Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 42

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 21, 2025 5 Mins Read
26 Comments

ހޭނެތިގެން ދިޔަ ވަގުތު އެމީހަގެ ޖީބުގައި އޮތް ކުޑަކުޑަ ރިމޯޓު ފާޑެއްގެ އެއްޗަށް ފިއްތައިލިއެވެ. އެއާއެކު އެމްބިޔުލާންސްގެ އެލާރމެކޭ އެއްފަދައިން އޭނަގެ އަތުގައި އޮތް އެތި ރަތް ކުލައިން ދިއްލެމުން، އެލާރމް އަޅަން ފެށިއެވެ. “ރަން ލަޔާޝާ!!” ލަޔާޝާގެ އަތުގައި ހިފަމުން މަޔާން ދުއްވައިގަތެވެ.

***ޕާޓް 42***

ރޭގަނޑުގެ ކަނު އަނދިރީގައި ގަސްތަކުގެ މުލާއި، ފަތްތަކާ ފޫއަޅުވަމުން ހުސްފަޔާ މަޔާންމެން ދުވަމުން ދިޔައިރު ފައިގެ އެތަން މިތަނުން ހަންމެށި ލޭއަންނަމުން ދިޔައެވެ. ބޭރުގައުމަކަށް ވީތީ އިންސާނުން ނޫނަސް ޖަނަވާރުންގެ ނުރައްކާ އެމީހުންނަށް ފޯރާފާނެ ކަމުގެ ބިރު މަޔާންގެ ހިތުގައި އޮތެވެ. އެހެންނަމަވެސް އޭނަ އެ މަސައްކަތް ކުރަނީ އަމިއްލަ މީހާގެ ސަލާމަތަކަށް ނޫނެވެ. އޭނަ ކައިރީގައި ހުރި ނުހައްގުން އަނިޔާ ލިބެމުން ދިޔަ މައުސޫމު ފުރާނައާއި މެދު ވެސް ވިސްނަންޖެހެއެވެ. އެހެންކަމުން އޭނައަށް ހިތްވަރު އެލުވާލެވޭކަށް ނެތެވެ. އެމީހުންގެ ފަހަތުން ބަޔަކު ދުވަމުން އަންނަ އަޑު އިވެމުން ދިޔައެވެ. ޓޯޗާއި ބައްތީގެ އަލި މަޔާންމެނާއި ދިމާލަށް އެޅެމުން ދިޔައެވެ. ސްނައިޕާ ރައިފަލްގެ ރަތް ކުލައިގެ ލޭޒަރ އެމީހުންގެ ހަށިގަނޑަށް އެޅެމުން ދިޔައެވެ. މާ ދުރަށް ނުދެވެނީސް ބަޑިއެއް ގޮއްވައިލި އަޑުއިވުނެވެ.

ދުވުން ބާރުކޮށްލަމުން އެކި ގަސްގަހުގެ ފަހަތަށް ވަދެ ބޮދަމުން ދުވަމުން މަޔާންމެން ދިޔައެވެ. ބަޑީގެ އަޑު ގަދަ ވާން ފެށުމުން، މަޔާން ލަޔާޝާގެ ކޮނޑުގައި ހިފުމަށްފަހު ގަހަކާއި ނިވާވެގަތެވެ. އެވަގުތު އެމީހުންނަށް ކާރެއްގެ އަލި އެތަނުން ފެނިގެން ދިޔައެވެ. އަނގަމަތީގައި އަތް އަޅައިގެން ލަޔާޝާ ހުރި އިރު އޭނަގެ މޫނުމަތި ވަނީ ރަތްވެފައެވެ. ބިރުގަނެފައި ހުރި ވަރުން ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ފަހަތުން އަންނަމުން ދިޔަ މީހުންނަށް މަގު އޮޅުވައިލުމުގެ ގޮތުން މަޔާން ގާގަޑެއް ދުރަށް އެއްލިއެވެ.

އެމީހުން އަޑުއައި ދިމާލަށް ދުއްވައިގަތުމުން، މަޔާންމެން އެ ކާރުގެ ކުރިމައްޗަށް އެރިއެވެ. ކުއްލިއަކަށް މީހަކު ކާރުގެ ކުރިމައްޗަށް އެރުމުން ކާރު ދުއްވަން އިިން މީހާ ކާރު ހުއްޓިއެވެ. ކުޑަ ދޮރުން ބޯ ނެރިލުމަށްފަހު ސްރީ ލަންކާ ބަހުރުވައިން އެތިވަރު ގޮވަން ފެށިއެވެ. “އިންސާނިއްޔަތު ކަމެއް ހުރިއްޔާ އަހަރުން ސަލާމަތްކޮށްދީ ހެޔޮނުވާނެ..” މަޔާން އިނގިރޭސި ބަހުން ބުންޏެވެ. ލަޔާޝާއަށް ގިސްލެވިފައި ހުރިއިރު ދެމީހުންގެ ނިތްކުރި މަތިން ދިޔައީ ދާ ތިކިތައް ފާބަމުންނެވެ. ފައިގެ އެތަން މިތަނުން ލޭއަންނަމުން ދިޔައިރު، އަތުގެ ބައެއް ތަންތަން ވެސް ހުރީ ހަންމެށި ލޭ އަރާފައެވެ. އެމީހަގެ ހިތަށް ދެމީހުން ހުރި ހާލަތުން ރަހުމު ވަނީ ކަންނޭނގެއެވެ. ފަހަތު ސީޓަށް އެރުމަށް އިޝާރާތްކޮށްލިއެވެ.

ފަހަތު ސީޓަށް އެރުމުން ލަޔާޝާއަށް ހަމަ ނޭވާއެއް ލެވުނެވެ. ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު ބޭރު ބަލައިލިއެވެ. “ޔާންބެ އަހަރުންނަށް އެތަނުން މިނިވަންވެވުނީތަ؟” މަޔާންގެ ލޮލަށް ބަލައިލަމުން އުންމީދުން ފުރިގެންވީ ރާގަކަށް ލަޔާޝާ ބުންޏެވެ. އޭނައަށް އެތަނުގެ ބިރުވެރި ހަތަރު ފާރުން ބޭރަށް އެ ނިކުމެވުނީ ތޭރަ އަހަރަށްފަހުއެވެ. ލަޔާޝާގެ އަތަށް ފިތައިލުމަށްފަހު މަޔާން ބޯޖަހައިލިއެވެ. “އެންމެ ކައިރީގަ އޮތް މީހުން ދިރިއުޅޭ އަވަށަށް އަހަރުން ގެންގޮސްދީ ބޭބޭ..” މަޔާން އެހެން ބުނުމުން އެމީހަ ބޯޖަހައިލިއެވެ. ކާރު ދުއްވަން އިނީ މެދު އުމުރުގެ ފިރެހެނެކެވެ. ހެޔޮވަރެއްގެ ތުބުޅިއަކާއި މަތިމަހެއް ހުއްޓެވެ. އޮރެންޖުކުލައިގެ ޓީޝާޓްގެ އަތު ކުރި އޮޅާލައިފައިވުމުން، އޭނަގެ އަތުގައި ޖަހާފައި އިން ތަރިއެއް ފާޑު ޓެޓޫ ހުރީ ފެންނާށެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން ލަޔާޝާ ލޯމަރައިލުމަށްފަހު މަޔާންގެ ކޮނޑުގައި ބޯއަޅައިލިއެވެ. މަޔާން ވެސް ކާރު ސީޓުގައި ހަމަޖެހިލިއެވެ.

ލޯމެރެމުންދިޔަ ލަޔާޝާއަށް ގަދަކަމުން ލޯ ހުޅުވައިލެވުނީ ކާރު ދުއްވަންއިން މީހާ އޭނައަށް ބަލާ އިހްސާސްވުމުންނެވެ. ލަޔާޝާ އެމީހައާއި ދިމާލަށް ބަލައިލަލުމުން އެމީހަ ޓީޝާޓްގެ އަތުކުރި ތިރިކޮށްލަން މަސައްކަތް ކުރިއެވެ. އެމީހަގެ އަތުގެ މުލައްދަނޑީގައި އިން ޓެޓޫ ލަޔާޝާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ލަޔާޝާގެ ކަރުގައި ނޭވާ ތާށިވި ފަދައެވެ. ލަޔާޝާގެ ހަށިގަނޑު ރޫރޫ އަޅަން ފެށިއެވެ. މަޔާންއަށް އެކަން އިހްސާސްވުމުން އެއްބުމަ އަރުވައިލުމަށްފަހު ލަޔާޝާއާއި ދިމާލަށް ބަލައިލެވުނެވެ. “އެ.. އެއީ.. ރަނގަޅު މީހެއް ނޫން.. ޔާންބެ ޕްލީޒް.. އޭނަ އަހަރުން އެ ގެންދަނީ އެމީހުން ކައިރިއަށް..” ލަޔާޝާ ދިވެހިން ވާހަކަ ދެއްކީ އެމީހައަށް ފަހުމް ނުވާނެ ފަދައިންނެވެ.

ލަޔާޝާގެ ނޭވާ ވަނީ އަވަސްވެފައެވެ. ހިތް ޑަންޑަންލާފައި ޖެހެން ފެށިއެވެ. “ލަޔާޝާ ހަމަޖެހިބަލަ.. ޝޫޝް ވެގެން އުޅޭ ގޮތެއް ތަންކޮޅެއް ރީއްޗަށް ކިޔާދީބަލަ..” ލަޔާޝާގެ އަތަށް ފިތައިލަމުން މަޔާން ބުންޏެވެ. “އޭނަ އާ އަހަރެން ކައިރިއަށް.. ކު.. ކުރިން ރެއަކު… އަހަރެންނަށް ޔަ.. ޔަގީން އެއީ މި މީހަކަން.. އެ ޓެޓޫ އަހަރެންނަކަށް ނޯޅޭނެ…” ލަޔާޝާގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. މަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝައްކުގެ ނަޒަރުން މަޔާން އެމީހަ އާއި ދިމާލަށް ބަލައިލިއެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ މަގަށްށެވެ. ދުވެފައި މަޔާންމެންއައި އިރު، ދެ މީހުން ހުރަސް ކުރި ވެއްޓިފައި އޮތް ގަސްގަނޑު މަޔާންއަށް ފެނުމުން، ލަޔާޝާ އެ ހަދަނީ ތެދުކަން މަޔާންއަށް ޔަގީންވިއެވެ. މިއީ ވެސް އެ ގޭންގަށް މަސައްކަތް ކުރާ މީހެކެވެ.

މަޔާން ފަހަތުން އެމީހަގެ ބޮލުގައި ބަޑި ޖެއްސިއެވެ. “ހަމަ މިހާރު ކާރު ހުއްޓާ!!” ބަޑީގެ ސޭފްޓީ އޮފް ކުރުމަށްފަހު ޓްރިގަރުގައި އިނގިލި ޖައްސައިލަމުން މަޔާން އަމުރު ކުރިއެވެ. އެމީހަ އަވަސް އަވަހަށް ކާރު ހުއްޓުމަށްފަހު އަތް މައްޗަށް ނެގިއެވެ. އޭރު އެމީހަ ލޯ ވަނީ ބޮޑުވެފައެވެ. “އަހަރެން މަރައިނުލާ.. އަހަރެންގެ އާއިލާއެއް އެބައޮތް އާދޭސް ކުރަން..” އެމީހަ ކިޔަން ފެށިއެވެ. “މީހަކު މަރައިލުމަކީ ފާފައަކަށް ނުވާ ނަމަ ކަލޭ ދިރިއެއް ނުހުންނާނެ.. އަށާރަ އަހަރުނުވާ ކުޑަ ކުއްޖެއްގެ ގަޔަށް އަރައި އަދި އަހަރުން ސަލާމަތަށް އެދުނީމަ ވެސް ކަލޭ ތި އުޅުނީ އަހަރުން އަނެއްކާ އެ ނުލަފާ ޖަނަވާރުންނާ ހަވާލު ކުރަން.. އަހަރެންނޫން އެހެން މީހެއް ނަމަ..” މަޔާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދަތްކުނޑިވިކައިލިއެވެ.

“ކަލޭގެ ފޯނު ބާއްވާފަ ކާރުން ނިކުމޭ!” މަޔާން ހަރުކަށި ރާގަކަށް ބުނެލިއެވެ. ޖީބުން ފޯނު ނެގުމަށްފަހު ފޯނު އެމީހަ އިން ސީޓު މަތީ ބޭއްވިއެވެ. އަދި އަވަސް އަވަހަށް މަޔާން ބުނި ފަދައިން ކާރުން ފޭބިއެވެ. މަޔާން އެމީހަގެ ފަޔަށް ބަޑިން ވަޒަނެއް ދޫކޮށްލިއެވެ. އެހެން ނުހެދި ނަމަ އެމީހަގެ މީހުން ގާތަށް ހަބަރު ހިފައިގެން ދާނެކަން ޔަގީންވާތީއެވެ. މަޔާން ކުރީ ސީޓަށް އެރުމަށްފަހު ބާރު ސްޕީޑެއްގައި ކާރު އަނބުރައިލުމަށްފަހު ދުއްވައިލިއެވެ.

ދެވޭ ނުދެވޭއެއް ނޭނގުނު ނަމަވެސް މަޔާން ކާރު ނުހުއްޓާ ދުއްވަމުން ދިޔައެވެ. “ލަޔާޝާ އަހަރެން މި ބުނާ ނަންބަރު ފޯނުގަ ޖަހާފަ ގުޅާބަލަ..” ލަޔާޝާ އަތަށް ފޯނު ދިއްކޮށްލަމުން މަޔާން ބުންޏެވެ. ލަޔާޝާ ފޯނު ނެނގުމަށްފަހު މަޔާން ބުނި ނަންބަރު ޖަހަން ފެށިއެވެ. އެ ނަންބަރަށް ޑައިލް ވާން ފެށުމުން މަޔާން ފޯނު ކަންފަތުގައި ޖެހިއެވެ. ހިތް އަވަސްވެފައި ހުރެ މަޔާން އިނީ އެކޮޅުން ފޯނު ނަގާތޯ ދުޢާކޮށްލަ ކޮށްލައެވެ. އޭނައަށް ހިތުން އެނގޭ ނަންބަރަކީ ހަމައެކަނި ލޯބިވާ އަނބިމީހާ ކަމަށްވާ ލާރާގެ ނަންބަރެވެ. ފޯނު ނެގުމުން މަޔާންގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. “ހަލޯ ކާކޫ؟” ފޯނުގެ އަނެއް ފަރާތުން އިވިގެން ދިޔަ ލޯބިވާ ދަރިފުޅުގެ މައުސޫމު އަޑުން މަޔާންގެ ކަރުބެދޭފަދަ އިހްސާސެއްވިއެވެ. މާޔަލްގެ އަޑު ނީވޭތަ ހަތްވަރަކަށް މަސް މިހާރުވަނީއެވެ.

“ދަ..ދަރިފުޅާ..” މަޔާންއަށް ގޮވައިލެވުނެވެ. އެކޮޅުން އިރުކޮޅަކަށް އެއްވެސް އަޑެއް ނީވެ ދިޔައެވެ. “ބައްޕީ؟” މާޔަލްގެ ތުއްތު އަޑުން ގޮވައިލިއެވެ. ކިތަންމެ ދުވަހެއްވީ ނަމަވެސް މާޔަލްއަކަށް އޭނަގެ ލޯބިވާ ބައްޕަގެ އަޑެއް ނޯޅުނެވެ. “ލައްބަ މިއީ ބައްޕިއޭ.. ކޮބާ މަންމި؟ މަންމި އަތަށް ފޯނު ދީބަ ދަރިފުޅާ..” މާޔަލްއާއި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް މިވަގުތު އޭނައަށް މުހިންމުވީ ސަލާމަތުގެ މަގު ހޯދާށެވެ. “މަންމީ.. މަންމީ ބައްޕި ގުޅަނީ..” ނިދިފައި އޮތް ލާރާގެ ކޮނޑުގައި ހިފާ ތަޅުވަމުން މާޔަލް ބުންޏެވެ. “މާޔަލް ތިކަހަލަ އެއްޗެހި ނުކިޔާ ނިދާބަލަ.. މާޔަލްގެ ބައްޕައެއް ދުނިޔޭގަ ނުހުންނާނެ!.. މަޔާން އެހުރީ މަށަށް މަރުވެފަ..” ފޯނުގެ އަނެއް ފަރާތުން އިވުނު ރުޅިވެރި ލާރާގެ އަޑުން މަޔާންގެ ހިތް ގެނބުނު ފަދަ އިހްސާސެއް ކުރެވުނެވެ. ލާރާ އެހާ އަނިޔާވެރިވީ ކިހިނެތްވެގެން ހެއްޔެވެ؟ ލާރާ އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުތައް ބޮލުގައި އެނބުރެމުން ދިޔަ ނަމަވެސް މަޔާންއަށް އެސުވާލުތައް ކުރާނެ ހިތްވަރެއް ނުލިބުނެވެ.

މަޔާން ސުވާލުގެ ކަނޑަކަށް ގަންބައިލުމަށްފަހު ލާރާ ފޯނު ކަނޑައިލިއެވެ. އޭރު ވެސް މަޔާންއަށް އިނދެވުނީ ގަނބުކާފައެވެ. “ޔާންބެ ޕްލީޒް އެހެން މީހަކަށް ގުޅާބަ.. ވެދާނެ ޔާންބެ ވައިފް އެހެން މީހެކޭ ހީކުރީ ކަމަށް ވެސް..” މަޔާންގެ ކޮނޑުގައި އަތްލަމުން ލަޔާޝާ ބުންޏެވެ. މަޔާން އިރުކޮޅަކު އެހެން އިނުމަށްފަހު ޕޮލިހަށް ގުޅައިލިއެވެ. އިއްތިފާގުން އެވަގުތު އެ ކޯލް ނެގުނީ ކައިލްއަށްށެވެ. “އަހަރެންގެ ނަމަކީ މަޔާން އަލީ.. ސްރީ ލަންކާއަށް ކޭސްއެއްގެ ކަމެއްގައި އައުމުން މިތަނުގެ ގޭންގެއްގެ ބަޔެއް އަހަރެން ރަހީނުކޮށްފަ ވަނީ..” މަޔާންއަށް އިތުރަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކައިލް ވާހަކަ ދައްކަން ފެށިއެވެ. “މަޔާން؟؟ ކިހިނެތް؟ ކޮންތާކު ތިހުރީ؟؟” އަވަސް އަވަހަށް ކައިލް ސުވާލުކޮށްލިއެވެ.

“ކައިލް؟ އަހަރެން މިހުރީ ކޮންތާކު ކަމެއް ނޭނގެ.. ބޮޑަށް ހީވަނީ ޖަންގައްޔެއްހެން.. ކާރެއްގަ މި ހުރީ.. ފަހަތުން ބަޔަކު އަންނަކަން އަހަންނަށް ޔަގީން….” ހާސްވެފައި ހުރެ މަޔާން ކިޔައިދިނެވެ. އެފަދަ ވަގުތެއްގައި ގާތް އެކުވެރިޔާގެ އަޑު އިވުމުން ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ތި ނަންބަރު އަހަރެން މި ޓްރޭސް ކުރަނީ.. ފޯނު ކަނޑައި ނުލާތި!..” ކައިލް އަވަސް އަވަހަށް ބުންޏެވެ. ސްޓޭޝަން ތެރެ ހަލަބޮލިވެގެން ދިޔައެވެ. އައިޓީ ޑިޕާރޓްމެންޓްގައި ތިބި މީހުންނަށް ގޮވާ އެ ކޯލް ޓްރޭސް ކުރަން ފެށިއެވެ. މަޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

އެ އަމާންކަން އިހްސާސްވެގެން ދިޔަ ވަގުތުކޮޅު ނިޔުޅައިގަތީ އެ ކާރުތެރޭގަ އޮތް ވޯކީޓޯކީއެއް ފާޑު އެތިން މީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ. “މަޔާން ރަނގަޅަށް އަޑު އަހާ.. ތި ކާރުގަ އެބައިން ބޮމެއް.. އެ ކަނެކްޓްކޮންފައި ވަނީ ތި ފޯނަށްށާ ކާރުގެ ސްޕީޑަށް.. ތި ފޯނަށް މީހަކު ފަނަރަ މިނެޓަށްވުރެ ގިނައިރު ގުޅައިގެން ހުރެފި ނަމަ އެ ބޮން ގޮވާނެ ހަހަހަ… އަދި ތި ކާރު ސާޅީސް މޭލަށްވުރެ މަޑުން ދުއްވަންޏާ ވެސް އެ ބޮން ގޮވާނެ.. އަލުން އަނބުރާލާފަ އާދޭ.. އެހެންނޫނީ މަރަށް ތައްޔާރުވޭ.. ޔުއާރ ޗޮއިސް ހެހެހެ..”

ވޯކީޓޯކީއިން އިވުނު އަޑުން ލަޔާޝާއާއި މަޔާންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ކުޑައިރުކޮޅެއް ކުރިން އިހްސާސްވެގެން ދިޔަ ހަމަޖެހުމުގެ އަސަރު ވަޔާއި އެކު ވިއްސައިގެން ދިޔަ ފަދައެވެ. ފޯނުކޯލަށް ތޭރަ މިނެޓްވަނީއެވެ. ކައިލްމެންނަށް އެމީހަ ކީ ހުރިހާ އެއްޗެއް އަޑުއިވޭނެކަން ޔަގީންނެވެ. ކައިލް އެޖެންސީ މީހުންނަށް ގުޅާ ވެގެން އުޅޭ ގޮތް ކިޔައި ދިނެވެ. ފުލުހުންނާއި އެޖެންސީ މީހުނާއި ބައިވެރިވެގެން މަޔާންމެން ހުރި ސަރަހައްދު ދެނެގަނެވޭ ތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ލަންކާގެ ފުލުހުންނަށް އުކައިލްމެން މައުލޫމަތު ދިނުމުން އެތަކެއް ޖަންގައްޔެއް ހުންނާނެ ކަމަށް އެމީހުން ބުންޏެވެ. އެހެންނަމަވެސް އެތަކެއް ގޮތަކުން މަސައްކަތް ކުރުމުން މަޔާން ދިން ސިފަކޮށް ދިނުންތަކާއި އެއްފަދަ ތިން ޖަންގައްޔެއް އެމީހުންނަށް ފާހަގަ ކުރެވުނެވެ. ސިފައިންގެ އެތައް ބަޔެއް ޓީމްތަކަށް ހެދުމަށްފަހު އެ ޖަންގަލިތަކަށް ފޮނުވުނެވެ. ނަންބަރު ޓްރޭސް ކުރެވުމުން ކައިލް އަވަސް އަވަހަށް އެޖެންސީއަށް އެންގިއެވެ. އެއާއެކު މަޔާންމެން ހުރި ސަރަހައްދު އެނގިގެން ދިޔައެވެ. އެންމެން ވެސް ދިޔައީ އެމީހެއްގެ މަސައްކަތެއް ވީހާވެސް އަވަހަކަށް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

“ކައިލް.. އަހަރެންނަކަށް ނެތް ފޯނުގަ ހުރެވޭކަށް.. އަހަރެންގެ ކައިރީ އަންހެންކުއްޖެއް ވެސް އެބައިން.. އަހަރެން ދެމީހުންގެ ސަލާމަތަށް ވެސް ވިސްނަންޖެހޭއެބަ.. ވީހާ ވެސް އަވަހަކަށް އަހަރެމެން ސަލާމަތް ކުރެވޭތޯ އުޅޭ.. އަހަރެންނަކަށް ނެތް މިތަނުން ސަލާމަތް ވެވޭނެ ކަމުގެ އުންމީދެއް އެކަމަކު ވެސް.. އަހަރެންނަށް މިތަނުން ސަލާމަތް ނުވެވިއްޖެއްޔާ އަހަރެންގެ އާއިލާ.. އަދި އަހަރެންގެ އަނބިމީހަ ކައިރީ ބުނާތި އަހަރެން ވަރަށް ލޯބިވޭ.. އަހަރެންނަށް ކުށެއް ކުރެވިފަ އޮތް ނަމަ މާފުކޮށްދޭށޭ.. އަދި އަހަރެން ދިރިހުރުމުގެ އުންމީދަކީ އަހަރެންގެ ދަރިންނާއި އައިލާއޭ.. އެމީހުންގެ ކޮންމެ އަނިޔާއަކަށް އަހަރެން ކެތްކުރީ އަހަރެންގެ އުފަން ނުވާ ދަރިފުޅާއި މާޔަލް އަދި ލާރާއަށްޓަކާއޭ” މަޔާން މަޑުމަޑުން ބުންޏެވެ.

ކައިލްއާއި ވާހަކަ ދައްކަމުން ދިޔަ މަޔާންގެ އަޑު ދިޔައީ މަޑު ވަމުންނެވެ. ކަރުތެރެ ބެދެމުން ދާފަދަ އިހްސާސެއްވަމުން ދިޔައެވެ. “މަޔާން ތިކަހަލަ ވާހަކަ ނުދައްކާ.. މަޔާން އަމިއްލައަށް އާއިލާ ކައިރިއަށް ގޮސް ތިހެން ބުނާނީ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަރެމެން އެންމެން ވެސް މިހުރީ މަޔާންއާއެކު..” ކައިލް ބުންޏެވެ. “ސާދަ މިނެޓާ ފަންސާސް ސިކުންތު..” ލަޔާޝާ ބިރުން ހުރެ ބުންޏެވެ. މަޔާން ފޯނު ކަނޑައިލިއެވެ. ކުއްލިއަކަށް ބާރު އަޑެއް ގޮވައިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 9

Next

ލޭގެ ބަދަލް-9

Next
September 22, 2025

ލޭގެ ބަދަލް-9

Previews
September 21, 2025

އަބަދުވޭ ހިތުގާ މަގޭ 9

26 Comments!

  1. Midnight says:
    September 21, 2025 at 5:19 pm

    Alhe haadha curious hisaabakunney thi nimmaaly. Can’t wait for the nxt part🥰

    1. Maash Maash says:
      September 21, 2025 at 9:30 pm

      hehe vrh curious kohlevije dhw mi part vx.. next part insha allah thursdayga💜🦋

  2. GURRRRL says:
    September 21, 2025 at 5:55 pm

    Alheyyy noooooooooooooo… Haadha curious hisaabakunney thi ninmaalyyy… Mi prt haadha kuru hn hyveyey.. Maa kiyaahithun inyma kahneynge.. Alheyy.. Haadha birey eba ganeyeyy.. Layaasha n mayaan save kurahcheyy plzz. Maarrrrrrshhhh.. Alhey heyo nuvaane.. Ekudhin salaamai kureyy.. Sifain avaskohbalaa… I cant hold.. Im literally crying.. Help mee…
    Ekudhin salaamai kureyy…
    Btw mi prt vx vrh reethi Maasha Allah
    Curiosity above the skyyyy…
    Whn nxt????
    Tc.. Lysm Marsh 💜💛💜💛

    1. Maash Maash says:
      September 21, 2025 at 9:32 pm

      hehe vrh curious kohlevije dhw mi part vx.. Mi part kureh nuvaane hehe 1250 words innaane mi part ga vx.. lets see dhw mayaanmenah vaa goii.. hehe sorry for making u cry darlll… aww thankyou soo much.. i’m happy u liked it.. next part insha allah thursdayga..
      tc, Love you moreee💜🦋

  3. Laikee says:
    September 21, 2025 at 6:15 pm

    Pleaseeeeeeeeeeeeeeeeeeeeeeeee mayaaaaaaann maraaa nulaaathyyyyyyyyyyyyy😭😭😭😭🙏🙏🙏🙏
    Alhey haadha curious hisaabakunney……
    Can’t wait for next part
    When next????????

    1. Maash Maash says:
      September 21, 2025 at 9:33 pm

      Lets see dhw vaagoii.. hehe vrh curiouskohdhw mi nimmaalevuny..next part insha allah thursdayga.💜🦋

  4. Thiththi says:
    September 21, 2025 at 6:57 pm

    Miee vaa varugadha vaahaka eh ekamaku! Bon goveetha e hama!? Kihinebbaa vaan miulhenee? Anekkaa ves buraasfachchah inthizaaru kuran jehunee ey dhoa! Mibai ves varah reethi

    1. Maash Maash says:
      September 21, 2025 at 9:35 pm

      hehe hama ragalhahvx varu gadha vhk eh mii dhww.. dhen oii baiga ingeyne vaa goii.. hehe yeahh buraasfahchah inthizaarkohla dhen.. but busy nooniyya e ah vure avahah libeyne dhen oii part insha allah.. shururiyya vrh ufaa vejje mi part reethi v ma💜🦋

  5. Luna🖤 says:
    September 21, 2025 at 7:31 pm

    This part is very emotional 😭
    Pass mayaan and layaasha maraanulahchey
    I’m very scared for them
    Hope they will survive
    Vara reethi mi part ves ❤️❤️❤️

    1. Maash Maash says:
      September 21, 2025 at 9:36 pm

      Hehe yess its emotional and traumatizing dhww..
      lets see dhww vaagoii..
      me too darll..
      thankyou soo muchh i’m happy u liked it💜🦋

  6. Aanaa says:
    September 21, 2025 at 7:54 pm

    Masha allah mi part vs vrh reethi
    Ekm rohvaalaifieyyy
    Plzzzzz mayaan r layaasha salaamaiy kurqhcheyyyy plzzzzzz…
    Sifainun dhn avas kohbala
    Heyo nuvaane mayaan vaane dhww eynage family kaeriah dhaahih
    Plzzzzzz
    S3 eh nugenanyaa plzzzz happy ending eh mi vhk ga gehnahcheyyy
    Heyonuvaane
    Curiously waiting
    When next????
    Plzzz thankolheh avas kohla dheyvey thw balahchey
    Vrh bodah thankww mihaa avaha mi part vs kiyaalan libunythyyy
    Lyyysmm🫶🏻🫶🏻🫶🏻

    1. Maash Maash says:
      September 21, 2025 at 9:40 pm

      Thank you soo much.. i’m happy u liked itt.
      soo sorry rovvaalevuneema.. lets see dhww vaa goii..
      yeahh mayaan aslu vrh dhera vaane dhww..
      hingaa dhen balaba happy ending ehtho sad ending eh tho libeny..
      Next part insha allah thursdayga..
      will try my best darll.. busy nooniyya avaskohla dheynan..
      Your most welcome darll..
      Love you moreee💜🦋

  7. naeen says:
    September 21, 2025 at 8:27 pm

    omgggg bomb govytha???
    this is soooo good wow (i mean this ep) ATE as alwayss
    mayaan mn ah ethaunu escape veveynedhw??
    waitingg for next oneeee, kehtherikan kolhun laafa
    ly tc <3

    1. Maash Maash says:
      September 21, 2025 at 9:42 pm

      Lets see dhoo.. baaru adeh govi hama gaimuvx..
      Thank you soo much.. i’m happy u liked itt. lets see emehun salaami vey tho dhww..
      Next part insha allah thursdayga..
      tc, Love you moreee💜🦋

  8. Anonymous says:
    September 21, 2025 at 8:27 pm

    Mayaan & Layasha will look good together

    1. Maash Maash says:
      September 21, 2025 at 9:43 pm

      Mayaan actually sees layasha as a sister and layaasha caal him brother soo idk😭💜🦋

  9. Shiu💜 says:
    September 21, 2025 at 9:03 pm

    Mi part vx varah Reethi Masha Allah..
    Laara keevve baa ehn E buny?
    Mayaan marai nulaathi pls Maash 🙏🥺
    E bomb goveetha??? 😭 Nooooo!!!💔
    Emeehunnah salaamaiy veveynebaa ??
    Pls tell me thire gonna get out of there safely?🥲
    Curiously waiting for the next part 💗
    Lysm Maash 💜

    1. Maash Maash says:
      September 21, 2025 at 9:44 pm

      Thankyouu soo muchh. I’m happy u liked it..
      adhi ingeyne layaasha ehen buny keehvekan..
      lets see dhww vaagoii..
      I have no idea hehe..
      thi hurihaa suvaalehge javaabu dhen oii part ga ingeune insha allah..
      Next part insha allah thursdayga..
      love you moree darll💜🦋

  10. Anonymous says:
    September 21, 2025 at 11:09 pm

    Alhe haadha curious hisaabakun thi ninmaalee..
    This part was every beautiful.. car bongovee the e..
    If so plz save Mayaan and layaasha.. the last part made me 😭 It felt like I was in the story

    1. Maash Maash says:
      September 22, 2025 at 4:56 pm

      Hehe vrh curious kohlaafa dhww nimmaalevuny mi.. thank you so much.. I’m happy you liked it.. let’s see dhw dhen vaa goii.. so sorryy I made U cry but still I’m happy that U felt like U were2in the story 💜🦋

  11. Mariam says:
    September 22, 2025 at 12:53 am

    alhey haadha curious koshey thi nimmaalyy maashh 😭😭alhey car bongoveetha e. plss noon mayaan and layaa maraa nulaathi😭 mi ep kiyaafa hama rovijje huvaa. haadha molhey maash. vrh reethi sifakurunthah . i can imagine every single thing in my head. heevany hama vhk therey ulhevey hen. masha allah 👋🏽. and keep it up. may allah bless ur hard work. whens next part? vrh inthizaaru kureveyne igey.heheh
    lots of love ❤️✨

    1. Maash Maash says:
      September 22, 2025 at 5:03 pm

      Hehe vrh curious kohlaafa dhww nimmaalevuny.. let’s see dhw dhen vaagoi.. sorry rovvalevuneema.. aww thank you soo muchh.. that means a lot to me.. next part insha Allah Thursday ga.. love you moree darll..💜🦋

  12. Typeleter6835 says:
    September 22, 2025 at 8:41 am

    This part is awesome
    It’s like the best
    Pls….. Don’t kill Mayaan n Layaasha, Maaaaash
    Even if the bomb blasts
    I love it
    I won’t cry if you kill them but my advice is keep going
    I’ve been reading your stories twice
    Since they were awesome
    I’ve read them again
    Now that comments are free
    I’m gonna comment you

    1. Maash Maash says:
      September 22, 2025 at 5:06 pm

      Aww thank you soo muchh.. I’m happy U liked itt.. let’s see dhw vaagoii.. see thankss.. looking forward to see Ur lovely comments 💜🦋

  13. lynn says:
    September 22, 2025 at 3:08 pm

    hey maashh vrh nice mi part vx . this prt is rlly emotional. hope mi story happy ending akun nimeyne kamah.love u

    1. Maash Maash says:
      September 22, 2025 at 5:07 pm

      Thank you soo muchh.. I’m happy U liked itt.. let’s see what happens dhww.. love you moree darll💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 43←


All Right Reserved!