އެކަމަކު ކައިވެންޏަށް އެއްމަސް ވީހިސާބުން ޒާންގެ އުޅުމަށް ވެސް މަޑުމަޑުން އައީ ބަދަލު ތަކެއް އަންނަމުންނެވެ. އަހަރެންނަށް އައީ އެކަންތައް ފާހަގަ ވަމުންނެވެ. ގޭގައި ހޭދަކުރާ ވަރަށް ވުރެ ބޭރުގައި ހޭދަކުރާ ވަގުތު ގިނަވާން ފެށިއެވެ. އަހަރެންނާއި ދޭތެރޭވެސް ކުރީގައި ކިތައްމެ ރަގަނޅަށް ހިތިޔަސް މިހާރު އެއުޅުންވެސް ވަނީ ބަދަލުވެފައެވެ. ޒާން އަށް މިއައީ ބަދަލާއި ހެދި އަހަރެން މިއިންނަނީ ނުލާހިކު ހައިރާން ވެފައެވެ.
*ޕާރްޓް-15*
އަހަރެން އަންނަނީ އަންބެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކޮށްދެމުންނެވެ. އެކަމަކު ޒާން އަހަރެންނަށް އެއްޗިހި ކިޔާ އެވެ. ފުރަތަމަ ކޮޅު އަހަރެން ހީއްކުރީ އޮފީހުގައި މާބުރަކޮށް އުޅެފައި އަންނާތީވެ އޭނާ ވަރުބަލި ވެފައި ހުރީމަ އެގޮތަށް ކަންކުރާނީ ކަމަށެވެ. ފަހުން ފަހުން އައިސް އޭނާ އަހަރެންނަށް އަނިޔާ ކުރަންފެށިއެވެ. އަހަރެންނަށް މިކަން ތަކުން ކިތައްމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް އެކަމާއި މެދު ކެއްކޮށްލައިގެން ހުންނަނީ އެވެ. އަހަރެން ހިތަތް އެރިއެވެ. ޒާންގެ އަސްލު ކުލަވަރު މިފެންނަނީ އަދި ކިރިޔާއެވެ. އޭނާގެ އެހުރި ލާއިންސާނީ ކަމެވެ. އަޅެ ފަހެ އޭނާގެ މޭކަށިގަނޑު ތެރޭ އެއޮތީ ކޯއްޗެއް ހެއްޔެވެ.
އާދައިގެ ދުވަހެކެވެ. އަހަރެން ހޭލައިގެން ދިޔައީ ބަދިގެއަށެވެ. އޭރު މަންމަވެސް އިނެވެ. އަހަރެން އައިސް ކާމޭޒު ދޮށުގައި އިށީނީމެވެ. ސައިބޮމުން ދިޔައިރު މަންމަ ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. އަހަރެންވެސް މަންމަ އާއި އެއްބައިވެގެން ވާހަކަދައްކަމުން ދިޔައީމެވެ.
“ދަރިފުޅާ ތިހުރީ ކިހިނެއްވެފަ.. ހަލާކުވެފަ..؟” އަހަރެން ތަށިތައް ދޮންނަންވެގެން އަތް އޮޅާލިތަނާހެން މަންމައަށް އަހަރެންގެ އަތުގައި ހުރި ލަކުނުތައް ފެނުނެވެ.
“އެއީ ކަމެއް ވެފައެއް ނޫން..” އަހަރެން ބެލީ އެވާހަކަ ހިންދައިލެވޭތޯއެވެ.
“ދަރިފުޅާ.. ތެދުތެދަށް މަންމައަށް ކިޔައިދީ.. ޒާންދޯ ދަރިފުޅަށް މިހެން ހެދީ..” މަންމަ އަހާލިއެވެ. އަހަރެން ހުރީ ހުއްޓުން އަރާފައެވެ. އޭރު އަހަރެންނަށް ރޮވެން ފަށައިފިއެވެ. އެކަމަކު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އަހަރެން ދަތްކުޑިވިކައިލައިގެން ހުރީމެވެ. އެކަމަކު އަހަރެންގެ ކަރަށާއި އަނގަޔަށް ވަނީ ވާން ވެފައެވެ.
“ދަރިފުޅާ.. މަންމަ އަށް ފޮރުވަން ނޫޅޭ.. މަންމައަށް ދަރިފުޅުގެ މޫނުމަތިން ސާފުކޮށް އެބަ އިނގޭ ޒާން ދަރިފުޅަށް ގޮތެއް ހަދައިފި ކަން..” މަންމަ އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. އަހަރެންނަށް ހިފާއްޓާލެވުނީ އެހާ ވަރަށެވެ. އަޑުން އަޑުނަގައި ބާރަށް ރޮއިގަނެވުނެވެ. މަންމަ ގައިގައި އޮޅުލައި ގަނެވުނެވެ. މަންމަ ކެއްތެރިކަމާއި އެކު އަހަރެންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ. 15 ވަރަކަށް މިނެޓް ރޮއުމަށްފަހު އަހަރެން ހަމައަކަށް އެޅި ލީމެވެ.
“ދަރިފުޅާ ދެން ކިޔާދީބަލަ..” މަންމަ އެހެން އަހާލީރު މަންމަގެ ލޮލުގައި ވެސް ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
އަހަރެން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަތަކަށް ފަހު މަންމަ އިނީ ބުނާނެ އެއްޗެއް ނޭނގި ގަނބު އަރާފައެވެ. އަމިއްލަ ދަރި މިފަދަ ގޮތަކަށް އަމިއްލަ އަންހެނުންނަށް އަނިޔާއެއް ކޮށްފާނެކަމަށް ހިތަތް އަރާނީ ކޮން މަގެއް ހެއްޔެވެ.
“ދަރިފުޅު ހާސް ނުވޭ.. އިރާދަކުރެއްވިޔާ މަންމަ ދަރިފުޅު ޒާން ކައިރިން ސަލާމަތް ކޮށްދޭނަން..” މަންމަ އަހަރެންނަށް ޔަގީންކަން ދިނެވެ. އަހަރެންގެ ހިތްހީއްވަނީ މިހާރު ވަރަށް ބޮޑު ވޭނެއް ތަހައްމަލް ކޮށްފައި އެވޭނުން ސަލާމަތް ވި ހެންނެވެ. ހިތަށް ވަނީ ލުއި ވެފައެވެ. އުފާވެރިކަން ކޮންމެވެސް ވަރަކަށް އިހްސާސް ކުރެވެމުން ދެއެވެ.
މަންމަ އާއި އެކީ ސިޓިންރޫމުގައި ވާހަކަ ދައްކަން އިންދައި ބައްޕަ ވެސް އައެވެ. ބައްޕަ އައިސް ކިހިނެއް ވީހޭ އެހުމުން މަންމަ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ބައްޕަ ހުރީ ޒާން ދެކެ ވަރަށް ރުޅި އައިސް އެވެ. ބައްޕަ ވެސް އަހަރެންނަށް ޔަގީންކަން ދިނީ އަހަރެން މިނިވަންކޮށް ދޭނެކަމަށެވެ.
އެދުވަހު ހެނދުނު ބައްޕަ އޮފީހަށް ދިޔައީ މިރޭ ޒާން އާއި ވާހަކަ ދައްކާނޭ ކަމަށް ބުނެފަ އެވެ. އަހަރެން އުފާވޭ ކައިފައި ހުރެ ކޮޓަރިއަށް ވަންތަނާ ހެން ޒާން ގެ ހަރުކަށިއަޑު ކަންފަތުގައި ޖެހިލި އެވެ.
“ކަލޭ މާ އުފަލުން ތިހުރީ.. ކާކު ކަލެޔަށް މާބޮނޑިއެއް ދީގެން..” ޒާން އިނީ ލޯގަނޑު ކުރިމަތީ ތައްޔާރު ވާށެވެ.
“ކަމެއްނުވޭ..؟” އަހަރެން ބިރުން އަވަހަށް އިސްޖަހާލީ މެވެ.
“ބުނަން މިއަދު މަ އޮފީހުން އަންނާރަށް ކަލޭ ހުންނާނީ ގޭގަ.. އިތުރު ތަނަކަށް ނުދާތި.. މާ ބޭނުން އައިސް ވެސް..” ޒާން އެހިސާބަށް ބުނެ އަހަރެންނަށް ބަލާލިއެވެ. އަހަރެން ގެ އަތް ތުރުތަރުއަޅައި ގަތެވެ.
ބިރުން އަނެއްކާވެސް ނޭވާ އަވަސް ވެލިއެވެ. ކޮންމެ ދުވަހުވެސް ޒާން ބޭނުން އިރަކު އަހަރެން ޖެހެނީ އޭނާގެ ޖިސްމަށް ހޯދަދޭން ބޭނުންވާ އުފަލާއި އަރާމު ހޯދަދޭށެވެ. ނަމަވެސް އެއީ އަހަރެން އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. އަހަރެން މިހާރު ބޭނުމީ ޒާންގެ ކިބައިން ސަލާމަތްވެ އަވަހަށް ރަށަށް ދާށެވެ.
މެންދުރު މަންމަ އާއި އެކީ ކައްކަން އުޅެފައި އަހަރެން ފެންވަރަން ދާން އުޅުމުން މަންމަ ގޮވާލިއެވެ.
“ހިނގާބަ މިއަދު ހަވީރު މަންމަ އާއި އެއްކޮށް ބޭރަށް ގޮސް ލާން..” އަހަރެން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ޒާން އަހަރެން ކައިރީގައި އޭނާއަށް އިންތިޒާރު ކުރުމަށް ބުނެފައި ވަނިކޮށް އަހަރެން އެގަޑީގައި ގޭގައި ނެތިއްޔާ އޭނާ އިންތިހާއަށް ރުޅި އަންނާނެއެވެ.
“މަންމާ ޒާން-”
“ޒާން ބުންޔަސް މަންމަ ބުނީމަ ހިގާބަދާން.. ޒާން ދަރިފުޅަށް ގޮތެއް ހެދިޔަކަ ނުދޭނަން މަންމައެއް..” އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް މަންމަ ވާހަކަދެއްކިއެވެ.
އަހަރެން އެއްބަސްވީމެވެ. އަހަރެންނަށް ޔަގީންވާ ކަމަކީ މަންމަ ދުވަހަކު ވެސް އަހަރެންނަށް އަނިޔާއެއް ދޭކަށް ނޭދޭނެ ކަމެކެވެ. ކުރިން މަންމަޔަށް ނޭންގުނީމަ އެވެ. އެހެން ނޫނީ މިހާރު އަހަރެން ހުންނާނިއްޔަކީ ދަށުގައެވެ. މުޅިން މިނިވަންވެ ގެނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






