަޔާ ބުނެލިއެވެ.
“ހަޔާ، އަޅެ ވަރަށް ބޮޑަށް ސޮރީ ނުބުނެވުނީމަ އެއީ އަސްލު ބުނަ-” ކުއްލިއަކަށް ފޯނު ކެޑުނެވެ. ހަޔާ ފޯނަށް ބަލާލީރު ފޯނު އޮތީ ނިވިފަ އެވެ. ޗާގް ނެތިގެން ނިވުނީއެވެ.
“ފަ* އެއްމެ ބޭނުން ވާގަޑީގަ..” ހަޔާ އަށް ފޯނުއޮތް އަތަށް ބާރުކޮށްލެވުނެވެ. އޭނާ މި ކުޑަ ހިޔާ ކޮޅުގައި މަޑު ކޮށްލައިގެން ހުއްޓެއް ކަމަކު ފައި އޮތީ އެއްކޮށް ތެމިފައެވެ. އެތާ ހުންނަތާ އިރުކޮޅެއް ފަހުން ކުރިމަތީ ގެއިން މީހަކު ނުކުތްތަން ފެނުނެވެ. އެއީ ފިރިހެނެކެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Long time no sees Masha Allah mi part ves Vrh reethi maa Las vany up vaaleh kailaan and hayaa gulhuvahchey they both are made for each other Curiously waiting for the next part when’s next
Hehe! Busy koh ulheytheeve thats why! Aneh kaa annahafthaaga test ovey! Ofc they both are made for each other! V avaha inshaalaah next part ves up koh dheveytho balaanan!