Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-35

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
September 27, 2025 3 Mins Read
0 Comments

މާހީ އަށް އެނދުމައްޗަށް ޖެހިގަނެވުނެވެ. ބާލީހުގައި މޫނު ފޮރުވައިގެން އޮވެ ރޮމުން ދިޔަ މަންޒަރު ފެންނަ ކިތައްމެ ހަރުހިތެއްގެ ވެރިޔާގެ ހިތްވެސް މަޑު ކަފަކޮޅަކަށް ބަދަލުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މީހުން ބުނެ އުޅެއެއް ނޫންހެއްޔެވެ. ތިމާ ދެކެ ކިތައްމެ ލޯބިވާ މިހެއް ތިމާ ކިތައްމެ އަނިޔާ އެއް ދިނަސް އަބަދުވެސް ތިމާ ދެކެ ލޯބިވާނެއެވެ. މާހީ އަށް މިއަދު މިވަނީ މިކަން ޔަގީން ވެފައެވެ. އަރަަން އޭނާދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އެހާ ބޮޑު ގުރުބާނި ތަކެއް ވެއްޖެއެވެ. ގައިމުވެސް މާއިލް އަށް ވުރެ އަރަން މާރަގަނޅެވެ. ބަންދުކޮށްގެން ކިތައްމެ ގިނަދުވަހަކު ގެންގުޅުނަސް އެއްމެފަހަރަކުވެސް އޭނާގެ ގައިގައި އިނގިލި ކުރި ޖައްސާލައިފަކާވެސް ނެތެވެ. ތެދުވެރި ލޯތްބަކި މީއެވެ. މާހީގެ ހިތުގައި އަރަން އަށް ޓަކައި ވިންދެއްޖަހާލިއެވެ.

*ޕާރްޓް-35*

ރުއި ރުއި ފައި ނިދުނު އިރެއްވެސް ނެއިންގެއެވެ. ހޭލެވުނީރު 9 ޖަހާފިއެވެ. ތެދުވެ އެނދުމަތީ އިށީން ދެލުމަށްފަހު މާހީ ލޯ އުނގުޅާލިއެވެ. ރޭގެ ހަދާން އާވުމުން އޭނާ އަނެއްކާ ވެސް ދެރަވިއެވެ. ލޯބިވާ މައިންބަފައިންގެ މަރުގެ ހަޤީގަށް އެނގުނީމަ އެވެ. އެނދުން ތެދުވެގެން ގޮސް އަލަމާރިން ޖޯޒީއެއް ނަގައިގެން މާހީ ފާހަނައަށް ވަނީ ފެންވަރާ ތާޒާ ވެލާށެވެ. ފެން ވަރައި ރީތިވާން ހުރީރުވެސް މާހީ ހުރީ ގަނބުވެފައެވެ. އަރަން އޭނާ އާއި ދެތޭރޭ ހާދަވަރަކަށް އެހެންމަ ވިސްނައެވެ. މިކަހަލަ ލޯބިވާ މީހަކު ލިބޭނީ ހާހަކަުން ފަހަރަކުއެވެ. ރީތިވެގެން ބުރުގާ އަޅި ތަނާހެން ދޮރުގައި ޓަކިދިނެވެ. މާހީ ހޫން ލައްވައިލީ ވަނަސް އެއްމެ ރަގަނޅޭ ބުނުމުގެ ގޮތުންނެވެ. އަރަން ދޮރުހުޅުވާލީރު ޑްރެސިން ޓޭބަލް ކުރިމަތީ ހުރި މާހީ ފެނުމުން ހިނިތުން ވެލިއެވެ.

“އާދޭ ސައިބޯން..” އަރަން އެހެން ބުނުމުން މާހީ ހައިރާން ވިއެވެ. އެހެން ނޫނީ އޭނާ މިތާ ބަންދުކޮށްގެން ކެއުމާ ހުރިހާ އެއްޗެއް ދެނީ މިތާގައެވެ. މިހާރު އެބުނީ އަރަން އާއި އެކީ ސައިބޯން އައުމަށެވެ. މާހީ ހުންނަން ފެށުމުން އަރަން އަނެއްކާ ވެސް ގޮވާލިއެވެ.

“މާހީ.. ބަޑުހައެއް ނޫންތަ؟ ގައިމުވެސް ރޭގަ ނިދީ ނުކައި..” އަރަން އެހެން ބުނެ ހިގައިގަތެވެ. މާހީ ވެސް މަޑުމަޑުން ނުކުތެވެ. އެޕާރްޓް މެންޓް ބޮޑެވެ. މާހީ އިން ކޮޓަރި ދޮރުމަތީ އިތުރު އެހެން ކޮޓަރިއެއްވެސް ހުއްޓެވެ. ބޮޑު ސިޓިން ރޫމެކެވެ. ޓީވީ އަކާއި ސޯފާ ސެޓެކެވެ. ކައްކާ ބަޔާއި ކާމޭޒު އިނީ އެއްތާކުއެވެ. މާހީ އުޅުނު އެޕާރްޓް މެންޓާ ފުދޭވަރަކަށް އެއްގޮތެވެ.

އެކިތަންތަން ބަލަމުން އައި މާހީ ސިހުނީ ޖައިޝްގެ އަޑު އިވުމުންނެވެ.

“ހެލޯ.. އާދޭ ސައިބޯން.. ވަރަށް ފޫހި ދޯ އެތާ އެކނަި އިންނަން..؟” ޖައިޝް ވާހަކަ ދެއްކީ ދުވަސްވި އެކުވެރިއަކާއި ވާހަކަ ދައްކާ ގޮތަކަށެވެ.

“ހޫމް..” މާހީ އެހެން ބުނެ ގޮޑިއެއް ދަމައިލައިފައި އިށީނެވެ. އޭރު އަރަން އުޅެނީ ކޮފީ ހެދުމުގައެވެ.

“އެނގޭތަ މިއޮށްހާ ދުވަހު މާހީ އަށް ކައްކާދިނީ މާސްޓާ ޝެފް އަރަން..” ޖައިޝް މަޖާ ރާގެއްގައި ބުނެލިއެވެ. މާހީ އަރަން އަށް ބަލާލިއެވެ. އެވަގުތު އަރަން އިނީ މާހީ އަށް ބަލާށެވެ. އަރަން އިނީ ޝީޓްގައި އަތް އަޅުވައިލައިގެންނެވެ. މާހީ ވަގުތުން ނަޒަރު ބަދަލު ކޮށްލިއެވެ.

“ވަރަށް މީރު ދޯ އަރަން ކައްކާ އެއްޗިހި..؟” ޖައިޝް ޕާން ކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ. މހީ ބޯޖަހާލިއެވެ. އަސްލު ހަޤީގަތުގައި ވެސް އަރަން ކައްކާއިރު ވަރަށް މީރެވެ.

މާހީ ބޯޖަހާލި ތަން ފެނި އަރަންގެ ތުންފަތަށް ހިނިތުންވުމެއް ފޭދުނެވެ.

އަރަން އަށާއި މާހީ އަށް ކޮފީގިރައިގެން އަރަން އައެވެ. މާހީ ލަދުން ހުރެ ކާން ފެށިއެވެ. އަރަން އިށީނީ މާހީ އާއި ކުރިމަތި ވާގޮތަށެވެ. އަރަން އާއި ޖައިޝްގެ މަޢުލުއަކަށްވީ މާއިލް އެވެ. އެހެންކަމުން މާހީ ހުރި ފުދޭވަރަކަށް އުދަގޫވެފައެވެ.

“އޭނާ އުޅޭ ހަޑިވައްތަރު އެހުރީ.. ދެން އެހެއްނު ވާނީ ދޯ ކުރީގެ ލޯބިވެރިޔާ އަމިއްލަ ބައްޕައޭ މަރާލީ..” ޖައިޝް ބުނެލިއެވެ.

“މާއިލް ހަމަ ވަރަށް ރަގަނޅުތަ މާހީއަށް..؟” ޖައިޝް އަހާލިއެެވެ.

“އާން.. ރަގަނޅު.. އެކަމު ފަހުން ފަހުން އައިސް ކުޑަކޮށް ދުރުން އުޅެން ފެށީ..” މާހީ ކިޔަދިނެވެ. އަސްލު އޭނާ ހުރީ އެވާހަކަތަށް މީހަކާއި ހިއްސާ ކުރަން ބޭނުން ވެފައެވެ.

“އެއީ އަސްލު މާއިލް މާހީދެކެ ލޯބި ނުވާތީ..” ޖައިޝް އެހެން ބުނެ ތެދުވިއެވެ. ޖައިޝް ގޮސް ކޮޓަރިއަށް ވަނުމުން މާހީ އާއި އަރަން އެކަނި ވީއެވެ. މާހީ އަރަން އަށް ބަލާލިއެވެ. އޭރުވެސް އަރަންގެ ތޫނު ނަޒަރު ވަނީ މާހީއަށް އަމާޒުވެފައެވެ.

“އަހަރެން ބޭނުން ގެޔަށް ދާން..” މާހީ ބުނެލިއެވެ.

“އަދި މާހީ އެގެޔަށް ދިޔުން އެހާ ބުއްދިވެރިއެއް ނޫން.. ހުޒާމް މެން ހޯދަނެ މާހީ އަށް، މާއިލް އަށް ވެސް..” އަރަންގެ އަޑުގައިވީ އޯގާތެރިކަމެވެ.

“އަހަރެން ބޭނުން ކުޑޫ އާ ވާހަކަދައްކާލަން..” އެހެން ބުނުމުން އަރަން ބޯކަހާލިއެވެ.

“ކިހިނެއްވީ..؟” މާހީ އަހާލިއެވެ.

“މާހީގެ ފޯނު ހަލާކުވެއްޖެ، އެހެންމަ މާހީ ކުޑޫއަށް ގުޅިދާނެ އަހަރެންގެ ފޯނުން..” އަރަން އޭނާގެ ފޯނު ނަގައިި މޭޒުމަތީ ބޭއްވިއެވެ.

“މިގަޑިޔަކު ނޫން، ތަންކޮޅެއް ފަހުން..” މާހީ އޭނާ ކޮފީ ބުއި ޖޯޑު ހިފައިގެން ތެދުވިއެވެ. މާހީ ގޮސް ސިންކު ކައިރީ ހުއްޓިލިމުން އަރަން ވެސް ތެދުވިއެވެ. އޭނާގެ ތަށިވެސް ހިފައިގެން އައިސް މާހީ ކައިރީ ހުއްޓިލިއެވެ. މާހީ ބަލާލުމުން އަރަން ބުންޔެވެ.

“މީތިވެސް ދޮވެދީބަ.. އިފް ޔޫ ޑޯންޓް މައިންޑް..” އަރަން އިނީ ހިނި އައިސް އެވެ.

“އެމީހަކު ކެއިތަށި ދޮންނަން ޖެހޭނީ އެމީހަކު އަމިއްލައަކަށް..” މާހީ ސިއްރުސިއްރުން ހީލިއެވެ.

“އެހެންތަ.. ފޮނި މީހެކޭ ދޯ..” އަރަން ބުނެލިއެވެ.

“އަހަރެން މިއުޅެނީ އަތުގަ ރިއްސާވަރުން..” އަރަން ބުނެލިއެވެ. މާހީ އަރަން އަށް ބަލާލިއެވެ. މާހީ ބަލާލުމުން އަރަން އޭނާގެ އަތް މޮޑެން ފެށިއެވެ.

“އެހެންވީރު ގެނޭ އަހަރެން ދޮވެދީފާނަމޭ..” މާހީ ހިނިއައިސް ހުރެ އަރަން ގެނަ ތަށިތަށް ނެގިއެވެ. މާހީ ހިނިތުންވެހުރިތަން ފެނުމުން އަރަންގެ ހިތަށް ލިބުނި ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އަރަން ސިންކު ކައިރީ ޝީޓްގައި އަތް އަޅުވައިލައިގެން މާހީގެ ހަރަކާތް ތަކަށް ބަލަމުން ދިޔައީ އެއްވެސް ފޫހި ކަމެއް ނެތިއެވެ.

ތަށިތަށް ދޮވެ ނިއްމާލާފައި މާހީ އަތް ފުހެލުމުން އަރަން ބުނެލިއެވެ.

“ވަރަށް ފޫހިވޭ ދޯ ކޮޓަރީގައި އެކަނި އިންނަން، އޯކޭ މާހީ ޓީވީ ބަލާލިއަސް.. މޭކް ޔޯސެލްފް އޭޒް ހޯމް..” އަރަން އެހެން ބުނެލައިފައި ގޮސް ވަކިން ހުރި ސޯފާގައި އިށީން ދެލިއެވެ. މާހީވެސް އަރަން ފަހަތުން ގޮސް ސޯފާގައި އިށީންދެލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ވަގުތު ނުދެވުމުން

Next

ލޭގެ ބަދަލް-11

Next
September 27, 2025

ލޭގެ ބަދަލް-11

Previews
September 26, 2025

ވަގުތު ނުދެވުމުން



All Right Reserved!