Skip to content
އެސްފިޔަ

އެސްފިޔަ ކުރުވާހަކަ މުބާރާތް 2013

އެސްފިޔަ ކުރުވާހަކަ މުބާރާތް 2013 އަކީ 1434 ވަނަ އަހަރުގެ ރޯދަ މަހާއި ގުޅުވައިގެން އެސްފިޔަ.ކޮމް އިން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތެކެވެ. މިބުރާތުގެ މަޤްޞަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި ދިވެހި ބަސް ކުރިއެރުވުމެވެ. މިމުބާރާތުގެ ވަނަތަކާއި ވަނަ ހޮވޭގޮތްތައް އަދި މުބާރާތުގެ ޤަވާއިދު ތިރީގައި އެވަނީއެވެ.
މިމުބާރާތަށް ވާހަކަ ހުށައެޅުމަށް މި ލިންކް ބޭނުންކުރައްވާ.

އެސްފިޔަ ކުރުވާހަކަ މުބާރާތް 2013ގެ ފޭސްބުކް އިވެންޓް

 

ވަނަ ހޮވޭ ގޮތް:

o މިމުބާރާތުގެ ވަނަ ހޮވުމުގައި ބެލެވޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

ވާހަކައިގެ މަޤްބޫލްކަން ( %75 )

ޖަޖުންގެ މާރކްސް ( %25 )

ވާހަކައިގެ މަޤްބޫލްކަން ވަޒަން ކުރުމުގައި ބެލެވޭނީ ތިރީގައިވާ ކަންތައްތަކަށެވެ.

 * ފޭސްބުކް ލައިކް، ޓްވީޓް އަދި ގޫގުލް ޕްލަސް ގައި ހިއްސާ ކުރައްވާފައިވާ މިންވަރު. (ކޮންމެ ހިއްސާކުރުމަކަށް 2 ޕޮއިންޓް)

 * ވާހަކަ އަށް ލިބިފައިވާ ކޮންމެ ޕޮސިޓިވް ކޮމެންޓަކަށް 10 ޕޮއިންޓް.

 * ވާހަކަ ކިޔާފައިވާ މިންވަރު (ކޮންމެ 100 ކިޔުންތެރިއަކަށް 10 ޕޮއިންޓް)

ހުށައަޅާ ވާހަކަތަކުގެ %25 މާކްސް ދެއްވާނީ އެސްފިޔައިގެ 3 މެމްބަރުންގެ ކޮމިޓީ އަކުންނެވެ.

 

މުބާރާތުގެ ޤަވާޢިދު
o އެސްފިޔައިގެ އާއްމުގަވާއިދާއި އެއްގޮތަށް ލިޔެފައިވާ ވާހަކައެއް ކަމުގައިވާން ޖެހޭނެއެވެ.
o ހުށައަޅާ ވާހަކަ ވާންވާނީ 40 ފޮޅުވަތާއި 150 ފޮޅުވަތާއި ދެމެދުގެ ވާހަކައަކަށެވެ.
o ހުށައަޅާ ވާހަކައަކީ ސިލްސިލާ ވާހަކައެއް ކަމުގައި ވެގެން ނުވާނެއެވެ.
o މިމުބާރާތަށް ހުށައަޅާ ވާހަކަ އަކީ މީގެ ކުރިން ޝާއިޢުކުރެވިފައިވާ ވާހަކައަކަށް ވެގެން ނުވާނެއެވެ. އަދި މިމުބާރާތް ނިމުމުގެ ކުރިން، މިމުބާރާތަށް ހުށައަޅާ ވާހަކަ އެހެން އެއްވެސް ތަނެއްގައި ޝާއިޢު ކޮށްގެން ނުވާނެއެވެ.
o މުބާރާތުގައި ބައިވެރިވާ ވާހަކަ ލިޔުންތެރިން، އެލިޔުންތެރިއެއް ޕްރޮފައިލް ޞަފްހާގައިވާ އައިޑީ ކާޑު ނަމްބަރު އަދި ގުޅޭނެ ފޯނު ނަމްބަރު ފުރިހަމަ ކުރަން ވާނެއެވެ. މިމަޢުލޫމާތުތަކަކީ އާއްމުކޮށް ޝާއިޢު ކުރެވޭނެ އެއްޗެއް ނޫނެވެ.

 

ވާހަކަ ލިޔުމަށް ހުޅުވާލެވިފައިވާ މުއްދަތު
o ފެށޭ ދުވަސް : 09 ޖުލައި 2013
o ނިމޭ ދުވަސް : 09 އޮގަސްޓް 2013

 

މުބާރާތުގެ ވަނަތަށް

 * 1 ވަނަ އިނާމް 1000 ރުފިޔާ.

 * 2 ވަނަ އިނާމް 300 ރުފިޔާ.

 * 3 ވަނަ އިނާމް 200 ރުފިޔާ.

 

މިފުރުސަތުގައި އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިން އެސްފިޔައަށް ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރުވެރިވަމެވެ.

އެސްފިޔައިގެ މެމްބަރުންނަށް އުފާވެރި ދުވަހަކަށް އެދެމެވެ.
6 ޖުލައި 2013
އަލީ އާރިފް
އުފެއްދީ އަދި ބަލަހައްޓާ،
އެސްފިޔަ ޓީމް

Comments (6)

  1. ކޮކާ

    ވަރަށް ރަނގަޅު ކަމެއް…

  2. junA

    midhen konkamehtha alhe??

  3. Shahoo

    ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށް އެސްފިޔައިން ހުޅުވައިދިން މި ރަނުގެ ފުސުތަޓައްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ

  4. aal

    ދެން އެންމެ އަވަހަށް މިފަދަ މުބާރާތެއް ފެނިގެންދާނީ ކޮންއިރަކުންތޯ

  5. janu

    it is good ok

  6. MANSHA

    MI AHARUGE MUBAARAAI KON IRAKUBAA

Comments are closed.