Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން، ސީޒަން 2، ޓުރެއިލަރ

umny Level 210 Stories
September 14, 2025 One Min Read
2 Comments

އުފަލުގައި އަންހެނުން މަލަކްއާއި އެއްމާބަނޑު ދެބެއިން، އިރުފާންއާއި އަމާނީއާއި އެކުގައި އުޅެމުން ދިޔަ އަރީންގެ ހަޔާތް އަނެއްކާވެސް ކަނު އަނދިރިކަމުން ވަށާލީ އުމުރުން ތޭވީސް އަހަރުގެ އިރުފާން ޒޯޔާ ކިޔާ އަންހެންކުއްޖަކާއި އިންނަ ހިސާބުން ފެށިގެންނެވެ. އަލަތު ދެމަފިރިންގެ ކައިވެންޏަށް މަހެއްވެސް ނުވަނީ މީގެ ތޭވީސް އަހަރު ކުރިޔެކޭ އެއްގޮތަށް ގޭތެރެއިން ރޫޙާނީ އެއްޗެހި ފެނި އުނދަގޫތައް އެކި މީހުންނަށް ފޯރަން ފެށިއެވެ. އެކަން އެންމެ ބޮޑަށް އަމާޒުވީ އުމުރުން ތޭވީސް އަހަރުގެ އަމާނީއަށެވެ. މީހަކާއި އިނުމުގެ ފޮނި ހުވަފެންތައް ދެކެމުން އައި އަމާނީގެ ހަޔާތް ވަށާލީ ބިރުވެރިކަމާއި ނާމާންކަމުންނެވެ. ލޯބިވާ ދަރިފުޅު ސަލާމަތް ކުރުމަށް ކަމުގެ ހަޤީޤަތް ހޯދަން މަސައްކަތް ކުރި އަރީންއަށް ފެނުނީ ބިމާ ހަމަވެފައިވާ ފާރެވެ. ފާރުގެ އެތެރެ އިން މީހަކު ވަދެފައި ހުރި ކަމުގެ ނިޝާންތަކެވެ. ގެ ހިމާޔަތް ކުރުމަށް ހަދާފައިވާ ސިހުރު އަލުން ނަގާފައިވާކަމެވެ. އެކަން ކުރީ ކާކު ނުވަތަ ކޮން ބައެއްކަން ޔަޤީންނުވެ ހުއްޓާ ދެން އިނގިގެން ދަނީ މީގެ ތޭވީސް އަހަރު ކުރިން އަދި ނޭނގި ފަސް އަޅާފައިވާ ބޮޑު ހަޤީޤަތެވެ.

—

މިއީ އަޅުގަނޑު މީގެ ކުރިން އެސްފިޔައިގައި ލިޔުނު ވާހަކަ ކަަމަށްވާ ގާތުގައިވި އަނދިރިކަމުގެ ދެވަނަ ސީޒަންގެ ޓުރެއިލާއެވެ. ވަރަށް ވެސް ދިގު މުއްދަތަކަށްފަހު އަޅުގަނޑު އަނބުރާ އަންނަން ޖެހުމުން ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. އުއްމީދުކުރަނީ ކުރިން ވެސް ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަތައް ކަމުދިޔަ ހެން މިވާހަކަވެސް ކަމުދާނެކަމަށެވެ. އިން ޝާ ﷲ އިތުރު ވާހަކަތަކެއްވެސް އަވަހަށް ގެނެސްދޭނަމެވެ. ޓުރެއިލަރ އާއި ބެހޭގޮތުން ކިޔުންތެރިންގެ ހިޔާލުތައް ހުށައަޅުއްވާށެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

މާސްކު (ޕާޓް 16)

Next

އިޝްޤް 6

Next
September 14, 2025

އިޝްޤް 6

Previews
September 14, 2025

މާސްކު (ޕާޓް 16)

2 Comments!

  1. Anonymous says:
    September 14, 2025 at 8:04 pm

    v reethi kon iraku episode 1

    1. umny says:
      September 15, 2025 at 6:30 pm

      Jazakallah khairan… Upload kohlaafa ihnaaney

Comments are closed.



All Right Reserved!