އެލްވިންގެ ޝިފްޓް ނިމުނީރު 11 ޖަހާ ބޮޑުވެއްޖެއެވެ. އިވާން ބިޒީކޮށް އުޅޭތީ ބަލާ ނުދެވޭނެ ވާހަކަ ބުނެފައިވުމުން އެލްވިން އަށް މަޖުބޫރުވީ އެކަނި ގެޔަށްދާށެވެ.
މިހާ ލަސްވެފައިވުމުން ޓެކްސީއެއްގައި ދާކަށްވެސް އޭނައަކަށް ނުކުރޭނެއެވެ. އެހެންކަމުން އެލްވިން ނިންމީ ހިގައިފައި ގެޔަށްދިއުމަށެވެ. އޭނާ މަގުގެ ދެފަރާތަށް ބަލައިލައިފައި ހިގައިގަތެވެ.
*ޕާރްޓް-9*
ހިގަމުން ދިޔައިރު އެލްވިންގެ ހިޔާލުތަށް ގުޅިފައިވަނީ އޭނާގެ މައިންބަފައިންގެ މަރާއެވެ. މައިންބަފައިންނާއި ކުއްލިގޮތަކަށް ވަކިވާން ޖެހުމަކީ އެއްވެސް ދަރިޔަކަށް ތަހައްމަލު ކުރަން ފަސޭހަ ކަމެއް ނޫނެވެ. އޭނާގެ މައިންބަފައިންގެ މަރުގެ ހަބަރު ލިބުނު ވަގުތު އޭނާ އަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. ލޯބިވާ މަންމަ އާއި ބައްޕަ ލާއިންސާނީ ގޮތަކަށް ވަނީ މަރާލާފަ އެވެ. އަދި ކާރުވެސް ވަނީ ޗިސްކޮށްލާފައެވެ.
އެދުވަހު އެލްވިން ކިތަތްމެ ހިތްވަރު ކުރަން އުޅުނެއް ކަމަކު، ލޯބިވާ ބޭބެ ރޯތަން ފެނުމުން ހަމަ ކެއްނުކުރެވުނީ އެވެ. މަންމަމެންގެ މަރަށް ފަހު އެތައް ދުވަހެއް ވަންދެން އެލްވިން އާއި އިވާން އެހިތާމަ ކުރިއެވެ. މަންމަމެންގެ މަރުވާނީ ކޮންމެވެސް ބަޔަކު ރާވައިގެން ކުރިކަމެއް ބުނެ އިވާން ބޭނުން ވީ އެ ކޭސްކުރިއަށް ގެންދާށެވެ. ނަމަވެސް އެއްވެސް މިހަކު އޭނާ އަކަށް އެކަމަކަށް އެހީއެއް ނުވިއެވެ. އަމިއްލަ ބޮޑުދައިތަ ވެސް މެއެވެ. ކައިޒެން އާއި އެލްވިން ފިޔަވައި އިވާން އާއި އެއްކޮޅަށް އަރާމީހަކު ނެތެވެ.
ހިޔާލުތަކުން ބެރުވެވުނީ މީހަކު އައިސް އޭނާގެ ގައިގައި ޖެހިގަތުމުންނެވެ. ސިއްސައިގެން ގޮސް “ސޮރީ” އޭ ބުނެ ބަލާލުމުން ފެނުނީ އެޒުވާނާގެ ދެލޮލެވެ. އޭނާ ހުރީ މޫނު ނިވާކޮށްގެނެވެ. އެހެންކަމުން ފެންނަން ހުރީ ހަމައެކަނި ދެ ލޮލެވެ. އެމީހާ ވެސް މަޢާފަށް އެދިފައި ދިޔައެވެ. އެލްވިން އަށް އެއީ ކުރިން ފެނުނު މީހަކާއި ވައްތަރު ވިއެވެ. ނަމަވެސް ކާކު ހެއްޔެވެ.
ހޮސްޕިޓަލާއި ގެ ވަރަށް ދުރެެވެ. އެހެން ކަމުން އެލްވިން މަގުކުރުކޮށްް ލުމަށް އެހެން މަގަކަށް އަޅާލިއެވެ. އެއީ އާމުކޮށް މިހުން ހިގާބިގާވެ އުޅޭ މަގެއް ނޫނެވެ. އެކިހިޔާލުތަކުގައި ހިގައިފައި ދިޔަ އެލްވިން ސިހުނީ އޭނާގެ ފަހަތުން މީހަކު ތުން ފުމެލި އަޑު އިވުމުންނެވެ. ފަތަށް ނުބަަލަ ހުއްޓިވެސް ނުލާ އޭނާ ހިގަމުން ދިޔައެވެ. އެވާނީ ހަމައިން ނެއްޓިގެން އުޅޭ މީހަކަށެވެ. އެލްވިން ހިތް ބިރުގަތެެވެ. އެނާ އަށް ފަޔަށް ލެވުނުހާބާރެއް ލައިފައި ހިގަން ފެށިއެވެ.
މިއީ މީހުން ނޫޅޭ ފަޅު މަގެކެވެ. އެހެން ކަމުން އެނާ ބޭނުންވީ ވީއެއްމެ އަވަހަކަށް މީހުން އުޅޭ ހިސާބަކަށް ނުކުތުމަށެެވެ. އެމީހާ ފަހަތުން އަަންނަކްނ އެލްވިން އަށް އިހްސާސް ވެއެވެ. އޭނާ އެކި ގޯޅި ގޯޅިއަށް އަޅައި އެކި ގޮތް ގޮތަށް ހިގަމުން ދިޔައީ އެމީހާ އަށް މަގުއޮޅުވާލުމުގެ ގޮތުންނެެވެ. އެކަމު ވީކަމެއް ހަރާމެވެ. އެލްވިން އަޅާހާ ގޯޅިއަކަށް އެމީހަކު އެބައަޅައެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް އެމީހާ ފިޔަވަޅެއް އަޅައެވެ.
މިކަހަލަ ސަކަރާތެއްގައި ހުރެމެ އެލްވިން އަށް ނުކުމެވުނީ ގެޔެއް ކައިރިއަށެވެ. އޭނާ ހިތަށް އެރީ އެގެޔަށް ވަނުމަށެވެ. އޭރުން ފަހަރެއްގައި އެމީހާ ގޮސްފާނެއޭ ހިތައެވެ. އޭނާ ހިގަމުން އަންނަނިކޮށް އެގޭ ދޮރު ހުޅުވާލިތަން ދެކުނެވެ. އެލްވިން ކުޑަކޮށް މަޑުޖެިލިއެވެ. އެގެއިން އެނުކުތީ ކައިޒެން އެވެ. އޭނާ މިގެޔަށް އެއައީ ކީއްވެހެއްޔެވެ. އަނެއްކާ މިއީ އޭނާގެ ގެނޫންބާ އެވެ. ކޮންމެ ގޮތެއްވިއަސް މިގަޑީ ކައިޒެން ފެނުމީ ނަސީބޭ ހިތާ އެލްވިން ކައިޒެން އަށް ގޮވާލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


This part is nice
When’s next
Thank you!
Inshaalaah varah avah next part ves up kohdheveytho balaanan!